Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ރާނީ….. 1

Kian Level 1
March 30, 2018 One Min Read
24 Comments

ރަށުތެރެއަށް އަރައިގެން އައިއިރު، ރާއްޖެތެރޭމީހުންގެ ކުލަވަރު އަލްވިންއަށް ދިޔައީ ފެންނަމުންނެވެ. ހޮޅުއަށީގައި ޖައްސާލައިގެން ނިދާފައި ތިބި މީހުން ފެނުމުން އަލްވިން ގާތަށް ހިނިއައެވެ. މިއީ މާލެއިން އަލްވިންއަށް ދުވަހަކުވެސް ފެނުނު މަންޒަރުތަކެއް ނޫނެވެ. އެހެންނޫނަސް މިއީ އަލްވިން ރާއްޖެތެރޭރަށަކަށް އެރި ފުރަތަމަ ފަހަރެވެ. މަންމައާއި ބައްޕައަކީ މާލޭ ބައެއްކަމުން އުޅެ ބޮޑުވީ މާލޭގައެވެ. ބަންދެއް ލިބުނަސް ގިނަފަހަރަށް ދަނީ ރާއްޖޭން ބޭރަށެވެ. އެހެންޔާ އެއްވެސް ތަނަކަށް ނުގޮސް މާލޭގައި ތިބޭނީ އެވެ.

އަލްވިން މިރަށަށް މިއައީވެސް އެހާ އަންނަ ހިތަކުން ނޫނެވެ. ނަމަވެސް އަލްވިން އާއިއެކު ސްކޫލްގައި ކިޔަވަން އުޅުނު ކުއްޖެއް ކަމައްވ،ާ ނަވާލް ، ވަރަކަށް އާދޭސް ކުރުމުން އެއަށް ފުރަގަސް ނުދޭން ވެގެނެވެ. އަދި މިދަތުރު އަންނަން މަންމައާއި ބައްޕަގެ ހުއްދަވެސް ހޯދީ އެހާވަރުންނެވެ. މިހާވަރުން އާދެވުނު ތަނަކުން ފައިބައިގެން ދާންޖެހޭނީ ފޮނިތަޖުރިބާތަކެއް ކޮއްގެންނެވެ. އެހެންނޫނީ ދެންދުވަހަކުވެސް ރާއްޖެތެރޭ ރަށަކަށް ނޭރުމަށް އަލްވިން ވަނީ އަޒުމްކަނޑަ އަޅާފައެވެ.

” އޭ! އެއޮށްދަނީ ކޯޗެއްދުއްވާ އަންހެނެއްތަ؟ ” އަލްވިން ބަލައި އައިސްހުރި ނަވާލްގެ ކޮނޑުގައި ޖަހާލަމުން ދުރުން ބަރޮއެއް ދުއްވާފައިދިޔަ އަންހެނަކަށް އިޝާރާތްކޮށް އަލްވިން އަހާލިއެވެ. ” އެދުއްވަނީ …..  ހަހަހަހަހަހަހހ…. އެދުއްވަނީ ބަރޮއެއް….. ސާބަސް އަލްވިން އަށް ބަރޮއަކީ ކޯޗެއް ކަންވެސް ނޭންގޭތަ؟ ” އަލްވިން ކުރި ސުވާލްގެ ސަބަބުން ނަވާލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” ތިބުނަނީ އެއީ ‘ވީލް ބަރޯ’ އެކޭތަ؟ ” އަލްވިން ބޯއަރި ކޮއްލުމަށްފަހު އަނެއްކާވެސް ސުވާލެއް ކުރިއެވެ. ” އާން… އެއީ ތިކިޔާ ‘ވީލް ބަރޯ’ އަކީ….. ޕިސް ޕިސް … މަށަށް މިޖެހުނީ މިމަސް މިފެނަށް ދިރުވަންތާ…” ނަވާލް އަލްވިންގެ ސުވާލަށް ޖަވާބުދެމުން ބުނެލިއެވެ. ” އޯ! އެހެނެއް ނޫނޭ…. އަހަންނަށް ލަންކާ ތަންތަނުން ފެންނަ ‘ވީލް ބަރޯ’ ތަކާ މި ‘ވީލް ބަރޯ’ އާ ތަފާތުވީމަ އޮޅުނީ !” އަލްވިން އަދިވެސް ބޯކަހަމުން ނަމަވެސް ނަވާލްއަށް ރައްދެއްދިނެވެ. ” ހޫން ! އޯކޭ ! ދެންހިނގާ އަވަސްމަގުން ގެއަށް! ތަންކޮޅެއް ހަމަޖެހިލާ އަރާމްކޮއްލާހަދަން…. އަދި މެންދުރު ކާންވެސް ޖެހޭނޭނު ސައިބޮއެގެން ދޯ ތިއައީ؟ ” ނަވާލް ބޭނުން ވީހާވެސް އަވަހަށް އަލްވިން ގެއަށް ގެންގޮސް އޭނަޔަށް ހަމަޖެހިލުމުގެ ފުރުސަތެއް ދޭށެވެ. ” އާން އެއަރޕޯޓް އިން ސައި ބޮއެގެން އައީ!” އަލްވިން ނަވާލްގެ ސުވާލަށް ޖަވާބުދިނެވެ.

ދެމިނެޓެއް ހާއިރު ހިނގާލުމުން ނަވާލްމެންގެ ގެޔަށް އާދެވުނެވެ. އެގެޔަށް ބަލާލުމުން އަލްވިންއަށް ފެނިގެންދިޔައީ އިހުގެ ކުލަވަރެވެ. އުވަޔާއި ގަލުން ރާނާ ފައިވާ އެގެޔަށް އެއްލި ފުރަތަމަ ކަޅިއާއެކު އަލްވިންގެ ނިތްކުރިމަތިން ދާތިކިތައް ފާޅުވިއެވެ. ” ހިނގާ ކޮޓަރި ދައްކާނަން” ނަވާލް އަލްވިންގެ ފޮށި ހިފައިގެން ނުކުތީ ގޭގެ ފުރަގަސް ފަރާތަށެވެ. އަލްވިންއަށް ވަށައިގެން ބެލުން ނޫންކަމެއް ނުކުރެވުނެވެ. ގޭގެ ފުރަގަސް ފަރާތުގައިއެޅިގަލުން ރާނައިފައިވާ ކުޑަވަރެއްގެ ކޮޓަރިއެއްކަހަލަ ތަނެއްހުއްޓެވެ. ގޭގެ ހުސްބިމުގައިވަނީ ގަސް އިންދާ ފުރާލައިފައެވެ. އެކި ވައްތަރުގެ މާގަސްތަކާ ތަރުކާރީ ގަސްތަކެވެ. ހުރިހާ އެއްޗެއްގެ ތެރެއިންވެސް އަލްވިންއަށް އެންމެ ފާހަގަވީ އެގޭގައިހުރި ވަރުގަދަ ބަނބުކެޔޮގަހެވެ. ހިނދުކޮޅަކަށް އެބިޔަގަހަށް ގެއްލިފައި އަލްވިންއަށް ހުރެވުނެވެ.

” މަންމާ …. މަންމާ…. މިހުރީ އަލްވިން އައިސް…. ” އަލްވިންއަށް ހޭވެރިކަންވީ ނަވާލް އޭނާގެ މަންމައަށް ގޮވާލުމުންނެވެ. ” އަނހާ…… ގައިމު ބުނޭ ހަވީރުކޮޅުއޭ… އާދެވޭނީ؟” ގަސް ތަކުގެ ތެރެއިން ދެ ރާނބާފަތް ބިނދެގެން ނުކުތް ހަލީމާ ހިނިތުންވެލަމުން އަރާފައިވާ އޮޅުން ފިލުވާލަން ބޭނުންވިއެވެ. ” އާން އެވީގޮތަކީ ތަންކޮޅެށް ކުރީ ފްލައިޓްއަކުން ޓިކެޓް ލިބުނީ ދޯ އަލްވިން” އަގައިން ބުނަން ނުކެރި އިސްޖަހައިލައިގެން ހުރި އަލްވިންގެ ކޮނޑުގައި ނަވާލް ކޮނޑުން ޖަހާލަމުން ދޯ އެއްދިނެވެ. އަލްވިން ބޯހިތްލައިލައިފާ  ހަލީމާާއަށް ހިނިތުން ވެލުމަށް ފަހު ނަވާލްގެ ބަހާ އެއްބަސް ވެލުމަށްޓަކައި ބޯޖަހާލިއެވެ. އަލްވިންއަކީ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ލަދުރަކި ކުއްޖެކެވެ. އަލަށް ތަނަކަށް އައިއްސިއްޔާ ހޭނެން ދެތިން ދުވަހެއް ވަރު ނަގާނެއެވެ. ” ދަރިފުޅާ ދެން އަލްވިން ގޮވައިގެން ކޮޓަރިއަށް ދޭ ފެންވަރާލާ ހަމަޖެހިލައިގެން  ދެކުދިން ކާންއާދޭ!” ހަލީމާ ބަދިގެޔާ ދިމާލަށް މިސްރާބުޖަހަމުން ނަވާލްއަށް ބުނެލިއެވެ. ” މަންމަ ނުބުނި ނަމަ މަ މިރޭ އަލްވިން ބާއްވާނީ ބަބުކެޔޮ ގަސް ބުޑުުގަ … ހަމަ މަންމަގެ ހިތްހެޔޮކަމުން ކޮޓަރީގަވެސް މިބާއްވަނީ …. ” ނަވާލް ފޮށި ހިފައިގެން ހިނގައިގަންނަމުން ސަމާސާ ކޮއްލިއެވެ. ނަވާލްގެ މިބަހަށް އެންމެންވެސް ހިނިގަނޑެއްޖަހާލިއެވެ. ” ހޫން ދެން ދޭ އަވަހަށް…” ހަލީމާ މިހެންބުނެފައި ގޮސް ބަދިގެއަށް ވަނެވެ.

” އާން… ހިނގާ އެހެރީ ކޮޓަރި !” ނަވާލް ފޮށި ދަމަމުން ގެންގޮސް އެޅިގަލުން ރާނައިފައިވާ އެކޮޓަރި ތެރެއަށް ވަނެވެ. މީ މިގޭގައި ރީތިގޮތަކަށް ހަދާލާފައި ހުރި ހަމައެކަނި ކޮޓަރިކަމަށް ވެސް ވެދާނެއެވެ. އެވަރުންވެސް ފާރަކު ކުލަކޮޅެއް ނެތެވެ. ” މީ އަހަރެމެން ދެމީހުންގެ ރޫމް ! ދެޔާ އިޒް ދަ ޓޮއިލެޓް…. ގޯ ފްރެޝެން ޔުއަރ ސެލްފް…” ނަވާން ކޮޓަރިއަށް ވަދެ އަލްވިން އަށް ފާހަނަ ދައްކާލިއެވެ. އަލްވިންވެސް ވެފަ ހުރި ވަރުބަލިކަމާއެކު ދާ ހިތްލާ ފޯވެފައި ހުރުމުން ބޭނުންވީ ގަޔަށް ފެންކޮޅެއްއަޅާ ލާށެވެ. ދަބަސް އެނދުކައިރީ ތިރީގައި ބެހެއްޓުމަށް ފަހު ތުވާއްޔާއި ބުރުހާއި ބޭސްފުޅި ހިފައިގެން ގޮސް އަލްވިން ފާހަނަޔަށް ވަނެވެ.

 

ނުނިމޭ

 

Share Article

Follow Me Written By

Kian

Level 1

Other Articles

Previous

ސިއްރު – 6

Next

އަނދިރިފަރާތް 30

Next
March 30, 2018

އަނދިރިފަރާތް 30

Previews
March 30, 2018

ސިއްރު – 6

24 Comments!

  1. Nadha says:
    March 30, 2018 at 2:36 pm

    Nice story. Whn is nxt prt?

    1. Zawian zain says:
      March 30, 2018 at 4:47 pm

      Probably next Friday I’ll up the next episode

  2. ifsfht says:
    March 30, 2018 at 4:05 pm

    Nice

    1. Zawian zain says:
      March 30, 2018 at 4:47 pm

      Thank u very much …

  3. lotus says:
    March 30, 2018 at 6:09 pm

    Nice story… waitin for the next part.. keep it up???

    1. Zawian zain says:
      March 31, 2018 at 12:00 pm

      Thank you Pls wait ….

  4. Sana says:
    March 30, 2018 at 7:21 pm

    Varah reethi!❤❤❤❤???

    1. Zawian zain says:
      March 31, 2018 at 12:00 pm

      Thank you 🙂

  5. Kiyuntheriyaa says:
    March 31, 2018 at 1:15 am

    V. Reethi mivaahaka.. Adhi sifakurun thankolhea bodah gensdhyfiyya v. Reethivaane.. Gud luck..☺️☺️☺️

    1. Zawian zain says:
      March 31, 2018 at 12:01 pm

      Okay .. Thank you … I’ll try on that ….

  6. S says:
    March 31, 2018 at 10:27 am

    Varah reethi

    1. Zawian zain says:
      March 31, 2018 at 12:02 pm

      Thank you …

  7. Hhh says:
    March 31, 2018 at 10:52 pm

    Geyge furagas faraatheh nukiyaane dhariya.bihdhoh noony bippah kiyaany.

    1. Zawianzain says:
      April 3, 2018 at 10:18 pm

      Ehentha …. Aey adhi alhugandah ingifa nuwaakameh…

  8. KhalAf says:
    April 8, 2018 at 2:28 pm

    Reethi ingey

    1. Zawian zain says:
      April 12, 2018 at 2:11 pm

      Amayyaiii Thanks ingey

  9. hash says:
    July 10, 2018 at 11:24 am

    you are same age as me and still write like an expert !!!!!!!!!
    wow…really where is net part?? cant wait.. <3

    1. Zawianzain says:
      September 7, 2018 at 6:39 pm

      Do you write stories too … I would like to read them. … Sry I wasn’t able to upload the next part … Because my internet has been off for a long time pls if you guys can wait … Most probably next year February or next month I will release part two … So sry

  10. Faii says:
    August 20, 2018 at 9:17 am

    I love this..waiting for the next part ❤️

    1. Zawianzain says:
      September 7, 2018 at 6:40 pm

      Thanks faiii

  11. Nash says:
    October 22, 2018 at 5:38 pm

    Nice story

    1. Zawianzain says:
      February 27, 2019 at 4:42 am

      Thanku

  12. N says:
    October 22, 2018 at 5:39 pm

    Nice story mashaa allah

    1. Zawianzain says:
      February 27, 2019 at 4:43 am

      Thank u v much

Comments are closed.



All Right Reserved!