Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން….(ސާދަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
March 3, 2018 5 Mins Read
10 Comments

އެންމެފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މުލައިލްގޮސް ޔާނީގެ އަތުގައިހިފާ ކޮޅަށް ނެގިއެވެ. އަދި ބާރަށް އެހަށިގަނޑުގައި ބައްދާލިއެވެ. “ޔާނީ..ރޮއެ. އިޓްސް އޯކޭޓު ކްރައި. ޔާނީ…އަހަންނާއެކުގައި މިހިތާމަތައް ތަހައްމަލު ކުރޭ…ހެޔޮނުވާނެ…ކްރއި ވިތް މީ…”

މުލައިލް ޔާނީއާ އެތއްވާހަކއެއް ދެއްކުމުން ހުރިހާއޮރު ޔާނީ ހިފަހައްޓައިގެން ހުރި އިހުސާސްތައް ބޭރު ކޮށްލިއެވެ. އެޔާއެކު މުލައިލް ޔާނީގެ އަތުގައި ހިފައިގެން އެތަނުން ނެރުނެވެ. “ޔާނީ…ރުއިމަކީ މައްސަލައެއް ނޫން..އެކަމް ބުނެއެއްނު، މަރުވެފަ އޮންނަ މީހާއަށް އަޑު އިވޭނެޔޭ..މަންމަ ކިހާ ދެރަވާނީ ޔާނީ ތިހެން ރުއިމަ. އަހަރެންވެސް ވަރަށް ދެރަވޭ. އެކަމު ވިސްނާލަބަލަ، މަންމަ އެންމެ ފަހުވަގުތުވެސް ބޭނުންވާނީ އަހަރެމެން ދެމީހުންވެގެން މިކަމާ ކުރިމަތިލާން. އަހަރެމެން އެންމެ ފަހުވަގުތާ ހަމައަށްވެސް އެކަކުއަނެކަކު ރައްކާތެރި ކޮށްދިނުން.” މުލައިލްގެ ނަސޭހަތާއެކު ޔާނީ ކަރުނަތައްފޮހެލުމަށްފަހު މުލައިލް އާދިމާއަށް ކަރުނަވީ ލޮލަކުން ބަލާލުމަށްފަހު ބޯޖަހާލިއެވެ. މުލައިލްގެ ހިތަށް ހީފީ މީހަކު ފިތާލިހެނެވެ. ޔާނީ ރޯތަން ފެނުމަކީ މުލައިލްއށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ޔާނީގޮސް ޔުސްރާގެ ގާތުގައި މަޑުކޮށްލިއެވެ. މުޅިހަށިގަނޑު ހުދުފޮތިން ފޮރުވާފައިވީއިރު ޔާނީގެ ހަނދާނަނަށް އައީ ވަރަށް ފަހުން ޔުސްރާ ޔާނީ ގާތު ދެއްކި ވާހަކައެވެ.

*********

“ދަރިފުޅާ…ދަރިފުޅަށް ނޭންގުނަސް ހަގީގަތުގައި އަހަރެމެން މިއުޅެނީ ވަރަށް ބިރުވެރި ކަމެއްގެ ތެރޭގަ. ލާނީ މަންމަ މެން އުޅުނީ މިއަށްވުރެވެސް ބިރުވެރިކަމެއްގަ އެކަމު. އެހެންވީމަ ދަރިފުޅު ވާނެ ހިތްވަރު ކުރަން. އިނގޭތަ. އިއްލު އަސްލު ވަރަށް އެހީ ބޭނުންވާނެ. އެއީ ކުޑައިރުއްސުރެވެސް ވަރަށް ބަލިކަޑި ކުއްޖެއް. މަންމަގެ ޔާނީ ވާނެ މަންމަ ނެތަސް އިއްލު ބަލަން. އިއްލުއަށް ގެއްލުމެއް ވިޔަ ނުދީ..ލާނީ މަންމަ ލާނީގެ ލޯބި ހިމާޔަތްކުރަން މަސައްކަތް ކުރި ފަދައިން ދަރިފުޅު ވާނެ ދަރިފުޅުގެ ލޯބި ހިމާޔަތްކުރަން. މަންމަޔަށް އިނގޭ ދަރިފުޅު އިއްލު ދެކެ ލޯބިވާކަން. ދަރިފުޅާ…އެކަކަށްވެސް އަބަދަކު ކާމިޔާބީއެއް ނުލިބޭނެ. މިފަހަރު ދަރިފުޅު ވާނެ ދުޝްމަނުންނާ ހަނގުރާމަކޮށް މޮޅުވާން. ލާނީ މަންމައަށް ނުވި ކަންތައްކުރަން. މަންމަ އަބަދުވެސް ކަންކަން ހޯދުމުގައި ދަރިފުޅަށް އެހީވާނަން. މަންމަގެ ހިތްވަރުގަދަ ލާނީ..”

********

ޔާނީއަށް އަނެއްކާވެސް ރޮވުނެވެ. “މަންމާ…މަންމަ ދޯ އެފޮތްވެސް ލާނީއަށް ދިނީ…މަންމަ ހާސްނުވޭ..އަހަރެންގެ އެންމެ ފަހުނޭވާއާ ހަމަޔަށްދަންދެންވެސް އަހަރެން އަހަރެންގެ އިއްލު ހިމާޔަތް ކުރާނަން..” ކަރުނައިގެ ތެރެއިން ޔާނީ ބުނެލިއެވެ.

ޔުސްރާގެ ކަށުކަމާކެމީގެ ކަންތައް ކޮށްނިންމާލީ ފަތިހު ހައެއްޖަހަނިކޮށެވެ. އޭރު ޔާނީގެ އެކުވެރިންނާ ތިހާމް ވެސް އެތާތިއްބެވެ. އަރައިގެން އައި އިރާއެކު މުޅި ރާއްޖެ ހަލަބޮލިކޮށްލީ ޔުސްރާގެ މަރުގެ ހަބަރުންނެވެ. ޔުސްރާ އަދި ޝިފާންގެ ހޮސްޕިޓަލަކީ މުޅިރާއްޖެ ދަންނަ ތަނަކަށް ވާއިރު އެދެމަފިރިންގެ ރަނގަޅުކަން އެއީ އެކަކަށްވެސް އޮޅިފައިވާ ކަމެއްނޫނެވެ.

މުޅިދުވަސް ޔާނީމެން ހޭދަކުރީ ގޭގައެވެ. އެމީހުންނާއެކު ތިހާމް މެންވެސް މަޑުކުރި އިރު މިމްރާހު މަސައްކަތް ކުރީ މާހައުލުގައި އުފެދިފައިވާ ނުތަނަވަސް ކަން ފިލުވާލުމަށެވެ. ނަމަވެސް އެންމެންގެ މޫނުމަތިންވެސް ފެންނަނީ މަޑުމޮޅިކަމެވެ. އެކަކުވެސް އިންތަނުން ތެދުވެލަން ވެސް ބޭނުން ނުވާފަދައެވެ. ހަގީގަތުގައި މިމްރާހުގެ ހިތްވެސްވަނީ ނުތަވަސް ކަމުން ފުރިފައެވެ. ކަމުގެ ތެރެއަށް ރަނގަޅަށް ނުވެދެވެނީސް ފުރަތަމަ އިންޒާރު އައީއެވެ. މިމްރާހުގެ މަގްސަދަކީ ލައިތްއަށް ނުލިބުނު ކާމިޔާބީ ހޯދުމެވެ. އެ އަނިޔާވެރި ކުށްވެރިޔާ ހައްޔަރުކޮށް އެންމެން އެ ނުރައްކަލުން ސަލާމަތްކޮށްދިނުމެވެ. ނަމަވެސް މިހާރު އޭނާގެ އަޒުމަށްވެސް އެވަނީ ގުޑުމެއް އައިސްފައެވެ.

މުލައިލްގެ ހިތުގައި ހިނގަމުން ދިޔައީ ތަފާތު ޝުއޫރުތަކެކެވެ. މުލައިލް ބޭނުންވަނީ ޔާނީ ހަމަޔަކަށް އަޅުވާށެވެ. ނަމަވެސް ދައްކާނެ ވާހަކައެއް ހިތަކަށް ނައެވެ. ބުނާނެ އެންމެ ބަހެއްވެސް ނުވިސްނެއެވެ. ނަމަވެސް ޔާނީއަށް އަޅާލަންވެސް ބޭނުންވެއެވެ. އެވަގުތު މުލައިލްގެ ހަނދާނަށް އައީ ދާދި ފަހުން ޔުސްރާ ދިން ނަސޭހަތް ކޮޅެކެވެ.

****

“އިއްލު..މަންމަ މި ދުނިޔޭގަ ނެތަސް ދެކުދިން ވާނެ އެކަކު އަނެކެއްގެ އެހީތެރިޔާއަށްވާން. އެކަކު ވެއްޓިއްޖެޔާ އަނެކަކު ވާނެ ނަގަން. ލާނީމެން އެ ވީ ގުރުބާނީ ފެނަށް ދުއްވާނުލާތި. ތި ދެކުދިންވެގެން އެންމެ ފަހުވަގުތާހަމަޔަށް ވެސް އެ އަނިޔާވެރިޔާ ހައްޔަރު ކުރެވޭތޯ މަސައްކަތް ކުރާތި. އެކަކު ވެސް އަނެކެއްގެ އަތް ދޫކޮށް ނުލާތި. އަބަދުވެސް ހަނދާންކުރާތި ދަރިފުޅުދެކެ ވަރަށް ލޯބިވާ ފަރާތެއް އަބަދުވެސް ވާނެކަން. މަންމަގެ ސްޓްރޯންގް އިއްލު..މަންމަ އަބަދުވެސް ދަރިފުޅާއެކު ވާނަން. ދަރިފުޅުގެ ހިތާ ސިކުނޑީގަ.”

****

އެއީ ޔުސްރާގެ އެންމެ ފަހުގެ ނަސޭހަތެވެ. މުލައިލްއަށް ދެލޯ މަރާލެވުނެވެ. އެބުނާ ލޯބިވާ ފަރާތަކީ ކާކުކަން ނޭންގޭއިރު މުލައިލް ބޭނުންވީ ޔުސްރާގެ ވަސިއްޔަތް އަދާކުރާށެވެ. އެހެންކަމުން އެނިތަނުން މަޑުމަޑުން ތެދުވެލިއެވެ. އަދި ގޮސް ޔާނީގެ ގާތު ސޯފާގައި އިށީންދެލިއެވެ. ދައްކާނެ ވާހަކައެއް ނޭންގުމާއެކު މުލައިލް ވަށައިގެން ބޯ ހޫރަން ފެށިއެވެ. ބަލައި ކޮންމެ ދިމާލަކުންވެސް ޔުސްރާގެ ހަނދާން އާވަމުން ދިޔައިރު މުލައިލްގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

ކައިރީގައި އިށީން މުލައިލް ފެނުމާއެކު ޔާނީގެ ހަނދާނަށް އަނެއްކާވެސް ޔުސްރާގެ ނަސޭހަތެވެ. “ކާން ދާން ވީނު އިއްލު. އާދެ އެންމެން ގޮވައިގެން ބަދިގެއަށް.” ޔާނީ އިސްނަގަމުން ވާހަކަދެއްކިއެވެ. މުލައިލްވެސް ބޯ ޖަހާލީ ބަނޑުހައިކަން އިހުސާސްކުރެވުމުންނެވެ. ޔާނީ ކައްކާލީ ނޫޑްލިސް ކޮޅެކެވެ. ކަމުން ދިޔައިރުވެސް އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. “ބައްޕާ އަޅުގަނޑު މެންގެ ޓެސްޓު ފެށޭ އަންނަ ހަފްތާގަ.” މުލައިލް ތަށި ހާވަމުން ބުނެލިއެވެ. ޝިފާން ބޯޖަހާލުމަށްފަހު ރަނގަޅަށް ކިޔަވަން އެދުނެވެ. އަދި އެތަނުން ދިޔައެވެ. އެތަށިން އެކަތިކޮޅުވެސް މަދުވިހެނެއް ހިޔެއްނުވެއެވެ. އޭގެ އިރުކޮޅެއް ފަހުން ތިހާމްވެސް ދިޔައެވެ. އޭނާގެ ތަށިގައިވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ހުއްޓެވެ.

“ޔާނީ..މުލައިލް. އަހަރެން ވެވެން ހުރި ހުރިހާ ގޮތަކުން ތި މީހުންނަށް އެހީވާނަން. އެކަމު އެކަން ވާނީ ތިމީހުންގެ އެއްބާރުލުން ލިބިގެން. ދެއަތް އުރާލައިން މިހެން ތިބެގެނެއް ނުވާނެ. އަހަރެން މިދަނީ އޮފީހަށް.” މިމްރާހުވެސް އެތަން ދޫކޮށް ދިޔައެވެ. ޔާނީ އާ މުލައިލް އެކަނި ވީއެވެ. އެކަކަށްވެސް ކިޔާނެ އެއްޗެއް ނޭންގުނެވެ. “ހިނގާ އެ އޮފީހަށް ގޮސްލަން.” އެހެން ބުނެލުމަށްފަހު މުލައިލްވެސް ދިޔައީއެވެ.

ކުޑަގޮތެއް ހަދާލައިގެން ދެމީހުން ވެސް މިސްރާބު ޖެހީ މިމްރާހުގެ އޮފީހާ ދިމާއަށެވެ. އެންމެ ފުރަތަމަވެސް އެތަނުން އެމީހުންނާ ދިމާވީ ސިނާއެވެ. ސިނާ ހީލަމުން އެކުދިން ގޮވައިގެން ދިޔައީ މިމްރާހުގެ ކެބިންއަށެވެ. “މިންމި..އަހަރެމެން ބޭނުން މިކަންތައް ހޯދަން.” ޔާނީ ބުނެލިއެވެ. ހީލަމުން މިމްރާހު ދެމީހުންނަށް ދެގޮނޑި ދައްކާލިއެވެ. އަދި ސީސީޓީވީ ވީޑިއޯއެއް އަޅުވާލިއެވެ.”އަސްލު މީ ޔާނީ ލިފްޓުގަ ތާށިވީ ދުވަސް. ކޮންމެސް މީހަކު ގަސްތުގަ ނަރުތައް ބުރިކޮށްފަ ހުރީ..އެންމެ ބޮޑަށް ލަފާ ކުރެވެނީ އެއޮއްދާ ކުއްޖާކަމަށް. އެއީ ކާކުކަން އިނގޭތަ؟” މިމްރާހު އަހާލުމާއެކު މުލައިލް އަލާނިޔާއޭ ކިޔާ ހަޅޭއްލަވައިގަތެވެ. ޔާނީވެސް ކައިރި ވެލާފައި ރަނގަޅަށް ބަލާލުމަށްފަހު ބޯ ޖަހާލިއެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އަލާނިޔާ ޔާނީއަށް އެހެން ހަދަންވީ ސަބަބެއް ވިސްނޭތޯ މަސައްކަތް ކުރަނީ ކަންނޭންގެއެވެ.

“މަށަށް ހީވަނީ ރުއާގެ ދަރިއަކީ އަލާނިޔާހެން. އެނަމުން ވެސް ކިހާ ޝައްކު. އަދި އުޅޭނީ އަހަރެންގެ ފަހަތުން އަބަދު. އެހެންވީމަ އޭނަ ބޭނުންވަނީ ކަންނޭންގެ ޔާނީ އަހަންނާއެކު އުޅޭތީ ޔާނީމެން އެންމެނަށް ހަމަލާ ދޭން..އެކަމު އަހަރެން ދޯ އަސްލު އަލާނިޔާގެ ދަރިއަކީވެސް. ސައިކޯ މީހާގެ ސައިކޯ ދަރި..” މުލައިލްގެ ބުމަގޮށްޖެހިގެން ދިޔައެވެ. “އަދި އޭނަ ގެ އަތުގަ އިން ބޮޑު ތަނެއް ފިހިފަ އިންލަކުނެއް. އެހާ ބައިވަރު ކެމިކަލް ގެންގުޅެންޏާ އެހެން ވެދާނު..އަހަންނަށް ހީވަނީ ހަމަ އޭނަހެން. ހާދަ ފޫހި އަންހެނެކޭ..” މުލައިލް އިތުރުކޮށްލިއެވެ. އޭރުވެސް ޔާނީ އިނީ ވިސްނުމެއްގެ ތެރޭގައެވެ. މިމްރާހުވެސް ވިސްނާލިއެވެ. “ތިބުނީ ރަނގަޅު ވާހަކައެއް. އަހަރެމެން ވީ އޭނަ ފޮލޯ ކުރަން. އޭރަށް އަހަރެމެންނަށް އޭނަ އުޅޭ ނޫޅޭގޮތް ރަނގަޅަށް ބެލޭނެ..” މިމްރާހު ބުނެލިއެވެ. ޔާނީވެސް ބޯޖަހާލިއެވެ. ތިން މީހުން އެދުވަހު ވަކިވީ ރޭވުންތަކެއް ރޭވުމަށްފަހުގައެވެ. އޭރު ޔާނީ އަދި މުލައިލްވެސް ތިބީ ހަމަޖެހިފައެވެ.

ޖެހިގެން އައި ދުވަހު މުލައިލްމެން ސްކޫލަށް ދިޔައީ ޓެސްޓުތައް ގާތްވަމުން ދިޔައީތީއެވެ. ޔާނީއަށް ފާހަގަ ކުރެވުނީ އަލާނިޔާ މާފާޑަކަށް އުޅޭކަމެވެ. ޔާނީ ހުރީ އަލާނިޔާ އާ ވާހަކަދައްކާލަން ނުހަނު ބޭނުންވެފައެވެ. ނަމަވެސް ޔާނިލާ ކައިރީގައި އަބަދުވެސް ހުންނާތީ އެއްޗެއް ނުބުނެވެނީއެވެ. އެއްބައިފަހަރު އަލާނިޔާ އެއްޗެކޭ ބުނަން އުޅޭހެންވެސް ހީވެއެވެ. ނަމަވެސް ޔާނީ ދިއުމުގެ ކުރިން ކޮންމެސް ތާކަށްވަދެ ފިލައެވެ. ޔާނީގެ ކެތްތެރިކަން ދިޔައީ ކޮޅުންލަމުންނެވެ.

ޔާނިލާއަދި މުލައިލް އަށް ހުސްގަޑިއެއް ލިބުމާއެކު ދެމީހުންވެސް ސްކޫލުގެ ގޯތިތެރެގައި ހައްދާފައިވާ ގަސްތައް ބަލާލަން ދިޔައެވެ.”ހޭއި..މިހާރު އޯކޭ ދޯ..” ޔާނީލާ އަހާލިއެވެ. މުލައިލް ބޯޖަހާލުމާއެކު މިހާރު އެމީހަކު ހޯދިއްޖެތޯ ޔާނިލާ އަހާލިއެވެ. “ނޫން. ޔަގީނެއް ނޫން. މަށަށް ހަމަ ހީވަނީ އެ އަލާނިޔާހެން. ހާދަ ފާޑަކަށޭ އޭނަ އުޅެނީ..ސައިކޯއެއްގެ ދަރި އުޅޭނީ އެހެންތާ ދޯ..ހަމަ މަންމަހެން..އަހަރެން ވަރަށް ފޫހިވޭ އޭނަ ދެކެ.” މުލައިލް އެހެން ބުނެލުމާއެކު ޔާނިލާ މުލައިލްއަށް ހިތްވަރު ދިނެވެ. ނަމަވެސް އެތެރެ އެތެރެއިން ޔާނިލާގެ ރުޅިގަނޑުގެ ހުޅު ދިޔައީ ބޮޑުވަމުންނެވެ.

ހަމައެވަގުތެވެ. ޔާނީ ފާހަނަޔަށް ދިޔައީ މޫނު ދޮވެލުމަށެވެ. ރޭގައި ނުނިދާހުރުމުގެ ސަބަބުން ކްލާހުގައި ނިދިއަންނާތީއެވެ. ކުއްލިއަކަށް މީހަކު ޔާނީގެ އަނގަމަތީ އަތް އަޅާލަމުން އެތާހުރި ކްލާހަކަށް ގަދަކަމުން ވެއްދިއެވެ. “ހަޅޭއް ނުލަވާތި. އަހަރެން ވަރަށް މުހިންމު އެއްޗެއް ބުނަން” އަލާނިޔާގެ އަޑު އިވުމާއެކު ޔާނީ ގަދަހެދުން ހުއްޓާލުމަށްފަހު ހިމޭން ވިއެވެ. އަލާނިޔާވެސް ޔާނީގެ އަނގަމަތިން އަތް ނެގުމަށްފަހު ވާހަކަދައްކަން ފެށިއެވެ. “އަހަންނަށް އިނގޭ ޔާނީގެ މަންމަޔަށް އެހެން ހެދި މީހަކު..އަހަރެން އެދުވަހު އެހެން ލިފްޓަށް އެހެން ހެދީ މުލައިލް އަހަންނާ ދޭތެރޭ ކަންތައް ކުރިގޮތުގެ ބަދަލު ހިފަން. އެކަމު ޔުސްރާ މަރާލި މީހާ އަހަންނަށް އިނގޭ…އޭނަ އުޅެނީ އަހަރެމެން ތެރޭގަ..މުލައިލް އަތުއަޅުވައިގެން..އަހަންނަށް އޭނަ ފެނުނު..ޔާނީ މޭޒުގަ ލޭ ހާކަނިކޮށް.. އެމެސެޖު ލިޔަނިކޮށް…އޭނަޔަށް މިހާރު އެކަން އިނގޭނެ ކަންނޭންގެ..އަހަރެންވެސް މަރާލާނެ މިފަހަރު..ހުރިހާ އެއްޗެއް ކިޔާދޭނަން މިރޭ އަށެއްޖަހާއިރު އަންނާތި ރަސްރަނި ޕާރކް އަންނާތި.. ދަނ..”

ޔާނީ ހުރީ އެ ހުރިގޮތަށް ގަނޑުވެފައެވެ. އަލާނިޔާ އަވަސް އަވަސްކަމާއެކު އެދެއްކި ވާހަކަތަކުގެ ސަބަބުން ޔާނީގެ ބޯ ހާސްވާން ފަށައިފިއެވެ. ޔާނީ ބޭނުންވީ އަވަހަށް މުލައިލް ހޯދާށެވެ. އަވަހަށް އެތަނުން ނިކުތީ ކްލާސްމަތިންވެސް ހަނދާން ނައްތާލަމުންނެވެ. ދުވެފައި ޔާނީއަށް ނިކުމެވުނީ މުލައިލް އަދި ޔާނިލާގެ ކުރިމައްޗަށެވެ. އެޔާއެކު އަލާނިޔާ އެކީ އެއްޗެހި ކޮންމެސް ވަރަކަށް ޔާނީއަށް ނަގައިގަތެވެ. “އިއްލު..ދަމުން ބުނެލަން..އަހަރެން މިދަނީ ގެޔަށް މިސްކައިރީ ބުނެލާފަ. ބޮލަށް ތަދުވާތީ. ދެން އެހެން ނޫނަސް މީ އެންމެ ފަހުގަޑި…ނިލްމެންނަށް އަދި އެބައޮތެއްނު ދޯ..ބާއި” ޔާނީ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. މިމްރާހުއަށް ގުޅުމަށްފަހު ދެމީހުން އެކުގައި ގެޔަށް ދިޔައީ ޔާނީގެ ހާސްކަން މިމްރާހުއަށްވެސް ފާހަގަވުމުންނެވެ.

“މިންމި..އިއްލު ކައިރީ ނުބުނާތި.. އަހަންނަކަށް ހިޔެއްނުވޭ މިކަންތައް ތައް ކުރަނީ އަލާނިޔާހެނެއް.. އަހަންނަށް ހީވަނީ އޭނަ އުޅެނީ ނުރައްކަލެއްގަ ހެން..އޭނަޔަށް އިނގޭ ކާކުކަން…އަހަންނަށް އިތުބާރު ކޮށްފަ މިރޭ ހިނގާބަ ރަސްރަނި ބަގީޗާއަށް…” ގެއަށް ވަދެވުމާއެކު އެންމެ ފުރަތަމަވެސް ޔާނީ ބުނެލީ އެވާހަކައެވެ. މިމްރާހު ހައިރާންވެހުރެ ޔާނީއަށް ބަލާލުމުން ޔާނީ ފަހުންނޭ ބުނެލީ ނިދާލަން ބޭނުންވެފައި ހުރިވަރުންނެވެ. މިމްރާހުވެސް އިތުރުއެއްޗެއް ނުބުނެ ދިޔައީ އޭނާވެސް ހޯދަން ބޭނުން އެތައްކަމެއް ހުރުމުންނެވެ.

ރޭގަނޑު ގަޑިން އަށެއްޖެހިއިރު ޔާނީ އަދި މިމްރާހު ތިބީ އަލާނިޔާ ބުނި ސަރަހައްދުގައެވެ. ބަރާބަރު އަށްގަޑި ތިންމިނެޓުގައި އަލާނިޔާގެ މެސެޖެއް ޔާނީއަށް އައެވެ. “ކެޗް މީ އިފް ޔޫ ކޭން…މޮޅިއްޔާ އެމީހުންވެސް ސަލާމަތް ކޮށްބަލަ” ޔާނީ ކިޔާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ މުލައިލް އަދި ޝިފާން ވީ ގޭގައި ކަން ހަނދާން ވުމުންނެވެ. މިމްރާހުވެސް ބާރަކަށް ސައިކަލު ދުއްވާލީ ހާސްވީލެއް ބޮޑުކަމުންނެވެ.

“ކަލޭ ދޯ…މާ ރަނގަޅު މީހަކަށްވެގެން ކޮންމެހެން އެމީހުންނަށް ކަންކަން ކިޔައިދޭން ނޫޅިބަލަ. މިހާރު އެވީގޮތް ކިހާދެރަ. އެމީހުންނަށް ދެން ކަލޭ ނުވެސް ފެންނާނެ. އެންމެން ވެސް އުޅޭނީ ކަލޭ ހޯދަން..އަހަރެން ހުންނާނަން ކަލޭ ފަހަތުގަ. ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ…މޮޔަ ކުއްޖާ…މުލައިލްދެކެ ހަމަ އެހާ ލޯބިވޭތަ؟ އޭނަޔަށް ގެއްލުމެއް ވާން ނޭދި..އަދި ބަލާބަލަ ކިޔަނީވެސް އަލާނިޔާ އޭ…މާ ބޮޑަށްވެސް ޔަގީން ކުރެވޭނެ ތީ ކަން ރުއާގެ ދަރިޔަކީ..ތޭންކްސް އަގެއިން..” އަލާނިޔާ ވަނީ ގޮނޑިއެއްގައި އައްސާފައެވެ. އޭރު ޔާނިލާގެ ތުންފަތްމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ނޫރު (ފަންސަޔާޅީސްވަނަ ބައި)

Next

ވަންހަނާ (އަށާރަވަނަބައި)

Next
March 4, 2018

ވަންހަނާ (އަށާރަވަނަބައި)

Previews
March 3, 2018

ނޫރު (ފަންސަޔާޅީސްވަނަ ބައި)

10 Comments!

  1. imagination ?? says:
    March 3, 2018 at 11:49 pm

    mibai dhigukohllin ingey guyss..hope u all like it…will yaani find the truth? willl mulail blindly love yaanilaa? will alaaniya be safe? is mimraah really good?

  2. ބުރޯ says:
    March 3, 2018 at 11:55 pm

    ރީތި އެކަމު ހާދަ ކުރޭ

    1. imagination ?? says:
      March 4, 2018 at 1:57 pm

      alhey..adhives kuritha..i am increasing the word limit every time..in sha allah maadhamaa ge part miahvureves dhiguvaane..

  3. Minion says:
    March 4, 2018 at 12:03 am

    uuurgh awahah next part up kohdhyba. Warah kiyaa hithun hutta e nimuny wes. Mi story wes hama warah reethi ige. ❤

    1. imagination ?? says:
      March 4, 2018 at 1:59 pm

      thanks a lot minion…in sha allah maadhan…<3 <3

  4. Friends says:
    March 4, 2018 at 9:10 am

    Heyy seyma.haadhaha nubai kameh lahvaafa huri anhenekey dhw.e hen dhw vaany vess bodu soobu eburey gothakahnu kuda soobu ebureyny.abadhu yaanila ah molheh vess nulibey ne dhw.ekam mifaharu alaaniya maraa laane kanney ge dhw.maybe yaani ah aadhevi dhaane dhw.mi hen mibuny dear stry nimen kairi vedhaane thiyy.masha allah mi baivess v furihama.
    Keep it up.next part avas koh dhehchey .waiting 4 next part.gud morning.??????????

    1. imagination ?? says:
      March 4, 2018 at 1:59 pm

      thanks a lot..asluvess eyna haadha goahey dho.. lets seemifaharu molhuvani kaaku thoa…yaanilaa tho nooni mulail men tho..seeing ur comment everytime gives me happiness dear..thanks again <3 <3

  5. Min says:
    March 4, 2018 at 2:25 pm

    Hi imajination this part is awesome I loved it ………. God bless you n ly?????

  6. me says:
    March 4, 2018 at 2:52 pm

    mihaaru olhijje mi vaanuvaa..alaaniyaa tha noonee yaanilaa tha ruaa ge dhariyakee???

    1. Friends says:
      March 4, 2018 at 4:58 pm

      Dear eii yaanila.but yaani men heekurany alaaniya kamah

Comments are closed.

Next Episodeލޯބިވަން..(ފަނަރަވަނަބއި)←


All Right Reserved!