Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ބޭނުންވަނީ ޔާރާ… 2

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
March 20, 2018 6 Mins Read
22 Comments

ދެއެކުވެރިން އެކީގައި ގޮސް ގެއަށް ވަންއިރު، ގޭތެރޭގައިވަނީ މަރުފަދަ ހިމޭންކަމެވެ. ފަސްއަހަރުފަހުން އާދެވުން އިރު އެއްވެސްބަދަލެއް ގެއަށް އައިސްފައިނުވާކަން ލަޔަކް އަށް އިހްސާސްވީނަމަވެސް މިއަދާއި ހަމަޔަށްވެސް ގޭތެރޭގައިވާ ސާފްތާހިރުކަން ހިތަށް ހަމަޖެހުން ގެނުވާހާވެއެވެ. ލަޔަކްގެ މަަންމަ ރަޝްފާއަކީ އަބަދުވެސް ސާފްތާހިރުކަމަށް ލޯބިކުރާމީހަކަށްވުމުން ލަޔަކްވެސް ވަނީ މިރީތިއާދައަށް ހޭނިފައެވެ.

ލަޔަކްއާއި ޖައިލަމް ފިޔަވަޅުގެ އަޑުނީއްވާ މަޑުމަޑުން ގޮސް އެކުއްޖެއްގެ ކޮޓަރިއަށްވަނީ ވެފައިވާ ވަރުބައްޔާއެކު ފެންވަރާ ތާޒާވެލައިގެން ނިކުމެ ރަޝްފާއަށް ގޮވަންދިއުމަށް ނިންމާފައެވެ. ވަގުތަކީ މެންދުރުނަމާދުގެ ވަގުތުކަމުން ރަޝްފާއިންނާނީ ނަމާދަށްކަން ދެކުދިންނަކަށް ނޯޅޭނެތާއެވެ. މާލެއަަށް ކިޔަވާން ޖައިލަމް ބަދަލުވީއްސުރެ މަންމައަކުފަދައިން ރަޝްފާދިޔައީ ލަޔަކްއާއި އެއްވަރަށް ޖައިލަމްއަށްވެސް ދީނީކަންކަމާއި ރަނގަޅުއަޚްލާގް ދަސްކޮށްދެމުންނެވެ.

*********
އަލޫކްގެ މޭގައި ފޮރުވިގެން އޮތް ލޫޔާ ބޯހިއްލާލީ ގޭތެރޭން އިވުން އަޑުކެނޑުމުންނެވެ. ހަމަ އެވަގުތު ކޮޓަރީގެ ދޮރުގައިވާ އަތްގަނޑުލީ ތަޅު އޮބާލުމާއެކު ދޮރުހުޅުވުނެވެ. ލޫޔާ ގަތްބިރާއެކު އަވަހަށް ކުރިން ހުރިގޮތަށް އިޔާދަވީރު އަލޫކް އަށް ހުރެވުނީ ކުރިމަތިން ފެނުން މަންޒަރުން ދެލޯބޮޑުވެފައެވެ.

**********

ފެންވަރާ ތާޒާވެލައިގެން ނަމާދުވެސް ކޮށްލައިގެން ޖައިލަމްގެ ކޮޓަރިއަށް ލަޔަކް ދިޔައިރު ޖައިލަމްވެސް ނަމާދުކޮށްގެން ތެދުވަނީއެވެ. “މައެބަވިސްނަން ޖޮބަށްނިކުތުމުގެ ކުރިން އެކޮޅަށް ގޮސްލަން.. ކިހިނެއްވާނެ.. ” ހިތުގައި އުތުރިއަރަމުންދާ ޖަޒުބާތުތަށް މޫނުމަތިން ދައްކާލުމެއްނެތި ލަޔަކް އެހެން ބުނެލިނަމަވެސް އެވަގުތުވެސް އާޔާގެ ރީތިސޫރަ އޭނާއަށް ސިފަވެގެން ދިޔައެވެ. ” އަސްލު އެހެން މިބުނީ.. މާގިނަދުވަހު ކިޔެވުނީމަ މައިންޑް ފްރެޝްކޮށްލަން އިނގޭ.. ” ޖައިލަމް އެއްޗެކޭނުބުނެ ބަލަން އިނުމުން ލަޔަކް އިތުރުކޮށްލިއެވެ.
” އަސްލު ދޮންބެ ނިޔާވިހަބަރާއެކު އަހަރެންވެސް ރަށަށްދާން ބޭނުންވި އެކަމަކު އޭރު ނުދެވުނީ ކިޔަވަން ހަދައިގެން.. އެކަމަކު މިހާރު ގޮސްގެން ދެން އަހަރެމެންނާއެކު މަޖާކުރާނެ މީހަކުވެސް ނުހުންނާނެއްނު.. ” ސީރިއަސްގޮތެއް މޫނަށް ގެނުވަމުން ޖައިލަމް އެހެންބުނި އިރު ހަމަރަނގަޅަށްވެސް އޭނާއަށް ވަނީ ރޮވިފައެވެ.

“ހޫމް.. ތިހެންބުނީމައޭ މިހަނދާންވީ.. އަސްލު ޖުނޭދުބެއަށް ކިހިނެކޯވީ.. އޭރު އެކޮޅުގަހުރީމަ އަސްލުމަށަށްވެސް ވީގޮތެއްްނޭންގުން އެކަމަކު ނޫސްތަކުން ފެނުން ފޮޓޯތަކުން އިނގޭ އެއީ ހަމަގަސްތުގައި މީހަކު ހަމަލާދީފަކަން..” “އެފަހުންވެސް ރަށުން އެހެންމީހަކުވެސް ހަމަ އެކަހަލަގޮތަކަށް މަރާލާފައޮތް.. އެވެސް ބޭބެގެ ވަރަށް ގާތްރައްޓެއްސެއް…” ލަޔަކްގެ ވާހަކައިގެތެރޭން ޖައިލަމް އިތުރުކޮށްލިއެވެ.

“އެހެންތަ.. ހަމަ އެގޮތަށް ފިހިފަތައޮތީ.. ” ލަޔަކް ހައިރާންވީ އިތުރުމީހަކު މަރުވިވާހަކަ އޭނަޔަށް އެނގިފައި ނުވުމުންނެވެ. ” އާން ލަޔަކް އެމީހާވެސް އޮތީ ދޮންބެހެން ފިހިގެން ރޯފިލާފަ.. މަސްތަށް ކަށިތަކުގަ ތަތްލާފަހުރިއިރު ދެލޯވެސްހުރީ ރޯފިލާފަހުރީމަ ލޮލުގެބޮލިވެސްހުދުވެ ބޭރަށްނިކުމެފަ.. ” ފޯނު ހާވާލުމާއެކު ދައްކާލިފޮޓޮއިން ލަޔަކްގެ މޭގަނޑުއަތަަށްްނައީ ކިރިޔާއެވެ.

*************

ދޮރުހުޅުވާލެވުމުން ވީއުފަލާއެކު އަރުޝާ ހެވިދިލިފައި ހުތިއިރު އިބާން ހުރީ އެތުއްތު ތުއްތުދެއަތުން އަތްތިލަބަޑިޖަހާށެވެ. ހޭލެވުމާއެކު ދޮންތަ ގެއަށް އައިސްއުޅޭކަން އެނގުމާއެކު ދެކުދިން ބޭނުންވީ އަވަހަށް ދޮންތަ ކައިރިއަށް ދާންކަމުން އުޅެއުޅެ ދޮރުހުޅުވޭގޮތް ނުވުމުން ދެކުދިން އެކީގައި ކާމޭޒުކައިރީގައި ހުރި ގޮނޑިދަމާގެނެސް އެއަށް އަރައި ދޮރުހުޅުވީއެވެ. ކުރެވުނު މޮޅުމަސައްކަތާއެކު އުފާފާޅުކުރަމުން ދެކުދިން ދިޔައިރު އަލޫކް ލޫޔާގައި ކޮއްޓާލާފައި އެމަންޒަރު ދެއްކުމުން ދެމީހުނަށް އެކީގައިހެން ހެވުނީ ދެކުދިންގެ މައުސޫމްކަމާއި ލޯބިކަން ފެނިފައެވެ.

“އަލޫ.. ނޮންނީ.. ” ދޮރާދިމާއަށް އައި އަލޫކްއާއި ލޫޔާފެނުމުން ދެކުދިން އެއްއަޑަކުން ގޮވާލިއެވެ. ފުޅާހިނިތުން ވުމަކާއެކު އަލޫކް އިބާން އުރާލިއިރު ލޫޔާ އަރުޝާ އުރާލުމުން ދެކުދިންނަށް ހީވީ އީދުއައިހެންނެވެ. ބާރަށް ބައްދާލުމާއެކު މޫނުގެ އެތަން މިތާންގައި ބޮސްދެމުންދިޔައީ އެހާދުވަހަށް ފަހު ލޯބިވާފަރާތްތަށް ފެނުމުން އުފަލުންނެވެ.

ވަގުތަކީ އިބާ އާއި އަރުޝަދު (ޒާން) ވެސް އޮފީސްނިންމާލާއި ގެއަށްއައިސް ވަން ވަގުތަށް ވުމުން ލޫޔާމެންގެ އުރޫގައިތިބެގެން ކުރެވުނު މޮޅުކަންތަށް ދެކުދިން ހިއްސާކުރީ އުފަލާއެކުގައެވެ. އޭރު ގޭތެރޭގައި މާ އަޑުގަދަވެގެން ނަސްރީނާވެސް ކޮޓަރިން ނިކުތީ ދެކުދިންވެސް ފެންނަން ނެތުމުންނެވެ. އުފާވެރިވަގުތުކޮޅެއް އާއިލާއާއި އެކުގައި ހޭދަކުރުމަށްފަހު ފްލައިޓްގެ ވަގުތު ކުޑަތަންވަމުން އަންނާތީ ލޫޔާ އާއި އަލޫކް އަވަހަށް ހުޅުމާލެއަށް ދިޔައީ ކާރުގައި ބްރިޖްހުރަސްކޮށެވެ.

***********

އެފޮޓޮޔާއި ބެހޭހޮތުން އެތަކެއްވާހަކައެއް ދެއްކުމަށްފަހު ލަޔަކްމެން ނިކުތީ ރަޝްފާގެ ކޮޓަރިއަށްގޮސް ސަޕްރައިޒްކޮށްލާން ނިންމައިގެންނެވެ. ދެކުދިންވެސް ރާއްޖެއައީ މިއަދުގައިކަމުން ރަޝްފާއަށް އެއިން އެއްވެސް ކަމެއް ރޭކާނުލައެވެ. ލަޔަކްވެސް މަންމަ ކައިރީ ބުނެފައިވަނީ މިހަފްތާގައި ދެވޭނެކަމަށެވެ.

ކޮޓަރީގައި ކިޔަވަންއިން ރަޝްފާ ސިހުނީ ކުއްލިއަކަށް ދޮރުގައި ޓަކިދިނުމުންނެވެ. ގެއަކީ މެދުފަންތީގެ ގެއެއްނަމަވެސް ބޭރުދޮރުގެ ކޯޑުނޭންގޭމީހަކަށް ގޯތިތެރެއަށް ނުވަދެވޭނެފަދައިން ގޭތެރެއަށް ތަޅުދަނޑިނެތްމީހަކަަށް ނުވަދެވޭކަން އެއީ ރަޝްފާއަށް މިއީ ދުވާލުކަން ޔަގީންވާފައިން ޔަގީން ކަމެކެވެ. ކޮޓަރީދޮރުހުރީ ތަޅުނުލައިނަމަވެސް ޓަކިދޭނީ ބޭރުމީހެއްވީމަތާއޭ ހިތާ ރަޝްފާހުރީ ނިކަން ކަންބޮޑުވެފައެވެ. އިސާހިތަކު މޫނުމަތީ ބޮކިޖަހާ ދާހިއްލާލީ ކުޑަކޮށް ޖެހިލުންވާން ފެށުމުންނެވެ.

ދޮރާއި ގާތްވަމުން އަންނަ މަޑު ފިޔަވަޅުތަކުގެ އަޑާއެކު ލަޔަކްއާއި ޖައިލަމް އަށް ހިނިތުންވެލެވުނެވެ. ނަމަވެސް ދެވަނަސިކުންތުގައި ދެމީހުންގެ ބުރަކަށީގައި އެއްޗަކުން ޖެހުމާއެކު ވީތަދުން ތެޅިގަނެފައި ބަލާލިއިރު ރަޝްފާހުރީ ފިހިގަނޑުހިފައިގެން ދެލޯބޮޑުވެފައެވެ. ” އަސްތާ މަގޭ ދަރިންކޮޅު.. ތަދުވިތަ.. ” ރަޝްފާއަށް ލަޔަކްއާއި ޖައިލަމްގެ މޫނުފެނުމާއެކު އަތުން ފިހިގަނޑުދޫވެގެން ވެއްޓުނެވެ. އަދި އަވަހަަށް ދެކުދިންކައިރިއަށް އައިސް ޖެހުނުދިމާގައި ފިރުމާލަދިނީ އެއަތުން އެއިން ކުއްޖަކަށް ދުވަހަކުވެސް ހާނިކައެއް ވެފައިނުވާނެތީ އެކަމާހިތާމަ ކުރާހާލުގައެވެ.

ވީގޮތުން ލަޔަކްމެން ހޭންފެށީ ހަގީގަތުގައިވެސް ވެލްކަމް ބެކް ހަދިޔާ ލިބިއްޖޭކިޔާފައެެވެ. ” އެހެނޭވަނީ ދަރިފުޅުމެން ނުބުނެ އަންނަންޏާ.. ދެން ބުނާނީ ކޮންމެވެސް.  ސަ.. ސަ.  ރައިޒެކޯ.. ” ” އަޅޭ މަންމާ ސަޕްރައިޒްއޭ… ” ރަޝްފާއަށް ފުހިހަމަކުރަން ނޭންގުމުން ލަޔަކް ބުނެލަދިނެވެ. ” ދެން މަންމަމެން މުސްކުޅިންނަކަށް ނޭންގޭނެދޯ ދަރިފުޅުމެންހާ މޮޅަށްތިޔަ ފަރަންޖީ ބަހުން ވާހަކަދައްކަން.. ” ރަޝްފާ ދެރަނުވާން އެހެން ބުނެލުމާއެކު ބަދިގެއާދިމާއަށް ދިޔައީ ކާނޭ އެއްޗެއް ތައްޔާރުކުރާށެވެ. ފަހަތުން ލަޔަކްމެންވެސް ދިޔައެވެ.

********

“ކޯއްޗެއްހަދަން މަންމަ ތިއުޅެނީ..  ” ނާލް ކަންބޮޑުވެފައި އަހާލީ ސަމާހަން ޕަކެޓެއް ހަފީޒާ ޖޯޑަކަށް އަޅާލިމުންނެވެ. ” އެކަމަކު ދަރިފުޅާ.. އެކޮޅުގަ އަބަދުހެން ފިނީގަ އުޅެއުޅެ ތިހުރީ މަންމަގެ ދަރިފުޅުގެ އަޑުވެސްފާވެފައޭ.. އެހެންވެ މީތިމި ތައްޔާރުކޮށްލަނީ.. ” ނާލްއަށް ޔަގީނުންވެސް ދެން ސަލާމަތެއްނެތްކަން އެނގުމުން މޫނުމަތިމުޅިން ބަނަވެގެން ދިޔައެވެ. އެވަގުތު ނާލްގެ މޫނަށް ބަލަން އިން ނަވާރު އާއި މަލީހް ގާތަށް އައީ އަމަށަކުހިންޏެއް ނޫނެވެ. އޮސްޓްރޭލިއާގައި ހުރި އިރުވެސް ނާލްއަށް އެކަހަލައެއްޗެއް ނުދެވެނީ ދުވެފިލާތީއެވެ. ނަމަވެސް މިއަދު މަންމަކުރިމަތީ އެއިންނަން ޖެހުނީ ކުޑަކަކޫޖަހައިގެން އިންނަ ކުއްވެރިއަކުފަދައިން ވީޔާއެވެ. ދޮންތަމެން ހޭތަން ފެނުމުން ނާލް ތުންއަނބުރާލި ވަގުތު ޒިޔާދުއާއި މުސްތަފާވެސް ބަލަން ތިބުމުން ނާލްވީ އަމަށަކު ރަތްކެއްނޫންވެ.

********

ލަޔަކް އާއި ޖައިލަމް ބަދިގެއަށްދިޔައިރު ރަޝްފާ ކައްކަން ތައްޔާރުވާތަން ފެނުމުން ޖައިލަމް މަޑުމަޑުން ލަޔަކް ކައިރީގައި އެއްޗެކޭބުނެލިއެވެ. “މަންމާ އަޅުގަނޑުމެން ނުބުނެ އައީމަ ދޯ މަންމައަށް ދެފަހަރަށް ކައްކަން މިޖެހުނީ.. އެހެންވީމަ މިތާންގަ ގޮނޑީގަ އިށީންދެލާ.. އަޅުގަނޑާ ޖައި ދެމީހުން މިއަދު ކައްކާނީ ދެން މަންމަ ރަހަބަލާނީ.. ” ޒިންކުދޮށުގައި އިން ރަޝްފާގެނެސް ގޮނޑީގައި ބައިންދަމުން ލަޔަކް އެހެން ބުނުމާއެކު ރަޝްފާ ހިނިތުން ވެލިއެވެ.

ބަރާބަރު ފަނަރަ މިނެޓެއްހާއިރުތެރޭ މޭޒުމަތީގައި އާވިއަރައަރާހުރީ ލަޔަކްއާއި ޖައިލަމް ތައްޔާރުކުރި ޕާސްތާ އާއި އެއަރފްރައި ކޮއްފައިވާ ކުކުޅުފައެވެ. އަދި އެވަރުން ނުވެގެން ބްލޫބެރީ ފްލޭވަރ އާއި ހެވީކްރީމް އަޅައިގެން ކެރެމަލް ޕްޑިންގް އެއްވެސް ދެކުދިން ހުރީ ތައްޔާރުކޮށްލާފައެވެ. ދެކުދިންވެސް ވޭތުވެދިޔަ ފަސްއަހަރުތެރޭގައި އެކަނި ކައްކާކައި އުޅުމުގެ ސަބަބުން މިކަންކަން ކުރަންވީ ދާދިފަސޭހަކަމަކަށެވެ.

ކެއުމަށް އިންސާފްކުރަމުން ދިޔައިރު ރަޝްފާގެ ފަރާތުން ދެކުދިންނަށް އެތަކެއް ތައުރީފްގެ ބަސްތަކެއް ލިބެމުންދިޔައެވެ. އަދިކުރީގެ ހަނދާނެއް އާކޮށްލަމުން ލަޔަކްގެ ބައްޕަ ޝުއައިބް ވެސް އެހާމީރުކޮށް ކައްކާ ވާހަކަބުނީ އެފަދަފިރިއެއް ލިބުނީމަ ފަހްރުވެރިވާ ހާލުގައެވެ. ނަމަވެސް ލޯބިވާ ފިރިމީހާ މަތިން ހަނދާންވުމާއެކު ރަޝްފާގެ ލޮލުން ކަރުނަ ހިލުނެވެ.

“އަޅެމަންމާ.. ބައްޕަގެ ވާހަކަދައްކަނީ ރޯންތަ.. ” ލަޔަކް މަންމަގެ ދެލޯފުހެލާދިނީ ލޯތްބާއެކުގައެވެ. ހަގީގަތުގައި އޭނާވެސް ބައްޕަމަތިން ވަރަށް ހަނދާންވެއެވެ. އާއިލާއަށް ލިބޭމިފަދަ އުފާވެރި މަޖާ ވަގުތު ތަކުގައި ބައްޕަހުތުމުން ކިހާފުރިހަމަ ވާނެހޭ ހިތައްއަރާވަރު މަދެއްނޫނެވެ.

ލަޔަކްގެ އުމުރުން އެންމެ ނުވައަހަރުގައި ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ޝުއައިބު ނިޔާވުމާއެކު ރަޝްފާ ލަޔަކްބެލީ އެކަނިމާ އެކަންޏެވެ. އެކަމަކު ރަޝްފާއަށް ދައްޗެއްނެތި ލަޔަކް ފުރަމާލޭގައި އަމިއްލަގޭގައި ގެންގުޅެވުނީ.. ޝުއައިބްވެސް އޭނާގެ ގޯތި ގެސްޓްހައުސް ވިޔަފާރިއަށް ކުއްޔަށް ދީފައިވުމުންނެވެ. ޏ. ފުއައްމުލަކްގައި ހުންނައެގޯއްޗަކީ ބޮޑު ގޯއްޗަކަަށްވުމުން އިތުރު މަސައްކަތެއް ނުކޮށްރަޝްފާމެންނަށް ދިރިއުޅެވެއެވެ.

“އެއީ ހަމަ ބައްޕަގެ މައުސޫމްކަން ހަނދާންވެފަ ރޮވުނީ.. ދެންނުރޯނަން.. ” ލަޔަކްގެ އަތުގައި ހިފާލަމުން ރަޝްފާ އެހެން ބުނެލިވަގުތު ޖައިލަމްގެ ހިތަށްވެސް ގޮތެއްވެގެން ދިޔައެވެ. “ވަރަށް ރަނގަޅު.. މަންމާ އަޅުގަނޑުމެން އެބަ ވިސްނަން އެރަށަށް ގޮސްލާން.. ދެހަފްތާއެއްހާ ދުވަހަށް.. ކިހިނެއްވާނެ.. ” ރަޝްފާ ހަމަޔަކަށް އެޅުމުން ލަޔަކް އެހެން އަހާލީ އަނެއްކާވެސް ބައްޕަގެ ރަށަށް ދާންއުޅޭތީ މަންމަގެ ހިތަށް އުނދަގުލެއް ވެދާނެތީ ވަރަށް ވިސްނައިގެންނެވެ.

“ތެދެއް.. ޖައިލަމް ދަރިފުޅާ.. އެކަމަކު މިފަހަރު ދަންޏާ ދާންވާނީ.. މަންމަމެންނަށް ހަދިޔާވެސް ހިފައިގެން… ” ރަޝްފާ ޖައިލަމްކުރެ އަހާލީ އޭނާ އިންގޮތުން ކޮންމެވެސް ކަމަކާ ވިސްނާހެން ހީވުމުންނެވެ. ” ލައްބަ.. އަޅުގަނޑުމެން ވަޒީފާއަށް އަދި ނިކުންނާނީ.. ޗުއްޓީހަދާލާފަ.. މަންމަމެންނަށް ގެނައި ހަދިޔާ ހުންނާނެ އެކަމާ ދައްތަ ހާސްވެނުލައްވާ..  ” ސިކުންޑީގައި އެނބުރެމުންދިޔަ ހައިޖާނުގަނޑާއެކު މަސްނޫވީ ހިނިތުންވުމެއް މޫނުމައްޗަށް ގެނުވަމުން ޖައިލަމް އެހެން ބުނެލިއިރު އެއްވެސް ކަމެއް މޫނުމަތިން ދައްކާވެސް ނުލައެވެ.

********

ލޫޔާ އެހާވަރުން ތައްޔާރުވެގެން ދިޔައިރު ފްލައިޓްއިނީ ބައިގަޑިއިރަށް ޑިލޭވެފައެވެ. ވީފޫއްސާއެކު ސައިންއިން ވެލާފައި ކޮފީއެއްބޯލަން ކެފޭއަށްވަނީ ލޫކްވެސް ނާންނާތީ އެކަންޏެވެ.

ލަންކާއަށް ދާން އައި ދެމަފިރިންވެސް ފްލައިޓް ޑިލޭވުމާއެކު އަތުގުޅާލައިގެން އައީ ކެފޭއާއި ދިމާއަށެވެ. އެވުތު ޕައިލެޓް ޔުނިފޯމްގައި އެކަނި މޭޒުދޮށުގައި އިން ލޫޔާ އެތަނުން އަންހެންމީހާގެ ލޮލުގައި އަޅައިގަތުމާއެކު އެދިމާއަށް މިސްރާބު ޖެހިއެވެ.

“ހެއި…” އަންހެންމީހާ ޖެހިލުމެއްނެތި ގޮސް ހައިޖަހާލުމާއެކު ލޫޔާވެސް ދެލޯބޮޑުކޮއްލާފައި ތެދުވެ ބައްދާލީ އެހާދުވަސްކޮއްލާފައި ދަންނަ ރަހްމަތްތެރިއަކު ދިމާވުމުން ވީއުފަލުންނެވެ. ” އަޅޭ ބުނެވެސް ނުލާ ކޮންތާކުތިއުޅެނީ… އަރޫންވެސް މިހުރީނު އަދި ހެވިފަ.. ” މަލާކްގައިން ދޫކޮށްލާފައި އަރޫންގައިގަ ބޮނޑިއެއް އަޅާލަމުން ލޫޔާއެހެން ބުނިއިރު ދެމީހުންވެސް ތިބީ ހެވިފައެވެ.

ލޫޔާއާއި މަލާކްމެން ދިމާވީ ކިޔަވަން ބޭރަށްގޮސްއުޅުމުގެ ތެރޭގައެވެ. އޭރު އަރޫންވެސް އޭނަގެ ފީލްޑް ބަދަލްކޮށް ޑޮކްޓަރުކަން ކިޔަވަން ގޮސްއުޅުންއިރު ޗުއްޓީއެއްގައި މަލާކްވެސް އެކޮޅަށްގޮސް އުޅެއެވެ. އެތަނުން ދިމާވިފަހުން މަލާކްމެންނާއި ލޫޔާ ދިމާމިވީއެވެ.

********

ރަޝްފާގެ ޖަވާބާއެކު ލަޔަކްގެ ހިތް އުފަލުން ނަށާލީ ފަސްއަހަރުފަހުން އޭނާގެ ހިތުގެ މަލަކާ ކަމުގައިވާ އަޔާ ފެންނާން ކައިރިވީކަން އިހްސާސްވުމުންނެވެ. އަވަހަށް ގުޅާ މާދަމާގެ ހަވީރު ފްލައިޓުން ޓިކެޓް ބުކް ކުރުމަށްފަހު ކޮޓަރިއަށް ދިޔައީ ފޮށީގައިވާ އާޔާއަށްގެނައި ހަދިޔާ ބެކްޕެކްއަށް ހަނދާން ހުއްޓައިލުމަށެވެ. އެހަދިޔާ އެއީ ބޭރަށްދިޔަ ފުރަތަމަ ދުވަހު ލަޔަކް އާޔާއަށް ގަތް އެއްޗެކެވެ. ފޮށީތެރޭގައިވާ ހިމަހިމަ ރަންފަށަށް ބަލާލުމާއެކު އިނގިރޭސިން ފަށުފުލުގައިވާ ނަން “އާޔާ” ކިޔާލިއިރު ލަޔަކްގެ ދެލޯވަނީމެރިފައެވެ. ފޮށިމޭގައި ލައްކޮށްލާފައި ވީއިރު މޫނުމަތީގައިވަނީ ފަނޑުވުމެއްނެތް ހިނިތުންވުމެކެވެ.

** ލަޔަކް އާއި އާޔާ ދިމާވީ ފުއައްމުލަކްގެ ހިތްގައިމު ތުނޑިންނެވެ. ލާފައިވާ ކްރީމްކުލައިގެ ޓޮޕްކޮޅާއި އައިސްބްލޫ ޖިންސް އާޔާއާއި ވަރަށްގުޅެއެވެ. ފަންއިސްތަށިގަޑު އެއްފަރާތަށް ގެނެސް ހުދު ޓައީދައްޗަކުން ހައްޔަރުކޮށްލާފައި ވާއިރު އަނެއްފަރާތުން ކުރުއިސްތަށިތަށް އެރީތި އޮމާން ދޮން މޫނުގައި ބޮސްދެމުންދިޔަ މަންޒަރަށްގެެއްލިފައި ލަޔަކްއަށް ހުރެވުނީ ތަލިންކުޅުހިކޭގިތް ވެފައެވެ. މިފަދަ ރީތިހޫރެއް މިއިންދުވަހަކުވެސް ލަޔަކް ދެކެފައެއްނުވެއެވެ. މަޑު ހިނގުމެއްގައި އައި އާޔާ އައިސް މަޑުކޮށްލީ ލަޔަކްގެ ދާދިގާތުގައެވެ.** “ލަޔަކް.. ލަޔަކް..” އާޔާ ދެފަހަރަކަށް ގޮވާލިއެވެ. “ލަޔަކް.. ލަޔަކް.. ބަލަ މީނދަ އިންސާނެއްދޯ..” ފަހަތުގައި ހުރި ޖައިލަމް ލަޔަކްގެ ކޮނޑުގައި ޖަހާލަމުން ގޮވާލުމާއެކު ލަޔަކް އަށް ހަމަބިމަށް އާދެވުމާއެކު ގިވަނީ ޖައިލަމްކަން އެނގުމުން ރަކިވާގޮތްވިއެވެ. މިދާވަރުންދަންޏާ މިކަން ޖައިލަމްއަށްވެސް ސިއްރެއްނުވާނޭ ހިތަށް އެރުމުން ލަޔަކްގެ މޫނުރަތްވިއެވެ. ނަމަވެސް އެވަގުތު ޖައިލަމް އިނީ ފޯނުން މީހަކަށް ގުޅައިގެން ކަމުން އެއިން އެއްވެސް ކަމެއް ރޭކާނުލައެވެ. ވަގުތުގެ ބޭނުންހިފާ ދަބަހުތެރެއަށް އަވަހަށް އެކުޑަފޮށިލުމާއެކު ޒިބުދަމާލަމުން ލަޔަކް އެނބުރިލިއިރު ޖައިލަމްވެސް ފޯނުބާއްވާފައި އެދިމާއަށް އަންނަނީއެވެ.

“މަންމަ ގުޅީ.. ސަލާމްބުނި.. ކޮޓަރިތަށް ފޮޅާސާފްކުރާނަމޭ ބުނ.. ހޫ…. ދެންބުނެބަލަ.. ކޮޅަށްހުރެވެސް ނިދަންވެސް މިހާރު ދަސްކުރީތަ.. ކެބިންކުރޫ ކޯސްނިންމާލިއިރު.. ” ހެމުން ހެމުން ޖައިލަމް އެހެން ބުނުމާއެކު ލަޔަކްވެސް ދެރަނުވާން އާއިކޭ ބުނެލިއެވެ. އަދި ކެބިން ކުރޫއެކަންޏޭއް ނޫންކަމާއި ކޯ ޕައިލެޓްކަންވެސް ކިޔެވިކަން ހާމަކޮށްލީ ގިރުވާން ކޮޅަށްޖަހާލަމުންނެވެ.

*********

ހުޅުވާން ތައްޔާރުވަމުން އަންނަ ރާއްޖޭގެ އެންމެބޮޑު ހޮސްޕިޓަލް, “ކެއަރޓޮޕް” ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުން ދާއިރު ހޮސްޕިޓަލުގެ މަސައްކަތްތަށް ބަލާލުމަށް ޒިޔާދުއާއި, ނިމާލް އަދި ރަޝީދުއާއި ޖާވިދުގެ އިތުރުން މުސްތޮފާވެސް ގޮސް ހުއްޓެވެ. ފަސްމީހުންފެ ކުންފުނި އެއްކޮށްލުމަށްފަހު އުފެއްދި “ފައިވް ލެޖެންޑް” ކުންފުނީގެ ފަރާތުން މިހާރު ކޮލެޖަކާއި ސްކޫލެއް އަދި ސިޓީ ހޮޓާތަށް ހިންގަމުން ދާއިރު މިއީ އެމީހުންގެ އެންމެ ބިޔަބޮޑު މަޝްރޫއެވެ.

ހޮސްޕިޓަލުގައި މަސައްކަތްކުރާނެ މުއައްޒަފުން މިހާރު ނަގާފައިވާއިރު އޭގެތެރޭގައި ހިތުގެބަލިތަކަށް ހާއްސަކޮށް މީރާން އަދި,  ފިޒީޝިއަން އަކަށް އަރޫން, ސައިކޮލަޖިސްޓް ޝަބީން, އަންހެނުންގެ ބަލިތަކަށް ހާއްސަ ޝަމާލް, ސާޖަންޓް އަކަށް މަލީހް, ހަމުގެ ބަލިތަކަށް ޖަޒްލާން, އާންމު ބަލިތަކަށް ޝިވަން ހުރިއިރު ކުޑަކުދިންގެ ބަލިތަކަށް ހާއްސަކޮށް ނަވާރު އާއި ނޫރާ ވަނީ ހޮވާފައެވެ. ބިންޔާ އާއި މިޝާ ގެ އިތުރުން ޖުމާ އާއި އަލްޔާ ނަރުހުންގެތެރޭގައި ހިމެނޭއިރު އެގުރޫޕްގެތެރެއަށް އަލަށް އިބާ އާއިި އައިރާވެސް ވަނީ ޖޮއިންވެފައެވެ. އިބާ މިހާރުވެސް ދަނީ ކްލިނިކްއެއްގައި މަސައްކަތްކުރަމުން ނަމަވެސް ހޮސްޕިޓަލް ހުޅުވުމާއެކު ބަދަލް ވާނެއެވެ.

********

ފުއަށްމުލަކް އެއަރޕޯޓް ރަންވޭގައި ބޯޓްޖެއްސުމާއެކު ލަޔަކްގެ ހިތްއަވަސްވެގެން ދިޔައެވެ. ހިނިތުންވެލެވެނީވެސް އިހްތިޔާރަކާއި ނުލައެވެ. ޖައިލަމްއަށް މިތަންފެނި އެތެރެ އެތެރޭން ހީލަހީލާހުރީ ފަހުން ދިމާކޮށްލާން ތައްޔާރުވެގެންނެވެ. އެއަރޕޯޓުގައި ޖައިލަމްގެ މަންމަ ނައިމާ އާއި ބައްޕަ ގާސިމް އައިސްތިބީ އެހާދުވަހަށްފަހު މިހާރު ހަމައެކަނިހުރި ދަރިފުޅު އަންނާތީ ދެކެލާހިތުން ކެތްމަދުވެފައިވާ ހާލުގައެވެ.

ޖައިލަމްއާއި ލަޔަކް އެކުއެކީހެން ނިކުމެގެން އަންނަތަން ފެނުމުން ނައީމާގެ ހިނިތުންވުން ފުޅާވިނަމަވެސް ގާސިމްގެ މޫނުމަތި ބަނަވާގޮތްވިއެވެ. ހިތުތެރޭގައި އާދަޔާހިލާފް ޝުއޫރުތަކެއް ހިނގާލިއިރު ނުލަފާގޮތަކަށް ގާސިމް ލަޔަކްއަށް ބަލާލިއެވެ. މިތަންފެނި ޖައިލަމްގެ އުފާވެރި މޫނު އޮއްސިގެން ދިޔަނަމަވެސް އެކަން ފާޅުނުކޮށް ވޭތޯ ބަލަމުން އައިސް އަވަހަށް ކާރަށް އެއްޗެހިއަރުވާ ގެއަށްދާން ބުނީ ބައްޕަގެ އެއަމަލާމެދު ހިތުން އެތަކެއް ޝަކުވާތަކެއް ކުރަމުންނެވެ.

ބާރުދުވެލީގައި ކާރުދިޔައީ ބޭރުމަގުން ނަމަވެސް ލަޔަކްގެ ލޮލުގައި ގަސްތަށް ކައިރީ ހެވިފައިހުރި އާޔާ ލޮލުގައި އަޅައިގަތެވެ. ވައިއަޑުން  “އާޔާ” އޭ ބުނެވުނީވެސް އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ” ސާބަސް ބްރޯ.. ކޮން އާޔާއެއްތަ.. ” ޖައިލަމް ލަޔަކްގެ އަތުގައި ހިފާތަޅުވާލަމުން ބުނި ޖުމްލަޔާއެކު ގާސިމްއަށް ކާރު ބުރެކިޖައްސާލެވުނީ އިވުނު ނަމުން މީހާ ސިހުންވީވަރުންނެވެ. ކުއްލިއަކަށް ބްރެކިޖެއްސުމާއެކު ނައިމާގެ ބޯކުރިމަތީގައި ހުރި ބައިގައި ޖެހި ފަޅައިގެން ދިއުމާއެކު ލަޔަކްއާއި ޖައިލަމްވެސް ޖެހުނީ ކުރީޝީޓުގައެވެ. ” ކިހިނެއް ތިހެދީ.. ” ނައިމާ އެހެންބުނިއިރު އަދަޔާހިލާފަށް އަޑުބަރުހެން ހީވުމުން ގާސިމް ބަލާލިއެވެ. އެއާއެކު ކާރުބޭރުގައި ހުރިސޫރަ ފެނި ގާސިމްގެ ހޭބުއްދި ފިލާދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

މަންމަ

Next

ލޯބިނުވިޔަސް ފިރުމާލަދީ 02

Next
March 20, 2018

ލޯބިނުވިޔަސް ފިރުމާލަދީ 02

Previews
March 20, 2018

މަންމަ

22 Comments!

  1. ?Maee? says:
    March 20, 2018 at 12:03 pm

    Wooow. V.nice story eh??
    BTW cover pic ga eyni boy aky maldives kujje dhw.. maldivian ge cabin crew eh dhww..He name is Azim??

    1. Hawwi says:
      March 20, 2018 at 1:17 pm

      Thank you dear maeee?

  2. Swety says:
    March 20, 2018 at 12:59 pm

    Wow nice????

    1. Hawwi says:
      March 20, 2018 at 1:18 pm

      thank you dear swety?

  3. Hawwi says:
    March 20, 2018 at 1:22 pm

    ސަލާމް.. ކިހިނެއް ހުރިހާ ކިއުންތެރިން.. މިއޮތީ ވާހަކައިގެ ދެވަނަބައި.. އިންޝާ ﷲ ދެން ކޮންމެ ހަފްތާއަކުވެސް ވާހަކައިގެ ދެ ބައިގެނެސްދޭނަން… ތަންކޮޅެއްލަސްވާތީ ރިޗެކް ކޮށްނުލާ މިއަޕްކޮށްލީ.. މިސްޓޭކްސް ހުރެދާނެ.. އުންމީދުކުރަން ކިއުންތެރިންނަށް މިބައިވެސް ކަމުދާނެކަމަށް އަދި މިސްޓޭކް ހުރިނަމަ ފާހަގަ ކޮށްލަދޭނެކަމަށް..
    ޖަޒައަކަﷲ ޚައިރަ…

  4. Friends says:
    March 20, 2018 at 1:26 pm

    Heyy hawwi …mi part vess v salhi.masha allah. Ekam olhun araa v bodhah.jumula eh 2 faharu kiyaa gen reyakaa lany.ekam stry nice ingey.mihaaru baheh nan thah hadhaan nethifa hurima aslu olhun arany ehaa bodah. Udhagu noon nama vaahaka thaku ga ulhey kudhin vaki khola dhey bala dear.mi buny alun kiyan v ma udhagu vegen.haha.dear friends kiyn last stry vess.comm vess kurin…. dear alhugadah ingefa v gothu ga malyhu men ge stry nimun iru vess ena mom eh nufene dhw.ehen v ma mi stry ga eyna mom fenna goih hadhan v eh nu.
    Keep it up.nexr part avahah up kohla dhiy bala.waiting 4 nw part. Have a great day…??

    1. Hawwi says:
      March 20, 2018 at 2:22 pm

      Ohh dear .. malaak and aroon,binya and jazlaan, maishaa and meeran, misha and shamal, noora and maahil from malaak story, dhen maleeh and navaar, shabeen and jumakko, shivan and jumna from sirru Sirrun hithey, dhen alook and looya, faroon and alyaa, arushadh and ibaa from neyngihithey gendheveeema mithuraa

  5. Nisha says:
    March 20, 2018 at 2:06 pm

    Vahakaige photo ae ehvarah vahaka ves reethi ❤️

    1. Hawwi says:
      March 20, 2018 at 2:22 pm

      Thank you dear nisha ?

  6. Pinky shifoo says:
    March 20, 2018 at 2:52 pm

    Hii Layaa ???… Hws u??? Maasha Allah mi part vx v v v reethi ❤️❤️❤️… V interesting ???… Alhey haadha kiyaahihveyey kuryge stories thakuga characters ulheythy ???… V inthizaaru kohfin mi vaahaka kiyaalan libeyne vaguthakah ???… Mihaaru enme inthizaaru kurevey eh vaahaka mee ???… This is a great idea ingey Layaa ???… Mibuny kuryge stories thakuge characters thah ulhey vaahaka eh genaunn ???… Layaa akee v v v v reethi vaahaka thakeh genesdhyfa vaa writer ehkan faahaga kohlan ???❤️❤️❤️… I love to read your stories ???… N v happy vehje week ehga 2 parts genesdheynamey bunyma ???… Curiously waiting for the next part… Lots of love and take care ❤️❤️❤️????????????

    1. Hawwi says:
      March 20, 2018 at 4:17 pm

      އަޅޭ ޗިޕޫ.. ލަޔާވެސް ވަރަށް އުފާވެއްޖެ މިވާހަކަޔަށްވެސް ޗިޕޫގެ ތިދޭ ސަމާލުކަމަށް ތިކަލަ ލޯބި ކިއުންތެރިން ތިބީއާ ރީތިވާހަކަވެސް ލިޔެވޭނެ.. ވ. ބޮޑަށް ޝުކުރިއްޔާ ޗިޕޫ.. ލޯބިވޭ ބޮޑުކޮށް.. ?

  7. annoying reader says:
    March 20, 2018 at 3:25 pm

    varah reethi mi part ves. i smell something fishy gasim ulhe gothun. i think he was involved in those two murders too. and aaya are ves gasim ge involvement eh eba oiy hen. i am curious y does he hates layak. waiting for the next part. and hawwi all characters ge kuda trailer eh genes dhifa start kuri nama confuse nuvaane eh nu. some readers are getting confused v ma. please think abt a trailer eyrun then hunna parts kiya iru those readers ah easy vaane dhw to get it. love this part too

    1. Hawwi says:
      March 20, 2018 at 4:15 pm

      ވަރަށްބޮޑަށް ޝުކުރިއްޔާ ދޫންޏާ އެނޮއިންގ ރީޑާ.. ހައްވިވެސް މިދަނީ މިހާރު
      ތިކަމާވިސްނަމުން ނެކްޓް ޕަރޓްގެ ކުރިން ޓްރެއިލަރ އެއް ގެންނަން .. ވަރަށް އުފާވެއްޖެ ވާހަކަ ކިޔާލާފަ ކޮމެންޓް ކޮއްލީމަ.. ?

  8. Friends says:
    March 20, 2018 at 10:40 pm

    Friends kuri comm ge aneh bayaa medhu dhekeny kihi neh.

    1. Hawwi says:
      March 20, 2018 at 11:06 pm

      Thikamaa ebavissnamey ingey dhoonyaa ?

  9. Hi Mi says:
    March 20, 2018 at 11:06 pm

    Sis. Story hama varah salhi. Hithah mi arani hama kihineh vaane baa ey. Layaa sis ge story thah hama varah reethi. Biruveri story ekey bunima e baithah annaane irakah ves eba varah inthixaar kurevey. Hama salhi salhi ingey mi story. Hehe. Thanks sis. ❤?❤

    1. Hawwi says:
      March 20, 2018 at 11:08 pm

      Ohh dhoonyaa.. mihaarudhen edhanee adumadun ebaithah feshemun.. keep reading.. lysm dear lil sisy?

  10. Nauma says:
    March 21, 2018 at 11:35 am

    Photo ga eynee vahakaiga ulhey jailam tha ?

    1. Hawwi says:
      March 21, 2018 at 3:04 pm

      Ohh nauma photoga innane main characters .. that’s layak

  11. Rifu says:
    March 25, 2018 at 9:23 am

    Wowowo??..masha Allah vvv rythi..❤❤

  12. Raai says:
    March 25, 2018 at 10:32 am

    15 mints therey ehaa baivaru ehchehi nukehkeyne..
    Aee yageen kameh.

  13. Raai says:
    March 25, 2018 at 10:33 am

    Fanara mints therey ehaa baivaru ehchehi nukehkeyne..
    Aee yageen kameh.

Comments are closed.

Next Episodeބޭނުންވަނީ ޔާރާ… 3←


All Right Reserved!