Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(ސާދަވަނަބައި)

Marie Level 210 Stories100 Login100 Comments
March 10, 2018 4 Mins Read
9 Comments

އޭނަކަހަލަ މީހަކައް ޝިންކަހަލަ ރަގަޅު ކުއްޖަކު ލިބުންއެއީ ނަސީބެވެ.

މިރެއިން ފެށިގެން އެނުބައިކަންތަކުން ދުރުވާން މަސައްކަތް ކުރާނެއެވެ.

ރޫމައްވަންގޮތައް ގަބުވެފައި ހުރި ޝިން އަލޫކްގެ އަތް މައްޗައް ނެގުމައްފަހު އެދުގައި ބާއްވާލިއެވެ.އެވަގުތު ވަރައްބާރައް ދުރުގައި ތަޅައިގައްއަޑު އިވުނެވެ.

ޗުސް ކަނޑާލަމުން އަލޫކް ރުޅިވެރި މޫނަކާއެކު ގޮސް ދޮރު ހުޅޫވާލުމާއެކު ދެލޯ ބޮޑުވިއެވެ.

އެވަގުތު ހީވީ ބިރެއްފެނިގެން މީހަކު އުޅެން ފެށީހެންނެވެ.

ދޮރުމަތީގައި ހުއްޓިލައިގެން ތިބި ދެ ޕޮލިހުން ފެނުމާއެކު އަލޫކްއަށް ތެޅިގަނެވުނެވެ.

ވާން އުޅޭގޮތް އެގުމުން އަލޫކްގެ އަށް ބޭރައް ލާ ލާ ހުރި ނޭވާހުއްޓުންކަހަލައެވެ.
ފައިދަށުން ބިނގަނޑު ދެމިގަތް ކަހަލައެވެ.މުޅިމީހާ ދާހިތްލަން ފެށިއެވެ.

މުޅިއުމުރު ހުވަފެން ދެކެމުންއައި އަލަތުކައިވެނީގެ ރޭ އެފޮނިމޭރުކަން ނުލިބި އަންހެނުންނާ ވަކިވާން ޖެހުނީއެވެ.

އަލޫކްއަށް ފަހަތައް ޖެހިލެވުނެވެ. ވާނުވާ ނޭގިއިން ޝީންވެސް އޭރު އައިސް ދޮރުމައްޗައް ހުއްޓިލަނީއެވެ. އަލޫކް އަށް ވަމުން ދިޔަގޮތުން ޝިންގެ ހިތް ބިރުގަންނަންފެށިއެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ޔޫއާން ހައްޔަރު ކޮއް ސުވާލް ކުރުމުން  އެކަމުގައި އެންމެ ބޮޑަކައްހުރީ އަލޫކް ކަމާއި ހުރިހާ ސްޓޮކެއް ރައްކާކޮއްފާ ހުރީ އަލޫކްގެ ކޮޓަރީގައިކަން އެގުމުން  އެކޮޓަރި ބަލާ ފާސްކުރުމައްފަހު އަލޫކް ހައްޔަރު ކުރެވުނީއެވެ.

އަލޫކް އަތުގައި ބިޑި އަޅުވާލުމާއެކު އަލޫކް ޝީން އަށް ބަލާލަމުން މާފައްއެދުނެވެ

ޝީން އަހަރެންނައް އިންތިޒާރުކުރާތި..” އަލޫކް އެހެން ބުނެލުމާއެކު ޕޮލިހުން އަލޫކް ގެންދިޔައެވެ.ޝީންއަށް ހުރިތަނައް ތިރިވެ ރޮވެންފެށިއެވެ.

އަލޫކް ހައްޔަރުކުރެވުނުކަން މުހަންމަދައް އެގުމާއެކު ދުނިޔެއައް މޮޔަވާވަރުވިއެވެ. އެދަރިފުޅު އުޅެމުން ދިޔަގޮތް ބަލައިލާކައް މުހަންމަދައް ވަގުތެއް ނުއްވިއެވެ.ބޭނުންހާވަރަކައް ލާރިދެވުމުން އެދަރިފުޅުގެ ހުރިހާ ކަމެއް ކޮއްދެވުނީކަމައް ހީކުރެވުނީއެވެ.ކުއްވެރިޔަކީ އޭނާއެވެ.

އަލޫކް ހައްޔަރު ކުރެވުމާއެކު މުހަންމަދު ޝީން މާލެ ގެނައެވެ.

މަންމަގެ ކުރިމައްޗައް އަރަން ނުކެރުނަސް އޭނައަށް އެހީވާން މިއަދު ހުރިމީހަކީ ހަމައެކަނި އެ ލޯބިވާ މަންމަ އެވެ. އަޔާޒް ހުރިނަމަ މިއަދު އޭނައަށް އެހީވާނެއެވެ.ނަމަވެސް އަޔާޒް އޭނާ ދޫކޮއްލާފައި މާދުރައް ހިގައްޖެއެވެ.

ނިދިފައިއޮތް ނަފީސާއަށް ހޭލެވުނީ މީހަ ބެލް އަޅާއަޑަށެވެ. މިހާރު މެންދަމުން އަލިވެއެކެއްޖަހާ ދިޔައީއެވެ. ނަފީސާ ޔާސިރައް ގޮވާލިއެވެ.

ޔާސިރު ނަފީސާއާއި އެކު ގޮސް ދޮރުހުޅުވާލިއެވެ.

ދޮރުމަތީގައި ރޮވިފައި ހުރި ޝީން ފެނުމުން ނަފީސާއަށް ކޮންމެސް ކަމެއް ގޯސްވެއްޖެކަން އެގުނެވެ.

ކިހިނެއްވީ ކަބުލޯ ” ކޮބާ އަލޫކް “ޔާސިރު ޝީން ކޯނޑުގައި ފިރުމާލަމުން ބުނެލިއެވެ” ނަފީސާ ދޭބަލަ މުނީރާއަށް ގޮވާލަން ” ޔާސިރު  ނަފީސާއާއި ދިމާލައް ބަލައިލަމުން ބުނެލިއެވެ.

ނަފީސާގޮވަން ފެށުމުން މުނީރާ ކޮޓަރިން ނިކުތެވެ.” ކިހިނެއްވީ ނަފީސާ މިގަޑިގާ” މުނީރާ ސުވާލް ކުރުމުން ވެސް ނަފީސާ އެއްވެސް ޖަވާބެއް ނުދީ މުނީރާ ގޮވައިގެން ތިރިއަށް ފޭބިއެވެ.

ސިޓިންގްރޫމްގައި ކައިވެނީގެ ހެދުމުގައި ހުރި ޝިން ފެނުމުން މުނީރާ އަށް ހުއްޓެވުނެވެ.
ނަފީސާ ދެފަހަރަކު އަތައް ދަމާލުމުން މުނީރާ ޝިން އާއި ގާތްވެލިއެވެ.ޝީން ޙީވަނީ ރޮއެ ރޮއެ ހަލާކް ވެދާނެހެންނެވެ،

އެމަންޒަރުބަލަން މުނީރާގެ ހިތަކައް ކުޅަދާނައެއް ނުވިއެވެ.

ޝީންގެ ގައިގާ ބައްދާލަމުން މުނީރާވެސް ރޯންފެށިއެވެ.
މަންމާ އަލޫކް އަހަރެން ދޫކޮއްލާފަ ހިގައްޖެ ” ޝީން ރޮމުން މުނީރާ ގައިގާ ބައްދާލައިގެން ހުރެ ހުރިހާ ވާހަކައެއް ކިޔާދިނެވެ.

ޝީންގެ ގައިގާ ވަށާލެވިފައިވާ މުނީރާގެ ދެއަތް  މަޑުމަޑުން ދޫވެ ދެލޯ މެރުނެވެ.

ޝިން އަށް މުނީރާ އަށް ވީގޮއް ފެނުމުން ކުރިއަށް ވުރެ ބާރައް  މަންމަ އަށް ގޮވަމުން ރޯންފެށިއެވެ.
އެރު މުނީރާގެ ހަބަރު ހުސްވެގެން ޝީންގެ އަތްމައްޗައް ވެއްޓީއްޖެއެވެ.

ޔާސިރް އަވަހައް ކާރުނެރޭ” ނަފީސާ ރޮއިގަންނަމުން ބުނެލިއެވެ.

ޔާސިރުއާއި ޝީން މުނީރާ ގޮވައިގެން ހޮސްޕިޓަލްއަށް ދިޔައިރު ނަފީސާ އަށް ނުދެވުނީ ޔޫން ނިދާފައި އޮތީމައެވެ.

މުނީރާ ހޮސްޕިޓަލް އަށް ގެންދެވުމާއެކު  އައިސީޔޫ އަށް ވެއްދިއެވެ. ޑޮކްޓާރުންނާއި ނަރުހުން ކޮޅައް ކޮޅައް ދުވަންފެށިއެވެ.

އޭރުވެސް ޝީން އަށް ރޮވެނީއެވެ. ” ކަބުލޯ ހިތްވަރު ކުރަން ވާނެ’ މަންމަ އިރާދަ ކުރެއްވިއްޔާ ވަރައް އަވަހައް ރަގަޅުވާނެ ” ޔާސިރު ޝީން އަށް ވަރައް ހިތްވަރުދެވޭތޯ މަސައްކަތް ކުރިއެވެ. އާދޭ އިށީންނަން ދާން ” ޔާސިރު ޝީން ގައިގާ ހިފަހައްޓަމުން ކުރިއަށް ހިނގައިގަތެވެ.

ޝީން ގޮޑިގައި ބޭނދުމައްފަހު ޔާސިރު އައިސީޔޫ ކައިރި މަޑުކޮއްލިއެވެ.

ކުޑައިރުކޮޅެއްފަހުން ޑޮކްޓަރ ނިކުތުމުން ޔާސިރު ކުރިއަށް ޖެހިލިއެވެ. ކިހިނެއްތޯ މިހާރު ޑޮކްޓާރ ” ޔާސިރު ކައިރީ ހުއްޓިލަމުން ސުވާލް ކޮއްލިއެވެ.

އައި ޢޭމް ސޮރީ”  ޕޭސަންޓް މިކޮޅަށް ގެނެވުންއިރުވެސް ވަނީ ނިޔާވެފަ”  ޑޮކްޓަރ ޔާސިރުގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ.

ޑޮކްޓަރގެ އެ ޖުމްލައިން ޔާސިރުވެސް ހުއްޓުން އެރިއެވެ.ހަދާނެ ގޮތް ހުސްވިއެވެ.އެހަބަރު އޭނަ ޝީން އަށް ދޭނީ ކިހިނެއްހެއްޔެވެ. މިހާރުވެސް އެފަކީރު ހީވަނީ ރޮއި ރޮއި ހަލާކް ވެދާނެހެންނެވެ.

ޔާސިރު އެއްފަރާތަކައް ޖެހިލަމުން ނަފީސާއަށް ގުޅުމައްފަހު އެހަބަރު ދިނެވެ. ނަފީސާއަށް ވެސް ބާރައް ރޮއިގަނެވުނެވެ.

ކޮބާ ޝިން ” ނަފީސާ ރޮމުން ވާހަކަ ދެއްކިއެވެ” އަހަރެން ނަން އެމަންޖެ ކާރީ ބުނާނެ ހިތްވަރެއްނެއް މިހާރުވެސް ރޮއެ ރޮއެ ހަލާކްވެފް އެއިނީ” ޔާސިރުވެސް ހަދާނެ ގޮތް ހުސްވެފަ ވާ މީހެއްހެން ބުނެލިއެވެ.

އަހަރެން އެބަ ބަލަން ދެވެތޯ”ނަފީސާ އެހެން ބުނެ ފޯން ކަނޑާލީ ޔާސިރުއަށް އެއްޗެއް ބުނަން ފުރުސަތުވެސް ނުދީއެވެ.

ނަފިސާ ދޮރުހުޅުވާލުމައްފަހު މައްޗައްއެރެން ހުރި ލިފްޓުން ތިންވަނަ ފްލޯއަށް ދިޔައެވެ.

ދޮރުގައި  ބެލް އަޅާލަމުން ހާމިދާއަށް ނަފީސާ ވަރައް ބާރައް ގޮވާލިއެވ.އެވަގުތަކީ ފަތިސް ވަގުތުކަމުން ހާމިދާ ނަމާދައް ހޭލާ އުޅެވަގުތެކެވެ

ދޮރު ހުޅުވާލުމާއެކު ނަފީސާ ހާމިދާއަށް ވެގެން އުޅޭ ގޮތް ކިޔައިދިނުމައްފަހު ޔޫން ބަލައިދިނުމައް އެދުނެވެ.ހާމިދާއަކީ އެގޭގައި ކުއްޔަށް އުޅޭ ނަފީސާގެ ގާތް އެކުވެރިއެކެވެ.

ހާމިދާ އެކަމާއެއްބަސް ވުމުން ނަފީސާ  ހޮސްޕިޓަލް އަށް ދިއުމައްޓަކާ ނިކުތެވެ.

ޓެކްސީއަކައް އެރުމައްފަހު ދާންވީތައް ބުނެލުމައްފަހު ނަފީސާ ހަމަޖެހެވެވޭތޯ މަސައްކަތް ކުރިއެވެ. ކާރު މަޑުކޮއްލުމާއެކު ނަފީސާ  ހޮސްޕިޓާލް ތެރެއަށް ވަދެގެން އައިއިރުވެސް ލޮލުން ކަރުނަ އާދެއެވެ.

ނަފީސާއަށް އެހިސާބައް އެރުން އިރު ހުދުފޮތިން މޫނުނިވާކޮއްފައިވާ މުނީރާގެ ހަށިގަނޑު ނެރެނީއެވެ.

އެމަންޒަރު ފެނުމުން ޝީން އަށް އެދިމާލައް ދުއްވައިގަނެވުނެވެ. ތުރުތުރު އަޅަމުން ދިޔައިގިލިތަކުން  ފޮތިގަނޑު ހިތްލާލިއެވެ

އަހަރެންގެ ސަބަބުން މަންމައެހެން އެވީ ” އަހަރެން ދުވަހަކުވެސް އަހަރެންނައް މާފެއް ނުކުރާނަން “” “މަންމާ އަހަރެން ދޫކޮއްފަ ނުދޭ ”

ޝީން ހީވަނީ މޮޔައެއްހެންނެވެ. ޝީންއަށް މަންމަ އަބަދުގެ އަބަދައް ނިދަލީކަން އެގުމުން ހިތައް ކެއްނުވާވަރުވިއެވެ.

ދުނިޔޭގެ ހިގުން ހުއްޓުންހެން ހީވިއެވެ. ޝިންއަށް ނޭވާވެސް ނުލެވުނެވެ. އޭރު ނަފީސާއަށް ވެސް ރޮވެނީއެވެ.

ހުރިހާ ކަމެއް އެއްފަހަރާ ކުރިމަތިވުމުން ޝީންގެ ހިތައްކުރާނެ އަސަރު ނަފީސާއަށްވެސް އެގެއެވެ.

މުނީރާގެ ހަށިގަނޑު އާސަހަރާއަށް ގެނދެވި ކަށުކަމާކެމީގެ ކަންތައް ނިމި މެންދުރުނަމާދައްފަހު މުނީރާގެ ހަށިގަނޑު ވަޅުލެވުނެވެ.

މުނީރާ ވަޅުލިފަހުން ޝީން އެސްފިޔަ ޖަހާލަންވެސް ހަދާންނެތި ގަނޑުވެފައިވާ ބުދެއްހެން އިންއިރު ލޮލުން ގިނަވަމުންދިޔަ ކަރުނަތަށް ހިފެހެއްޓޫމެއްނެތި ފައިބަމުން ދިޔައެވެ..

މަންމަގެ އެ ކުއްލިވަކިވުމުން ޝިންގެ ދިރިއުޅުން އެފުއްމިފުށާއްޖެހިއްޖެއެވެ.

ވިސްނިވަރަކައް ޝީންގެ ސިކުނޑި ހީވަނީ ފަޅައިގެންގޮސްދާނެހެންނެވެ.

ހަޔާތުގެ ހުރިހާ އުފަލެއް އެމަންމައާއިއެކު ވަޅުލެވުން ފަދައެވެ.

ތިވަރައް ނުރޮއެހިތްވަރު ކުރަން ވާނެ ޝީން ” އާދޭ ކުޑަކޮއްވެސް އެއްޗެއްކާލެވެތޯ ” ރޭންސުރެ ތިހިރީ އެއްވެސްއެއްޗެއްނުކައެއްނު”ނަފީސާ ޝިންގެ އަތުގައިހިފައގެން އައިސް ގޮޑީގައި ބައިންދަމުން ބުނެލިއެވެ.

ނަމަވެސް އެންމެ ކާއެތިކޮލެއްވެސް ޝީންގެ އަރުތެރޭން އެތެރެވާގޮތެއްނުވިއެވެ. ހަމަ ރޮވެނީއެވެ.

މުނީރާ މަރުވިތާ ހަފްތާއެއް ފާއިތުވެގެން ދިޔައިރު ޝީން މަދުމަދުން ކޮޓަރިން ނިކުމެ މީހުންނާ ވާހަކަ ދައްކާލާ ހަދައެވެ  ނަމަވެސް ނިދަން ކޮޓަރިއަށް ވަދެވުމާއެކު  ޝީންގެ ހިތައްކެންނުވެ ރޮވެނީއެވެ.

މިހުރިހާ ކަމެއް މިވީ އަލޫކްގެ ސަބަބުން ” އަޔާ އެދުވަހު ބުނިހެން އަހަރެންނައް އެކަހަލަ މީހަކާ ނޫޅެވުންނަމަ “އެހެންނޫންނަމަ އަހަރެންގެ މަންމަވެސް ދުނިޔޭގަ ހުރީސް ” އަހަރެން މިއަދު އެކަނިވެއްޖެ “ހުރިހާއެންމެން އަހަރެން ދޫކޮއްލައިފި ” ހުރިހާ ކަމެއް މިވީ ހަމަ އަލޫކްގެ ސަބަބުން ” ކީއްވެ ލޫކް …ކީއްވެ ” އަހަރެންނައް އޮޅުވާލީ “އަހަރެންގެ މަންމައާއި އަހަރެން ވަކިކުރީ  ” އަހަރެން އަޔާއާއި ވަކިކުރީވެސް ހަމަ ލޫކް ” އަޔާ ދުވަހަކުވެސް އަހަރެންނައް ދެރައެއް ލިބުމަކައްނޭދޭނޭ” އެކަމަކު އެދުވަހުވެސް އަހަރެން އަޔާދެކެއައީ ރުޅީ’

ޝީން ރޮމުން ވާހަކަ ދެއްކިއެވެ

އަޔާ….. އަހަރެން އެކަނި ވެއްޖެ…..

އަޔާ….

******** ********* ***************

ދައްތާ !! އަހަރެންނަކައް ނޭގެ ދައްތަ އަށް ސުކުރުވެރިވާނެގޮތެއްވެސް “އަހަރެން ދެން ބޭނުންވަނީ ރަށައް ދާން “ޝީން އައިސް ނަފީސާގާތު އިށީންދެލަމުން ބުނެލިއެވެ.

ކީއްވެ “ދައްތަ ބޭނުމެއްނޫން ޝީން އެކަނި އުޅެން ރަށައް ދާކައް “ދައްތަ ގަބޫލް ކުރަނީ ޝިން އަކީ މިހާރު ދައްތަގެ ދަރިއެއްކަމައް ” ޝީން ދެން އުޅޭނީ މިގޭގަ “‘ ނަފީސާ އެހެން ބުނުމުން ޝީންއަށް އިތުރަށް އެއްވެސްއެއްޗެއްބުނާކައް ނުކެރުނެވެ.

ގަދަ ނިދީގައި އޮތް އަޔާޒް އަށް މިރޭވެސް ހޭލެވުނީ މިހަފްތާއެއްކޮއް ފެންނަމުންދިޔައެއް ހުވަފެން މިރޭވެސް ފެނުމުންނެވެ.

ކީއްވެތަ އަބަދު މި ހުވަފެން މިފެންނަނި  ….

ހަމަ ނިދިލާއިރައްވެސް އެހުވަފެން ފެންނަނީއެވެ. އެއީ އަޔާޒް އެކޮޅައް ދިޔަފަހުން ކޮންމެ ރެއަކުވެސް މެދުކެނޑުމެއްނެތި ފެންނަމުންދާ ހުވަފެނެކެވެ. ގަދަކަނޑެއްގާ ފަތަ ފަތާ ވަރުވަލިވެގެން ރޮމުން ސަލާމަތައް އެދި ޝީން އަޔާޒް އަށް ގޮވަނީއެވެ.

އަޔާޒް އެހުވަފެނާދޭތެޜޭ ވިސްނަން ބޭނުން ނުވިޔަސް ކޮންމެރެއަކު ތަކުރާރުކޮއް ފެންނަން ފެށުމުން އަޔާޒް ހިތް ބިރުގަންނަނފެށިއެވެ.

އަނެއްކަ އަލޫކް ޝީން އަށް އަނިޔާ ކުރަނީތަ؟ ނޫން ނޫން …. އެރޭގެ ހާދިސާއަށްފަހު ފެންނަ ހުވަފެނެއް އެއީ ” އހަރެން ޝީންގެ ދިރިއުޅުން ހަލާކް ކޮއްލާފަ މިއައީ “އަޔާޒް ބޮލު އިސްތަށިގަނޑުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ’އަޔާޒް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތުތެރޭން ޝީން ގެ ހަދާންތައް ފޮހެލާނެ ގޮތަކާދޭތެރޭއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ތަޤްދީރު (10)

Next

ވަންހަނާ (ނަވާރަވަނަ ބައި)

Next
March 11, 2018

ވަންހަނާ (ނަވާރަވަނަ ބައި)

Previews
March 10, 2018

ތަޤްދީރު (10)

9 Comments!

  1. Aki says:
    March 10, 2018 at 10:35 pm

    varah furihama ekamu thankolhe kuree mi part

    1. Marie says:
      March 10, 2018 at 11:10 pm

      Thank you… next part dhigukolllaaaan ….thank you
      ? so much aki

  2. shaba says:
    March 10, 2018 at 10:49 pm

    Vvvvv reethi vaahaka ekamaku haadha kurey

    1. Marie says:
      March 10, 2018 at 11:12 pm

      next part dhigukolllaaaan ….thank you
      ? so much shaba

  3. unique says:
    March 10, 2018 at 10:53 pm

    reethi kithanme haaves ekm kuru dhw…… 🙁

    1. Marie says:
      March 10, 2018 at 11:13 pm

      Thank you unique…. next
      ? part dhiguvaane

  4. Hairaan says:
    March 10, 2018 at 10:58 pm

    Varah reethi

    1. Marie says:
      March 10, 2018 at 11:14 pm

      Thank you hairaan …. next
      ? part dhigukollaanan

  5. Aki says:
    March 11, 2018 at 11:32 pm

    alhey koba tha next part avahah up kohla dheebaa

Comments are closed.

Next Episodeޝީން(ފަނަރަވަނަ ބައި)←


All Right Reserved!