Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ޔާއިން

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 10, 2018 2 Mins Read
12 Comments

“ޔާއިންް”  އަހަންނަށް ހަމަ ބިމަށް އާދެވުނީ ރިހާމްް ދެތިން ފަހަރު ގޮވާލުމުންނެވެ. ރަސްފައްނު ގެ ގޮނޑިއެއް ގައި އަހަރުމެން ތިބި އިރު ހިތްގައިމު ވައިރޯޅިތައް ޖެހެމުން ދިޔަ އެވެ. ނަމަވެސް އަހަރެންގެ ހިތަށް ކުޑަވެސް ފިނިކަމެއް ނުވެއެވެ. “ޔާން ހިތް ވަރު ކުރަންވާނެ އިންޝާﷲ ޔާން ގެ މަންމަ އަދި ރަނގަޅުވާނެ! ޔާން ހިތްވަރު އެލުވާ ލީމަ ކާކު ނައިރާ އަށް ހިތްވަރު ދޭނީ؟” ރިހާމްް އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރަނީއެވެ. ނަމަވެސް އެއްޗެއް ވިސްނޭ ވަރަށްވުރެ އަހަރެންގެ ހާލަތު ގޯހެވެ. މަންމަ މިއަދު އެހާލުގައި އެއޮތީ ހަމަ އަހަރެން ގެ ސަބަބުން ނެވެ.އެހެންހިތަށް އެރުމާއެކީ ހިތުގައި ރިއްސާލިއެވެ. ރިހާމް އެކި ވާހަކަ ދެއްކުމުން ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.އަހަރެން އިން ތަނުން ތެދުވެ. ހޮސްޕިޓަލާއި ދިމާއަށް ހިނގައިގަތީމެވެ. ރިހާމް ވެސް އަހަރެން ގެ ފަހަތުން އައެވެ. އައިސީޔޫ ކައިރިއަށް ދިޔައިރު ނައިރާ އެތާއިން ގޮނޑިއެއްގައި އިށީނދެލައިގެން އިނެވެ. ރޮއެރޮއެ ގޮސް އެ ދޮން މޫނު ވަނީ ރަތްވެފައެވެ. ލޮލުން ް ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން ދިޔައެވެ. އަހަރެންނަކީ ހާދަހާ ގޮސް ބޭބެ އެކެވެ. އަހަރެން ނައިރާ ގާތަށް ގޮސް ގޮވާލީމެވެ. އަހަރެން ފެނުމުން ނައިރާ ގެ ދެލޯ ބޮޑުވިއެވެ. އަހަރެން ހީކުރި ނައިރާ ރުޅިއައިސްގެން އެއްޗިހި ކިޔާނީ ކަމަށެވެ. ނަމަވެސް ކަންތައްވިީ އަހަރެން ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. ދޮންބެ އޭ ކިޔާފަ އައިސް އަހަރެން ގައިގައި ބައްދާލިއެވެ. “ދޮންބެ…ޕްލީޒް ދެން ނުދާތި ނައިރާ އާ މަންމަ ކާރީގަ މަޑު ކުރޭ.. ޕްލީޒް” ގިސްލަ ގިސްލާފައި ނައިރާ ވާހަކަ ދެއްކި އެވެ. އަހަންނަށް ވެސް ރޮވުނެވެ. “ޝްޝް ދެން ހުއްޓާލާ ދޮންބެ މިއައީ އޭ މަންމަ އާއި ނައި ކާރިއަށް” ވަރަށް ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ. އަހަރެން ގޮސް ނައިރާ ގޮނޑިީ ގައި ބޭންދިީމެވެ. އަދި ރިހާމް ގާތު ނައިރާ ބެލުމަށް ބުނުމަށް ފަހު ފާޚާނާއަާ ދިޔައީމެވެ.

ފާޚާނާއަށް ގަ  އިން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލީމެވެ. ބަލާލުމާއެކު މާޒީން ދުވަހެއް ހަނދާން ވިއެވެ.  

“ދަރިފުޅާ ކިހިނެއްތަ ތި ހުރި؟ އެއޮއް ދޮން ކުއްޖާ މުޅިން ކަޅުވެފައެއްނު ތިހުރީ ބޯ ދިގު ކުރި އަސް ތިއަށް ވުރެ ރީތިކޮށް ބެހެއްޓިދާނެއްނު ނިޔަފަތި ވެސް ނުކަނޑައެއްނު ތިއުޅެނީ!” އެއްރޭ ގެއަށް އައިސް ވަންތަނުން މަންމަ ކިޔަންފެށިއެވެ. އައި ރުޅީގައި މަންމަ އާއި ދިމާއަށް ހަޑިއެއްޗިހި ގޮވާލީމެވެެ. މަންމަ ރޯންފެށިއެވެ. ނައިރާ ވެސް ހުރީ ފެންކަޅިވެފަ އެވެ. އަހަރެން ކޮޓަރިއަށް ގޮސް ބަންލާފަަައި ދޮރުޖެހީމެވެ. އެއާއެކު މަންމަ ގެ ގިސްލުމުގެ އަޑު ވެސް އިވުނެވެ. އަހަރެންގެ ހިލަ ހިތަށް ކުޑަވެސް އަސަރެއް ނުކުރެއެވެ.

އެދުވަސް ހަނދާން ވުމާއެކު އަހަންނަށް ރޮވެން ފެށިއެވެ. މަންމަ އެދުވަހު ބުނީ ދޮގުވާހަކައެއްނޫންކަން އަމިއްލަ ސޫރައަށް ބަލާލުމުން އެނގުނެވެ. ނައިރާ އަށްވުރެ ވުރެއް ވެސް އަހަރެން ދޮން ވާނެއެވެ. ނަމަވެސް މިހާރު މީހާ ވަނީ ކަޅުވެފައެވެ. ފަން އިސްތަށިގަނޑު ވެސް ވަނީ ބުޅިވެފައެވެ. ކޮނޑުން ތިރިއަށް ދިގުވެފައި އޮތް އިރު ވަރަށް ވެސް ހުތުރު ކަން އަހަންނަށް ވިސްނުނެވެ. ސިނގިރޭޓް ބުއިމުގެ ސަބަބުން ތުން ފަތް ވެސް ވަނީ ކަޅުވެފައެވެ.އަހައްނަށް އިސް ޖަހާލެވުނެވެ. މަންމަ މަތިން ހަނދާން ވުމާއެކު އަވަހަށް މޫނު ދޮވެލީމެވެ. އަދި ރަނގަޅުމީހަކަށް ވުމަށް އަޒުމު ކަނޑައެޅީމެވެ.

އައިސީޔޫ ކައިރިއަށް ދިޔައިރު ނައިރާ ހުރިީ ޑޮކްޓަރާއި ވާހަކަ ދައްކާ ށެވެ. އެހެންކަމުން އަވަސް ފިޔަވަޅުތަކެއްގައި އަހަރެން ނައިރާ ގާތަށް ދިޔައީމެވެ. ނަައިރާ އަހައްނަށް  ވުރެއް ދެއަހަރު ހަގު ވާނެއެވެ. ނަމަވެސް އަހަންނަށް 18 އަހަރެވެ. ނައިރާ އަށް 16 އަހަރެވެ. ނަަައިރާ ގެ މޫނު މަތިން ހިނިތުންވުމެްް ވެރިވުމުން މަންމަ ގެ ހާލު ކޮންމެވެސް މިންވަރަކަށް ރަނގަޅުވެއްޖެކަން އަހައްނަށް  އެނގުނެވެ. ޑޮކުޓަރު ދިއުމުން ނައިރާ އަހަރެން ގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ނައިރާ ގޮސް ވަނީ ޕްރައިވެޓް ރޫމަކަށެވެ. ދޮރު ހުޅުވުމާަ އެކު އަރެންގެ ލޮލުގައި އަޅައިގަތީ މަންމައެވެ. މަންމަ އަށްވެސް އަހަރެން ފެނުނެވެ.”ޔާއިން” ލަސްލަހުން މަންމަ އަހައްނަށް ގޮވާލިއެވެ. ދުވެފައި ކަހަލަގޮތަކަށް މަންމަ ގާތަށް ދިޔައީމެވެ.ނައިރާ ވެސް އެނދުގެ އަނެއްފަރާތުގައި އިނެވެ. މަންމަ ލަސްލަހުން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “މަންމާ ސޮރީ” އަހަރެން މަޑުމަޑުން ބުނީމެވެ. އަހަރެންގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ މަންމަ ފުހެ ދިނެވެ. އަދި ނުރޯށޭ ބުނެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެހަނދާން ނުދާނޭ ފިލާ 3

Next

ކެތްކުރާނަން އުއްމީދުގައި 1

Next
April 10, 2018

ކެތްކުރާނަން އުއްމީދުގައި 1

Previews
April 10, 2018

އެހަނދާން ނުދާނޭ ފިލާ 3

12 Comments!

  1. Nu Xu says:
    April 10, 2018 at 9:53 am

    Iburaiyytheri stry eh… Nice ☺☺☺ keep it up

    1. Baby girl says:
      April 10, 2018 at 2:20 pm

      Jazakillah Nu Xu

  2. Alyss says:
    April 10, 2018 at 1:11 pm

    interesting
    very nice when is the next part??

    1. Baby girl says:
      April 10, 2018 at 2:14 pm

      Insha Allah tommorw. Ekamu miadhu liyevihjeyaa miadhuvx veytho balaanan

  3. Anonymous says:
    April 10, 2018 at 1:28 pm

    Nice story … ???

  4. Baby girl says:
    April 10, 2018 at 2:16 pm

    Thanks all the readers for ur support. Dhen mistakes thah faahaga kohlladhinun edhen. Jazakumullah khairan

  5. inan says:
    April 10, 2018 at 2:33 pm

    reethi vaanehen heevaa vaahakaeh.. kudhi kudhi kuh ebahuri, imlaa kuh kahala.. ekam masakkaiyy kollaifiyyaa varah avahah ebai rangalhu vaane.. in sha allah.. plus, vaahakaige shauquverikan hifahattan masakkaiyy kurahchey.. eyrun story varah furihamakoh kuriyah dhaany.. mihaaru ves hama vrh reethi mi story.. Maa sha allah! 🙂 nxt part kon irakun???

    1. Kiyara says:
      April 11, 2018 at 7:25 pm

      Jazakillah Insha Allah i will try to correct all the mistakes

  6. lotus says:
    April 10, 2018 at 2:34 pm

    Nice… keep it up???

  7. inan says:
    April 11, 2018 at 6:17 pm

    i have a question, writer.. hope you’d clarify my doubt to me.. aslu name aky kiyara tha???

    1. Kiyara says:
      April 11, 2018 at 7:25 pm

      ????

  8. Alyra says:
    October 25, 2018 at 2:07 pm

    nice!

Comments are closed.

Next Episodeޔާއިން 2←


All Right Reserved!