Skip to content
އެސްފިޔަ

ތަޤްދީރު (8)

“ނޫން. ލައްކަދުވަހު އަޅުގަނޑަށް ސިއްރުކުރެވިއްޖެއެއްނު. ދެން ކިޔައިދީ.” ނުރުހުންވެފައި އީނާލް ބުނެލިގޮތުން ޔާނިކް ކަންބޮޑުވިއެވެ. މަލްހާއަކީ ދުވަހަކުވެސް އޭނާއަށް ލިބެންނެތް ނަސީބެއްކަން އިނގޭއިރު އެވާހަކަ ދައްކާކަށް ޔާނިކް ބޭނުމެއްްނުވެއެެެވެ. އެހެނަސް އީނާލް ގޮތްދޫނުކުރާނެކަން އޭނާއަށް އިނގެއެވެ. އެހުރިހައި ވާހަކައެއް އިނގުމުން އީނާލްގެ ހިތަށްއަރާނީ ކީކޭކަމެއްވެސް ނޭނގެއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފުންނޭވައެއްލަމުން ޔާނިކް އީނާލްގެ މޫނަށް ބަލައިލިއެވެ.

ޔާނިކްގެ ޖަވާބެއްގެ އިންތިޒާރުގައި އިން އީނާލްގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ޔާނިކް ވާހަކަ ދައްކަން ފެށިއެވެ. “ދޮންބެއަށް.. ދޮންބެއަށް ކުއްޖެއްދެކެ ލޯބިވެވުނީ.” ހިތިގޮތަކަށް ޔާނިކް ބުނެލި ޖުމުލައާއެކު އީނާލްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެވަރުކަމަކާ ޔާނިކް އެހައި ހިތާމަކުރަންޖެހޭ ސަބަބެއް އީނާލްއަކަށް ނުވިސްނުނެވެ.

“އަސްލުވެސްތަ؟ އޯ މައި ގޯޑް. މިއަދު ހުސް ސަޕްރައިޒްސް ލިބޭ ދުވަހެއްދޯ. ދޮންބެ ނުވެސް ބުނަމެއްނު އަޅުގަނޑު ގާތު. އަވަހަށް މަންމަ ފޮނުވަންވީދޯ އެކުއްޖާގެ ގެއަށް ކައިވެންޏަށް އެދި.” އުފަލުން ދެއަތް ޖަހައިލަމުން އީނާލް ބުނެލިގޮތުން ޔާނިކްގެ ހިތަށް ތަދުވެގެން ދިޔައެވެ. އެކުއްޖާ ދުވަހަކުވެސް އޭނާއަށް ލިބުމެއްނެތޭ ޔާނިކްގެ ހިތަށް އެރިއެވެ.

“ނާލް. ހަމަޖެހިބަލަ. ދޮންބެ ބުނީ ދޮންބެއަށް އެކުއްޖާދެކެ ލޯބިވެވުނު ވާހަކައޭ. އޭނަ ދޮންބެ ދެކެ ލޯބިވާ ވާހަކައެއް ނުބުނަމެއްނު.” ފުންނޭވައެއްލަމުން ޔާނިކް އީނާލްގެ އަތުގައި ހިފައިލަމުން މަޑުމައިތިރި ރާގަކަށް ބުނެލިއެވެ.

“އޯ ކަމްއޯން ބްރަދަރ.. ދޮންބެ ދެކެ ލޯބިނުވާނީ ކާކު؟ ދޮންބެ ކަހަލަ މީހަކަށްޓަކައި އެތައް އަންހެންކުދިންނެއް ފިދާވާނެ. ހެހެ. އަޅުގަނޑަށް ޔަގީން އެކުއްޖާއަށްވެސް ދޮންބެ ކަމުދާނެކަން.” ފުޅާހިނިތުންވުމަކާއެކު އީނާލް އެހެން ބުނެލީ އެކަމުން ޔާނިކްގެ ހިތަށް ތަދުވާނެވަރު އިހުސާސުނުވާ ހާލުގައެވެ. އީނާލްގެ ވާހަކައާއެކު ހިތިގޮތަކަށް ޔާނިކް ހިނިތުންވެލިއެވެ.

“ނޫން ނާލް. ކޮންމެ ކޮންމެ އަންހެންކުއްޖަކު ނުވާނެ. ނާލްގެ ދޮންބެ ވަރަށް ނަސީބު ދެރަ.” ކާރުގެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްްޓައިލަމުން ޔާނިކް ބުނެލި ޖުމުލަތަކާއެކު އީނާލްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. “ކީއްވެ އެހެން ތިބުނީ؟” ހައިރާންކަމާއެކު އީނާލް އަހައިލިއެވެ. އޭރު ކުރިން އެއަޑުގައިހުރި ޖޯޝާއި ފޯރިވެސް ނެތިގެން ގޮސްފިއެވެ. އޭނާގެ ދޮންބެ ނަސީބުދެރަވާންވީ ކީއްވެހެއްޔެވެ؟

“އާން ނާލް. ދޮންބެ ވަރަށް ނަސީބުދެރަ. ދުވަހަކުވެސް ދޮންބެއަކަށް އެކުއްޖާއެއް ނުލިބޭނެ.” ހިތްދަތިގޮތަކަށް ޔާނިކް ބުނެލިއެވެ. “ކީއްވެތަ ދޮންބޭ؟ އަޅުގަނޑު ގާތު ތިކުއްޖާގެ ނަން ބުނެބަލަ. ދޮންބެގެ އުފަލަށްޓަކައި އެކުއްޖާގާތު އާދޭސްކުރަން ޖެހުނަސް އަޅުގަނޑު އެކަން ކުރާނަން. އިންޝާ ﷲ އަޅުގަނޑު ދޮންބެއަށް އެކުއްޖާ ހޯދައިދޭނަން. ބުނެބަލަ ދޮންބޭ. އަޅުގަނޑަށް ކޮންމެފަދަ ކަމެއްކުރަން ޖެހުނަސް ހަމަ ތައްޔާރޭ.” ޔާނިކް ދެރަވެފައިއިންތަންފެނި އީނާލްގެ ހިތުގައިވެސް ޖެހުނެވެ. ދިރިއުޅުމުގައި މިހައި ތަނަށް އައިއިރު ދުވަހަކުވެސް ޔާނިކް ދެރަވެ ހިތާމަކުރަނިކޮށް އީނާލް ނުދެކެއެވެ. ކުއްލިއަކަށް މިފަދަކަމެއްވުމުން އޭނާވެސް ދެރަވިއެވެ. ޔާނިކްގެ އުފަލަށްޓަކައި ކޮންމެފަދަކަމެއް ކުރަންޖެހުނަސް އޭނާ ފަސްޖެހުމެއްނެތި އެކަމެއް ކުރާނެއެވެ. އެހައިވެސް ބޮޑަށް އޭނާ ޔާނިކްދެކެ ލޯބިވެއެވެ.

ހިތާމަވެރި ހިނިތުންވުމަކާއެކު ޔާނިކް އީނާލްގެ މޫނަށް ބަލައިލިއެވެ. އޭރު އެދެލޮލުގައި ކަރުނައިގެ މުތީތައް ވިދައި ބަބުޅަމުން ދިޔައެވެ. އެތަންފެނި އީނާލްގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދޮންބޭ އޭ ކިޔައި ވައިއަޑުން ޔާނިކްއަަށް ގޮވައިލެވުނެވެ.

“އެއީ މީހެއްގެ އަންބަކަށް ވިޔަސްވެސްތަ؟ އެމީހާގެ ދަރިއަކަށް އޭނާ ބަލިވެއިނަސްތަ؟ ނާލް ކިހިނެއް އެހެން މީހެއްގެ ހައްގެއް ދޮންބެއަށް ހޯދައިދޭނީ؟” ތުންފަތުގައި ދަތްއަޅައިލަމުން އިސްޖަހައިލި ޔާނިކްގެ އެސްފިޔަތަކުގެ ތެރެއިން ކަރުނަތައް އޮހޮރިގަތީ އިތުރަަށް ކެތްނުވުމުންނެވެ. ހުއްޓުން އަރައިފައި އީނާލް އިނީ އޭނާއަަށް އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައެވެ. ދެލޯބޮޑުކޮށްލައިގެން ޔާނިކްގެ ހިތާމަވެރި މޫނަށް ބަލަންއިން އީނާލްގެ ދެލޮލުންވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެންފެށިއެވެ. ބުނާނެ އެއްޗެއްނޭނގިފައި އޭނާއަށް އިނދެވުނީއެވެ. އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ދާދި ދެންމެއަކު އޭނާގެ ލޯބިވާ ދޮންބެއަށްޓަކައި ކޮންމެފަދަ ކަމެއްކުރަންޖެހުނަސް ކުރާނަމޭ ބުނި އީނާލްވަނީ ގޮތްހުސްވެފައެވެ. އާއިލާއެއް ރޫޅައިލުމަށްފަހު މީހެއްގެ އަންބެއް އޭނާ ގެންނާނީ ކިހިނެއްހެއްޔެވެ؟ އޭގެ ސަބަބުން ހަލާކުވެގެން ދާނީ ކިތައްމީހުންގެ ދިރިއުޅުންކަމެއްވެސް ނޭނގެއެވެ. އެކުއްޖާގެ ބަނޑުގައި ބޮޑުވަމުންއެދާ ތުއްތު ފުރާނައަށްވެސް އެއިރުން އެދެވުނީ ވަރަށްބޮޑު އަނިޔާއެއްކަން ކަށަވަރެވެ. ހަމަޖެހިގެން އުފަލުން އުޅެމުންދާ އާއިލާއެއްގެ މެދަށް ވަދެއްޖެނަމަ އޭނާ ފާފަވެރިވާނެކަންވެސް ގައިމެވެ. ދެންހަދާނީ ކިހިނެއްހެއްޔެވެ؟ ޔާނިކްއަށްޓަކައި ކިތަންމެބޮޑުކަމެއް ކޮށްދޭން ޖެހުނަސް އޭނާ އެކަމެއް ކުރަން ބޭނުމެވެ. އެހެނަސް…

އީނާލަށް އިސްޖަހައިލެވުނީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. އެދެމެދަށް ވެރިވިހަަމަހިމޭންކަން ނަގައިލަން ދެމީހުންކުރެ އެކަކުވެސް ބޭނުންނުވާފަދައެވެ. އެއްވެސް ވާހަކައެއްނުދައްކައި ހަމަހިމޭންކަންމަތީގައި ދެމީހުންވެސްތިބީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ.

“ދޮންބޭ. އަޅުގަނޑު..” އިރުކޮޅަކު އެހެން ތިބުމަށްފަހު އީނާލް ވާހަކައެއް ފެށޭތޯ މަސައްކަތްކުރިއެވެ. “އިޓްސް އޯކޭ ނާލް. މީގަ ނާލްއަށްވެސް ވަކި ކޮށްދެވޭނެ ކަމެއް ނެތްކަން ދޮންބެއަށް އިނގެއޭ. ދޮންބެއަށް އިނގޭ ނާލްއަށް ކިރިޔާވެސް ކަމެއްކޮށްދެވޭނެނަމަ އެކަމެއް ކުރީސްކަން. ދޮންބެވެސް ބޭނުމެއްނޫން ދެމަފިރިއެއް ދޭތެރެއަށް ވަންނާކަށް. އެހެންވީމަ ދެން އެންމެ ރަނގަޅުވާނީ އެވާހަކަ ނުދެއްކުން.” ލޯތްބާއެކު އީނާލްގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ޔާނިކް ބުނެލިއެވެ. އެއާއެކު އީނާލް ޔާނިކްގެ ގައިގައި ބައްދައިލިއެވެ. ދޮންބެގެ ހިތާމައިގައި އަހަރެންވެސް ބައިވެރިވަމޭ ބުނާފަދައިންނެވެ.

އީނާލްގެ ބޮލުގައި ޔާނިކް ފިރުމައިލީ ލޯތްބާއެކުއެވެ. އޭނާއަަށްޖެހޭ ކޮންމެ ކަމެއްގައިވެސް އީނާލް އޭނާއާއި އެކުގައިވާނެކަން ޔާނިކްއަށް އިނގެއެވެ.

ޔާނިކް ދެރަވެދާނެތީ އިތުރަށް އެއަންހެންކުއްޖާގެ ވާހަކަ ދައްކާކަށް އީނާލް ބޭނުމެއްނުވިއެވެ. އެހެންކަމުން ޔާނިކް އާއި ދުރުވެލަމުން ހިތްވަރުދޭފަދަ ގޮތަކަށް އީނާލް ހިނިތުންވެލިއެވެ. އެތަންފެނި ޔާނިކްވެސް ހިނިތުންވެލިއެވެ.

“ހިތްވަރުކުރޭ ދޮންބޭ. މިއީ އިމްތިހާނެއްކަމަށް ބަލައި ކެތްތެރިވޭ. އިންޝާ ﷲ ހުރިހައިކަމެއްވެސް ރަނގަޅުވާނެ. އަޅުގަނޑު ދޮންބެއަށްޓަކައި ދުޢާކޮށްދޭނަން.” ލޯތްބާއެކު ޔާނިކްގެ މޫނަށް ބަލަމުން އީނާލް ބުނެލިގޮތުން ޔާނިކްގެ ހިތަށް ކުޑަހިދުކޮޅަކަށް ނަމަވެސް ހަމަޖެހުން ލިބިގެންދިޔައެވެ. ބޯޖަހައިލަމުން އީނާލްގެ ކޮލުގައި ލޯތްބާއެކު ޔާނިކް ފިރުމައިލީ ހަގީގަތުގައިވެސް އޭނާގެ ކޮއްކޮއާާއި މެދުގައި ފަޚުރުވެރިވާ ހާލުގައެވެ.

** ** **

ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓައިލައިގެން ލިވްޔާ އިނީ މަލްހާ ފޮނުވި އޭނާގެ ކައިވެނީގެ ރޭގައި ނަގައިފައިހުރި ފޮޓޯތަށް ބަލާށެވެ. ރާއިދާާއި މަލްހާގެ ފޮޓޮއެއް ފެންނަ ކޮންމެ ފަހަރަކު ނޭނގޭ ބާރުމިނެއްގައި ލިވްޔާގެ ހިތް ތެޅިލައެވެ.

ލެޕްޓޮޕްގެ ސްކްރީނުން ފެންނަމުންދިޔަ ރާއިދްގެ މޫނަށް ފަރުވާތެރިކަމާއެކު ލިވްޔާ ބަލަމުންދިޔައެވެ. އޭރު މުޅިމީހާގެ މޫނަށްވަނީ ލަދުވެތިކަމުގެ ރަތްކުލަ ވެރިވެފައެެވެ. ރާއިދްގެ ގާތުގައި ހެވިފައިހުރި މަލްހާ ފެނުމުން ލިވްޔާއަަށް އެހައި ކަމުނުދިޔައީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ފޮޓޯ ޒޫމްއިން ކޮށްލުމަށްފަހު ހަމައެކަނި ރާއިދް ފެންނަވަރަށް ބަހައްޓައިލަމުން ލިވްޔާ ހިނިތުންވެލީ ބޭއިޚްތިޔާރުގައެވެ. އޭނާއަށް މިވަނީ ކިހިނެއްހެއްޔެވެ؟

އިރުކޮޅަކު ފޮޓޮއަށް ބަލަން އިނުމަށްފަހު ލިވްޔާއަށް ސްކްރީނުން ފެންނަންހުރި ރާއިދްގެ މޫނުގައި ފިރުމައިލެވުނެވެ. “ރާއިދް.” އެނަން ކިޔައިލެވުމާއެކު އަމިއްލަ އިޚުތިޔާރުން ބޭރުގައި އޭނާއަަށް ހިނިތުންވެލެވުނެވެ. މޮޔައަކު ފަދައިން އެފޮޓޮއަށް ބަލަން ހެވިފައިއިން ލިވްޔާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އަޔާޒު އޭނާއަށް ގޮވައިލުމުންނެވެ. އަވަސް އަވަހަށް ލެޕްޓޮޕް ލައްޕައިލަމުން ގަދަކަމުން ލިވްޔާ ހިނިތުންވެލިއެވެ.

ލިވްޔާއަށްވީގޮތް ފެނިފައި އަޔާޒު ހައިރާންކަމާއެކު ނިތްއަރުވައިލިއެވެ. ހީވަނީ މީހަކު ވައްކަމެއްކުރަން އުޅެނިކޮށް އަތުލައިގެނެވުނުހެންނެވެ. އަޔާޒު ކޮޓަރިތެރެއަށް ވަންނަމުން ލިވްޔާއާއި ދިމާއަށް ހިނގައިގަތެވެ.

“ލިވީ. ކޮންއެއްޗެއް ތިބަލަނީ ލެޕްއިން؟” ލިވްޔާ ގާތުގައި އިނށީދެލަމުން އަޔާޒު އަހައިލިއެވެ. އެއާާއެކު ލިވްޔާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. މޫނުގައި ދާތިކިތައް ބަބުޅަންފެށީ ގަންފައިވާ ބިރާއިއެކު އަޔާޒުއަށް އޭނާކުރަންއިންކަންތައް އިނގިދާނެތީއެވެ.

“ނު.. ނުބަލަން އެއްޗެއް.” ހިސާބަކަށް ޖެހިލުންވެފައި އިނދެ ލިވްޔާ ބުނެލިއެވެ. އެއާއެކު އެހެން ހެއްޔޭ ކިޔައި އަޔާޒު ލައްޕައިލެވިފާ ލެޕްޓޮޕާއި ދިމާއަަށް ބަލައިލިއެވެ. އަދި މަޑުމަޑުން ލެޕްޓޮޕް ނަގައި ލިވްޔާގެ މޫނަށް ބަލައިލިއެވެ.

އަޔާޒުގެ މިއަމަލުން ލިވްޔާ ކަންބޮޑުވެގެންގޮސް ތުރުތުރުއަޅަން ފެށިއެވެ. އެއްގޮތަކަށްވެސް އޭނާ ކުރަންއިން ކަންތައް އެކަކަށްވެސް އިނގޭކަށް ލިވްޔާ ބޭނުމެއްނޫނެވެ. ޒޫމް ކުރެވިފައިވާ ރާއިދްގެ ފޮޓޮއެއް އޭނާގެ ލެޕްޓޮޕް ސްކްރީނުން ފެނިއްޖެނަމަ އަޔާޒު ހިތަށް އަރާނީ ކީކޭހެެއްޔެވެ؟

އަޔާޒު އަތުން ލެޕްޓޮޕް އަތުލާކަށްވެސް ލިވްޔާއަކަށް ނުކެރުނެވެ. އޭނާ އެފަދައިން ކަންކޮށްފިނަމަ އަޔާޒު އޭނާއަަށް ޝައްކުކުރާނެކަން ޔަގީނެވެ. ކަންބޮޑުވެފައި ދެއަތް ދެއަތާމޮޑެންއިން ލިވްޔާ ނޭފާ ހިފަހައްޓައިލަމުން ދެލޯމަރައިލީ އަޔާޒު ލެޕްޓޮޕް ހުޅުވައިލިތަން ފެނިފައެވެ. ދެންވާނެ ގޮތަކާއި މެދުގައި ވިސްނަމުންދިޔަ ލިވްޔާގެ ހިތް ހީވަނީ މޭފަޅައިފައި ނުކުމެދާނެހެންނެވެ.

“ލެޕް މިއޮތީ ޗާރޖް ގޮސްފައެއްނު.” އަޔާޒުގެ އަޑަށް ސިހިފައި ލިވްޔާ ދެލޯހުޅުވައިލިއެވެ. އެވަގުތު ޗާރޖް ގޮސްގެން ނިވިފައިވާ ލެޕްޓޮޕް ފެނިފައި ނަސީބެކޭ ލިވްޔާގެ ހިތަށް އެރިއެވެ. އޭނާ ހަނދާންނެތި ލެޕްޓޮޕް ޗާރޖް ނުކުރެވި އޮތީއެވެ. ހަމަޖެހުމުގެ ނޭވާއެއްލަމުން ލިވްޔާ އަޔާޒާއި ދިމާއަށް ހިނިތުންވެލިއެވެ.

“ގެނޭ ޗާރޖަށް ޖަހަން. ދޮންބެ ކަމަކުތަ އައީ؟” އަޔާޒު އަތުން ލެޕް އަތުލަމުން ލިވްޔާ އަހައިލިއެވެ. “ނޫން. ދޮންބެ ކޮޓަރިއަށްދަމުން ހަމަ ވަދެލީ.” ހިނިތުންވެލަމުން އެހެން ބުނެލުމަށްފަހު އަޔާޒު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ލިވްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. މިއަދު އޭނާ ސަލާމަތްއެވީ ހަމަކިރިޔާއެވެ. ފުންނޭވާއެއްލަމުން ލިވްޔާ އަވަހަށް ލެޕްޓޮޕް ޗާރޖަށް ޖަހައިލިއެވެ.

** ** **

ސިއްރު ސިއްރުން ކޮޓަރިއަށްވަދެ ލަސްފިޔަވަޅުތަކެއްގައި ޝަމްއަލް އެނދާއި ދިމާއަަށް ހިނގައިގަތެވެ. އެއްއަތުން އޭނާގެ އަންނައުނުތައް އަޅައިފައިއޮތް ދަބަސް ހިފައިގެންހުރެ އެނދާއި އަރައި ހަމަވުމާއެކު ދަބަސް ތިރީގައި ބަހައްޓައިލަމުން ލޯތްބާއެކު ނިދިފައިއޮތް އީނާލްގެ މޫނަށް ބަލައިލިއެވެ.

އެއްވެސް މީހަކަށް އަންގައިނުލާ ވިޔަފާރި ދަތުރުން އެނބުރި ޝަމްއަލް އައީ އީނާލްއަށް ސަޕްރައިޒްއެއް ދިނުމުގެ ގޮތުންނެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުކަމުން ގޭގައި ހޭލައި އެއްވެސް މީހެއް ނުއުޅޭނެކަން އޭނާއަށް އިނގެއެވެ.

އެނދުގެ އެއްފަރާތުގައި އިނށީދެލުމަށްފަހު ލޯތްބާއެކު އީނާލްގެ މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅު ރީތިކޮށްލިއެވެ. އަދި މަޑުމަޑުން އެދޮންކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލިއެވެ.

މީހެއްގެ ބީހުން އިހުސާސުވެގެން ސިހިފައި އީނާލް ދެލޯހުޅުވައިލަމުން ތެދުވިއެވެ. އޭނާގެ މަގަތުގައި އޭނާގެ މޫނަށް ބަލަންއިން ޝަމްއަލް ފެނުމުން ވަގުތުން އީނާލްގެ ނިދިވެސް ފިލައިގެންދިޔައެވެ. ލަދުރަކި ހިނިތުންވުމަކާއެކު އީނާލް އިސްޖަހައިލީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ. އަނެއްކާ މިއީ ހުވަފެނެއް ބާވައެވެ؟ ޝަމްއަލް އައުމަށް ހަމަޖެހިފައިއޮތީ މީގެ ދެދުވަސްފަހުންނެވެ. އެހެން ހިތަށްއެރުމާއެކު ދެލޯބޮޑުކޮށްލަމުން އީނާލް ޝަމްއަލްގެ މޫނަށް ބަލައިލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އެއްއަތުން އަނެއްއަތުގައި އީނާލް ވިކައިލީ އެއީ ހަގީގަތެއްތޯ ޔަގީންކުރުމުގެ ގޮތުންނެވެ. ވީތަދާއެކު ކުޑަކޮށް ހަޅޭލަވައިގަންނަމުން އީނާލް އޭނާގެ ގާތުގައި ހެވިފައިއިން ޝަމްއަލްގެ މޫނަށް ބަލައިލިއެވެ.

އީނާލްގެ މިމައުސޫމު އަމަލުން ޝަމްއަލްއަށް ހެވުނެވެ. ލަދުގަނެފައި އިސްޖަހައިގެން އިން އީނާލްގެ ދަތްދޮޅި ދަށަށް އަތްލައްވައިލަމުން ލޯތްބާއެކު ޝަމްއަލް އީނާލްގެ އިސްއުފުލައިލިއެވެ.

“އަދިވެސް ޔަގީން ނުވަނީތަ؟ ދައްކަ އަހަރެންވެސް އީން ގެ އަތުގަ ވިކާލަން. އެއިރުން ޔަގީންވެދާނެ.” އީނާލާއި ދިމާއަށް އެއްލޯ މަރައިލަމުން ސަމާސަވެރި ގޮތަކަށް ޝަމްއަލް ބުނެލިއެވެ. އެއާއެކު އީނާލް އިތުރަށް ލަދުގަތެވެ. އޭނާއަށް ކުރެވޭ މޮޔަކަންތަކޭ އެވަގުތު އީނާލްގެ ހިތަށް އެރިއެވެ.

“އަހަރެން ހީކުރީ މީގެ ދެދުވަސްފަހުންކަމަށް އަންނާނީ. އެހެންވީމަ ނޭނގޭނު.” އިސްޖަހައިލަމުން މަޑުމަޑުން އީނާލް ބުނެލިއެެވެ. “ހޫމް. އެކަމަކު ކީއްކުރާނީ؟ އަހަރެންގެ ލޯބި އަނބިމީހާ މަތިން ހަނދާންވާވަރުން ހަމަ ކެތްނުވެގެން މިއައީ. ތިސޫރަ ނުފެނި އެހައި ދުވަހު ކިހިނެއް ކެތްކުރާނީ؟” ސީދާ އީނާލްއާއި ދިމާއަށް ބަލަންއިނދެ ޝަމްއަލް ބުނެލި ޖުމުލަތަކުން އީނާލްގެ ހިތް އަވަސްވެގެން ދިޔައެވެ. ލުއި ހިނިތުންވުމަކާއެކު ޝަމްއަލްގެ މޫނަށް ބަލައިލަމުން އީނާލް އެހެންހެއްޔޭ އަހައިލުމުން ޝަމްއަލްވެސް ބަދަލުގައި ހިނިތުންވެލިއެވެ. އެގޮތުގައި ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. އުފަލާއި ހިތްހަމަޖެހުމާ އެކީއެވެ.

** ** **

ކެބިންގައި އިން ގޮނޑީގައި މަލްހާ އިނށީދެލީ އުނދަގުލާއެކީއެވެ. 9 މަހުގެ ބޮޑުބަނޑާއެކު ހިނގައި އުޅެން އޭނާއަށް މިހާރު ކޮންމެވެސް ވަރަކަށް ދައްޗެވެ. ނަމަވެސް އަދި ދުވަސްފުރެން ކުޑަދުވަސްކޮޅެއް އޮތުމުން އޮފީހަށް އަންނަން މަލްހާ ބޭނުންވީއެވެ.

ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އަތުގައި އޮތް ފައިލް މޭޒުމަތީގައި ބާވައިލަމުން އެފައިލް މަލްހާ ހުޅުވައިލީ އޭގެ މަސައްކަތް އަވަހަށް ނިންމައިލުމުގެ ގޮތުންނެވެ. މަސައްކަތުގައި މަސްއޫލުވެގެން އިން މަލްހާގެ ބަނޑަށް ކުއްލި ތަދެއް އިހުސާސުވުމާއެކު މަލްހާއަށް ބަނޑުގައި އެއްއަތުން ހިފަހައްޓައިލެވުނެވެ. އެއިރުވެސް ކޮންމެވެސް ވަރަކަށް ތަދުއިހުސާސުވަމުން ދިޔައެވެ.

އިރުކޮޅެއްނުވެ ތަދުފިލުމުން ހަމަޖެހިލުމަށްފަހު މަލްހާ ބަނޑުގައި ފިރުމައިލިއެވެ. އެއީ އެހައި ބޮޑުކަމެއްކަމަށް ނުހަދައި މަލްހާ އަނެއްކާވެސް އޭނާކުރަންއިން މަސައްކަތާއިވެގެން އުޅެގަތެވެ. އަނެއްކާވެސް ކުއްލި ތަދެއް ބަނޑަށް އަރައިގެން ދިޔައެެވެ. މިފަހަރު އެތަދަށް ކެތްނުވެގެން މޭޒުގައި މަލްހާއަށް ބާރަށް ހިފަހައްޓައިލެވުނެވެ. އޭރު މުޅިމީހާ ތުރުތުރުއަޅަމުންދިޔައެވެ.

ގާތްގާތުގައި ތަދު އިހުސާސުވާން ފެށުމުން ވަރަށް އުނދަގުލުން މަލްހާ އަތްދަބަހުން ފޯން ނަގައި ނޫރާއަށް ގުޅޭތޯ އުޅުނެވެ. އެހެނަސް އެވަގުތު އެރި ކުއްލިތަދާއެކު މަލްހާ އަތުން ފޯން ތަށިމުށިގަނޑުމައްޗަށް ވެއްޓުނެވެ. “މަންމާ.” މަލްހާގެ އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އޭރު މުޅި ކުއްޖާާވަނީ ދާހިތްލާ ފޯވެފައެވެ. ބަނޑުގައި ދެއަތުން ހިފަހައްޓައިގެން ދެލޯމަރައި ތަގުޑިކޮށްލައިގެން އިނދެ މަލްހާ ހިތްވަރުކުރަމުންދިޔައި ތެދުވެވޭތޯއެވެ.

ބްރޭކަށްދާން ނުކުތް ޔާނިކްއަށް މަލްހާގެ ކެބިންއިން އެއްޗެއް ވެއްޓުނު އަޑުއިވިފައި އެދިމާއަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އަވަސް އަވަހަށް ކެބިންގެ ދޮރުހުޅުވައިލަމުން ޔާނިކް އެތެރެއަށްވަނެވެ.

އެވަގުތު ބަނޑުގައި އަތް އަޅައިގެންއިނދެ މޭޒު ކައިރިއަށް ތިރިވަމުންދިޔަ މަލްހާ ފެނިފައި ޔާނިކްގެ ދެލޯބޮޑުވެގެން ދިޔައެވެ. ބަލަން ނުހުރެ ޔާނިކްއަށް މަލްހާއާއި ދިމާއަށް ދުއްވައިގަނެވުނެވެ. މަލްހާގެ މޫނުމަތިން ފާޅުވަމުންދިޔަ އަަސަރުތަކުން ވިހަންވީ ވަގުތު ޖެހުނީކަން ޔާނިކްއަށް އެނގުނެވެ.

“މަލް. ހިތްވަރުކުރޭ.” މަލްހާގެ ގައިގައި އަތްވަށައިލަމުން ޔާނިކްއަށް އެހެންބުނެވުނީ ލޯތްބާއެކީއެވެ. އޭރު މަލްހާ ބަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުވެގެން ޔާނިކްގެ ގަމީހުގައި ބާރަށް ހިފަހައްޓައިލައިގެން އޮތެވެ. މަލްހާގެ މޫނުމަތީގައި ހިއްލައިފައިހުރި ދާތިކިތައް ފުހެލަދެމުން ޔާނިކް ޖީބުން ފޯން ނެގުމަށްފަހު ޑްރައިވަރަށް ގުޅައިލަމުން އަވަހަށް އޮފީސް ކައިރިއަށް އައުމަށް އެދިފައި މަލްހާ އޭނާގެ އަތްދަނޑި މައްޗަށް އުފުލައިލިއެވެ. އެއިރު ކަންބޮޑުވެގެންގޮސް ޔާނިކްގެ ހިތްވެސް ބާރުބާރަށް ތެޅެމުންދިޔައެވެ.

މަލްހާ އުފުލައިލައިވަގުތު ފެންތަކެއް ފައިބައިގެން އައި ކަހަލަ އިހުސާސެއް ޔާނިކްއަށް ކުރެވުނެވެ. ވަގުތުން ވީގޮތް ވިސްނުމާއެކު ދެލޯބޮޑުކޮށްލަމުން ޔާނިކް ކެބިންއިން ނުކުންނަން އަވަސްވެގަތެވެ. “މަލް ހިތްވަރުކުރޭ. އަހަރެން މަލްއަށް އެެއްވެސް ކަމެއް ވިޔަކަ ނުދޭނަން. ހިތްވަރުކުރޭ.” ކަންބޮޑުވެފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ޔާނިކްއަަކަށް ނޭނގެއެވެ.

ލިފްޓުން ފައިބައިގެން އައި ޔާނިކް ފެނިފައި ނޫރާގެ ދެލޯ ބޮޑުވެގެންދިޔައެވެ. މަލްހާ އުފުލައިލައިގެން ދުވެފައި އޮފީހުން ނުކުންނަންދިޔަ ޔާނިކް ގާތަށް ނޫރަށްއަށް ދެވުނުގޮތްވެސް ނޭނގުނެވެ. “ނޫރާ. ކޯލް ހާރ ހަޒްބަންޑް. އަވަސް. ބުނޭ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް އަވަހަށް އަންނާށޭ. ވީ ޑޯންޓް ހޭވް މަޗް ޓައިމް.” ތުރުތުރުއަޅަމުންދިޔަ އަޑުން ޔާނިކްއަށް ހަޅޭލަވައިގަނެވުނެވެ. ބޯޖަހައިލަމުން ނޫރާ ރިސެޕްޝަނާއި ދިމާއަށް ހިނގައިގަތްއިރު އޮފީހުގެ އެންމެންކަހަލަ ގޮތަކަށް ކަންބޮޑުވެފައި އެމަންޒަރުބަލަން ތިއްބެވެ.

އޮފީހުގެ ކުރިމަތީއޮތް ކާރަށް ޔާނިކް އެރުމާއެކު ޑްރައިވަރ ކާރު ދުއްވައިލިއެވެ. ފަހަތު ޝީޓްގައި މަލްހާގެ ބޯ އޭނާގެ އުނގުގައި ބާވައިލައިގެން އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިލައިގެންއިން ޔާނިކް އިނީ ނުތަނަވަސްވެފައެވެ. ބަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން މަލްހާ އުޅެމުންދިޔަ ހާލު ފެނުމުން ޔާނިކްގެ ދެލޮލުންވެސް ކަރުނަ ފާއްދައިލިއެވެ. ހިތާހިތުން މަލްހާއާއި އެތުއްތު ފުރާނަ ރައްކާތެރިކޮށްދެއްވުންއެދި ޔާނިކްއަށް ދުޢާކޮށްލެވުނެވެ. އެވަގުތު ޔާނިކްގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއްގޮސް މަލްހާގެ މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ބޮސްދިނީ ލޯތްބާއި އޯގާތެރިކަމާއެކީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (43)

  1. Nau

    Salaam all.. Here is the 8th part.. Hope u all like this part too.. N let me knw if there is a mistake.. Enjoy reading.. Nxt part in sha allah tmrw.. Kyp waiting.. N happy women’s day for all the women out there.. Hehe.. Hv a v nice n lovely day.. Ly all my dear readers.. ?❤

  2. Flower

    SUUUCHHH LOOVE ?

    1. Nau
      Flower

      Hehe ya dhw.. ?

  3. fajuah

    v reethi me 1st dho

    1. Nau
      fajuah

      Thanks dear..

  4. fajuah

    oh 2nd

  5. Ri

    V nice story eh

    1. Nau
      Ri

      Thanks dear..

  6. EHLEE

    V reeti mih partvaxx.

    1. Nau
      EHLEE

      Thanks dear..

  7. Pinky shifoo

    Awesome ???… It’s wonderful ❤️❤️❤️… Maasha Allah v v v reethi ???… V v inthizaaru kurevey story eh mee ???… Mihaaru up veythr belunu adhadhehvx neynge ???… Knme partehvx v v reethi n v kiyaalaahithun hama kiyaalany ???… Keep up the good work Nau ???… N happy women’s day for you ???… Eagerly waiting for the next part ???… Lots of love and take care ❤️❤️❤️??????????????????

    1. Nau
      Pinky shifoo

      Awwnn thanks alot dear.. Lots of love n tvgc.. ❤

  8. Ivri

    Wow .. v reethi mi part vx. Maa kuru hen hyvanee.. hehe ..ok ehkam vx ..waiting for next part.. keep it up Nau.. v salhi hama Nau ge stories ??

    1. Nau
      Ivri

      Thanks alot my dear.. ❤

  9. Hana

    V v reethi mi story happy womens day nau aw

    1. Nau
      Hana

      Thanks dear.. ?

  10. Xxxx

    V.loabi story.plz give yaanik to mal..???

    1. Nau
      Xxxx

      Hehe lets see dhw.. Thanks dear❤

  11. AN

    Wow, varah reethi?

    1. Nau
      AN

      Thanks dear❤

  12. Blacky

    Wow haadha rom ey .??

    1. Nau
      Blacky

      Haha.. Thanks dear?

  13. Minnie✨

    Awwwwwn…??? Alhe Yaanik ah Mal libeyne nama..? Mi Livya ah kihineh vegen tha e ulheny???? Mi bai ves vvvv reethi..❤
    Good luck..❤ Love you..❤

    1. Nau
      Minnie✨

      Hehe dhw.. Lets see.. Livya dhw.. Lets see wats hppning to her.. Thanks dear. Love u too?❤

  14. Zaaraa

    Reethi ?? waiting for next part ?? ??

    1. Nau
      Zaaraa

      Thanks dear❤

  15. Shai

    Woooow varah furihama keep it up

    1. Nau
      Shai

      Thanks dear?

  16. Unique

    I’m vvvvvvv vvvvvvv upset…..thankolheh dhigu kurinama…… But I appreciate ur work……?????

    1. Nau
      Unique

      Alhey kurutha? Abadhuvx liyaa varu. Ekm dhn in part lng kohlaanan ingey in sha allah.. Btw thanks dear❤

  17. Shann

    Haadha rythi hisaabakunney thi ninmaaly nau… Avahah anehbai up kohdhehchey

    1. Nau
      Shann

      Hehe ya dhw.. Ya in sha allah.. Thanks dear

  18. Nee

    V salhiey mi part vs bt maakury.Thanks Nau

    1. Nau
      Nee

      Hehe ok in sha allah dhn in bai lng kuraanan.. Thanks dear.. N wlcm?

  19. Sham

    Eenaal ah mini heart attack eh dhw jehuny ? ahahah… Nice… Livyaa vx dhw…? Malhaa keehkuran tha office ah dhaan v dhuvas furefa indha? ? I hope malhaa n baby is gonna be ok ❤️ reethi vrh..??? good luck dear ??

    1. Nau
      Sham

      Aan dhw.. Lets see dhn. Thanks my dear.. ❤?

  20. abhy

    varah reethi avahah aneh part up kohdheeba.

    1. Nau
      abhy

      Thanks dear..

  21. Hashaa

    V reethi….miadhu haadha lahey up vaalen….

    1. Nau
      Hashaa

      Thanks dear. In sha allah tnyt.. ❤

  22. Nau

    Hey all.. M v bxy tday.. Ehnve up koh nulevigen miulheny.. Bt in sha allah tnyt up kohlaanan.. If i get free in sha allah eyge kurinvx up kuraanan.. Kyp waiting.. ?

  23. Ziff

    Wow!! V reethi mi part ves… When next part can’t wait…malge hux accident koffa maralafa yaanik aai gulheyne goi hadhalaba…mi ziff ge enme furathama comment…I loved this story…

  24. unique

    sooo sweet of u nau……… i was sad dhw mal ah ehnvma so i got little urghh….. anyWAYS VARAH CUTE STORY EH N WC

Comments are closed.