Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހަނދާން ނުދާނޭ ފިލާ 2

Samaa Level 110 Stories
April 7, 2018 One Min Read
7 Comments

“ވާލެޔަކުމް ސަލާމް”

“އަހަނ އަސްލަމްބެ ކިހިނެއްވީ ކަމަކުތަ އަނެއްކާ؟” ސަލާމް ގޮވާލާފައި ގޭގެ ގޭޓުން ވަދެގެން އައި އަސްލަމް ފެނި ހަޔާ ސުވާލު ކުރިއެވެ. އަސްލަމް އަކީ ހަޔާގެ ބައްޕަ ގެ ކުޑައިރުގެ ރަހްމަތްތެރި އެކެވެ. ހަޔާގެ މައިންބަފައިން މި ދުނިޔެ އާއި ވަކިވީއްސުރެވެސް އެންމެ އަޅާލާ އޯގާތެރި އެކަކީ އަސްލަމް އެވެ. އަސްލަމް އަބަދުވެސް ދެކެނީ ހަޔާ އަކީ އޭނަގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ.

” ނޫނޭ ކަމަކު ނޫން ކަނބުލޯ! ކޮބާ ތަ އަރަން؟ ނިދީތަ؟” ހަޔާ އިށީނދެ އިން ޖޯލި ފަތީގެ ޖޯއްޔަކަށް ވެއްޓިގަންނަމުން އަސްލަމް ސުވާލު ކޮއްލިއެވެ.

“އާން މިރޭ ވަރަށް އަވަހަށް ނިދައިފި. މާދަމާ ސްކޫލަށް ދާންޖެހޭތީ އެހެންވެ. އަސްލަމްބެ ކައިފިންތަ؟” ހަޔާވެސް ކުރިން އޮތް ޖޯލީގައި އޮވެ ހަމަޖެހިލަމުން ބުނެލިއެވެ.

” އާން ކައިގެން މިއައީ. ކޮބާ ތަ ހަޔާ ގެ ބޮޑުދައިތަ ކުއްލިޔާ؟ ” އަސްލަމް އަހާލިއެވެ.

“އަހަރެން މިހިރީނު މިތާ ބަދިގޭގަ. މަށައް އިވެޔޭ އަސްލަމްގެ އަޑު.” ބަދިގޭގައި ރިހަކޮޅު ހޫނުކުރަން އުނދުނަށް އުދައިގެން ހުރެ ކުއްލިޔާ ބުނެލިއެވެ.

“އެހެންދޯ” ކުޑަކޮއް ހީލަމުން އަސްލަމް ބުނެލިއެވެ.

“މާދަމާ ބޮވާ އެއް ލިބިދާނެތަ؟ އަރަން ބޮވާ ހަނާކޮއްގެން ކާހިތުން މިއަދުވެސް ވަރަކަށް ކިއި. އަހަރެން ބުނިން އަސްލަމްބެ ކައިރި ބުނާނަމޭ” ހަޔާ އޮވެ އަސްލަމް އާދިމާލަށް ބަލާލަމުން ބުނެލިއެވެ.

” އާން ބޯވައެއް ލިބޭތޯ ބަލާނަން، މި ދުވަސްވަރު ވިއްސާރަކަމުން ހިޔެއްނުވޭ އެކަމަކު ތިކަމެއް ވާނެ ހެނެއް” މިހެން ބުނެ އަސްލަމް ވާހަކަ ކުރިއަށް ގެންދަން އުޅުނުތަނާ ފޯނަށް މީހަކު ގުޅާތީ ފަހުން އަންނާނަން ކަމަށް ބުނެ އެގެއިން ނިކުންނަން ހިނގައިގަތެވެ.

ހަޔާވެސް ޖޯލިން ތެދުވެ ގެއަށް ވަދެ ގޭގެ ދޮރު ލައްޕާ ތަންޑު އަޅުވާލިއެވެ. އަދި ބޮޑުދައިތަ ގެ ހަބަރެއް ބަލާލައިފާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެނދުގައި ނިދާފައި އޮތް އަރަން ގެ މަގަތުގައި އިށީނދެ އެކުއްޖާގެ ނިތްކުރީގައި ބޮސްދިނެވެ. އެހިނދު އަނެއްކާވެސް ނިއަލް ގެ މަތިން ހަނދާން އާވެލިއެވެ.

************************************************

އެނދުގައި ނިދާފައި އޮތް ނިއަލް ގެ ނިތުކުރީގައި ހަޔާ ފިރުމާލިއެވެ. ހަޔާ ހައިރާން ވީ ނިއަލް ލޯ މަރައިގެން އޮވެ ހިނިތުން ވެލީމައެވެ. އަދި ވަރަށް ނޫން ކަމަށް އޮވެ ތުންފަތުގައި އަތް ލަމުން ބޮސްދިނުމަށް އިޝާރާތް ކޮއްލިއެވެ. ހަޔާ ގަތް ލަދުން ނިއަލްގެ ގައިގާ ކުޑަކޮއް ޖަހާލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދާން ހިނގައިގަންނަން އުޅުނެވެ. އެހެނަސް ނިއަލް މާ ހުށިޔާރެވެ. ހަޔާގެ އަތުގައި ހިފާ ދަމައިގަތުމުން ހަޔާގެ މޫނު އައިސް ޖެހުނީ ނިއަލް ގެ މޭގައެވެ. ނިއަލް ނިކަން ބާރަށް  ހަޔާ ގަޔާއި ލާ ބޮނޑިކޮއްލިއެވެ.

“ދެން ދޫކޮއްލާ. މަންމަ ރުޅި ގަދަވެދާނެ. މިހާރުވެސް ހޯދާނެ ކަންނޭގެ، އަދި ކާމޭޒުމަތި ސާފު ކޮއްލަން ދާން ޖެހޭ.” ހަޔާ ނިއަލް ގެ އަތްދަށުން ސަލާމަތް ވާން މަސައްކަތް ކޮއްލަމުން ބުންޏެވެ.

“މަންމަ ސާފުކޮއްލަފާނެ، އެހެންނޫނަސް ޔުސްރާ ވެސް އެބައުޅެއެންނު. ދެން ދާނެ ކަމެއް ނެތް.” ހަޔާގެ ނިތުކުރީގައި ބޮސްދެމުން ބުންޏެވެ.

“ސުއްބީ، އޭރުން މިރޭ މަންމަ އަހަރެން ކޮޓަރިއަށް ވަނަވެސް ނުދޭނެ. އެހާ ގިނައިރެއް ނުވާނޭ، އަންނާނަމޭ. ޕްރޮމިސް.” ހަޔާ ނިއަލް ގެ އަތް ދުރަށް ލަމުން އެއްލޯ މަރާލުމަށްފަހު ބުންޏެވެ.

****************************************************

“ހޫން ކަމަނާފާނު އަށް ކޮޓަރިކޮޅުން ނިކުމެވޭ ވަރު ވެއްޖެ ދޯ! މިހާރު ކޮން އިރެއް އެންމެން ކެއިތާ. ދެންވެސް ތިތާ ނުހުރެ ގޮސް އެތަން ސާފު ކޮއްބަލަ. އަހަރެން ހިތައްއަރާ ކޮންކަމެއް ކަމުގޮސްގެން ބާއޭ ނިއަލް އަށް މީނަ ކަމުދިޔައީ.”  ކޮޓަރިން ނިކުމެގެން ބަދިގެޔައް އައި ހަޔާ ފެނުމުން ނިއަލް ގެ މަންމަ ސޯބިރާ ނިކަން ބާރަށް ރުންކުރުވެ ހުރެ އެއްފައްޗަކަށް އަމުނާލިއެވެ. އަދި ބަދިގެއިން ނިކުމެގެން ސިޓިންގް ރޫމަށް ދާން ހިނގައިގަތެވެ. ދަމުން ވަރަކަށް ހަޔާ އަށް ލޯ އަޅާލިއެވެ. ހަޔާ ހުރީ ހުރި ފިޔަވަޅުމަތީ ގުޑިލަން ނޭނގި ގަނޑުވެފައެވެ. ލޮލުން ކަރުނަ ނިރާލީ އިވިގެން ދިޔަ ތޫނު ބަސްތަކުން ހިތް ތޮރުފިގެން ދިޔަލެއް ބާރުކަމުންނެވެ. ވާނީވެސް އެހެންތާއެވެ. ނިއަލް އާއި އޭނަގެ ކައިވެނި ކުރެވުނީ ދެ އާއިލާގެވެސް ނުރުހުމުގައެވެ. ސަބަބަކީ ހަޔާ އަކީ ނިކަމެއްޗަކަށް ވުމެވެ. ނިއަލްގެ އާއިލާ އަކީ މެދު ފަންތީގެ އާއިލާ އެކެވެ. ނިއަލް ގެ މަންމަ ބޭނުންވީ ނިއަލް އެރަށުގެ މުއްސަނދި ކުއްޖަކާ ކައިވެނިކުރުވާށެވެ. ނިއަލް އާއި ހަޔާ ކައިވެނި ކޮއްގެން އެގެޔަށް އައިއްސުރެ ރުހުމުގެ ލޮލުން އޭނަ އަށް ބަލާލާ އެކަކުވެސް ނިޔަލް ފިޔަވާ އެގެޔަކު ނެތެވެ. ހަޔާ ކެތްކުރެއެވެ. ނިއަލް އަށްޓަކައެވެ. ނިޔަލް އަކީ އޭނަގެ ފުރާނައެވެ.

*************************************

ހަޔާ އަށް ނިދިޖެހުނުތާ މާގިނައިރުތަކެއް ނުވެ ކުއްލިޔާ އައިސް ހަޔާގެ ކޮޓަރި ހުޅުވާ ބަލާލިއެވެ. އޭރު ހަޔާ އާއި އަރަން ވެސް އޮތީ ގަދަ ނިދީ ގައެވެ. ދޮރު ލައްޕާލާފައި ކުއްލިޔާވެސް ވަނީ އޭނަގެ ކޮޓަރިއަށެވެ. (ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

އެހެނަސް…(4)

Next

ނޫރު (ފަންސާސްހަތްވަނަ ބައި)

Next
April 7, 2018

ނޫރު (ފަންސާސްހަތްވަނަ ބައި)

Previews
April 7, 2018

އެހެނަސް…(4)

7 Comments!

  1. Rishy says:
    April 7, 2018 at 9:15 pm

    Me first???.. Haadha kurey……..

  2. Fai says:
    April 7, 2018 at 9:26 pm

    Samaa haada kurey but reethi vaanehen heevany
    When next part? ???????

  3. Friends says:
    April 7, 2018 at 9:44 pm

    Masha allah v furihama.
    Ekam e bahuri igey dear kuda kon typing mistake vex. + jumula thah nimey hisaab ga inna bass dhebai vefa vex . Kuda kon udhagu ehen v ma.keep it up.waiting 4 nw part.ummeedh kuran thah kolheh avahah and dhigu koh up kohla dheyne kamah.
    – salaam – ???

  4. Alyss says:
    April 9, 2018 at 5:19 pm

    samaa
    don’t take it negative igey
    nimeythankolhu thankolheh bodah interest kollaafa noony readers ge hihthalhu vaalaafa nimmaaliyya varah ragalhu vaane eyerun readers story up vaane irakah inthizaaru kuraaleh gina vaane and varah bodah reader dhen vaane goth balan beynun vaane.
    hope you understand and as I said please don’t take it negative
    love Alyss

    1. Samaa says:
      April 9, 2018 at 9:30 pm

      yea sure.. tq 🙂 faadukiyumakee kurierun

  5. Afaa says:
    April 10, 2018 at 10:32 pm

    salhii varah??

  6. Aphro grl says:
    April 12, 2018 at 6:49 pm

    Vaahaka kuriyah gendhaa goiy v kamudhey.. baehkahala mistakes thah ebahuri faahaga kurevey.. lyk vaaleyakum salaam. Rangalhu gothaky wa a’laikumussalaam.. mi bas v ginain vaahakathah kiyamun dhaairu hama migothah liyefa inna than feney.. ummydhu kuran rangalhu kollaane kamah? typing mistake thah ves ebahuri.. stry v rythi

Comments are closed.

Next Episodeއެހަނދާން ނުދާނޭ ފިލާ 3←


All Right Reserved!