Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ބޭނުންވަނީ ޔާރާ… 1

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
March 13, 2018 4 Mins Read
28 Comments

މެންދަމުގެ ހަމަހިމޭންކަމުގެތެރޭން ފުރޭނިގެން އަންނަ މަޑުމަޑު ގިސްލުމެއްގެ އަޑު ހިންދެއްހިނދެއްކަށް ދަނީ މަޑުވަމުންނެވެ. ހީވާގޮތުން ރޮއެރޮއެ ވަރުބަލިވުމުގެ ސަބަބުން ދެލޮލަށް ނިދިސަވާރުވެ ކުރިހޯދީއެވެ. އެއަޑު އެކީހެން ކެނޑި ހަމަހިމޭން ވުމާއެކު ބޭރުގައި ހުރި ޒުވާނާ ހިނގައިގަތީ އަވަހަށް ގެއަށްދިއުމަށެވެ. ހީވާގޮތުން މިރޭވެސް އެހިތުގައި އެތަކެއް ޒަހަމްތަކެއް ލެވިނިމިއްޖެއެވެ. މޫނުމަތިމިލާ ދެލޮލުން ކަރުނަފާޅުވެފައިވާއިރު ހިނގުމުގައިވެސް ވަނީ މަޑުމޮޅިކަމެވެ. އޭނާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެތެރެއަށް އައީ މިކަހަލަ މަންޒަރުތަކެއްފެނި އަޑުތަކެއް އިވިދާނެކަމަކަށް ނޫނެވެ. އަދިހަމައެހެންމެ ކޮންމެރެއަކު ނިދިގެއްލުވާލާނޭފަދަ ހިތްއޭގެމަގާމުން ލުހެލާލާނޭވަރު ހޫރުލްއީނެއް ފެނިދާނެކަމަކަށް ނޫނެވެ. ނަމަވެސް މިއަދު މަންޒަރުމުޅިން ބަދަލްކޮށްލައިފިއެވެ.

” ކިތަށްފަހަރުތަ ބުނާނީ އާޔާ ކައިރީ ތިވާހަކަ ނާހާށޭ.. ބުނީމަ ބުނާގޮތް ހަދައިގެން އުޅުނީމަވީނު.. ބަލަ އާޔާނޫނަސް ހަގަށް އެބަތިއްބޭ ދެކުދިން.. އެދެކުދިންގެ ކަންކަން ކޮށްދެމުން ކިހިނެއްތަ މިގޭ ހުރިހާކަމެއް އަހަރެން ކުރާނީ.. އާޔާވެސް ބަލާ ބޮޑުކޮށްފަ ތިހުރީ ހާދަހާ ގިނަ ދަލެއް އޮހޮރުވައިގެންނޭ.. އެހެންވީމަ މައިން ބަފައިންނަށްޓަކައި ބުނީމަ ބުނާގޮތް ހަދައިގެން އުޅެބަލަ.. އައިކާ އަށް ކޮންމެހެންވެސް މާދަމާއެބުނާއެއްޗެއް ގަންނަން ބޭނުންވާތީއޭ އާޔާކައިރީ މިކިޔަނީ މިމަހުގެ މުސާރައިގެ ވާހަކަ… ” މަޑުހިނގުމެއްގައި ދިޔަ އެޒުވާނާގެ ސިކުންޑީ ގައި ގުގުމަމުން ދިޔައީ އޭގެ ބައިގަޑި އިރެއްހާކުރިން އެގޭން އިވުނު އަޑުތަކެވެ. “އާޔާ.” އެޒުވާނާގެ ދެތުންފަތުވެ ދޭތެރޭން ވައިއަޑުން ކިޔާލެވުނެވެ.

” އޭތް މަޑުކޮށްލަބަލަ.. ކޮންތާކަށްތަށް މިއޮއް ދަންވަރުގަޑީ ތިދަނީ.. ” ޒުވާނާ  ފަސްއެނބުރިބަލާލިއިރު ދިމާއަށް ހުރެގެން އެއަންނަނީ ކުރިންދުވަހެއްގައިވެސް ދިމާވެފައިވާ އަންހެންކުއްޖާއެވެ. އަންނާރުއޮއްތަކެއްފަދަ ކުދިކުދި ހުދުދަތްތަކާއި އެ ވަށްމޫނުގައިގައިވާ ކުރަނގިދެލޮލުގެ ތޫނުކަން އެހާދުރުންވެސް ޒުވާނާއަށް ފާހަގަވިއެވެ. ރަތްކުލައިގެ އެހެދުން އެކުއްޖާގެ ދޮން ހަންގަނޑާއި ހާދަ ގުޅެއެވެ. ނަމަވެސް ކުރިންދުވަހު އަތިރިމަތިން ފެނިގެން އެއަންހެން ކުއްޖާ އޭނާ އާދިމާއަށް ވަރަށް ބެލިކަން ހަނދާނަށް އައުމާއެކު ޒުވާނާއަށް ދެބުމަ ގާތްކޮށްލެވުނެވެ. ބަހަކުން ކުރެ ބަހެއްނުބުނެ ޒުވާނާ އިނީ އެދިމާއަށް އަންނަ އަންހެންކުއްޖާ އާދިމާއަށް ސުވާލުގެ ނަޒަރަކުން ބަލަހަށްޓައިގެންނެވެ. މޫނުމަތީގައިވާ ހިނިތުންވުމުން ހިތްހެޔޮ ކުއްޖެއްކަމަށް ހިތް ގަބޫލުކުރި ނަމަވެސް ފެންނަހާ އަންހެންކުއްޖަކާ ބަސްނުކިޔާ މީހަކަށްވުމުން އޭނާ ހިޔާރުކުރީ ހިމޭންކަމެވެ.

“ކީއްތަ ތިކޮށްލަނީ މިތާންގަ… މިގަޑީ.. އާންމުކޮށް މިހިސާބުގަ މީހުން ނުވެސްއުޅޭނެ މިގަޑީގަ.. ” އެއަންހެންކުއްޖާ އައިސް ކޮށްލީ ޒުވާނާ ހިތުގެ ހަމަޖެހުން ގެއްލުވާލާފަދަ ސުވާލެކެވެ. “އަހަރެންމިތާންގަ ހުރީޔާ މީނަޔަށް ކީއްތަ.. އެހެންނޫނަސް އަހަރެން ފަހަތުން މިގަޑީ މިތާ މީނަ ކީއްކުރަންތަ އައިސް މިއުޅެނީ.. އެދުވަހުއަހަރެން ބެލީ މަންޖެއަށްކަމަށްތަ ތިހީކުރީ..ބަލަ މަބެލީ މަގޭ ހިތުގެ ރާނީ އާޔާއަށޭ.. ދެންމީނަމިކިޔަނީ ކީކޭ…  އަނެއްކާ.. މީ ނާމާން ހިސާބަކީތަ.. ނޫން.. އެހެންނަމަ މިހިސާބުމީހުން ދިރިނޫޅުނީސް.. އެކަމަކު.. އެގެވެސް އެހެރީ މީހުން ނޫޅޭ ފަޅުގެތަކެއްގެ ކައިރީގަ.. ޔަޤީން މިވާނީ ޖިންނިފުރޭތަ ކަމަކަށް.. ” ހިތާ ހިތާ ވާހަކަދައްކަމުން ދިޔަ ޒުވާނާ ސިހުނީ ކައިރީގައިހުރި ކުއްޖާ ކުއްލިއަކަށް ހޭން ފެށުމުންނެވެ. ފައިގަ ހުރިބާރެއްލާފައި އަޅާ ދުވެދަމާލީ ދެންވާ މިސަލާމަތް ނުވީއޭ ހިތަށް އައުމުންނެވެ. އެއާއެކު އައިރާ ހުނުން ހުއްޓާލީ އެކުރެވުނުކަމަކުން ދެން އެޒުވާނާ އޭނައާއި ދިމާނުވާނެކަން ހަނދާންވުމުންނެވެ. ޖައިލަމް ބުނިގޮތުންނަމަ މާދަމާއަކީ އޭނާ ޗުއްޓީނިންމާލާފައި ފުރާދުވަހެވެ. އެއަށްވުރެބޮޑަށް އައިރާދެރަވީ އެހާވަރުން އާދޭސްކޮށްގެން ޖައިލަމް ކައިރީން ހޯދި ނަން ހަނދާން ނެތުމުންނެވެ.

ލިބުނު ހިތްދަތިކަމާއެކު އައިރާ ގެއަށްދިޔައިރު އާދައިިގެމަތީން ދޮންތަވެސް އޮތީނިދާފައެވެ. ނަމަވެސް އެދޮންތަގެ މޫނުމަތީގައިވާ ކަރުނައިގެ ރޮނގުތަކުން މިރޭވެސް އެނިދީ ރޮއެފަކަން އައިރާ އަށް ވިސްނުނެވެ. އެކަމާކިތަންމެ ވިސްނިޔަސް އައިރާއަށް ކުރެވޭނެކަމެއް ނެތެވެ. މަންމައާއި ބައްޕަ ދޮންތައާއި ދޭތެރޭ ކަންތަށް ކުރާގޮތުން މިހާރު އައިރާވެސް އެތަށްފަހަރަކު ސުވާލުކޮށްފިއެވެ. ނަމަވެސް އެއަށް އެންމެ އެދެވޭޖަވާބެއް ވަނީނުލިބިފައެވެ.

އައިރާ ނިދަން އޮތްއިރުވެސް ވިސްނެމުންދަނީ އެޒުވާނާއާއި މެދުގައެވެ. ކޮންމެގޮތެއްވިޔަސް އެޒުވާނާފެނުމުން އައިރާއަށް ގޮތްނޭންގޭ އިހްސާސްތަކެއްކުރެެވެއެވެ. ނަމަވެސް ދެރައީ ދޮންތަގެއެހާލާއެކު އެކަން ހިއްސާކުރާނެ އިތުރުފަރާތެއް ނެތުމެވެ. އަނެއްކާ މިދިޔަ ދެތިންދުވަހު ދޮންތަހުންނަނީވެސް އައިރާ އާއިމެދު ކޮންމެވެސްކަމަކާއި ހިތްގަމަ ނުޖެހިފައިހެންވެސް ހީވެއެވެ. ދެންހުރި ކޮއްކޮއަކީވެސް އަދި ގްރޭޑް ދިހައެއްގައި ކިޔަވަމުންދާ ކުއްޖެއްކަމުން އެކަހަލަވާހަކައެއް ކޮއްކޮއާއި ހިއްސާކުރެވޭކަން ނެތެވެ. އެތަށްއިރަކު ދެފަރާތަށް ފުރޮޅި ފުރޮޅިފައި އައިރާއަށް ނިދުނީ މެންދަމުންއަލިވީ ފަހުންނެވެ.

*******

އެޒުވާނާ މާނޭވާލެވޭހާލުގަ ގޮސްގެއަށް ވަންއިރު ޖައިލަމް މެޗްބަލަން އިނެވެ. “އަސްތާ ބްރޯ ތިހުރީ ކިހިނެއްވެފަ.. ” އޭނާ ފެނުމާއެކު ޖައިލަމް ޓީވީ އަޑުމަޑުކޮށްލާފައި އަހާލިއެވެ. އަދި އަވަސްއަވަހަށް ގޮސް ފެންތައްޓެއް ހިފައިގެން އައިސް ދިއްކޮށްލިއެވެ. އެއްކޯވަރުން ފެންތަށި ހުސްކޮށްލުމާއެކު ފުންނޭވައެއް ލަމުން އަގައިން ނިކުތީ އެންމެ ބަހެކެވެ. “ޖިންނިއެއް..” އެހެން ބުނުމާއެކު ޖައިލަމް ” ކީކޭ” ހޭ އަހާލިއެވެ. “ޖި.. ޖި.. ޖިންނިއެކޭ.. ރަތްކުލައިގެ ހެދުމެއްގަ ހުރީވެސް.. ހީގަތްގޮތުން ކިރިޔާ އަހަރެންގެ މޭގަނޑުއަނގަޔަށް ނައީ.. ” ދެލޯ ބޮޑުކޮށްގެންހުރެ ބާރު ބާރަށް އެޒުވާނާ އެހެން ބުނުމާއެކު ޖައިލަމްއަށް ވިސްނާލަން މަޖުބޫރުވިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި މިރޭ އައިރާއައިސް ދެއްކިވާހަކައާއި ލައިގެންހުރި ހެދުމުގެ ކުލަހަނދާންވުމުން ޖައިލަމް އަށް އެވީގޮތް ފަހުމްވިއެވެ. “ހެހެހެ.. ” ” ބަލަ ކީއްވެތަ ތިހެނީ.. ” ޖައިލަމް ހޭން ފެށުމާއެކު ޒުވާނާ ސުވާލުކޮށްލިއެވެ.

” ބްރޯ ހަމަޖެހިބަލަ.. ދެންވެސް  ދޭބަލަ އަވަހަށް ފެންވަރަން.. މާގިނައިން ބޭރުގަ އުޅެންޏާވާނީތިހެން.. މިހާރުވެސް މީހާ ހީވަނީ ދާހިތްލައިގެންގޮސް ވާރެއާ ތެމިފަހުރިމީހެއްހެން.. މާދަމާހެނދުނު ފުރަންވެސްޖެހޭނު.. ” ކިތަންމެ ހެވިފައި ވާހަކަ ދެއްކިނަމަވެސް އެންމެ ފަހު ޖުމްލަޔާއެކު ޖައިލަމްއިސް ޖަހާލިއެވެ. ގާތް ރަހުމަތްޔެރިޔާ އެއީ އެންމެކުރީއްސުރެ ޖައިލަމްއާއި އެކުގައި އުޅުން އެންމެ އެހީތެރިވެދިން މީހާއަށްވެފައި ދެން އެކުވެރިޔާ އާއި ދިމާވާނީ ފަސް އަހަރު ފަހުން ކަމުގައިވާތީއެވެ. ސަރުކާރުގެ ފަރާތުން ދެކުދިންނަށްވެސް ސްކޯލަޝިޕް ލިބުންނަމަވެސް އޭނާ ދަނީ ޖައިލަމް އާއި ވަކިން އެހެން ގައުމަކަށެވެ.

“އޭތް ކިހިނެއްވެފަތަ ތީނީ މިހާރު މަށަށް މަލާމަތްކޮށްކޮށްފަ….” ޒުވާނާ އަށްވެސް ޖައިލަމްއަށް ކުރެވުނުފަދަ އިހްސާސެއް ކުރެވުން ނަމަވެސް ހިތްވަރުކޮށްލާފައި އެކުވެރިޔާ ހެއްވާލުމަށް ކުރިކަންތަށް ކާމިޔާބުވިއެވެ. ޖައިލަމް ޒުވާނާ ގައިގަ ބޮންޑިއެއް އަޅާލުމާއެކު ” ހިނގާދާން” ބުނެފައި ޓީވީ ނިވާލާފައި ކޮޓަރިއާއި ދިމާއަށް ދިޔައީ ބޮޑުފަތިހާ ހޭލަންޖެހޭތީއެވެ.

*******

ފަސްއަހަރު ފަސް…

ނަވާރު އާއި މަލީހް އޮސްޓްރޭލިއާގައި ދިރިއުޅުން ނަމަވެސް މަލީހްގެ ބައްޕަ މުސްތޮފާވަނީ ރާއްޖެއަށް ބަދަލުވެފައެވެ. ނަވާރުގެ ކިއެވުން ނިމުމާއެކު މަލީހްއާއި ދެމީހުން ހޮސްޕިޓަލުގައި މަސައްކަތް ކުރަންފެށީ ނަވާރުގެ ކޮއްކޮ ނާލްވެސް ކިޔަވަން އެކޮޅަށް ބަދަލުވުމުންނެވެ. ނާލްގެ ކިޔެވުން ނުނިމެނީސް މަލީހްވެސް ރާއްޖެ އެނބުރިދާކަށް ހިޔާލެއްނުކުރެއެވެ. ނަމަވެސް މިހާރު ނާލްގެކިޔެވުން ނިމި ސެޓްފިކްޓް ލިބުމާއެކު އެމީހުން ރާއްޖެ ބަދަލުވުމަށް އެދަނީ ތައްޔާރުވަމުންނެވެ.  ހޮސްޕިޓަލް ހިންގުމާއި ހަވާލުވާން ހުރި ކައުޝަރުވެސް މިހާރު މެނޭޖްމަންޓް ހަދާ ނިމިފައިވުމާއެކު އޭނާގެ އަތްމައްޗަށް ހޮސްޕިޓަލް ހިންގުން ދޫކޮށްލަން މަލީހްއަށް އުނދަގުލެއްނުވާނެއެވެ. އެހާވެސް މަލީހްގެ އިތުބާރު ކައުޝަރުވަނީ ހޯދާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައިލަމް އައިސްހުރީ ދުވަސްވީ އެކުވެރިޔާ ކިޔަވާ ނިންމާލުމަށްފަހު އެނބުރި ރާއްޖެ އަންނާތީ ބަލާގޮހެވެ. ޖައިލަމްގެ ކިޔެވުން އެކުވެރިޔާއަށްވުރެ ކުރިން ނިންމާލާފައި ރާއްޖެ އާދެވިފައި ވުމުން ކޮންމެހެންވެސް އެކުވެރިޔާ ސަޕްރައިޒްކޮށްލުން އެއީ އޭނާ ކޮށްލަން ބޭނުން ކަމެކެވެ. މިހާދުވަސްވީއިރު ޖައިލަމްއަށް ބޮޑުބަދަލެއް އައިސްފައިވާ އިރު އެކުވެރިޔާ ހުންނާނެގޮތް ހިޔާލަށްވެސް ނުގެނެވެއެވެ.

އަރައިވަލް ޓާމިނަލް އިން ނިކުތް މަލީހުމެންގެ މިސްރާބުހުރީ އެމީހުން ރިސީވްކުރަން އައިސްތިބި ޒިޔާދުގެ ދެެމަފިރިންނާއި ނިމާލްއާއި ޝަބީން މެންނާއި ދިމާއަށެވެ. ކަންދިމާކުރި ގޮތުން ޖައިލަމްއަށްވެސް ހުރެވުނީ އެދިމާގައި ކަމުން ފަސޭހަކަމާއެކު އެދިމާއަށް އައި ޒުވާނާ ލޮލުގައި އަޅައިގަތެވެ.

އިސްތަށިގަނޑު ކުރުކޮށް  ފިރިހެންވަންތަ ގޮތަކަށް ކޮށާލާފައިވާއިރު ތުނބުޅި މަތިމަސްވެސްވަނީ ކުރުކޮށް ކޮށާލެވިފައެވެ. ލާފައިވާ ގަމީސްފޮތީގެ ޓީޝާޓުގެ އަތްކުރި އޮޅާލާފައިވާއިރު އަތުގެ މަސްތަށް އެތުރިލާފައިވާގޮތުން ބަލާލި ކޮންމެ މީހަކަށްވެސް އެޒުވާނާ ބަރާބަރަށް ކަސްރަތުކުރާކަން ފާހަގަ ވާނެއެވެ. ލާފައިވާ ކަޅުޓީޝާޓާއި ކްރީމް ސްކިިނީގެ އެދޮން ހަށިގަނޑާއި ވަރަށް ގުޅެއެވެ.  އެވަގުތު އެއާޕޯޓުގައި ތިބި އަންހެން ކުދިންތަށް ތުއިވެވެފައި ފަރިދެއްކެމުން ދިޔަ ނަމަވެސް އެޒުވާނާ އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއްނުދީ ދިޔައީ ބޭރަށް ނިކުންނާށެވެ. ނަމަވެސް ޖައިލަމް ފެނުމާއެކު ފުޅާހިނިތުން ވުމަކާއިއެކު އައިސް ބައްދާލީ ހުރިހާ ބަދަލުތަކާއި އެކުގައިވެސް އޭނާއަށް ޖައިލަމް ފާހަގަވުމުންނެވެ. ޖައިލަމްވެސް ” އޯ މައިޑިއަރ ލަޔަކް..” އޭ ބުނެ ބައްދާލީ ހެޔޮހާލުގައި އެކުވެރިޔާއާއި ބައްދަލުވީތީ ﷲގެ ހަޒްރަތަށް ޝުކުރުދަންނަވާ ހާލުގައެވެ.

********

“ދެން އަޅޭ ލޫކް މިކިޔަނީ ޑިއުޓީއަށް ދާން ލަސްވާހަކައޭ.. އަނެއްކާ މިއަދު ކުއްލިއަކަށް ދާންޖެހުންދުވަހު މިތިބެވުނީ މިކޮޅަށްއައިސް.. އެހެންވީމަ އަވަސްކޮށްލައިގެން ހުޅުމާލެއަށް ދިޔާމައެއްނު ލޫއަށް ފަސޭހަވާނީ… ” އަލޫކް އޭނާގެ ހެދުމުގައި ހިފާއްޓާލައިގެން ހެވިފައި ހުރުމުން ލޫޔާ ތުންއޫކޮށްލައިގެންހުރެ ބުނެލިއެވެ. އެވަގުތު ދޮރުގެ ތަޅުގައި ކޮންމެވެސް މީހަކު ހިފާލިހެން ހީވުމުން ދެމީހުން އެކީގައިހެން ސިހުނެވެ. މިފަހަރުވެސް ދޮރުގެ ތަޅުގައި ހިފާލައިފިއެވެ. ނަމަވެސް ހުޅުވޭވަރެއްނުވެއެވެ. އަލޫކް އާއި ލޫޔާ ވާނުވާގައި ދޮރާއިދިމާއަށް ބަލަން ތިއްބައި އެއްޗެއް ދަމާއަޑުބޭރުން އިވުނެވެ. ދުރުން އައި އެއަޑު އަންނަނީ ކޮޓަރީގެ ދޮރާއި ދިމާއަށްކަމުން ލޫޔާ އަލޫކްގެ މޭގައިބޮނޑިވެލީ މިވަގުތު ގޭތެރޭގައި މީހަކުނޫޅޭނެތީވެ ބިރުންނެވެ. ޒާން އާއި އިބާ އޮފީހުގައި ވީއިރު ލޯބި ލޯބި އަރުޝާއާއި އިބާން ވާނީ ނަސްރީނާގެ ކޮޓަރީގައި އޭނައާއި އެކުގައި ނިދާފައެވެ.

ނުނިމޭ

ނޯޓް: މިވާހަކައަކީ ހައްވިގެ ކުރިން ތިންވާހަކައިގެ ކެރެކްޓާތަކާއި އެކޮށް މިކްސްކޮށްގެން ލިޔެފައިވާ ވާހަކައެކެވެ. ވީމާ މިވާހަކަ ހުރިހާ ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ބުނެލާދެމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

އަނދިރިފަރާތް 27

Next

އަނދިރި ދުވަސްތަށް.

Next
March 14, 2018

އަނދިރި ދުވަސްތަށް.

Previews
March 13, 2018

އަނދިރިފަރާތް 27

28 Comments!

  1. Hawwi says:
    March 13, 2018 at 10:53 pm

    Salam… kihinehtha Hurihaaa kiuntherinn.. hawwige mivaahaka miup kohlee v ginakiuntherinthakeh ge dhumugematheen lassnukuranvegen.. faharehga mistakes huredhaane hawwige v Bodu edhumeh faahagakohladhinun.. and Vaahaka upvaanee Adhi hafthaa aku 2 dhuvahukanvess bunelan .. unmeedhukuranee mivaahakavess hurihaaa kiuntherinnah! Kamudhaanekamah .. ly all????

    1. Beauty says:
      March 14, 2018 at 1:02 pm

      Story is nice sissy

    2. Hawwi says:
      March 14, 2018 at 1:14 pm

      Thank you dear sissy ??

  2. alook says:
    March 13, 2018 at 10:54 pm

    Varah furihama keep going☺☺

    1. Hawwi says:
      March 14, 2018 at 5:57 am

      Ohh alook vaahakain nikumetha thiulhenee ?? .. btw thank you dear alook ??

  3. Noora says:
    March 13, 2018 at 11:41 pm

    Badhal noon… badhalu. Kiyamun dhiya iru dhethin faharu thakuraaruvefa inn than fenunu. Vaahaka varah reethi. Dhen oiy bayah inthizaaru kuran.

    1. Hawwi says:
      March 14, 2018 at 6:00 am

      In sha allah ethan than kolhu badhalu kohlaanan .. ingey..? v happy vejje faruvaatherikamaaeku kiyaalikan enguneema ?.. thank you so much my dear ??

  4. Reem says:
    March 14, 2018 at 5:56 am

    Waiting eagerly 4 next part varrah REETHI ?????

    1. Hawwi says:
      March 14, 2018 at 7:44 am

      Awwn ?thank you dear reem ??

  5. Aal says:
    March 14, 2018 at 8:48 am

    Varah reethi kudhi kudhi mistakes huri ebaathah ragalhu kohlanikoh hama perfect vaane

    1. Hawwi says:
      March 14, 2018 at 2:16 pm

      Thank you so much Aal.? in sha allah kuriyah oithaanga ekan rangalhukohlaanan ???

  6. Friends says:
    March 14, 2018 at 9:11 am

    Masha allah stry vv salhi.hama neh bunaane ehcheh ehaa furihama.madhu madhun typing mistake ebauri.aslu friends feshi iru huriy vaanuvaaga ekam fanun ok .haha.maleehu dhw….
    Keep it up.waiting 4 next part.kon dhuvahaku nw part eh dhen up koh dheyny… Gud morning dear…?????

    1. Hawwi says:
      March 14, 2018 at 2:09 pm

      Ohh yea maleeh. Bt friend plx kurin hedhihen nahadhahchey.. plx v dheravi ? .. and by the way v happy vejje vaahaka kiyaaleema ??

  7. Hi Mi says:
    March 14, 2018 at 11:00 am

    Yayyy… sis ge story eh dw. Varah ufaavehjje ingey story up vefa in than fenunima. Hama super super super Amazing hehe. ❤❤❤???

    1. Hawwi says:
      March 14, 2018 at 1:51 pm

      Ohh hi mi sissy dhooni.. im so happy to see here? ?lysm

  8. Pinky shifoo says:
    March 14, 2018 at 11:51 am

    Ohhh Layaa ur back ??… I’m soooooo happy ???… V reethi ingey mi part vx ???… V reethi vaane henn heevey kuryge stories thakuga characters thakuge mix eh ulheythy ???… Waiting for next part ???… Best of luck for this new story ???

    1. Hawwi says:
      March 14, 2018 at 1:50 pm

      Aww shifudhooni .. v ufaavejje avaahaka kiyaaleema ? ?ly

  9. Shai says:
    March 14, 2018 at 11:52 am

    Varah reethi
    Waiting for next part

    1. Hawwi says:
      March 14, 2018 at 1:48 pm

      Thank you dear shai ??

  10. maroon says:
    March 14, 2018 at 12:23 pm

    V reethi. Keep it up ?

    1. Hawwi says:
      March 14, 2018 at 1:15 pm

      Ohh roon dhooni ? thank you so much ??

  11. annoying reader says:
    March 14, 2018 at 1:52 pm

    awwnn kuda trailer akaa eki vaahaka update kuri nama hawwi. i remember maleeh men ei kuree ge story ge characters dhw. reethi vaane hen heevey waiting for the next part

    1. Hawwi says:
      March 14, 2018 at 5:24 pm

      Humm assluvess dhw .. Alhey ekamaku Dhoonya maalassveenu this idear dheyn .. Bt v happy vejje handhaan kohladhineema ??? thank you my dear annoying reader

  12. Unique says:
    March 14, 2018 at 1:56 pm

    Varah vx reethi….????

    1. Hawwi says:
      March 14, 2018 at 5:21 pm

      Thank you my dear unique ??

  13. Saadhu says:
    March 15, 2018 at 12:37 pm

    Hawwi…kihine…mis u boduko hawwi.v kiyaa hithun mihuree.avaha up ko dhee.love u?

  14. mishy says:
    March 15, 2018 at 1:24 pm

    Alheyy… layr… yuh r back… hrdha dhuvas vhjeyy layr ge strii akah waitt kuraathr… nd finallyy i got…vrh reethi feshun….nxt prt avas khlahcheyy… mishy ah hawwi kiyan udhago.. kurin layr ge neyngi hithey gndheviima mithuraa e vhk ah layr kiyrf comment kurii… soo mishy layr kiyas oks tha?… ly…♥♥♥♥♥♥♥♥♥

  15. gud❤? says:
    January 8, 2019 at 8:12 am

    v furihama story eii…❤???

Comments are closed.

Next Episodeބޭނުންވަނީ ޔާރާ… 2←


All Right Reserved!