Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުއްމީދުގައި 1

eysh Level 510 Stories100 Comments100 Login500 Comments
April 10, 2018 4 Mins Read
53 Comments

ގޯތިތެރޭގައި ހައްދާފައިވާ ޖަނބުރޯލް ގަހުގައި އެލުވާފައިވާ ޖޯލީގައި  ޒީވާ އޮތީ ގުދުރަތީ ރީތިމަންޒަރު ތަކުން އުފާހޯދުމުގައެވެ. މާބަގީޗާގައި ފަރިވެ ފޮޅިފައިވާ މާތަކުން އުފާލިބިގަތުމަށް ކޮކާތަކާއި މާބުރުތައް އުދުހިލާފައި އުޅޭ މަންޒަރުން ހިތްތައް ފިދާވެއެވެ. އެކިކުލަކުލައިގެ ފިނިފެންމަލާއި ސައިމަލާއި މަތަރެސްމަލުގެ އިތުރުން އޯކިޑުމަލާއި ސަންފްލާވަރ ގަސްތައް ހައްދާފައިވާލެއް ތަރުތީބުކަމާއި ފުރިހަމަކަމުން މަންމައަށް ހިތުގެ އަޑިން ތައުރީފުކުރަމުންދިޔަ ޒީވާ ސިހުނީ އޭނާގެ ފުރަގަހުން މީހަކު އައިސް ލޯމަތީ އަތް އެޅުމުންނެވެ.

“ޑްރީމީ ކުއީން ކޮންދުނިޔެއަކު” ޒީވާ އަތް ނައްޓާލަމުން ފަހަތަށް ޖޯލި އަނބުރާލުމާއިއެކު ލިއުޝާ ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ބުނެލިއެވެ.

“ލިއޫ ގަނޑު” ތުން އޫކޮށްލަމުން ޒީވާ ޖޯލިން ތެދުވެ ލިއުޝާގެ ފަހަތުން ދުއްވައިގަތެވެ.

ދެމީހުންގެ ސަކަރާތް ބަލަން ސީމާ އާއި އަދުހަމް ތިބީ ހިނިތުންވެލައިގެންނެވެ. ޒީވާ އަކީ މައިން ބަފައިންގެ ބަސްއަހާ ކިޔަމަންތެރި ދަރިއަކަށް ވުމުންނާއި ޒީވާ ފިޔަވާ އިތުރު ކުއްޖަކު ލިބުމުގެ ނަޞީބު ލިބިފައިނެތުމުން ދެމަފިރިންވެސް ޒީވާދެކެ އިންތިހާއަށް ލޯބިވެއެވެ. ސްކޫލް ދައުރުއްސުރެ އޭލެވެލް ނިންމުމާއި ހަމައަށްވެސް ލިއުޝާ އަކީ ޒީވާގެ ހުރި ހަމައެކި އެކުވެރިޔާއަށްވެފައި، ލިއުޝާއާއާއިއެކު ޒީވާ ހޭދަކުރާ އުފާވެރި ވަގުތުތަކުގެ ސަބަބުން ދެމަފިރިން ލިއުޝާ ދެކެވެސް އަމިއްލަ ދަރިއަކު ދެކެވާ ފަދައިން ލޯބިވެއެވެ.

“ދަރިފުޅުމެން އާދޭ ސައިބޯން” ލޮލުން ވެއްޓުނު އުފާވެރިކަމުގެ ކަރުނަތިކި ފޮހެލަމުން ސީމާ ދެކުދިންނަށް ސައިބޯން ގޮވާލީ އޭނާގެ ދަރިފުޅަށް ތާއަބަދަށް ދުނިޔޭގެ ހުރިހާ އުފަލެއް ލެއްވުން އެދި ދުއާކުރަމުންދާ ހާލުގައެވެ. އަދުހަމް ސީމާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ.

*****

“މޯމް.. އައިމް ލީވިންގް.. ކުޑަކޮށް ލަސްވެދާނެ މިއަދު އައިޝަމް އާއިއެކު އޭނަގެ ޕްރޮޖެކްޓްއެއް ނިންމާދޭން މިދަނީ. އަރޫންވެސް އެބަގުޅާ ލަސްވެގެން.. ލަވްޔޫ..” ލިވާން އޭނާގެ މަންމަ، ސީރީންގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، މަޑު ހިނގުމެއްގައި ގޮސް މަންމަގެ އަތުގައި ބޮސްދިނުމަށްފަހު ލަސްނުވެ އަންނާނަށްކަމަށް ބުނުމަށްފަހު ދުވެލާފައިކަހަލަ ގޮތަކަށް ނިކުމެގެން ދިޔައެވެ.

ސީރީން އޭނާ ކިޔަވަން އިން ހަތިމް ލައްޕާލުމަށްފަހު ބޮޑުވެ ފުރިހަމަވެފައިވާ އޭނާގެ ދަރިފުޅު ދިޔަ ދިމާއަށް ބަލަހައްޓައިގެންއިނީ ހިނިތުންވެލައިގެންނެވެ. އެހެން އިންއިރު އޭނާގެ ކުޑައިރުގެ ރަހުމަތްތެރިޔާގެ މަތިން ހަނދާންވިއެވެ. މިހާރު އޭނާ ވީތަނެއް ސީރީން އަށް ނޭގުނު ނަމަވެސް އަދިވެސް އެއެކުވެރިޔާގެ ހަނދާންތައް ހިތުގައިވެއެވެ. އެކުވެރިޔާ އާއި ބައްދަލުވުމަށާއި ހެޔޮހާލުގައި ލެއްވުން އެދި ދުޢާކުރެވުނެވެ. އެކުވެރިޔާ މަތިން ހަނދާންވެ ޖަޒްބާތީ ވެވުމުން ކައިރީގައި ލޯބިވާ ފިރިމީހާ ނޫމާން ހުރި ކަމެއްވެސް ސީރީން އަކަށް ނޭނގުނެވެ.

“އަހަނ.. މިއަދު ކިހިނެތް ވެފައިން ދުވަހެއް.. އަނެއްކާ ބަލީތަ..” ނޫމާން ވަރަށް ލޯބިން ސީރީންގެ ކައިރީ އިށީނދެލަމުން ދަތްދޮޅީގައި ހިފާ އޭނާއާއި ދިމާއަށް އަނބުރާލިއެވެ. ސީރީން ހިނިތުންވުމެއް ދެމުން ކުޑައިރުގެ އެކުވެރިޔާ މަތިން ހަނދާންވާ ވާހަކަ ބުނެލުމުން ނޫމާން ހިނިތުންވެލަމުން އަދި އިންޝާﷲ ބައްދަލުވާނެއޭ ބުނެ ސީރީންގެ ހިތްހަމަ ޖައްސާލަދިނެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ރަށުން ލިބެން އޮތް އެންމެ މައްޗަކަށް ތައުލީމް ހާސިލްކުރުމަށްފަހު، އިތުރު ތައުލީމް ހާސިލް ކުރުމަށް މިއަދުމީ ޒީވާ މާލެއަށް ފުރަން އޮތް ދުވަހެވެ. ޒީވާ ނެގިމަޑުވެފައި ހުރީ ލިއުޝާއާއި ދުރަށް ދާންޖެހޭތީއެވެ. ހަމައެފަދައިން ލިއުޝާ ވެސް ހުރީ އިންތިހާއަށް ދެރަވެފައެވެ. އިތުރު ތައުލީމް ޙާސިލްކުރެވޭނެ ފެންވަރު އެއާއިލާގައި ނެތުމާއިއެކު ލިއުޝާ ނިންމީ ވަޒީފާއަކަށް ވަނުމަށެވެ. އާއިލާ ބެލެހެއްޓުމުގެ ޒިންމާވެސް އޭނަގެ ބޮލުގައި އެޅިފައިވާތީއެވެ. ބަލި މަންމަ އަކާއި ތޭރައަހަރަށްދާ އަންހެން ކޮއްކޮއަކާއި އެއައްވުރެ ދޮއްޓަށް ހުންނަ އަންހެން ކޮއްކޮ ބެލުމުގެ ޒިންމާ އޭނާގެ ބޮލުގައި ވެއެވެ. ބައްޕައަކާއި ނުލައި ލިއުޝާއަށް ކިޔަވައިދިން މަންމަ މިއަދު އެވަނީ ގައިބާރު ދެރަވެފައެވެ. ފުރަން ވަގުތުކުޑަތަން ވަމުން އައިވަރަކަށް ޒީވާ ހުރީ ދެރަވެ ކަންތައް ބޮޑުވެފައެވެ. ރަށް ދޫކޮށް ދާންޖެހޭތީވެސް ދެރަވަނީ މާބޮޑަށެވެ.

“ޒީވް.. ޑޯންޓް ފޮގެޓް މީ އޯކޭ.. އައިލް މިސްޔޫ މައި ބެސްޓް ފްރެންޑް” ލިއުޝާ ޒީވާގެ ގައިގައި ބައްދާލުމަށްފަހު ވަދާއީ ސަލާމް ކޮށްލިއެވެ. ޒީވާވެސް ނުރޯން މަސައްކަތް ކުރި ނަމަވެސް ރޮވިއްޖެއެވެ. އެހެނަސް އޭނަ ކެތް ކުރިއެވެ.

“އައިލް ބީ ދެއަރ ފޯ ޔޫ ނޯ މެޓަރ ވަޓް. ޑޯންޓް ބީ ސޭޑް.. އައިލް ކަމް ސޫން” ޒީވާ ލިއުޝާގެ އަތަށް ފިތާލިއެވެ. ލިއުޝާގެ ތަނަވަސްކަން ނެތް ނަމަވެސް ޒީވާގެ މައިންބަފައިން ތިބީ  އެމީހުންނާއިއެކު ލިއުޝާވެސް ގެންދަން ތައްޔާރަށެވެ. ނަމަވެސް ލިއުޝާގެ ހާލަތު އެކަމަށް ތަންނުދިނީ އޭނާއަށް ކުރިމަތިވެފައިވާ މަޖުބޫރީ ހާލަތެވެ.

ޒީވާ އަވި އައިނު ލޮލަށް ހެޔޮވަރުކޮށްލީ ކަރުނަތަށް ފޮރުވުމަށެވެ. ނޫކުލައިގެ އަތްދިގު ގަމީސްކޮޅަކާއި ހުދުކުލައިގެ ލެގިންސްގައި ޒީވާގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދީފައިވެއެވެ. އަދި އެކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ގަމީސްކޮޅުގެ އަތް އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިވާތީއެވެ. އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައިވާއިރު މޫނުމައްޗަށް އުނދަގޫކުރާ ކުދި އިސްތަށިކޮޅުތައް އެއްފަރާތްކޮށްލާ ގޮތުން ހިތްތައް ފިދާވާވަރުވެއެވެ. ޒީވާ ލާންޗަށް އަރަން ދިޔައިރު އެތައް ޒުވާނުންނެއްގެ ނަޒަރު އޭނައާއި އަމާޒުވި ނަމަވެސް އެކަމާއި އަޅާނުލައި ކުރިޔަށް ދިޔައެވެ. ޒަވާޖީ ހަޔާތެއް ކީއްކުރަން ފިރެހެން ކުއްޖަކާއި ދިމާއަށް ބަލާވެސް ނުލަން ހުވާކޮށްގެން ހުރި ކަހަލައެވެ.

ލާންޗް ނައްޓާލުމުން ކަރުނަވީ ދެލޮލުން ފަހު ފަހަރަށް އޭނާގެ ރަހުމަތް ތެރިޔާއަށް ބަލާލުމަށްފަހު މަންމަގެ ކޮނޑުގައި ކުޑަކޮށް ބޯއަޅާލިއެވެ. އަދި އެންމެ ފަހު ފަހަރަށް އޭނާގެ އުފަން ރަށް ކ.ހުރާ އާއި ދިމާއަށް ބަލާލުމަށްފަހު ޒީވާ އޭނާގެ ލޯމަރާލިއެވެ.

*****

ލާންޗް އައިސް މާލޭގެ ފަޅަށް ބަނދަރުކުރެވުމާއިއެކު، އެމާހައުލު ޒީވާއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް، ކުރެވޭނެ ކަމެއް ނެތެވެ. ހުރިހާ އުފަލެއް އެއްފަހަރާ ނުލިބޭނެއެވެ.

ކާރެއް ހޯދުންވީ ވަރަށްވެސް ދަތިކަމަކަށެވެ. ފޮށިތަންމަތި ހިފައިގެން ތިބޭތާ ފަނަރަ ވަރަކަށް މިނެޓް ފާއިތުވުމުން ޒީވާ ވަރުބަލިވާގޮތް ވިއެވެ. އެހެން ކަމުން ބުރުގައި އިށީނދެލުމަށް ސީމާ އާއި އަދުހަމް އާއިއެކު މަގު ހުރަސްކުރުމަށް ހިނގައިގަތެވެ. އަދުހަމް ސިއްސައިގެން ދިޔައީ ބާރުދުވެލީގައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހެން އުޅެނިކޮށް މީހަކު ފަހަތުން އައިސް އޭނާގެ ޓީޝާޓުގައި ހިފާ ފަހަތަށް ދަމާލުމުންނެވެ. އެއާއިއެކު ދެމީހުންވެސް ބިންމައްޗަށް ވެއްޓުނީއެވެ. ފެނުނު ބިރުވެރި މަންޒަރުން ސީމާ އަށާއި ޒީވާ ތިބީ ބިރުން ހަނދާނެގޮތް ހުސްވެފައެވެ. ދުވެފައިކަހަލަ ގޮތަކަށް އައިސް ބައްޕައާއި ވެއްޓިފައި އޮތް މީހާ ނެގުމަށް އެހީތެރިވެދިނެވެ.

” ނޫމާން” ސީމާއަށް ބޭއިޙްތިޔާރުގައި ގޮވާލެވުނެވެ.

ސިހިފައި ނޫމާނަށް ސީމާ އާއި ދިމާއަށް ބަލާލެވުނެވެ. އެއާއިއެކު ދެމީހުންނަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.

“ސީމާ” ނޫމާން އެއްފަހަރު ސީމާއަށް އަނެއް ފަހަރު ޒީވާއަށް އަދި އަނެއް ފަހަރު އަދުހަމް އަށް ބަލާލުމަށްފަހު އޭނައާއިއެކު ދިޔުމަށް އެދުނެވެ.

ކާރަށް އެރުމަށްފަހު ނޫމާން މިޝްރާބުޖެހީ “ރަސްރިން” އަށް ދިޔުމަށެވެ. އޭނާ އިނީ ވަރަށްވެސް އުފަލުންނެވެ. ސީރީން އުފާވާނެ ވަރު ހިތަށް އެރުމުން ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. މަންޒިލާއި ހަމައަށް ފޯރަންދެން އެކިއެކި ވާހަކަ ދެކެވުނެވެ. ދެފަރާތުގެ ދިރިއުޅުން މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުންނެވެ. ސީމާމެންވެސް ތިބީ ނުހަނު އުފާވެފައެވެ.

ސީރީންއަށް ސީމާމެންނާއި ދިމާވުމުން އުފަލުގެ ކޮޅެއް ނެތެވެ. އެތައް ދުވަހަކަށްފަހު ކުޑައިރުގެ ރަހުމަތްތެރިޔާ އާއި ދިމާވުމުން ހީވަނީ ދެވަނަ ފަހަރައް ގެއްލިދާނެތީ އުޅޭހެންނެވެ. އިތުރު ތަނަކަށް ދިޔުމުގެ ހުއްދަވެސް ނުދިނެވެ. އަދި ޒީވާ ހުންނާނީ އޭނާގެ ކައިރީގައި ކަމުގައި ބުނެލީ ޒީވާގެ ބޮލުގައި ފިރުމާލާފައެވެ. ޒީވާވެސް ހުރީ އުފަލުންނެވެ. ދެއާއިލާއަށް އީދެއް އައިސްގެން އުޅޭ ކަހަލައެވެ.

ޒީވާ މެން ތިބެން ހަމަޖެހުނީ ގެސްޓް ރޫމްގައި ނަމަވެސް ގެސްޓް ރޫމްތައް ހަދާފައިހުރީ ގެއަށް ވަދެވޭނެހެން މާބޮޑު ވަކިކުރުމެއް ނެތިއެވެ. ގްރައުންޑް ފްލޯ ޕާކިންގ އަށް ހާއްސަކުރެވިފައިވީއިރު ތަފާތު އެކި ވައްތަރުގެ މާއަޅާ ގަސްތައް ވަރަށް ފުރިހަމައަށް ހައްދާފައި ވިއެވެ. ފަސްޓް ފްލޯގައި ދިރިއުޅެނީ ދެމަފިރިން ކަމަށާއި އެމީހުންގެ ދަރިފުޅަށް ހާއްސަ ފްލޯއެއް ހުރިނަމަވެސް އުޅެނީ މަންމަމެންގެ ފްލޯގައި ކަމުގައި ސީރީން ބުނެފައިވި ނަމަވެސް ޒީވާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.

ޒީވާއަށާއި ސީމާމެންގެ ދެމަފިރިންނަށް ދެކޮޓަރި ވަނީ ހަމަޖައްސާފައެވެ. ފެންވަރާލައިގެން ނުކުމެ ބަގީޗާ ބަލާލުމަށް ތިރިއަށް ފޭބުމުގެ ހުއްދައަކަށް ޒީވާ އެދުނީ ހާމަފެންޑާގައި އިން ސީރީންގެ ގާތުގައެވެ. ސީރީން ބޯޖަހާލުމުން ލިޕްޓުގެ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އޭނަގޮސް ޖެހުނީ ލިފްޓް ތެރޭގައި ހުރި ޒުވާނާގެ ގައިގައެވެ.

“އައުޗް….” ބޮލުގައި އަތުން ހިފަހައްޓަމުން ކުރިމަތިން ފެންނަން ހުރި ސޫރައަށް ޒީވާ ބަލާލިއެވެ. އޭރު އެޒުވާނާ ހުރީ އޭނާގެ ދަތްދޮޅީގައި އަތުން ހިފަހައްޓާލައިގެންނެވެ. ހީވާގޮތުން ޒީވާގެ ބޯ ގޮސް ޖެހުނީ އެޒުވާނާގެ ދަތްދޮޅީގައެވެ. ޒީވާގެ ނަޒަރު ޒުވާނާގެ ދަތްދޮޅިންގޮސް ލޮލާއި ހަމައަށް ދިއުމާއިއެކު ދެތިން ފިޔަވަޅު ފަހަތަށް އަޅާ ލެވުނެވެ. އެޒުވާނާ ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. ރުޅި އައިސް ރަތްވެފައި ހުރިއިރު ނުވެސް ގުޅެއޭ ޒީވާގެ ހިތަށް އެރިއެވެ.

“އެކްސް ކިއުޒް މީ” އެޒުވާނާގެ ފިރެހެންވަންތަ ބަރު އަޑު އެކޯވެގެން ދިޔުމާއިއެކު ޒީވާ ދިޔައީ ސިއްސައިގެންނެވެ. ހުރެވުނު ތަންވެސް ހަނދާންވީ ދެނެވެ. ވަގުތުން އެއްފަރާތް ވެލުމަށްފަހު ޒުވާނާ ދިޔުމަށް ތަން ދެއްކިއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައިކަން ޒީވާ އަށް އެނގުނެވެ.

“މަށަށް ކީއް.. ރުޅިވެސް ގަދަ މީހަކީ ކަންނޭގެ. ސޮރީ އޭ ބުނެލަން ކީއްތަވާނީ. މަށަށް މަ ފެނިފަ ކަންނޭގެ. ވަރަށް ފޫހިވޭ” ޒީވާގެ ހިތުގައި އެޒުވާނާއާއިމެދު ފޫހިކަން ވެރިވެގެން ދިޔައެވެ. އޭނާ އަޅާނުލާ ދިޔައީ ބަގީޗާއަށެވެ. އެގޮތުގައި އިރުކޮޅަކު ހުރެލުމަށްފަހު ގޭތެރެއަށް ދިޔައެވެ.

ގެއަށް ވަން ޒީވާގެ ލޮލުގައި ފުރަތަމަވެސް އަޅަގައިގަތީ އެއްކަލަ  ޒުވާނާއެވެ. ކްރީމްކުލައިގެ ސޯޓަކާއި ހުދުކުލައިގެ ޓީޝާޓެއް ލާފައި އިންއިރު ބޮލުގައި ފެންތިކިތައް ވިދަމުން ދިއުމުގެ ސަބަބުން ދެންމެ އެއައީ ފެންވަރައިގެންކަމާއިމެދު ޝައްކުރުމުގެ އެއްވެސް ޖާގައެއް ނެތެވެ. ކަނދުރާއާއި ހަމައަށް ކިރިޔާ އަރާވަރަށް އޮތް ފަން އިސްތަށިގަނޑު އެގޮތަށް ހުރުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ޒީވާ ގެއަށް ވަނުމާއިއެކު ސީރީން އޭނާއަށް ގޮވާލުމުން އެޒުވާނާވެސް ފަސްއެނބުރި ބަލާލައިފިއެވެ. ޒީވާ ފެނުމުން  އެމޫނުމަތިން ފޫހިކަން ފާޅުވިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޒީވާ އައިސް ސީރީންގެ ކުރިމަތީގައި އިން ސޯފާގައި އިށީއިނެވެ. އެއާއިއެކު ސީރީން އޭނާގެ ދަރިފުޅަށާއި ޒީވާއަށް ދެމީހުން ތައާރަފްކޮށްލަދިނެވެ.

“ދަރިފުޅާ ލިވާން.. ދަރިފުޅު ވާނެ ޒީވާ ވަރަށް ރަނގަޅަށް ބަލަން އިނގޭ. ކޮލެޖް ކަންތައް މާދަމާނޫން އަނެއް ދުވަހަށް ހަމަޖެހޭނެ. ދަރިފުޅު ވާނެ ޒީވާ ގެއަށް ގެނެސް ލައިދޭން” މަންމަގެ ޖުމްލައިން ލިވާންގެ މޫނަށް އަރާފޭބި ކުލަވަރު ރީއްޗަށް ޒީވާއަށް ފެނުނެވެ.

“ވަރުގަދަ ފިރެހެނެއްނު. ސީރީން ދައްތަވެސް އޭނައާއި އެހަވާލުކުރީ. މަ އެބައުޅެންތަ އޭނަ އާއި ހެދި މޮޔަވެގެން.. ރީތިވެފަ މުއްސަނދި ވީމަ ބޮޑާވެފަ އެހުންނަނީ” އެބަސްތައް ވީ ޒީވާގެ ހިތުގައެވެ. (ނުނިމޭ)

******

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ޔާއިން

Next

ތަޤްދީރު (30) ފަހުބައި

Next
April 10, 2018

ތަޤްދީރު (30) ފަހުބައި

Previews
April 10, 2018

ޔާއިން

53 Comments!

  1. eysh says:
    April 10, 2018 at 3:12 pm

    Hello guys. This is my first story. Hope you all will like it. Tell me the mistakes so that I can improve.

  2. Nahu says:
    April 10, 2018 at 3:16 pm

    Nice ?

    1. eysh says:
      April 11, 2018 at 8:11 am

      Thank you so much Nahu ?? varah happy vehje kiyaaleema ?????

  3. Girl says:
    April 10, 2018 at 3:54 pm

    Varah reethi

    1. eysh says:
      April 10, 2018 at 4:09 pm

      Thank you so much Girl. ?? So happy that u liked. ?

  4. nai says:
    April 10, 2018 at 4:12 pm

    Story v rythi vaanehn hyvany…. I like the starting…. Hope yuh’ll write the story till the end…. Best of luck…

    1. eysh says:
      April 10, 2018 at 4:26 pm

      Thank you so much nai. Insha Allaah story nimendhen genesdheynan. ?? very happy that you liked ?

  5. Afaa says:
    April 10, 2018 at 4:50 pm

    Varah salhii mi story..???

    1. eysh says:
      April 10, 2018 at 5:19 pm

      Thank you so much Afaa. ?? Very happy that you liked?

  6. Swety says:
    April 10, 2018 at 5:02 pm

    Feshun vvvv nice. ..umeedhu kuran nimen dhekah kiyalan libeyne kamah..best of luck ??????????????

    1. eysh says:
      April 10, 2018 at 5:22 pm

      Thank you so much Swety. ?? Insha Allaah story nimendhen genesdheynan. Very happy that u liked ??

  7. Ree? says:
    April 10, 2018 at 5:37 pm

    Feshun v Varah reethi ??? avaha stry up kuraane kamah umeedhu kuran onemore thing cover pic is awsome igey?? that was my fav couple?

    1. eysh says:
      April 10, 2018 at 6:07 pm

      Thank you dear. ?Insha Allaah soon I will upload the next part. So happy that u liked the cover pic. ??They r my favourite couple too ??

  8. Pinky shifoo says:
    April 10, 2018 at 5:49 pm

    Wow ❤️❤️❤️… V v v reethi ???… Sifakurunthah hama obiness to the max ???… Hama heevany manzaruthah fennahenn vaahaka kiyamun dhaairu ???… Eagerly waiting for the next part ???… Best of luck for the story ??????

    1. eysh says:
      April 11, 2018 at 8:15 am

      Thank you so much Pinky shifoo. ???? varah bodah happy vehje coment kiyaalaafa. Varah sweet coment eh ?? today next part genesdheveytho mi try kuranee. Hope kuran kuriyah oiythaa ves kiyaalaane kamah. ?? readers ge support varah bodah beynun story compelete kuran. ??? keep waiting ?

  9. Hashaa says:
    April 10, 2018 at 6:09 pm

    V v reethi…when next part…

    1. eysh says:
      April 10, 2018 at 7:03 pm

      Thank you so much Hashaa. ??? Insha Allaah Next part tmrw genesdheynan. Thanks for reading ??

  10. Shafa says:
    April 10, 2018 at 6:22 pm

    Reethi vaanehen heevanee..waiting for next part..❤❤good luck???

    1. eysh says:
      April 10, 2018 at 7:06 pm

      Thank you so much Shafa. ??? thanks for reading. Keep waiting. Insha Allaah. Next part tmrw ??

  11. Fathun says:
    April 10, 2018 at 6:33 pm

    Nice story

    1. eysh says:
      April 10, 2018 at 7:07 pm

      Thank you Fathun ??? so happy that u liked ???

  12. reader says:
    April 10, 2018 at 6:37 pm

    Janburoal Ge badhalugai janburoalu ehen liyunymanreethi vaany.. N I hope up. Kohdheyne dhuvaheh bunaane kamah.. Eyrun readers attract vaany… E dhuvaahah inthizaaru kureveyne…. Vaahaka kiyaa kudhin ithuru vaane…. Stiry adhi varah reethi… Already know what is gonna happen..

    1. eysh says:
      April 10, 2018 at 7:11 pm

      Yes reader good point I noticed that point upkohli fahun. Thanks for pointing out. Insha Allaah tmrw next part genesdheynan. Keep guessing ? Thank u for pointing out my mistakes. So that I can improve. ?? thanks for reading ????

  13. Shiman says:
    April 10, 2018 at 6:37 pm

    Masha allah feshun hama awesome. Waiting for next part..:-)

    1. eysh says:
      April 10, 2018 at 7:38 pm

      Thank you so much Shiman ??? Insha Allaah next part tmrw. Keep waiting. So happy that u liked ???

  14. Mysh says:
    April 10, 2018 at 6:41 pm

    Cover page ga ehury ask laftan anlamaz ge hayat aai murat dhw..stwry vvvv rythi

    1. eysh says:
      April 10, 2018 at 7:40 pm

      Yes dear. Thats hayat and murat. My favourite couple.?? thanks for reading. Happy that u liked ? ???

  15. Axy says:
    April 10, 2018 at 6:43 pm

    V reethi vaanehen heevanee ☺cover pic v reethi ?ummeedhu kuran vaahaka nimendhen medhu nukendi genes dheyne kamah ??????? good luck ??????

    1. eysh says:
      April 10, 2018 at 7:41 pm

      Thank you Axy ? Insha Allaah story nimendhen genesdheynan. ? thanks for reading ???

  16. lotus says:
    April 10, 2018 at 6:56 pm

    V salhi vaanehen heevanee… waitin for the nxt part… best of luck???

    1. eysh says:
      April 10, 2018 at 7:43 pm

      Thank you lotus ?? Insha Allaah next part tmrw. Keep waiting. Thanks for reading ????

  17. Afaa says:
    April 10, 2018 at 6:59 pm

    Varah reethii mi story???

    1. eysh says:
      April 10, 2018 at 7:44 pm

      Thank you so much Afaa ??? hope kuriyah oiythaaves kiyaalaane kamah. ???

  18. Anonymous says:
    April 10, 2018 at 7:07 pm

    Eii knbaehtha cover pic ga ethiby???

    1. eysh says:
      April 10, 2018 at 7:46 pm

      Cover pic ga ethiby Hayat and Murat. My favourite couple. Thank you Anonymous ???

  19. Suney says:
    April 10, 2018 at 7:25 pm

    Wow hayat&murat my favourite couple.. Feshun v nice… Ummeedhu kuran stry v reethi vaane kamah. And nimen dhen gavaidhun genes dheyne kamah. I like it?. Best of luck dear

    1. eysh says:
      April 11, 2018 at 8:18 am

      Thank you so much Suney dear ??? I will try my best ingey furihama kuran. Insha Allaah thigothah support dhenyaa nimendhen gavaidhun genesdheynan. ??? varah happy vehje kiyaaleema. ???

  20. leen says:
    April 10, 2018 at 8:14 pm

    varah varah rythii ❤❤ithura furihama vaane kamah umeedhukuran?

    1. eysh says:
      April 10, 2018 at 8:28 pm

      Thank you leen. ??? I will try my best ithurah furihama koh genesdheveytho ?? thanks for reading ?

  21. Niha says:
    April 10, 2018 at 9:26 pm

    varah varah reethi <3 <3

    1. eysh says:
      April 10, 2018 at 10:25 pm

      Thank you Niha ??? unmmeedhukuran kuriyah oiythaa ves story kiyaalaane kamah ????

  22. Shaa says:
    April 10, 2018 at 9:54 pm

    V rythi vaanehen hyvany mi story.. Feshun hama gaimuves v furihama

    1. eysh says:
      April 10, 2018 at 10:27 pm

      Thank you Shaa ??? Insha Allaah I will try my best with the help of readers like u all. ???? keep reading. Next part Insha Allaah tmrw

  23. Thaath says:
    April 10, 2018 at 10:46 pm

    Salhi kamaa

    1. eysh says:
      April 10, 2018 at 11:36 pm

      Thank you Thaath ?? varah happy vehje kiyaaleema ?????

  24. Kul says:
    April 11, 2018 at 9:04 am

    Warah reethi waiting

    1. eysh says:
      April 12, 2018 at 2:18 pm

      Thank you so much Kul. ??????

  25. sheen says:
    April 11, 2018 at 6:12 pm

    Vvvv reethi ingey… v kiyaahiyvaa style ge vaahaka eh.. please vaki hisaabakun huttaanulahchey. Vaahaka nimmaalaathi hiyvarukollaafa ingey dear

    1. eysh says:
      April 11, 2018 at 6:45 pm

      Thank you dear Sheen ??? Insha Allaah nimendhen genesheynan. Eysh busy nooniyya konme dhuvahaku part eh genesdheynan. ??? thigothah support dhenyaamu story nimmaalan ithuru hihvareh libeyne. Keep comenting ur views ?????????

  26. Lulu Revlis says:
    April 19, 2018 at 10:19 pm

    Adhi aslu nuvx kyan.. ekam frnd eh recommenf kury eysh ge vaahaka kyan… so i’m gonna read it… n this is ur first story dhw, ehen v ma good luck ingey…

    1. eysh says:
      April 21, 2018 at 3:45 pm

      Alhey my loabi loabi Lulu Revlis dear eysh v happy vehje frnd recomend kohlleema and kiyaalaathee. Adhi mifenunee dear ge cmnt. V ufaavehje cmnt kohllaafa eysh kairy bunela dhineema ingey dear. Unmeedhu kuran story kiyaalaafa dear ah kamudhanya nuvatha nudhanyaa ves nuvatha kameh ragalhukohlan jeheynama ekamehves angaaladheyne kamah.
      Yes dear this is my first. Thank u so much.
      Ly ?????????????????

  27. IsHa says:
    August 23, 2019 at 10:36 am

    wow

  28. Aika says:
    June 27, 2020 at 11:03 pm

    Var reethi… Lysm bestu ?

Comments are closed.

Next Episodeކެތްކުރާނަން އުއްމީދުގައި 2←


All Right Reserved!