އޯގާވީ ހިތަކުން…4
ގެއާހަމައަށް ދެވެންދެން ކާރުތެރެއަށް ފެތުރިފައިވީ ހަމަހިމޭންކަމެވެ. ރޫޔާ އިނީ އަވަދިނެތި މެސެޖްކުރާށެވެ. އީނާ ކުރީ ސީޓުގައި އިންއިރު ފިނިވެފައިވާ އަތުގެ އިނގިލިތަކާ އޭނަ ކުޅެމުން ގެންދިޔައެވެ. ދޭތެރެއަކުން އޭނަ އަލްޔަސްއަށް ބަލާލައެވެ. ހައިރާންވަނީ ބަލާލާ ކޮންމެ ފަހަރަކު ދެމީހުންގެ ހަތަރުކަޅި ބައްދަލު ވާތީއެވެ. އީނާއަށް ކިރިޔާ އިނދެވުނުކަމެވެ. އޭނަ ލަދުން ގޮސް ވިރިގެން ދާާން ކައިރިވިއެވެ. އަލްޔަސްގެ ތޫނު ނަޒަރުން އުފާވެރިކަން އިހުސާސްކުރެވުނެވެ. މިއިން ދުވަހަކު އެފަދަ ބޮޑު އުފަލެއް ލިބުނު ހަނދާނެއް ނޫނެވެ. އޭނަ އިންތިޒާރުކުރަމުން ދިޔަ ޕްރިންސް ފެނުނީއެވެ. ހާސްބައި ފުރިހަމައެވެ.
އަލްޔަސް ކާރު މަޑުކޮށްލަމުން އެންމެން ކާރުން ފޭބި އެކުއެކީގައެވެ. ލާނެއް އެއްޗެއް ބުނެލަމުން ރޫޔާ ތަންކޮޅެއް ކުރިން ގޮސް ލިފްޓަށް އަރައިފިއެވެ. އިރުކޮޅެއް ވަންދެން ދެޒުވާނުން ތިބީ މަގުމަތީގައެވެ. މިމަންޒަރު ބެލްކަނިއަށް ނިކުތް މައިމޫނާއަށް ފެނުނެވެ. އޭނަގެ ދެލޯ އެހެން ދިމާއަކަށް ދަތުރެއް ނުކުރިއެވެ. އޭނަ އަނގަޔަށް ހަޑިވައްތަރެއް ޖައްސާލިއެވެ.
”ސޭމް…” އީނާ ލިފްޓުގެ ބަޓަންތަކަށް ފިތާލިއެވެ. ”ޔަޕް…” އަލްޔަސް އީނާގެ ކޮލުގައި ހިފާލިއެވެ. މައިމޫނާއަށް މިމަންޒަރުވެސް ފެނުނެވެ. އޭނަ ވީފޫއްސެއްގެ ބޮޑުކަމުން އެތެރެއަށް ދެމިގެންފިއެވެ.
ލިފްޓް ތެރޭގައި އީނާއާއި އަލްޔަސް ވަރަކަށް ވާހަކަ ދެއްކިއެވެ. މިހާރު އަލްޔަސްއާއި ވާހަކަ ދައްކާލެވުމުން އީނާއަށް ލިބޭނީ ބަޔާންކުރަން ދަތި ހިތްހަމަޖެމެކެވެ. އެއަޑު ތާއަބަދު ކަންފަތުގައި ގުގުމާލަން އެދެވުނެވެ. އަލްޔަސްގެ ދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އެލޯބި ފެނި އީނާގެ ފުރާނަ އުދުހިގެންދާހާ ވިއެވެ. އޭނަގެ މޮޔަކަމުން މިލޯތްބަށް ފުރަގަސް ނުދެވުނުކަން ހާދަ ރަގަޅެވެ. އެހެންނޫންނަމަ އޭނަ ޖެހޭނީ ހިތާމައިގެ ސާލު އޮޅާލައިގެން މުޅިއުމުރު ކަރުނަ އޮއްސާށެވެ. ހިތް ކުދިކުދިވެގެން ދާނީއެވެ. ރޫޔާ އޭނައަށް ވިސްނައި ދިންކަން ރަގަޅެވެ.
އަލްޔަސް އެރޭ ދިޔައީ ދިހައެއް ޖެހިފަހުންނެވެ. މައިމޫނާ ހުރީ ފަޒްލާއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބިގެންނެވެ. ފުރުސަތަކަށް ބަލަބަލާ ހުރި މައިމޫނާގެ މޫނު އަލިވެގެން ދިޔައީ އެގާރަ ޖެހިފަހުން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ތަޅުލާފައި ހުރިތޯ ބަލަން ނިކުތް ފަޒްލާ ފެނުމާއެކުގައެވެ. އޭނަ ބާރު ބާރަކަށް ގޮސް ބެލްކަނިއަށް ނިކުންނަން ހުރި ބިއްލޫރި ދޮރުފަތާއި އަރާހަމަކޮށްލިއެވެ.
ދޮރު ތަޅުލަމުން އެނބުރުނު ފަޒްލާގެ މޭގަނޑު އަނގަޔަށް އައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ރޭގަނޑުގެ ކެއުން ނިމުމާއެކު ކޮޓަރިއަށް ވަންނަގޮތަށް މައިމޫނާ ކޮޓަރިން ނިކުންނާނީ މެންދުރު ދޭއްގެ ފަހުންނެވެ. އެވެސް ހެނދުނުގެ ނާޝްތާއާއި މެންދުރުގެ ކެއުން ތައްޔާރުކުރަން ޖެހިދާނެތީއެވެ. މިދުވަސްކޮޅު މަސައްކަތު ކުއްޖާގެ މަންމަ ބަލިވެގެން ލަންކާއަށް ގޮސްފައިވުމުން ގޭގެ މަސައްކަތްތަކުން ރެކެން މައިމޫނާ ނުދައްކާ އުޒުރެއް ނެތެވެ.
”މައިމޫނާ…” އެއީ މައިމޫނާކަން އެނގުމުން ފަޒްލާ ހަމަޖެހިލެވުނެވެ. ފަޒްލާއަށް ލިބުނު ހައިރާންކަން ފިލަން ސިކުންތުކޮޅެއް ނެގިއެވެ.
”ވާހަކައެއް ދައްކާލަންވެގެން މިއައީ، މިވާހަކަ ބުނަން ވެއްޖެތާ ކިތަންމެ ދުވަހެއް…” މައިމޫނާ ފެށިއެވެ. ފަޒްލާއަށް އެޖުމްލަ ދޭހައެއް ނުވިއެވެ.
”އީނާއާއި އަލްޔަސް ހީވަނީ އެހެންފަދަ ކަމެއްހެން. ކައިވެނި ކޮށްގެން އުޅޭ ދެމީހުންނަށްވުރެ ކުރީގައި ދެމީހުން އުޅުނީ… ކުރީ ދުވަހު ފެނުނު މަންޒަރުން އަހަރެން ލަދުން ގޮސް މަރުވާވަރުވި، ދެމީހުން ކުޅޭ ޑްރާމާ ހައްދުން ނައްޓައިފި….” މައިމޫނާ، އޭނަގެ ވާހަކައިގެ ރަހަގަނޑު ހެޔޮވަރުކޮށްލަން ބުހުތާން ދޮގު ވާހަކަތަކެއް އިތުރުކޮށް ދެއްކިއެވެ.
މައިމޫނާއަކީ ކާކުކަން އެނގޭތީވެ ފަޒްލާ އެވާހަކަތަކަށް މާކަބޮޑު ސަމާލުކަމެއް ނުދިނެވެ. އީނާގެ އަގުވައްޓާލަން މައިމޫނާ ކޮންމެ އެއްޗެކޭވެސް ބުނެފާނެއެވެ. އޭނަ އީނާއަށް އިތުބާރު ކުރެއެވެ. އޭނަގެ ދަރިފުޅު ދުވަހަކު އެފަދަ މަގަކުން ނުހިގާނެކަމުގެ ޔަޤީންކަން އެބައޮތެވެ.
”ކުރިންވެސް އެނގެޔޭ ދައްތަ ޤަބޫލު ނުކުރާނެކަން، ވަގުތު ފާއިތުވުމުގެ ކުރިން އީނާ ނުހުއްޓުވައިފިނަމަ ޢާއިލާގެ ނަންވެސް ބަދުނާމުވެދާނެ…” މައިމޫނާ ބުންޏެވެ. އީނާއާއި އަލްޔަސް ދުރުކުރުވަން ފަޒްލާގެ ސިކުނޑި ކާލަން މައިމޫނާ މަސައްކަތް ކުރިއެވެ. އޭނަ ދުނިޔޭގައި ހުރިހާ ހިނދަކު އީނާއަކަށް އުފަލެއް ނުލިބޭނެއެވެ. ދުނިޔޭގައި އަތްފުނާއެޅިޔަސް އެވަރަށް ރުޅިއަންނަ ކުއްޖަކު ނުފެނޭނެއެވެ. ހަސަދަވެރިކަމަކީ މީހާގެ ނަފްސު ކަޅު ބޯފަރުދާތަކުން ވަށާލާ އެއްޗެކެވެ. އަނެކާއަށް ދެރަދޭން އުޅޭއިރު ދިރިއުޅުމުގެ ދުވަސްތައް ބޭކާރުކޮށްލެވުން ނޫންކަމެއް ނުވާނެއެވެ.
”ތިވާނީ މައިމޫނާއަށް ކުރެވޭ ކުށްހީތަކަށް، އީނޫ އާއި ސޭމްއަކީ ގާތް ދެރަހްމަތްތެރިން….” ފަޒްލާ ކުޑަދޮރުތަކުގެ ތަންޑުތައް އަޅުވާފައި ހުރިތޯ ބަލާލިއެވެ.
”ފުރަތަމަ ގާތް ދެރަހްމަތްތެރިންގެ ގޮތުގައި އުޅެފަޔޭ ބޮޑު ކަންތައްގަނޑު ހިންގާލަނީ….” މައިމޫނާ ދުލެއް ނުކުރިއެވެ.
”މައިމޫނާ!…” ފަޒްލާ ރުޅިއައެވެ. އީނާއޭ ކިޔައިގެން އެފަދަ ވާހަކަތައް ދެއްކުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިފައެއް ނުވާނެއެވެ. ލޯބިވާ ދަރިފުޅާއި ދިމާއަށް މީހަކު ނުރުހުމުގެ ބަހެއްވެސް ބުނާކަށް އޭނަގެ ހިތް ނޭދޭނެއެވެ. އީނާގެ ބޮލުގައި މައިމޫނާ އަޅުވަން އެއުޅެނީ ކިހާބޮޑު ފާފައެއް ހެއްޔެވެ؟
”ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެ…” މައިމޫނާ ބުންޏެވެ.
ފަޒްލާގެ ބުމަ ގޮށްޖެހުނެވެ. އޭނައައީ އަމަށަކު ރުޅިއެއް ނޫނެވެ. މައިމޫނާއާ ދިމާއަށް ހަޅޭއްލަވަންވެސް ބޭނުމެވެ. ނަމަވެސް އަޑުގަދަ ވެދާނެތީ އޭނަ ރުޅި ކޮންޓްލޯލްކުރަން އުޅުނެވެ.
”އަހަރެން އީނާއަށް އިތުބާރުކުރަން، އީނާ އަހަރުމެންގެ ނަން ކިލަނބުވާފަދަ ކަމެއް ނުކުރާނެ!… މައިމޫނާއަށް މާބޮޑަށް އިނގެނީ…” ފަޒްލާ ރުންކުރުވެފައި ހުރެ ބުންޏެވެ. މައިމޫނާއަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ. ކުރިމަގެއް ނުފެންނާނެކަން ޔަޤީންވީއެވެ. ފަޒްލާ އޭނަގެ ދޮގުތަށް ފަސޭހައިން ޤަބޫލެއް ނުކުރާނެއެވެ.
”ވަރަށް ފޫހިވޭ…” ފަޒްލާ ދިޔަތަން ބަލަން ހުރެފައި މައިމޫނާ ބުންޏެވެ. އެތެރެހަށީގައި އުތުރިއަރަމުންދާ ވިހަތަކުން އޭނަ އީނާގެ ހަޔާތަށް ޒަހަރު ލާނެއެވެ. އެދުވަސް ވަނީ ކައިރީގައެވެ.
ފަޒްލާ އެނދުގައި ޖައްސާލިއިރު އޭނަގެ ވިސްނުން އެހެން ދިމާއަކަށް ތަދުރުކުރަން ފެށިއެވެ. އީނާއާއި އަލްޔަސްގެ ކައިވެނީގެ ހިޔާލެވެ. އަރައިރުންވެ ހަޅޭއްލަވައި އުޅުނަސް އެދޭތެރޭގައި ފޮރުވިފައިވާ ހިމޭން ލޯބި އޭނައަށް ފާހަގަ ކުރެވެއެވެ. ޒުވާންކަމުގެ އެންމެ ފޮނި ދުވަސްތައް ދެކުދިން ގުނަމުން ދާއިރު ޒުވާންކަމުގެ ޖޯޝުން ހިތް އުތުރިއަރަމުން ދާނެކަން ގައިމެވެ. އަލްޔަސްއާއި އީނާ ވަރަށް ގުޅެއެވެ.
މައިމޫނާ ދޮގު ހެދިޔަސް އެޖުމްލަތަކާމެދު ކުޑަކޮށް ނަމަވެސް ވިސްނާލެވުނެވެ. އޭނަ ވާނީ އީނާއަށް ކަންތައް އޮޅުން ފިލުވާ ދީފައެވެ. ލޯބިވާ ދަރިފުޅަށް އޭނަ އިތުބާރުކުރެއެވެ. އެއިތުބާރަށް ދުވަހަކު ލޮޅުން ނާރާނެއެވެ.
ޝިޔާޢު ފާހަނާއިން ނިކުންނާނެ އިރަކަށް އޭނަ އިންތިޒާރު ކުރިއެވެ. ފުންހިޔާލަކަށް ގެއްލިގައި އިން ފަޒްލާގެ ކޮނޑުގައި ޝިޔާޢު އަތްބާއްވާލިއެވެ. ފަޒްލާ އަވަސް އަވަހަށް އެނދުން ތެދުވެލިއެވެ.
”ނީޑް ޓު ޓެލް ޔޫ ސަމްތިންގް….” ފަޒްލާ ބުންޏެވެ.
”ބުނެބަލަ…” ޝިޔާޢު އޮފީސް ފައިލްތައް ރީތިވާ މޭޒުމަތީ ބަހައްޓަމުން ފަޒްލާއަށް ސަމާލުކަން ދިނެވެ.
”އިނޫ މިހާރު ކައިވެނި ކުރާ އުމުރަށް ގޮސްފިއެއްނު…” ފަޒްލާ ފެށީ ދުރުދުރުންނެވެ.
”ފަޒޫ، އަދި އީނޫއަށް ވީ ސައުވީސް އަހަރު، އެއުމުރައި މިޒަމާނުގެ ކުދިން ކައިވެނި ކުރޭތަ؟، އެހެންނޫނަސް އިނޫ އަދި ވަރަށް ޅަ، ކޮލެޖްވެސް ނުނިމޭ…” ޝިޔާޢުގެ ހިޔާލުތައް ތަފާތެވެ.
”އަހަންނަށް ކުރިންވެސް އިނގޭ ޝިޔާޢު ޤަބޫލު ނުވާނެކަން، އެކަމަކު އެއީ ކުރީގެ ކުޑަ އީނޫއެއް ނޫނޭ، އީނާ އިޒް ގްރޯން އަޕް، ކުރީގެ ޅަހަރަކާތްތައް ވެސް ކެނޑިއްޖެ، އަމިއްލައަށް ޑިޒިޝަންތައް ނަގަން އިނގޭ،….” ފަޒްލާ ވިސްނައި ދިނެވެ. ކޮންމެވެސް ދުވަހަކުން އީނާ އެގޭ ދޫކޮށްފައި ދާނެއެވެ. ދެރަވިިޔަސް، ހިތްނޭދުނަސް އެއީ ހަޤީޤަތެކެވެ. އަންހެން ދަރިފުޅަކީ ކުޑަ ދުވަސްކޮޅެއްގެ މެހުމާނެކެވެ.
”އީނޫ އުފަލުގައި ބެހެއްޓޭނެ ރަގަޅު ކުއްޖަކު އަހަރެން ވަނީ ހޯދާފައި…” ފަޒްލާ ބުންޏެވެ.
”އެރޭންޖް މެރިއޭޖްއަކީ ކުރީގެ ބޯދާއުސޫލެއް….” ޝިޔާޢު އަދިވެސް ނިންމުން ބަދަލުކުރާކަށް ނޫޅުނެވެ. ފަޒްލާގެ ވާހަކަތަކުން ބޮޑަށް ހީވަނީ ވީހާވެސް އަވަހަކަށް އީނާ ފޮނުވާލަން އުޅޭހެންނެވެ. ޝިޔާޢު ނުރުހުން ފާޅުކުރިއެވެ.
ފަޒްލާ އެންމެފަހުން އޭނަ ހޮވާފައިވާ ކުއްޖަކީ އަލްޔަސް ކަމަށް ބުނުމުން ޝިޔާޢުގެ ހިޔާލު ބަދަލުވިއެވެ. އަލްޔަސްއަކީ ރަގަޅު ކުއްޖެކެވެ. އީނާ އުފަލުގައި ބެހެއްޓުމުގެ ގާބިލުކަން އަލްޔަސްއަށް ލިބިފައި ވެއެވެ. ދުވަސްވީ އެކުވެރިޔާގެ ދަރިފުޅެކެވެ. އިތުބާރު ކުރެވެއެވެ. ނަމަވެސް އީނާ އެހާ އަވަހަށް ކައިވެނިކޮށްގެން ދާކަށް ހިތް ނޭދުނެވެ. އަދިވެސް އެއީ ކުޑަ އީނާ އެވެ. އޭނަގެ ފުރާނައާއި ދިރުމެވެ. އެސަކަ މިޒާޖާއި ހުނުމުގެ އަޑުން ގެއަށް އާރޯކަން ގެނެސްދެއެވެ. އީނާ ދިއުމުން ގެއަށް ވެރިވެގެންދަނީ މަރުގެ ހިމޭންކަމެވެ.
”ސޭމް އާއި އީނޫއާ ޑިސްކަސްކޮށްލުމަށް ފަހު ފައިނަލައިޒް ކުރުން ރަގަޅުވާނީ….” ފުންނޭވާއެއް ލަމުން ޝިޔާޢު ބުންޏެވެ. ފަޒްލާގެ ސަބަބުން އޭނަގެ ނިންމުން ބަދަލުކުރަން މަޖުބޫރުވީއެވެ. ފަޒްލާވެސް ބުނީ ތެދެކެވެ. ކޮންމެވެސް ދުވަހަކުން އީނާ ދާނެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. އަންހެން ދަރިފުޅަކީ ކުޑަ ދުވަސްކޮޅެއްގެ މެހުމާނެކެވެ.
ފަޒްލާވެސް އެކަމަށް އެއްބަސްވިއެވެ. އެފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ދެކުދިންގެ ވިސްނުން ހުރިގޮތް ހޯދުން މުހިންމެވެ.
އީނާއަކަށް އެރޭ ނުނިދުނެވެ. އޭނަ ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލައިގެން އޮތީ މެސެޖް ކުރާށެވެ. ފިނި ރޯޅިތައް އޭނަގެ އޮމާން ހަންގަނޑުގައި ބޮސްދީފައި ކަންފަތް ދޮށުގައި ސިއްރެއް ބުނެލާ ކޮންމެ ހިނދުކޮޅަކު ހަށިގަނޑުގެ ލޯލިތައްކޮޅަށް ޖެހެއެވެ. ވޫލްކޮޅު ދޫކޮށްލުމާއެކު މިނިވަންކަން ލިބުނު އިސްތަށިތައް ވައިގެ ތެރޭގައި ނަށާލައެވެ. ވާރޭގެ މަޑު މިޔުޒިކީއަޑު އެއްވަރެއްގައި ހިފަހައްޓާލާފައި ވާއިރު ކުޑަދޮރުގައި ހަރުކުރެވިފައި ހުރި ވިންޑްޗައިމްގެ އަޑު ގުގުމާލައެވެ. ދަންވަރުގެ ހިމޭން ވަގުތައް ވުމުން ހުރިހާ ހިސާބެއްގައި ރަސްކަން ކުރަމުން ދަނީ ހަމަހިމޭންކަމެވެ. މިރޭ މަގުން ސައިކަލެއް ދުއްވާލާ އަޑުވެސް ނީވެއެވެ. އެންމެހާ މީސްތަކުން މިއަރާމުރޭގެ ބޭނުން ހިފަނީ ކަމަށްވެސް ވެދާނެއެވެ.
ފޯންކޯލެއް އައުމުން އީނާ އެނދުން ތެދުވެލިއެވެ. ބެލްކަނިއަށް ނިކުންނަމުން އޭނަ ސޯފާގައި އިށީނެވެ. ފުރޭނިގެން އައިސް ކަންފަތުގައި ހަރުލި ފިރިހެންވަންތަ އަޑުން އީނާގެ ހިތް މަޑުޖެހިލިއެވެ. ސިހުރުވެރިއެކެވެ. ކޮންމެ ހަރަކާތަކަށް އޭނަ ފިދާކުރުވައެވެ. އަލްޔަސްގެ ކޮންމެ ކަމެއް ވަކިން ބޮޑަށް ހާއްސަ ވިއެވެ. އެއީ ލޯބިވެވުމުން އަންނަ ބަދަލުތަކެއް ހެއްޔެވެ؟ އެސްފިޔަތަކުގެ ތެރޭން ކުރެހެނީ އެސޫރައެވެ. އަޑުވެސް ހާސްބައި ތަފާތު ވެއްޖެއެވެ. އަނެއްކާ އޭނަ މޮޔަވީ ހެއްޔެވެ؟ މިއީ ހަޤީޤީ ލޯބި ހެއްޔެވެ؟
”އަވަހަށް ނިދަންދޭ، އެހެން ނޫނީ މާދަމާ ކޮލެޖަށް ދާއިރު ޝުގާރ ޕްލަމް ލޯކައިރި ހުންނާނީ ކަޅުވެފަ….” ސަމާސާ ރާގަކަށް އަލްޔަސް ބުންޏެވެ. އޭރު ގަޑިން މެންދަމުން ދޭއް ޖަހައިފިއެވެ. އަދިވެސް ނިދާކަށް ދެމީހުން ބޭނުމެއް ނުވިއެވެ. އިތުރަށް ވާހަކަ ދައްކަން ބޭނުންވަނީއެވެ.
”ވެރީ ފަނީ…” އީނާ ލުއި ހީލުމަކާއެކު ބުންޏެވެ. ދެން ދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. އީނާ އިނީ އަލްޔަސް ވާހަކަ ނުދައްކައިގެން ކެތްމަދުވެފައެވެ.
”ނިދީތަ؟…” އީނާ ނީދެވިގެން އެހި އެވެ.
”ނޫނޭ، އަހަރެން ހީކުރީ އީން ނިދިގެން ވެއްޓުނީކަމަށް، ފޯނު ބާއްވަން އުޅެނިކޮށް ރިޕްލައިއެއް ތިކުރީ…” އަލްޔަސް ބުންޏެވެ.
އީނާ ސޯފާގައި އޮށޯވެލަމުން ކަޅު ސައިލަކުން ބައްދާލެވިފައިވާ އުޑަށް ނަޒަރު ހިންގާލިއެވެ. ވާރޭ ތިކިތައް ހުއްޓުމެއްނެތި ފައިބަމުން ދާއިރު ދިއްލާ އަޅާފައިވާ މާލޭގެ އުސްއިމާރާތްތައް ފެންނަނީ ސިހުރުވެރި ގޮތަކަށެވެ. އޮރެންޖް، ރަތް، ފެހި ބޮކިތަކުގެ ވިދުން ވަރަށް ގަދައެވެ. މަގުގައި ހުރި ގަހުގެ ގޮފިތައް ދިގުވެލާފައި ވާއިރު އަނދިރީގެ ތެރެއިން ސިފަކުރެވެނީ ބިރުވެރި ވިގަނިތަކެއް ޝިކާރައަކަށް އަތްދިއްކޮށްލައިގެން ތިބޭ ހެންނެވެ. ކުއްލިޔަކަށް ހިމޭންކަން ފޫއަޅުވާލާފައި ދުމެއްގައި ދިޔަ ސައިކަލެއްގެ އަޑުން ހިތްހުއްޓިދާނެހެން ހީވިއެވެ. އަލްޔަސް ދުރުގައި ވިޔަސް އޭނައަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވުނެވެ. އަލްޔަސް އެވަގުތު ބުނީ އީނާއަށް ނުރައްކަލެއް ވާނަމަ މިނެންޓެއްގެ ތެރޭގައި އޭނަ އެތަނަކަށް އަންނާނެ ކަމަށެވެ. އަލްޔަސްގެ މިޒާޖުން އީނާގެ ބަޑިގަޑު ފަޅައިގެން ދެއެވެ.
”ތީ ސުޕަމޭންތަ؟…” އިނާ އޯރކިޑް މާތަކުގައި ފިރުމާލިއެވެ. ވާރެއާއި ބާރު ވައިރޯޅީގެ ރަހުމެއްނެތް ހަމަލާތަކުން ގަސްތަކަށްވަނީ ގެއްލުން ލިބިފައެވެ.
”ހޫމްމްމް، އެނީތިންގް ފޯރ ޔޫ ޕްލަމް….” އަލްޔަސް ބުންޏެވެ.
ހަރީފު މޫސުމާއި ފިނިމޫސުމުގައި ގަސްތަކުގެ ދިރުންގެއްލި ވީރާނާވެގެން ދެއެވެ. ނަމަވެސް ރާބީއު އަދި ބަހާރު މޫސުމުގެ ކުލަވަރުތަކުން އެގަސްތަކަށް ދިރުން ލިބި މާތަކުން ގަސް ބަރާވާ އުސޫލުން އަސްޔަސް ވެގެން ދިޔައީ އީނާގެ ހަޔާތައް ބަހާރުގެ ޖާދޫ ގެނެސްދިން ލޯބިވެރިޔާ އަށެވެ. ވީރާނާވެފައިވާ ލޯބީގެ ބަގީޗާ ދެޒުވާނުން އެކީގައި އާރާސްތުކުރަން ނިންމިއެވެ. ލޯތްބާއި އޯގާތެރި ކަމާއެކުގައެވެ. ވަރުގަދަ އިތުބާރާއެކުގައި ވެސް މެއެވެ. އެއިތުބާރަށް ފަސޭހައިން ލޮޅުންތަކެއް ނާރާނެއެވެ. އެއީ ހުވާތަކެއްގެ މައްޗަށް ބިނާކުރެވުނު ގަނޑުވަރެކެވެ.
އީނާ މާތްﷲއަށް ދުޢާ ކުރިއެވެ. އެ އުފާތައް ދާއިމަށް ލެއްވުމަށް އެދިއެވެ. އަލްޔަސް އޭނަގެ ހިތުގައި ގަނޑުފެން އަޅާލަ ދީފިއެވެ. ހިތް އުންމީދުތަކުން ފުރުވާލައިފިއެވެ. އެ ރީތި ތަސްވީރުން އޭނައަށް ދިރުން ގެނެސްދިނެވެ. ހިތް ދީވާނާ ކުރުވާ ސިފަތަކެކެވެ.
އާދުވަހަކަށް ފެނުންތޮޅެލި އިރުގެ މަޑު ރަތްކުލައިން އުދަރެސް ފަވާލައިފިއެވެ. ވިއްސާރަ ރަގަޅުވެ ދުނިޔެ ދިޔައީ އިރުގެ ހޫނުން ފިއްސަމުންނެވެ. ހިސާބަކަށް ވާރޭ ވިލާތައް އުދަރެސް މަތީ ބުރުތަޅާމުން ދިޔަކަމުގައި ވިޔަސް ވިއްސާރައިގެ އަލާމާތެއް ނުފެނެއެވެ. ކަނޑުގައިވަނީ އޮމާންކަމުގެ ތަރުފާލި އޮޅާލާފައެވެ. ވައިރޯޅިތައް ޖެހެނީ ނުލާހިކު މަދުންނެވެ. މަގުގައި ހެދިފައި ހުރި ފެންކޯރުތައް ހިދެން ނެގީވެސް ސިކުންތުކޮޅެކެވެ. ވާރޭގެ އަރާމަށްފަހު އިރުގެ ހޫނުން ދުނިޔެ ދޮންކޮށްލައިފިއެވެ.
ކޮލެޖަށްދާން ތައްޔާރުވެގެން އީނާ ނިކުތް އިރު ރޫޔާ އިނީ ލަސްވެގެންނެވެ. އީނާ ހުރީ ގަޔަށް ދޫ ހުދުކުލައިގެ ކުރުތާއަކާއި ގުރާފެހިކުލައިގެ ޖިންސެއްގައެވެ. ބޮލަށް ކަޅު ކުލައިގެ ބޭންޑެއް އަރުވާލާފައި ވާއިރު މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އަނދުނުން ދެލޯވަވާލާފައި ވުމުން ކަނޑީގެ މިއަށްވުރެ ތޫނު ދެލޮލުން ކަތިނުލެވޭނެ ހިތެއް މަދުވާނެ އެވެ.
”މައި ގޯޑް، މިއަދު ސޭމް ދާން ޖެހޭނީ ހޮސްޕިޓަލަށްކަން ނޭގެ….” ރުޔާ ބުންޏެވެ.
ރޫޔާއަށް ދޭން ފައިސާކޮޅެއް ހިފައިގެން ބޮޑުކޮޓަރިއަށް އައި މައިމޫނާގެ މޫނު ބަނަކޮށްލައިގެން ހުރެ ނިކުމެގެން ދިޔައެވެ.
”ރޫ ފެނިފަ ޒަލަފްއަށް ވާނެ އެވަރު…” އީނާ މަޑުމަޑުން ބުންޏެވެ.
”ޝްޝްޝް…. މަންމައަށް އަޑުއިވިދާނެ، ސިއްރުން ދައްކާ ވާހަކަވެސް މަންމައަށް އަޑުއިވޭ، މަށަށް ހީވަނީ މަންމަ ގޭގެ ކޮންމެ ތަނެއްގައި ކެމެރާ ބަހައްޓައިގެން އުޅެނީހެން، ނޭގޭ އެއްވެސް ކަމެއް ނޯންނާނެ….” ރޫޔާ ދެލޯބޮޑުކޮށްލިއެވެ. ދެއެކުވެރިން އަވަސް ވެގަތީ ކޮލެޖަށް ދިއުމަށެވެ. ކޮލެޖް ހުންނަނީ ގެއާއި ތަންކޮޅެއް ދުރުގައެވެ. ޓްރެފިކްގައި ނުޖެހޭނަމަ ފަނަރަވަރަކަށް މިނެޓް ތެރޭގައި ދެވިދާނެއެވެ.
ވަގުތު ކުޑަތަންވެފައި ވުމުން ދެމީހުން ބެލީ ޓެކްސީއެއް ލިބޭތޯއެވެ. ނިކަން އުނދަގުލުން ޓެކްސީއެއް ލިބުނެވެ. މަންޒިލާއި ހަމައަށް ދެވެންދެން އީނާއާއި ރޫޔާ ތިބީ ބިރުންނެވެ. ހިލޭ މީހުންނަށް އިތުބާރެއް ނުކުރެވޭނެއެވެ. ޒަމާން ބަދަލުވެފައިވާ މިންވަރު ނޫސްތަކާއި ޓީވީ ބަލައިލުމުން އެނގޭނެއެވެ. ހާއްސަކޮށް ރީތި ކުއްޖަކު ފެނިއްޖެއްޔާ ދެން އެނިމުނީއެވެ. ފައިސާކޮޅު ދީފައި ދެމީހުން އަވަހަށް ކާރުން ފޭބިއެވެ.
”ހުވާ އޭނަ މަގޭ އަތަށް އަތްލިނަމަ އަތްދަބަހުން ލެޑީމުސް…” ރޫޔާ ތުންއަނބުރާލި އެވެ. ޑްރައިވަރު މީހާގެ ނުސީދާ ބެލުމުން އޭނައަށް އުނދަގޫ ވެއްޖެއެވެ. ”ލެޓް އިޓް ގޯ… އަވަހަށް ކްލާހަށް ދާން ހިނގާބަ…” ރޫޔާގެ އަތުގައި ހިފާ ދަމަމުން އީނާ ގޭޓުން އެތެރެއަށް ވަނެވެ. ތަންކޮޅަކަށްވެސް ހިނގައި ނުގަނެވެނީސް އަލްޔަސް ގޮވާލައިފިއެވެ.
އިނާ ރީތި ހިނިތުންވުމަކާއެކު ފަސްއެނބުރި ބަލާލިއެވެ. އަލްޔަސް ދެކުދިންނާއި އަރާހަމަކުރަމުން އީނާގެ ރީތިކަމަށް ތައުރީފުކޮށްލިއެވެ.
”ސާބަހޭ، ތީދެން ބޮޑު ވަރު، ރޭގަނޑު މާފޮޅުވަން ތިބެފަ، ދުވާލު ގަޑީގަވެސް….” ރޫޔާ ބުންޏެވެ.
”ޖެލެސް؟…” އަލްޔަސް ބުމަ އަރުވާލިއެވެ.
”ހެލް ނޯ… އަހަރެން ޖޭނުވާނެ ދުވަހަކުވެސް…” ރޫޔާ ދޫނެރެލާފައި ހީލިއެވެ. އޭނަގެ ދެލޯ ހޯދަމުން ދިޔައީ ޒަލަފްއަށެވެ. ޓެކްސްޓްކޮށް ފޯނު ކުރިޔަސް ޒަލަފްގެ ސޫރަ ދެކިލަން އޭނަގެ ދެލޯވަނީ ބޭޤަރާރުވެފައެވެ. އެއަތުގެ ތެރެއަށް ވަންނަންވެސް އިންތިހާއަށް ބޭނުމެވެ.
”އީން އަށްދޭން ގެނައި ހަދިޔާއެއް….” އަލްޔަސް ބެކްޕެކް ހުޅުވާލަމުން ކުޑަ ޕާރުސަލެއް ނެގިއެވެ. އީނާ ޕާރުސަލުގައި ހިފާލި ހިނދު ދެޒުވާނުންގެ އަތްތިލަ ބީހިގެން ދިޔައެވެ. މެއަށް ފިނިވެ އީނާ އަތްދަމައިގަތީ ހަލުވިކޮށެވެ. ”ނުހުޅުވާނަންތަ؟…” އަލްޔަސް އަހާލިއެވެ.
އީނާ އެކަނޑާލިއެވެ. ފޮށި ތެރޭގައި އޮތީ ކުޑަ ސްނޯ ގްލޯބެކެވެ. އީނާ އޭގަ ފިރުމާލިއެވެ. ”ޔޫ އެންޑް މީ” އޭގެތެރޭގައިވާ ދެމީހުންނަށް އިޝާރާތްކޮށްލަމުން އަލްޔަސް ބުންޏެވެ.
”ބަޓަނަށް ފިތާލަބަ…” ރޫޔާ އޭގައިވާ ބަޓަނަށް އިޝާރާތްކޮށްލިއެވެ. އީނާ ބަޓަނަށް ފިތާލަމުން އަލްޔަސްއަށް ބަލާލިއެވެ.
ކަޅާއި ހުދުގެ އަތްކުރު ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި އަލްޔަސް ހުރިއިރު ހާމަވެފައިވާ އަލްޔަސްގެ މުލައްދަނޑިއާއި ތަނަވަސް މޭމަތީގެ ބައެއް ފެނި އީނާގެ ހިތުގެ ތެޅުން އަވަސް ވިއެވެ. އޭރު އިވެން ފެށި ޑެމީ ލޮވާޓޯގެ ”ކެޗް މީ” ލަވައިން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަލްޔަސްގެ ލޮލުގެ ތެރެއަށް އީނާ ގެއްލުނެވެ. ހަމަހޭވެރިކަންވީ ރޫޔާ އަތުގައި ވިކާލީމައެވެ.
”ބިފޯރ އައި ފޯލް ޓޫ ފާސްޓް، ކިސް މީ ކުއިކް، ބަޓް މޭކް އިޓް ލާސްޓް، ސޯ އައިކޭން ސީ ހައު ބޭޑްލީ ދިސް ވިލް ހާރޓް މީ، ވެން ޔޫ ސޭއި ގުޑް ބާއި………..”
”ތީތި ނިއްވާލަބަ، އެންމެންގެ ނަޒަރު ހުއްޓާލެވިފައިވަނީ ތިދެމީހުންނަށް…” ރޫޔާ މަޑުން ބުންޏެވެ. ތެދެކެވެ. އެއްވެފައި ތިބި އެކި އުމުރުފުރާތަކުގެ ކުދިން އަޖިބުވެފައި ބަލަހައްޓައިގެން ތިބީ އަލްޔަސްއާއި އީނާ އަށެވެ. ހީވަނީ ފެންނަން ނުޖެހޭ މަންޒަރުތަކެއް ހެންނެވެ. އޭގެ ތެރެއިން ގިނައީ ހަސަދަވެރި ލޯތަކެވެ. އީނާގެ މޫނު ރަތްވިއެވެ. ކްލާސް ކުދިން ވަރަކަށް ދިމާ ކުރާނެއެވެ. އަލްޔަސް އައީ އޭނަގެ ކޯޅުންތައް ކްލާސް ކުދިންނަށް ވާނީ ފެނިފައެވެ. ނަފްރަތަކީ ލޯބީގެ ފެށުންކަން ގިނަ މީހުން ބުނާ ސަބަބުވެސް އެނގިއްޖެއެވެ.
ރޫޔާއާއި އީނާގެ އިތުރުން އަލްޔަސް ވެސް ކްލާހަށް ދާން މިސްރާބު ޖެހިއެވެ. މީހުންގެ ތެރޭގައި ހުރި ސަނާ ވަނީ ހަސަދައިން ފޯވެފައެވެ. ފައިޒާން ހުރީ މޫޑް ގޯސްވެފައެވެ. ރޭގެ ހާދިސާއަށް ފަހު އޭނަގެ ތަބީއަތު މުޅިން ހަރާބު ވެއްޖެއެވެ. އީނާގެ ފޮނިކޮޅު ބޯލަން ކުރި އުއްމީދުތައް ފެނަށްވީމައެވެ. ސަނާ ފައިޒާންގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.
ކްލާހަށް ނުދެވެނީސް މީހަކު ރޫޔާގެ އަތުގައި ހިފާ މަގަތަށް އަނބުރާލިއެވެ. ”ޒަލަފް…” ރޫޔާގެ ދޫހަރަކާތް ކުރީ އުނދަގުލުންނެވެ. ޒަލަފް ލުއި ހުނުމަކާއެކު އޭނައާއެކު އައުމަށް ބުންޏެވެ.
”ޒީން މަޑުކޮށްބަލަ، ކްލާސް ފެށެން ކައިރިވަނީ…” ރޫޔާ ކަންބޮޑުވެފައިވާ ރާގަކަށް ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


hope this part will be also good 🙂 mi part digukohlaafa inani, dhen nerei hurihaa baeh digukoh genesdeynan inshaallah, 5th vana bai saturday ga genesdheyan insaaallah
if so THANK U SOOOOO MUCH
🙂
is there any special days to upload the story
if there are can u plx tell me
kiyuntheriyaa: mi vaahaka upkohdeni konme hoama, burasfathi adhi honuhiru dhuvahaku….
thankx muthaa……..muthaa ge sifakurun habeys……keep it up……
thnkxx muthaa…..muthaa ge sifakurun habeys….keep it up
….Varah nice mi part vex love this storyy
Thnx a lot Teddy bear and yuaan 🙂
hai mutha!!!!!!!! hws u dear???????? dhuvas gandakah fahu mi fenuni,vvvv ufaavehjje anehkkaaves aa vaahaka eh kiyaalan libuneema,mi vaahaka miadhu mi kiyaali,varah habeys mi kiyaalevunu 4 partves, mi vaahakaige maimoonaa dho mi villan aki, varehgge anheneh thi,mihaaruves eynadheke foohivehjje,hehehehe vaahakaigaa beynunkohffa huri hurihaa name thah varah salhi,v uniqe, een n samege bai varah hiyy gaimu, 🙂 dhen konirakun 5vana part?? e partves avahah kiyaalan libeyne kamah uhmeedhu kuran,,, dhn mi vaguthah ba e ba e tvgc
Vvvvv nice…..
Keep it up.
Than a lot nix ie and naxy 🙂 Nix ie : iraadha kurehviyaa mutha hama braabaru 🙂 adhi neygey dhoa villan aki kaakukan, maimoona dhen inu dheke rulhin ulehthi ehen react kurani, adhi real villan nadhey, 5th vanabai maadhan inshaallah, thnx a lot nix ie, <3
vvvvvvvvvv nyc
Adi daagoiyy hama v nice ingey Muthaa…. Muthaage vaahaka takuga English wards beynun kohfa hunaaty hyvey iturah vaahaka perfect hen……. kohme parteyvs v interestaa eku kiyaaleveny……vaahakaige sifakurumaa….. ibaaraaiykurun buneveyny hama no 1 ey….. beynunvany biruveri kerectaayah vure loabyge asarugada kerectaatakey ……… Aaash bulelan oty Muthaa yah mirongun kuriah devidaaneye….. kaamiyaabaky vaki myheyge hahgey nuney…. hiyyvaraaeku masaiykaiy kuraa kohme insaanakahvs kohms duhukun Allah kaamiyaabu vaaneye kyp it up Muthaa….. INSAA ALLAH … SUKURAN MUTHAAA BAI BAAAI TC…..