Skip to content
އެސްފިޔަ

މަންމަ

ވިދަވިދާ ހުރި ރިހި ދޯދިތައް އޮއްސުނު އިރާއެކު ކަނު އަދިރިކަން ދުނިޔެއައް ވެރިވެއްޖެއެވެ. ގޭގެ ބޮޑު ފެންޑާ ތެރެއިން ސިފަ ވަނީ އާ ދުވަހަކަށް ދުނިޔެ ދޮން ކުރަމުން އަންނަ މަންޒަރެވެ. އެކިދިމާދިމާގައި ހަރުކޮއްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަން ރިހީގެ ތަށި ތަކާއި މެޑަލް ތަކުން އެޅިފައިވާ ދަޅައިން މުޅި ތަން ވަނީ ހުޅުދާން ވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަންނަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ގަޑީގެ ކަށި ނުވަތަށް އެބުރޭނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ. ނަމަވެސް އެކަން އެހެން ނުވާނޭކަން ވަރަށް ރަނގަޅަށް އެގެއެވެ.
ފެންޑާގެ މެދަށް ހުރި ފާރުގައިވާ ތަސްވީރު ފެނުމުން އަހަރެންގެ ލޮލުން ކަރުނަ ހިލިއެވެ. ކިތަންމެ ނުރޯން ހުއްޓަސް ބަޑި ފަޅައިގެން ދަނީ ފެންޑާގެ އެކިދިމަ ދިމާލުގައި ހަރުކުރެވިފައިވާ މެޑަލްތަކާއި ތަރުތީބު ކުރެވިފައިވާ ތަށިތަކުގެ ސަބަބުންނެވެ. އެއީ އަހަރެންގެ ލޯބިވާ މަންމަގެ ހަދާން ތަކެވެ. މަންމަ ކޮށްދިން ޙިދުމަތް ތަކެވެ. ލޯބިވާ މަންމަ އައި އެކު ހޭދަކުރެވުނު އެ އުފާވެރި ދުވަސްތައް ސިފަވުމުން ނުރޮވި ހުރެވިދާނެ ހެއްޔެވެ؟
މަންމަ މަތިން ވަރަށް ހަދާން ވެއެވެ. އެދުވަސްތައް އަބުރާ އަންނާނެ ނަމައޭ ހިތަށް އަރައެވެ. އެ ލޮބުވެތި ފިރުމުން ތަކާއި އެ އޯގާތެރި ނަސޭހަތް ތަކުގެ މަތިން ވަރަށް ހަދާންވެއެވެ. މަންމަ އެބުރި އަންނާނެ ނަމައޭ ހިތަށް އަރައެވެ. ނާންނާނެކަން ވަރަށް ރަނގަޅަށް އެނގޭ އިރުވެސް އެހެން ހިތަށް އަރާތީ އަމިއްލަ ނަފްސުދެކެ ބައެއްފަހަރު ރުޅި އާދެއެވެ. އާއެކެވެ. އަހަރެންގެ މަންމަ ނިޔާވެއްޖެއެވެ. އެއީ އަހަރެންގެ ކިޔެވުމުގެ މެދުތެރެއިންނެވެ. ގުރޭޑު 7 ގެ ކިޔެވުން ނިންމައި ރިފޯޓު ފޮތް ދިންތާ ދެ ދުވަސް ފަހުންނެވެ. އެދުވަސް އަހަރެންގެ ސިކުޑީގައި ދެންމެ ހިނގި ކަމެއްހެން ތާޒާކޮށް އަދިވެސް އެބަހުއްޓެވެ.
މަންމަ ނިޔާވި ދުވަހަކީ އަހަރެންގެ ހަޔާތުގެ އެންމެ ބަނަ ދުވަހެވެ. މަންމަ އާއި އެކު އެގެންދިޔައީ އަހަރެންގެ ދިރިއުޅުމެވެ. އަހަރެންގެ އުފާވެރިކަމެވެ. އަހަރެންގެ ކިޔެވުމެވެ. ގިނަދުވަސް ތަކެއްގެ ފޮނި އުންމީދު ތަކެވެ. ދުނިޔޭގެ އަރާމާއި ކާމިޔާބެވެ. އަހަރެންގެ ދުޅަހެޔޮ ސިއްޙަތެވެ. އަހަރެންގެ އިއްޒަތާއި ޤަދަރެވެ.
ގުރޭޑު 8 ގެ ކިޔެވުން ފެށުނު ދުވަހަކީ އަހަރެން މަންމަ މަތިން އެންމެ ހަދާންވި ދުވަހެވެ. އެ ދުވަހެ ވަރަކަށް ރުއީމެވެ. މަންމަ އަންނާށޭ ކިޔައި ގޮވީމެވެ. އަޑުއިވޭނެ ނަމައޭ ހިތަށް އަރައެވެ. މަންމަ ނިޔާވި ފަހުން އެއްވެސް ކުއްޖަކު އަހަންނާ ވާހަކަ ނުދައްކައެވެ. ކުލާސް ތެރޭގައި އަހަރެން ހުންނަނީ ބާކީ ކޮށްލާފައެވެ.އަހަންނާ ދިމާލަށް ‘މަންމަ މަރުވެފައިވާ ކުއްޖާ’ އޭ ކިޔާފައި ނުގޮވާ ދުވަހެއް ނުދެއެވެ.
މި ހުރިހާ ސަބަބުތަކާ ހުރެ އަހަރެންގެ ކިޔެވުން އެއްކޮށް ފުޑުފުޑު ވިއެވެ. މުދައްރިސް ކިޔަވައިދޭ ފިލާވަޅު ތަކަށް ސަމާލުކަމެއް ނުދެވެއެވެ. މިހާރު އަހަރެންގެ އުމުރުން 24 އަހަރެވެ. އަދިވެސް އަހަރެންގެ ހާލަކީ މިއީއެވެ. މަންމަ ނިޔާވިފަހުން އެ ތަށިތަކާއި މެޑަލްތައް ގިނަވުން ހުއްޓުމަކަށް އައެވެ. އެއީ މަންމަގެ މަސައްކަތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އަހަރެންގެ މަންމަ އަހަންނަށް ދަސްކޮށްދިން ހުރިހާ ކަމެއް އަދާ ހަމައައްވެސް އަހަރެންގެ ސިކުޑީގެ އެއްފަރާތުގައި ރައްކާކުރެވިފައި އެބަހުއްޓެވެ. ހަލާކުވުމެއްނެތި ތާޒާ ކަމާއެކުގައެވެ. މިހާރު އަހަންނަކީ ދިރިއުޅުމެއް ފަށާފައިވާ ބޮޑު މީހަކީމެވެ. ތުއްތު ތުއްތު ލޯބި ދަރިއެއް އަހަރެންގެ ހުރެއެވެ. އެ ދަރިފުޅު ‘މަންމާ’ އޭ ކިޔާ ކޮންމެ ފަހަރަކު އަހަރެންގެ މަންމަގެ މަތިން ހަދާންވެ ލޮލުން ކަރުނަ ހިލައެވެ. އެ ލޯބިވާ މަންމަގެ ނާޒުކު ހަދާންތައް މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
އެކުވެރިންނޭއެވެ! ތިޔަ އެކުވެރިންގެ މަންމަ ދުނިޔޭގައި ހުރިއްޔާ އެއީ ތިޔަ އެކުވެރިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތް ކަމުގައި ބަލާށެވެ. އެއީ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ބަލާށެވެ. އެ މަންމަ އަށް ހެޔޮކޮށް ހިތާށެވެ. އެ މަންމަ ސުވަރުގޭގައި ލެއްވުން އެދި ދުޢާ ކުރާށެވެ. އެ ލޮބުވެތި މަންމަގެ ދުނިޔެ އާއި އާޙިރަތް ބާއްޖަވެރި ކުރަށްވާންދޭވެ! އާމީން.
– ނިމުނީ –

Comments (45)

  1. Ibsha

    Varah reethi ????mihaaru kudhin manma varah goss

    1. Aani
      Ibsha

      thank you

  2. Ibsha

    Mihaaru kudhin manma innah varah goss

    1. Aani
      Ibsha

      ikr .. thanks for reading

  3. Mal

    Aani kon rasheh tha?? I think i knw u?

    1. Aani
      Mal

      yeah you might know me..
      im from thinadhoo
      whats your full name?

  4. Cxxy

    Aani I made me cry I lost my mum like you made me remember about my past?????

    1. Aani
      Cxxy

      awn..
      sorry abt that..
      but be strong.. because your amazing and what you do is amazing..
      r.i.p your mom…

    2. Aani
      Cxxy

      awn..
      sorry abt that.. but be strong

  5. Reeem

    Varrah ves REETHI ????????? keep it up

    1. Aani
      Reeem

      thank you reem

  6. Inaa

    Vvvv nice

    1. Aani
      Inaa

      thank you

  7. awh

    ur frm thinadhoo awh are
    u studying…….im also living in thinadhoo thats y

    1. Aani
      awh

      ooh .. whats your name ???

  8. shaan

    nice storyyy ☺???????❤?

    1. Aani
      shaan

      thank you

  9. nuhaa

    u from thinadhoo? school gatha ulheny?

    1. Aani
      nuhaa

      yeah..
      8 ga..

  10. stickkkk

    heii it’s a nicemstory..mamma mathin handhaan vey mi story keema. ehen vaahaka eh liyan veenu. kuruvaahaka eh noon. hama daiy koh up kohdheyn.. varah kiyaa hiy vey eba aani ge vaahaka eh ahaha

    1. Aani
      stickkkk

      new storys on the way.. insha allah..
      and thank you

  11. Kamss

    Wow . V reethi.??

    1. Aani
      Kamss

      thank you

  12. Kamss

    Wow . V reethi.?? can’t wait to read more of your stories ?????

    1. Aani
      Kamss

      thanks.. cant wait to read more of your comments

  13. Naai

    So inspiring.. I’ll take care of my mom.. thanks aani

    1. Aani
      Naai

      wlcm

  14. Aani

    um???

  15. vaikaradhoo husen

    mirey vaane kofii akah aran

    1. saddhaamu husen
      vaikaradhoo husen

      ma ves gendhaathi aani ge haradhuga

    2. Aani
      vaikaradhoo husen

      um.. who is this??

    3. Aani
      vaikaradhoo husen

      mail me .. eyrun dho egeynee kaakukan vexx

  16. nameh nubunaanan

    wonderful story aani.. keep it up

    1. Aani
      nameh nubunaanan

      thank you buddy

  17. murali

    mamii pablo kaley thii aani

    1. Aani
      murali

      ahaha yeahh
      mail me tho..

  18. pablo

    mail kohfin

  19. pablo

    avahah reply fonuvabala

  20. pablo

    haadha lahey

  21. maazina

    maasha allah…v reethi!.

    1. Aani
      maazina

      thank you

  22. thaara

    alhey v vvvvvv reethi hama rovihjeh hageegee varhakaehtha aani

    1. Aani
      thaara

      thank you

  23. Merl

    wow..nice..

    1. Aani
      Merl

      thank you

Comments are closed.