Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިލަ ހަނދުވަރު

Marie Level 210 Stories100 Login100 Comments
February 12, 2018 4 Mins Read
10 Comments

މިލަ ހަނދުވަރު ( ފަސްވަނަ ބައި )

މަލާކް އާއި ރަޔަންއެކި ވާހަކަ ތަކުގައި ތިއްބައި ކުއްލިއަކައް ހަނދު މައްޗައް އެރި ކަޅުވިލާކޮޅަކާއި އެކު އެރީތި މިލަހަދުވަރު ފަނޑުވެގެން ގޮސް ތުނި ތުނިކޮއް ހިމަފޮދު ވާރޭ ވެހެން ފެށިއެވެ.

ވާރޭގެ ކަނިތަކުން ސަލާމަތްވާން މަލާކް ނެގިފިޔަވަޅު ހުއްޓުނީ ރަޔަންގެ ނަލަ ނަލަ އަޑު އައިސް ކަންފަތުގައި ޖެހުމުންނެވެ.

“މިލަ މިލަ ހަނދުވަރުދޭ ރޭ ރޭގާ
ތިމަލައްނުބެލޭހެ ފަރިވީމާ
ތުނި ތުނި ވާރޭގާ ތެމުނީމާ
އަސަރުން ނުބެލޭހެ ފަރިވީމާ”

އަތުގައި ހިފާ ގަޔާ ކައިރިކޮއްލަމުން
ވަރައް މަސްތީ އަޑަކުން ރަޔަން ކިޔަލިއެވެ.
އަހަރެން މަލާއާއި ކިތަންމެ ދުރުގަ ހުއްޓަސް މިކަހަލަ މިލަހަދުވަރު ދޭ ކޮންމެ ރެއަކު އަހަރެން މަތިން ހަދާން ކުރައްޗޭ!!!
ރަޔަން މަލާކް ގަޔާ ކައިރިކޮއްލައިގެން ހުރެ ބުނެލިއެވެ.
އަހަރެންގެ ހަށިގަނޑުގައި ވިންދު ޖަހާހާ ހިދަކު އަހަރެންނައް ރަޔަން މަތިން ހަދާން ނައްތައި ނުލެވޭނެ.
އަހަރެން ރަޔަންދެކެ ވަރައް ލޯބިވޭ!
މަލާކް އެހެންބުނެ ނިމުން އިރު ލޮލުން ކަރުނަ އާދެއެވެ.
ދެލޯބިވެރިންގެ އެބައްދަލް ވުންވެސް ނިމިގެނ ދިޔައީ އެރީތި މިލަހަދުވަރު މަތީ އެތައް ހުވާތަކާ ވައުދުތަކެއް ވުމައްފަހު ޖެހިގެން އަންނަރޭ ވެސް އެތަނުން ބައްދަލް ވުމައް ބުނުމައްފަހުއެވެ
*************
ތެމި ފޯވެގެން ގެއައް އައިސް ވަން ރަޔަންފެނުމުން މާނީ އެސްފިޔަ ޖަހާލަންވެސް ހަދާން ނެތުނެވެ..
ވަގުތުން މާނީގެ ހިތް މަލާކް އައްޓަކާ ހަސަދައިން ފުރުނެވެ.
“އަހަރެން މިހެން ރަޔަން އާއި ވާހަކަ ނުދައްކާ ރުޅިވެރިކަން ބާއްވައިގެން އުޅެންޔާ އަހަރެންނައް ރަޔަން ކާމިޔާބުުވާނެހެން ހިޔެއްނުވޭ” އެވަގުތު މާނީގެ ހިތުތެރޭގައި ނުބައި ރޭވުމެއް ރާވާލިއެވެ.
“ދަރިފުޅާ މިގަޑީ ތެމިގެން ކޮންތާކުން ތިއައީ؟
ނަޒީރާއައް ރަޔަން ފެނުމާއެކު ސުވާލް ކޮއްލިއެވެ.
“ޒައިންމެންގެ ގެއައް ގޮސް އަންނަނިކޮއް ވާރޭ ވެހެންފެށީ އެހެންވެ ތެމުނީ” ރަޔަންއަށް މަންމަ ގާތު ތެދަށް ބުނަން ނުކެރިގެން ދޮގުހެދިއެވެ.
އާދޭ ތެތް އެއްޗިހި ބަދަލް ކޮއްގެން އަވަހައ1 ކާން ދަރިފުޅު އަންނަން ދެން މިތިބެނީ ނުކައި.”
ނަޒީރާ އެހެން ބުނެ ޑައިނިންގްރޫމާ ދިމާލައް ހިގައިގަތެވެ .
ރޭގަނޑުގެ ކެއުން ކުރިއަށްދިޔަެިރު މާނީ އިނީ ރަގަޅު ފުރުސަތަކައް ބަލަ ބަލައެވެ.
“މަންމާ ހިގާބަލަ ނަޒީއްތަ މެން އުޅޭއިރު ޕިކްނިކް ގޮސްލަން” ބޮޑުބެ ގާތު ބުނާއިރައް ގެންގޮސްދޭނެ ބޮޑުބެ ދޯނީގައި”މާނީ އެހެން ބުނުމުން ރާޔަވެސް އެކަމައް ތާއީދުކުރިއެވެ.
“މަންމާ އަޅެ ހިނގާބަ.”ޗުއްޓީގައި މަޖާކޮއްލަންވެސް ވާނެއްނު.
ރާޔާ ބުޑާ ހާކާލާ ގޮތައް ބުނެލިއެވެ.
އެންމެން ވާހަކަ ދެއްކުމައްފަހު ނިންމީ ފަތިހު ފުރުމަށެވެ.
“އެހެން ވީމަ މިރޭ ހުރިހާކަމެއް ތައްޔާރު ކިރަން ހިނގާދޯ”
މާނީ ވަރައް އުފަލުން އިދެ ބުނެލިއެވެ.
މިދަތުރަކީ މާނީ އާއި ރަޔަން ގުލުމައް މާނީ ނަގާނެ ފުރަތަމަ ފިޔަވަޅެވެ.
“ދަރިފުޅާ ކިހިނެއްވެފަ ތިއިނީ ” ދަތުރު ދާހިތް ނެތީތަ؟
ހުރިހާއެންމެން ދަތުރުގެ ކަންތައްތަކާއުޅުން އިރުވެސް ރަޔަން އެއްވެސް ކަމަކާ ނޫޅުމުންް ނަޒީރާ ބުނެލިއެވެ.
“ނޫން ހަމަ އިނީ”
މަންމަމެން ބޭނުންވެގެން ކުރާކަމަކައް ރަޔަން ދެކޮޅު ހަދަން ބޭނުން ނުވާތީ ބުނެލިއެވެ.
****************
ނިދިފައި އޮތް ޒުލޭހާ އައް ހޭލެވުނީ އެހެން ރޭރޭ ތަކެކޭ އެއްގޮތައް މިރޭވެސް ގަދަޔައް ބޮލުގައި ރިހި މީހާ ތުރުތުރު އަޅަން ފެށުމުންނެވެ.
އެހާވަރު ވާއިރުވެސް ޒުލޭހާ މަލާކް އައް އެވެސް ކަމެއް އަންގާކައް ބޭނުމެއް ނުވިއެވެ.”އަހަރެން އައައް މިވަރައް މަސައްކަތް ނުކޮއް އުޅެވޭކައްވެސް ނެތް ކިތަންމެ ބަލިވިޔަސް” ޖެހިގެން އޮތް އަހަރަކީ މަލާކް އޯލެވެލް އަހަރު. އަހަރެން ބަލިކަން އެގިއްޖާ މަލާކް ކިޔެވުން ވެސް ހުއްޓާލާފާނެ.
ދާއޫދު އަހަރެންނައް މިހަާލު ޖެއްސި އިރު ދަރިއެއް ހުރިކަންހަދާން ހުރިނަމަ” އަހަރެން ގައިގައި ކިތަންމެ ވޭނެއް އެޅިޔަސް އަހަރެން ފަހުވަގުތާ ހިސާބައް ވެސް މަލާކް މޮޅުކުއްޖަކައް ހެދޭތޯ ބަލާނަން ” އަހަރެން ނެއް ދުވަހަކުން ވެސް އަހަރެންގެ މަލާކް އައް ދުނިޔޭގައި މީހަކައް ވެގެން އުޅެވޭނީ ރަގަޅައް ކިޔެވިފަ ހުރިއްޔާ.”
ޒުލޭހާގެ ބޮލުގައި އަޅަމުން ދިޔަވޭނުން އެތައްއެއްޗެއް ހިތައް އަރާފައިބަމުންދިޔައެވެ.
އިރެއް އިރަކައް ރިހުން ގަދަވަމުން ގޮސް ޒުލޭހާގެ މޫނުމައްޗައްއަދިރިވާގޮތް ވިއެވެ
***********
ފަތިހު ބަންގީގެ އަޑައް އެންމެން ހޭލައިގެން ނަމާދު ކޮއްލައިގެން ދަތުރު ދިޔުމުގެ ކަންތައް ތަކާ އަވަދިނެތި އުލެންފެށިއެވެ.
މާނީގެ އެދުމުގެ މަތިން މިދަތުރުގައި ގޭމީހުން ފިޔަވައި އިތުރު މީހުން ބައިވެރިއެއް ނުކުރެއެވެ.
ފިނޮޅަކީ ތަންކޮޅެއް ދުރުގައި އޮންނަ ރަށެއް ކަމުން އެރަށައް ދެވުނީ ހެދުނު 7 ޖަހިފަހުންނެވެ.
ހިތަގައިމު ރީތި ރަށެކެވެ .
ވަށައިން ހުދު ދޮންވެލި ގަޑެއް ލައިފައި ވާއިރު ރަށުމެދުގައި 3ގަސް އިނެވެ .ތިލަ ފަޅުން ހިނގާލާފައި ޖެހިގެން އޮންނަ ރަށައް ދެވެއެވެ.
ޢެންމެންނައް ވެސް އެރައް ވަރައް ކަމުދިޔައެވެ.
ރަށުގައި ފުރަތަމަ ފައި ބީއްސާލުމާއެކުވެސް ރަޔަން ހަދާން ވީ މަލާކް މަތިންނެވެ.
މަލާ އައް އާދެވުން ނަމަ ހާދަ މަޖާވީހޭ ރަޔަންގެ ހިތައް އެރިއެވެ.
ދެމަންމަ ކެއްކުމައިގެން އުޅުން އިރު ރާޔާ އާއި މާނީ ބޭނުން ވީ ފައިގަތަޅާ ކުޅޭށެވެ. “ކިހިނެއް ދެމީހުން ފައިގައި ތަޅާކުޅޭނީ ” މާނީ ރާޔާ ގަތު އެހެން ބުނީ ރާޔާ ބުނުމުން ރަޔަން އަށް ނައިސް ނުކެރޭނެކަން އެގޭތީ ރަޔަން ގެނުވަންވެގެންނެވެ.
“އެހެރީނު ރަޔަން ކޮއްކޮވެސް ތިން މީހުންނައް ކުޅެވޭނެއްނު”
ވެލިގަނޑު ގައި ދަނޑިކޮޅަކުން އެއްޗެއް ކުރަހާލަ ކުރަހާލަ އިން ރަޔަންއައް އިޝާރަތް ކޮއްލަމުން ރާޔާބުނެލިއެވެ.
“ރަޔަން ރަޔަން” އާދެބަލަ’
ރާޔާ ރަޔަން އައް ގޮވާލަމުން ބުނެލިއެވެ.
ފައިގަ ތަޅާ ކުޅެ ނިމުމުން އިރުވެސް މާނީ ބޭނުންވި ކަހަލަ ފުރުސަތެއް ރަޔަންގެ ފަރާތުން މާނީ އަށް ނުލިބުމުން އިތުރު ރޭވުމެއް ހިތުތެރޭގައި ރާވާލިއެވެ
ހެދުނުގެ ސައި ބޯލުމައް ފަހު ނަޒީރާ އައިސް ރަޔަން ގާތު ވެލިގަނޑު މަތީ އިށީންދެލިއެވެ.
ވަރައް ހިތް ފަސޭހަ ރަށެއް ދޯ!
ދަރިފުޅު ފޫހިވެފަތަ ތިއިންނަނީ ؟ނަޒީރާ ސުވާލް ކޮއްލިއެވެ.. ނޫން ފުހިވެފަ އެއްނޫން މަންމަ ހުއްޓަ އަޅުގަނޑު ފޫއްސެއް ނުވާނެ ..ރަޔަން ވެސް ވަރައް ލޯބިން ބުނެލިއެވެ.
ދަރިފުޅު ކިޔަވާ ނިންމާފަ ކޮން ދާއިރާއަކުން ކުރިޔައް ދާން ބޭނުމީ” އަދިވެސް ހަމަ ޑޮކްޓަރ އަކައްތަ ވާން ބޭނުންވަނީ.
ރަޔަން އެންމެެކުޑައިރުން ފެށިގެންވެސް އެހެންކިޔާތީ ނަޒީރާ އަހާލިއެވެ.”
ލައްބަ ” އަޅިގަނޑު ޑޮކްޓަރ އަކައް ވާން ބޭނުމީ”
މަންމަ އިރާދަ ކުރެއްވިއްޔާ ދަރިފުޅުގެ ތިއެދުން ފުރިހަމަ ކޮއްދޭނަން.:
ވަހިއްތަ ރަގަޅުތަ ދަރިފުޅައް ؟
މާނީ ބުނި ދަރިފުޅު މާނިީ އާއި ވާހަކަ ނުދައްކާ ވަހަކަ ތެދެއްތަ ނަޒީރާ މާނީ ބުނި ވާހަކަ ހަދާން ވުމުން ބުނެލިއެވެ”
“މަންމަ އަށް އިނގެއެއްނު އަޅުގަނޑު އެހާ އަންހެން ކުދިންނާ ވާހަކަ ނުދައްކާކަން އެހެންވެ ނުކެރެނީ ވާހަކަަ ދައްކަން ” ރަޔަން މަންމަ އައް ހަގީގަތް ފޮރުވަން އުޒުރެއް ދައްކާލިއެވެެ.
ހަގީގަތުގައި ރަޔަން މާނީއާއި ވަހަކަ ދެއްކުން ހުއްޓާލީ މާނީ މަލާކް އާއި ޖައްސާލާފައި ހުންނަކަން އެގުނު ހިސާބުންނެވެ.
ކައި ނިމިގެން ރާޔާއާއި މާނީ ބޭނުން ވީ މޫދައް އެރިލާށެވެ.
އާދޭ މަންމަމެންވެސް މޫދައް އެރެން”
މަންމަ އާއި ވަހިއްތަ މިދަނީ ހިގާލާން ތިކުދިން މޫދައް އެރިލާ..
މަންމަމެން އެރޭނީ ފަހުން” އެހެންބުނެ ނަޒީރާއާއި ވާހީދާ ހިގައިގަތެވެ ..
“އާދޭ ރަޔަން މޫދައް އެެރެން “ރަޔަން ރަށްވަށާބުރެއް ޖަހާލާފައި އައިސް ހުއްޓުނުތަނާ ރާޔާ ގޮވާލިއެވެ.
“މިދަނީ އިރުކޮޅަކުން ”
ރަޔަން މާނި ހުރުމުން ދާން ބޭނުން ނުވުމުން ބުނެލިއެވެ.
މާނީ މުދައް އެރެން ދިޔައިރު އެތާ ކައިރީ ރަޔަން ހުރިތަން ފެނުމުން ވަރައް ފަރިގޮތަކައް ގޮސް މޫދައްއެރުނެވެ
ލާފައި ހުރި ހެދުން ތެމުމުން މާނީގެ ރީތި ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ.
މާނީ އެގޮތައް އެކަން ކުރީ ގަސްތުގައި ރަޔަންގެ ހިތް އަތުލުމަށެވެ.
ނަމަވެސް ރަޔަން ބަލާވެސް ނުލުމުން މާނި ގާތައް ރުޅިއައެވެ.
ރަޔަން އެއްގަމައް އަރާފައި މަސް ބާނަން ދޮށިހިފައިގެންއައިރު މާދުރުން މީހަކުއ ހަޅޭއްލަވާ އަޑުއިވުމުން ރަޔަން ބަލާލިއިރު ކޮންމެސް މީހެއް ގެބެނީއެވެ.
ދެފަޔައް ލެވުނުހާ ބާރެއްލައިފައި ރާޔާ އައް ގޮވަމުން ރަޔަން ދުއްވައިގަތެވެ …

ނުނިމޭ

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

އިންތިހާ – 9

އާލާ ވާތީ އެހަނދާން
Next

އާލާ ވާތީ އެހަނދާން 1

Next
އާލާ ވާތީ އެހަނދާން
February 12, 2018

އާލާ ވާތީ އެހަނދާން 1

Previews
February 12, 2018

އިންތިހާ – 9

10 Comments!

  1. Mai says:
    February 12, 2018 at 12:48 pm

    Me first v reeti

    1. Marie says:
      February 12, 2018 at 1:43 pm

      🙂 Thank you

  2. No name says:
    February 12, 2018 at 12:59 pm

    Nice

    1. Marie says:
      February 12, 2018 at 1:44 pm

      🙂 Thank you

  3. EHLEE says:
    February 12, 2018 at 1:36 pm

    Wow v reeti. When next part.. keehveh ehaa lahun up kohladheneeh

    1. Marie says:
      February 12, 2018 at 1:41 pm

      Sorry mi part las v ma..dhen part thahvrh avhah up . kohdheynan
      …… inshaallah

  4. EHLEE says:
    February 13, 2018 at 2:41 pm

    Its k dear eh eeh ehvaru kameii nooneyy.. mi story v reeti hama.??❤

  5. Marie says:
    February 13, 2018 at 4:43 pm

    Thank u 🙂

  6. laaeee says:
    February 14, 2018 at 12:10 pm

    vvvvvvvvvvvvvvv kada kamah faahaga kurevey…… keekey dhen bunaany.. mee vx vaahaka ehtha

    1. Marie says:
      February 15, 2018 at 12:12 am

      Thank you

Comments are closed.



All Right Reserved!