Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާލިފް 4

yoona Level 110 Stories
March 20, 2014 4 Mins Read
8 Comments

އާލިފް އަވަސްވެގަތީ ވަހީދަށް މި ވާހަކަތައް ކިޔައިދޭށެވެ.

”އޯހް ޝިޓް” އޭނަ ފޯނުނަގަންވެގެން ޖީބަށް އަތްލިޔެވެ.

“މިޔާ އެކީ ދޯމިފުންމާލެވުނީ” އާލިފް ދެއަތަކަށް ބޯހޫރުވާލިޔެވެ.

 އާލިފް ހިގައިގަތި ވަހީދު މެން ގެގެޔަށް ދިޔުމަށެވެ. ވަހީދަކީ އާލިފްގެ ބެސްޓުފުރެންޑެ އޭނަގެ ހުރިހާ ސިއްރެށް ވަހީދަށް އެނގޭނެޔެވެ.

ދޮރުގަޓަކިޖަހާލުމުން އެތެރެއިން ދޮރުހުޅުވީ ވަހިދުގެ މާމަ ޔެވެ. ”އެކޮއެ ކޮންވަޑާމެއް މިޔޮއް ދަންވަރު” އާލިފް އަތުކުރީ އޮތް ގަޑިޔައް ބަލާލިޔެވެ. އެއީތެދެކެ ބާރަގަޑި ބައިވީއެވެ.

“ވަހީދަށް ގޮވާލަދީބަލަ ކުޑަކަމަކު…..އަޅުގަނޑު މިހުރީތެމިފަ..”

”އާނ އާނ ….އެތާ ޖޯލީގަ މަޑުކޮއްލާ..މިގޮވާލަނީ”މާމަ ޖޯޔަށް އިޝާރަތް ކޮށްލިޔެވެ.

 އާލިފް ގޮސް ޖޯލީގަ އިށީނެވެ. އޭނަގެ ސިކުނޑީގަ އެބުރެމުން ދަނީމިރޭ ފެނުނު މަހްލޫގު ގެ ސިފަޔެވެ.

 ”މޫދަށް ފުންމާ ލައިގެންދޯއާސްތީނީ”ވަހީދު އާލިފްގެކޮނޑުގަޖަހާލިޔެވެ. އާލިފް ދިޔައީސިއްސައިގެންނެވެ. ޖެހިގެން އިން ޖޯލީގަ ވަހީދު އިށީނެވެ.

 ”ކިހިނެވީ ހާދަ ހާސްވެފަ”ވަހީދު އަހާލިޔެވެ.

”ވައްޑޭ ބުނާކަށް މިރޭ މަށާ ކަމަކާދިމާވީ…..ކަލޭ …ގަބޫލެއްވެސް ނުކުރާނެ…..މަވެސް މޭތެޅިލި”   މިހެން ބުނަމުން އާލިފް ދެއަތަކަށް ބޯ ހަލުވާލިޔެވެ.

“އަނެއްކާ ކިހިނެއްވީ؟ އެއްކަލަ ގޮލާދިމާވީތަ ؟”ވަހީދު ސުވާލުކޮއްލިޔެވެ.

”އަހަރެން އެއްކަލަފަހަރު ވައްޑޭއަށް ގުޅީމެންނުން………..ކަލޭ ބިޒީއްޔޭ ބުނީމަ ދެން މަ ދިޔައީ ފާލަމަށް….”

އާލިފް ބައްޕަ ކިޔާދިން ވާހަކަތަކާ މިރޭ ދިމާވި ކަންތައްތަކާއެކު ވަހީދަށް ކިޔާދިނެވެ.

“އެހެންތަ! ނާހަމަ ރަނގަޅަށްތަ؟ އަހަރެންގެ މާމަ އޭރުވެސް ބުނި. އާލިފްގެ މައިންބަފައިންނަކީ މިރަށަށް ހިޖުރަކުރި ބަޔެކޭ” ވަހީދު އެވާހަކަތައް އަޑުއެހީ ހައިރާންކަމާއެކުގައެވެ.

“އަސްލު ބުނަން ތީ އާލިފް ނޫން މީހަކު ދެއްކި ވާހަކައެއްނަމަ މަށެއް ޤަބޫލެއް ނުކުރީމުސް” ވަހީދު ބުންޏެވެ.

“މިކިޔާ މަރމެއިޑްވެސް އެހެންވީމާ ހަމަ އުޅެނީތާ ދޯ!” ފުން ވިސްނުމެއްގައި ހުރެފައި ވަހީދު ބުންޏެވެ.

“ވައްޑެއަށް އިނގޭތަ! އަހަރެން އެންމެ ހައިރާންވީ……” މިހިސާބަށް ބުނެފައި އާލިފް ހުއްޓާލިއެވެ.

“ކީއްވެ ހުއްޓާލީ؟ ބުނެބަލަ! ކޮންކަމަކާތަ ހައިރާންވީ..” ވަހީދު އާލިފަށް ހަމްދަރުދީ ވިއެވެ.

“އަހަރެން އެންމެ ހައިރާންވީ……. އެމަޚުލޫޤު މަށާ ހާދަ ވައްތަރޭ..” އާލިފް މެދުކަނޑަމުން ބުންޏެވެ.

“އޭން! ސީރިއަސްކޮށްތަ؟” ވަހީދުވެސް ހައިރާންކަން ފާޅުކުރިއެވެ. އާލިފް ބޯޖަހާލިއެވެ.

ދެން އައީ ވަރަށް ހިމޭން ވަގުތުކޮޅެކެވެ. ކުޑަ އިރުކޮޅަކަށްފަހު ވަހީދު ވާހަކަ ދައްކަންފެށިއެވެ.

“އަނެއްކާ އާލިފް ތީ………………..” ވަހީދު ބުނަންފެށި ޖުމްލަ މެދުކަނޑާލިއެވެ.

“އޭ ވައްޑޭ! މިގަޑީގައި ސަކަރާތްނުޖަހާ… މަވަރަށް ސީރިއަސް….އެހެންނޫނަސް މަމީ އިންސާނެއްނުން” އާލިފް ބުންޏެވެ.

“މަވެސް ސީރިއަސްއޭ…….. އާލިފް ބައްޕަވެސް އެބުނީނުން…. ތީ އެމީހުންގެ ދަރިއެއް ނޫނޭ…. އަނެއްކޮޅުން ވިސްނާލަބަލަ…ހަސަންބެމެންނަކަށްވެސް ނޭންގެއެއްނުން…. ތީ ސިހުރު ހަދާމީހާ ކޮންތާކުން ކޮންގޮތަކަށް ހޯދި ކުއްޖެއްކަމެއް…ހަމަގައިމުވެސް ދިވެއްސެއް ނޫނެއްނުން….އިންސާނެއްކަމެއްވެސް ނޭންގެ….. އަހަރެމެންނާ އާލިފްއާ އެތަށް ގޮތަކުން ތަފާތު…..މޫދާ އެހާ ގާތް..” ވަހީދު އާލިފަށް ވިސްނަދެވޭތޯ ބެލިއެވެ.

“އަދި ކޮބާ! އާލިފް މޫދަށް އެރޭއިރަށް އެމަޚުލޫޤު އުޅެނީ އާލިފް ފެންނަ ހިސާބުގައި…….ނުވިތާކަށް ތިބުނީ އޭތި ހީވަނީ ކަލޭގެ ކޮޕީއެއް ހެނޭ…. ނޫންތަ؟” ވަހީދު އަހާލިއެވެ.

އާލިފް ވިސްނާލިއެވެ.

“ވައްޑެ ތިބުނީ މުޅިއަކުން ދޮގެއްނޫން…” އާލިފް އެއްބަސްވިއެވެ.

“ދެންދޭ ފެންވަރާލައިގެން ނިދާލަން…..” ވަހީދު ބުންޏެެވެ.

“އޯކޭ…” އާލިފް ތެދުވެ ހިނގައިގަތެވެ. ގެއަށް ދިއުމުގެ ބޭނުމުގައެެވެ.

އަނެއް ދުވަހުގެ ހެނދުނެވެ. އާލިފް ހޭލައިގެން ކޮޓަރިން ނިކުތްއިރު ބައްޕަ ކޮންމެވެސް ތާކަށް ދާންވެގެން ދަބަހެއް ހިފައިގެން އުޅެއެވެ.

“ކޮންތާކަށް ދާން ބައްޕަ ތި އުޅެނީ؟…” އާލިފް އަހާލިއެވެ.

“މިދަނީ ރިސޯޓަށް….މެނޭޖަރު ގުޅާފަ ސޮއިކޮށްލަންވެފަ ހުރި ލިޔުންތަކަކާ އަދިވެސް ބައެއް މުހިންމު ކަންކަން ހުރި ވާހަކަ ބުނީމަ…” ހަސަނު ކިޔާދިނެވެ.

“އަޅުގަނޑު ދަންތޯ؟….އަޅުގަނޑު ފޯނެއް ގަނެލަން މާލެދާންވެސް ބޭނުން…” އާލިފް އެދުނެވެ.

“ކިހިނެއްވީ ފޯނަށް؟………” ހަސަނު އަހާލިއެވެ.

“މި…..އަނެއް………..” އާލިފް ބުނަން މަސައްކަތް ކުރިއެެވެ.

“މޫދަށް ވެއްޓުނީ ދޯ!………” ހަސަނު ފުރިހަމަ ކޮށްލިއެވެ.

އާލިފް ބޯޖަހާލިއެވެ.

“ބައްްޕަ އެކޮޅަށް ގޮސްފަ ލޯންޗް ފޮނުވާނަން …….މެންދުރުފަހުން މަތިންދާ ޓިކެޓް ހަމަޖައްސާނަން…..”ހަސަނު ބުންޏެވެ.

“އެއީ ކީއްވެ މިހާރު….؟” އާލިފް އަހާލިއެވެ.

“މަންމަ ގޮވައިގެން ދަރިފުޅު މާލެދޭ…….” ހަސަނު ބުންޏެވެ.

“މަންމަ ދަނީތަ ކާފަ ކައިރިއަށް؟” އާލިފް އަހާލިއެެވެ.

“ދެން މިފަހަރު އަޅުގަނޑު ހުންނާނީ ކޮންތާކު؟………..އާލިފް ސުވާލުކުރިއެވެ.

“އެހެންޏާވެސް ތިބޭ ތާނުގަ………….” ހަސަނު ޖަވާބު ދިނެވެ.

ހަސަނު  މާލެއިން ބޮޑުގެއެއް ކުއްޔަށް ހިފާފައި ހުރެއެވެ. އެގެއިން ހަސަނުގެ މުވައްޒަފުން ތިބެން ތިން ފްލޯ ދީފައި… އެންމެ މަތި ހުންނަނީ ހަސަނުމެން އަންނަ ދާ ފަހަރަކު ތިބެން ބަހައްޓާފައެވެ.

“އެކަމު މަންމަ ހުންނާނީ ކާފަ ކައިރީގައެއް ނުން…………” އާލިފް ބުންޏެވެ.

“ނޫން މަންމަވެސް….ދަރިފުޅުވެސް ހުންނާނީ އެހެންޏާވެސް ތިބޭ ތަނުގަ……” ހަސަނު އަމުރު ކުރިއެވެ.

“ކޮބާ މަންމަ؟ ކޮޓަރީގަތަ؟ އާލިފް ސުވާލުކޮށްލިއެވެ.

“އާނ…. ދަތުރަށް ހަދަނީ….ދަރިފުޅުވެސް ތައްޔާރުވޭ….ބައްޕަ ދަނީ………” ހަސަނު ބުންޏެވެ.

ހަސަނު ދިޔުމުން އާލިފް ވަނީ މަންމަގެ ކޮޓަރިއަށެވެ.

“މަންމާ…” އާލިފް ގޮވާލިއެވެ.

“އޯތް….ކިހިނެއްވީ؟….ސައިބޮއިފިންތަ؟….” މަރިޔަމް އަހާލިއެވެ.

“އަޅުގަނޑުވެސް މާލެ ދަން…” އާލިފް ބުންޏެވެ.

“ކީއްކުރަން؟..” މަރިޔަމް އަހާލިއެވެ.

“ކުޑަ ކަމަކު….. މަންމަ އާ ސުވާލެއް ކޮއްލަންތަ؟…..”

“ކޮށްބަލަ….ދަރިފުޅު މިހާރު ހާދަ ސުވާލި ގިނައޭ……….” މަރިޔަމް އަހާލިއެވެ.

“ކުއްޖަކު ނުލިބިގެން ކޮންމެވެސް ފަންޑިތަ ހަދާ މިޙެއް ކައިރިއަށް ދިޔަވާހަކަ  ބުނީމެންނު……” އާލިފް ތަންކޮޅެއް ދުރުން ފެށިއެވެ.

“އާން….ކީއްވީ؟……….” މަރިޔަމް ޖަވާބު ދިނެވެ.

“އެރޭ މަންމަ އަތިރިމައްޗަށް  ގެންދިޔަ ވާހަކަ ބުނީމެންނުދޯ………….” އާލިފް އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

“ހޫން……..އެރޭ އޭނަ މަންމަ ގޮވައިގެން އަތިރިމައްޗަށްގޮސް ފާޑެއްގެ ދުންއަރުވާ އެއްޗެއްވެސްގެނެސް ބަހަށްޓާފަ  ..މަންމަ ޔާ އޭނަޔާ   އަދި މުސްކުޅިއަންހެނަކާ ވެލިގަނޑުމަތީގަ

ދެފައި ވަށްކޮށްގެންއިށީންދެފަ  އޭނަ ކިޔެވެލި ކިޔަވަން ފެށި  ކުޑައިރުކޮޅަކުން   އުޑުމަތިބަނަވާންފެށި  ..މޫދުއެއްކޮން ރެދހަނލާންފެށި….އަދި   އަންނަ ނާންނަ ތަނެއްނޭންގި

މީހުން ..ގިނަވާންފެށި…ކޮންމެ ފަހަރަކުވެސް އަންނަނީ  ދެމީހުން   އެއީ އަނހެނަކާ ފިރިހިނަކާ  ހީވަނީ ދެމަފިރިނހެން ..އެންމެ އަޖައިބުކަމަކީ ކޮންމެ އަންހެނަކުވެސް އިންނަނީ

ބަނޑު ބޮޑުވެފަ…..ކުޑަިއިރުކޮޅަކުން ..ކަނޑުން މަސްތަކެއް ފުމެމުން އަހަރެމެންނާ ދިމާއަށް އަންނަންފެށި މިމަންޒަރުފެނިފަ ބިރުންގޮސް މަންމަ ހެނެތުނީ

ދެންވީ އެއްވެސްކަމެށް ނޭންގެ…….މަރިޔަމް ކިޔާދިނެވެ.

އާލިފް އިނީ ބުނާނެ އެއްޗެއްނޭންގިފަޔެވެ. ”ދަރިފުޅާ” މަރިޔަމް  އާލިފްގެ ބޮލުގަ ފިރުމާލިޔެވެ.

ހޫނ……..އާން………ރެޑީވާންވީ ދޯ؟   އާލިފް   މިހެން ބުނަމުން ހިގައްޖެއެވެ.

އާލިފް މެންނަށް މާލެއައް އާދެވުނީ ހަވީރު ފަހެއް ވެސް ޖެހިފަހުންނެވެ.

ގެއަށް އައިސް ފެންވަރައިލައިގެން މަންމަ ގެންގޮސް މަންމަ ގެ ގެއަށް ލާފަ އާލިފް ދިޔައީ ފޯނުގަންނާށެވެ.

ފޯނު ވިއްކާ ބޮޑު ފިހާރަޔަކަށް ވަނުމަށް ބޭރުން ދޮރު ހުޅުވާލަން ހިފި ވަގުތެ އެތެރެއިން ބޭރަށް ނިކުންނަން އައި އަންހެން ކުއްޖަކާއި ދެމީ ހުންނަށް ދޮރުގައި ހިފުނީ އެއްކޮންނެވެ.

އެވަގުތު އެކަކު އަނެކަކަށް ބަލާލިވެ. އާލިފް ހީލާފައި ދޮރުން ދޫކޮށް ލިޔެވެ. އާލިފް ފަހަތަށް ޖެހިލިއެވެ.

އެ އަންހެން ކުއްޖާ އާލިފް އަށް ބަލަމުން ބޭރަށް ނިކުމެ މަގުގެ އެއް ކައިރީގައި މަޑު ކޮށް ލައިގެން ހުރެ އާލިފް އަށް ބަލަމުން ގެންދިޔަ އެވެ.

އާލިފް އޭނާ އަށް މާ ބޮޑު ސަމާ ލު ކަމެއް ނުދީ އެތެރެއަށް ވަނެވެ.

“އިމްނާ އާދޭ ދާން ” ސައިކަލެއްގައި އައިސް މަޑު ކޮށްލި ކުށްޖަކު ގޮވާލި އެވެ.  އިމްނާ އައިސް އޭނާގެ ސައިކަލުގެ ފަހަތަށް އެރިއެވެ.

“އޭ …….ރީ …އިހަށް މަޑުކޮށްލަބަ..ދުއްވާ ނުލައްޗޭ….” އިމްނާ އުފާވެރި އަޑަކުން ބުންޏެވެ.

“ކިހިނެއްވީ؟………….ކޯއްޗެއް ތި ހޯދަނީ؟…” އިމްނާ ފިހާރައިގެ ދޮރާ ދިމާލަށް ބަލާތީ ރީނާ އަހާލިއެވެ.

“ރީ އަށް އިނގޭތަ އެފިހާރައަށް ދެންމެ ވަތް މީހެއް؟………” މިހެން ބުނަމުން އިމްނާ ސައިކަލުން ފޭބިއެެވެ.

“އައްދޭ ! މިހާރު ފިރިހެނުންނަށް ބަލާކަށް ލަދެއް ނުގަނޭތަ………؟” ރީނާ މަޖާވެލާފައި ބުންޏެވެ.

“އަސްލު މަށަށްވެސް ނޭންގެ ވީގޮތެއް……….. އޭނާއަށް ހަމަ ބެލެނީ…….ހާދަ ރީއްޗޭ …ހީވަނީ ހަމަ ސަލްމާނުހެން…..އަދި  އެއޮއް އިސްތަށިކޮޅެއް…………ހަމަ ތޭރޭ ނާމްގައި ސައްލޭގެ ހެއަރ ސްޓައިލް………….ހާދަ ރީއްޗޭ…………ހާދަ ރީއްޗޭ” އިމްނާ ރީނާއަށް އާލިފް ސިފަކޮށްދެން މަސައްކަތް ކުރިއެވެ.

“އެހެންތަ! އިމްނާ ތިގޮތަށް މީހަކަށް ބަލާނީ ވަރަށް ރީތިވީވަ……………..” ރީނާ އިމްނާއަށް އިތުބާރުކުރިއެވެ.

ދެމީހުންވެސް އާލިފް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ތިއްބެވެ.

އާލިފް ފިހާރައިން ބޭރަށް ނުކުމެފައި ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. މި މަންޒަރު އިމްނާ ރީނާއަށް ދައްކާލިއެވެ.

“ސަޅިއެއް ނޫންތަ..؟” އިމްނާ އަހާލިއެވެ.

އާލިފް ޓެކްސީއަކަށް އިޝާރާތްކޮށްލިއެވެ. ޓެކްސީ މަޑުކޮށްލުމުން އާލިފް އެއަށް އަރައިގެން  ދާ މަންޒަރު ޝައުޤުވެރިކަމާއެކު ބަލަން މިދެކުދިން ތިއްބެވެ.

އިމްނާއަކީ ހއ. އުތީމު ކުއްޖެކެވެ. ދިރިއުޅެނީ މާލޭގައެވެ.

އިމްނާއާއި ރީނާ އާ ދެކުދިން  ވަޒީފާ އަދާކުރަނީ  އެއް އޮފީހެއްގައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

yoona

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…4

Next

ލޯތްބަށްޓަކައި… (ފަސްވަނަ ބައި)

Next
March 20, 2014

ލޯތްބަށްޓަކައި… (ފަސްވަނަ ބައި)

Previews
March 20, 2014

އޯގާވީ ހިތަކުން…4

8 Comments!

  1. yoonasomeone says:
    March 20, 2014 at 6:59 pm

    މިފަހަރު ވާހަކަލސްވި ކަމަށްޓަކާ މާފަން އެދެން
    އަދިމީ އެއްވެސް ވާހަކަޔެއް އަދި ފިލްމެއްގެ ކޮޕީއެއް ނޫން
    އަމިއްލަ ޙިޔާލީ ވާހަކަޔެއް
    ނެޓްވޯވް މައްސައެއް ދިމާވުމުގެ ސަބަބުން ލަސްވި ކަމަށްޓަކާ މާފަށް އދެން

  2. kamana says:
    March 20, 2014 at 8:56 pm

    heevanii diary eh liyaahen….. thankolheh vaahakaeh hen liyeba.. btw riithi ingeh

  3. nizoo says:
    March 21, 2014 at 12:55 am

    V v v v reethi story eh plz update soon

    1. i jez says:
      March 22, 2014 at 11:29 am

      vvvv salhi kon irakun dhen meege abaeh fennaanee …? maadhan dhon. komme dhuvahakuves liyah chey….vvv reethi.. v molhu

  4. i jez says:
    March 22, 2014 at 11:30 am

    vvvv salhi kon irakun dhen meege abaeh fennaanee …? maadhan dhon. komme dhuvahakuves liyah chey….vvv reethi.. v molhu

  5. some1 says:
    March 25, 2014 at 4:45 pm

    alhe aalif nun ehn namei nethytha ………..i hate ths name….vaahakaah aalif kiyaathy v fuhi kynvx………………

    1. ENY says:
      March 26, 2014 at 9:23 pm

      ………..VARAH REETHI STORY EH…….

    2. ENY says:
      March 26, 2014 at 9:25 pm

      ASLU MIVES MARMAID BOY EH THA………..VARAH REETHI STORY EH…….

Comments are closed.

Next Episodeއާލިފް 5←


All Right Reserved!