Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (41)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 17, 2018 8 Mins Read
53 Comments

“މައިލީން އަށް” މިފަހަރު ގަނޑުގައި ލިޔެފައިވަނީ ކުޑަ ލިޔުންކޮޅެކެވެ. އެހެންނަމަވެސް އެޑްރެސް ކޮއްފައިވަނީ މައިލީން އަށެވެ. އޭނާ ހައިރާންވިއެވެ. އޭނާއަށް މާ ފޮނުވާނީ ކާކުހެއްޔެވެ؟

ހައިރާންވެފައި ހުރެގެން އޭނާ ޝާލީން އަށް ބަލާލިއެވެ. އެއާއެކު ޝާލީން ގެ ސުވާލެއް މައިލީން އަށް އަމާޒުކޮއްލިއެވެ. “އިލީ މި ކާކު ފޮނުވާއެއްޗެއްތަ؟” ޝާލީން ހުރީ އޭނާގެ ހުރިހާ ސަމާލުކަމެއް މައިލީން އަށް ހުއްޓައިލައިގެންނެވެ. މައިލީން ގެ ހިތަށް އެރީ މިފަހަރުވެސް ޔުއާންއެވެ. އެހެންނަމަވެސް އޭނާ ދެކޮނޑު އަރުވާލުން ފިޔަވާ އިތުރު ކަމެއްނުކުރިއެވެ. އޭނާ ކާކޮޓަރިއަށް ވަދެ ފުރަތަމަ ވެސް ބަލާލީ ފޯނެވެ. އެއާއެކު ހައިރަންކަން ވެރިވީ އެނާގެ ފޯނަށް އަބަދުވެސް މެސެޖް ކުރާ ނަމްބަރުން މެސެޖް ކޮއްފައި އޮތީތީއެވެ.

އޭނާ މެސެޖް ހުޅުވާލީ އެއީ އަނެއްކާ އެ މާ ބޮނޑި ފޮނުވާ މީހާ ނޫން ބާއޭ ހިތާއެވެ.

“އައި މިސް ޔޫ” މެސެޖް ގައި އޮތީ މިހެންނެވެ. މާ ބޮނޑި އާ ބެހޭ އެއްވެސް މައުލޫމާތެއްނެތެވެ. އެހެންކަމުން އޭނާ މޫނަށް ގޮތެއް ހަދާލެވުނެވެ.

ޔަގީނެވެ. އެ މާބޮނޑި ފޮނުވާނީ އޭނާއަށް އެ މެސެޖް ވެސް ފޮނުވާ މީހެކެވެ.

އޭނާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން ޝާލީން ހުއްޓެވެ.

ރޭގަނޑު ޑިއުޓީކަމުން މައިލީން ތައްޔާރުވަމުން ދިޔައީ ޑިއުޓީއަށް ދިޔުމަށެވެ. އާރާވެސް އޮފީސްކަމަކު ދާޏް ޖހެމުން ވީ ގޮހެވެ. ޝާލީން ގެ ކޮޓަރީގައި ޓަކި ޖަހާލަމުން ޝާލީން ދޮރު ހުޅުވާލިއެވެ. އެއާއެކު މައިލީން ޝާލީން އާ ޔަޝްމް ހަވާލުކޮއްލިއެވެ.

އޭނާ ދެން ގެއިން ނުކުތުމަށް މިސްރާބުޖެހިތަނާ އަނެއްކާވެސް ފޯނަށް މެސެޖެއް އައެވެ. މީ ދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ އެމީހަކުވެސް މިހާރު ދެން އެއީ ކާކުކަން އަންގަން ވެއްޖެއެއްނޫންހެއްޔެވެ؟ މާބޮޑި އާ އެއްޗެހި ފޮނުވައިގެން ވެސް އޭނާގެ ހިތެއް ބަދަލެއްނުވާނެއެވެ. އަލުން ދެނެއް އެ އިތުބާރެއް އެއްވެސް މިހަކަށް ނުކުރެވޭނެއެވެ. އެފަދަ ލޯއްބެއްވެސް ނުވެވޭނެއެވެ. އޭނާ ފައިވާން ހަރުގަނޑުން ބޫޓް ނަގަމުން އެއަށް އަރާލަމުން ހިނގައިގަތެވެ.

ދޮރު ހުޅުވާލަމުން ނުކުތް އިރު އަނެއްކާ މާ ބޮޑިއެކެވެ. މީ ދެން ކިހާ ދެރަކަމެއްހެއްޔެވެ؟ ކޮންމެ މީހަކު ޖަހާ ސަކަރާތަކަސް މިކަންތައް ހުއްޓަން ވެއްޖެއެއްނޫންހެއްޔެވެ.

އޭނާ ރުޅިއައިސް އެމީހާ އާ ދިމާލަށް އެއްޗެކޭ ބުނެލިއެވެ.

“އަޖައިބެއްނު… މިހާރު ދެން ބުނަން ވެއްޖެއެއްނު ތި މީހަކު ކައިރީގައި އަހަރެން ތިޔެއް ބޭނުމެއް ނޫނޭ”އޭނާ ހަރު އަޑޫން އެހެން ބުނިއިރު ހިތުގައި ވަނީ ޔުއާން ގެ ނަމަވެ.

“ތި މާބޮޑި ތަކެއް ފޮނުވައިގެން އެއްވެސް ކަމެއް ނުވާނެ” މައިލީން އަނެްކާވެސް ބުނެލިއެވެ. އޭނާގެ އަޑުގައި ވި ހިންހަމަ ނުޖެހުމާއެކު ރުޅިވެރިކަން މިގެ ސަބަބުން އެމީހާ ވެސް ބިރުގަތީކަންނޭގެއެވެ. ތިރީގައި އެ ބަހައްޓަމުން ނުކުތެވެ.

މިރޭ މައިލީން ޔުއާން އާ ކުރިމަތިލާނެއެވެ. އެ ކުރާ ކަންތައް ހުއްޓާލަން ބުނާނެއެވެ. ޔުއާން އަށް އިތުރަށް އެ ހަޔާތުން ޖާގައެއް ނެތް ކަމަށް ވެސް ބުނާނެއެވެ. އޭނާ މިއަދު އެ ނުކުންނަނީ ވަރުގަދަ އަޒުމަކާއެކީގައެވެ. ތަގުދީރުގައި ވަނީ ކީކޭކަން ނޭގޭ ހާލުގައެވެ.

ހަރު ފޔަވަޅުތަކުގައި ހޮސްޕިޓަލަށް ވަދެގެން ދިޔަ މައިލީން ގެ ލޮލުގައި ލާވިޔާ އަޅައިގަތެވެ. އޭނާ ހީލުމަށްފަހު މަޑުކޮއްލުމެއްނެތި ގޮސް ލިފްޓަށް އެރިއެވެ. އޭނާ ހުރީ ކެތް މަދުވެފައެވެ. ޔުއާން އާ ދިމާލަށް ރަނގަޅަށް އެއްޗެހި ގޮވާލަން ހިތު ލައިގެން ދިޔަ ކަމުގައިވިޔަސް އޭނާއަށް އެ ގޮތަށް ކަންތައް ކުރެވިދާނެބާއޭ ހިތަށް އެރިއެވެ.

އާރާ މަސައްކަތް ނިންމާލުމަށްފަހު އާއިކް ގެ އިންތިޒާރުގައި އޮފީސް ތިރީގައި މަޑުކޮއްލައިގެން ހުއްޓެވެ. އެވަގުތު އޭނާ އަށް އިތުރު ލޮލެއް އަމާޒުވެފައިވާކަމެއް އޭނާއަކަށް ނޭގެއެވެ. “ކަމް ލެޓްސް ގޯ ބޭބީ” އާރާ އާ އަރާހަމަވަމުން އާއިކް ބުނެލިއެވެ. އެއާއެކު އާރާ ލުއި ހިނިތުންވުމަކާއެކު ބޯ ޖަހާލިއެވެ. އޭނާ އަދިވެސް އެއްފަހަރު ފަހަތަށް ބަލާލިއެވެ. އެވަގުތު އެތަނުގައި ހުރި މީހެއްގެ ނަޒަރު ސީދާވެފައިވަނީ އޭނާއަށެވެ.

އައިކަލް މަޑުކޮއްލައިގެން ހުރީ އާއިކް ހަދާ ގޮތެއްބެލުމަށެވެ. އޭނާ ފުރަތަމަ ފަންގިފިލާގައި އިންނަ ކުޑަ ބެލްކަނި ކޮޅުގައި މަޑުކޮއްލައިގެން ހުރި ކޮންމެހެން އެ ދެމީހުންނަށް ފެންނާނޭ ކަމަކަށް ނޫނެވެ. އެހެންނަމަވެސް ކަންތައް ނިޔާކުރިގޮތުން ފެނުނީއެވެ. އެހެންނަމަވެސް އެތަނުގައި އެވަގުތު ހުރީ ފަޑު އަތްޔެއްކަމުން އެއީ އައިކަލް ކަން ވަކި ކުރާކަށް ނޭގޭނެކަން އޭނާއަށް ޔަގީނެވެ.

އެ ކުއްޖަކު ގެ މައުލޫމާތު އޭނާ އޮފީސް ރެކޯޑް ތަކުން ބަލާލިއެވެ. އެއީ އަޚްލާގު ރަނގަޅު މަސައްކަތަށް ފަރުވާ ބަހައްޓާ ކުއްޖެއްކަން އޭނާ އަށް އެނގުނެވެ. އަދި ހާއްސަކޮއް މި ފަހަކަށް އައިސް އެއްވެސް ކަމެއް ނުނިމި ނުހުންނަކަން ވެސް އޭނާއަށް ފާހަގަ ކުރެވުނެވެ. އޭނާއަށް އިތުރަށް އިނގުނު ގޮތުގައި މި ފަހަރު ސްކޮލަރޝިޕް ދޭ ކުދިންގެ ތެރޭގައިވެސް އާރާ ހިމެނޭނެއެވެ.

މައިލީން ނުވަވަނަ ފްލޯއަށ އެރިއިރު އެތަނުގައި ރީކާ ހުރުމުން ހައިރާންވިއެވެ. އޭނާ ފެންނަ އިރަށް ރީކާ އެއްޗެކޭ ބުނެލިއެވެ. އެހެންނަމަވެސް އޭނާ އަޅައެއްނުލައެވެ.

އެވަގުތު އެތަނުން ނަރުހެއްނުކުމެ ރީކާ އާ ކޮންމެވެސް އެއްޗެއް ހަވާލުކޮއްލުމުން އޭނާ ލޯ އަޅާލުމަށްފަހު ނުކުމެގެން ދިޔައެވެ.

ޔުއާން ވަތްތަން ފެނުމާއެކު މައިލީން ބަލާލީ ރުޅި ވެރިނަޒަރަކުންނެވެ.

އޭނާ ޔުއާން އަޅާ ނުލާ ދާތީ ޔުއާން ގެ ފަހަތުން ދިޔައެވެ. އަދި ގޮސް ޔުއާން ގެ ފަހަތުން ވަނެވެ. ޔުއާން ފަހަތަށް ބަލާލުމާއެކު މައިލީން ފެނުނެވެ.

“ޔުއާން ތިކުރާކަމެއް ހުއްޓާލަން ވެއްޖެއެއްނު. ތިވައްތަރަށް އަނެއްކާ އަހަރެންގެ ފީލިންގްސް ތަކާ ކުޅެގެން ޔުއާން އަށް ކޮންފައިދާއެއްތަ ވަނީ… ބުނެބަލަ… ކޮން ފައިދާއެއްތަ ވަނީ އޭތް” މައިލީން ހަޅޭއްލައިގަތެވެ.

މައިލީން އަށް އެނގުނީހެއެއްޔެވެ؟ އެކަމަކު ކިހިނެތްހެއްޔެވެ؟

ޔުއާން ގެ ހިތުގައި ވީ މިހެންނެވެ.

“ލީން” އޭނާ ކުރިއަށް ޖެހިލާ މައިލީން ގެ ދެކޮނޑުގައި ހިފާލިއެވެ. މައިލީން ގުޑިލަން މަސައްކަތް ކުރިޔަސް ޔުއާން ގެ އެ ބާރުގަދަ ކަމުގެ ސަބަބުން އޭނާ އެކަމަށް ނުކުޅެދުނެވެ. ވަގުތުން ދެލޮލަށް ކަރުނަ ޖަމާވާން ފެށީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ޔުއާން އަށް މިތަން ފެނުމާއެކު މައިލީން ގެނެސް އެމޭގައި ބާރުކޮއްލިއެވެ.

“ސޮރީ ލީން…ދެން ނަހަދާނަން” ޔުއާން އެހެން ބުނެލުމާއެކު މައިލީން އަށް ކުއްލިއަކަށް ޔުއާން އަށް ބަލާލެވުނެވެ. ޔުއާން އެއްބަސް ވީ ހެއްޔެވެ؟ ޔުއާން ގެ ހިތް މަޑު ކަފަކޮޅަކަށް ވީ ކޮންއިރަކުހެއްޔެވެ؟ އެ ހިތް މައިލީން އަށްޓަކައި އެހާ މަޑު ވީ ކޮން އިރަކުހެއްޔެވެ؟

އެއްވެސް ހަރަކާތެއްނެތި އިރިކޮޅަކު މައިލީން ހުރުމަށްފަހު އެނާ ކުއްލިއަކަށް ވާހަކަ ދެއްކިއެވެ. “ޔުއާން… ކީއްވެތަ ތިގޮތަށް ތި ކަންތައް ކުރަނީ” މައިލީން ދުރުކޮއްލަމުން އެ އަޖައިބެއްފަދަ ދެލޮލަށް ޔުއާން ބަލާލިއެވެ.

“ލޯބިވާތީ ލީން… ފުރުސަތެއް ދީބަލަ. އޭރުން އަހަރެން ޕްރޫވް ކޮއްދޭނަން އަހަރެން ލޯބިވާވަރު” ޔުއާން މައިލީން ގެ މޫނުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. މައިލީން ދެފަރާތަށް ބޯ ހޫރާލަމުން އިސްޖަހާލިއެވެ. ޔުއާން ގެ ކުރިމަތީގައި އޭނާގެ އަމިއްލަ ނަފްސަށް ބޯރު ނުފޯރެވެނީ ކީއްވެހެއްޔެވެ؟.

“މިއަދު ކީއްވެތަ؟” މައިލީން އަށް އަނެއްކާވެސް ބުނެވުނެވެ. ޔުއާން… އަހަރެން…” މައިލީން ގެ ވާހަކަ ހުއްޓުނީ ޔުއާން މަޑުމަޑުން އޭނަގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމުންނެވެ. “ޝްޝްޝް… ނޫން… އިތުރަށް އެވާހަކަ ނުދައްކާތި” ޔުއާން އަށް ބުނެވުނެވެ. “ނޫން ޔުއާން… އަހަރެން”

“ނޫން ލީން…” މި ފަހަރުވެސް ޔުއާން މައިލީން ގެ ޖުމްލަ މެދުކަނޑާލިއެވެ. އޭނާ މައިލީން މޭގައި ޖައްސާލިއެވެ. އެހެންނަމަވެސް ހާލަތުނިޔާކުރީ އެހެން ގޮތަކަށެވެ. މާގިނަ އިރު އެމީހުންނަށް އެހެން ނުތިބެވުނީ އެވަގުތު ޔުއާން ގެ ރިންގް ވަމުން ދިޔަ ފޯން ގެ ސަބަބުންނެވެ.

އޭނާ މައިލީން ދުރުކޮއްލަމުން ފޯނަށް ޖަވާބުދިނެވެ. މައިލީން ގާތު މަޑުކޮއްލަން އިޝާރާތުން ބުނިކަމުގައިވިޔަސް މައިލީން އެ އަޑު ނާހާ ދިޔައީއެވެ.

ފޯން ނިންމާލަމުން ޔުއާން ފުންނޭވާއެއްލިއެވެ. އޭނާ ގޮނޑިއަށް ވެއްޓިގަތެވެ. އެވަގުތު ވަރަށް ބާރަށް ނަރުސްކުއްޖަކު އައިސް ވަނެވެ. “އަވަސް ޑޮކްޓަރ ޔުއާން… އިޓްސް އެން އެމަރޖެންސީ” އެކުއްޖާ އިގިރޭސިން ބުނެލުމާއެކު ޔުއާން އަވަސް އަވަހަށް ގޮޑީގައި އަޅުވާލެވިފައިވާ އޭނާގެ ކޯޓު ލަމުން އެ ކުއްޖާ ފަހަތުން ނުކުތެވެ.

އާރާ ގެއަށް ވަތް އިރު ޝާލީން ސޯފާގައި އިނެވެ. އާރާ ފެނުމާއެކު އަތުން އިޝާރާތް ކޮއްލިގޮތުން ހީވަނީ އޭނާ އެއިނީ އާރާގެ އިންތިޒާރުގައި ހެނެވެ. އާރާ މަޑުމަޑުން ފައިވާން ހަރުގަނޑުގައި ބަހައްޓާފައި އައިސް ކުރިމައްޗަށް ހުރި ސޯފާގައި އިށީނެވެ. “ކާކާ އެކީތަ ތިއައީ” ޝާލީން ގެ އަޑުގައިވަނީ ނުރުހުމެވެ. ހިންހަމަ ނުޖެހުމެވެ. “އާރާ ގާތު ނުބުނެވޭތަ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން ނުވާނެޔޭ” ޝާލީން ހިސާބަކަށް ރުޅިގަދަވިއެވެ. “ދޮންތާ” އޭނާ އިސްޖަހާލަމުން ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް މި ފަހަރުވެސް އޭނާ ގެ ޖުމްލް ހުއްޓުނީ ޝާލީން ގެ އަޑުންނެވެ.

“އާރާ ތީ ބުނީމަ ބުނާއެތި ނޭގޭ ވަރުގެ ކުޑަ ކުއްޖެއްތަ؟. ކިޔަވާ ނިމިގެން ޖޮބަކަށް ދާތީ އާރާ އަށް އާރާ ބޮޑުވިޔަސް މ ދޮންތަ އަކަށް އާރާ ބޮޑެއްނުވެޔޭ… އަދި އެންމެ ނަވާރަ އަހަރޭ… ” ޝާލީން އަށް ރުޅިއާދެވުނީ ކުރިން ކަންތައް ވީ ގޮތުންނެވެ. މި އުމުރަކީ އެންމެ ފަސޭހައިން ކުދިން ގޯޅި އަޅައިގެން ދާ އުމުރެވެ. ރިވާޔާ މަރުވުމަށްފަހު އޭނާ މައިލީން އާއި އާރާ ގެ ޒިންމާ ގެނީ އަމިއްލައަށެވެ. އަމިއްލަ އުފާތަށް ގުރުބާން ކުރުމަށްފަހު އޭނާ އެ ދެމީހުންނަށް އިސްކަން ދިނެވެ.

އާއެކެވެ. ޒަވާޖީ ހަޔާތެއްވެސް ފަށަން ޖެހޭނެއެވެ. އެހެންނަމަވެސް އަދި މާ އަވަހޭ ޝާލީން ގެ ހިތް ބުނަނީއެވެ.

އާރާ އިން ގޮތް ފެނިފައި ޝާލީން ގެ ހިތް ވެސް މަޑު ވެގެން ދިޔައެވެ. އެއާއެކު ރުޅި އިސްކުރުމަކީ ހައްލެއްނޫންކަން އެނާއަށް ވިސްނުނެވެ. އެއާއެކު އޭނާ މަޑުމަޑުން އާރާ އަށް ވިސްނައިދޭން ފެށިއެވެ.

“އާރާ… ކުއްޖަކު ހިޔާރު ކުރާއިރު އެންމެ އިސްކަން ދޭން ޖެހޭނީ ކުއްޖާގެ އަޚްލާގަށް ދީނީ ކަންތަކަށް ފަރުވާ ބަހައްޓާތޯ ބަލަން ވާނެ. އާއްމިކޮއް ގިނަ ކުދިން ގޮސް މަގު ހިޔާރުކުރަނީ އީމާން ތެރިކަން ބަލިކަށި ވީމަ… އަގީދާ ބަލިކަށި ވީމަ…” ޝާލީން ހުއްޓާލިއެވެ. އޭރުވެސް އާރާ އިނީ އިސްޖަހައިގެންނެވެ.

“ދޮންތަ ބެލްކަންޏަށް ނުކުތް އިރު ފެނުނު އާރާ ކާރަކުން ފައިބަނިކޮއް. އެންމެ ފުރަތަމަ ހީކުރީ ކޮންމެވެސް ރައްޓެއްސެއްކަމަށް އެކަމަކު އާރާ އާއެކީ އެ ކުއްޖާ ފައިބަމުން އާރަގެ ކޯތާފަތުގައި އަތް ޖައްސަލަމުން ދޮންތަ އަށް ވަގުތުން އިނގިއްޖެ. ދޮންތަ ބޭނުން ނުވަނީ ކީ ނޫން… ވަރަށް ބިރުގަނޭ. އިލީ އަށް ވީ ގޮތް…” ޝާލީން ގެ އަޑަށް ހިތާމަވެރިކަން ވެރިވެގެން ދިޔައެވެ.

“އާރާ ތިކަންތައް ހުއްޓާލާ… އެ ކާރަށް ބަލާލާފައިވެސް އިނގިއްޖެ އެއީ މުއްސަންޖެއްކަން ލާފައިވާ ހެދުމުން ވެސް އެކަން ދެނެގަންނާކަށް އުނދަގުލެއްނޫން… ގިނަ ފަހަރަށް އެކަހަލަ މީހުން ފަހަތުން އުޅޭނީ ކޮންމެވެސް ބޭނުމެއްގަ. އެކަމެއް ވީމަ އެއްލާލާފައި ދާނެ…” ޝާލީންގެ ވިސްނުން ހުރ ގޮތް އޭނާ ހިއްސާކޮއްލިއެވެ.

“ދޮންތަ ގަބޫލެއްނޫން” ޝާލީން ބުނެލުމާއެކު އާރާއަށް އިސްއުފުލާލާ ބަލާލެވިއްޖެއެވެ. އޭނާގެ އެބަލާލުމުން ތަފްސީލް ދޭށޭ ބުނާކަހަލައެވެ. ކީއެއްވެހއްޔޭ ސުވާލުކުރާހެން ހީވެއެވެ. އެހެން ނަމަވެސް މިވަގުތު އޭނަގެ އަނގައިން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. ނުތަނަވަސް ކަމާއެކީ ޝާލީން އަށް ބަލަން އިނދެވުނީއެވެ.

އެހެން އިނދެފައި އޭނާ ދުއްވާފައި ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ. އަދި ތަޅުލިއެވެ. ދެން އާރާ ހުޅުވާލީ ޝާލީން ސޯފާއިން ތެދުވަނިކޮށެވެ. ދޮންތަ އުޅޫނީ މާ ރަނގަޅަށް ތަ؟ ސްކޫލް ނިމުނުއިރަށް ކުއްޖަކާ ރައްޓހިވި… އަހަންނަށް ކީއްވެތަ އެ ފުރސަތު ނެތީ؟” އާރާ އެހެން ބުނެފައި ޝާލީން އަށް ފުރުސަތެއްނުދީ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

ޝާލީން އަށް ހުއްޓެވުނެވެ. އޭނާ ގެ ލޮލަށް ކަރުނަތަށް ޖަމާވިއެވެ. އާރާ ފުރަތަމަ ފަހަރަށް އޭނާއާ ދިމާލަށް ބާރަށް އެއްޗެއްބުނެލިއެވެ.

ޝިޔާޒް އައިސް ގެއަށް ވަނީ އޭނާ އެހުރި ގޮތަށް ހުއްޓައެވެ. ޝާލީން ގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނުމާއެކު ޝިޔާޒް އަވަސް އަވަހަށް އެ ދިމާލަށް ދެވުނެވެ. އޭނާ ގޮސް ވީ ގޮތް އަހާލުމާއެކު ޝާލީން އެމޭގައި ބޮނޑިވެގަތެވެ. ބަނޑު ބޮޑުވިފަހުން އޭނާއަށް މާ އަވަހަށް ޖަޒުބާތީވެއެވެ. މާ އަވަހަށް ދެރަވެ ރޮވެއެވެ. “އާރާ…” ޝާލީން އަށް ބުނެވުނީ އެވަރަށެވެ. ޝިޔާޒް ގާތަށް ރުޅީއައެވެ. އެހެންނަމަވެސް އޭނާ ރުޅި ކޮންޓްރޯލް ކުރަމުން ވީ ގޮތް އޮޅުން ފިލުވޭތޯ އުޅުނެވެ.

“އާރާ އެއްޗެ ކޭ ބުނީ” ޝާލީން އަށް މިފަހަރުވެސް ވާހަކަ ދައްކަން އުނދަގޫވިއެވެ. އެއާއެކު ޝިޔާޒް ގެ ރުޅި ކޮންޓްރޯލް އުން ނެއްޓިއެވެ. އޭނާ ގޮސް އާރާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. އެއާއެކު އާރާ ހުޅުވާލިއެވެ.

“ކީކޭތަ އާރާ ކިޔައިގެން ތިއުޅެނީ” ޝިޔާޒް ނުރުހުންވެފައި ބުނެލިއެވެ. އެއާއެކު އާރާ އޭނާ ބުނި ގޮތަށް ބުނެލިއެވެ. އޭރު ޝާލީން ހުރީ އަނެއްފަރާތަށް އެނބުރިކަމުން ރޮމުން ދިޔަ ޝާލީން އެއް އޭނާ އަކށް ނުފެނެއެވެ.

“ބަލަ އެ ދޮންތައޭ ތިވަރުކުރީ” ޝިޔާޒް އަށް ބުނެވުނެވެ. އޭނާ ދެންވެސް ދެތިން ޖުމްލައެއް ބުނެލުމަށްފަހު ރުޅިއައިސްގެން ދިޔައެވެ. ޝިޔާޒް ބުނި ޖުމްލައިން އާރާއަށް ވެސް އަސަރުކުރިއެވެ. މިހުރިހާ ދުވަހު ހަރަދުކުރީ ދޮންތައެވެ. އެއްވެސް ޝަކުވާއަކާނުލައެވެ. އެހެންނަމަވެސް މިއަދު އޭނާ އެ ހެދީ ކހިނެތް ހެއްޔެވެ؟.

އެރޭ އާއިކް ގުޅަ ގުޅާވެސް ފޯނެއް ނުނަގައެވެ.

އެ ހިތްވަރު ނެތީ ކަންނޭގެއެވެ.

ޖެހިގެން އައި ދުވަހަކީ މައިލީން ގެ އޮފް ޑޭއެކެވެ. އޭނާ ގެ ފޯނަށް މިއަދު މެސެޖް އަންނަލެއް ތަންކޮޅެއް  ގިނައެވެ. އޭނާ އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. މީ ހަމަ ޔުއާން ހެއްޔެވެ؟. އޭނާއަށް ޝައްކެވެ. ޔުއާން ގާތު ނުކުރާށޭ ބުނީމަވެސް ކުރަނީހެއްޔެވެ؟.

އެރޭގެ ވަގުތެވެ. ޝާލީން އޭނާއަށް މެސެޖް ކޮއްފައި އޮތީ ވިއު ހޮޓެލް އަށް ދިޔުމަށެވެ. އޭރު ގޭގައި އުޅެނީ އާރާއާ އޭނާއާ އެކަންޏެވެ. ޔަޝްމް އޮތީ ނިދާފައެވެ. ޝާލީން އާއި ޝިޒާޔް ވެސް ބޭރަށް ދިޔަ ގޮތަށް އައީކީ ނޫނެވެ. އޭނާއަށް އާރާ އާ ދޮންތަ ގެ ގުޅުން ރަނގަޅު ނޫންކަން މިއަދު އެނގުނެވެ. ދޮންތަ އެ ގެންދަނީ ވީ ގޮތް އޮޅުން ފިލުވަދޭން ކަންނޭގއެވެ. އޭނާ ތަފާތު ހިޔާލް ތަކުގައި ހުރެގެން ލޯގަނޑު ކުރިމަތީގައި ހުރެގެން ރީތިވަމުން ދިޔައެވެ.

ވިއު ހޮޓެލް އަށް އޭނާ އައީ ކާރެއްގައެވެ. ގޮސް އެތަނަށް ވަނުމާއެކު އެތަނުގައި ވެއިޓަރަކު އޭނާއަށް ދާންވީ ދިމާ ބުނެދެމުން ފަހަތުން ދިޔައެވެ. މިއީ މިތާގައި ހަމަ އުސޫލް އޮންނަ ގޮތްބާއޭ އޭނާ ހިތަށްއެރިއެވެ. އެވަގުތު އެތަނުން ވެއިޓަރ ދައްކާލީ ކުރިމައްޗަށް ވާގޮތަށް ހުރި ދޮރެވެ. ބިއްލޫރި ދޮރެއްކަމުންނާ އެތެރެ އަނދިރި ކޮއްފައި އޮތުމުގެ ސަބަނުން ނުވެއްފެނެއެވެ. ވެއިޓަރ ބުނުމާއެކު އޭނާ ހުޅުވާލިއެވެ. އެއާއެކު މުޅިތަން އަލިވެގެން ދިޔައެވެ.

މުޅި އެތަން ހޯލެއްގެ ތެރޭގައ ވަނީ ހުސް ރަތް ކުލައިގެ ފުއްޕާހަމެވެ. އެ ހަންތައް ވަނީ ހިތެއްގެ ބައްޓަމަށެވެ. އަދި ކޮންމެ ހަމެއްގައި ވަނީ އައި ލަވް ޔޫ ލިޔެވިފައެވެ. އެތަނުގެ މެދުގައި މޭޒެއްގެ ދޮށުގައި ދެގޮނޑި ބެއިންދިފައިވީއިރު ކެންޑެލް ދިއްލާލެވިފައިވިއެވެ. ވާނުވާ ގައި ހުރި އިރު އިރުކޮޅެއް ފަހުން އޭނާ އަށް މީހަކު ފަހުމް ވިއެވެ.

އޭނާ ދެލޯ ކުޑަކޮއްލަމުން އެ ފަނޑު އަލީގެ ތެރެއިން ކާކުތޯ ބަލާލިއެވެ. އެ މީހާ ކައިރިއަށް އައުމާއެކު އޭނާ އަށް ކާކުކަން އެނގުންވިއެވެ.

އެއާއެކު އޭނަގެ ދެ ބުމަވަގުތުން ގޮށް ޖެހިގެން ދިޔައެވެ.

“ޖަޒިލް” ހައިރާން ކަމާ ރުޅިވެރިކަން އެކުލެވިގެންވީ އަޑަކުން އޭނައަށް ބުނެވުނެވެ. ހަމަ މިއާއެކު ދޮންތަ ގެ އަތެއް ވެސް މިކަމުގައި ވާކަން އެނގުމާއެކު ދޮންތަ ދެކެވެސް އޭނާއަށް ރުޅިއާދެވުނެވެ.

“ޖަޒިލް އައިސް އޭނާގެ ކުރިމައްޗަށް އިށީނެ އަތުގައި އޮތް މަހުމާ ފޮށި ހުޅުވާލިއެވެ. އޭނާގެ ހިތުގައި އުންމީދުގެ ހުޅުޅެއް ދިއްލެމުން ދިޔައެވެ. އެ ދެލޯ ވިދަމުން ދިޔައީ މައިލީން ގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

“ޖަޒިލް މީ ކޮންކަމެއް” މައިލީން އަށް ބުނެވުނެވެ.

“އިލީ… އައި ލަވްޔޫ ވަރަށް ބޮޑަށް އެންމެ ކުރީއްސުރެ… އަހަރެން އިލީ އާ އެކު އަބަދުވެސް ވާނަން… މިއަދު އިލީ ގާތަށް މިއައީ އިލީ ގެ ޕާސްޓް އާ އެކި ގަބޫލުވެސް ކުރަން. އިލީގެ ދަރިފުޅު ވެސް ގަބޫލުކުރަން ތައްޔާރުވެގެން” ޝާލީން އޭނާ ލައްވާ ޕްރެކްޓިސް ކުރުވި ގޮތަށް ކަންތައް ކުރަމުން އޭނާދިޔައެވެ.

“ޖަޒިލް… ކާކުތަ ބުނީ އަހަރެން… ބޭނުމޭ” މައިލީން އަށް ބުނެވުނެވެ.

އެއާއެކު ޖަޒިލް ހައިރާންވިއެވެ. މައިލީން ނުރުހޭނަމަ ރުހޭކަމަށްބުނެ މައިލީން މެސެޖް ކުރީ ކީއްވެބާއެވެ. މީގެ އެއްދުވަސް ކުރިން އޭނާ މައިލީން އަސް މެސެޖް ކުރިއެވެ. އޭގައި އޭނާ ބުނިފައި އޮންނާނީ ރުހޭނަމަ މެސެޖަށް ރިޕްލައި ކުރުމަށެވެ. ދިނުމަށެވެ. އެ މެސެޖް ދިޔަތާ މާގިނަ އިރެއްނުވެ ރިޕްލައިވެސް ދިޔައެވެ.

އެދުވަހު އޭނާ އުފަލުން ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. މައިލީން އެމޭގައި ބޮނޑިކޮއްލަން ބޭނުންވިއެވެ.

އެހެންނަމަވެސް މިއަދު އެ ދުވަހާ މައިލީން ގެ ވާހަކަ ތަފާތީ ކީއްވެބާއެވެ.

“އެކަމަކު އިލީ ބުނީ” ޖަޒިލް ބުނެލިއެވެ. “ކީކޭ ޒިލް ތި ކިޔަނީ އަހަރެންނަކަށް ނޭގޭ… މިހުރިހާ ކަމެއްގެ މާނައަކީ ކޮބަތަ؟” މައިލީން ރުންކުރު ގޮތަކަށް އަހާލިއެވެ. އެއާއެކު ޖަޒިލް ކޮޅަށް ތެދުވިއެވެ. އަދި މައިލީން ގެ ދެކޮނޑުގައި ހިފާލިއެވެ. އޭނާއަށް މިގޮތަށް އެތަކެއް އުންމީދުތަކެއް ދީފައި ދެރަކޮއްލުމުގެ އެއްވެސް ހައްގެއް މައިލީން އަކަށް ނޯންނާނެއެވެ. އޭރު އޭނާގެ ލޮލުން ކަރުނައިގެ އަސަރުފެނިލިއެވެ. އޭނާ މިހުރިހާ ތައްޔާރީއެއް މި ވީ ވަރަށް އުންމީދާ އެކުގައެވެ. އެއާއެކު ތަކުރާރުކޮއް މައިލީން އޭނާއަށް ކުރި މެސެޖް ތައް މަތިން އޭނާ ހަނދާން ވިއެވެ. އެއާއެކު އޭނާ ގެ ދަތްކުނޑި ވިކިގެން ދިޔައެވެ. މީހާ ރުޅިއައިސްގެން ރޫރޫ އަރައިގަތެވެ. މައިލީން އޭނާގެ އިހސްސާސްތަކާ ކުޅުނީހެއްޔެވެ؟

މައިލީން ޖަޒިލް ގެ އަތް ދުރުކޮއްލަމުން ފަހަތަށް ޖެހިލިއެވެ.

“އިލީ މިގަޑީގައި ސަމާސާ ނުކުރެބަލަ” ޖަޒިލް އަށް އެންމެ ފަހު ވަގުތުގައިވެސް އުންމީދު ކުރެވެމުން ދިޔައެވެ. އޭނާ އާ މައިލީން އެ ކުރަނީ ބިރުވެރި ސަމާސާ އެކޭ ހިތާ އެ ލޮލަށް ފުން ކޮން ބަލާލިއެވެ. އެހެންނަމަވެސް ސީރިއަސް ކަން ފިޔަވާ އިތުރު އެއްޗެއް މައިލީން ގެ މޫނުމައްޗަކުން އޭނާއަކަށް ނުފެނުނެވެ.

“ޒިލް އަށް ކިހިނެތްތަ ވެގެން ތިއުޅެނީ” މައިލީން ގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުންނެވެ.

އެއާއެކު ޖަޒިލް އަށް ވެސް ކެތް ކުރަން ދަތިވިއެވެ. އެނާ ކުރިއަށް ޖެހިލާ އަނެއްކާވވެސް މައިލީން ގެ ދެކޮނޑުގައި ހިފާލިއެވެ. އަދި އެ ދޮލޮލާ މައިލީން ގެ ލޮލާ ސީދާކޮއްލިއެވެ. “އިލީ ވައި… ތި ގޮތަށް އަހަރެންގެ އިހްސާސްތަކާ ތިކުޅުނީ ކީއްވެ؟ ކީއްވެ؟ ކީއްވެ؟” ޖަޒިލް ގެ ލޮލުގައ ބޮނޑިވަމުން ދިޔަ ކަރުނަތަކުގެ ވިދުން މައިލީން އަށް ފަނޑު އަލިކަމުގެ ތެރެއިންވެސް ފެނެވެ. ކުއްލިއަކަށް ޖަޒިލް މައިލީން ގެ އަތުން ދޫކޮއްލުމަށްފަހު ފުރަގަހަށް އެނބުރުނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.

“އިލީ އަށް އެނގޭތަ؟ ކޮންމެ ފަހަރަކު އިލީ މެސެޖް ކުރީމަ އަހަރެން އުފާވާވަރު” ޖަޒިލް އެހެން ބުނެލާފައި އެނބުރުނެވެ. އޭރުވެސް މައިލން ހުރިތާ ހުއްޓެވެ.

އެކަމަކު އޭނާ ހުރި ވާނުވާ ނޭގިފައެވެ. ކޮން މެސެޖެއް ހެއްޔެވެ؟ އޭނާ ޖަޒިލް އަކަށް މެސެޖެއް ނުކުރެއެވެ. އޭނާ މިތަނަށް އެއައީ ޝާލީން ބުނެގެންނެވެ. އެއާއެކު ރުޅިވެރިކަމެއް އޭނާގެ ނަފްސަށް ވެރިވެގެން ދިޔައެވެ. ދެ ބުމަ ގޮށް ޖެހިގެން ދިޔައެވެ. އޭނާ އެތާ ހުރެފައި ނުކުތެވެ. އަދި އަތުގައި އޮތް ފޯނުން ޝާލީން އަށް ގުޅިއެވެ. “ހަލޯ… އިލީ ދާން ވީ ދިމާ ވެއިޓަރ…..” “ދޮންތާ… އަހަރެން އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއްނޫން…” މައިލިން ނުރުހުންވެފައި ބުނެލިއެވެ. “ދޮންތަ އަށް ކީއްވެގެން ތަ ތިއުޅެނީ… އަހަރެންގެ ފަރާތުން ކޮންކަމެއްތަ ބޭނުން ވެގެން ތިއުޅެނީ…” މައިލީން ގެ އަޑުގައި ވި ރުޅިވެރިކަން ޝާލީން އަށް ފާހަގަ ވީ ކަންނޭގެއެވެ. ކުޑަ ވަގުތު ކޮޅަކަށް މަޑުމައިތިރިކަމެއް ފޯނަށް ވެރިވެގެން ދިޔައެވެ. “އިލީ” ޝާލިން އަށް އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮއް މައިލީން ފޯން ކަނޑާލިއެވެ. އަދި އެ ހޮޓެލުން ބޭރަށް ނުކުތުމަށް މައިލީން މިސްރާބުޖެހިއެވެ.

ދެންމެ ވީ ކަންތަކުން ނަގަންވީ މާނައެއް ނޭގި ޖަޒިލް ހުއްޓެވެ. އޭނާ ދެރަވެފައި ހުރިވަރުން ކަރުނަ ތިއްކެތް ވެއްޓިގެން ދިޔައެވެ.

އޭނާގެ ސިކުނޑިއަށް ޝާލިން ދެއްކި ކޮންމެ ވާހަކައެއް ވަދިގެން ދިޔައެވެ. އަދި އެވަގުތު އެއިން ކޮންމެ ދުވަހެއްގެ ހަނދާން އޭނާގެ ކުރިމަތީގައި ވަށާ އެނބުރެން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޫރު (ސަތުތިރީސްވަނަ ބައި)

Next

ތިޔަ އަސަރު 36

Next
February 17, 2018

ތިޔަ އަސަރު 36

Previews
February 16, 2018

ނޫރު (ސަތުތިރީސްވަނަ ބައި)

53 Comments!

  1. Hi Mi says:
    February 17, 2018 at 1:41 am

    Assalaamu Alaikum. And sorry guys. Kuree part thakuge comment thakah reply nukohlevigen miulheny. Vagutheh hoadhailaigen balaanan reply kohleveythoa. In Sha Allah. And i knw jazil annaathy foohi kan ves. Ekam ekamah ves maafah edhen. Adhi yuan ge bai ves varah bodu koh ebain. Ekamaku vhk ga faharku kameh dw hingaani. Hope kuran understand vaane kamah. And hurihaa comment eh ves ufalaa eki balaigannnan. Eyi hama Hi Mi ah libey kuri erumeh. Eyi hiyy vareh. Rangalhu kurunah libey baareh. ??? ALHAMDHULILLAH.
    JAZAKALLAH KHAIRAN. ???

    1. Aaa says:
      February 17, 2018 at 2:18 am

      Thank you. When are you going to upload next part?

  2. Blu says:
    February 17, 2018 at 1:58 am

    Wow v reethi mi part ves.. Waiting for the next igey.. God bless u?

  3. Aaa says:
    February 17, 2018 at 2:18 am

    Thank you. When are you going to upload next part?

  4. Chim says:
    February 17, 2018 at 3:04 am

    Wow..v reethi mi part ves…❤..shalyn e dhe myhunahves olhuvaaliyyey dhw…alhey anekaves milyn kihaa dheravaane dhw..

  5. Black beauty says:
    February 17, 2018 at 3:41 am

    Yageen e nudhanna kujja fb in e msg kuranee maileen ah vegen jazil ah

  6. Lamm says:
    February 17, 2018 at 4:36 am

    Wow a bonus part? thankew Hi Mi? keep it up? nd best of luck??
    Story vrh reethi♥️Pls yuan nd leen gulhu vahchey?☺️
    Waiting for the next part☺️

  7. Axy says:
    February 17, 2018 at 5:05 am

    HI MI Thanks mihaaru mi fenunee kiyaa laafa comment kuraanan nukiyas ves igey mi part ves v reethi vaane kan ????????

  8. Shai says:
    February 17, 2018 at 5:10 am

    Wow varah reethi mi partves

  9. Tee says:
    February 17, 2018 at 5:44 am

    Superb . you are the best

  10. starme says:
    February 17, 2018 at 6:07 am

    Varah reethi. Kon irakun dhen in pert gennanee

  11. Suney says:
    February 17, 2018 at 6:25 am

    Thanks hi mi. U are the best hama surprise part eh duw?????. Alhe then lun ithubaaru kiraanee kaakah dhw dhontha ves olhuvaalee so sad. But plx jazil aai nugulhuvaathi plzplzplz. Eyrin story ehkoh doohi v.. but this is my favorite story adhi. Hi mi haadha molhey ??????. When is next part ? Waitin waiting waiting……… Thanks again hi mi and luv u more and more????????????????????????????????????????

  12. Pinky shifoo says:
    February 17, 2018 at 6:32 am

    Wow ❤️❤️❤️… It’s wonderful ❤️❤️❤️… Mi part vx v v v reethi ???… Knme partehvx v v v reethi n knme partehvx mi kiyaalany hama v v v kiyaalaahithun n abadhuvx mi story ah v v inthizaaru kurevey ????… I really like your stories Hi Mi ????????.. Hurihaa manzareh sifakohlevey hama ????… N I agree with you that vaahakaige faharaku kameh higaanee… Hi Mi thigothuga kuriah dhaashey bunaanee ???… Keep up the good work ????❤️❤️❤️… N faahagakohlevey mi part ga typing mistakes v v madhu comparing to last part ???… U can do this insha Allah n u have the talent Hi Mi ❤️❤️❤️❤️??????????… Hi Mi thee hama best ???????.. N v v ufaavehje mihaa avahah mi part kiyaalan libunyma ?????…. Curiously waiting for the next part… Lots of love ❤️❤️❤️❤️❤️❤️❤️❤️❤️ ?????????????????????????????❤️❤️❤️❤️

  13. firoo says:
    February 17, 2018 at 6:44 am

    mi part vs vvvvv reethi..????…curiously waitin nxt part..

  14. annoying reader says:
    February 17, 2018 at 8:05 am

    varah reethi. so all along its shaalin dhw jazil ah txt kurani and shaalin jazil lavva ma bondi fonuvi. alhey poor jazil,shalin ves then aara hifahattan vejjeya aara gehlli dhaane. i think she deserves a chance with aaik. and shiyaz mihaarakah ais haadha kanthah bodey dhw. first leen and yashm ge kanthaka ulheythi adu li. and nw aara,i understand he is stressing bcz his wife is pregnant with their first child but that doesnt mean he has to become mean. anyway i really think aara ah fennani her dad hen or else aaik ge dad hen. lets see wat happens nxt. v reethi mi part ves. yuan and leen forever ?

  15. Niu says:
    February 17, 2018 at 8:09 am

    Himi
    Reethi mi part ves
    Niu ah faahanga vaa kuda mistake ebain
    Shaain aaraa aa vaahaka dhakan indhefa hiy hama nujehigen dhuvvaafai kotaria ah dhiy vahaka
    Aslu dhuvvany caaru caycle kabala ehchis niu ge nazarun
    Dhivehi bahuga bune ulheyne
    Dhuvefa dhiyeve
    ???

  16. Blue beauty says:
    February 17, 2018 at 8:10 am

    mi part ves nice ????

  17. Mixuhan says:
    February 17, 2018 at 9:09 am

    Haadha reeiichey❤️ when is the next part?? Kiyaa hithun keii madhu vehje

  18. Shann says:
    February 17, 2018 at 9:38 am

    Masha Allah wow mibaives v rythi… Ehbayah vure anehbai rythi… Alhe mileen ah visneyne nama dhw… Jazil n mileen noon gulhenyky… V v rythi mibaives… Hama bunaane ehchehves neyngey… Story kiyamun dhaairu v v dheravey mileen ah dhimaa vaa gothun… V molhu story ekey buneveyny hama abadhuves mee… V molhu Hi Mi story liyan,Masha Allah… Abadhuves shann men support dheynan Hi Mi ah… Luv u n Miss u

  19. sam♥ says:
    February 17, 2018 at 9:47 am

    wow kaakuthaa alhe e.maabodii efonuvany … HI MI loves v reethii stry love u ♥♥♥

  20. Sham says:
    February 17, 2018 at 10:03 am

    Mi part vrh reethi ❤️ it’s all shaalin dhw ? how could she do this maileen n jazil? Haadha dhera vaaney ilee vx zil vxx ? zil ge ehvx mistake eh neii.. eyru vx sham ah heevi ey shaalin nubaeh eba hadha ey…Dhn poor aaraa ?? e kuhjja ah vx shaalin kee ehchiss.. vrh foohi vehjje shaalin n shiyaz dheke ? yuaan n maileen ge bai thakolheh bodukoh next part ga genesdhehchey ? phn balaali iru story upload vefa inyma haadha ufaa viyey ?thankooooo???? when next part?? Good luck dear!❤️?❤️?❤️?❤️

  21. new girl says:
    February 17, 2018 at 10:07 am

    v v v v nice…hi mi alhe yuaan nd leen ge romentic scean eh annaanee kon iraku tha….waiting for that part….ebai v dhigu kohlahche….dhen jaxil ge bai ninmala…luv u…..??????❤❤❤❤??????????????????????????????????????????????????????

  22. Nooree says:
    February 17, 2018 at 10:20 am

    Mi baivess v reethi. Maileen aa yuaan gulhuva dheebala. Please.please.

  23. click a shot ? says:
    February 17, 2018 at 10:21 am

    hey Hi Mi.? my first comment to this story…mi varah reethi story eh…one of the best and fav story eh mi click ge..?varah dhuvas vehje esfiya ge stories ah comment nukuraatha ekam kiyan baraabarah..kudakoh busy vi ma comment nukureveni..u r a perfect writer hi mi..n your last written story was beautiful.????.I appreciate your hard work ❤️❤️??yuaan and maileen gulheyne dhuvahege inthizaaruga mihunani..konirakun next part up vani..abadhu inthizaaru kureveni mi story ah..up veytho bala bala indhevenives..hehe???

  24. shaba says:
    February 17, 2018 at 11:19 am

    Vvv reethi mi part ves

  25. Zuam says:
    February 17, 2018 at 11:54 am

    Wow…. varah varah varah reethi

  26. Xaaaan says:
    February 17, 2018 at 12:49 pm

    Yeyyy new parteh thnx loabi loabi himi❤❤❤❤❤❤❤ masha allah mi part ves ehaa reethi adhi ehaame furihama???????? himi jaxilge part dhiguviyas eh e mahsala eh nun eves storyge ulhey kujje ehenveema story furihama vaany jaxilge vaaha genes dheegan dhw??? xaan bodah kiyaa hihvany yuaange bai ekamakuves himi story gendhaagoi vvvv furihama adhi vvv bodah kiyaa hihvaa gothah thnx sweet❤❤❤❤❤ shaaleenves dhw dhen keehkurantha leen ah naangaa jaxil ah msg kury edhemeehunge ihusaas thakaa eh kulhely shaaleen vvv goas????? shaaleen thihen nahadhaber yuaan aa leen gulheynee edhemeehun dhuru nukurahchey hellow himi dhooni dhen onna part vvvv reethivaane yageen waiting avahah up koh dheythi ingey mihaarves vvv kiyaahithun mi inny vvvv reethi story himu vareh neh thy hama enme best luv u dear???????????????

  27. Leen says:
    February 17, 2018 at 1:31 pm

    Suberb Himi.. Varah reethi.. Waiting for next part… Yuan aa mailyn gulhuvahchey plx plx.. ??

  28. Pinky shifoo says:
    February 17, 2018 at 1:38 pm

    Hii Hi Mi ???… I tried a lot bt comment publish nuvey so again try kohly ☺️☺️☺️… Mi part vx hama awesome ???… V v v reethi ❤️❤️❤️… Hurihaa parteh vx v v v reethi n knme partehvx mi kiyaalany v v v kiyaalaahithun n knme partehvx ehaa me interesting n v v v inthizaaru kurevey story eh mee abadhuvx mihaaru ????… Sifakurunthahvx haadha furihama ey Hi Mi ????… I really like your stories ❤️❤️❤️… Faahagakohlevey mi part ga typing mistakes v madhu compare to last part ???.. U can do this Hi Mi insha Allah n u have the talent ????… Keep up the good work ???… This story is hama superb ????… N Hi Mi thee hama best ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????. Curiously waiting for the next part n btw v v v happy vehje mihaa avahah mi part kiyaalan libunyma ????…. Lots of love ❤️❤️❤️❤️ ❤️❤️❤️❤️❤️?????????????????????❤️❤️❤️❤️❤️

  29. Zaa ? says:
    February 17, 2018 at 2:36 pm

    Woww mi part ves varah reethi ?❤❤❤❤
    ❤?Thankyou HiMi
    ❤❤Waiting for the next part

  30. Siyaa says:
    February 17, 2018 at 3:59 pm

    Salaam alaikum meee vvvvvvvv reethi vaaahakaeh mivaahaka abadu annathanfenifa hama kiyaahiy v deduvas therey kiyaanimaevihjje vvvvv nice ingey mi storeee hama heevanee asleh hn n ehaa avahah nunimmaalahchey adhi kithah bai ebaintha nunimi

  31. އިޒްވާ says:
    February 17, 2018 at 6:01 pm

    ރީތި

  32. ss says:
    February 17, 2018 at 6:26 pm

    next partuge inthizaargaa. miray up vaanebaa

  33. Aaa says:
    February 17, 2018 at 7:39 pm

    Kon irakuntha aneh part upload vaany

  34. Suney says:
    February 17, 2018 at 8:02 pm

    Again me… Hi mi ge habareh nuvaathee hama ? ??? rply ves nukurey ehen ve .kobaibaa hi mi ragalhu thahaalu dhoonyaa. Story up nukurevunas comments thakah rply kuree maves ufaavey. Because hi mi thee enme best koh comments thakah rply ves kuraa writer akee. So god bless u hi mi???????????

  35. Hashaa says:
    February 17, 2018 at 8:42 pm

    Varan reethi,,,,,,,vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice,,,bunaane anchen vase neyga,,,dhennham reeche bunabeyni…hi mi konerakun next part up kon laani??????????IT IS BEST STORy??????????….varan kiyaa hinvey mi story up vytho dhuvaalaku athan faharaku check kuravejy THANKU hi mi????????saabase dheyhaa vase reethi????????????????????

  36. Firoo says:
    February 17, 2018 at 9:56 pm

    Wooooow …. v rythi. … hi mi.. keep it up. .. dn v happy buxy koh ulhemun vs vaahaka up kohdheythy ??? love u hi mi ❤❤ eagerly waiting for next part …

  37. dhaai says:
    February 17, 2018 at 11:01 pm

    adhi allah mi coment kohly. vahaka vvvvv reethi. eha avahah nunimalahche HI MI

  38. Zeeeeee says:
    February 18, 2018 at 9:36 am

    Alhe hi mi ae kudhin nah ehn nuhadha yuan n mailyyn gulhuvaba.v dhera vey ae 2 kudhin ulhey gothun. Hehehe

  39. Yumi says:
    February 18, 2018 at 9:50 am

    I love this story ???

  40. yoosh says:
    February 18, 2018 at 11:53 am

    Kobaatha story kiyaahithuh mihaaru kehmaduvany plx plx avaskohdyba

  41. Hashaa says:
    February 18, 2018 at 4:03 pm

    Hi mi …haadha habren nuvayee,,,reply vase nukura,,,?????hi mi dhooni baleytha.,..vaahaka up vitho varan balaafin…..pls pls up next part…

  42. Xaaaan says:
    February 18, 2018 at 4:09 pm

    Hellow???? himi dhoomi haadha habarehves nuveyeydhw vvvv bodukoh misvaathy miylheny?????????

  43. princess says:
    February 18, 2018 at 4:13 pm

    ހިމީ ދޫނީ ވާހަކަ އަވަހަށް އަޕް ކޮއްލަދީބަށް

  44. Zeeeeee says:
    February 18, 2018 at 4:29 pm

    Hi mi darling avahah next part upkohla dhyyba plx plx. Mihaaru vaahaka up vitho belun adhadheh vess neyge

  45. shain says:
    February 18, 2018 at 6:47 pm

    Adhi alah feshigen mi hisaabah mi kiyaa levuny… vaahaka vara reethi.. Keep it up Hi Mi…impatiently waiting for the next part.. hats off to u 🙂

  46. Xyn says:
    February 18, 2018 at 6:49 pm

    Mihaaru varah gina faharu bellije vaahaka up vitho. Avaskohladhyba plx plx

  47. Anonymous says:
    February 18, 2018 at 8:35 pm

    V reethi story eh

  48. Thithi says:
    February 18, 2018 at 8:48 pm

    Story is superb.?..keep up the good wrk.. and plxx upload next part as soon as possible… everyone is dying to read next prt??

  49. Dhaai says:
    February 18, 2018 at 9:26 pm

    Kobaaa hi mi. Now again 2 days. Pls make it fast

  50. Leo3910 says:
    February 18, 2018 at 9:26 pm

    I just love ?this story…I totally adore it?..Hi mi…you are my favourite writer✍✍?? and this is the best story ????????in the whole world.. love it

  51. Blue beauty says:
    February 18, 2018 at 9:52 pm

    Hi Mi dhooni avaskohdheeba ….. konirakun tha next part…. kehmadhu vanee?????

  52. Fatima says:
    February 19, 2018 at 11:48 am

    Hi mi awahah up kohla dheeba next part plxx.. Keiyy madhu vehje mihaaru. ☺

Comments are closed.

Next Episodeހިތާ ފުރާނައިން… (42)←


All Right Reserved!