Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން…(ދިހަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
February 21, 2018 5 Mins Read
33 Comments

މިވީ ކިހިނެއް ހެއްޔެވެ؟ މުލައިލް އާ ދެމީހުންގެ އުފަންދުވަސް އެއްދުވަހަކަށް ވުމަކީ އިއްތިފާގަކަށް ވެދާނެހެއްޔެވެ؟ ނުވަތަ މިކަމުގައި ވެސް ވަނީ އަޑި ނޭންގޭ ހަގީގަތެއް ބާއެވެ؟ ޔާނީގެ ބޮލުގައި ރިއްސާލިއެވެ.

ފުން ވިސްނުމެއްގައި ހުރެ ކޮޓަރިއަށް ވަތް ޔާނީގެ ލޮލުގައި އެންމެ ފުރަތަމަވސް އަޅައިގަތީ ކަޅުކުލައިން ޕާރިސަލް ކޮށްފައިވާ ކުޑަ ކުޑަ ހަދިޔާއެކެވެ. ފެންވަރާ ރީތިވެލައިގެން އައިސް އެނދުގައި ހަމަޖެހިލުމަށްފަހު ޔާނީ އެ ކަނޑާލިއެވެ. “އެދެމޭ ކަލާޔާ ގާތުގާވުމަށް..” އެއީ ވާހަކައެކެވެ. ލިޔެފައިވަނީ ކާކު ކަމެއް ނޭންގުނަސް ބޮޑު އަކުރުން ވާހަކައިގެ ނަން ލިޔެފައި ވެއެވެ. އަބަދުވެސް ވާހަކަ ކިޔާހިތްވާ ޔާނީ ޝައުގުވެރިކަމާ އެކު އެފޮތް ކިޔަންފެށިއެވެ. ކިޔަމުން ދިޔައިރު ޔާނީއަށް ރޮވެމުން ދިޔައީ އެއީ އަލާނިޔާގެ ޑައިރީކަން ޔަގީންވަމުން ދިޔައީތީއެވެ. އެމީހުންނަށް ދިމާވި ބިރުވެރި އަދި ހިތާމަވެރި ހަގީގަތް ހާމަވަމުން ދިޔައީތީއެވެ. ފުދޭވަރަކަށް ކުރު ފޮތަކަށް ވުމާއެކު ނުހަނު އަވަހަށް ޔާނީ އެކިޔާ ނިންމާލިއެވެ. އެކިޔާ ނިމުން އިރު އޭނާއަށް ބާރަށް ރޮވެމުން ދިޔައެވެ. “އަޅެ މިހުރިހާ ކަމެއް…. މީ ހަމަ ހަގީގަތް ތަ؟؟ އިއްލުއަށް ފެނިއްޖެޔާ ހާދަ ދެރަ ވާނެއޭ…އަހަރެން..ނުބުނާނަން. އަމިއްލަޔަށް އެމީހަކު ހޯދާނަން.”ކަރުނަތައް ފޮހެލަމުން ޔާނީ އަމިއްލަ ނަފުސަށް ބުނެލިއެވެ.

ރޭގަނޑު ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ޔާނީއާއި މުލައިލް ދިޔައީ އެކަކު އަނެކަކާ ޖެއްސެމުންނެވެ. ކޮންމެ މީހެއްވެސް ހާސްކަން ފޮރުވުމަށްފަހު ހަމަޖެހެން މަސައްކަތް ކުރަމުން ދިޔައީ އަނެކާ ހާސްވުމަށް ނޭދޭތީއެވެ. ކޮންމެ މީހަކުވެސް މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ތިބެނީ ވަރަށްވެސް މޮޅަށެވެ.

ޖެހިގެން އައި ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއެކު މުޅި ދުވަސް ޔާނީ ހުސްކޮށްލީ ކޮންމެހެންވެސް ޔަގީން ކުރަންޖެހޭ ކަންތައްތަކެއް ހުރުމާއެކުއެވެ. އަރައިގެން އައި އިރާއެކު ޔާނިލާއަށް ގުޅުމަށްފަހު ދެމީހުން އެކުގައި ބޭރަށް ނިކުތީ ޔާނީ ގަންނަން ބޭނުންވާ ބައެއް ސާމާނު ގަތުމުގެ ނަމުގައެވެ.

“ޔާނީ..ދެން މީ ކޮންގަޑިއެއްތަ؟ މިހާ ހެނދުނާ ދެން މީހުން ޝޮޕިން ކުރަން އުޅޭތަ؟” ޔާނިލާ ޝަކުވާކުރަމުން ދިޔައެވެ. އެކަމަކށް ފަރުވާލެއް ނުދީ ފިހާރަތެރެއިން ފެނުނު ތޮތްޕެއް ނެގުމަށްފަހު ޔާނިލާގެ ބޮލުގައި އަޅުވާލިއެވެ. އަދި ނުގުޅޭ ކަމަށް ބުނުމަށްފަހު ހިނިގަނޑެއް ޖަހާލަމުން އެބެހެއްޓުމަށްފަހު ޔާނިލާގެ އަތުގައިހިފައިގެން ފިހާރައިން ނިކުތެވެ. “އޭ..އަހަރެން ދާން ޖެހިއްޖެ. ވަރަށް ސަކަރާތް. އަސްލު އެކޮލޫ ފިހާރަޔެއްގަ އިން ދަބަހެއް ރީތިވެގެން އައީވެސް. އެކަމު މަންމަ މެސެޖުކޮށްފި ކަމެއް ޖެހިގެން. ސޮރީ..އަހަރެން ގޮސްލަނީ..ހަހަ” ފޯނަށް ބަލައިލަމުން ދެރަވެލައިފައި އެހެނަސް ހީލަމުން ބުނެލިއެވެ. ޔާނިލާވެސް އެއީ މައްސަލައެއް ނޫން ކަމަށް ބުނެ ގެއަށް ދާން ހިނގައިގަތެވެ.

އަވިގަނޑުގައި ހިނގާފައި އައުމާއެކު ޔާނީގެ މޫނުމަތި ވަނީ ދާހިއްލާލާފައެވެ. އެކަކުވެސް ފެންނަން ނެތުމާއެކު މޫނު ފުހެލަމުން ޔާނީ ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. އަދި ފަރިތަކަމާއެކު ފޯނުގެ ނަންބަރުތަކަށް ފިތާލިއެވެ.”ޝާމިލް. ލިބިއްޖެ!. މާދަން ހަވާލު ކުރާނަން އިނގޭ.” އެދުވަސް ނިމިގެން ދިޔައީ އެހެން ދުވަސްތަކާ ހިލާފަށް އާދަޔާހިލާފަށް މަޑުމައިތިރި ކަމާއެކުއެވެ.

ސްކޫލުގެ މުޅި މާހައުލު ވަނީ ނުހަނު އަޑުގަދަވެފައެވެ. އެއްވެސް އެންގުމަކާ ހުރިހާކުދިން ހޯލަށް އައުމަށް އަނގާފައިވާތީއެވެ. ހުރިހާކުދިން ހަމަވުމާއެކު ޕްރިންސިޕަލް އައިސް ވާހަކަ ދައްކަން ފެށުމުން މުޅިތަން ހިމޭންވެގެން ދިޔައެވެ.” ހުރިހާ ކުދިންނަށްވެސް އިނގޭނެފަދައިން، ފާއިތުވި މަދު ދުވަސްތަކުގައި އަހަރެމެން ހާސްކުރުވި އެތައްކަމަކާ ކުރިމަތިވެފަ. އެހެންނޫނަސް ހައި ސްކޫލު ކުދިން އުޅޭނީ ނުހަނު ބުރަކޮށެއްނު ދޯ. އެހެންވީމަ އެގާރައިން މަތީގެ ކުދިންނަށް ބާއްވާ ވަރަށް ހާއްސަ މިއުޒިކް ޝޯއެއް ބާއްވަން މެނޭޖްމަންޓްއިން ވަނީ ނިންމާފަ. އެހެން ވީމާ ދެން މިއަދު ތިކުދިން ގެޔަށް ދިޔަސް އެންމެ ރަނގަޅު.” އެއާއެކު ކުދިންގެ ހަޅޭކުގެ އަޑު ގުގުމާލިއެވެ. ސްކޫލަށް ޝުކުރުވެރިވާ ހާލު ވާހަކައިގައި ތިބެ ކުދިންތައް ގެއަށްދާން ފެށިއެވެ.

“ސޯ ކޮންހެދުމެއްތަ ލާނީ؟” ލީނާ އެންމެ ފުރަތަމަވެސް ވިސްނީ ލާނެ ހެދުމަކާ ދޭތެރޭގައެވެ. އެންމެންތައް ހޭންފެށުމުން ލީނާ ރަކިވިއެވެ. ނަމަވެސް ނުވާކަމަށް ހަދާލުމަށްފަހު އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. “ހިނގާބަ ހަވީރު ޝޮޕިންއަށް ގޮސްލަން.” ޔާނިލާ ފުރަތަމަ ފަހަރަށް އިސްވެ ހިޔާލެއް ހުށަހަޅާލިއެވެ. އެހިޔާލު އެންމެނަށްވެސް ކަމުދިޔައެވެ. ދާން ނުދާން ކިޔުމަށްފަހު އެންމެ ފަހުން ޝާމިލް އަދި މުލައިވެސް ދާން އެއްބަސް ވިއެވެ.

ހާވީރުގެ ހިތްފަސޭހަ އެހެނަސް ކާރޫބާރޫ ބޮޑު މަގުތަކުގައި ހަ އެކުވެރިން އެކި ފިހާރަތަކަށް ވަންނަމުން ހެދުންތައް ބަލަމުން ދިޔައީ ރީތި ހެދުމެއް ފެނޭތޯއެވެ. މުލައިލް، ޝާމިލް އަދި ހަމްނާ އަދި ލީނާ ފުރަތަމަ ދެތިން ފިހާރަޔަށް ވަނުމަށްފަހު އެމީހަކު ގަޔާވާއެއްޗެހި ނަގާހަމަކޮށްލިއެވެ. ޔާނީ އަދި ޔާނިލާ އަދިވެސް ބަލަމުން ދިޔައީ ރީތި، އެކުދިންނަށް ކަމުދާ ހެދުމެއް ފެނޭތޯއެވެ. އެންމެ ފަހުން އެކުދިން ގަސްތު ކުރީ އެންމެ ފަހުން މާލޭގައި ހުޅުވި ޝޮޕިންމޯލް އަށް ވަންނާށެވެ.

“އޭ..މަށާ ހަމް ކުރިންދުހު ބެލިން މިތަނުން ވަރަށް ރީތި ފަށެއް. ޝާމިލް ހިނގާބަ އެތަން ހޯދަން އަހަރުން އެއްކޮށް. އެލް ވެއިޓް މި ދެ ޕްރިންސެސް އެއްކޮށް..ހަހަ” ލީނާ އެހެން ބުނެލުމަށްފަހު އެބުނާ ފިހާރަހޯދަން މިސްރާބު ޖެހިއެވެ. ފަހަތުން ހަމްނާ އަދި ޝާމިލްވެސް ދިޔައެވެ. މުލައިލް ދެކޮނޑު އަރުވާލަމުން ދާން ހިނގާށޭ ބުނެ އެންމެފުރަތަމަ ފެނުނު ފިހާރަޔަށް ވަދެލިއެވެ. އެންމެ ފުރަތަމަވެސް ފިހާރަޔަށް ވަނުމާއެކު ޔާނީގެ ލޮލުގައި އަޅައިގަތީ ގަދަ ދަނބުކުލައިގެ ވަރަށް ރީތި ހެދުމެކެވެ. އެހެދުމާ ދިމާއަށް ގޮސްގޮސްހުރި ޔާނީގެ ފިޔަވަޅުތައް މަޑުޖެހުނީ މުލައިލްގެ ސަބަބުންނެވެ.

“ނިލް.. އަބަދު ބްލެކް ނުލާ މިހެދުން ލާންވީނު. ނިލް އާވަރަށް ގުޅޭނެ. ތިއޮއް ރީތި ކުއްޖާ މިހެދުން ލީމަ އަދި މާފުރިހަމަ ވާނެ.” އެހެން ބުނުމަށްފަހު ޔާނީއަށް ރީތިވި ހެދުން ހިފައިގެން ގޮސް ޔާނިލާގެ ގައިގައި ޖައްސާލަމުން ‘ޕާރފެކްޓް’ އޭ ބުނެލިއެވެ. ޔާނީގެ ހިތަށް ހީވީ މީހަކު ފިތާލިހެންނެވެ. ދެލޯފުރާ ކަރުނަ ޖަމާވަމުން ދިޔައީ ޔާނީއަށްވެސް އިންޒާރެއް ނުދީއެވެ. ނަމަވެސް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން އެކަހަލަ ޑިޒައިނެއްގެ ކަޅުހެދުމެއް ނަގާ  ހެޔޮވަރުތޯވެސް ބަލާނުލާ ރުފިޔާ ދެއްކުމަށްފަހު އެތަނުން ނިކުތެވެ. ފަހަތުން ކަހަލަ ގޮތަކަށް ޔާނިލާ އަދި މުލައިލްވެސް ނިކުތެވެ. އޭރު ލީނާމެން ތިބީ އައިހެވެ. އޭރު އިރުއޮއްސެން ގާތްވެފައި ވުމާއެކު އެންމެންވެސް ބޭނުންވީ ގެއަށް ދާށެވެ. ހާއްސަކޮށް ޔާނީއެވެ.

ސްކޫލު ހޯލުވަނީ އެއްކޮށް ޒީނަތްތެރި ކޮށްފައެވެ. މުޅި ހޯލު ފަނޑު ބޮކިތަކަކުން ދިއްލިފައި ވީއިރު ލުއި މިއުޒިކެއްގެ އަޑު އިވެމުން ދިޔައެވެ. ކޮންމެ ކުއްޖަކުވެސް ނުހަނު އުފާވެލައިފައި ރަތް ދޫލަ މަތިން ދަނީ ސްކޫލުން އެކުދިންނަށް ކޮށްދޭ ކަންކަން ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަމުންނެވެ. ކަޅުލޭހުގެ އަތްދިގު އަތެއްވީއިރު އެހެދުން ދިގުކަމުން ބިންމަތީގައި ކޭއްތެއެވެ. ކަޅުކުލައިގެ އެ ލޭހުން ޖަރީވެފައިވާ ހެދުމުގައި ޔާނީގެ ރީތިކަން ހާސްގުނަ އިތުރު ވެފައި ވެއެވެ. ކަރުގައި ރިހިފަށެއް ފިޔަވާ އިތުރު ގަހަނާއަކަށް ބޭނުންކޮށްފައިވަނީ ކަޅުމަލުން ޖަރީވެފައިވާ ތާޖެކެވެ. ދިގު އިސްތަށިގަނޑު މިނިވަންކަމާއެކު ވިހުރެމުން ދިޔައިރު މޫނުމަތީގައި ވަނީ ލުއި މޭކަޕެކެވެ. ވަރަށްވެސް ފުރިހަމައެވެ. އަޅިކުލަޔާ ކަޅުކުލައިގެ ކޯޓުފަޓުލޫނެއް ލައިގެން ހުރި މުލައިލް އަރައިގެން ހުރީ ކަޅުކުލައިގެ ފޯމަލް ބޫޓަކަށެވެ. ފަންފަން އިސްތަށިކޮޅު މައްޗައް ހިއްލާލާފައި ވީއިރު އަޅުކުލައިގެ ލޯ ވިދަމުން ދިޔައެވެ. މަތިމަހާ ތުނބުޅި ފާހަގަވާން ހުރިއިރު ބަލާ ފޫހިނުވާހާ ރީއްޗެވެ. އަޅާފައިވާ ނަންބަރު އައިނުވެސް ނުހަނު ގުޅެއެވެ. ކާރޓޫނަކުން ނިކުމެހުރި އަމީރެއް ފަދައެވެ. އެހާވެސް ފުރިހަމައެވެ. ޔާނީގެ އަތުގައި ހިފައިގެން ދޫލަމަތިން ހިނގާލައިފައި ދިޔައިރު އެތައްފިރިހެން ކުއްޖެއްގެ ލޯ ޔާނީއަށް އަމާޒުވަމުން ދިޔަތަން ފެނުމާއެކު މުލައިލް ޔާނީ ގަޔާ ކައިރި ކޮށްލުމަށްފަހު ޔާނީގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ.

ޔާނީގެ ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައިރު އެމޫނުމަތިން ފާޅުވީ ލަދުރަކި ހިނިތުންވުމެކެވެ. ދެމީހުން ހޯލަށް ވަތް ވަގުތު އަލާނިޔާ އައިސް މުލައިލްއަށް ފިނިފެންމަލެއް ދިއްކޮށްލިއެވެ. ނަމަވެސް އަޅާވެސްނުލާ މުލައިލް ޔާނީގޮވައިގެން އެތަނުން ދިޔައީ ޝާމިލްމެން ފެނިގެންނެވެ. އަލާނިޔާގެ ގަދަ މޭކަޕާއެކު މޫނުހަދާލިގޮތުން ބިރުވެރި ފާޑެއްޖަހާލީއެވެ. “ހައް.. ކީކޭތަ ހީވަނީ..އެ ޔާނީ…އަދި އަހަރެން ނޭންގެނީ!!”

މުލައިލް ޝާމިލް ގާތަށް ދިއުމަށްފަހުވެސް ޔާނީގެ އަތުން ދޫކޮށްލާކަށް ގަސްތެއް ނުކުރިއެވެ. ޔާނީގެ ހިތް އޭރު ނެގި ނެގިފައި ޖެހެމުން ދިޔައިރު މޫނުމަތިން ފެންނަނީ އުފާވެރިކަމާ ހިތްހަމަ ޖެހުމުވެ. ހަމަ އެވަގުތެވެ. އަބަދުވެސް ފޮރުވިގެން ހުންނަ ޔާނިލާ ވަދެގެން އައީ އެންމެންގެ ސަމާލުކަން ހޯދާލަމުންނެވެ. ޔާނީލައިގެން ހުރި ޑިޒައިނުގެ ދަނބުހެދުމާއެކު ބޭނުންކޮށްފައިވަނީ ހުދުރިހީގެ ގަހަނާއެވެ. ވަރަށްވެސް ފުރިހަމައެވެ. ލުއި މޭކަޕާއެކު ހަމަ އަމީރާއެއްފަދައެވެ. ލަދުރަކި ހިނިތުންވުމާއެކު އެމޭކަޕު ފުރިހަމަ ވެފައިވިއެވެ. މުލައިލް ޔާނީގެ އަތުން ދޫކޮށްލަމުން ޔާނިލާއާ ދިމާއަށް ހިނގައިގަތީ ޔާނީ ހިނިތުންވުމާ އުފާވެރިކަން ހިފައިގެންނެވެ. ވަގުތުން އެމޫނު އޮއްސިގެން ދިޔައެވެ. ނަމަވެސް އެކަން ނުދައްކާ ވޭތޯ ބެލިއެވެ.

މުޅިތަން އަޑުގަދަވެ ބޮކިތައް ނިވިގެން ދިޔައެވެ. އަދި ޑިސްކޯބޯލްސްތައް ދިއްލިގެން ދިޔައެވެ. އެޔާއެކު ސްޓޭޖުމަތީގައި ތިބި ދެތަރިން ހުރިހާކުދިންގެ ސަމާލުކަން ހޯދާލިއެވެ. އެއީ މޯލްޑިވިއަން އައިޑޮލް ފަނަރަވަނަ ސީޒަންގެ އެއްވަނަ އަދި ދެވަނައެވެ. ދިހާން އަދި ކައިރާއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އެއީ ރާއްޖޭގެ އެންމެންވެސް ދަންނަ ޖޯޑެކެވެ. ގިޓާގެ އަޑާއެކު ހުރިހާކުދިންވެސް ސްޓޭޖުކައިރިޔަށް އެއްވަމުން ދިޔައެވެ. މުލައިލް އަށް ހުރެވުނީ ޔާނީ އަދި ޔާނިލާގެ މެދުގައެވެ.

“ސީދާ ލޮލާލޯ، ކައިރިން ވެލާތީ،

ވިންދާ ހިތާ، ލޭ ހަލަބޮލި ކުރާތީ،

ބޮއްސުން ލަމުން އިހުސާސް އުތުރިދާތީ،

ފުރިހިތްމެއާ، ހަންހާރައިންނެ ދާތީ…”

ދިހާންގެ ބާރުގަދަ އަދި ޖާދުވީ ރީތިއަޑުން ކިޔާލިއެވެ. ބޭއިހުތިޔާރުގައި މުލައިލްއަށް ޔާނިލާ އާ ދިމާލަށް ބަލައިލެވުނެވެ.

“ހައިރާން ވެޔޭހިތް އޭނާ ކައިރިން ދާތީއޭ،

ހާދަ ވިސްނައިފީމޭ ހިތްކަތިލާތީއޭ،

ލޯބިވަން، ހިތަށް އަރައޭ ބުނަން..”

އިވިގެން ދިޔާއީ ކައިރާގެ ލުއި މިއުޒިކެއްފަދަ އަޑެވެ. އެޔާއެކު ޔާނިލާ މުލައިލްއާ ދިމާއަށް ބަލާލިއެވެ. ދެމީހުން މިއުޒިކުގެ ތެރޭގައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ ހިތާހިތުން ވާހަކަދައްކަމުން ނެވެ.

“ހައިރާން ވަނީ ހިތް އޭނާ ކައިރި ވާތީއޭ،

ހާދަ ވިސްނައިފީމޭ ހިތްއަތުލާތީ އޭ،

ލޯބިވަން، ގަޔާވޭ ހިތް ނިކަން….”

ދިހާންގެ ބަސްތައްވީ މުލައިލްގެ ހިތުގައެވެ.

“ހީކޮށް ކެރޭނޭ ބައްދަލު ކުރީމާ ހުއްޓާމިއަދު ކައިރިން ހިނިތުން ވެލީމާ،

ނަޒަރުން އެކަތި ދޭ ހަމަލާ ދިނީމާ،

ނުހިނގޭ ދެފައިގާ ބާރެއް ނެތީމާ…”

އިވިގެން ދިޔައީ ކައިރާ އަދި ދިހާން ދެމީހުން އެއްކޮށް ކިޔާލިއަޑެވެ. މުޅި އިރު އިސްޖަހާލައިގެން ހުރި ޔާނީ އަށް ހީވީ ލަވައިގެ ތެރޭގައި އުޅެވޭހެންނެވެ. އެއީ ހަމަ އެހިތުގެ އިހުސާސްތަކެވެ. އެންމެ ފަހު ކަޑި އާއެކު ޔާނީގެ ނަޒަރު މުލައިލްއަށް ހުއްޓުނެވެ.

“އަންގާލަން ކަމެއްދެން ކުރެވޭނެ ނެތްވަކިން،

ކުޑަކޮށްވެސް ލޯބި ވާކަން ނުވަނީ ޔަގީން،

ލޯމަރަން، ތިޔަ ޙިޔާލުގައި ނިދަން…”

ޔާނީ އިހުސާސްތައް ހީވީ ބަނޑުން ވާން އުޅޭހެންނެވެ. އެއީ ހަމަ އޭނާގެ ހިތުގެ ގޮވުންތަކެވެ. ނަމަވެސް މުލައިލްގެ ހިތްވަނީ ޔާނިލާއަށް ދެވިފައިކަން ޔާނީއަށް އިނގެއެވެ. އެދެމީހުން މުޅިން އަމިއްލަ ދުނިޔެއެއްގައި ވީއިރު ޔާނީގެ ހިތްދިޔައީ ފިސްފިސް ވަމުންނެވެ.

ލަވަނިމުމާއެކު ހުރިހާއެންމެންތަކުގެ އަތްތިލަ ބަޑީގެ އަޑު އިވެން ފެށިއެވެ. އަނެއްކާވެސް އެދެމީހުން ފެށީ އާލަވައެކެވެ. ކެތް ނުގެން އެންމެ ފަހުން ޔާނީ ދުވެފައި ހޯލުން ނިކުތީއެވެ. ހަމަ އެވަގުތެވެ. ޔާނީގެ ފޯނަށް މެސެޖެއް އައެވެ. މަޑުމަޑުން އޭނާ އެ މެސެޖު ކިޔާލިއެވެ. “އެދެމީހުންގެ ޑީ އެން އޭ ދިމަލެއް ނުވޭ.” މި ވީ ކިހިނެއް ހެއްޔެވެ؟..ޔާނީގެ ބޯ ހާސްވެގެން ދިޔައެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އިންތިހާ – 12

Next

ލޯތްބަށްޓަކައި އެދުނީމޭ 1

Next
February 21, 2018

ލޯތްބަށްޓަކައި އެދުނީމޭ 1

Previews
February 21, 2018

އިންތިހާ – 12

33 Comments!

  1. imagination ?? says:
    February 21, 2018 at 3:25 pm

    okey everyone.. here is my story..again. hope you like this part too.. and kihineh baa dho vaan miulheni? any guess?? also, mi story ehaa gina dhuvahu dhigu dhanmaakah nuvisnan. as planned, mihaaru nimen fudheyvarakah kairi vey eba. also, story upp vaani thursday, friday and monday.
    comment below! and let me know ur opinion. 🙂

  2. Min says:
    February 21, 2018 at 3:26 pm

    Yey me first ??? varah reethi mi part ves ? ?

    1. imagination ?? says:
      February 21, 2018 at 3:26 pm

      wooww… that was fast.. <3 thanks tho

  3. Min says:
    February 21, 2018 at 3:32 pm

    Nukiyavan e kam ves ingey reethi vaane kan ehen ve reethi ey buny???dheme mi kiyaa nimuny……

    1. imagination ?? says:
      February 21, 2018 at 3:37 pm

      haha..ehen dhoo.. thanks varah bodah min. ly <3 <3

  4. Reader says:
    February 21, 2018 at 3:37 pm

    Heyy.. Finally you are back… Well idr what’s been going on ehaa rangalhah… Ekam story habeyss hama

    1. imagination ?? says:
      February 21, 2018 at 3:39 pm

      next part ga you’ll probably know evi gotheh..summary kiyaalintha? eya=ga varah rangalhah kiyaa dhinin kurin vefa oi goi

    2. Reader says:
      February 21, 2018 at 6:54 pm

      Summary in kameh neynge…

  5. Mai says:
    February 21, 2018 at 3:45 pm

    Wowww.. vv reethi mi part.. plxxxxx thnakolheh avas avahah up khdhey gothah hadhaaba imagination.. eyru medhu kandaalyma v dhera vi.. ekm anekkaa vx vhk gennan feshy v happy vefa mi hury.. waiting ingey hama.. vv reethi mi story.. tc.. loves

    1. imagination ?? says:
      February 21, 2018 at 11:30 pm

      Aww..dhen ehen nuvaane in sha allah.. Thanks a lot for your love and support ♥ ♥

  6. Friends says:
    February 21, 2018 at 4:44 pm

    Well come back seyma.
    ????????
    Mi haaru stry ga ulhey alaaniya eii eynage aslu name eh noon kanney ge.aslu eynage name akey dhinhaa dhw.mi hen mi buny summary ga inn dhw”dhinhaa kihve” mihen liyefa.n yaanila eii mulail ge sis dhw.Masha allah stry nice.thikuraa hihvarah shaabas.?????waiting 4 next part.????????

    1. imagination ?? says:
      February 21, 2018 at 11:33 pm

      Heyyy loabivaa friends.. Noon noon. No dhinhaa.. I read it three times ekm e thaneh nufenun. Inas ei mistake eh sorry… Idk.. Kommes dna eh negative vegen e ulheni. Lets see what happens dho ♥️♥️♥️♥️✨

  7. Queen says:
    February 21, 2018 at 5:17 pm

    Nice

    1. imagination ?? says:
      February 21, 2018 at 11:33 pm

      Shukuru ❤️ ❤️ ❤️ ❤️

  8. sam♥ says:
    February 21, 2018 at 6:04 pm

    wow

    1. imagination ?? says:
      February 21, 2018 at 11:34 pm

      Thanks ❤️ ❤️

  9. mai says:
    February 21, 2018 at 7:19 pm

    Varah reethi..dhevanah ei kon name eh kiyaa korean boy eh tha

    1. imagination ?? says:
      February 22, 2018 at 3:35 pm

      ei dhoo.. bts ge kim taehyung..loabi taetae.. hehe.. thanks tho <3 <3

    2. mai says:
      February 22, 2018 at 3:47 pm

      Oh imagination ge favorite Korean boys aki kobaa

  10. Pinky shifoo says:
    February 21, 2018 at 8:29 pm

    Hello imagination ???… Mi part vx v v v reethi ?????.. N ehaame interesting ?????.. Dhn kihineh baa vaanee???? Alhey yaanee haadha dhervaaney ????…. It will be very very painful to her ????… Curiously waiting for the next part… ❤️❤️❤️????????

    1. imagination ?? says:
      February 22, 2018 at 3:36 pm

      awwnn..thankss a lott.. <3 <3 <3 in sha allah mirey up vaane ingey. yep yaani varah dhera vaane dhoo..

  11. Aif says:
    February 21, 2018 at 9:58 pm

    Varah nice story eh.. maa avas aruvaafa story nunimmachchey.. eyrun hadi vaane.. make evry part more interesting nd make us curious to knw wht wil happen next.. mahaaruves waiting dhn vaane gotheh balan.. nd upload this story without delays. keep it up dear!! ☺

    1. imagination ?? says:
      February 22, 2018 at 3:38 pm

      yess.. maa avas aruvaafa nunimmaanan. also all of this is because of ur love and support dear all readers. including u.. ly <3 <3 <3

  12. bull shit?❤????✌ says:
    February 21, 2018 at 10:34 pm

    Kalo gayaa?? haadha foohi gothakah mi dhany story..kiyaa hiy kendunee? bye bye story

    1. imagination ?? says:
      February 22, 2018 at 3:38 pm

      its okey.. thanks tho

  13. Lamsha says:
    February 21, 2018 at 11:13 pm

    When next part??? V reethi

    1. imagination ?? says:
      February 22, 2018 at 3:39 pm

      in sha allah tonight. thanks love <3 <3

  14. Friends says:
    February 22, 2018 at 4:15 pm

    Heyy dear.inn naane first trailer ge 9 vana line ga”dhinha kiyhve”.hehe friends hiyy vaagoh eii. Tonyt part avahah up kohla dhehche ingey.

    1. imagination ?? says:
      February 23, 2018 at 4:07 pm

      sorryy abt that.. my bad.

  15. Unique says:
    February 23, 2018 at 8:34 am

    Oh so cute …… But haadha varakashey yaanee dhera thi kolly not good

    1. imagination ?? says:
      February 23, 2018 at 4:06 pm

      awwn;….hehe.. asluves yaani ah dho abadhu dhera libeni.. lets see what muail can do for her

  16. Lina says:
    February 23, 2018 at 2:44 pm

    Awe i started reading this story today and its so cute. Btw taetae and lisa and jisoo. Soo cute. I already love u author nim

    1. imagination ?? says:
      February 23, 2018 at 4:05 pm

      awwnn… <3 i love them too linasshi hahha.. <3 <3

Comments are closed.

Next Episodeލޯބިވަން…(އެގާރަވަނަބައި)←


All Right Reserved!