ޖެހެމުން ދިޔަ ވައި މަޑުވެ، ވެހެމުން ދިޔަ ވާރޭ ހުއްޓި، ކުއްލިއަކަށް މޫސުން ރީތި ވެއްޖެއެވެ. ވާރޭ ހުއްޓާލަންދެން ގެއެއްގެ އަސްކަނި ދަށައް ހިޔާވަހިކަމެއް ހޯދުމަށް ވަދެ ހުރި ހަޔާ އަށް ބަލާލެވުނީ އަދިވެސް އެއްފަހަރު އުޑުމައްޗާ ދިމާލަށެވެ. އެއްކޮށް ވާރޭ ހުއްޓިއްޖެ ކަން ޔަގީން ވީމާ ބާރަށް ހިނގައިގަނެވިއްޖެއެވެ. ހީވާ ގޮތުން ކޮންމެވެސް ތާކަށް ދާން ލަސްވެގެން އުޅޭހެންނެވެ. ކުރިއަށް އޮތް މަގުގެ ކަންމައްޗައް ވާގޮތައް ހަދާފަ ހުރި ގޭގެ ގޭޓު ކުރިމައްޗަށް އަރާ ހަމަ ވުމުން ހަޔާ އަށް ބަލާލެވުނީ ބޭ އިޙްތިޔާރުގައެވެ. އެއީ “ޑޭޒްލިންގް” ނަން ޖަހާފައިވާ ގެއެކެވެ. އެ ގެ ފެންނަ ކޮންމެ ފަހަރަކު މާޒީ ގެ ސޮފްހާތައް ހުޅުވިގެން ދަނީ އަމިއްލަ އިހްތިޔާރަކު ނޫންކަހަލަ އިހްސާސެއް އަބަދުވެސް ވެޔެވެ. އެ ގެޔަކީ އާދައިގެ އެހެންނަމަވެސް ޒަމާނީ ފެންވަރުގައ ހަދާފައިވާ ގެއެކެވެ. މީހުން ދިރި ނޫޅޭތީ ބަންދު ކޮއްފައި ހުންނަތާ 8 އަހަރު ވީއެވެ. ހަޔާގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި ހިތްދަތި ދުވަސްތަކެއްވެސް ހޭދަކުރެވިފައި ވަނީ އެ ގޭގައެވެ. ހަޔާ ގެ ލޮލުން ކަރުނަ ހިލިލިއެވެ.
“ހަޔާ” .. ހަޔާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލި އަޑަށެވެ. އެއީ ދަންނަ އަޑަކަށްވާތީ މޫނުމަތިން ވަކި އަސަރެއް ފާޅު ނުކޮއް އެމީހަކާއި ދިމާލައް ބަލާލިއެވެ. އެއީ ހަޔާ ގެ ބޮޑުދައިތަ ކުއްލިޔާ އެވެ. މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަދި ހަޔާގެ ގާތައް ޖެހިލުމަށްފަހު ހަޔާ އަށް ރަނގަޅަށް ބަލާލިއެވެ.
“ހަޔާ ދަރިފުޅާ! އަދިވެސް ތި ވިސްނަނީ އެމީހުންނާއި މެދު ތަ؟ ދަރިފުޅާއި މެދު އެހާނުބައި ކޮށް ކަންތައް ކޮއްފަ ފިލި ބަޔަކާއި މެދު ވިސްނާ ފިކުރު ކޮށް ރޮއެ ހަދަން ޖެހޭ ސަބަބެއް ބޮޑުދައިތަ އަކަށް ނުވިސްނޭ. މިހާރު 8 އަހަރުވީ. ދަރިފުޅުވެސް ވެއްޖެއްނު ދެން ދިރިއުޅުމައިގެން އަލުން ކުރިއަށް ދާން. ހަޔާ އަށްޓަކައި ނޫނަސް އެ ކުޑަ ކުޑަ އަރަން އަށްޓަކާވެސް. ”
ބޮޑު ދައިތަގެ ވާހަކަ އިވި ހަޔާ އަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އާއެނކެވެ. ހަޔާ މިއަދު މިދުނިޔޭގަ އެންމެ ލޯބިވާ މީހަކީ އެއީ އެވެ. އަރަން އެވެ. އެއީ ހަޔާގެ ފުރާނަ ފަދަ ދަރިފުޅެވެ. ދެލޮލުގެ ކޮޔެވެ.
ބޮޑުދައިތަ އައިސް ހަޔާގެ ބުރަކަށީގައި ފިރުމާލަމުން ގެޔަށް ދާން ބުނެލިއެވެ. ހަޔާވެސް ގަސްތު ކުރީ އަވަހަށް އެތަނުން ދެވޭތޯއެވެ.
*********************************************************************************
“މަންމީ” ގޭގެ ގޭޓުން ވަދެގެން އައި ހަޔާ ފެނުމާއި އެކު އަރަން ދުވެފައި ގޮސް ހަޔާގެ ގައިގާ ބައްދާލިއެވެ.
“މާ ލަސްވީ ދޯ މަންމި! ވާރޭ ވެހޭތީ ލަސްވީ އޭ. ބަނޑުހައިވެއްޖެ ދޯ ދަރިފުޅު؟ މިހާރު ގަޑިން 8:30 ވަނީ ދޯ. ހިނގާ ކާން ދާން” އަރަން ގެ ބޮލުގައި ފިރުމާލަމުން ހަޔާ ވާހަކަ ދެއްކިއެވެ. އަރަންވެސް ވަރަށް ކިއުޓު ވެލާފަ ބޮލުގެ އިޝާރާތުން އާންއެކޭ ބުނެލިއެވެ.
********************************************************************************** އަރަން ނިންދެވަން ބާއްވާފައި ހަޔާ ނިކުމެލީ ގޭގެ ބޭރުގައި ހުންނަ ޖޯލިފައްޗަށެވެ. ގޭގެ ބޭރުފަރާތު މަގުން ހިނގަމުން ދިޔަ ދެމަފިރިޔަކު ޖަހަމުން ދިޔަ ސަކަރާތެއް އަޑު އިވުމުން ހަޔާގެ ހަޔާތުގެ މަންޒަރެއް ސިފަވެގެން ދިޔައެވެ.
********************************************************************************
“ނިއަލް” ” އުނދަގޫ ނުކޮއްބަލަ، މީހަކަށް ފެނިދާނޭ” ނިއަލް އާއި އެކު މަގުން ހިނގަމުން ދިޔަ ހަޔާ އަށް ނިއަލް ކޮއްލި ގޯނާ ގެ ސަބަބުން ހަޔާ އަށް ބުނެވުނެވެ.
“ހެހެހެ ، މަގޭ ދޫންޔައް އުނދަގޫ ވީތަ؟ އަހަރެން ލޯބިން ގިލި ކޮއްޓާލީ އޭ ބޭބީ. އެހެން ނޫނަސް މީހަކަށް ފެނުނަސް ކީއްކުރާނީ، ތީ މަގޭ ހަލާލު އަނބިމީހާ” ހަޔާ ގެ ކޮނޑަށް އަތް ވައްޓާލައި ގަޔާ ކައިރި ކޮއްލަމުން ނިއަލް ބުނެލިއެވެ. ނިއަލް ގެ މި ކުއްލި ހަރަކާތުން ހަޔާ އަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. އަދި ނިއަލް ގެ އަތް ނަގައި ދުރު ކޮއްލަން މަސައްކަތް ކުރިއެވެ، އެހެންނަމަވެސް ނިއަލް މާ ހުށިޔާރެވެ. ކުރިއަށް ވުރެބޮޑަށް ހަޔާ އާއި ކައިރި ވެލުމަށް ފަހު ކަންފަތް ދޮށުގައި ބުނި ޖުމްލަ އަކުން ހަޔާ ރަނގަޅަށް ވެސް ރަކިވެއްޖެ އެވެ.
*********************************************************************************
“އައްސަލާމް އަލައިކުމް”
ހަޔާ އަށް މާޒިގެ ހަނދާން ތަކުން ދުރަށް ޖެހިލަން މަޖުބޫރު ވީ ކޮންމެވެސް މީހަކު ސަލާމް ގޮވާލި އަޑަށެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


vvvvv.nice…when next part??? first part ves varah furihama..
Vvv reethi but cover pic ga thyny loabinuviyas firumaaladhy vaahakaige vx cover pic same v ma v udhagoo aslu
First bai salhi ingey….. Ummeedh kuran dhen huri bai thah vex salhi vaane kamah…kuda kon udhagu gotheh hurey maa ginainn line thah huriyma. + stry ge pic ehaa ok ehnoon kan nyge hurihaa stry eh ga same veema.thiya kuraa bura mashah kah ufalaaeku balaa gannan .
Keep it up.next part dhigu kohla dhehchey ingey.kon dhuvas thaku ga mi stry up vaany.
Waiting 4 nw part.
– Salaam -???
tq and will improve.. in sha allah.. its just a hobby, and i have not decided yet the days to upload it. less than twice a week may be..
Dhevana partakah keyymadhuvefa kiyaahitunn v v reethi bodah reethivaane adhives bodhah hayaage haasskan ithuray bodukohleema varah furihama habeys
story v. nice but pic ehen story ehge pic aai same v ma….dhw
aslu neyngi levifa eyni pic.. but will change..
and tq for the complement
Vvvv nice story….. I love at
HELLOW SAMAA
NICE STORY
HOPE IGEY MI STORY NIMENDHEN UP VAANE
KAMAH
GOOD LUCK AND KEEP UP THE GOOD WORK
LOVE