Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ނަމަވެސް..1

michelle Level 1
March 31, 2018 One Min Read
14 Comments

ގްރޭޑް 12 ގައި ކިޔެވުން ފެށުނުދުވަހެވެ. ހުރިހާ ކުދިންވެސް އެކުދިންގެ ރަހުމަތްތެރިންނާ އަލުން ބައްދަލުވުުމުން އެކަމުގެ އުފާ ފާޅުކޮށް މަޖާނަގަމުން ދެއެވެ. އެލައިނާ ވެސް ހުރީ އަދި ކްލާސް ނުފެށޭތީ ޔަލްވީއާ އެކީ އެކި އެކިވާހަކަ ދައްކާލާށެވެ.

“އެލީ ލުކް ހޫ އިޒް ކަމިން” ޔަލް އެހެން ބުނުމުން އެލީ ކްލާސް ރޫމްގެ ދޮރާ ދިމާލަށް ބަލާލިއެވެ. ކްލާހަށް ވަދެގެން އަންނަ ޖަޒްލާން ފެނުމުން އެލީގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޖަޒްލާން އަކީ ސްކޫލްގަ ވެސް ހުރިހާ އަންހެން ކުދިންގެ ހިތްކަތިލާ ފަދަ ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. އިސްކޮޅުން ދިގުވެފަ ހަންގަނޑުގެ ކުލަ އައްޔެވެ. ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. ބޮލުގެ އިސްތަށިގަނޑު ހުންނަނީ ރީތިކޮށް ތުނިކޮށް ކޮށާފައި ކުޑަކޮށް ސްޕައިކް ޖައްސާފައެވެ. ތުނބުޅި ތުނިކޮށްލާފަ ހުރުމުން ފިރިހެންވަންތަކަން އިތުރުކޮށް ދެއެވެ.

ޖިމީއަށް ބަލަން އާޝޯހުވެފައި އިން އެލީ ސިއްސައިގެން ދިޔައީ ކައިރީގައި އިން ޔަލް އެލީ ގައިގަ ބާރަކަށް ވިކައި ގަތުމުންނެވެ. “އައްދިޔޯއި ޔަލްގަނޑާ ތަޖުވެއްޖޭ “އެލީ އަތުގަ ފިރުމާލަމުން ބޮޑާހާކާލިއެވެ. ”އެހެންނުން ވާނީ ބުޅާ މަސްގަނޑަށް ބަލާހެން ޖޭޒް އަށް ތިބަލަނީ“ ޔަލް އެލީއާ ދިމާކޮށްފަ ހޭންފެށިއެވެ. ވާނީވެސް އެހެންތާއެވެ. ޖަޒްލާން އެލީ އަށް އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ވެސް އެލީގެ ހިތް ޖަޒްލާން އަށް ފެވުނެވެ. އެކަން އެނގޭ ދެވަނަ މީހަކަށް ހުންނާނީ އެލީގެ ބެސްޓްފްރެންޑް ޔަލްއެވެ. އެއިހުސާސްތައް ޖަޒްލާން ކައިރި ބުނަން ޔަލް ވަރަށް ހިތްވަރުލައިދެއެވެ. އެހެންނަމަވެސް އެލީގެ ލަދުރަކި ކަމުން ބުނަންނުކެރި ހިތުގާ އެހުރިހާ އިހުސާސްތައްފޮރުވިއެވެ.

ޖަޒްލާން އެކި ފަރާތް ފަރާތައް ބަލަމުން އައިސް ޔަލްއާ އެލީއާ ޖެހިގެން ހުރި ހުަސް ގޮނޑި ދޫކޮށް ދެން އިން ގޮނޑީގައި އިށީނެވެ. އަދި އެލީއާ ދިމާލަށް ބަލާލުމަށް ހީލިއެވެ. “ހާއި އެލީ ހާއި ޔަލް. ކިހިނެތް؟. ޗުއްޓީ ކިހިނެއް ވަނީ؟ މަޖާތަ؟”. ޖަޒްލާން ސުވާލުތައް އެއްފަހަރާ ކޮށްލިއެވެ. “ވަރަށް މަޖާ” އެލީ ކުރު ގޮތަކަށް ޖަވާބު ދެމުން ހިނިތުން ވިއެވެ.

ޖަޒްލާންގެ ހާލަކީ ކޮބަތޯއެވެ. އެލީގެ ހިނިތުންވުން ފެނި އާޝޯހު ވިއެވެ. ސްކޫލްގައި އެކީ ހޭދަ ކުރަމުން އެލީ އަށް ހިތް ދެވުނީ ކިހިނެތް ކަމެއްވެސް ނޭގުނެވެ. ނަމަވެސް އެލީ ކައިރި ބުނަން ފަސް ޖެހެނީއެވެ. އެލީގެ ފަރިކަން ފެނި ކޮންމެ މީހަކުވެސް ދީވާނާ ވާ ފަދައެވެ. އެސްފިޔަ ދިގު ދެލޮލެވެ. މުށިކުލައަށް ދާ ދިގު އިސްތަށިގަނޑު ސްކޫލަށް އަންނަ އިރު އައްސާލާފަ އޮންނަ ގޮތް ވަރަށްވެސް ޗާލެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ އިހުސާސްތައް ހާމަ ކުރަން ބިރުގަންނީ އެވެ. ރަހުމަތްތެރިކަން ގެއްލިދާނެ ކަމުގެ ބިރުންނެވެ.

ކްލާސް ފެށުމާއެކު އެންމެންގެ ވެސް ސަމާލުކަން ޓީޗަރަށް ދިނެވެ. އަދި އެންމެންގެ އަޒުމަކަށް ވެސް އެންމެ މޮޅު ކުއްޖަކަށް ވާން އުންމީދު ކުރަމުން ދިޔައެވެ.

ސްކޫލް ނިންމާލުމަށް ފަހު އެލީ ގެއަށް ދިޔައެވެ. “މަންމާ. ކޯއްޗެ ކައްކާލަނީ ހާދަ މީރުވަސް ދުވައޭ”. އެލީ ގެއަށް ވަނުމާ އެކު ދުވި މީރު ވަސްގަނޑުން ބުނެލިއެވެ. “އާން މީ ދަރިފުޅު އަންނަން ވާ އިރަށް މީރު އެއްޗެ ހަދާލަނީ. ދޭ އަވަހަށް ޔުނީފޯމް ބަދަލް ކޮށްގެން ކާން އަންނަން”. އެލީ ގެ މަންމަ ބުނެލިއެވެ.

އެލީގެ މަންމަ އަމީޒާ އަދި ބައްޕަ ލުތްފީގެ ތިބެނީ ތިން ކުދިންނެވެ. އެލީ އަށް ވުރެ ބޮޑަށް ހުންނަނީ އެލީގެ ބޭބެ އިފާޝް އެވެ. އަދި އެލީގެ ކޮއްކޮ އަދީލް އެވެ. އެލީ އަކީ ހުންނަ އެންމެ އަންހެން ކުއްޖާ އަށް ވުމުންއެންމެންވެސް އެލީ ދެނެ އެހާ ލޯބިވެއެވެ.

ނުނިމޭ..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

michelle

Level 1

Other Articles

Previous

ޝީން (އަށާވީސްވަނަ ބައި)

Next

ބާޒީ 2

Next
March 31, 2018

ބާޒީ 2

Previews
March 31, 2018

ޝީން (އަށާވީސްވަނަ ބައި)

14 Comments!

  1. EHLEE says:
    March 31, 2018 at 8:59 pm

    Wow v reetih. When next part

    1. michelle says:
      April 1, 2018 at 8:31 am

      Thank you 🙂 balaanan up kohlleveythoo awahah

  2. Fai says:
    March 31, 2018 at 9:31 pm

    Reethi vaanehen hyvani next part inthizaarukuran

    1. michelle says:
      April 1, 2018 at 8:31 am

      Thank you 🙂

  3. Shann says:
    March 31, 2018 at 9:37 pm

    V rythi feshun… Story ves v rythi vaanehen hyvany… Mee khon dhuvas thakehga up vaa story eh baa??

    1. michelle says:
      April 1, 2018 at 8:32 am

      Thank you :).. adhi neh waki dhuwaheh. liyevey warakun up kohdheynan 🙂

  4. lotus says:
    April 1, 2018 at 9:19 am

    Heevanee v salhi vaahen… pls avaha up kolladhe chey??? best of luck

    1. michelle says:
      April 1, 2018 at 1:44 pm

      thank you. up kohdheynan v awahah 🙂

  5. Kal says:
    April 1, 2018 at 1:35 pm

    Maigandu haadhisaathah tha real ii?… Or the whole thing?

    1. michelle says:
      April 1, 2018 at 1:45 pm

      maigandu haadhisaa 🙂

  6. Naadhee says:
    April 1, 2018 at 6:33 pm

    V reethi feshumeh

    1. michelle says:
      April 3, 2018 at 11:51 am

      thanks 🙂

  7. Maya says:
    May 26, 2018 at 10:08 pm

    Nice ………

  8. Medow says:
    May 27, 2018 at 11:41 am

    ♥️♥️

Comments are closed.

Next Episodeނަމަވެސް.. 2←


All Right Reserved!