Skip to content
އެސްފިޔަ

ސޫރަ ޓްރެއިލަރ

ވަޔާއެކު އާދަޔާ ޙިލާފު ބާރަކުން ފަޒާގެ ތެރެއައް އަރަމުން ދިޔަ އަޔާނީއަށް އެކަމުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ލޯމެރިފައިވާ އަޔާނީ ބެހެއްޓުނީ ހަނދު މަތީގައެވެ. އެއާއެކު އޭނާގެ ފައިން ވާގިދޫވެގެން ވެއްޓުނެވެ. ހީވާ ގޮތުން އޭނާގެ ހަށިގަނޑުގައި ހުރި އާދަޔާޙިލާފު ބާރު ކެނޑުނީއެވެ. ********************************************

” މަންމާ…ކޮބާ ޔާނީ” ފުޓުބޯޅަ ކުޅެނިންމާފައި ގެއަށް ވަދެގެން އައި އީތަން އޭނާ މަންމަ ރާނިޔާ ކުރެން އެއްސެވެ. *******************************************

” މަންމަ އަކަށް ނޭނގޭ.. އެ މަންޖެ ގެއްލިގެން އުޅޭ ވާހަކަ މުޅި ރަށުތެރެއަށް ފެތުރިއްޖެ… ބައެއް މީހުން އޭނާ ހޯދަން ނިކުމެވެސް އެބައުޅޭ.. ނީލާ ބައްޕަވެސްވީ އެއިން ބަޔަކާ އެކީގަ” ނައުފާ ދިން ޙަބަރަކުން ނީލާގެ ވަށައިގެންވާ މުޅި ދުނިޔެ އެނބުރިގަތެވެ.

*******************************************

ފޯނާ ކުޅެމުން ބަދިގެ ތެރެއަށް ވަދެގެން އައި އަޔާނީއަކަށް ބިންމަތީގައި ދެމެމުން ދިޔަ ލޭގެ ކޯރެއް ނުފެނުނެވެ. އޭނާގެ ނަޒަރު ވަނީ ފޯނަށް ގޮސް ހުސްވެފައެވެ. ލޭތައް މައްޗައް އެރި ކައްސާލަން ދިޔަ ވަގުތު ނެފެންނަ ރޫޙާނީ ބާރަކުން އޭނާ ހިފާއްޓައި ކޮޅަށް ބެހެއްޓިއެވެ. ހިނގައިދިޔަ ރޫޙާނީ ކަންތަކަށް އަޔާނީގެ ސަމާލުކަން ނުދެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުންނެވެ. ބަދިގެ މޭޒު ދަށުގައި ލެއިން ތަތްތެޅިފައި އޮތް މީހާ ފެނިފައި އަޑުގެ ނެތްތަނަށް އޭނާ ހަޅޭއްލަވައިގަތެވެ. ********************************************

އަދީލުބެ އަލިފާންގަނޑެއް ރޯކުރުމަށްފަހު ކިޔެވެލި ކިޔަވަން ފެއްޓިއެވެ. އޭނާގެ އަމުރަށް ގަސްދޮށުގައި ތިބި ހަތް ފިރިހެނުންވެސް ކިޔަވަން ފެއްޓިއެވެ. ކުއްލިއަކަށެވެ. އަލިފާންގަނޑު ނިވުނެވެ. ހަމަ އެސިކުންތު ކޮޅު ތެރޭގައި ގޭތެރެއިން ބިއްލޫރި ތަށިތަކެއް ތަޅައިގެން ދިޔަ އަޑު އިވުނެވެ. ލޯމަރައިގެން ކިޔެވެލި ކިޔަވަން އިން އަދީލުބެވެސް ސިހިފައި ގޭތެރެއައް ބަލާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ދޮރުމަތީގައި ހުއްޓިލައިގެން ހުރި އީތަންއެވެ.” މި ހިނގަމުންދާ ރޫޙާނީ ކަންތައްތަކާ އީތަންއާ ހުރީ ކޮން ގުޅުމެއްބާ؟” އަދީލުބެ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. **********************************************

ފޮޓޯއިން ފެންނަމުން ދިޔައީ ފުރާވަރު އުމުރުގެ ދެކުދިންނެވެ. ގެއެއްގެ ފާރުބުރިމަތީ އިށީނދެގެން އައިސްކުރީމް ބޯން ތިބި އިރު ދެކުދިންގެ މޫނުމަތީގައިވެސް ނުފިލާ ހިނިތުންވުމެއް ރަސްކަންކުރަމުން ދިޔައެވެ. ފޮޓޯގަނޑަށް ބަލަހައްޓައިގެން އޮތްއިރު އަޔާނީގެ ހިޔާލުތައް މާޒީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައެވެ.****************************************

މަޑުމަޑުން އެސްފިޔަ ތަޅުވާލުމަށްފަހު ލޯހުޅުވާލި އަޔާނީ ، އޭނާގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިނގާލިއެވެ. އެއާއެކު އޭނާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ. ދެފައިމައްޗައް ކޮޅަށް ތެދުވެ ކުރިއަށް ހިނގައިގަތީ ދާނެ ވަކި މިސްރާބެއް ނެތިއެވެ. ހިމޭންވެފައިވާ މާހައުލުގައި ބިރުން ތެޅިފޮޅެމުން ދިޔަ އަޔާނީގެ ހިތުގަ ތެޅުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އޭނާގެ ދެފައިވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. އެހެންނަމަވެސް އަޔާނީގެ ލަސްފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ އޭނާ ކުރިމަތިން ފާޅުވި ސޫރައެވެ.

އަޅުަގަނޑުގެ ފުރަތަމަ ވާހަކަ ވަރަށް އަަވަހަށް އަންނަނީ !!!

12 އޭޕްރިލް 2018 އަށް އިންތިޒާރު ކޮށްލައްވާ!

Comments (18)

  1. talent?

    its interesting…im curious..
    good luck….??

    1. Ninninaal
      talent?

      Congratulations!! You are the first one to comment my first story / trailer ☺☺
      Thank you ❤

  2. lotus

    Best of luck dear..???

  3. aakko

    love it

    1. Ninninaal
      aakko

      Thank you ?
      Aakko and lotus

  4. Pinky shifoo

    Heevey v v reethi vaane henn ???… N v v interesting story akah vaane kamah ummeedhukuran ???… All the best ???… Waiting for your story ???

    1. Ninninaal
      Pinky shifoo

      Thank you ❤

  5. Fatima

    Nice… ❤

    1. Ninninaal
      Fatima

      Thank you ❤

  6. unique

    will wait curiosly……. 10 days adhi ebaoih how sad….:-(:-(:-(…

    1. Ninninaal
      unique

      Please don’t be sad? dear I will try to publish as soon as possible
      Thank you ❤

  7. Ninninaal

    Thank you everyone ❤❤
    I am still writing the story so I think I will be able to publish the first part by April 12th. But if I could I will try to publish it sooner than the date I said. ☺. This is my first story so there maybe a lot of mistakes .please point them out for me, I will try to improve. ?
    lots of love readers ??
    -ninninaal-

  8. Icy

    seems interesting
    waiting….

  9. tingu

    ehves reehchceh noon

  10. Sana

    Love it???
    All the best ninninaal ❤❤❤❤❤❤❤❤❤❤❤❤❤❤

  11. Aysh

    Love ur starting❤ im veeeeeryyy curious to know what is going to happen. ? good luck?

  12. Ham

    Love it
    Thanks

  13. Insha

    Varah reethi ??

Comments are closed.