Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ތިޔަ ނޫން އެހެން ހިތެއް ބޭނުމެއް ނޫން 2

NOEL Level 1
February 24, 2018 One Min Read
5 Comments

“އެއީ ހަމަ އަސްލުވެސް ކައިލްތަ؟ ނޫން ދޯ. އެއީ ކައިލްއެއް ނޫނޭ ބުނޭ. ހެޔޮނުވާނެ.” މިފަހަރު ލަޔާލްގެ ވާހަކަ ހުރި ގޮތުން ޒޭންއަށް ޔަގީންވީ ދެމީހުން އުޅެނީ ރައްޓެހި ވެގެން ކަމުގައެވެ. ޔާލްއަށް މިހާވަރު ވެގެން މިއުޅެނީ އެހެން ވެގެން ކަމަށެވެ. ޒޭން ވަރަށް އުފާވިއެވެ. އެއީ ނީޒާ އޭނަގެ ފަހަރިއަށް ހަދަން ބޭނުން ނުވާތީއެވެ.

“ސިސީ.. ހަމަ ޖެހިބަލަ. ތިއްތޭ ހޭއަރައިފިއޭ. އިރުކޮޅަކުން ރޫމަށް ބަދަލު ކުރާނެ ވާހަކަ ސިސީގެ ދޮންތަ ބުނެފިއޭ. ހުއްޓާލާ  ދެން.” ޒޭން ޔާލްގެ ކަރުނަ ފޮހެމުން ބުންޏެވެ.

“ކައިލް އެއީ ޒޭންގެ ބޭބެއެއްތަ؟ ކައިލް އަށް ކިހިނެއްވީ؟ ހިއެއްނުވޭ ކައިލްއަށް ޔާލް އިނގޭނެ ހެނެއް” ލަޔާލް ހައިރާންވެ ހުރެ އަހާލިއެވެ. އޭރު އެ ދެލޮލުގައި ވަނީ ޖަވާބެއް ނެތް ސުވާލު ތަކެކެވެ.

“ކީކޭ؟ ތިއްތޭ އަކަށް ނޭނގޭނޭ. ދެން ކީއްވެ ސިސް ތިހާވަރަށް ތި ރުއީ؟ އަނެއްކާ ސިސް ތިއްތޭ ދެކެ. އަހަރެން ހީކުރީ  ދެމީހުން އުޅެނީ ރައްޓެހި ވެގެން ކަމަށް” ޒޭން ވާނުވާ ނޭނގި ހުރެ އޮޅުން ފިލުވަން ވެގެން އެހިއެވެ.

“ކޯޒް އައި ލަވް ހިމް އައި ވޯންޓް ހިމް ސޯ ބޭޑް ލީ” ލަޔާލް ހަޅޭއް ލަވައިގަތެވެ. އެތާ އިތުރު މީހަކު ހުރިނަމަ ޔާލް ބޭޒާރު ވީސް ކަން ޔަގީނެވެ. ޒޭން ވަރަށް އުފާވިއެވެ. ނަމަވެސް ކައިލް ލޯބި ވަނީ ނީޒާ ދެކެކަން ޒޭންއަށް އެނގެއެވެ. އެހެން ކަމުން އެވާހަކަ ކިޔާ ދިނުމަށް ނިންމީ ޔާލް އޮޅުމެއްގެ ތެރޭގައި ބަހައްޓަން ބޭނުން ނުވާތީއެވެ. އެހެން ކަމުން ވަރަށް ހިތްވަރު ކޮށްފައި  އެވާހަކަ ކިޔާދޭން ފެށިއެވެ. ލަޔާލް އަށް ހީވީ ހިތަށް މީހަކު ކަށި ހެރި ހެންނެވެ. އެއީ އެއްވެސް ވަރަކަށް އޭނަ އަޑު އަޑުއަހަން ބޭނުންވި ވާހަައެއް ނޫނެވެ. ނަމަވެސް އޭގަ ކުރެވޭނެ ކަމެއް ނެތެވެ.

އެވަގުތަކީ ލައިޝާ ނިޔާޝް ދޫކޮށްލައިގެން ގެޔަށް ގެންދަަން އައި ވަގުތެވެ. އެވަގުތު އޭނައަށް ފެނުނީ އޭނަގެ ލޯބިވާ ކޮއްކޮ ގޮނޑިއެއް ގައި އިނދެގެން ރޯތަނެވެ. ކައިރީގައި ޒޭން އިނދެގެން ކޮންމެސް ވާހަކައެއް ދައްކާ ތަނެވެ. ލައި ހީކުރީ ޔާލް ރޮނީ ބައްޕަ އަނެއްކާ ބަލި ވުމުން ކަމަށެވެ. ނަމަވެސް ކައިރި ވުމުން ވީގޮތް ލައި އަށް ސާފު ވެގެން ދިޔައެވެ. އަދި ކޮއްކޮ އަށްޓަކައި ހަމްދަރުދީވިއެވެ.

ލައި އަދި ޔާލްއަށް ވިސްނައި ދޭނެއެވެ. ބޭނުން ކޮންމެ އެއްޗެއް، ލޯބިވާ ކޮންމެ މީހެއް ނުލިބޭނެއެވެ. އެކުދިންް ކުޑައިރު މަންމަ މަރު ވުމުގެ ސަބަބުން ވަނީ މަންމައެއްގެ ލޯބިން މަހުރޫމު ވެފައެވެ. ނަމަވެސް އެއްވެސް ކުއްޖަކު އެކަމާ ޝަކުވާއެއް ނުކުރެއެވެ. އެހެން ކަމުން ލައި ނިންމީ އެކަމާއި ވާހަކަ ދައްކައިގެން ޔާލް ހަމައަކަށް އެޅުވުމަށެވެ. ޔާލްއަށް ގޮވާލުމަށް ފަހު ބައްޕަ އާއެކު ގެއަސްދާ ވާހަކަ ބުނުމުން ކުޑަކުއްޖަކު ފަދައިން ބަސް އަހައިގެން ލައިގެ ފަހަތުން ދިޔައެވެ.

ގެއަށް އައި ގޮތަށް ޔާލް ވަނީ ކޮޓަރިއަށެވެ. ބޮޑުދައިތަ ކާން ބުނުމުން ވެސް އޮތީ ނުކައެވެ. އެންމެ ފަހުން ނިޔާޝް އަށް އެކަން އެނގިގެން އައެވެ. އަދި ލަޔާލް ލައްވައި ކާން އެއްބަސް ކުރުވުމަށް ފަހު ނިކުތެވެ. ތަންވަޅު ބަލާފައި ލައިޝާ އެ ކޮޓަރިއަށް ވަނެވެ. އޭރު ޔާލް ފާހަނާއިން ނުކުތް ނަނީއެވެ. ލައި އަށް ޔާލްގެ ރަތްވެ ފައިވާ ދެލޯ ފެނުނެވެ.

“ޔާލް އެއްވެސް އެއްޗެއް ނުކައެއްނު ތިހުރީ. ދޮންތި މިއުޅެނީ ޕަނީނޯ ކާން. ޔާލް ކާންނަން ދޯ. ދޮންތި އޯޑާވެސް ކޮށްފިން” ލައި ބޭނުންވީ ގަދަކަމުން ވެސް ޔާލް އަށް އެއްޗެއް ކާން ދޭށެވެ. މަންމަ ނެތްއިރު އަދި ބައްޕަ ބަލިއިރު ޔާލް ނުކާ ހުންނަންޏާ ދެރަވާނެތީއެވެ.

ޔާލް ބޯ އައްސައި ރީތި ވެލުމަށް ފަހު ނިކުތް އިރު ލައި އޯޑަރާއި ހަވާލު ވެއްޖެއެވެ. ދެކުދިން ކާން އެރީ ޓެރެސް އަށެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން މާހައުލު އޮތީ ފިނިވެފައެވެ. ލަޔާލްގެ ހިތަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބުނެވެ. ހިތްހަމަ ޖެހިގެން ތިބެ ދެކުދިން ކައި ނިންމާލިއެވެ. އެއާކު ވާރޭ ތެރެއަށް ލައިޗާ ނެރުމަށްޓަކައި އޭނަގެ އަތަށް ޔާލް ދަމަން ފެށިއެވެ. އެއީ އަބަދުގެވެސް އާދައެވެ. ވާރޭ ތެރޭ އެކަކު އަނެކަކު ގަޔަށް ފެންޖަހަން އުޅުމަށް ފަހު ވަރުބަލި ވުމުން ޓެރެސް ގައި ހުރި އުނދޯލީގައި އިށީނެވެ.

“ޔާލް. މަންމަގެ ލޯބި ނުލިބުނަސް އަހަރެމެން ބޮޑުވީ ބޮއްތަ އާއި ބައްޕަގެ ލޯބި ލިބިގެން. މަންމަ މަރުވީ ޔާލް އަށް ފަސް  އަހަރުގަ. އެކަމު ޔާލް ނުލާހިކު ހިތްވަރު ގަދަ. އެހެންވީމަ މިހާރުވެސް ޖެހޭނެ ހިތްވަރު ގަދަ ކުރަން އިނގޭ. ދޮންތި އަށް ކިޔައި ދީބަލަ ވެގެން އުޅޭ ގޮތެއް. ކައިލް އަކީ ކާކުތަ؟ ބުނީމަ ދޯ އެހީތެރި ވެވޭނީ ވެސް.” ލައިޝާ ލޯތްބާއި އެކު ޔާލްގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ނަމަވެސް ރުއިން ފިޔަވާ އެހެން ކަމެއް ލަޔާލް ނުކުރެއެވެ.

**************

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ލަޔާލް ވެސް ހިތްވަރާ އެކު އުޅޭމުން ދެއެވެ. ކުރީގެ މަޖާ މިޒާޖާއެކުގައެވެ. އެހެން ނަމަވެސް އޭނަގެ ހިތުގައިވާ ޒަހަމް ލައިޝާ އަށާއި ޒޭންއަށް ނޫނީ ނޭނގެއެވެ. ކައިލްގެ ހަނދާން ތަކުން ދުރުވުމަށްޓަކއި ޔާލް އަބަދުވެސް ކޮންްމެސް ކަމެއްގައި ބިޒީވެގެން އުޅެއެވެ.

ކައިލްގެ ހާލަކީތޯއެވެ. ނީޒާ އޭނައަމެދު ކަންތައް ކުރި ގޮތުން ކައިލް ވަނީ ދިރިއުޅުން މަތިން ފޫހިވެފައެވެ. މިކަމާއި އޭނަގެ މައިންބަފައިން ވަނީ ފިކުރު ކުރަން ޖެހިފައެވެ. އެންމެ ފަހުން އެމީހުންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ ޒޭން އާއެކު ލަންކާއަށް ފޮނުވުމެވެ.

ޒޭން ޔާލްއަށް ގުޅައި އެވާހަކަ ބުނަން އުޅުނު ނަމަވެސް ގުޅާއިރު ފޯނަށް ޖަވާބު ނުުދޭތީ ކޮންމެ ފަހަރަކުވެސް ނާކާމިޔާބު ވަނީއެވެ. ލަޔާލްގެ ގެ ހުންނަ ތަން އެނގޭ ނަމަ ގެއަށް ގޮސް ބުނެވުނު ނަމަވެސް އެ ގެ ހުންނަ ތަން ވެސް ޒޭން އަށް ނޭނގެއެވެ.

*************

ލަޔާލް އޭނަގެ އެފްބީ އައިދީ ހުޅުވާލީ ޒޭން އާއި ވާހަކަ ދެއްކުމަށެވެ. ލަޔާލް ސިހުނީ އޭނައަށް އައިއްސަ ހުރި ޒޭންގެ މެސެޖުތަކުންނެވެ. ކައިލް އާއެކު ލަންކާގައި ކަމާއި ނީޒާގެ ބޭވަފާތެރިކަމާއި ލަޔާލްގެ ކުއްލި ވަކިވިމުގެ ސަބަބުން ކޮށްފައިވާ އެތައް ޝަކުވާއެކެވެ. ޔާލް އަވަހަށް ޒޭން އޮންލައިން ގައި އިންތޯ ބެލިއެވެ. އެތައް އިރަކު އިނުމަށްފަހު ވެސް ޒޭން އޮންލައިން ނުވުމުން ޒޭންގެ މެސެޖުތައް އައިއްސަ ހުރި ގަޑީގައި އޮންލައިން ވުމަށް ނިންމިއެވެ. ޔާލްއަށް އޭނަގެ ލޯބި ކާމިޔާބު ވާން އުޅެނީ ކަމުގައި ދެކެމުން އައި ހުވަފެން ތެދުވަނީ ހެންވެސް ހީވިއެވެ.

އުފާވެފަ ހުރި ވަރުން ޔާލްއަށް އުޅެވޭ ނޫޅެވޭ ގޮތެއް ނޭނގުނެވެ. މިނިވަން ދޫންޏެއް ފަދައިން ޓެރަސް ގައި އިންދާފައި ހުރި ގަސްތަކުގައި އަތްލަމުން ރާގެއް އަޅުވަމުން ދިޔައެވެ. ޓެރަސްގެ ދޮރު މަތީގައި މި މަންޒަރު ބަލަން ހައިރާން ވެފައި ލައި ހުއްޓެވެ. ލައިކަރު ކެހެލިއެވެ. ނަމަވެސް ހިޔާލީ ދުނިޔޭގައި އުޅުނު ޔާލްއަށް ހިލަމެއްވި ހެންވެސް ހިއެއްނުވެއެވެ. އެއާއެކު ލައި ކެއްސަން ފެއްޓިއެވެ. ޔާލްއަށް ސިހުން ލިބި ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ. ވަގުތުން އެކުއްޖާގެ މޫނު ލަދުން ރަތްވިއެވެ.

“ކިހިނެއް ވެގެންތަ މިއަދު ދޮންތިގެ ކޮއްކި އަށް ވެގެން މިއުޅެނީ؟” ދެއަތުން މޫނު ފޮރުވައިން ހުރި ޔާލްގެ ދެއަތް މޫނުން ނައްޓަމުން ކުރިމައްޗައް އަރައިފައި ލައި އަހާލިއެވެ. “ދޮންތީ ދެން” ޔާލް އަނެއްކާވެސް ލަދުން ފަހަތަށް އެނބުރުނެވެ.

“ކޮންމެސް ކަމެއްވެއްޖެ. އެހެން ނޫނީ ތިހިނެއް ނޫޅޭނެ. ބުނެބަލަ ދޮންތަ ކާރީ. އަނެއްކާ ކައިލް” ލައިޝާ ދުލެއްނުކުރިއެވެ. އޭނަ ހުރީ މިފަހަރު ކޮންމެ އެއްޗެއް ކިޔައިގެން ވިޔަސް އެސިއްރު ހޯދުމަށް އަޒުމް ކަނޑަ އަޅައިގެން ކަހަލައެވެ.

“ޔެސް ދޮންތީ. ހީސް ގޮނަ ބީ މައިން ސޫން. އިރާދަކުރެއްވިއްޔާ” ނޭނގި ހުރެ ލައި ކައިރީގައި އޭނަގެ ސިއްރު ބޭރު ކޮށް ލެވުނެވެ. އެހާ އުފާވެފައި ހުރުމުން ކިޔޭ ނުކިޔޭ ވެސް ނޭނގޭ ކަހަލައެވެ. އަދި ލައިގެ ކޮނޑުގައި ބޯ އަޅާލިއެވެ.

“އެހެންވީމަ ދޮންތިއަށް ހީވީ ރަނގަޅަށް. ދޮންތި ކުރިން ވެސް ބުނީމެއްނު. އިފް ޔޫ ލަވް ސަމްވަން ވެއިޓް ޓިލް ހީ ސީކްސް ޔޯ ލަވް. ބިލީވް މީ މައި ލިޓްލް އެންޖަލް. ވަންޑޭ ޔޫ ވިލް ބީ ދަ މޯސްޓް ހެޕިއެސްޓް ސިސްޓާރ” ލައިޝާ ދިޔައީ އަދިވެސް ހިތްވަރުކުރުމަށް ޔާލް އަށް ނަސޭހަތް ދެމުންނެވެ.

 

Share Article

Follow Me Written By

NOEL

Level 1

i am a girl who loves reading and writing stories. i love to read comments of my dear readers. this is my first time writing stories in a site. am the author of "thiyanoon ehen hitheh beynumeh noon" and "loahbah takai edhunee mey"

Other Articles

Previous

ތިޔަ އަސަރު 43

Next

ހިތާ ފުރާނައިން… (50)

Next
February 24, 2018

ހިތާ ފުރާނައިން… (50)

Previews
February 24, 2018

ތިޔަ އަސަރު 43

5 Comments!

  1. Pinky shifoo says:
    February 24, 2018 at 5:35 pm

    Very nice ???

  2. EHLEE says:
    February 24, 2018 at 6:17 pm

    Wow v reeti? buti v mistake ginah… ? bayeii than than nuvaxx fehneyyy….

  3. EHLEE says:
    February 24, 2018 at 6:18 pm

    When next part

  4. Sweetie says:
    February 24, 2018 at 8:23 pm

    Caractors thakugai Moya gotheh hurey. Over vefa.

  5. Aisha says:
    February 25, 2018 at 1:07 pm

    Mee “hiy adhu rony ey nudhaashey ” ge copy eh dho name akani dho change kohfa ehery

Comments are closed.



All Right Reserved!