Skip to content
އެސްފިޔަ

އަނދިރި ދުވަސްތަށް.

 

ނޯޓް: މިއީ އަޅުގަނޑު ވަރަށް ލޯބިވާ ކުއްޖެއްގެ ހަޔާތުގައި ހިނގާފައި ވާ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ، ހަޤީޤީ ވާހަކައެވެ. ނަން ހާމަކުރަން ބޭނުން ނުވާތީ، އެކުއްޖާގެ ނަން ވާހަކައިގަ ނުހިމަނަމެވެ. އޭގެ ބަދަލުގައި ބަލާފައިވާނީ ފުރަތަމަ ނަޒަރުން މި ވާހަކަ ކިޔާލަ ދެވޭތޯއެވެ.
******
އޮއްސެމުން ދިޔަ އިރަށް ބަލަން އިން އަހަރެންގެ ލޮލުން އޮހޮރެމުންދާ ކަރުނަތަށް ކޯތާފަތުން ފޭދެމުން ދިޔައެވެ. އެ ވަޤުތު އަހަރެންގެ މުޅި ޚިޔާލުގައި ވެސް ވަނީ އަހަރެންގެ މާޒީއެވެ. އާއެކެވެ. ހަޔާތުގެ ކަޅު ދުވަސްތަކެވެ.

އަހަރެންގެ އުމުރުން އެއް އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. އަހަރެން ޔަތީމްވީއެވެ. އަހަރެންނަށް ބައްޕަ ނެތް ކަމުގެ އިހުސާސެއް ވިޔަ ނުދީ މަންމަ އަހަރެން ބަލަމުން އައީ ވަރަށް ވެސް ލޯބިންނެވެ. އަހަރެންގެ ހަގަށް ކޮއްކޮއެއް ވެސް ހުރެއެވެ. އަދި ދޮއްޓަށް ދެ ދައްތަ ހުރެއެވެ.

އަހަރެން ސްކޫލަށް ދާންފެށި ހިސާބުން ބައްޕަ މަތިން ވަރަށް ހަނދާންވެއެވެ. ބައެއް ކުދިން ބަލާ އެކުދިންގެ ބައްޕަ ސްކޫލް ދަށަށް އަންނަ މަންޒަރު ފެނުނީމަ ދެރަވެ ފެންކަޅިވެއެވެ. ކުދިން ގޮވައިގެން އެކުދިންގެ ބައްޕަމެން ހިނގާލަން ދާތަން ފެބުނީމަ ވަރަށް ހިތުގަ ޖެހެއެވެ. ބައްޕަ އަނބުރާ އަންނާނެ ނަމައޭ ހިތަށް އަރައެވެ. ބައްޕަގެ ލޯތްބަށް އެދި އަހަރެންގެ ހިތް ސަލާން ޖަހާ ކަހަލައެވެ. މަންމަ ބުނި ގޮތުގައި ބައްޕަ އެންމެ ލޯބިވީ އަހަރެން ދެކެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ދެން އެ ބައްޕައެއް އަނބުރާ ނާންނާނެއެވެ.

އަހަރެންގެ އުމުރުން އެންމެ ހަ އަހަރުގައި މަންމަ އެހެން މީހަކާ ކައިވެނި ކުރިއެވެ. އެއާއެކު ދޮން ބައްޕަގެ ރަށަށް އަހަރެމެން ދިރިއުޅުން ބަދަލު ކުރީއެވެ. އަހަރެން ހީކުރީ ދޮން ބައްޕަގެ ފަރާތުން އަހަރެންނަށް ބައްޕައެއްގެ ލޯބި ލިބޭނެ ކަމަށެވެ. ނަމަވެސް ކަންތަށް ވީ މުޅިން މިއާ ހިލާފަށެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އަހަރެންގެ އުމުރުން އެންމެ ފަސް އަހަރުގައި މިބުނާ ދޮން ބައްޕަގެ ޖިންސީ ޝިކާރައަކަށް ވެގެން ދިޔައީއެވެ. އަހަންނާ ޖިންސީ ގުޅުން ހިންގަމުން ދިޔައީ ގަދަކަމުންނެވެ. އިންޒާރު ދެމުންނެވެ. މީގެން ވާހަކައެއް ކިޔާ ދިނަސް މަންމައާއި ކޮއްކޮ މަރާލާނެ ކަމަށް ބުނަމުންނެވެ. ބައްޕައާއި ވަކިވިހެން މަންމައާއި ކޮއްކޮއަށް ވަކިވާން ބޭނުން ނުވާތީ އެ ވާހަކަ ސިއްރެއްގެ ގޮތުގައި ބޭވީމެވެ. .

ދޮން ބައްޕަގެ ރަށުގައި އުޅެނިކޮށް ސުނާމީ އެރީއެވެ. އެއަށް ފަހު، އަހަރެމެން އެއަތޮޅު ފޮނަދޫއަށް ދިރިއުޅުން ބަދަލު ކުރީމެވެ. ސުނާމީގައި އަހަރެންގެ ކޮއްކޮ ގެއްލުނީއެވެ. އަދި އެ ދުވަހު އަހަރެން މަރާލަން ނުލަފާ ދޮން ބަފާ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވިއެވެ.

ފޮނަދޫގައި އަހަރެން އެކަނި ގޭގައި ބައިންދާފައި އެންމެން ދަނީ ވަޒީފާއަށެވެ. އެގޮތަށް އެކަނި ގޭގައި އިންނައިރު އަހަރެންނަށް ގެއްލުނު ކޮއްކޮ ފެންނަހެން ހީވެއެވެ. މިވާހަކަ އެއްވެސް މީހަކު ގާތު ނުބުނަމެވެ.

ދޮންބައްޕަގެ ޖިންސީ އަނިޔާގެ ޝިކާރަައިގައި ނުވަ އަހަރު ވަންދެން އުޅުނީމެވެ. އަމިއްލައަށް މަރުވާންވެސް އަހަރެން ހިތަށް އެރިއެވެ. ނަމަވެސް މަންމައާއި ދޭތެރޭ ވިސްނާފައި އެކަން ކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ.

މި ހުރިހާ ކަމެއް ފަޅާއެރީ އަހަރެން ގްރޭޑް ހަތެއްގައި ކިޔަވަނިކޮށެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައި ދައްތަމެންނަށް ކިޔައިދެވުނީއެވެ. އަހަރެންގެ މަންމަ އަހަރެން ދެއްކި އެއްވެސް ވާހަކައް ގަބޫލެއް ނުކުރިއެވެ. އަދި އަހަންނާ ދިމާލަށް އެއްޗެހި ކިޔާ ހުރިހާ ގުޅުމެއް ކަނޑާލިއެވެ.

ދައްތަމެން ފުލުހަށް މި މައްސަލަ ލާން އުޅުމުން އެހެން ނަހަދާށޭ ކިޔާ މަންމަ އާދޭސް ކުރިއެވެ. ނަމަވެސް ދައްތަމެން އެކަން ކުރިއެވެ. ކަންތަށް މިހާ ހިސާބަށް ދިއުމުން ދޮން ބައްޕަގެ ބުއްދި ހަމައިން ނައްޓާ، މޮޔަ ގޮވަން ފަށައިފިއެވެ. އެއާއެކި ދޮންބައްޕަ ގެންދިޔައީ އޭނަގެ ކުރިން އިން މީހާއެވެ.

އަހަރެން ޑޮކްޓާރއަށް ދައްކާ ޗެކަޕް ހެދުމުން އިނގުނީ އަހަރެންގެ ރަހިމުގައި “ސިސްޓް” އެއް އުފެދިފައި ވާ ކަމަށެވެ. އޭގެ ސަބަބުން އަހަރެންނަށް ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓާރ ބުންޏެވެ. އެއީ ދޮން ބައްޕަގެ ޖިންސީ އަނިޔާގެ ނަތީޖާއެވެ.

އޭގެ ފަހުން އަހަރެންނާއި ދައްތަމެންގެ ގާތު މައާފަށް އެދި ވާހަކަ ދައްކާށޭ ކިޔާ މަންމަ އާދޭސް ކުރިއެވެ. އެއާއެކު މި ކުޑަ ކުޑަ އާއިލާ އަލުން ގުޅި އެކުގައި އުޅެން ފެށީމެވެ.

އަހަރެންގެ ކެކުޅުން ހުރި ވޭނުން ފުރިފައި ވާ މި މާޒީ އަހަރެން ހަނދާން އާކުރަން އަންނަނީ މިކަހަލަ މާހައުލަކަށެވެ. އެއީ އެކަނި އިނދެ ރޯލުމަށެވެ. އަހަރެންގެ ކަރުނަތަށް އާއިލާއަށް ނުދައްކަން ވެގެންނެވެ.

Comments (14)

  1. Nadha

    Adhi mamma es hunnany stepfather ge kolhahshey. Btw stry v reethi

    1. Nadheema
      Nadha

      Ey thi konrashaku kujjeh?Hama ahaalee ingey

  2. Ibsha

    Varah reethi

  3. Hairaan

    6aharuga dhonbappa libuny 5aharuga dhonbappa gonaakuran fesy

  4. chumpu

    BT thankolheh hamanujehey thankolheh vx loluga alhai ganejje…… Umurun 6aharugau dhonbappa eh libun vaahaka … Bt umurun 5 aharun feshigen dhonbappa behey vaahaka.?????

  5. W

    Dhuvasthah kiyaa iru innaany alifu sukuneh not shaviyani sukun..

  6. mishy

    Zidhrn ge vrh gina stries kiin… ekm mii xidhrn ge stry akah kuraa fst comment.. vrh vrh reethi… massala eh wx ebain… ekm wx ham gorgeous….vrh dhuvas vejje xidhrn ge stry akah waitt kuraa thr…♥♥♥♥♥♥♥♥♥

  7. Reem

    Xidhan varrah t
    Reethi adhi ehame sensitive ???

  8. EHLEE

    Dhen kn iraku vaahaka eh up kohlah dheyyneeh.. loabi geh vaahaka eh up kohlaj bah???

  9. Reet

    V reethi

  10. Bla bla

    Sist ufedhenee ehnveyeh noon.thee mauloolaathge olhumeh

    1. Blah amaa
      Bla bla

      Doctor ah thrr olhunee?? Mee hageegee haadhisaaeh!

  11. Ayesher

    Story vrh reethi?❤

  12. CYntHia

    V salhi

Comments are closed.