Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިންް… (48)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 24, 2018 12 Mins Read
47 Comments

އެހެންނަމަވެސް ޔަޝްމް ސިފަވުމާއެކު އޭނާ ގެ ނަފްސަށް އެހެން ބާރުވެރިކަމެއް އައެވެ. އޭނާގެ ވިސްނުން ބަދަލްވިއެވެ. ލާވިޔާ އަށް ވެސް އޭނަގެ ހަޔާތަކުން ޖާގައެއްނެތެވެ. އެވަގުތު މައިލީން ހާސިލް ކުރުމުގެ އެދުން ގަދަވެގެން ދިޔައެވެ. އެހެންނަމަވެސް އެކަންއެގޮތަށް ކުރެވިދާނޭ ކަމާމެދު އޭނާއަށް ޝައްކުވިއެވެ.

“ބައްޕާ… އަޅުގަނޑު އަޅުގަނޑު ގަބޫލެއްނޫން” ޔުއާން އަށް އެހެން ބުނަން ވަރަށް އުނދަގުލެވެ. އޭނާ ހީކުރީ ބައްޕަ ގެ ނުރުހުމުގު ބަސްތައް އަމާޒުވާނޭކަން ޔަގީނެވެ.

“ކަމުދާ ކުއްޖަކު ހުރީތަ؟” އައިކަލް ހިނިތުންވުމަކާއެކި ބުނެލިއެވެ. އެއާއެކު ޔުއާން ބޯ ޖަހާލިއެވެ. ޔުއާން ހީކުރި ގޮތާ ހިލާފަށް އައިކަލް ގެ ފަރާތުން އެއްވެސް ސިފައެއްނުފެނުނެވެ. އެހެނެއްކަމަކު އޭނާއާ ބައްދަލު ކުރީ ހިނިތުންވުމެކެވެ. “ބައްޕަ އެހާ ބާނުން ވާކަމަކަށް ވާއިރުވެސް އަޅުގަނޑަށް ނުކޮއްދެވޭ ތީ….” “އިޓްސް އޯކޭ ދަރިފުޅާ… އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ބައްޕަ އަށް މުހިންމީ ދަރިފުޅުމެންގެ އުފާ… އެހާ އަމިއްލަ އެދުން މި ބައްޕަގެ ބޮޑެއްނޫން… ދަރިންނަން މަޖުބޫރު ކުރުމަކީ އެއްވެސް އިރެއްގައި މި ބައްޕަ ބޭނުންވާނޭ ކަމެއްނޫން. ޔުއާން ވެސް، އާއިކް ވެސް މީހަކާ އިންނަންޏާ ރަނގަޅު އަޚްލާގު ރަނގަޅު ކުއްޖަކު ހިޔާރުކުރުމަކީ ބައްޕަ އެދޭ ގޮތް…” އައިކަލް ބުނެލިއެވެ. ޔުއާން އޭނާގެ ބައްޕައަށް ޝުކުރުގެ ބެލުމަކުން ބަލާލިއެވެ.

“ތެންކިޔު ޑޭޑް” ޔުއާން ބުނެލިއެވެ. އައިކަލް ހީލަމުން ޔުއާން ގެ ކޮނޑުގައި ޖަހާލިއެވެ. އަދި އޭނާ އޮފީހާ ގުޅޭ ގޮތުން ޔުއާން އާ މަޝްވަރާ ކުރަން ފެށިއެވެ. މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވެމުން ދިޔައީ ކޮންޕެނީއަށް އަހަރު ފުރުމާ ގުޅޭ ވާހަކަ ތަކެވެ.

“އިނގޭތަ. ކުރިން ދުވަހު ދޮންތަ ފޯނުގަ ލާރި ނެތިގެން މައިލީން ފޯން ދިނުމާއެކު އަހަރެން އެ ބަލާލި. އޭގަ އޮތީ މައިލީން ކޮއްފަ އޮތް މެސެޖް. އެހެންވެ އެހެން ކަންތައް ކުރީ… އަހަރެން ކަންތައްތައް ކޮދިން ވަރު ގަބޫލް ނުކުރެވެންޏާ ގޭޏް ނުކުމެގެންދޭ އަހަރެންގެ ފަރުވާލެއްނެތް” ޝާލީން މައިލީން ނަން ފުރިހަމައަށް ބޭނުން ކޮއްލަމުން ވާހަކަ ދެއްކިއެވެ. ޝާލީން ދެންމެ އެ ބުނި ވާހަކަ މައިލީން އަށް ގަބޫލް ކުރަން ތަދިވިއެވެ.

“އަހަރެން މެސެޖެއް ނުކުރަން” މައިލީން ބުނެލިއެވެ. “މަށެއްވެސް ނުކުރަން” ޝާލިން ބުނެލިއެވެ.  އޭނާއަށް ރީއްޗަށް ވަހަކަ ދައްކަން ވީ އުނދަގޫ ކަމަކަށެވެ. އެއާއެކު ދެމީހުންނަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ.މައިލީން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ކޮޓަރިއަށް މިސްރާބުޖެހިއެވެ.

އޭނާ ގޮސް ޗާރޖަށް ޖަހާފައި އޮތް ފޯން ނައްޓާލާ އޭގައި އެ މެސެޖް އޮތްތޯ އެހެންހުރިހާ މެސެޖެއް ކިޔާލި އަދިވެސް އެއްފަހަރު ޗެކްކޮއްލިއެވެ. އެހެން ނަމަވެސް އެ މެސެޖެއް ނެތެވެ.

“އިލީ… އަހަރެން އިލީ ވަރަށް ބޭނުން. އެ މާ ބޮނޑު ތަކަކީ އަހަރެން ފޮނުވާ އެއްޗެހި. އަހަރެންގެ މީހަކަށް އިލީ ވެދާނުތަ؟”ޖަޒިލް ގެ މެސެޖްގައި އިނީ މިހެންނެވެ. އޭނާ އަށް ޖަޒިލް ދެއްކި މެސެޖް ތައް މަތިން ހަނދާނވަމުން ދިޔައެވެ. “އާނ… އަހަރެންގެ ހިތުގައިވެސް އަބަދުވެސް ޖަޒިލް މިހާރު ވޭ. އަދި އަމްދުން އެ މާބޮނޑި އަކީ ޖަޒިލް ފޮނުވާ އެއްޗެއްކަން އެނގުނީމަ ވަރަށް އުފާވޭ” މައިލީން ފޮނުވާފައި އޮތީ މހްނެވެ. ދޮންތަ ނޫނީ ދެން އެހެން މެސެޖް ފޮނުވާނީ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ހުއްޓާ ކޮޓަރީގެ ދޮރުމައްޗަށް މީހަކު އެރުމާއެކު މައިލީން ބަލާލިއެވެ. ޝާލީން ފެނުމާއެކު އެ މޫނަށް އޭނާ ބަލާލިއެވެ. “އަހަރެން ހަމަގައިމުވެސް މިސެޖެއް ނުފޮނުވަން” އޭނާ ބުނެލިއެވެ. އެއާއެކު ޝާލީން ވެދެގެން އައިސް މައިލީން ގާތަށް ހުއްޓުނެވެ.

“ދޮންތަ ހީކުރީ އިލީ ދޮންތައަށް އިތުބާރެއް ކޮންމެވެސް ވަރަކަށް ކޮއްފާނެކަމަށް… އެކަމަކު ނުކުރި ވިއްޔަ… އެންމެ ފުރަތަމަވެސް އަހާލި ނަމަ އެކަން އެގޮތަށް ކުރީ ކީއްވެތޯ” ޝާލީން ވާހަކަ ދެއްކިއެވެ. އޭނާގެ ރުޅި މަޑުވެފައި ވިއެވެ.

“އަހަރެން ނުކުރަން. ދެން ކާކުތަ ކުރާނީ” މައިލީން ވިސްނަމުން ދިޔައެވެ. ސިކުނޑިއަށް ކިތަންމެ ބާރުލިޔަސް އެއީ ކާކު ކޮއްފާނޭ ކަމެއްކަމެއް އޭނާގެ ވިސްނުމަކަށް ނައެވެ.

އާއިކް ގެ އެކްސިޑެންޓާ ބެހޭ ތަހުގީގު އެންމެ ބާރު މިނުގައި ކުރިއަށް ދިޔައެވެ. ސީސީ ޓީވީ ފްޓެޖް ތައް ފުލުހުން ބަލަމުން ދިޔައެވެ. އެމީހުންނަށް ޝައްކުވާ ޒުވާނެއް ތަންކޮޅެއް ދުރުން ފެނުމާއެކު އޭނާ ހޯދަން އިއުލާން ކުރެފެން ފެށިއެވެ. ނޫސްތަކުންނާ ޓީވީގެ ޒަރީއާއިންނެވެ. ރޭޑިއޯއިންނެވެ. އެހެންނަމަވެސް އެއީ ސީދާ ކޮން ކަމަކާ ގުޅޭ ގޮތުން ހޯދާ ޒުވާނެއްކަން އެމީހުންނެއް އާއްމެއް ނުކުރެއެވެ.

އާރާ ޓީވީ ހުޅުވާލައިގެން އިންދާ ދައްކާލި ފޮޓޯއަކުން އޭނާ ގެ ހިޔާލް މީގެ ކުރިއަށް ދަތުރު ކުރިއެވެ. އަދި ވިސްނުމަކަށް ގެނބި ނަފްސު ގެ ހަމަޖެހުން ގެއްލުނެވެ.

އާއިކް ގެއަށް ދޫކޮއްލުމަށްފަހު ހުރިހާ އިރުޝާދެއް ދެމުން ދިޔައީ ޔުއާން އަމިއްލައަށެވެ. ޒާރިވާ ވެސް އަބަދު އާއިކް ގެ ހިދުމަތުގައި ހުރެއެވެ. އާއިކް ބެޑް ރެސްޓްގައި އޮތް އިރު މިހާރު އޭނާ އާރާ އާ ވަހަކަ ދައްކަނީ މެސެޖް ގެ ޒަރީއާއިންނެވެ. ޒާރިވާ އަބަދު ފޫބުޑުގައި ވިއްދާފައި ހުންނާތީ ގުޅައިގެން ވާހަކަ ދެއްކޭ ގޮތެއް އާއިކް އަކަށް ނުވިއެވެ.

ރޭގަނޑެވެ. އަނެއްކާވެސް ވިސްސާރައިގެ ކުލަވަރު ދައްކާފައިވެއެވެ. ތުނި ތުނިކޮއް ވާރޭވެހެމުން ދިޔައެވެ. ޔުއާން ކާރު ޕާރްކް ކޮއްލާފައި ހޮސްޕިޓަލަށް ވަންނަން އައި ކުޑަކޮއް ދުވެލާފައެވެ. އޭނާ ހޮސްޕިޓަލް ތެރެއަށް ވަނުމާއެކު އެންމެ ފުރަތަމަ ވެސް މިސްރާބުޖެހީ އެމްރޖެންސީ ބަޔަށެވެ. އެތަނުގައި އޮތް ޕޭޝެންޓެއްގެ ހާލު ބަލާލުމަށްފަހު ލިފްޓާ ދިމާލަށް ދިޔަ ޔުއާން ލާވިޔާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ހުރީ ޔުއާން އާ ވާހަކަ ދައްކާލާ ހިތުންނެވެ. އެހެންނަމަވެސް ޔުއާން އެ ދިމާލަށް ބަލާ ވެސް ނުލާ ދިޔުމާއެކީ އޭނާގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އަނެއްކޮޅުން އާއިކް ގެ ރިޕޯޓް އެއްވެސް އޭނާގެ އަތުގައި އެބައޮތެވެ. އެހެންކަމުން އޭނާ ނިންމީ މިރޭގެ ކޮންމެވެސް ވަގުތެއްގައި އެކަން ކުރާށެވެ.

ޔުއާން ގޮސް ނުވަވަނަ ފްލޯއަށް އެރިއިރު މައިލީން އިނެވެ. އޭނާ އަޅާނުލައެވެ. މައިލީން ގާތަށް ގޮސް އެހެން ނުހެދުމަށް އެދި އާދޭސް ކުރަން ޔުއާން ބޭނުންވިއެވެ. އޭނާ ގޮސް ގޮނޑިއަށް ވެއްޓިގަތެވެ.

ބްރޭކް ގަޑިއެވެ. ޔުއާން އަށް ކެތް ނުވުމުން އެންމެ ފަހުން ނުކުތެވެ. އަދި މައިލީން އިން ކައުންޓަރ ގާތަށް ގޮސް އަތް އަޅުވާލިއެވެ. އޭނާ މައިލިން ގެ ދެލޮލަށް ބަލާލިއެވެ. އަދި ހިން ދިރުވާލިއެވެ. ޔުއާންގެ އަމަލުން މައިލީން ގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އެ އަސަރުން އޭނާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. “އެންމެ ފަހަރަކު ލީން އަހަރެންނާ ވާހަކަ ދައްކާލަފާނަންތަ؟” އެހެން ފަހަރުތަކެކޭ ހިލާފަށް މިފަހަރު ޔުއާން ފުރަތަމަ އެދުނީ ހުއްދައަކަށެވެ. އެކަމުން މައިލީން އަށް ސިހުން ގެނެވުނެވެ. އޭނާ ބޭނުންވީ ދެކޮޅުހަދާށެވެ. އެހެންނަމަވެސް އެ ހިތްވަރު އޭނާއަށް ނުލުނީ ޔުއާން ގެ ލޮލުން ކަރުނައިގެ އަސަރު ފެނިލިހެން ހީވުމުންނެވެ. އޭނާ ބޯ ޖަހާލިއެވެ.

“އަހަރެންނާ އެކީ ލީން އަހަރެންގެ ރޫމަށް ގޮސްފާނަންތަ؟” ޔުއާން މިފަހަރުވެސް ސުވާލުކޮއްލިއެވެ. އެކަމަށް ވެސް މައިލީން އެއްބަސްވިއެވެ. އޭނާގެ ހިތް މިއަދު އޭނާގެ އިޚްތިޔާރުން ބޭރުވެފައިވާ ފަދައެވެ. “މިވަގުތު ކޮޅު ލީން އަހަންނަށް ދެވިދާނެތަ؟” ޔުއާން އަނެއްކާވެސް ސުވާލެކެވެ.

ޔުއާންއެވެ. ކިހިނެތްވީހެއްޔެވެ؟ މައިލީން ގެ ހިތުގައި ތަފާތު ޖަޒުބާތުތައް އުތުރިއަރަންފެށިއެވެ.

މައިލީން ގޮނޑިން ތެދުވެލާ ޔުއާން އާއެކު ދިޔުމަށް އަވަސްވެގަތެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ޔުއާން އަށް ދެކޮޅު ހަދަން ބޭނުންވިޔަސް އެ އަޑުގައިވި އަސަރުން އެކަން އެގޮތަށް ކުރަން މައިލީން އަށް ނުކެރުނިއެވެ.

އެކަމަކު…

އެވަގުތު ޔުއާން އަށް އެންމެ ތިރީ އެމަރޖެންސީއިން ފޯނެއް އައުމުން ޔުއާން ތިރިއަށް ދާން ޖެހުނެވެ. ޔުއާން މާފަށް އެދިފައި ދަމުން ދިޔައީ މައިލީންގެ ކޯތާފަތުގައި ފިރުމާލާފައެވެ. “އައި ނީޑް ޓް ގޯ” ޔުއާން ގެ ޖުމްލަ މައިލީން ގެ ކަންފަތުގައި އެތައް އިރަކު ގުގުމާފައި ހުއްޓެވެ.

މައިލީން އެހެން އިންނަތާ ފަނަރަ މިނިތް ފަހުން ކައުންޓަރަށް ކޯލެއް އައެވެ. އައްސަލާމު އަލައިކުމް” އޭނާ ފުރަތަމަ ވެސް ފޯނަށް ނަގާލާފައި ބުނެލިއެވެ. “ލީން… ކޭން ޔޫ ކަމް އެންމެ ތިރިއަށް” ޔުއާން ބުނެލިއެވެ. އެއާއެކު މައިލީން އާއެކޭ ބުނެލިއެވެ. އަދި ފޯން ބޭއްވިއެވެ. އޭނާ ޔުއާން ބުނާ ގޮތަށް ކަންތައް މިކުރަނީ ކީއްވެހެއްޔެވެ؟. މިއަދު އޭނާގެ ހިތް ބުނަނީ ޔުއާން ގެ ވާހަކަ އަޑު އެހުމަށެވެ.

ލިފްޓްގައި ހުރިއިރު ލިފްޓް ގެ ހަތަރު ފަރާތުން އޭނާ ފިއްތާލާ ކަހަލަ އިހްސާސް އެއްކުރެވެމުން ދިޔައެވެ. އޭނާ އަށް ފުންކޮން ނޭވާލާން ފެށުނެވެ. މީހާ ހާސްވާ ފަދަ އިހްސާސް އެއްކުރެރެމުން ދިޔައެވެ.

އޭނާ އެންމެ ތިރިއަށް ގޮސް ލިފްޓުން ފޭބިއިރު ޔުއާން އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ޔުއާން ހީލިއެވެ. އަދި އެއަށްފަހު އޭނާގެ ފަހަތުން އައުމަށް އިޝާރާތް ކުރިއެވެ. މައިލީން އެއްވެސް ބަހެއްބުނުމެއްނެތި ޔުއާން ގެ ފަހަތުން ދިޔައެވެ. ޔުއާން ދިޔައީ ހޮސްޕިޓަލް ގެ ފަހަތުގައި އިންނަ ގާޑެންއަށެވެ. ގަސްތައް ގިނަކަމުން އަނދިރިއެވެ. އެތަނަކީ ބިޔަ ގަސްތަކުން ފުރިފައވާ ތަނެކެވެ. ދިއްލާފައިވަނީ ފަޑު އަލީގެ ބޮކިތަކެކެވެ. އިށީނުމަށް ބެންޗް ތަކެއް ބަހައްޓާފައިވެއެވެ. އޭގެ އިތުރުން ވެސް ފިނިފެންމާ ބޭޑް ތަކާ ތަފާތު ވައްތަރުގެ މާމެލާ މެލީގެ ބެޑްތައް ހައްދާފައި ވެއެވެ. ކޮންމެ ބެޑް އެއްގެ އެތެރޭގައި ތަފާތު ކުލަ ކުލައިގެ ބޮކި ދިއްލާފައި ވުމުން ރީތިކަމަށް ދައްކައެވެ. ހިގަން ވޯކްވޭ ހަދާފައިވާއިރު ބޮޑު މަސްފެންގަނޑެއްވެސް ވެއެވެ. އެތަނުގައި އިން ރުނބައެއްފާޑު އެއްޗަކުންކެނޑި ނޭޅި އެ ފެންގަނަށް ފެން އެޅެމުން ދިޔައެވެ.

ރޭގަނޑު ގެ ވަގުތު ކަމުން އެތަނުގައި އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. މި ހަމަހިމޭނަ ކަމުން ކޮންމެ މީހެއްގެ ހިތަށް އުފާވެރިކަން ގެނުވާނެއެވެ. އެހެންނަމަވެސް ޔުއާން ގެ ހިތަށް މިއިން އެއްވެސް ކަމަކުން ހިންހަމަ ޖެހުމެއް ނުލިބެއެވެ. އެހެނެއްކަމަކު އޭނާއަށް ލިބިގެންދަނީ ހާސްކަމެވެ.

“ލީން” ޔުއާންގެ ފަހަތުގައި ހުއްޓުނު މައިލީން އަށް އޭނާ ގޮވާލިއެވެ. “ލީން ހަމަ ދިރިއުޅުމެއް ފަށަން ނިންމީތަ؟” ޔުއާން އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ. އެއާއެކު މައލިން އަށް ކީކޭ ހޭ އަހާލެވުނެވެ. “ޖަޒިލް އާ އެކީ ދިރިއުޅުމެއް ފަށަން ނިންމީހޭ” ޔުއާން މިފަހަރުވެސް ބުނެލިއެވެ. އޭނާ މިތަނަށް މައިލިން ގޮވައިގެން އައީ ވާހަކަ ދައްކާ މާހައުލު ބަދަލް ކޮއްލުމުގެ ގޮތުންނެވެ. އަބަދު އެދެމީހުންނަށް ވާހަކަ ދެއކެވެނީ ބަންދުވެފައިވާ ކޮއްޓެއްގެތެރޭގައެވެ. ތިރިއަށް އައުމަށްފަހު އޭނާ ގެ ހިޔާލް ބަދަލް ވީ މިތަނަށް އައިސްފިނަމަ އޭނާ ގެ ހާސްކަން ވެސް ކުޑަވާނޭކަމަށް ގަބޫލް ކުރެވުނީމައެވެ. އެހެންނަމަވެސް އެކަމެއް ނުވިއެވެ.

“ލީން” މައިލީން ހުންނަން ފެށުމުން ޔުއާން އަމެއްކާވެސް ގޮވާލިއެވެ.

މައިލީން ހުރީ ދެންމެ ޔުއާން ބުނެލި ވާހަކައިން ބުނާނެ އެއްޗެއްނޭގިފައެވެ. ޔުއާން ޖަޒިލް ގެ ވާހަކަ ގެންނަން ޖެހުނީ ކީއްވެހެއްޔެވެ؟ ޔުއާން އަށް ކޮންމެވެސް ކަމެއް އެނގުނީހެއްޔެވެ؟.

“ލީން ވާހަކަ ދައްކަބަލަ” މައިލިން ސިހުނީ ޔުއާން ކުއްލިއަކަށް އެނބުރި އޭނާގެ ދެ ކޮނޑުގައި ހިފާ ތަޅުވާލަމުން ގޮވާލީމައެވެ. އެ އަޑުގައި މަޑު މަޑު ތުރުތުރެއްވިއެވެ. “އަހަރެން ގާތު ދުރަށް ދާން މައިލީން ބުނީ މިހެން ވީމަތަ؟ ބުނެބަލަ ޖަވާބުދީބަލަ. އެހެންމީހަކާ އެކީ ދިރިއުޅުމެއް ފަށާތީތަ… ލީން ބުނެބަލަ” ޔުއާން ގެ ލޮލުން ކަރުނައިގެ އަސަރު އެ ފަނޑު އަޅިގެ ތެރެއިންވެސް މައިލީން އަށް ފެންނަމުންދިޔައެވެ. އޭނާ ނޫނޭކޭ ބުނަން ބޭނުންވިއެވެ. އެ،މޭގައި މޫނު ފޮރުވާލަމުން މީ ހަމަ އެކަނި ޔުއާންގެ މީހެކޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް ޔުއާންގެ މި އަމަލުން އޭނާގެ ނަފްސް ހުއްޓުމަކަށް އައެވެ.

“ލީން ޕްލިސް… އަހަރެން ލީން ގާތު އާދޭސް ކުރީމަ ލީން އަށް ކަންތައް ކުރަން އެނގުނު ގޮތަކީ ތިއީތަ؟ އަހަރެން ތި ދިރުއުޅުމުން ދުރުކޮއްލަން އެނގުނީ ހަމަ އެކަނި ތި ގޮތަށްތަ؟. ޔަޝްމް ގެ ބައްޕަ އަށް ވުމުގެ ހައްގު އަހަރެންގެ އަތުން ނިގުޅައިގަންނަން ކަންތައް ކުރަން ފެނުނު ގޮތަކީ ތިއީތަ މައިލިން ބުނެބަލަ….. ބުނެބަލަ” ޔުއާން ހިވަނީ މޮޔަވެފައި ހުރިހެންނެވެ. “ލީން.. ކީއްވެތަ… ޔަޝްމް ގެ ބައްޕަ އެއްގެ ލޯބިދޭން އަހަރެންނަށް އެއް ފުރުސަތު ދީބަލަ. އެއީ އަހަރެންގެ ލެޔޭ. މިހުތުގައިވެސް އެބަ ވޭން އަޅައޭ… އެ ދަރިފުޅަށް ބައްޕަ އެއް ގެ ލޯބިދޭން ބޭނުންވެގެން މިއަދު ލީން ގެ ގާތުގައި ސަލާން މިޖަހަނީ ނިކަމެތި އިންސާނޭކޭ ލީން. ކިތަންމެ ބައިވަރު ފައިސާއެއް ހުއްޓަސް މުދަލެއް ހުއްޓަސް… މިއަދު މީ ނިކަމެއްޗެއްލީން. ވަރަށް ބޮޑު ނިކަމެއްޗެއް. ދަރިއަކާ ބައްޕަ އަކާ ވަކި ނުކުރުމަށް އާދޭސް ކުރަމުންދާ ބައްޕައެއް…” ޔުއާން ބުނަމުން ދިޔައެވެ. އޭނާ އަދިވެސް ހުރި މައިލީންގެ ކޮނޑުގައ ހިފައްޓާލައިގެންނެވެ.

“އެކަމަކު ލީން ލީން ބޭނުންވަނީ ތި ގޮތް ކަމަށް ވަންޏާ އަހަރެންނަށް ދެން އިތުރަށް ބުނެވޭނޭ އެއްޗެއް ނެތް” ޔުއާން ފަހަތަށް އެނބުރުލަމުން މައިލީން އަށް ފުރަގަސްދިނެވެ.

“ޔުއާން…” މައިލީން ވަހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް ޔުއާން އެ ފުރުސަތެއްނުދިނެވެ.

“ލީން އެއްފަހަރުވެސް ބުނިނަމަ ދުވަހަކުވެސް ތި ހަޔާތުން  މި ޔުއާން އަކަށް ޖާގައެއްނެތޭ… އޭރުން އަހަރެން ދުވަހަކުވެސް މައިލީން އަށް އުނދަގޫ ނުކޮއްފާނަން. އެކަމަކު އެކަމަކު އަހަރެންގެ ދަރިފުލާ އަހަރެންވަކި ނުކުރޭ” ޔުއާން އަށް ރޮވުނެވެ.

ޔުއާން ދެންމެ ދެއްކި ހުރިހާ ވާހަކައެއް އިތުރުފަރާތަކަށް އަޑު އިވިއްޖެއެވެ. އެކަމެއްޔުއާން އަކަށް ވެސް އަދި މައިލީން އަކަށް ވެސް ނޭގުނެވެ. އެމީހަކު އެތަނުން ދިޔައިރުވެސް އެދެމީހުންނަށް ރޭކާނުލިއެވެ. “ޔުއާން” މައިލީން ވާހަކަ ދައްކަން އުޅުނެވެ.

މިފަހަރުވެސް ޔުއާން ފުރުސަތެއްނުދިނވެ. “ލީން ދޭ ދެން” ޔުއާން އޭނާގެ އަޑު އިއްވާލިއެވެ. އެހެންނަމަވެސް މައިލީން ދާ ހިޔާލެއް ނުކުރިއެވެ. އޭނާ އަދިވެސް ބެލީ ޔުއާން އާ ވަހަކަ ދެއްކޭތޯއެވެ.

ދެންމެ ޔުއާން ބުނި ވާހަކަ އެއް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. “ލީން ޖަސްޓް ގޯ” ޔުއާން ބާރަށް ބުނެލިއެވެ.

“ޔުއާން ޔުއާން ކިޔާނެ އެއްޗެއް ކީމަ ނިމުނީތަ…؟” މައިލީން ގޮސް ޔުއާން ގެ ކުރިމައްޗަށް އަރާ ސުވާލުކޮއްލިއެވެ. “އަހަރެންނަށޭ ފެނުނީ ޔުއާން އަންހެނެއް އަތުތެރެއަށް ލައިގެން ހުއްޓާ މި ދެދޮލަށް. އަހަރެންގެ ހިތަށް ވެސް އަސަރުކުރިއޭ… ނުފެނޭތަ. މިހާރު މިދެލޮލުން މި އަންނަ ކަރުނައެއްވެސް ނުފެނޭތަ؟. މިއަދު ޔުއާން އަށް ކޯންޗެއް ފެނިގެންތަ ތި ބުނީ އަހަރެން ދިރިއުޅުމެއް ފަށަންނޭ ބުނެބަލަ. ހިތަށް އެރިހާ އެއްޗެސް ނުކިޔައްޗޭ” މައިލީން ގެ އަޑުވެސް ބާރެވެ. އޭނާ އަންނަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި ޔުއާން އާއި ދުރަށް އެއްފިޔަވަޅު އަޅާލިއެވެ.

މައިލީންގެ ޖުމަލައިން ޔުއާން ގެ ގާތަށް ރުޅިވެސް އައެވެ. އޭނާ ކުއްލިއެއް ޖެހިޖެހީނުން މައިލން ގެނެސް އެމޭގައި ތައްކޮއްލިއެވެ. ދެން ފަހަތަށް ގެންގޮސް އެތާހުރި ގަހެއްގައި ޖައްސާފިއްތާލިއެވެ. “ތިހެން ބުނާކަށް ނުޖެހޭނެ. ގަބޫލު ކުރަން އޭރު އެހެން ކަންތައް ކުރެވުނުކަން ލީން ދެރަ ކުރެވުނުކަން އެކަމަކު މި ކޯންޗެއް؟” ޔުއާން އޭނާގެ ޖީބުގައި އޮތް ފޯންނަގާ އޭގައި އޮތް ފޮޓޯ ދައްކާލިއެވެ.

“ކާކު ފޮނުވި އެއްޗެއް” މައިލިން އަށް ބުނެވުނެވެ. އެ ފެނިފައި އޭނާ ހުއްޓުން އެރިއެވެ. އެއާއެކު ތަފާތު އެތަކެއް ހިޔާލުތަކެއް އޭނާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. މި އީ އަނެއްކާ އެ މެސެޖް ކުރި މީހެއްގެ ކަމެއް ނޫންބާއެވެ. އެމީހަކަށް އޭނާއާއ ޔުއާން ގެ ގުޅުން އެނގެނީހެއްޔެވެ؟ ޖަޒިލްގެ ވެސް ހެއްޔެވެ؟ މިހެން ވާނީ ކިހިނެތްހެއްޔެވެ؟.

“ބުނެބަލަ ޖަވާބު ދީބަލަ ލީން” ޔުއާން ގެ އަޑަށް އަނެއްކާވެސް މަޑު މޮޅިކަން ވެރިވެގެން ދިޔައެވެ.

“ޔުއާން އަހަރެން ދާނީ” މައިލީން އަށް އެއްޗެއްވިސްނުނެވެ. މިއީ ޖަޒިލް ގެ ކަމެއް ހެއްޔެވެ؟ އޭނަ ޔުއާންގެ އަތުން ވިއްލިގަނެގެން ޖަޒިލް ގެ ގާތަށް ދާން އަވަސްވެގަތެވެ.

މައިލީން ބާރު ބާރަށް ގޮސް ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. އޭނާ އަށް އެންމެ ތިރިން ޖަޒިލް އަޅައިގަތުމާއެކު ފުންނޭވާއެއް ދޫކޮއްލެވުނެވެ. އަވަސްއަވަހަށް ޖަޒިލް އަށް ގޮވާލަމުން އެދިމަލަށް މިސްރާބުޖެހިއެވެ. “ޖަޒިލް އަހަރެން ވާހައެއް ދައްކަންބޭނުން” މައިލީން ބުނެލިއެވެ. “އަހަރެންވެސް ބޭނުންވެފައޭ މިހުންނަނީ” ޖަޒިލްގެ އަޑުގައިވަނި ނުރުމެވެ.

އެހެންނަމަވެސް އެވަގުތު މައިލީން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ޖަޒިލް އާ އެކު ގޮސް ލައުންޖަށް ވެނެވެ. މިތަން ފެނުނީ ޔުއާން އަށެވެ. އޭނާ އެތަނުގައި ހުއްޓިހުއްޓެވެ. ޔުއާން އަށް ވެފައި ހުރިގޮތް ފެނި ލާވިޔާ ފުޖްނޭވާއެއްދޫކޮއްލިއެވެ.

“ޖަޒިލް އިނގޭތަ އެމެސެޖް…” މައިލީން ގެ ޖުމްލަ ހުއްޓާލަން ޖެހުނީ ޖަޒިލް ގެ އަޑުންނެވެ.

“އާނ… އިނގޭ… ދޮންތަ އެއްނު ފޮނުވީ އަހަރެންނަށް އިނގިއްޖެ ވަރަށް ރަނގަޅަށް އެއީ ކާކު ކީއްވެގެންކަން ފޮނުވި އެއްޗެއްކަން މިއަދު… މީހާކާ ދުވަހަކުވެސް ލީން އެއް ނާދޭ… އެކަމަކު އެހިސާބަށް ޝާލިން ކަންތައް ގެންދިޔައިރު ނުބުނެވުނު. ދަރިއެއްހުރީތީ އަހަރެން ހީކުރީ” ޖަޒިލް ގެ އަޑުން މައިލީން އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ކާކު ބުނީ އެއްޗެއްތަ ޒިލް ތި ކިޔަނީ ދޮންތަ އެއް ނޫން އެކަން އެ ގޮތަށް….”

“ހެވޭ…. ދޮގު ހަދާ މަކަރުވެރި ބަޔެއްތީ… ވަރަށް ރުޅިއައިސްފި މިހާރު ދުވަހަކު މާފެއްނުކުރާނަން” ޖަޒިލް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ.

މައިލީން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ނުކުމެގެން ދުއްވައިގަތެވެ. މައިލީން ނުކުންނާނެ އިރަކަށް އިންތިޒާރު ކޮއްކޮއް ހުރި ޔުއާން ސިހުނީ ލައުންޖް ތެރެއން ނުކުމެގެން ރޮމުން ދިޔަ މައިލީން ފެނިފައެވެ. ޖަޒިލް ދެކެ އޭނާ ރުޅިއައެވެ. މައިލީން ދެކެ ވެސް މެއެވެ. މައިލީން އެ އުޅެނީ އެވަރު މީހަކާ ހެދި ހެއްޔެވެ؟.

އޭނާ ވަގުތުން އެ ތަނަށް މިސްރާބުޖެހިއެވެ. ޖަޒިލް ފެނިގެން ރުޅިވެރިކަން އިސްކުރެވުނެވެ. “ލީން ނުރޮއްވާ ގެންގުޅޭ ބޭނުންނަމަ” ޔުއާން އަށް ހަގީގަތް ނޭގޭހާލު ބުނެވުނެވެ. އެއާއެކު ޖަޒިލްދިއްކޮއްލީ މަލާމާތުގެ ހިނިތުންވުމެކެވެ.

އޭނާ ޔުއާން ފަސްދީ ދާން ހިނގައިގަތެވެ. އެހެންނަމަވެސް ޔުއާން މާ ހުށިއާރެވެ. އޭނާ ޖަޒިލްގެ ކޮނޑުގައި ހިފައްޓާލިއެވެ. ދެކޮޅަށް ތިބި ދެމީހުން ގެ ހަތަރު ކަޅު ބައްދަލުވިއެވެ. ޖަޒިލް އޭނާގެ އަތް ފޮޅުވާލިއެވެ. އަދި އިންޒާރުގެ ބެލުމަކުން ބަލާލިއެވެ.

އެއާއެކު ޔުއާން ރުޅި އައިސް އެ ރުޅިކޮންޓްރޯލުން ނައްޓާ ހިސާބަށް ދޔައެވެ. އޭނާ ޖަޒިލް ގެ ކޮނޑުގައި ހިފާފައި ޖަޒިލްގެ ކުރިމައްޗަށް އެރިއެވެ. “އެކަހަލަ އަންހެނެއް އަހަރެން ނުދެކެން ދުވަހަކުވެސް މަކަރާ ހީލަ” ޖަޒިލް ގެ ވާހަކަ ހުއްޓުނީ ކުއްލިއަކަށް ޔުއާން ޖަޒިލްގެ މޫނުމަތީގައި އަޅުވާލި ހޫނު އެތިފަހަރުންނެވެ. އެއާއެކު ޖަޒިލްގެ ތުންފަތް ފަޅައިގެން ގޮސް ލޭތައް އޮހެން ފެށިއެވެ. ޖަޒިލް އޭނާގެ ތުންފަތުގައި އަތް ލަމުން އެ އަތަށް ބަލާލުމާއެކު ޔުއާން ގެ ގިރުވާނުގައި ހިފިއެވެ. އެހެން ނަމަވެސް ދެވަ ސިކުންތުގައި އޭނާގެ މަގާމް ހަނދާންވުމާއެކު ދޫކޮއްލީ ތަޅާ ފޮޅުމަކަށް ދިޔުމަށް ބޭނުން ނުވާތީއެވެ.

އާއިކް ފޯނުން އާރާ އާ ވަހަކަ ދައްކަން އޮތީ އެއްވެސް ފޫހިކަމެއްނެތިއެވެ. އޭނާ މިހާރު ރަގަޅެވެ. އެހެންނަމަވެސް ތަހުގީގު ނުނިމެނީސް ބޭރަށް ނުދާން ބައްޕަ އޮތީ ބުނިފައެވެ. އަބަދު ގޭގައި އޮންނަން ޖެހޭކަމުން އޭނާ ފޫހިވެސް ވެއެވެ.

އެދުވަހުގެ ވަގުތެކެވެ. ފުލުހުންގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތެއް ލިބިއްޖެކަމަށް ބުނެލިއެވެ. ފުލުހުންނަށްވެސް އެއީ ބަޔަކު ގަސްތުގައ ކުރިކަމެއް އެނގުނުފަހުން އެމީހުންވެސް ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު މައްސްލަ ބަލަމުންނެވެ. ފުލުހުންނަށް އެންމެ ފަހުން އެކަން ކުރި އެކަކު ހައްޔަރުކުރެވުނެވެ.

“ބުނީމެއްނު އަދި އޭނާ ހައްޔަރު ކުރާނޭ… އަހަރެން ބުނީ ފުރަތަމަ އެ އާރާގެ ކަންތައް ދުއްވާލާށޭ… އެއަށްފަހު އާއިކް އޭ… އާއިކް ގެ ދުވަސްވެސް މި ވީ ގޮތުން ދުއްވައެއްނުލެވުނު… އަނެއްކޮޅުން އިބާހު ހައްޔަރު ކުރީ… ހަތަރު ފަރާތުން އަހަރެމެން ބެދޭނީ. އޭނާ އަހަރެމެންގެ ނަން ކިޔާފިނަމަ އެ ހިސާބުން އެ ނިމުނީ” ގެއެއްގެ ސިޓީންރޫމް ގައި ކުރިމަތީ ހުރި ގޮނޑިއަށް ފައި އެއްލައިގެން ވާހަކަ ދައްކަމުން ދިޔަ އަންހެން ކުއްޖާ ގެ އަޑޫގައިވަނީ ރުޅިވެރިކަމެވެ. އޭނާގެ ނަޒަރު ވަނީ ޓީވީން އެވަގުތު ކިޔަމުން ދިޔަ ހަބަރަށް ހުއްޓިފައެވެ. “ކީ ހޯލްޑާސް ކޮންޕެނީގެ ލޯޔަރ އަދި އެ ކޮންޕެނީގެ ސީއީއޯގެ ދަރިފުޅު އަހްމަދު އާއިކް ބިން އައިކަލް އަށް ހަމަލާދިން މީހާ ހައްޔަރުކޮއްފި” ހަބަރު ގެ ސުރުހީގައިވަނީ މިހެންނެވެ. އެވަގުތު ހަބަރު ކިޔަމުން ދިޔަ ނޫސްވެރިޔާގެ ވާހަކަ އަށް ސަމލުވެގެން އިން އެ އަންހެން ކުއްޖާ ގެ ނިތަށް ރޫތައް ވެރިވެފައިވެއެވެ.

“އެނގިފައިވާ ގޮތުގައި މި ހަމަލާ އަކީ ދުރާލާ ރޭވިގެން ދެވިފައިވާ ހަމަލާއެކެވެ. އަދި ހަމަ އެއާއެކު މި މީހާ ވަނީ އާއިކް ދުއްވަމުން ދިޔަ ކާރުގެ ބުރަކި ހަލާކުކޮއްލާ ސްޕީޑް ދައްނުކުރެވޭ ގޮތަށް ކާރުގެ ބައިތަކާ ކުޅި ހަލާކު ކޮއްލާފައި ކަމަށް އެމީ ހާ ތަހުގީގުގައި އެއްބަސް ވެފައިވާ ކަމަށް ފުލުހުން ހާމަ ކުރައްވާ. އަދި މީގެ އިތުރުންވެސް މި މީހާ މިހާރު އާއިކް އަށް ފާރަކާތާ ދުވަސްތަކެއްވެފައިވާކަމަށް ވެސް އެއްބަސްވެފައިވޭ. މިކަމުގެ އަޑީގައި ތިބީ ކޮންބައެއްތޯ ހާމަކުރުމަށް މި މީހާ ދެކޮޅު ހަދަމުން ދާކަމަށް ފުލުހުން މައުލޫމާތު ދޭ… ފުލުހުންގެ އޮފިޝަލް ވާހަކަ ދައްކަމުން މިއަދު ވިދާޅުވި ގޮތުގައި ތަހުގީގީ މަރުހަލާ ނިމުމާއެކި މިކަމުގެ އަޑީގައި ތިބި އެންމެހާ ކުށްވެރިން އިންސާފުގެ ކުރިމަށްޗަށް ހާޝިރުކުރެވޭނެ” ހަބަރުގެ މިހާ ހިސާބަށް ދިޔަތަނާ އެ އަންހެން ކުއްޖާ ގެ އަތުގައި އޮތް ބިއްލޫރިތަށި ޓީވީއާ ދިމާލަށް އެއްލިއެވެ. އެއާއެކު ދެން އިވުނީ ބިއްލޫރިތައް ތެޅިގެން ފައިބައިގަތް އަޑެވެ.

“ކިހިމެތް ދެން ހަދާނީ… އޭނާ ހައްޔަރު ކުރީ” އެތާގައި އެ އަންހެން ކުއްޖާއާ ޖެހިގެން އިން ސޯފާގައި އިން ޖަމާމް ގެ އަޑުގައިވެސް ވަނީ ހާސްކަމެވެ.

“އަހަރެމެން ބަސްޓް ވިއްޔާ އެ ނިމުނީ އޭނާ އަދި އަހަރެމެންގެ ނަން ނުބުނާތީ މިހެން މި ތިބެވެނީ… ދެން އަވަހަށް ފުރަން ކަންނޭގެ މި ރެޑީ ވާން ޖެހެނީ” އަންހެން ކުއްޖާ ތެދުވެލަމުން ބުނެލިއެވެ.

އޭނާގެ ދެލޯހީވަނީ އަނގުރުކޮޅެއް ހެންނެވެ. ރުޅިއައިސް ރަތް ވެފައި ހުރިއިރު ދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ.

ފުލުހުންގެ އޮފިސަރު ކެނޑިނޭޅި ސުވާލުކުރަމުން ދިޔައީ އިބާހު އާއެވެ. އެހެންނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ އެއިނީ ހަނެވެ.

ކުޑަ ކޮއްޓެއް ކަހަލަ ކޮޓަރިގަޑުގެ ތެރޭގައި ހުރި ދިގި މޭޒުގެ އެއްކޮޅުގައި އިބާހު ބައިންދާފައި އިން އިރު އެތަނުގެ މަތީގައި ހަރުކޮއްފައި ހުރި ފާނޫޒެއްކަހަލަ އެއްޗެއްގެ އަލި ނޫން އެހެން އަލިކަމެއް އެތާކުނުވެއެވެ.

ފުލުހުންގެ އޮފިސަރެއް ކަމުގައިވާ ރަކީޒް ސުވާލުކުރަމުން ދިޔައެވެ. އެކޮޓަރި ފެންނަ ގޮތަށް ހުރި ލޯގަނޑު ގެ ކުރިމަތީގައި އިތުރު ދެ އޮފިޝަލުން ތިބިއިރު އެދެމީހުން ދިޔައީ އެ ކޮޓަރިތެރޭގައި ކިޔަމުން ދާ ވަހާކަ ރިކޯޑް ކުރަމުންނެވެ.

“މި ކޮޓަރި ތެރޭން ނުކުމެވެން އަންނަނީ އެ ދެމީހުންގެ ނަން ބުނީމަ” ރަކީޒް ހަރުކަށި ކަމާއެކީ ސުވާލުކޮއްލިއެވެ. އެވަގުތު އިބާހު ނުލަފާ ވައްތަރަކަށް ހީގަތެވެ. މިތަން ފެނި ރަކީޒް ގެ ރުޅިގަނޑު އިތުރުވިއެވެ. “ހަނދާން ކުރާތި މި ސުވާލުތަކުގެ ޖަވާބު ދީފައިނޫނީ މިތަނުން ނުވެއްނިކުމެވޭނެ” ރަކީޒް އެހެން ބުނެލާފައި ތެދުވިއެވެ. “އަދި ބުނަން… އަހަރެން ބުނާ ގޮތަށް ކަންތައް ކުރޭ އޭރުން ރަނގަޅުވާނީ… ފަނަރަ މިނިޓް” ރަކީޒް ގަޑީއަށް ބަލާލިއެވެ. “ފަނަރަމިނިޓް ތެރޭގައި އަހަރެން އަންނާނަން ގޮތެއްނިންމައިގެން އިންނާތި” ރަކީޒް އިބާހު އާ ދިމާލަށް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އެއާއެކު އިބާހު މިފަހަރުވެސް ނުލަފާ ވައްތަރަކަށް ހީގަތެވެ. އަދި އެހެން ބުނެފައި ރަކީޒް ނުކުންނަން ހިނގައިގަތެވެ.

ޓީވީން އަންނަމުން ދިޔަ ހަބަރަށް ޝައުގުވެރިކަމާއެކު އަޑުއަހަން އިން އާރާ ފެނިފައި ޝާލީން ސުވާލުކުރިއެވެ. އާރާ އަކީ އެއް އިރެއްގައިވސް ހަބަރު ބަލާ ކުއްޖެއްނޫނެވެ. އެހެންނަމަވެސް މިރޭ އަށެއްޖެހުމުގެ ކުރިން ހަބަރު ބަލަން ޖައްސާލީތީ ޝާލީން ހައިރާންވިއެވެ.

އޭނާ ވެސް އައިސް އާރާ ކައިރީގައި އިށީނެވެ. އާޜާ ޝާލީން އަށް ބަލާލާފައި ހީލިއެވެ. ޝާލިން ވެސް ބަދަލް ގައި ރައްދުކޮއްލީ ހިނިތުންވުމެކެވެ. އޭނާ އާރާ އާ ދިމާލަށް ބަލާލިއެވެ. އޭރު އާރާ އިނީ ޓީވީއަށް ނަޒަރު ހުއްޓައިލައިގެންނެވެ.

“އާރާ… ތި ކުއްޖަކާ ދޮންތަ އާ ބައްދަލު ކޮއްލެވިދާނެތަ؟” ޝާލީން އަހާލިއެވެ. އެއާއެކު އާރާ ކީކޭ ހޭ އަހާލި ގޮތަށް ދެލޯ ބޮޑޫކޮއްލަމުނ ޝާލީން އަށް ބަލާލިއެވެ. ޝާލިން ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކޮއްލިއެވެ. އެއާއެކު އާރާ ހިނިތުންވެލިއެވެ. އަދި ވާހަކަ ދެއްކިއެވެ. “ތިކަން ވެދާނެ ދޮންތާ… އެކަމަކު އަދި އޭނާ އާއިކް އެކްސިޑެންޓް ވެގެން ގެގޭއި އޮތީ އެކްސިޑެންޓް އަކަށް ވުރެ ބޮޑަށް ބަޔަކު ރާވައިގެން ކުރި ކަމެއް” އާރާ އޮޅުން ފިލުވައިދީދީ އިންދާ އެ ހަބަރު ޓީވީން ކިޔަން ފެށުމާއެކު އޭނާ ޓީވީއަށް ސަމާލުވިއެވެ.

“ކޮބާ ރެޑީތަ؟” ރަކީޒް އެތެރެއަށް ވަންނަމުން އިބާހު އާ ސުވާލުކުރިއެވެ. އިބާހު މިފަހަރުވެސް ޖަހާލި ނުލަފާ ހިނިތުންވުމެކެވެ. އެއާއެކު ރަކީޒް ގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓަން އުޅުނެވެ. އެހެންނަމަވެސް އޭނާ އެކަންތައް ކުރަން ފަސްޖެހުނީ އޭނާ ޖެހޭނީ ކެތް ތެރިވާންކަން ވިސްނުމުންނެވެ.

“ސާރ… ވީ ގޮޓް ޓް ނޯ ހޫ އިޓް އިޒް” ކުއްލިއަކަށް ރަކީޒް ގެ ކަންފަތުގައި ޖަހާލާފައި އިން ހެޑްފޮފޯނުން އަޑުއައެވެ. އެއާއެކު އޭނާ އަނެއްކާވެސް ނުކުމެގެން ދިޔައީ އިބާހު ކައިރީގައި ދެން ނުބުނަނީސް ނުނިކުމެވޭނޭ ކަމަށް ބުނެފައެވެ. ރާކިޒް ނުކުތުމާއެކު އިބާހު ގޮށްމުށުން މޭޒުގައި ޖަހާފައި ހަޅޭއްލަވައިގަތެވެ.

“ކޮބާ” ކޮންޕިއުޓަރ ސިސްޓަމް ތަކުން ފުރިފައިވާ ކޮޓަރިއަކަށް ގޮސް ރާކިޒް ވަނެވެ. “މި އޮތީ ފޯނުގައި ހުރި ހުރިހާ މައުލޫމާތެއްނަގާފައި… އެކޮޅުން ގުޅާފައިން އިން ނަމްބަރުވެސް މިއޮތީ” އެތަނުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ އޮފިސަރެއް ރާކިޒް އަތަށް ގަނޑެއް ދިއްކޮއްލިއެވެ. ދެން އަތުން އޭނާ އާއެކު އައުމަށް އިޝާރާތް ކުރަމުން ކޮންޕިއުޓަރެއް ކައިރިއަށް ގޮސް އިށީނެވެ. ރާކިޒް ވެސް އެތަނުން ގޮނޑިއެއް ދަމާލާ އިށީނެވެ.

އެއާއެކު އޭނާގެ އަތަށް އެ ފުލުސް އޮފިސަރު ހެޑްފޯނެއް ދިނެވެ. އޭނާ އެ ކަންފަތުގައި ޖަހާ ޕްލޭކޮއްލިއެވެ. “އާނ… އަހަރެން އެކަންތައް ކޮއްލައިފިން. އެކަމަކު އާރާގެ ދުވަހެއްނޫން… އާއިކް ގެ” އިބާހުގެ އަޑެވެ.

“ވަޓް… މަ ބުނީ އާރާގެ ދުވަސް ދުއްވާލާށޭ… އެންމެ ފުރަތަމަ…އެއަށްފަހު އޭނާ އާއިކް އަށް ހަދަން ވީ ގޮތެއް ވިސްނާނީ އޭތް” ދެން އިވުނީ އަންހެނެއްގެ ހަޅޭކުގެ އަޑެވެ. “އަވަހަށް އާދޭ… ގެއަށް އައިސް ވާހަކަ ދައްކާނި” އެ އަންހެން މީހާގެ އަޑުގައި ވަނީ އޭރުވެސް ރުޅިވެރިކަމެވެ.

“މި ނައްޓާލީ…” އިބާހުގެ އަޑު އައެވެ. އެ ހިސާބުން އޮތީ އެ ފޯޏް ކޯލް ނިމިފައެވެ. “އާރާ….” ރާކިޒް އެ ނަން ތަކުރާރުކޮއް ކިޔާލިއެވެ. އެއާއެކު އޭނާ އެ ރޫމުން ނުކުމެގެން ދިޔައެވެ. ދެން ގޮސް އަނެއްކާވެސް އިބާހު ކައިރިއަށް ވަނެވެ. “މިހާރު އިނގިއްޖެ ކާކުކަން ތި ފޮރުވަނީ. އަދި އިނގިއްޖެ އާރާ ކިޔާ ކުއްޖަކަށް ވެސް ގެއްލުން ދޭން އުޅުނުކަން…” ރާކިޒް މިފަހަރު ހިނިތުންވެލީ އޭޏާގެ މަގުސަދު ކާމިޔާބު ކުރުމުގެ ގަސްތުގައެވެ.

ކުއްލިއަކަށް އިބާހު ގެ އަނގައިން ކީ ނަން އިވިފައި ރާކިޒް މިފަހަރު ނުލަފާ ގޮތަކަށް ހީލިއެވެ. އަސްލު ނުވެސް އެނގޭ ކާކުކަމެއް އެކަމަކު މިހާރު މި އިނގުނީ” ރާކިޒް އެތަނުން ނުކުތުމަށް ހިނގައިގަތެވެ.

އައިކަލް އޮފީހުގައި އިންދާ އަނެއްދުވަހު ފޯނެއް އައެވެ. ތަހުގީގަށް ލިބުނު ކުރިއެރުން ކިޔާދިނެވެ. އެއަށްފަހު އާއިކް އާ އަނެއްކާވެސް ބައްދަލު ކުރަން ޖެހޭކަމުގައި ބުނެލިއެވެ. އެއާއެކު އޭނާ ވަގުތުން އެއްބަސްވިއެވެ. އެ ދުވަހު ފުލުހުންގެ އޮފިސަރުން ދިޔައީ އައިކަލްމެންގެ ގެއަށެވެ. އައިކަލް ވެސް އެދުވަހު އޮފީސް އަވަހަށް ނިންމާލާފައި ގެއަށް އައެވެ. ޔުއާން ވެސް މަޑު ކުރިއެވެ.

ފުލުހުން ބޭނުންވީ މި ފަހަރުވެސް އާއިކް އާ ވަކިން ބައްދަލުކޮއް ވާހަކަ ދައްކާށެވެ.

“ލައިބްރަރީ އަށް ދާންވީނޫންތޯ” އައިކަލް އިޝާރާތް ކުރީ އެއްފަރާތުގައި ހުރި ލައިބްރަރީއަށެވެ. އެއާއެކު ފުލުހުންގެ އޮފިސަރުންވެސް ބޯ ޖަހާލިއެވެ. އެތަނަށް ވަދެ ދޮރުލައްޕާލުމާއެކު ޔުއާން ޒާރިވާ ގެ ގާތަށް އައިސް ކޮނޑުގައި ހިފައްޓާލީ ހުރިހާކަމެއްވެސް ރަނގަޅު ވާނޭ ބުނަމުންނެވެ. އައިކަލް ވެސް ދެފަރާތަށް ހިނގަލަ ހިނގާލާ ހުއްޓެވެ.

އެތާހުރި ވަށްމޭޒުދޮށުގައި ތިން މީހުން އިށީނެވެ. ރާކިޒް އާއި އެހެން ފުލުސް އޮފިސަރެކެވެ. ދެން އިނީ އާއިކްއެވެ.

“އާރާ އަކީ ކާކުތޯ؟” ރާކިޒް ގެ ސުވާލާއެކީ އާއިކް އަށް ސިހުމެއް ވެރިވިއެވެ. މިތަން އެދެމީހުންނަށް ވެސް ފެނުނެވެ. “ކިހި… ކިހިނެތް ވީތޯ؟” އާއިކް އަށް ވާހަކަ ދައްކަން އުނދަގުވިއެވެ. ނޭވާ ކުރުވާގޮތެއްވެގެން ދިޔައެވެ. އޭނާ ހާސްވަފެފައި ހުރެ ވާހަކަ ދެއްކިއެވެ.

“އެ މީހުން ގެއްލުން ދޭން އުޅޭ މީހުންގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނިފައިވަނީ އާރާ…” ފުލުހުންގެ އޮފިޝަލް ވާހަކަ ދައްކަމުން ދިޔައިރު އާއިކް އަށް އެ ކިޔާ އެއްޗެއް ނޭގުނެވެ. އޭނާ ގެ އަމިއްލަ ވިސްނުން ކުރިއަށް ޖެހިލިއެވެ. އޭނާއާށް އެ ހުވަފެން ފެނުނީ އާރާއަށް ކަމެއް ވާން އުޅޭތީ ހެއްޔެވެ؟ “އާރާ ރަނގަޅުތަ؟” އާއިކް އަށް ދެވަނަ ސުވާލުވެސް ކޮއްލެވުނެނެވެ. އެއާއެކު ރާކޒް ބޯ ޖަހާލިއެވެ. އާއިކް އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.

“އާރާ އަކީ އަޅުގަނޑުގެ ގާލް ފްރެންޑް” އާއިކް ބުނެލިއެވެ. އެއާއެކު އެމީހުންނަށް އިނގިފައިވާ ކަންތައް އާއިކް އާ ހިއްސާކޮއްލިއެވެ. އާއިކް ގެ ދެބުމަ ގޮށްޖެހުނެވެ. އެމީހުން ހައްޔަރު ކުރަން ވަގުތުން އޭނާއަށް ބުނެވުނެވެ.

“މިކަމުގެ އަޑީގައި ވަނީ ކާކުކަން ވެސް މިވަނީ ހޯދިފައި… އިނގެންޏާ އަޅުގަނޑު މެންނަށް ހިއްސާ ކޮއްލަވާތި” ރާކިޒް ވާހަކަ ދެއްކިއެވެ. “ކާކުތޯ” އާއިކް ސުވާލުކޮއްލިއެވެ. އެއާއެކު ރާޒިކް ބުނެލި ނަމެއްގެ ސަބަބުން އޭނާގެ ބޮލުން ތަރި ބުރައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޫރު (އެކާޅީސްވަނަ ބައި)

Next

ހިތާ ފުރާނައިން… (49)

Next
February 24, 2018

ހިތާ ފުރާނައިން… (49)

Previews
February 24, 2018

ނޫރު (އެކާޅީސްވަނަ ބައި)

47 Comments!

  1. Hi Mi says:
    February 24, 2018 at 8:02 am

    Assalaamu Alaikum. So next part in ingigendhaane accident ge fahathuga thini kon ba eh kan?. Adhi kaakukan?. More of ibaah is one the way. ??? Mi baiga ehen kahala ba eh himanaalaafavinnaane more like police and all. Just hiyaaleh. pls dnt forget to comment ur views. ?

  2. Axy says:
    February 24, 2018 at 8:22 am

    Yes HI MI dhooni vaahaka kuriah dhaa goy v reethi ? ? ?, vvv ufaavey avahah up kohlla thee Thanks ???????????❤❤❤

    1. Hi Mi says:
      February 24, 2018 at 8:45 am

      Thanks dear. Axy. Vhk ge kuri ah oi dhebai mirey. In Sha Allah. ???

  3. Naz says:
    February 24, 2018 at 8:28 am

    Very nice when part ?

    1. Hi Mi says:
      February 24, 2018 at 8:46 am

      Thanks naz. ???

  4. Black beauty says:
    February 24, 2018 at 8:32 am

    Varah reethi yey

    1. Hi Mi says:
      February 24, 2018 at 8:46 am

      Hingaa balamaa dw. Thanks. ???

  5. shaan says:
    February 24, 2018 at 8:34 am

    kaakutha msg kuranee egen

    1. Hi Mi says:
      February 24, 2018 at 8:47 am

      Hingaa balamaa dw thanks.???

  6. Anonymous says:
    February 24, 2018 at 8:39 am

    Wow Hi Mi
    Mi part ves vrh vrh reethi
    Curiously waiting for the next part.
    ♡♡♡♡

    1. Hi Mi says:
      February 24, 2018 at 8:59 am

      Next two lar5s mkrey kiyaalan libeyne. In Sha Allah. ??? Thanks dear. ???

  7. Hi Mi says:
    February 24, 2018 at 8:47 am

    Next two parts mirey kiyaalan libeyne ingey. In Sha Allah. Thanks.n???

  8. Rifu says:
    February 24, 2018 at 8:48 am

    V rythi mi prt vx…n eagerly waiting 4 the nxt prt..
    V balaala hiyyvey eiii kaaku thoa?

    1. Hi Mi says:
      February 24, 2018 at 8:55 am

      Leta see rifu. V ufaavehjje. Thankyou. ?

  9. shaba says:
    February 24, 2018 at 9:03 am

    Vvv reethi mi part ves

  10. shaba says:
    February 24, 2018 at 9:03 am

    Vvv reethi mi part ves

    1. Hi Mi says:
      February 24, 2018 at 9:38 am

      Thanks shaba. ?

  11. Siyaa says:
    February 24, 2018 at 9:23 am

    Last two ey story nimeneetha ehn nahadaaathi l love this story v v v reethi kiyaahithun kiyaavaHakaeh mee last two ey bunima mi comment kohleeves

    1. Hi Mi says:
      February 24, 2018 at 9:37 am

      Hey. Siya. Last two part eh nun ingey. Eyi olhigen.

  12. aani says:
    February 24, 2018 at 9:28 am

    wowww
    i dont want this story to end
    best story everrr
    love you hi mi

    1. Hi Mi says:
      February 24, 2018 at 9:37 am

      Thanks aani. Means a lot. Adbi nukhey nimen. ?

  13. Mixuhan says:
    February 24, 2018 at 9:40 am

    Haadha reeiichey..next part kiyaa hiyy vanyyy…avahah upkhdhehchey

    1. Hi Mi says:
      February 24, 2018 at 9:47 am

      10 30 ge kurin In Sha Allah. Kiyaalan libeyne. ?

  14. messi says:
    February 24, 2018 at 9:52 am

    yuaan ah Ily libeyne tha

    1. Hi Mi says:
      February 24, 2018 at 10:56 am

      Lets see. Possible. ???

  15. Yaanith says:
    February 24, 2018 at 10:12 am

    Yes it’s me

    1. Hi Mi says:
      February 24, 2018 at 10:56 am

      Hehe. Yaanith tha aslu?.

  16. Shann says:
    February 24, 2018 at 10:26 am

    Thanks a lot Hi Mi dhooniiii… Haadha avahakashey thi up kohla dhiny… Kiyaalaa hithun mihaaru story up vehjetho kithanme faharaku mihaaru balaives laifin… Ehaaves kiyaahithun mihunnany… Mee kiyaahithun kiyaaleveyne story eh… Hurihai gothakaunves v furihama… Thivareh neh hama…????????????????

    1. Hi Mi says:
      February 24, 2018 at 10:58 am

      Thanks shann. V ufaavhejje. Mirey ves 2 parts In Sha Allah. ??? bunaane ehchei neygey. Ehaa ufaavehjje thihaa tharuheeb dheythy.b?

  17. Sham says:
    February 24, 2018 at 10:32 am

    Thanks yuaan cuz it’s a “no”? yuaan ? ahh haadha aadheys kure ey eba maileen gaathu ? ebai vrh emotional ? I like it.. olhun gandeh ga dhw yuaan vx ehury.. zil vx n maileen vx… Finally accident ge fahathuga thibi meehun engen dhw e ulheny… Wondering kaaku baa ey??? E name eh ge sababun viyyaa aaik shock eh libuny ? mirey two parts dhw ? waiting waiting… Adhi mirey vaany haadha lahunney ? you are one of the best writers ? vrh vrh kiyaa hiyvey mi story ? adhi regular koh kiyaalan libey.. maa dhigu inthizaareh kuraakah nujehe ? that’s the bEst part Hi Mi ge… You always try to make readers happy ?? good luck darling ?❤️?❤️?❤️

    1. Hi Mi says:
      February 24, 2018 at 10:46 am

      Thankyou so much dear. Hehe. Sham evaru kohli viyya yuan ah dw. Yuan biru gathy kamah vaani ingey. Hehe. ? yes. Thin meehun e thibi bodu olhungadehga. Uaan heekurani leen beynun vanj jaxil kamah. Lets see whats gonna hpn next. Vvv ufaavehjje comment fenifa ingey. ???

  18. Aish says:
    February 24, 2018 at 10:33 am

    This story is awesome. And i think that girl is aaik’s x gf..???

    1. Hi Mi says:
      February 24, 2018 at 10:44 am

      Lets see. Nw kiyaaleveyne dw. Waiting for ur comment next part in.

  19. Pinky shifoo says:
    February 24, 2018 at 10:40 am

    SUPERB ???… Wowww ❤️❤️❤️… Haadha reehchey mi part Maasha Allah ???… Hama bunaane ehcheh vx neynge ???… Hehe… Mihira sifakurumeh dhw alhe ???… Outstanding hama ???… V v furihama n ehaame reethi ???… V v interesting mi part vx ???… Nasybehnu yuan no ey bunikan ?… Alhe kaakutha yuan ah mi msg kuree??? I think yuan ah e msg kury ilee ge phone in jazil ah msg kuri myhaahen… Maybe shiyaaz… Hehe… N behind the accident e girl akee yaanith henn heevany n haadha heeveyey ibaah n aaraa ge konmevx connection eh vaahen ???… Alhey mi part vx Hi Mi thi ninmaalee haadha curious kuruvaafaey ???… Haadha molhey Maasha Allah Hi Mi ❤️??… I love everything abt this story ❤️ ❤️❤️❤️??????… This is my favourite story Hi Mi… This is one of the best story ❤️❤️❤️❤️????????????… Curiously waiting for the next part.. Lots of love and take care Hi Mi ❤️❤️❤️??????????????????

    1. Hi Mi says:
      February 24, 2018 at 11:01 am

      Hingaa balamaa dw. Thi suvaal thakuge javaab libigen dhaaane ingey varah avahah In Sha Allah. Readcand find about more. Again speechless vehjje commemt fenifa. One of my best reader. V ufavehjje. Thankyou so much. ???

  20. annoying reader says:
    February 24, 2018 at 10:42 am

    finally i read the two parts. varah reethi, i think one of them wants revenge from aara for rejecting him,the other wants revenge from aaik for rejecting her. something like that dhw himi. i think huriha enmennah msg koh nubai hadha ulheni mi ulhe handi reekaa hen. jazil ah ves yuan ah ves adhi leen ge phne in msg ves kuri eyna hen. haadha fooseh veyey eyna dheke. landeh dhyba himi reeka ah ves. varah reethi and i think laavi ah hen yuan and leen ge vaahaka adu ivuny

    1. Hi Mi says:
      February 24, 2018 at 10:49 am

      Lets see dw. Vehdaane hama possible. Varah gina kanthah koyaalaafin dw. Hingaa balamaa annoying reader ge visnumaa dhimaa veythoa dw. Next 2 parts ves mirey kiyaalan libeyne ingey. In Sha Allah. Adhi eh part 49 ves mihaaru kiyaaleveyne. ??? v ufaavehjje. Thankyou so much. ???

  21. Nooree says:
    February 24, 2018 at 10:49 am

    Wow nice! Yuaan aa mailed dhen avahah gulhuva Bala. V reethi mibaivess. Aneh bai avahah upload Koh dhehchey. Please

    1. Hi Mi says:
      February 24, 2018 at 10:57 am

      Hey. Dear. Varah ufaavehjje. Thankyou so much. ??? In Sha Allah. Mirey.

  22. Naxy says:
    February 24, 2018 at 11:04 am

    Kaakubaa!!!!!!???????
    Varah salhi…. when next part ……????

    1. Hi Mi says:
      February 24, 2018 at 11:05 am

      Next part nw kiyaaleveyne dear. ?

  23. Hashaa says:
    February 24, 2018 at 12:16 pm

    Wow….superb…hi mi …thanks….haadhahaa nalayeeeeeeee….???????????

  24. click a shot ? says:
    February 24, 2018 at 12:25 pm

    Alhey I’m so curious…omg omg who’s name was that….m so sooo curious…as usual hama story varah salhi….??????

  25. Chim says:
    February 24, 2018 at 1:13 pm

    Wow vv reethi mi baives ❤my favorite story??

  26. Maya says:
    February 24, 2018 at 1:42 pm

    Yes yes.. They’re badly busted ???HiMi alhey lwbi veyy.. The best thing about u is that I like most is Reeders ge opinion thah ufalaa ekii gaboool kuraathii.. And yuan ge feelings thah genesdhyfa huri goih vv reethi.. Rovihjje hama.. I think aaik ge x girlfriend hen hama.. Next part kiyaafa comment eh kohlaanan… ????

  27. Twingirl says:
    February 24, 2018 at 7:25 pm

    Alheyy. .. vv rythi storyy. … adhi kiriyaa mi vaahaka kiyaalevuny??? hama hurt v yuan n maileen ge baii. .. hama rovijje ??? … keep it up hi mi ???

  28. Hass says:
    February 25, 2018 at 2:56 pm

    Ye yey haadha reeche…..hi mi varan molhu and varan best…

Comments are closed.

Next Episodeހިތާ ފުރާނައިން… (49)←


All Right Reserved!