Skip to content
އެސްފިޔަ

އެހެނަސް…(1)

މެޑްރިޑްގެ އެއަރޕޯރޓުގެ އެރައިވަލްސް ދޮރާށިން ނުކުމެެެގެން އައި މަލާކް މުޅިތަނަށް ލޯހިންގާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މައިންބަފައިންގެ ހުވަފެން ތަކުގައި ކުލަޖެއްސުމަށްޓަކައި ޤައުމަށް ޚިދުމަތްކުރުމަށްޓަކައި އަމިއްލަ ވަޒަން ދޫކޮށް އޭނާ ޑޮކްޓަރުކަން ކިޔަވަން އެއައީ ވަރަށް ބޮޑު އުންމީދަކާއި އެކުގައެވެ.

ބޯޑެއްގައި އޭނާގެ ނަން ލިޔެލައިގެން ހުރި ފިރިހެންކުއްޖާ ފެނުމުން އޭނާ ސޫޓްކޭސް ހިފައިގެން އަވަހަށް މިސްރާބުޖެހިއެވެ. “އައްސަލާމްޢަލައިކުމް..އަޅުގަނޑަކީ މީ މަލާކަކީ..” މަލާކް ސަލާމްކޮށްލަން އަތްދިއްކޮށްލުމުން ފަރުވާ ކުޑަ ގޮތަކަށް ސަލާމްބަލައި ގަތުމަށްފަހު އެޒުވާނާ މަލާކަށް އޭނާގެ ފަހަތުން އައުމަށް ބުނެ ހިނގައިގަތެވެ. ނުހަނު ފިރިހެންވަންތަ ހިނގުމެއްގައެވެ.

ކަޅުކުލައިގެ ކާރުގެ ޑިކީތެރެއަށް މަލާކްގެނައި ފޮށި ލުމަށްފަހު އެޒުވާނާ އައިސް ކާރަށް އަރައި މަލާކްގާތުގައި ބެލްޓް އެޅުމަށް ބުންޏެެވެ. “އަހާލެވިދާނެތަ ނަމަކީ ކޮބާކަން..؟” “ހަމަ އެހާމުހިންމީތަ؟ އަހަރެންމީ ދިވެއްސެއްވީމަ ދިވެހިން ވާހަކަ ދެއްކިޔަސް އެހެންމީހުން ދިވެހިން ވާހަކައެއް ނުދައްކާނެ އިނގޭ! ނަމަކީ އަލޫކް. އަހަރެންމީ ތިވަންނަން އުޅޭ މެޑިކަލް ކޮލެޖްގެ ޑީންގެ ދަރި، އައިއެމް ހާފް މޯލްޑިވިޔަން…އިތުރު ސުވާލެއް؟” ވަގުތުން މަލާކްގެ އަނގަބަންދުވެގެން ދިޔައެވެ. މަލާކް ހިތަށްއެރިއެވެ. މީހާދަހާ ފޮނި މީހެކެވެ. ސިއްރު ސިއްރުން މަލާކް ، އަލޫކާ ދިމާލަށް ނަޒަރު ހިންގާލިއެވެ. އަޅައިގެން ހުރި ޕޮލެރައިޒްޑް އޯރކްލީ ބްރޭންޑްގެ އަގުބޮޑު އައިނުން އެފުންދެލޯ ފޮރުވާލެވިފައިވާއިރު، ލައިގެން ހުރި ރީތި މަޑު އަޅިކުލައިގެ ގަމީސް ދަށަށް ޖަހާލައިފައި ހުރުމުން ޝަޚުޞިއްޔަތު ހަރުދަނާކަމަށް ދައްކައެވެ. ޔޫރަޕްހިސާބުގެ މީހުން ހުންނަކަހަލަ ބްލޮންޑް ވަރުގަދަ އިސްތަށިގަނޑު ކަންފަތުފޫޅަށްވުރެ ތަންކޮޅެއް ދުގުކޮށް ބަހައްޓާފައިހުރިއިރު، ކޮންމެ އަންހެން ކުއްޖެއްގެ ހިތްކިޔާނެއެވެ.

މަލާކް ހުންނަންޖެހޭ ފްލެޓްގެ ތިންވަނަ ފަންގިފިލާއަށް ސޫޓްކޭސް އަރުވާދިނުމަށްފަހު އަލޫކް މަލާކަށް ތަޅުދަނޑިދިއްކޮށްލަމުން ބުންޏެވެ. “ޢެޕާރޓްމެންޓް ޝެއަރ ކުރަންޖެހޭނީ އިތުރު ދެކުދިންނާ..” “އޯކޭ..އައި ތިންކް އައިކޭން ލިވް ވިތް ދެޓް..ތޭންކްސް ވަރަށް ބޮޑަށް” މަލާކަށް އެއްވެސް ޖަވާބެއް ނުދީ ސިޑިއާއި ހަމައަށް ގޮސްފައި އަލޫކް އެނބުރި ބުނެލިއެވެ. “ޑޯންޓް މެންޝަން އިޓް”. އަދި އެއްލޯމަރާލަމުން ފައިބައިގެންދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Aani

    seems intresing..
    cant wait to read the next part..

  2. mishy

    Vrh reethi… nxt prt avas khlahcheyy… nd nxt prt dhigu khlahcheyy… ly…♥♥♥♥

  3. S

    Varah reethi ekame maakure

  4. unique

    nice

  5. Pinky shifoo

    Nice ???…. Heevey v reethi vaane henn ???… Waiting for next part

  6. Im

    Hurihaa vaahaka ai ga vx ai nan tha ke hunany
    Aa nan tha ke leema reethi vaany

  7. Khaleesi

    Malaak and alook eii abadhu vx mihaaru vaahaka thakuga hunna nan thah
    Can u change the names please

  8. lotus

    Seems intersting… kihineh vaa story eh tho balaalan v beynun.. pls avaha next part up kolla dhechey

  9. Faathimath

    varahreethi

  10. Swety

    Alhe fahe haadha kurey bt vvvvv nice

  11. Zelll

    Thanks for those feedbacks♥♥…and really appreciate all of your comments and support…..rangalhu faadu kiyunn ves hurymr vrh ufaavejje…next time miahvure rangalhu kohlrnan ingey❤❤

  12. Khalidha

    Nice..keep it up☺

  13. xxx

    vvv salhi

  14. xxx

    vvv nyc

  15. serrrjiii

    nice.. keep it up girl

Comments are closed.