Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (11) ސްޕެޝަލް

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 2, 2018 9 Mins Read
49 Comments

ރާސިލް އައިލީޝް ގެ ކޮންމެ ހަރަކާތަކަށް ސަމާލުވެގެން އިންފަދައެވެ. ކުއްލިއަކަށް އައިލިޝް ގެ އަތަށް ދަމާލުމާއެކު ގެނެސް އެމޭގައި ފޮރުވާލިއެވެ.

ވެހެމުން ދިޔަ ވާރޭ ގެ ތެރޭގައިވެސް އައިލީޝް ގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް އޭނާ އަށް އިހްސާސް ކުރެވެމުން ދިޔަފަދައެވެ. އެ ހޫނު ކަރުނައިން އޭނާގެ ހިތް މަތީގައި ބާއްވާލާފައިވާ ހިލަގަނޑު ވިރުވާލަން އުޅޭ ފަދައެވެ. “ޝްޝްޝް” ރާސިލް އަށް ބުނެވުނެވެ. އިތުރަށް އައިލީޝް ހަމަޖައްސަން ބުނާނޭ އެއްޗެއް އޭނާގެ ސިކުނޑިއަށް ނައީ ޚުދު އޭނާ ވެސް ވަނީ އައިލީޝް ދެރަކޮއްލަން އެހާ ދަށު ދަރަޖައަކަށް ވެއްޓިފައިކަން ހަނދާން ވުމުންނެވެ.

އެތަށް އިރަކު ވެހެމުން ދިޔަ ވާރޭ ތެރޭގައި ރާސިލް އައިލީޝް އެ މޭތެރޭގައި ބޮނޑި ކޮއްލައިގެން އިނެވެ. ރާސިލް ގެ ގައިގައި ބާރަށް ބައްދައިލައިގެން އިން އައިލީޝް ގެ ރުއިން ހުއްޓޭ ގޮތެއް ނުވިއެވެ. “އިނަފް… މިހާރު ވާވަރަށް ރޮވިއްޖެ އައިލީ… ސްޓްޕް އިޓް” ރާސިލް އަށް އެންމެ ފަހުން ކެތް ނުކުރެވިގެން ބުނެލިއެވެ. އެހެން ބުނިތާ އިރުކޮޅެއް ފަހުން އޭނާ ގެ ބުރަކަށީގައި ވަށާލެވިފައިވާ އައިލީޝް ގެ އަތުން ދޫކަމެއް އިހްސާސް ކުރެވިގެން ދިޔުމާއެކު އޭނާ މަޑުމަޑުން އައިލީޝް ގަޔާ ދުރުކޮއްލިއެވެ.

ލޯ މެރިފައި ވި އައިލީޝް ފެނި ރާސިލް ދެފަހަރަކު އައިލީޝް އަށް ގޮވާލިއެވެ.

އޭނާ މަޑުމަޑުން އައިލީޝް ގެ މޫނުގައި ފިރުމާލާ މާފަށް އެދުނެވެ. އަދި އެ އަތްދަނޑި މައްޗަށް އުފުލާލައިގެން ޓެރެސްއިން ފައިބަން މިސްރާބުޖެހިއެވެ. ސިޑިން ފޭބި ތަނާ ހިޝްމާ އާއި ދިމާވެގެން ރާސިލް އައިލީޝް އެނބުރުން އަރައިގަތީކަމަށް ބުނެލި ކަމުގައި ވިޔަސް ޒާހިދު ގެ އެއްވެސް ވާހަކަ އެއް ނުބުނެއެވެ. އެހެންކަމުން ހިޝްމާ އަށް ހީވީ އެ ކަމުގެ ފަހަތުގައި ވީ ރާސިލް ހެންނެވެ. ހިސާބެއްގެ ހިންހަމަ ނުޖެހުމެއް ހިތުތެރޭ ވީ ނަމަވެސް އޭނާ އެކަން ދެއްކުމުގެ ބަދަލް ގައި ރާސިލް އަށް އެހީތެރިވުމަށް އަވަސް ވެގަތެވެ.

އައިލީޝް އަށް ހޭލެވުނީ މީހަކު އޭނާގެ މޫނުމަތީގައި ފެން އުނގުޅަމުން ދަނިކޮށެވެ. މަޑުމަޑޫން ލޯ ހުޅުވާލާ މަށައިގެންވީ މާހައުލަށް ހޭނިލަން ވަގުތުކޮޅެއް ނެގީ އަދިވެސް އޭނާގެ ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުންނެވެ.

ކައިރީގައި ހުރި ހިޝްމާ ލޮލުގައި އަޅައިގަތުމާއެކު އޭނާ އަށް އަނެއް ފަރާތަށް މޫނު އަނބުރާލެވުނެވެ. ރާސިލް އައިލީޝް އަށް މަޑު މަޑުން ގޮވާލަމުން ފެންތަށިނަގާ އައިލީޝް އަށް ދިއްކޮއްލިއެވެ. އައިލީޝް ބަލަން އޮތް ގޮތުން އޭނާ މަޑުމަޑުން އެ ތަށި އަނބުރާ ނެގި ތަނުގައި ބަހައްޓަމުން އައިލީޝް ކުޑަކޮއް ތެދުކޮއްލިއެވެ. އަދި ފެންތަށި ނަގާ ތުމުގައި ޖެއްސިއެވެ.

ކުޑަކުއްޖެއްހެން އައިލީޝް ފެންތަށި ބޯލިއެވެ. އަދި އިސްޖަހާލިއެވެ. ބޮލުގައި ދެއަތުން ހިފައްޓާލެވުނީ އަދިވެސް އެ ބޮލަށް އުނދަގޫވެފައި ހުރި ލެއް ބޮޑުކަމުންނެވެ. “އައިލީ”ރާސިލް އޯގާތެރިކަން އެކުލެވިގެންވީ އަޑަކުން ބުނެލުމާއެކު އައިލީޝް އަށް ރާސިލް އަށް ބަލާލެވުނެވެ. އެ ހިނދުކޮޅު ދިގު ދެމިގެންދާނޭ ހިތަށް އެރިކަމުގައިވިނަމަވެސް ހިޝްމާ ވާހަކަ ދެއްކުމާއެކު އޭދެމީހުންނަށް ވެސް ހަމަ ބިމަށް އާދެވުނެވެ.

“އައިލީ… މަންމަ ސޫޕް ހަދައިގެން ގެނެސްދޭނަން… ފެންވަރައިގެން ރީތިވެލާ އިނގޭ” ހިޝްމާ ނުކުތީ އެ ދެމީހުންނަށް ވަގުތު ދޭން ވެގެންނެވެ.

އެދުވަހުގެ ފަހުން ދެދުވަސް ވީއިރުވެސް ރާސިލް އާއި އައިލީޝް އާ ދެމެދު މާބޮޑު ހަމަޖެހުމެއް ނުހިނގައެވެ.


ރާސިލް އޮފީހުގައި އިން އިރު އޭނާގެ އަތުގައި އޮތް ފައިލް އަކީ ކުރިން ދުވަހު ދާނިޝް އަތުން ގެއްލުނު ފައިލްއެވެ. އެ ފައިލް ބޭނުންވާ މީޓީން އަންނަ މަހަށް ލަސްވުމާ ގުޅިގެން ދާނިޝް އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނު އިރު ރާސިލް އަށް ރުޅިއާދެވުނެވެ. އެ ޕްރޮޖެކްޓް އެމީހުންނަށް ލިބިއްޖެނަމަ އަނެއްކާވެސް އިތުރަށް އެ ކޮންޕެނީ ބާރުގަދަވެގެން ދާނެއެވެ. އެހެން ވިޔަކަ އޭނާ ނުދޭނެއެވެ. އެ ފައިލް އަށް ބަލަހައްޓައިގެން އިނދެފައި އޭނާ ނުކުންނަށް ހިނގައިގަތީ ދާނިޝް ގުޅާފައި އޭނާގެ ކެބިން އަށް އައުމަށް އެދުމުންނެވެ.

އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކެބިން އަށް ވަތް އިރު ކުރިމަތީގައި އިން ފައިލައަށް ނަޒަރު ހުއްޓާލައިގެންދާނީޝް ހެވިފައި އިންތަން ފެނި އޭނާ އަށް އެ ފައިލް އާދޭތެރޭ ޝައުގުވެރިކަން އުފެދުނެވެ.

“އަނހާ… ރާސިލް އާދެ އަވަހަށް… މިފައިލް ބަލާލަން ވީނު” ދާނިޝް ނިކަން އުފާވެފައި ވާހަކަ ދެއްކިއެވެ.

“ދޮންބެ… އެއްކަހަލަ މީޓިން ކީއްވެ ލަސްވީ” އައިސް އިޝީންނަމުން ރާސިލް ސުވާލުކޮއްލިއެވެ.

“އެ ފައިލް ވެސް ގެއްލުނީ ދެން ރާއްޖޭން ބޭރުން އެ އަންނަ މީހުން އެ މީޓީން ލަސްކޮއްލަން ބޭނުންވީމަ މިކޮޅުން އެކަމާ އެއްބަސް ވީ” ދާނީޝް އޮޅުން ފިލުވައި ދިނެވެ.

“ދެން މި ފައިލް އަށް ބަލާލަބަލަ” ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލަމުން ދާނިޝް ރާސިލް އާ ކައިރިއަށް ފައިލް ދިއްކޮއްލިއެވެ.

ރާސިލް ފަރުވާތެރިކަމާއެކު އެ ފައިލް އަށް ބަލާލިއެވެ. ބޭރުގައި އިން ޕްރޮޖެކްޓް ގެ ނަން ފެނުމާއެކު އޭނާ އަށް ހައިރާން ކަން ވެރިވެގެން ދިޔައެވެ. ވަރަށް ފަރުވާތެރިކަމާއެކު އޭގައި ލިޔެފައިވާ އެއްޗެއް އަކުރުން އަކުރަށް ކިޔަމުން ރާސިލް ދިޔައެވެ. އެ ކިޔަމުން ދިޔަ ވަރަކަށް އޭނާ އަށް ލިބެމުން ދިޔަ ހައިރާންކަން އިތުރު ވުމާއެކު އިރު އިރުކޮޅަކާ ދާނިޝް އަށް ބަލާލެވެއެވެ.

އެއިން ކޮންމެ ފަހަރަކު ދާނިޝް ގެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި އޭނާ އަށް ދަތްކުނޑިވިކެއެވެ. ނަފްރަތުގެ އަލިފާނަށް ޕެޓްރޯލް އެޅެމުން ދިޔަފަދައެވެ. އެ ނަފްރަތުގެ ހުޅުގަނޑު ބޮޑުވަމުން ދިޔައެވެ. ކޮންޓްރޯލް އުން ނެއްޓި ދާނެހެން ހީވުމާއެކު އޭނާ ފައިލް އަވަސް އަވަހަށް ބަލާ ނިންމާލާ ދާނިޝް އަށް ބަލާލިއެވެ.

“މީ ކޮން… ކޮން… ދޮން” ރާސިލް އަށް ވާހަކަ ދައްކަން އުނދަގޫވުމާއެކު ދާނިޝް ހައިރާން ކަމަ އެކީ ސުވާލްކޮއްލިއެވެ. “ކިހިނެތްވީ ރާސިލް” އޭނާ އިނީ ރާސިލް ދޭނެ ޖަވާބަކަށް އިންތިޒާރުކޮއްކޮށެވެ.

“މީ… ދޮންބެ މި މީޓިން ކީއްވެތަ ލަސްވީ… އެންޑް ކުރީގެ ފައިލަށް ވުރެ މި ފައިލް މާ ރަނގަޅު” ރާސިލް ބުނެލިއެވެ.

“އާނ. އެ ފައިލް ގެއްލުނީ.. ނަސީބެއް އެކޮޅުން ގުޅާފަ އަންނަ ރާއްޖޭން ބޭރު މީހުންގެ ދަތުރު ލަސްވިކަން ބުނީމަ. މިމަހަށް އެ ލަސްވީ……. ދެން އެހެންވެ އަނެއް ފައިލް ހޯދަ ހޯދާވެސް ނުފެނުނީމަ ހިތަށް އެރީ އެހެން ފައިލް އެއް ތައްޔާރުކޮއްލާނިއްޔޭ… ރަނގަޅެއްނު” އެއްފަހަރާ އެތައް ކަމެއް ދާނިޝް އޮޅުން ފިލުވާ ދިނުމާއެކު ރާސިލް ހިނިތުންވެލިއެވެ. މާގިނަ އިރު ނުކޮށް ކޮންމެވެސް އެއްޗެކޭ ކިޔާ ރާސިލް ނުކުމެގެން ދިޔައެވެ.

އައިލީޝް ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ރާސިލް ގެ އިންތިޒާރުގައެވެ. މިހާރު ރާސިލް އޮފީހުން އަންނާނެކަން އެނގޭތީ އޭނާ ފޯން ނަގާ މެސެޖެއް ލިޔަމުން ދިޔައެވެ.

މެސެޖް ލިޔެ ނިންމާލާ ދެވަނަ ފަހަރަށް ކިޔާލިއެވެ. އެއާއެކު އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެވަގުތަކީ ރާސިލް އައިސް ވަތް ވަގުތަށް ވުމާއެކު އޭނާ ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ.

ރާސިލް ގެމޫނުމަތިން ވަރުބަލުކަން ފާޅުވަމުން ދިޔަ އިރު ނުރުހުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ. އޭނާ އައިލީޝް އަށް ބަލާލިކަމުގައި ވި ނަމަވެސް އަޅައެއްނުލިއެވެ. އެކަމުން އައިލީޝް ގެ ހިތަށް ތަދުވިއެވެ. އޭނާ މަޑު މަޑުން ރާސިލް އާ ކައިރިވެފައި ފޯން ދިއްކޮއްލިއެވެ. ރާސިލް ފޯން ނަގާ މެސެޖް ކިޔާލިއެވެ.

“ރާސިލް… އައިލީ ބޭނުން އެހެން މީހުން އުޅޭ ގޮތަށް އުޅެން… މި މެރިއޭޖް އަކީ އެއްވެސް ކަހަލަ ހިންހަމަޖެހުމެއް އޮތް މެރިއޭޖް އެއްނޫން… އަހަރެން ބޭނުން އެކަންތައް ބަދަލު ކުރަން… ރާސިލް އަށް ފެންނަ ގޮތެއް ބުނެބަލަ. އެއްވެސް ފިރިއެއް ނޫނީ އަނބިމީހެއް އުޅޭނެ ގޮތެއް ނޫން ކަންނޭގެ މީ… އެކަމާ ވަރަށް ދެރަވޭ. ރާސިލް އާ ވާހަކަ ދައްކަން ބޭނުންވޭ އެކަމަކު… އެއީ އަހަރެންނަށް ވާނެ ކަމެއް ނޫން… މިކަމާ ވާހަކަ ދައްކަން ބޭނުން…” އައިލީޝް ގެ މެސެޖް ފުދޭވަރަކަށް ދިގެވެ. އޭނާ އެ މެސެޖް ކިޔާ ނިންމާފައި އައިލީޝް އަށް އެނބުރި ބަލާލިއެވެ.

އަދި ވާހަކަ ދެއްކިއެވެ. “އައިލީ އަހަރެން މިހުރީ ވަރަށް ވަރުބަލިވެފަ… ފަހުން ވާހަކަ ދައްކާނީ” ރާސިލް ކުރު ޖަވާބެއްދިނެވެ. “ކޮންމެ ފަހަރަކު ރާސިލް ދައްކަނީ ތި ބަހަނާ މިދެދުވަހުވެސް އަބަދުވެސް ބިޒީ ނޫނީ ވަރުބަލި. އަހަރެންވެސް ދު ނުކުރާނަން މިފަހަރު” ގޮތް ދޫނުކުރާ އައިލީޝް ގެ ހިތް އޭނާ އަށް ވިސްނައިދިނެވެ.

ރާސިލް ގެ ކުރިމައްޗަށް އަރާ އޭނާ އިޝާރާތުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އަދި ރާސިލް ގެ އަތުގައި ހިފާލިއެވެ.

“ކހާ ދެރަކަމެއްތަ އައިލީޝް… ބުނެފީމެއްނު ފަހުންނޭ ވާހަކަ ދައްކާނީ” ރާސިލް ރުޅިއައިސް ބުނެލިއެވެ.

ކޮންކަމެއްތީ… ދުވަހަކު ރާސިލް އަށް ވާހަކަ ދެއްކެނީކީ ނޫން… އަހަރެން ލޯބިވާތީ އޭ ބޭނުންވަނީ މި މެރިއޭޖް ވޯކް އައުޓް ކުރަން” އައިލީޝް މެސެޖެއް ލިޔެލާ ދައްކާލިއެވެ. އައިލީޝް ގެ ހަރަކާތް ތައް ހުރި ގޮތުން ރާސިލް ގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

“އަހަރެން ހުންނާކަށް ބޭނުމެއްނޫން… މިތާ ދަނީ” އައިލީޝް އަތުން ހަރަކާތް ކޮއްލާ ބުނި ބަސް ރާސިލް އަށް ނޭގުނު ކަމުގައިވިޔަސް އައިލީޝް ކޮޓަރިން ބޭރަށް ދާން ދޮރާ ދިމާލަށް ހިނގައިގަތުމާއެކު އޭނާ އައިސް އައިލީޝް ގެ އަތުގައި ހިފެއްޓިއެވެ. ބާރަށް ހިފައްޓާފައި ހުރުމާއެކު އައިލީޝް ގެ އަތަށް ތަދުވަމުން ދިޔައެވެ.

“ކިހާ ދެރަކަމެއް. ދޫކުރޭ ހަމަ މިހާރު… ހިތު ހުރިހާ ގޮތެއް ނުހެދޭނެ” އައިލީޝް އެއަތް ފޮޅުވާލަމުން ދޮރުގައި ހިފާ ބޭރަށް އެއްފިޔަވަޅު އަޅާލިއެވެ. އެއާއެކު މިފަހަރުވެސް ރާސިލް އައިލީޝް ގެ އަތުގައި ހިފެއްޓިއެވެ.

އެއަތުގެ ތެރެއިން ވީއްލިގަންނަން އައިލީޝް ގަދަ ހެދިކަމުގައި ވިނަމަވެސް އެކަން އޭނާ އަށް ނުކުރެވުނީ ރާސިލް އަކީ ހިފައްޓާފިނަމަ އެހާބާރުގަދަކަން ދައްކާ މީހަކަށް ވީތީއެވެ.

“ކިހިނެތްވީ ތި ދަނީ” ރާސިލް މަލާމާތުގެ ހިނިތުންވުމަކާ އެކީ ބުނެލިއެވެ. “މެރިއޭޖް ރިއަލް ކުރާށޭ މިއުޅެނީ އެހެންވީމަ އެއްވެސް ތަނަކަށް ނުދެވޭނެ… ” ރާސިލް ބުނެލިއެވެ.

އައިލީޝް ގަދަކަމުން ރާސިލް ގެ އަތް މި ފަހަރުވެސް ފޮޅުވާލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. އެވަގުތު ރާސިލް ހުޝިއާރު ކަމާއެކު އައިލީޝް ގެ އަތަށް ދަމާލާ ކޮޓަރިތެރެއަށް ކޮއްޕާލިއެވެ. އަދި ދެވަނަ ސިކުންތުގައި އޭނާ އައިލީޝް ގެނެސް ދޮރާ އޭނާ އާ ތޭދެރޭ އައިލީޝް ފިއްތާލަމުން އެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އައިލީޝް ރާސިލް ކޮއްޕާލިއެވެ. ރާސިލް އައިލީޝް ކަންތައް ކުރާ ގޮތެއް ބަލަން ހުރި އިރު އޭނާގެ ހިތުތެރޭގައި ވި ރުޅިވެރިކަން ބޮޑުވަމުން ދިޔައެވެ. ދޮރު ހުޅުވާލާ އައިލީޝް ނުކުންނަށް އުޅުމާއެކު ރާސިލް އައިސް ކޮޓަރިތެރެއަށް އައިލީޝް ކޮއްޕާލިއެވެ.

“ކީއްވެތަ ތި ދަނީ… މެރިއޭޖް ރިއަލް ކުރާށޭ މިއުޅެނީ ބުނެފީމެއްނު… ” ވެއްޓިފައި އޮތް އައިލީޝް އާ ދިމާލަށް ބަލަމުން ރާސިލް ބުނެލިއެވެ. އޭނާ އައިސްފައި ހުރި ރުޅިގަނޑުގެ މައްޗަށް ބާރު ފޯރުވޭހެނެތް ހިޔެއްނުވިއެވެ. ރާސިލް ގެ ފަރާތުން ފެނުނު ސީރިއަސްކަމާ ރުޅިވެރިކަމުގެ ސަބަބުން އައިލީޝް އަށް ހިންދިރުވާލެވުނެވެ.

“ތެދުވޭ… ” ރާސިލް ކުއްލިއަކަށް އައިލީޝް ނަގަމުން ވާހަކަ ދެއްކިއެވެ. އައިލީޝް ދޮރާ ދިމާލަށް ދުއްވައިގަތީ ރާސިލް ދެކެ ބިރިގެންފައިހުރި ލެތް ބޮޑުކަމުންނެވެ.

ދޮރުގެ ތަޅުގައި މިފަހަރުވެސް ހިފުނުހެތް ހީނުވެ ރާސިލް އައިސް އައިލީޝް ގެއަތަށް ދަމާލިއެވެ. އަދި އައިލީޝް ގެ އަތުގެ މުލައްދަނޑީގައި ހިފައްޓާލައިގެން ހުރެ އައިލީޝް އާ ކައިރިވާން މަސައްކަތް ކުރިއެވެ. އައިލީޝް ގަދަ ހަދަން ފެށުމުން އޭނާ އައިލީޝް ގެ ކޯތާފަތުގައި ޖެހިއެވެ. އައިލީޝް އަށް މަޑުމަޑުން މަޑުޖެހިލެވުނެވެ. ރާސިލް ގެ ފަރާތުން އިތުރު އަނިޔާތަށް ލިބެންފެށުމާއެކު އޭނާ ގަދަ ހަދާފައި ދުރަށް ޖެހިލިއެވެ. އެހެންނަމަވެސް ރާސިލް ގޮތް ދޫ ކުރާ ހިޔާލެއް ނުކުރިއެވެ. މަޑުމަޑުން އައިލީޝް އާ ކަރިރިވާން އޭނާ މަސައްކަތް ކުރިއެވެ.


ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުވަސްތައް ހަފްތާތަކަށް ބަދަލް ވަމުން ދެއެވެ. ރާސިލް ގެ ފަރާތުން އައިލީޝް އަށް މާ ބޮޑު ސަމާލް ކަމެއް ނުލިބެއެވެ. އެހެންކަމުން އައިލީޝް ގެ ހިތާމަތަށް ވެސް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އައިލީޝް ގާތު އެއްޗެއް ބުނުމަށްފަހު އެއަށް ޖަވާބް ދޭން އައިލީޝް އެނަގާ ވަގުތު ކޮޅު ގައިވެސް ހަޅޭއްލަވައިގަތުން އާއްމުކަމަކަށް ވިޔެވެ. އަނިޔާކުރުން އެއީ އޭނާ އަށް ލިބޭ ހިންހަމަ ޖެހުމަކަށް ވިއެވެ.

އެއީ ވެސް އެފަދަ ދުވަހެކެވެ. އައިލީޝް އާ ދިމާލަށް އެއްޗެހި ކިޔުމަށްފަހު އޭނާ ނުކުމެގެން ދިޔައީ އޮފީހަށެވެ. ކެބިންގައި އިންދާ ދާނިޝް އައިސް ކެބިން އަށް ވަނެވެ. އެވަގުތު ރާސިލް އަށް ފޯނެއް އައިސްގެން އޭނާ ދުރަށް ޖެހިލިއެވެ. ފޯން ގައި ހުރިއިރު އޭނާ ހުރީ ދާނީޝް އަށް ފުރަގަސްދީގެން ކަމުން ދާނިޝް ކުރާ ކަންތައް އޭނާއަކަށް ނުފެނެއެވެ.

ދާނިޝް އޭނާ ގެ ވޮލެޓް ނަގާ އޭގެތޭރޭގައި އޮތް ކޭޝް ކާޑު މޭޒުމަތީ ބޭންދިއެވެ. އެއީ ރާސިލް ގެ ކާޑެވެ. މިއަދު ރާސިލް އޮފީހަށް ވަދެގެން އައިއިރު އެ ވެއްޓުނު ތަން ފެނިގެން އޭ ނަގައި ވޮލެޓް އަށް ލީއެވެ.

ރާސިލް އަށް ކާޑު ހަވާލް ކޮއްފައި ދާނިޝް އަށް ދެވުނީ އޭނާގެ ވޮލެޓް ވެސް މޭޒުމަތީގައި ބައިންދާފައެވެ.

ރާސިލް އަށް އެ ވޮލެޓް އަޅައިގަތުމާއެކު އޭނާ އެ ވޮލެޓް ނަގާ ހުޅުވާލިއެވެ. ސިހުނީ އެ ވޮލެޓް ތެރޭގައި އިން އިފްޝާގެ ފޮޓޯ ގަނޑު ފެނިފަ އެވެ.

އޭނާ ގެ އަތް މުށްކެވިގެން ދިޔައެވެ. އަދި އަމިއްލަ ނަފްސަށް ވާހަކަ ދެކެވުނެވެ.

“ދާނިޝް ހައު ޑެއަރ ޔޫ… ހައު ޑެއަރ ޔޫ ކީޕް ހާރ ފޮޓޮގްރާފް… ވިތް ޔޫ…” އޭނާގެ ދެބުމަ ގޮށް ޖެހިފައިވިއެވެ. އޭޏާ އެ ފޮޓޯގަނޑު ނަގަމުން ފޮރުވިއެވެ. އަދި އެ ވޮލެޓް ދޭނވެގެން ނުކުންނަން އުޅެނިކޮއް ދާނިޝް އައިސް ވަނެވެ. އޭނާ ދާނިޝް އަށް ވޮލެޓް ދިއްކޮއްލުމާއެކު އެ ވޮލެޓް ގައި ހިފަމުން ޝުކުރު އަދާކުރަމުން ނުކުން ނަން ހިނގައިގަތެވެ.

ކެބިން އަށް ވެދެ އޭނާ ވޮލެޓް ހުޅުވާލިއެވެ. އެހެންނަމަވެސް އިފްޝާގެ ފޮޓޯ ގަނޑެއް ނެތެވެ. ކަންބޮޑުވުމާއެކީ އޭނާ ކެބިންގެ އެކި ތަންތަން ބެލީ މިއަދު އޮފީހަށް އައިއިރުވެސް އެ ފޮޓޯ ގަނޑު އިނީތީއެވެ. ރާސިލް އަށް ކާޑު ދޭން ނެގިއިރު އެ އިން ކަން ނުވަތަ ނެތް ޔަގީން ނުވީ އެ ކަމަށް އެ ވަގުތު ސަމާލުކަން ނުދެވުނީތީއެވެ. އޭނާ ވޮލެޓް ހުޅުވުނު އިރު ވެއްޓުނީއޭ ހިތާ އަވަސް އަވަހަށް ރާސިލް ގެ ރޫމަށް މިސްރާބުޖެހިއެވެ. އެތަނަށް ގޮސް އެއްވެސް އެއްޗެއް ވެއްޓީފައިވޭތޯ އޭނާ ބެލިއެވެ. އެހެންނަމަވެސް ފެންނާކަށް ނެތެވެ. މާޔޫސްވިއެވެ.

ރާސިލް ފެންނާކަށް ނެތެވެ. އޭނާ ނުކުމެ ދޮރު ލައްޕާލިތަނާ ރާސިލް ސުވާލުކޮއްލިއެވެ. “އަނހާ ދޮންބޭ ކަމަކުތަ؟” ރާސިލް ނުވާކަމަކަށް ސުވާލުކޮއްލުމާއެކު ދާނިޝް ނޫނެކޭ ބުނެލިއެވެ. އަދި އެއްޗެއް ވެއްޓިފަ އޮތްތޯ ބަލާލީ އޭ ބުނުމުން ރާސިލް ވެސް ހީލިއެވެ. ދާނިޝް ދިޔުމާއެކު އޭނާ ޖީބަށް އަތް ލާ އިފްޝާގެ ފޮޓޯ ގަނޑު ނެގިއެވެ. އަދި ބަލާލިއެވެ.

“ދާނިޝް… ދެން މި ފޮޓޯ ގަނޑެއް ނުލިބޭނެ” އޭނާ އެއްމިޔަކަށް ހީލަމުން ބުނެލިއެވެ.


އައިލީޝް އެނދުމަތިގައި ފޮތެއްހިފައްޓައިގެން އޮތް އިރު އޭގައި ކޮންމެވެސް އެއްޗެއް ލިޔަމުން ދިޔައެވެ. އިރުއިރުކޮޅަކާ ކަރުނަ ފޮހެލަމުން ފުން ނާވާތަކެއް އޭނާ ލަޔެވެ.

އަމިއްލަ ދިރިއުޅުމާމެދު މާޔޫސްވާން ބޭނުން ނުވިޔަސް ކަންތައްތައް ވާ ގޮތުން އުންމީދުގެއްލެނީއެވެ. ރާސިލް ގެ ފަރާތުން އެއްފަހަރު އޯގާތެރިކަން ލިބިފިއްޔާ އަނެއް ދިހަފަހަރު ލިބެނީ ކެތް ނުކުރެވޭ ފަދަ ހިތާމައެވެ. އަމިއްލަ ބައްޕަ ގެ ފަރާތުން ތާއަބަދު އިވެމުން ދާ ބަސްތަކުން އެ ހިތް ފަޅައިގެން ދާން ވަނީ ކައިރިވެފައެވެ. މަންމަ ދެކެ އަންނަ ރުޅި ހައްތަހާ ގަދަވަނީއެވެ.

ފޯނަށް މެސެޖެއް އައުމާއެކު އޭނާ އަށް ފޯނަށް ބަލާލެވުނެވެ. ޒީޝާގެ މެސެޖަކަށް ވުމާއެކު އޭނާ އެ މެސެޖް ހުޅުވާލީ ފޮތް ލައްޕާލަމުންނެވެ.

ޒީޝާ އެދިފައި އޮތީ އޭނާ އާ ބައްދަލުކުރުމަށެވެ. އައިލީޝް ރިޕްލައި ކޮއްލަމުން އޭނާ ކުރަން އޮތް މަސައްކަތަށް ސަމާލުވިއެވެ.

އައިލީޝް ވެސް ބޯ ހާސްވެފައި ހުރުމާއެކު ބޭނުންވީ ބޭރަށް ނުކުމެލާށެވެ. އޭނާ ޒީޝާ އެގެއަށް އަންނަ ވާހަކަ ބުނުމުންވެސް ބުނީ ބޭރުން ދިމާކުރާށެވެ. ބޯ ހަމަޖެހޭނީ އޭރުންނެވެ. އޭނާރާސިލް އަށް މެސެޖް ކޮއްލުމާއެކު ރާސިލް އެންމެ ރަނގަޅޭ ބުނުމުން އޭނާ ގެ ހިތް އުފަލުން ނަށާލިއެވެ.

ހަވިރުގެ ވަގުތެވެ. އައިލީޝް އާއި ޒީޝާ އާއި ދެމީހުން ދިމާކުރީ ރަސްފަންނު ކައިރިންނެވެ. ޒީޝާ މެން ގެ ހުންނަނީ ރަސްފަންނު ކައިރީގައި ކަމުން އައިލީޝް އެތަނަށް އައީއެވެ. އެކަމަކު ދެމީހުން މަޝްވަރާ ކޮއްލުމަށްފަހު ނިންމީ ދާދި ފަހުމް މާލޭގައި ހުޅުވި އެންމެ ހިތް ގައިމު އެއް މަންޒިލް ކަމުގައިވާ ރަސްރަނި ބަގީޗާއަށް ދާށެވެ. ޓެކްސީއެއްނަގާ ދެމީހުން މިސްރާބްޖެހީ ރަސްރަނި ބަގީޗާއާ ދިމާލަށެވެ. ސްކޫލް ދުވަހަކަށް ވުމާއެކު ބަންދުދުވަސްތަކުގައި އެތަނުގައި މީހުން އޮންނަ ވަރަށް މީހުން ނެތް ކަމުގައި ވިޔަސް ފުދޭވަރަކަށް މީހުން ހަރަކާތް ތެރިވަމުން ދިޔައެވެ. އައިލީޝް އާއި ޒީޝާ އާއި ދެމީހުން ގޮސް އެތަނުން ބެންޗެއްގައި އިށީނެވެ. ފެންއަރުވާ ވަޑާމުން ފެން އަރުވަމުން ދިޔަ އިރު ތަން ވަށައިގެން ކޯޅި ކޯޅިއަށް މީހުންތައް ތިބުމުގެ ސަބަބުން ރަސްރަނީގެ އެހެން ދިމަ ދިމާ ފެންނަނީ ތަންކޮޅެއް ފަޅުކޮށެވެ.

ޒީޝާ އޭނާ ގެ ވާހަކަ ފެށިއެވެ.

“އައިލީ… މާނިއު… މާނިއު އަހަރެންނަކަށް އަޅައެއްނުލާ… އެއީ ހެދުނު ބޮޑު މިސްޓޭކެތް ހެން ހީވަނީ… ހަދާނެ ގޮތެއް ނޭގެ އަހަންނަކަށް އައިލީ ބުނެބަލަ… އަހަރެން ކިހިނެތް ހަދާނީ….” ޒީޝާ މާޔޫސްކަމާއެކު ބުނެލިއެވެ. އައިލީޝް އަތުގެ އިޝާރާތުން ޒީޝާ އަށް ނަސޭހަތް ދިނެވެ. ކެތް ތެރި ވުމަށް އެދުނެވެ. އެހެން ދިޔަ ބައެއްމީހުން އައިލީޝް ގެ ހަރަކާތް ތަކަށް ބަލާ ކައިރީގައި ހުންނަ މީހާ ގާތު ކޮންމެވެސް އެއްޗެއް ބުނެލައެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކަށް އައިލީޝް ސަމާލުކަމެއް ނުދެއެވެ. ވާހަކަ ނުދައްކަނީ އޭ ކިޔާފައި އައިލީޝް ލަދެއް ނުގަނެއެވެ. އެއީ ހަޑި ކަމެއް ކަމުގައި އޭނާ ނުދެކެއެވެ. ކިއްހެއްޔެވެ؟. އެއީ އޭނާ ވާހަކަ ދައްކަން ބޭނުން ކުރާ އުކުޅުތަކެވެ. އެކަމާ ލަދު ގަންނަނީ ކީކުރަންހެއްޔެވެ؟. ޒީޝާ ހިޔާލަށް ގެއްލިފައި އިންނަން ފެށުމުން އައިލީޝް ޒީޝާގެ އަތުގައި ހިފައިގެން ފެން އަރުވާ ވަޑާމާ ދިމާލަށް މިސްރާބުޖެހިއެވެ. ވަކިހިސާބަކުން އޭނާ ޒީޝާ ގެ އަތުން ދޫކޮއްލަމުން ފޯނުން އެތަނުގެ ފޮޓޯ ރައްކާކުރަން ފެށިއެވެ. ފޯނުން ނެގިފަ ހުރި ފޮޓޯ ތަކަށް ބަލަމުން އައިލީޝް ހެވިފައި ދަނިކޮށް ކުޑަ ކުޑަ ކުއްޖެއްގެ ގައިގައި އޭނާ އަޅައިގަތެވެ. އައިލީޝް އެ ކުއްޖާ އަށް ނަޒަރު ހުއްޓާލިއެވެ. ދޮން އަންހެން ކުއްޖެކެވެ. ބަލާބެލުމަށް ހަވަރަކަށް އަހަރު ވެދާނެއެވެ. އޭނާ ގުދުވެލާ އެ ކުއްޖާ ގެ ކޮލުގައި ހިފާލިއެވެ. އަދި ހީލިއެވެ. އެހެންނަމަވެސް އެ ކުއްޖާ ގެ ފަރާތުން އެއްވެސް ކަހަލަ ސަމާލުކަމެއް އައިލީޝް އަކަށް ނުލިބުނެވެ.

ޒީޝާ އަށް ވެސް އެ މަންޒަރު ފެނިގެން އައިސް އައިލީޝް ގާތަށް ހުއްޓުނެވެ. އޭނާ ވެސް އެ ތުއްތު ކުއްޖާ އަށްބަލާލިއެވެ. ލޯބި ކުއްޖެކެވެ.

އައިލީޝް ދެންވެސް އެ ތުއްތު ކުއްޖާ އަށް ބަލާލާ ހިނިތުންވެލީއެވެ. އޭނާ އެ ކުއްޖާ ގެ ސަމާލުކަން ހޯދަން އެކި ގޮތް ގޮތުން މަސައްކަތް ކުރިއެވެ.

“ދަރިފުޅާ ޔަޝޫ” އައިލީޝް ސިހިފައި އިސްއުފުލާލާ ބަލާލީ ފަހަތުން އަންހެނެއްގެ އަޑު އިވުމުންނެވެ. އޭނާ މަޑޫ މަޑުން ތެދުވިއެވެ. އަދި ފަހަތުގައި ހުރި އަންހެން މީހާ އަށް ބަލާލިއެވެ. ބަލާބެލުމަށް އައިލީޝް މެނަށް ވުރެ ބޮޑެއްނުވާނެއެވެ. އެއީ އެ ކުއްޖާގެ މަންމަ ކަން ދެނެގަންނަށް އައިލީޝް އަށް އުނދަގޫ ނުވީ ދަރިފުޅާ އޭ ކިޔާފައި ގޮވާލި ގޮތުންނެވެ. އޭނާ އެކޭ އެތް ގޮތަށް ގަޔަށް ދޫ އަބާޔާ ހެދުމުގައި ފެންނަ އިރު މޭކަޕެއް ކޮއްފައެއްނުވެއެވެ. ކަޅު ހެދުމާ އެކީ އަޅާފައިވާ ރަތް ކުލައިގެ ޝޯލް ގެ ސަބަބުން އެ މޫނު ފެންނަނީ ނުހަނު އުޖާލާކޮށެވެ. ދެން އޭނާ ގެ ނަޒަރު ހުއްޓުނީ ގާތުގައި ހުއްޓި ހުރި ފިރިހެންމީހާއަށެވެ. އެ މީހާ ފެނުމާއެކު އެއީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ސާޖަން ކަން އޭނާ އަށް އެނގިގެން ދިޔައެވެ. އެއީ މިހާރު އެންމެ މަޝްހޫރު އެއްމޫނެވެ. މީހުން ގެ އއިތުބާރު ހޯދާފައިވާ މޮޅު ޑޮކްޓަރެކެވެ.

އައިލީޝް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މައިލީން ވާހަކަ ދެއްކިއެވެ. “ސޮރީ… އިނގޭ އަސްލު ވަރަށް ހަލަނި ވާނެ ބައެއްފަހަރު”

އައިލީޝް ޒީޝާ އަށް ބަލާލަމުން އަތުން އިޝާރާތް ކޮއްލުމާއެކު ޒީޝާ ވާހަކަ ދެއްކިއެވެ. “އައިލީޝް ކިޔަނީ އިނގޭ… އެ ބުނީ އިޓްސް އޯކޭ އޯ… އަސްލު ޝީކާންޓް ޓޯކް” ޒީޝާ އައިލީޝް އަށް ބަލާލަމުން ބުނެލިއެވެ. ބޮޑަށް ހީވަނީ ޒީޝާ އެ ބުނީ އައިލީޝް ބުނި ވާހަކައިގެ ތަރުޖަމާއެއްހެންނެވެ.

އައިލީޝް މައިލީން އަށް ބަލާލަމުން ބޯ ޖަހާލިއެވެ. އަދި ހިނިތުންވެލިއެވެ.

“އައި އެމް ސޮރީ” މައިލީން ދެރަވެފައި ބުނެލިއެވެ. ޔުއާން ވެސް ހުރީ ހިނިތުންވެލައިގެންނެވެ. “ހެހެ. އިޓްސް އޯކޭ” ޒީޝާ ވާހަކަ ދެއްކީ އައިލީޝް ކުރަމުން ދިޔަ ހަރަކާތް ތަކަށް ބަލައިގެންނެވެ.

“ހެހެ. އައި އޭމް ޒީޝާ ބައިދަވޭ” ޒީޝާ ތައާރަފް ވެލިއެވެ.

“ހެހެ. އަސްލު މީ ޔަޝްމް އިނގޭ. އޯޓީސްޓިކް ކުއްޖެއް. މިހާރު ވަރަށް ބޮޑަށް ރަނގަޅު ތެރަޕީ ދެމުން މިދަނީ އެކަމަކު ބަލި ކުއްޖަކަށް ވުމާއެކު ވަރަށް ބޮޑާހާކާނެ” ޔަޝްމް މައިލީން ގެ ހެދުމަށް ދަމަން ފެށުމާއެކު މައިލީން ބުނެލިއެވެ.

“ޔަޝޫ… ޑެޑީ ބުނެފީމެއްނު ގަނެދޭނަމޭ އެއެއަށް ވުރެ ބޮޑު ކުޅޭއެއްޗެއް” ޔުއާން ޔަޝްމް އުރާލަމުން ލޯއްބާއެކީ ވާހަކަ ދެއްކިއެވެ.

“އެ އުޅެނީ މިތަނުން ދެންމެ ކުއްޖެއް ގެންގުޅުނު ކުޅޭއެއްޗެއް ފެނިގެން. ވަރަށް ބޯހަރުވާނެ” މައިލީން ޔަޝްމް ގެ ކޯތަފަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

“ހިނގާބަލަ މިތާ އިށީންނަށް” ޔުއާން އެންމެ ފަހުން ޔަޝްމް ކިޔަން ފެށުމުން ފެން އަރުވާ ވަޑާމާ ދިމާލަށް ހިނގައިގަތް އިރު މައިލީން އައިލީޝް މެން ގާތު މަޑުކޮއްލިއެވެ.

“އޯޓިޒަމް އަކީ އަސްލި ހާއްސަ އެހީއަށް ބޭނުންވާ ކަމެއް ދޯ” ޒީޝާ އަށް އޯޓީޒަމް އާ ބެހޭ މާގިނަ މއުލޫމާތް ލިބިފައި ނެތުމާއެކު އެހިއެވެ.

“އާނ…. ބައެއްފަހަރު ހަމަ ރޯން ފަށާފާނެ… އެކަމަކު ކީއްވެކަމެއް ނޭނގޭނެ… ވަރަށް ކުދި ކުދި ކަންކަމާވެސް ރުޅިއައިސް ދާނެ.. އަސްލު ބުނެދޭން އުޅޭ އެއްޗެއް ވަރަށް އުނދަގޫވާނެ ބުނަން. އެ އިހްސާސްތައް ދޯ… އަސްލު އޯޓިޒަމަކީ ހެދި ބޮޑުވުމުގައި ހުންނަ އުނިކަމެއް. އެހެން ކުދިންނަށް ވުރެ ކަންތައް ތައް ދަސްކުރުން ލަސްވެދާނެ… ދެން ކަންތައްތަކަށް ސަމާލުކަން ދިނުމުގައި އުނދަގޫތަކެއް ކުރިމަތިވާނެ…” މައިލީން ވާހަކަ ކޮޅު ހުއްޓާލިއިރު އެ އަޑުގައި ހިތާމަވެރިކަމެއް ވިއެވެ.

“ބޮޑާ ހާކާ އަޑު ގަދަކުރުން ފަދަ ކަންތައް ތަކަކީވެސް ކުރިމަތިވާ ކަންތައްތައް… އަސްލު ބޭސް ކައިގެން ރަނގަޅުކުރެވޭނެ… އެއީ ބިހޭވިއަރަލް ޗޭންޖެއް… ތެރަޕީ ދީގެން ރަނގަޅުކުރެވޭނެ” މައިލީން ދެންވެސް ބައެއްކަހަލަ ވާހަކަތައް ކިޔައިދީ ހުއްޓާލިއެވެ.

ޒީޝާ އާއި އައިލީޝް ފަރުވާތެރިކަމާއެކު އަޑު އަހަންތިއްބެވެ.

“އިޖްތިމާއީ ގޮތުން އަދި ވިސްނާ ފިކުރު ކުރުމުގެ އުނިކަން ވެސް ހުރޭ… އެކަމަކު އެކަމުގެ ސަބަބުން އެއްވެސް ކުއްޖެއް ބާކީ ނުކޮށް ކުރިއަށް ދެވޭނެ ދޯ އަހަރެންމެން އެންމެން އެއްބާރުލައިގެން” މައިލީން ވާހަކަ ކޮޅު ނިންމާލީ ހިނިތުންވުމަކާ އެކީގައެވެ.

“ވަރަށް އުފާވެއްޖެ ދިމާވީމަ… ތެންކިޔު” ޒީޝާ އާއި އައިލީޝް ށުކުރި ކުރިއެވެ. “ކޮބާ ދާންވީތަ؟” އެވަގުތު އެތަނަށް އައިސް މަޑުކޮއްލަމުން ވާހަކަ ދެއްކި ޔުއާން އާއި އޭނާގެ އުނގުގައި އިން ޔަޝްމް ފެނި މައިލީން ސުވާލުކޮއްލިއެވެ.

“އަދި ދިމާވާން ވާނެ އިނގޭ… އިންޝާ ﷲ… ޔަޝޫ ވަރަށް ފޯރިހުންނާނެ މިތަނަށް އަންނަން” މައިލީން ތެދުވަމުން ބުނެލިއެވެ. އެ ދެމީހުން ދިޔަ ދިމާބަލަން ތިބި ޒީޝާ އާއި އައިލީޝް ގެ ތުންފަތް މަތީގައި ވަނީ ހިނތުންވުމެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

އަނދިރިފަރާތް 31

Next

ރީތި ސޫރައެކޭ 4-

Next
April 2, 2018

ރީތި ސޫރައެކޭ 4-

Previews
April 2, 2018

އަނދިރިފަރާތް 31

49 Comments!

  1. Aki says:
    April 2, 2018 at 11:21 pm

    abadhu ves thikahala surprise dheebaa.. HI MI dhooni haadha rangalhey

    1. Hi Mi says:
      April 5, 2018 at 12:25 pm

      Thanks dear

  2. Hi Mi says:
    April 2, 2018 at 11:25 pm

    Salaam. Aslu mi part special vani yuan maileen and yashu annaathy. Miadhu autism day v ma himi hithah eri yashu gennan viyye eyi autstic kujjeh gothah kuree story genesfa inima. Dhen mi plot ga in kameh ves nun. Mirey ai hiyaaleh. Hama liyelaafa mi up kohli. Miadhali autism day v ma. Maabodu kameh nuviyas mi part ehenve special kohli.
    Thankyou for ur support.
    Jazakallah Khairan. ?

  3. EHLEE says:
    April 2, 2018 at 11:36 pm

    Wow??

    1. Hi Mi says:
      April 5, 2018 at 12:26 pm

      Thanks dear

  4. Hashaa says:
    April 2, 2018 at 11:38 pm

    Alhe… hi mi thanku..varan interasting….

    1. Hi Mi says:
      April 5, 2018 at 12:31 pm

      Thanks hashaa. V ufaavehjje.

  5. Pinky shifoo says:
    April 2, 2018 at 11:50 pm

    Wowww ❤️❤️❤️… Awesome ???… Mi part vx Maasha Allah v v v reethi ???… Haadha furihama surprise ekey ???… V v v v v kamugohsi ingey Hi Mi ge thi surprise pinky ah ???… So my guess was correct dhw ???… Aslu v v ragalhu ingey migothah dhuvahaa gulhuvaalaafa special part eh genesdhinyma ❤️❤️❤️???… V important messages thakeh libeyne story eh mee… I’m sure for that In Sha Allah ???… V v interesting… Hi Mi ge stories thah kiyaa foohi nuvey hama ???… U are the best ❤️❤️❤️… Maasha Allah Hi Mi hama v v v molhu ❤️❤️❤️… Kiyuntherin shauguverivaane gothakah abadhuvx story genesdheny Maasha Allah ❤️❤️❤️???… Keep going n keep up the good work Hi Mi ❤️❤️❤️???… Hi Mi thikuraa bura massaikathah hama saabasss dhen ?????… I really appreciate your hard work Hi Mi ??????… Enme inthizaaru kurevey eh vaahaka mee… One of the best story hama ❤️❤️❤️… Manzaruthah hama sifakohlevey vaahaka liyamum dhaairu ???… Knme partehvx v furihama ah kiyuntherinnaa hama ah deliver kohdhyfa thi hunnanee ??????… Thank you soooooo much Hi Mi for bringing such a wonderful suprise ❤️❤️❤️???… It was hama superb ???… Curiously waiting for the next part… Lots of love my number 1, my favourite Hi Mi ❤️❤️❤️???????????????… Ithurah bunaane ehcheh vx neynge dhn… Heheheh ?????????????…

    1. Hi Mi says:
      April 5, 2018 at 12:33 pm

      Thankyou dear. Dhimaa vehjje dw. Vvv ufaavehjje ingey thihaa dhigu loabi comment eh kohlima. Much more loves from me dear. ???

  6. Ahana says:
    April 2, 2018 at 11:53 pm

    Wow! Great job..Hi Mi akee v hunaruveri kujjeh..v furihama dhuvaha gulhuvaafa and maileen men include kolleema..thi khiyaalah hama saabas. ..Masha Allah! Keep it up..i do read this comment nukurevunas…

    1. Hi Mi says:
      April 5, 2018 at 12:34 pm

      Hehe. Thankyou so mucu for ur support dear. V ufaavehjje. ???

  7. Yahy says:
    April 2, 2018 at 11:59 pm

    Oh HiMi darling . Haadha reechay . Vvv furihama . And autism day special hama Obi ingeyh ???

    1. Hi Mi says:
      April 5, 2018 at 12:34 pm

      Hehe. Thanks yahy. Happy to see ur comment again. ?

  8. Thaath says:
    April 3, 2018 at 12:01 am

    Salhi

    1. Hi Mi says:
      April 5, 2018 at 12:35 pm

      Thanms thaath?

  9. Aysh says:
    April 3, 2018 at 1:11 am

    Good job hi mi ???

    1. Hi Mi says:
      April 5, 2018 at 12:35 pm

      Thanks aysh

  10. Shann says:
    April 3, 2018 at 5:32 am

    Oh wow Hi Mi… Kuryge story mathin hadhaan vehje v bodah… Mileen n yuaan n yashm hyvany hama aslahves ulhey baeh hen… V v rythi ebai genesdhyfa inyma… Hithah arany e story ge ehen parteh neredheyne namaey… Mibai kiyaalymaves e story v kiyaahiyvey… Mi story ves v rythi igey… Rythikamun hama bunaane ehcheh neyngey..

    1. Hi Mi says:
      April 5, 2018 at 12:36 pm

      Thanks shann. V ufaavehjje thi comment kiyaalaafa. ???

  11. lotus says:
    April 3, 2018 at 6:02 am

    Saaabahey himi.. thivareh neh.. sooooo happy to c a surprise like this.. wen next part

    1. Hi Mi says:
      April 5, 2018 at 12:36 pm

      Thanks dear. Himi balive ulhethy lasvani.

  12. Axy says:
    April 3, 2018 at 7:11 am

    Alhey HI MI dhooni haadha rangalhey ☺☺☺
    V V reethi mi part ves ???HI MI ge vaahaka thakuun v faahaga kurevey mujuthamauga hunna mi kahala muhimmu kamkamah iskam dheygen vaahaka liyaathee v ufaavey ???
    Aslu kiyun therin nah v bodu fidhaa ey kuraane hama yageenunves ??????
    ????????????

    1. Hi Mi says:
      April 5, 2018 at 12:37 pm

      Thanks dear. Hehe. Thanks axy. V ufaavehjje. Axy ah faidhaa eh kuriyya adhi maa ufaavehjje hehe. ??

  13. Xaaaan says:
    April 3, 2018 at 7:43 am

    Masha allah mi baives v reethi adhi leen aa yuaange bai a e ma vvvvvvv reethi??????? waiting next part??

    1. Hi Mi says:
      April 5, 2018 at 12:38 pm

      Thanks xaaan. So happy to see ur comment to this story also. ?

  14. Blue beauty says:
    April 3, 2018 at 8:32 am

    Varah reethi mi part ves….. keep it up..????????????????????????

    1. Hi Mi says:
      April 5, 2018 at 12:40 pm

      Thanks blue beauty. ???

  15. Yehtaf says:
    April 3, 2018 at 9:19 am

    Amazing… Loved it Hi Mi.. Keep up the good work

    1. Hi Mi says:
      April 5, 2018 at 12:41 pm

      Thanks yehtaf. Happy to see ur comment.

  16. annoying reader says:
    April 3, 2018 at 10:50 am

    varah reethi mi part ves. alhey rasil u will regret hurting aili. be a man. dhanish ge fault eh nethi hen heevani rasil revenge nagan ulheni. ehen ulhen hadhaigen he will regret aili ah hurt kohffa. i hate aili ge dad he is so mean. anyway im so happy leen,yashm n yuan ge part eh genes dhini ma. love it. waiting for the next part. every day comment nukureveni bcz i dnt have my lap.

    1. Hi Mi says:
      April 5, 2018 at 12:42 pm

      Thanks anoying reder. So happy to see ut comment finally. Hehe.

  17. Nadhee says:
    April 3, 2018 at 12:57 pm

    Alhe kurin up kuri story GE next part kobaatha kehmadhuvaneeeee

    1. Hi Mi says:
      April 5, 2018 at 12:42 pm

      Kurin up kiti hutihaa story ehves mihaatu hunnaani nimifa dear. ?

  18. Icy says:
    April 3, 2018 at 12:59 pm

    wow Hi Mi
    loved it

    1. Hi Mi says:
      April 5, 2018 at 12:43 pm

      Thanks icy. Happy to see ur comment.

  19. Jenna says:
    April 3, 2018 at 2:17 pm

    This part is amazing

    1. Hi Mi says:
      April 5, 2018 at 12:43 pm

      Thanks jenna. Means a lot. ???

  20. Jeek says:
    April 3, 2018 at 3:04 pm

    Varah reethi
    Mirey up kuraane tha aneh bai? Coz you usually upload on sun, tue and thurs

    1. Hi Mi says:
      April 5, 2018 at 12:40 pm

      Thanks and sorry jeek. Himi balive ulheythy lasvani. ☹☹☹

  21. baby sis says:
    April 3, 2018 at 3:47 pm

    its nice.. but mi baigaa maaaaa gina in aslu use kohfaa huriima thankolheh bolah undhagooo kiyan.. plx dont use the same word tooooooooo many times…

    1. Hi Mi says:
      April 5, 2018 at 12:39 pm

      Thanka baby sis. Thikamaa visnaanan. In Sha Allah. ???

  22. Nyy says:
    April 3, 2018 at 3:53 pm

    Hey himi could u tell me a nick name for midhhaan

    1. ❤? says:
      April 3, 2018 at 9:30 pm

      Midde ….?

    2. Hi Mi says:
      April 5, 2018 at 12:39 pm

      Hehe. Nvy. Midde ves kiyeyne dw. Hehe. ???

    3. reader says:
      April 6, 2018 at 12:20 am

      Dhaan kiyaaba

  23. lotus says:
    April 5, 2018 at 6:20 pm

    Mihaaru bali ok vejja tha himi… wen is the next part… kiyaahithun kemmadhuvefa

  24. sweet heart says:
    April 5, 2018 at 9:36 pm

    Alhey haadha salhiey.next part ah v inthizaarukurevey.

  25. Suhaa says:
    April 6, 2018 at 12:54 am

    Insha allah v reethi waiting for next part v curious

  26. Rose ? says:
    April 8, 2018 at 8:09 pm

    WowWow vv reethi mivaahaka ????

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (12)←


All Right Reserved!