Skip to content
އެސްފިޔަ

ބޭނުންވަނީ ޔާރާ… (މަލާކް، ސިއްރު ސިއްރުން ހިތޭ އަދި ނޭންގިހިތޭ ގެންދެވީމަ މިތުރާގެ ތެރެއިން..)

މަލާކް އާއި އަރޫންއަށް އުފާވެރި ދިރިއުޅުމެއް ލިބުނީ އެތަކެއް އިމްތިހާނުތަކަކަށް ފަހުގައެވެ. އަރޫންގެ މަންމަ ބަލްޤިސްގެ ރޭވުންތަކާ އެކުގައި ދެކުދިންގެ ގުޅުން ހީނަރުވެގެން ދަނީ މަލާކްގެ ދޮންތަ މައިޝާގެ ފިރިމީހާ މީރާންގެ ކޮއްކޮއެއް ކަމަށްވާ މާހިލް އެދޭތެރެއަށް ވަނުމަށް ކުރާމަސައްކަތުންނެވެ. ނަމަވެސް އެމަސައްކަތުގައި އުޅެމުން ދަނިކޮށް ބަލްޤިސްގެ ޕްލޭން ފެނަށްދަނީ އޭނާ އަރޫން އާއި ގުޅުވަންގެންނަ, ވިޔަފާރީގެ ބައިވެރިއެއް ކަމައްވާ ޔާސީންގެ ދަރިފުޅު ނޫރާއާއި މާހިލް ގުޅުމުންނެވެ. އޭރު އަރޫންގެ ކޮއްކޮ ބިންޔާ އާއި މަލާކްގެ ބޮޑުދައިތަގެ ދަރިފުޅު ޖަޒްްލާން ގުޅިގެން އުޅޭކަން ބަލްޤިސް އަށް ރޭކާވެސް ނުލައެވެ.

އަދިހަމައެހެންމެ މަލާކްގެ ބައްޕަ ހިޝާމް އާއި އަރޫންގެ ބައްޕަ ސަމީހްއަކީ ކުޑައިރުގެ ގާތް ދެރަހްމަތްތެރީން ކަމެއްވެސް ބަލްޤިސްއަކަށް ނޭންގެއެވެ. މިހުރިހާކަމެއްގައި ބޯގޮވާފައިހުރެ އެންމެފަހުން މާހިލްއަށް ލަނޑުދޭން އުޅުމުގެތެރޭން ބަލްޤިސްގެ ލޯބިވާ ދަރިފުޅު އަރޫން އެކްސިޑެންޓްވެ އެތަކެއްފަރުވާއެއް ދޭންޖެހެއެވެ. އެއަށްފަހު އަރޫންވެސް މަލާކްއާއި ދުރުވެގެން ދިއުމާއެކު ނޫރާއާއި ގާތްވެ ހުރިހާކަމެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގައި އަރޫންގެ އެންމެ ގާތް ރަހްމަތްތެރިޔާ ޝަމާލް ( މަލާކްގެ ކުޑާ ނުވަތަ މިޝާގެ ބައިވެރިޔާ) އަދި ޖަޒްލާންގެ އެހީއާއި އެކުގައި މާހިލްއާއި ވާހަކަ ދެކެވިގެން ހުރިހާކަމެއްވެސް ހާމަވެގެންނެވެ.  އެތައްދުވަހަކު ކުރަމުން އައި އިންތިޒާރު ނިމުން އަންނަނީ މަލާކް އާއި އަރޫން ގުޅި, އަރޫންގެ މަންމައަށް ހައްޤު އަދަބު ދެވިގެންނެވެ.

**********

ސިއްރު ސިއްރުން ހިތޭ.. މިވާހަކައިގެ މެއިން ކެރެކްޓާސް އަކީ މަލީހް އާއި ނަވާރުއެވެ. ނަމަވެސް ވާހަކައިގެތެރޭން އާއިލާ ތަކުގެތެރޭގައިވާ އެތަކެއް އޮޅުންބޮޅުންތަކެއް ހާމަވެގެން ދެއެވެ. އެންމެ ކުޑަދުވަހުންފެށިގެން މަލީހް ދެކޭގޮތުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. ނަމަވެސް މަލީހްގެ މަންމަ ފާގިޔާ ހުރިހާ ލޯތްބެއްހެން  މަލީހްއަށަ ހޯދާދެމުން އަންނަނީ އެއްވެސް ކަމެއް އުނިނުވާނޭ ފަދައަކުންނެވެ. ނަމަވެސް މަލީހް މެޗްކުޅޭން އަތޮޅުގެ ރަށަކަށް ކުރާ ދަތުރުގައި ދިމާވާ ރަހްމަތްތެރިޔާ( ޝަބީން.) އާއި ދިމާވުމުން ލިބުނު އުފާ ވެރިކަން ފިލާނުދަނީސް އެދަތުރުގައި މަލީހްގެ ލޯބިވާ މަންމަ ކަނޑަށް ވެއްޓި ގެއްލެއެވެ.

އެއާއެކު މަލީހްޖެހެނީ އޭނާގެ ބޮޑުބޭބެ ނިމާލްގެ އަންހެނުން ޖުވައިރިޔާގެ ބެލުމުގެ ދަށަށް ދާށެވެ. ނިމާލް އަމިއްލަ ދަރިއަކުފަދައިން މަލީހްއާއި ދޭތެރެ ދެކުން ނަމަވެސް އޭނާގެ އަންހެނުން މަލީހް ގެންގުޅުނީ ނޯކަރެއްގޮތަށެވެ. އެކަމާދެރަވެ ނިމާލްގެ އެއްމާބަނޑު ދެބޭންކަމުގައިވާ ޖުމްނާ އަދި ޖުމާނާގެ ތެރެއިން ޖުމާ ވަރަށް ދެރަވެއެވެ. ނަމަވެސް މަންމައަށް ބިރުން މަލީހްއަށް އެހީވާންވެސް ނުކެރެއެވެ. ނަމަވެސް ހިތްވަރުއެލުވާނުލާ މަލީހް ކުރަމުންދިޔަ މަސައްކަތުން ކިޔަވާނިންމާލައެވެ. އޭރު ނިމާލްވެސް ބޯޓުދަތުރުކުރުން ހުއްޓާލާފައި ރަށަށްބަދަލްވުމާއެކު ޖުވައިރިޔާ އަށް ގޭތެރޭގެ ކަންކަން ކުރަން ޖެހި, ނިމާލްއަށްވެސް ކަންކަން ހިނގާފައިވާގޮތް އެނގިގެނަދެއެވެ.

އޯލެވެލް ނިމުމާއެކު ޝަބީން މަލީހް ބަލާއައުމާއެކު މަލީހް ބުރުންޏަށް ކުރާދަތުރުގައި ނަވާރުއާއި ދިމާވަމެއެވެ. ނަމަވެސް ޝަބީން ނަވާރުއާއި ރަހްމަތްތެރިކަން އުފައްދާ އެކުގައި އުޅުންނަމަވެސް ހިތުގައި އަޅައިގެން މަލީހް ހުންނަނީ ދުރުގައި ބަލާށެވެ. ހަމައެގޮތަށް ނަވާރުއަށްވެސް މަލީހް ކަމުދިޔަނަމަވެސް ހިތުގައި ފޮރުވައިގެން ޝަބީންއާއި ރަހްމަތްތެރިކަން ބާއްވަމުން ދެއެވެ. މިއިން އެއްވެސްކަމެއް ނޭންގޭހާލު ނަވާރުގެ މަންމަ (ހަފީޒާ) އާއި ބައްޕަ(ޒިޔާދު) ވެސް މަލީހްއާއި ޝަބީންއަށް އެތަކެއް ތައުރީފެއްކުރެއެވެ.

ރިޒަލްޓް ލިބުމާއެކުމަލީހް އާއި ޖުމާ އަދި ނަވާރު އާއި ޝަބީން ކިޔަވަން ބޭރުޤައުމުތަކަށް ދާއިރު ޖުމްނާ އޭނާގެ ބައްޕަގެ ވިޔަފާރި ނަގާކޮޅަށްޖަހާދިނީ މާލެއިން ކިޔަވަމުންނެވެ. އެހެން އުޅުމުގެތެރޭގައި ނިމާލްގެ އަންހެނުން ނިޔާވުމާއެކު އެމީހުންގެ ދިރިއުޅުން މާލެއަށްބަދަލްކޮށް ނިމާލްގެ މާމަގެ ގޭގައި އުޅެންފަށައެވެ. އަދި ޖުމްނާއާއި ޝިވަން (ނަވާރުގެ ކުޑައިރުންފެށިގެން އެންމެ ގާތް ރަހްމަތްތެރިޔާ) އާއި ދިމާވަނީ އޮފީސް ބައްދަލްވުމަކުން ނެވެ.

އެންމެ ކުޑަދުވަހުއްސުރެ މާލޭގައި އުޅެ ބޮޑުވެފައިހުރުމުން ޝިވަންއަށްވެސް އޭނާގެ ހަގީގަތްވަނީ ފޮރުވިފައިކަމެއް ނޭންގެއެވެ. ނަމަވެސް ޝިވަންއާއި ނަވާރުގެ ކައިވެނި ހަމަޖައްސަން އުޅުމުން އެހަގީގަތް ޝިވަންގެ މަންމަ އާލިމާގެ ފަރާތުން ހާމަވެގެންދެއެވެ. އެއަށްފަހު ޝިވަންއާއި ޖުމާގެ ހިތުގެއަޑު ނަވާރުއަށް ފޯރުމުން އެދެމީހުނަށް އެކަމުގައި އެހީތެރިވެދެނީ ހުދު ނަވާރެވެ. އެއާއެކު ނިމާލްގެ އާއިލާ އާއި ޒިޔާދުގެ އާއިލާ އަދި ޝިވަންގެ އާއިލާ.. ( މަންމަ އާލިމާ އާއި ދޮންބައްޕަ ރަޝީދު) ގެ ދެމެދުގައި އެކުވެރިކަން އުފެދިގެން ދިއުމާއެކު މަލީހްގެ މަންމަ ފާގިޔާ (އާލިމާގެ ކުރީގެ ގާތް ރަހްމަތްތެރިޔާ) ގެއްލުނުހަބަރާއި ކަންކަން ހިނގާދިޔަގޮތް އޮޅުންފިލާދެއެވެ.

ހަމަ އެއާއެކު ޝަބީންގެ ބައްޕަ ޖާވިދު އަށް މަލީހް ފެނިގެން އޭނާގެ ބޭބެ މުސްތޮފާއާއި ވައްތަރުވުމުން ހިތުގައި ފޮރުވާފައިވާ ބޮޑުސިއްރު އޭނާގެ އަންހެނުން ސާދިޔާ އާއި ހިއްސާކުރަނީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް ސާދިޔާއާއި ޝަބީންގެ ފަރާތުން ލިބުނު ހިތްވަރާއެކު ޖާވިދު އޭނާ ކުރިން އިން އާލިމާގެ ކުރިމަތީގައި މިހުރިހާ ވަހަކައެއް ހިއްސާކުރަނީ ނިމާލްގެވެސް ހާޒިރީގައެވެ. އޭރުމިވަނީ ކުންފުނިތަކުގެ ގޮތުން މަލީހް އާއި ނަވާރު, ޝިވަން އަދި ޝަބީންގެ އާއިލާވެސް ގުޅިލާމެހިފަ އެވެ. ޖާވިދުގެ ފަރާތުން އާލިމާއަށް ހަގީގަތް އެނގުމާއެކު އާލިމާ ދެކޮޅުހެދިނަމަވެސް މައާފްކުރަނީ ސާދިޔާގެ ހިތްހެޔޮކަމާއި ސާދާކަމުން ހުރިހާކަމެއް ގަބޫލުކުރުމާއެކުގައެވެ. ނަމަވެސް އެރޭގައި މަލީހްއަށް އޭނާގެ ބައްޕަ ދުނިޔޭގައި ހުރިކަން އެނގުމާއެކު އެއްވެސްމީހަކަށް އަންގާނުލާ ދަނީ ބައްޕަހޯދުމަށެވެ. އެއާއެކު ނަވާރުގެ ދިރިއުޅުމަށް ބަދަލްތަށް އަންނާފަށައެވެ. ހަމައެއާއެކު ޖުމްނާއާއި ޝިވަން ކައިވެނިކުރާއިރު އެތަށް ދުވަހަކަށްފަހު ޝަބީންގެ ހިތުގެހާލު ޖުމާއަށް އިއްވާ ދެމީހުންވެސް ލޯބީގެގޮތުން ގުޅިގެންދެއެވެ. ނަމަވެސް މަލީހްގެ ހަބަރުވަނީސް އެމީހުންތިބީ ކައިވެނި ނުކުރަން ނިންމައިގެންނެވެ.

މަލީހްތޯއެވެ. އައިސްފައިވާ ރުޅިއާއިއެކުގައި ކިހަވަންއުޅުންއިރު ދިމާވި އެކުވެރިޔާ ކައުޝަރު ކައިރިއަށް ދަނީ އެއީ އޭނާގެ ބައްޕަގެ ވިޔާފާރީގެ މައިތަން ކަން ނޭންގޭހާލުގައެވެ. ނަމަވެސް ކައުޝަރުގެ ބޭބެ ޔާމިންގެ ފަރާތުން ދާދިފަސޭހައިން ބައްޕައާއި ބެހޭމައުލޫމާތު ލިބިގެން ދިޔައެވެ. އެއާއެކު މަލީހްގެ ހިލަހަރުހިތް މަޑުވެގެންދިޔައީ އޭނާގެ ބައްޕައަށް ދިމާވެފައިވާ މުސީބާތުގެ ސަބަބުން ހިތާމަކުރާާހާލުގައެވެ. ނަމަވެސް ޔާމިންއާއި މުސްތޮފާގެ އޮފީހުގެ ދެވަނަ މެނޭޖަރ އަރަޝްގެ އެހީތެރިކަމާއެކު މަލީހް އޭނާގެ ބައްޕަ ވެއްޓެމުންދިޔަ އަނދަވަޅުން ސަލާމަތްކޮށްދެއެވެ.

މަންޒަރުބަދަލްވެގެން ދަނީ އެހާހިސާބުންނެވެ. އެހާދިސާއަށްފަހު މަލީހްގެ އެންމެގާތް ބަޔަކަށް ޔާމިންއާއި އަރަޝް ވެގެންދިއުމާއެކު ކޮލެޖް އާއި ސިޓީހޯޓާތަށް ހިންގުން ދެއެކުވެރިންގެ އަތްމައްޗަށް މަލީހްދޫކޮށްލަނީ އޭނާއަށް މުސްތޮފާގެ ވިޔާފާރީގެ ހުރިހާ ކަމެއް ހެން ހަވާލުވެ މިލްކުވުމުންނެވެ. ހީކުރިގޮތށް އަރަޝްއާއި ޔާމިން ވީ މަލީހްއެކޭ އެއްފަދައިން ކުންފުނީގެ ކުރިއެރުމަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުމުން ދާދިއަވަހަށް އެކަމުގެ ކުލަވަރު ފެންނަންފަށައެވެ.

ނަވާރުވެސް ވިޔަފާރީގެ ދިރިއުޅުމާއި ދުރުވެ މެޑިކަލްދާއިރާއިން ކުރިއަށްދިއުމުގެ ނަމުގައި ރާއްޖެއިން ބޭރަށް ދަނީ މުސްތޮފާގެ އިންޓަވިއުތަށްފެނި މަލީހް އާއި ދިމާވާނެ މަގުފަހިކުރުމަށެވެ. އެކަމުގައި ޝިވަންގެ އެއްބާރުލުން ނަވާރަށް ލިބެއެވެ. ކިއެވުމުގައި ހޭދަކުރި ކުރިހެން ނަވާރުވެސް އެކަމުގައި ސީރިއަށްވަނީ އުފަލާއެކުނަމަވެސް މަލީހް އާއި ބައްދަލްވާން ކުރި މަސައްކަތް ފުރަތަމަ ފަހަރުން ކާމިޔާބެއް ނުވެއެވެ. ނަމަވެސް ދެވަނަފަހަރުން މަލީހް އާއި ނަވާރު ދިމާވުމާއެކު ދުރުގައިވާ ގާތް އެކުވެރިންނާއި މަލީހްގެ ގުޅުން ބަދަލްވެގެން ދިއުމާއެކު ނަވާރުއާއި މަލީހްގެ ލޯބީގެ ގުޅުން ފެށިގެންދެއެވެ.

އެހާހިސާބުން ކައިވެންޏާއި ހަމަޔަށް މަލީހްއަށް ހުރިހާކަމެއްގައިވެސް ޔާމިން އާއި އަރަޝް ގެ އިތުރުން ކައުޝަރުގެ އެހީތެރިކަން ލިބިގެންދިގައިރު, ޝަބީން އާއި ޝިވަންގެފަރާތުން ލިބުން އެއްބާރުލުން ފެނިގެންދިޔައީ އެއްއާއިލާއެއް ފަދަގޮތަށެވެ. އެދެމީހުންގެ މަންމަމެންވެސް ފަހުން އެކަތިގަނޑެއްގޮތުގައި ވީއިރު ދެކުދިންގެ ބައްޕަ ޖާވިދުވެސަ ހުރީ އުފަލުންނެވެ.

********

ނޭންގިހިތޭ ގެންދެވީމަ މިތުރާ … މިވާހަކައިގެ މެއިން ކެރެކްޓާސް އަކީ އަލޫކް އާއި ލޫޔާއެވެ. ނަމަވެސް ލޫޔާއާއި އެންމެފުރަތަމަ ލޯބީގެގޮތުން ގުޅެއެވެ.

އަލޫކްއަށް ލޫޔާ ފެނުނީ އެންމެފުރަތަމަ އޮރިއެންޓޭޝަނަށް ދިޔަދުވަހުއެވެ. އަދިހަމަ ފަރޫންއާއި ވެސް ދިމާވަނީ އެދުވަހު, ދެމީހުންވެސް އެކައްޗެއްކިޔަވާތީއެވެ. އެއަށްފަހު އަލޫކްއަށް ފަރޫންގެ ދިރިއުޅުމާއި ލޫޔާއާއި ދެމެދު އޮންނަ ހީނަރުގުޅުން އެނގިގެންދެއެވެ. އަދި ލޫޔާގެ ސްޓެޕް ކޮއްކޮ އިބާގެފަރާތުން ލޫޔާއަށް ދިމާވާ ތަފާތު އުނދަަގޫތަކާއެކު އަލޫކް އާއި އިބާގެ ކައިވެނިވެސް ކުރެވިގެންދެއެވެ. އިބާގެ ބައްޕަ ޔާސިރުއަަށާއި ލޫޔާގެ މަންމަ ނަސްރީނާއަށް މިއިން އެއްވެސްކަމެއް ކުރީކޮޅުގައި ނޭންގެއެވެ.

ފަރޫން އާއި ލޫޔާ ވަކިވީނަމަވެސް ދެކުދިންގެ ދެމެދުގައިވާ އެކުވެރިކަން ދެމިއޮވެއެވެ. އަދިހަމަ އެހެންމެ ނިލަންދުއަށްކުރާ ދަތުރާއެކު ފަރޫންގެ ދިރިއުޅުން ބަދަލްވެގެންދަނީ އަލޫކްގެ ކޮއްކޮ އަލްޔާއާއި ދިމާވާ ހިސާބުންނެވެ.

ލޫޔާއަށް އަބަދު ދެރަދޭން ވިސްނާ އިބާއަށްވެސް ހަމަބިމަށް އާދެވެނީ އަލަތު ލޯބިވެވުން ޒޭންގެ ސޫރައިގައިވާ އަރުޝަދު ފެނުމުންނެވެ.

ހިތާމައާއި ރުޅި އަދި ފަންޑިތައާއި ލޯބި އެކުވެފައިވާ މިވާހަކަވެސް ނިމޭއިރު އެތަކެއް ވޭންތަކަކަށްފަހުވެސް އަލޫކްއާއި ލޫޔާގުޅެއެވެ.

*********

ބޭނުންވަނީ ޔާރާ.. މިވާހަކަ އަކީ މަތީގައިވާ ތިންވާހަކައިގެ ކެރެކްޓާ ތަކާއެކުގައި ކުރިއަށްގެންދާ ވާހަކައެކެވެ. ނަމަވެސް މިވާހަކައިގެ މައިގަނޑު ކެރެކްޓާސް ތަކަކީ ވާހަކައިގެ ހާދިސާތަކާއި ގުޅިފައިވާ ލަޔަކް އަދި އާޔާގެ އިތުރުން އައިރާއެވެ.

Comments (16)

  1. Pinky shifoo

    Wow ❤️❤️❤️… What a lovely cover pic ???… Cover pic v v loabi ???… Hurihaa story eh ge kuru khulaasaa eh dhw mee ???… V ragalhu ingey khulaasaa eh genesdhinyma ???… Eyrun dhenegannan faseyha vaane ehnu story kuriah dhaa iru ☺️☺️☺️… Waiting for next part of the story ???… V kiyaahihvey Layaa ge stories ???… Layaa ge hurihaa story ehvx hama v v v reethi ❤️❤️❤️… It was awesome ???… Btw not chipoo… It’s shifoo… Heheheh ?????… Lots of love Layaa ❤️❤️❤️??????????????????

    1. Hawwi
      Pinky shifoo

      Aww sry .. lobi varah enanehenve kiyenee Bt dhen nukiyaanan ? and thank you somuch thigothah layaa ah hiyvarudhemundhaathy ??lysm

    2. Pinky shifoo
      Pinky shifoo

      Heheheh ???… Layaa ah reethi tha e name… My brother also used to call me in that name ???… Chipoo… Heheheh ???

    3. Hawwi
      Pinky shifoo

      Yah sure ?

  2. annoying reader

    thankyou hawwi. nw i m sure confused readers will b happy trailer kiyaafa story read kura iru.

    1. Hawwi
      annoying reader

      Urmst wlcm dear annoying reader ?

  3. Swety

    Mi vaahaka tah mee kurin nimifa huritha

    1. Hawwi
      Swety

      Yes swety dhoonyaa ?

  4. Sim

    Mihn vaahaka liyuneema it’s not nice

    1. Hawwi
      Sim

      Aww..?mee vaahakaeh nun dhoonyaa.. mihaaruliyamundhaa vaahakaige trailer eh.. ?

  5. Friends

    Thanks hawwi…… dhen fasheyha vaane kamah mibalany.thi kohdhin kamun kury stry thah nukiya mi stry aa eku kuri ah dhaan v fasheyha vaane.thank u dear.have great day.?????

    1. Hawwi
      Friends

      Frnds menkahala active readers ah faseyha kohdheynvaanu dhw?

  6. Kitty ❤️

    Mee e thin vaahaka liyun writer Tha ? those stories are one of the bests ❤️?

    1. Hawwi
      Kitty ❤️

      Labba kitty dhoonya and thankyou my dear?

    2. Kitty ❤️
      Kitty ❤️

      Mi vaahaka vess varah reethi vaane kamah unmeedhu kuran ?❤️?

  7. Friends

    Ey dear.hawwi ah vaa nama friends beynun than kolheh avahah stryge dhen v goih balaalan.if u can ingey. Alhugadah vex ingey liyumaky v udhagu kameg kan.kiyumah vure.v ummeedh kuran ingey avahah libeyne kamah……?????

Comments are closed.