Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (ތޭރަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
February 7, 2018 9 Mins Read
34 Comments

“..ދެލޯ ބޮޑުކޮށްގެން ބަލާނެ ކަމެއްނެތް!..” ޞަފިއްޔާ އަމުރުކުރިއެވެ. “..ކަލޭ އަމާ ހިނގި މަގުން ހިނގިޔަކަ ނުދޭނަން! އަންނަ ހަފުތާގައި ޖެހޭނީ ފައިރޫޒާ އިންނަން!..”

ނިހާގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. ދައްތަ އެފަދަ ނުބައި ވިސްނުމެއް ވިސްނީ ކީއްވެގެން ބާއެވެ؟ ކުއްލިއަކަށް ދައްތަގެ ވިސްނުން ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ އެސުވާލުތައް ހިތަށް އެރުމާއެކު ޖަވާބުވެސް ނިހާއަށް ލިބުނެވެ. އެއީ އިލްހާމްގެ ނުބައި ރޭވުމަކަށް ނޫނީ ނުވާނެއެވެ.

“..ނޫން ދައްތާ!..” ނިހާ އެސްފިޔަތައް ތިރިކޮށްލަމުން ބުންޏެވެ. “..ދައްތައަށް އެނގޭނެ އަހަރެން ލޯބިވަނީ އެހެންމީހަކުދެކެކަން..އެ ލޯބި ޤުރުބާންކޮށްފައި ވިޔަސް ދައްތަ އެދޭގޮތަށް ފައިރޫޒްއާ އިންނަން އަހަރެން މިހިރީ ތައްޔާރަށް.. އެކަމަކު އަދި މީހަކާ އިންނަން މާ އަވަސް! އަހަންނަށް ކުޑަ ވަގުތުކޮޅެއް ދީ!..”

“..ނުވާނެ ތިކަމެއް..” ޞަފިއްޔާ ވަގުތުން ބުންޏެވެ. “..ކަލެޔަށް ވަގުތު ދީގެން އަމާ ބުއި ކަހަލަ ބޮނޑިއެއް ބޯން ތިއުޅެނީ!  އަނެއްކާ އަނެއް ލަދެއްގަ ބެދޭކަށް ބޭނުމެއްނޫން ! އަންނަ ހަފުތާގައި ކައިވެނިކުރަން ތައްޔާރުވޭ! މީ މަގޭ އެންމެ ފަހުގެ ނިންމުން!..”

ޞަފިއްޔާގެ ކުލަވަރު ކުއްލި ގޮތަކަށް ބަދަލުވެގެން ދިޔުމުން ނިހާ ވަރަށް ބޮޑަށް ހިތުގައި ޖެހި ދެރަވިއެވެ. ސަފީނާގެ މަރަށްފަހު ނިހާއަށް މަންމައެއްގެ ލޯބި ދެމުންއައި ޞަފިއްޔާ، މިވީހާ ތަނަށް ނިހާ ޝަކުވާކޮށްލާނެ ކުޑަވެސް ފުރުޞަތެއް ދީފައެއް ނުވެއެވެ. ސަފިއްޔާގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން ނިހާގެ ހިތުގައިވެސް ޞަފިއްޔާގެ މައްޗަށް ލޯބި އުފެދުނެވެ. ސަފީނާއާ މެދު ޞަފިއްޔާ ކަންތައްކުރި އިހާނެތި ގޮތް ހިތުން ނެރެ އެއްލާލެވުނެވެ. އިތުބާރުކުރަން އުނދަގޫވި ނަމަވެސް ޞަފިއްޔާއަށް އިތުބާރުކުރަން ނިހާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ނިހާއާއި ނިކާލްގެ ގުޅުމަށް ޞަފިއްޔާގެ ރުހުން ލިބޭނެކަން އެނގުމުން ޞަފިއްޔާގެ މައްޗަށް އޮތް ލޯބި އުތުރި އެރިއެވެ. ނިހާގެ ހިތް އުފަލުން ފޮޅުނެވެ. ޞަފިއްޔާއަށް ދެވަނަ މަންމައެއްގެ ލަޤަބުވެސް ދެވުނެވެ. ނަމަވެސް ޞަފިއްޔާއަށް އައި ކުއްލި ބަދަލުން ނިހާގެ ހިތް މަރުވެއްޖެއެވެ. ލިބުނު ކުޑަކުޑަ އުންމީދުވެސް ފެނަށްވެގެން ދިޔައީއެވެ. އެ ހަނދާންތައް ހިތުތެރޭ އާވުމާއެކު އެދެލޮލަށް ކަރުނަތައް ޖަމާވީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

ޞަފިއްޔާ އަކީ ލޮލަށް ފެންނަ މަންޒަރަށް ވުރެން އިވޭ އަޑަށް ހެއްލޭ މީހެއްކަން ނިހާއަށް ނުވިސްނުނީ ކީއްވެ ބާއެވެ؟ މާޒީ އެހާ ފަސޭހައިން ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ؟

ނިހާގެ ލޮލަށް ޖަމާވި ކަރުނަތައް ފެނި ޞަފިއްޔާ ހިތަށް އުނދަގޫވިއެވެ. ނަމަވެސް އޭނާ ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ނިހާ އިސްލާޙުކުރުމަށް ހަރުކަށިވާންވެސް ޖެހޭނެޔޭ  އޭނާގެ ހިތަށް އެރިއެވެ.

“..މުޅި ރަށަށް ފަޟީހަތްނުވަނީސް ދެންވެސް އިސްލާހުވޭ!.. އިލްހާމްބެއާ މަގޭ ބަސް ޤަބޫލުކުރޭ! ނޫނީ ވާނީ ސަފީނާއަށް ވީގޮތް!..” ޞަފިއްޔާ މަޑުމަޑުން ބުންޏެވެ.

ޞަފިއްޔާ ނުކުމެގެންދިޔައީ ނިހާގެ އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާނަށް ޕެޓުރޯލު އަޅައިފައެވެ. ނިހާގެ ހިތުގައި އިލްހާމްގެ މައްޗަށް އޮތް ނަފުރަތު އިތުރުކޮށްފައެވެ. ސަފީނާގެ ބޮލުގައި އިލްހާމް އެޅުވި އިލްޒާމުތައް މިއަދު އޭނާގެ ބޮލުގައިވެސް އަޅުވަން ފެށީއެވެ. އެވާހަކަތައް މިއަދު އެއިވުނީ ޞަފިއްޔާގެ އަނގައިންނެވެ. މާދަމާ އިވޭނީ އެހެން މީހެއްގެ ދުލުންނެވެ. ދުވަސްކޮޅަކުން އެންމެންގެ ތުންތުން މަތިން ދައްކަމުންދާ ވާހަކައަކަށް ބަދަލު ވެދާނެއެވެ. ނިހާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ނިކާލް އައީ ޕާރުސަލު ތައްޓެއް ހިފައިގެންނެވެ. އޮރެންޖާއި އާފަލުގެ އިތުރުން ޖޫސް ޕެކެޓެއްވެސް އޭނާ ގެނައެވެ. ނިހާ އޮތީ ކާހިތްނުވެފައެވެ. ނަމަވެސް ނިކާލްގެ ދެއަތުން ކާންދޭން އުޅުމުން ނިހާއަށް އިންކާރެއް ނުކުރެވުނެވެ. ނިކާލްގެ އަޅާލުމަށް ފެންބޮވައިގަނެފައި އޮތް ނިހާ ކާއެއްޗެހި ހަފަމުން ދިރުވަމުން ގެންދިޔައީ ގަދަކަމުންނެވެ.

“..ދެން އަރާމުކޮށްލާ..” ނިކާލް ނިހާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

ނިހާ ކުޑަ ކުއްޖެއް ފަދައިން ނިކާލް ބުނި ކޮންމެ ގޮތެއް ހެދިއެވެ. ނިހާ އޮށޯތުމާއެކު ގައިމަތީގައި ބެޑްޝީޓް އަޅައިލަދިނުމަށްފަހު ނިކާލް އިށީނެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ހަތަރުކަޅި ހަމަވެގެން ދިޔައިރު ދެހިތުގައި ޖަހަމުން ދިޔައީ ހަމަ އެއް ވިންދެކެވެ. ދެމީހުންވެސް ކިޔަމުން ދިޔައީ އެއްލަވައެކެވެ. ދެހިތް ގޮވަމުންދިޔައީ އެއް ކަމަކަށެވެ. އަހަރެން ކަލާދެކެ ވަރަށް ލޯބިވެއެވެ. ވަރަށް ލޯބިވެއެވެ. ލޯބިވާ ވާހަކަ ބުނާނެ ވަގުތަކަށް އިންތިޒާރު ކުރަމެވެ. ލޯބިވާ ވާހަކަ ބުނަން ނުކެރިފައި ނުހުންނާށެވެ. ވަގުތު ފާއިތުވެދާނެއެވެ. ހިތް އެދި ގޮވިޔަސް އެވާހަކަތައް ދުލު ކުރިޔާ ހަމައަށް ގެންނަން ދެހިތް ވެސް ވަނީ ނުކުޅެދިފައެވެ.

ޓެސްޓުތަކުގެ ނަތީޖާ ލިބުމާއެކު ދީޕިކާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ޑރ.ނާއިފް ދެންނެވިއެވެ. ހުން މައިތިރިވެފައި ހުއްޓަސް ގަޑިން ގަޑިޔަށް ބޭސް ބޭނުންކުރުމަށް ނަސޭހަތްތެރިވިއެވެ. ގިނަގިނައިން ދިޔާ އެއްޗެހި ބުއިމަށް އިރުޝާދު ދިނުމަށް ފަހުގައި، ދީޕިކާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއެވެ. ޞަފިއްޔާ ދީޕިކާ ގޮވައިގެން ގެޔަށް ދަމުން އެމަޖެންސީ ރޫމް ކައިރިއަށް މަޑުކުރިއެވެ. ހިތްހަމަނުޖެހިފައި ހުއްޓަސް ގެޔަށް ދިޔުމުގެ ކުރިން ނިހާގެ ހާލު ބަލާނުލައި ދިޔުމަށް ޞަފިއްޔާގެ ހިތަށް ކެތެއްނުވިއެވެ. ނިކާލަށް ގުޅާލައި ބޭރަށް ނެރުމަށްފަހު ނިހާގެ ހާލު އޮޅުން ފިލުވިއެވެ. ނިކާލް ގެއަށް ގޮސް ނަޒީލް ހޮސްޕިޓަލަށް ފޮނުވުމަށް ޞަފިއްޔާ ބުނުމުން ވެސް ނިކާލް އެކަމާ އެއްބަހެއް ނުވިއެވެ. ނިހާގެ ގާތުގައި މަޑުކުރަން ބޭނުންވަނީ އޭނާ ކަމުގައި ބުނުމުން ޞަފިއްޔާގެ ހިތަށް އުނދަގޫވިއެވެ. ފައިރޫޒްއާ ނިހާގެ ކައިވެނި ކުރެވޭ ދުވަހަކުން ނިކާލަށް ވާނޭ ގޮތް ހިތަށް އަރާފައި ހިތް ނުތަނަވަސްވިއެވެ. ނަމަވެސް ނިކާލްގެ ނިންމުމަށް އާނ ބަސް ބުނެ ޞަފިއްޔާ ދިޔައީ ގެޔަށެވެ.

އިންޝާ މުޅި ދުވަސް އެނދުމަތީގައި ހޭދަކުރުމަށްފަހު ބަނޑުހައިވެގެން ކާއެއްޗަކަށް އޯޑަރުކޮށްގެން ކެއީ ހަވީރުގެ ވަގުތެއްގައެވެ. ކެއުމަށްފަހުވެސް އޭނާގެ ބައިވެރިޔަކަށް ވީ އެ އެނދެވެ. ބޭރަށް ނުކުމެ މީހުންނާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތްކަހަލައެވެ. މަންމައާއެކު ދީޕިކާ ގެއަށް އައި ޚަބަރު ނަޒީލް ދިނުމުންވެސް އިންޝާ ބޭރަށް ނުކުންނާކަށް ބޭނުމެއްނުވިއެވެ. އެނދުމަތީގައި ކުރުގެޅިލައިގެން އޮތީ އޭނާގެ ބަރުބާދުވެފައިވާ ދިރިއުޅުމާމެދު ވިސްނާށެވެ. ދޭތެރެއަކުން ނިހާގެ ހާލު ބަލަން ދާންވެސް އޭނާގެ ހިތަށް އަރައެވެ. ނަމަވެސް ނިހާއާ ކުރިމަތިލާނެ ހިތްވަރު ނުލިބިގެން އޮތީއެވެ.

ގަޑިން 8 ޖަހަނިކޮށް އިންޝާ ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. މޫނު ދޮވެލައިގެން ނުކުމެ ލައިގެންހުރި އެއްޗެހި ބަދަލުކޮށްލިއެވެ. ޝޯލް އަޅާލައި ކުޑަގޮތަކަށް ތައްޔާރުވެލުމަށްފަހު ދޮރުން ބޯ ދިއްކޮށްލީ އެއްވެސް މީހަކު ފެންނަން ހުރި ތޯއެވެ. މީހެއްގެ ހިލަމެއްނުވި ނަމަވެސް ސިޓިންގ ރޫމުގައި އަޅުވައިފައި ހުރި ޓީވީގެ އަޑު އިވެއެވެ. ޝޯލްގެ ކަނުން ކޯތާފަތް ނިވައިކޮށްގެން ހުރެ ތިރިޔަށް ދިޔައިރު ސޯފާގައި އިލްހާމާއި ނަޒީލް ތިއްބެވެ. މަންމަ ފެންނަން ނެތްކަމަށްޓަކައި ޝުކުރުކުރަމުން އަވަސް އަވަހަށް އިންޝާ ނުކުމެގެން ދިޔަ މަންޒަރު ބަލަން އިލްހާމް އިނެވެ.

“..ކަމަނާގެފާނު މާ ވަގު ވަގަށް މި ނައްޓާލަނީ ކޮންތާކަށް؟..” އިލްހާމް ޖެއްސުމުގެ ރާގަކަށް ބުންޏެވެ.

“..ނިހާ ކައިރިއަށް..” ނަޒީލް ޖަވާބުދިނެވެ.

“..ޔަޤީންތަ؟..” އިލްހާމް އެހިއެވެ. “..އަންހެނުންނަކީ މަކަރުވެރި ބަޔެއް! އޭނާ އެ ދާތަނެއް ބަލަންދޭ!..”

ނަޒީލް ސައިކަލުގައި އިންޝާގެ ފަހަތުން ފާރަލަމުން ދިޔައެވެ. ނަޒީލް ހީކުރިގޮތަށް އިންޝާގެ މިސްރާބު ހުރީ ހޮސްޕިޓަލާއި ދިމާއަށެވެ. އިންޝާ ފޯނު ނަގައި ކަންފަތުގައި ޖަހައިގެން ހުރެ ހޮސްޕިޓަލު ތެރެއަށް ވަނުމުން ނަޒީލް އެނބުރި ދިޔައީ ގެޔަށެވެ. ނިކާލް އެމަޖެންސީ ރޫމް ދޮރުން ނުކުތްއިރު ކޯތާފަތްމަތީ އަތް އަޅައިގެން އިންޝާ ހުއްޓެވެ. ޒަހަމުތައް ފޮރުވުމަށް މަސައްކަތްކުރި ނަމަވެސް އިންޝާގެ މޫނުމަތި ދުޅަވެފައި ހުރިހެން ނިކާލަށް ހީވިއެވެ. ސުވާލުކުރަން އަނގަހުޅުވާލި ވަގުތު އިންޝާ އަވަހަށް އެތެރެއަށް ދެމިގަތީ ނިކާލް ކުރާނެ ސުވާލު ވިސްނުމުންނެވެ.

ނިހާއަށް އޮތީ ލޯމެރިފައެވެ. ނިހާގެ ދޮން ކަރުގައި ހުރި ޒަހަމުތަކުގައި ހުރީ ބޭސް ހާކައި ފައެވެ. ދެ އަތުގެ ކުޑަހުޅާ ހިސާބު އެތެރެއިން ލޭގަނޑުވެފައި ހުރި ފަދަ ނިޝާން ތަކެއް އެނގެން ހުއްޓެވެ. އިންޝާ އެނދުކައިރީ ހުއްޓިލައިގެން ނިހާއަށް ބަލަން ހުއްޓާ ދެލޯ ކަރުނުން ބަރާވިއެވެ. ނިހާގެ ބޭރު ފުށުން މާ ބޮޑު އަނިޔާތަކެއް ފެންނަން ނެތަސް ނަފްސާނީ ގޮތުން ލިބޭނެ ގެއްލުން އިންޝާއަށް އިޙުސާސް ކުރެވެއެވެ. އަންހެނެއްގެ އިއްފަތްތެރިކަން ނަގާލުމަށް މަސައްކަތްކުރުމުން ގަންނާނެ ބިރު ތަޞައްވަރު ކުރެވެއެވެ. އަމިއްލަ ފިރިމީހާގެ ފުށުން ނިހާއަށް އެ ބިރުވެރި ކަމާ ކުރިމަތިލާން ޖެހުނީތީ އިންޝާ ހުރީ އިންތިހާއަށް ލަދުގަނެފައެވެ.

މީހެއްގެ ހިލަމެއްވީހެން ހީވެފައި، ނިހާ ލޯ ހުޅުވާލިއެވެ. އިންޝާގެ މޫނު އެއްފަޅިއަށް ބޮޑުހެން ނިހާއަށް ހީވުމާއެކު ރަނގަޅަށް ބަލާލެވުނެވެ.

“..އިންޝާ ކިހިނެއްވެފަ ތިހިރީ..؟؟” ދެލޯ ކާއްޓެއް ވަރަށް ބޮޑުކޮށް ނިހާ ބޯ ހިއްލާލަމުން ތެދުވެލިއެވެ.

އިންޝާ އަވަސް އަވަހަށް މޫނުމަތީ އަތްއަޅާލަމުން ގޮނޑީގައި އިށީނެވެ. ނިހާ މަޑުމަޑުން އިންޝާއަށް ގޮވާލިއެވެ. އިންޝާ ދެއަތުގެ އިނގިލިތަކާ ކުޅެމުން އިސްޖަހާލީ ނިހާގެ މޫނަށް ބަލަން ނުކެރިގެންނެވެ.

“..އިންޝާ މޫނު މައްޗަށް ކިހިނެއްވެފަތަ ތިހިރީ..؟؟” ނިހާ އިންޝާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އިންޝާ އިސް އުފުލާލީ ލަސްލަހުންނެވެ. އޭނާގެ ލޮލުތެރެއަށް ޖަމާވެފައިވާ ކަރުނަތައް ފެނުމާއެކު ނިހާ ނުތަނަވަސްވާ ގޮތްވިއެވެ. އިންޝާގެ މޫނުމަތިން ލަދުވެތިކަމާއި ހިތާމަ ފާޅުވާން ހުއްޓެވެ. އޭނާ އެއްޗެއް ބުނޭތޯ ނިހާ އިންތިޒާރުކުރިއެވެ. ނަމަވެސް އިންޝާ އަނގައިން ނުބުނެ އިނުމުން އެއީ ނަޒީލްގެ ފުށުން އޭނާއަށް ލިބިފައިވާ އަނިޔާއެއްކަމަށް ނިހާ ޝައްކުކުރިއެވެ.

“..ނަޒީލްގެ ކަމެއްތަ؟..” ނިހާއަށް އަހާލެވުނެވެ.

“..މީ ނިހާ ސަލާމަތްކުރަން ތެދުވީމަ އަހަންނަށް ލިބުނު އަނިޔާ..” އިންޝާ ދެތުންފަތް ފިއްތާ ބާރުކޮށްލުމާއެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހޮރިގަތެވެ. “..ވަރަށް ލަދުގަނޭ މިވާހަކަ ދައްކަންވެސް! ފިރިމީހާގެ ނުބައިކަމުގެ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް! ރޭގަ ނަޒީލް ފަހުން ދިމާކުރީ އަހަރެންގެ ގަޔަށް އަރަން! އަހަރެން ދެކޮޅުހެދީމަ ގަދަ ބާރު ދައްކާ އަނިޔާކޮށްގެން އޭނާ އަހަންނަށް ހަދާލީ އޭނަ ބޭނުން ގޮތެއް!..”

ނަޒީލް އިންޝާއާމެދު ކަންތައްކުރި އަނިޔާވެރި ގޮތް އިވިފައި ނިހާގެ ދަތްޕިލަ ބާރުވެގެން ދިޔައެވެ. ރުޅި ގަދަވެގެން ގޮސް ދެލޮލަށް ކަރުނަ ޖަމާވީ އިންޝާގެ މަޖުބޫރު ހާލާ މެދު ވެވުނު ހަމްދަރުދީ އަކުންނެވެ. ނަޒީލް އިންޝާއަށް އަނިޔާކޮށްފާނެ ކަމަކަށް ނިހާ ހިޔެއްނުކުރެއެވެ. އިންޝާއަށް އެއަނިޔާތައް ލިބުނީ އޭނާ ސަލާމަތްކުރުމަށް އުޅުމުންކަން ޔަޤީނެވެ.

“..ސޮރީ..” ނިހާ މާފަށް އެދުނެވެ.

“..ނޫން! ނޫން! ނިހާ ކައިރިން މާފަށް އެދެން ޖެހޭނީ އަހަރެން!!..” އިންޝާ ނޯއްދަމަމުން ވާހަކަ ދެއްކިއެވެ. “..ހިތަށް އަރާ ކުރިން ނިހާގެ ގާތުގަ ނަޒީލްގެ ވާހަކަ ބުނެވުނު ނަމައޭ! ބުނިނަމަ ނަޒީލްގެ ސަބަބުން ނިހާއަށް ތި އަނިޔާ ނުލިބުނީސް ކަންނޭގެ! އަހަންނަށް ފަރުވާ ކުޑަކޮށްލެވުނީ.. އޭނަގެ ނިޔަތް ނުބައިކަން ސިއްރު ނުކުރިނަމަ ނިހާއަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުނީހެއްނު! ސޮރީ ނިހާ!..”

“..ތީ އިންޝާގެ ކުށެއް ނޫނޭ..”  ނިހާ ދެރަވެލާފައި ބުންޏެވެ.

“..ކުށްވެރިޔަކީ އަހަރެން..” އިންޝާ ބުންޏެވެ.

“..އިންޝާގެ ސަބަބުންނެއްނު އަހަރެން ސަލާމަތް ވެސްވީ..” ނިހާ ވިސްނައިދޭން މަސައްކަތްކުރިއެވެ. “..އަހަރެން ރޭގަ އޮތީ އަމިއްލައަށް ސަލާމަތްވެވޭނެ ހާލެއްގަ އެއްނޫނެންނު! އިންޝާ އަހަރެން ސަލާމަތްކުރީމަ އަހަރެން ސަލާމަތްވީ! އަމިއްލަ ނަފުސު ކުށްވެރި ނުކޮއްބަލަ!.. މީ އަހަރެންގެ ތަޤުދީރުގަވާން ހުރި ގޮތް! އިންޝާ ނަޒީލްގެ ވާހަކަ ކުރިން ބުނި ނަމަވެސް މިހުރިހާކަމެއް މިގޮތަށް ހިނގާނެ! ދެންވެސް ނަޒީލް ނުވާނެ އިސްލާހެއް!..”

“..ނިހާ އެގޭގަ އުޅޭހާ ހިނދަކު ސަލާމަތެއް ނެތް!..” އިންޝާ ބުންޏެވެ. “..ނިހާ ޤަބޫލުނަމަ ނަޒީލްގެ ވާހަކަ އަހަރެން ޕޮލިހުންނަށް ކިޔައިދީފާނަން! މާދަމާ ހެނދުނު ޕޮލިހަށް ހާޟިރުވުމަށް އަންގާފަ އޮތީ! ނޫނީ މަންމަ ނުވަތަ ނިކާލަށް ހަޤީޤަތް ކިޔައިދީފާނަން! ނިހާ ބޭނުން ގޮތަކަށް އަހަރެން ކަންތައްކޮށްދޭނަން!..”

“..ތީ މޮޔަކަމެއް..” ނިހާ ވަގުތުން ދެކޮޅު ހެދިއެވެ. “..ޕޮލިހަށް އަދި ކީއްކުރަން ގޭ މީހަކަށްވެސް އަންގާނެކަމެއް ނެތް! އެގެޔަކު ތިވާހަކަ ޤަބޫލުކުރާނެ އެކަކުވެސް ނޫޅޭނެ! ނަޒީލްގެ ދިފާޢުގަ އެންމެން ތެދުވާނެ! މިހާރުވެސް ދައްތައަށް ހީވަނީ އަހަރެން ގިނަ ފިރިހެނުން ތަކަކާ ގުޅުން ބާއްވާހެން! މިއަދުވެސް މަގޭ ބޮލުގަ ބޮޑު އިލްޒާމެއް އަޅުވާފަ އެ ދިޔައީ! މަ އުޅެނީ މަގޭ މަންމަ އުޅުނު ގޮތަށޭ ކިޔާފަ! އަހަރެންގެ މަންމައަކީ ހަށި ވިއްކި މީހެއްނޫން!..”

“..ބައްޕަ އެހެރީ ރަނގަޅަށް މަންމައަށް ހުތްލައިދީފަ..” އިންޝާއަށް ބުނެވުނެވެ. “..ބައްޕައަށް ހުރިހާ ހަޤީޤަތެއްވެސް އެނގޭ! ނަޒީލްގެ ހިތްވެސް މާކުރިން އެނގިފައޮތީ! ހުރިހާ ގޯހެއް ހަދާ މީހަކީ ބައްޕަ..”

ނިހާއަށް ބަލާލެވުނީ އިންޝާގެ ދެލޮލަށެވެ. އެދެލޮލުން ނިހާއަށް ފެނުނީ ސާބިތުކަމެވެ. އިލްހާމްގެ މަކަރުވެރިކަން އިންޝާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އިންޝާއަށް މިއަދު ފެނުނު މަންޒަރާ އެ ދެބަފައިން ދެއްކި ވާހަކަތައް އަލިފުން ޔާއަށް ނިހާއަށް ކިޔައިދިނެވެ.

“..އަދި ތި އެނގުނީ އެ އިލްހާމުގެ ނުބައިކަމުގެ ކުޑަކުޑަ އިންސައްތައެއް..” ނިހާ ބުންޏެވެ. “..ޕޮލިހުންނަށް އެއްވެސް ވާހަކައެއް ކިޔައިދީގެން ނުވާނެ! މިޒަމާނުގައި ފައިސާއަށް ނުގަނެވޭނެ އެއްޗެއް ނޯންނާނެ! އެހެންވެ އަހަރެންވެސް ޕޮލިހުންނަށް ދޮގު ބަޔާނެއް ދިނީ..! އިންޝާވެސް މަށަށް ކަމެއްކޮށްދެންޏާ މިކަން ސިއްރުކޮށްދީ!..”

“..ނިހާދެން ފައިރޫޒްއާ އިންނަނީތަ؟..” އިންޝާ އެހިއެވެ. ނިހާ އެގޭގައި އުޅޭހާ ހިނދަކު ސަލާމަތެއް ނޯއްނާނެކަން އިންޝާއަށް ޔަޤީންވެއެވެ.

“..އަދި ނޭނގެ!..” ނިހާ ދިނީ ކުރު ޖަވާބެކެވެ.

ނިހާއަށް ޔަޤީންވާކަމަކީ އޭނާ ހަމައެކަނި ބޭނުންވަނީ ނިކާލްގެ އަޅާލުމާއި ލޯބިކަމެވެ. އެލޯބި ހޯދުމަށް ކުރެވުނު މޮޔަކަމެއްގެ ސަބަބުން އޭނާ އުންމީދު ނުކުރާ ވަރުގެ ބިރުވެރިކަމަކާ ވަނީ ކުރިމަތި ލާންޖެހިފައެވެ. ނިހާ ޤަބޫލުކުރަން ބޭނުން ނުވިޔަސް އިބްރާހީމްބެ ބުނި ގޮތަށް ޖިންނިއެއްގެ އުނދަގޫ ނިހާއަށް ވަނީ ފޯރަން ފަށާފައެވެ. ޖިންނި ޝައިޠާނުން އަވަލުމުން މީހުން އުޅޭ ގޮތް ނިހާއަށް ހުރީ ފެނިފައެވެ. ނިހާ އެންމެ ޖެހިލުންވަނީ އެފަދަކަމެއް ނިހާއަށް ކުރިމަތިވެދާނެތީއެވެ.  އެކަމުގެ ސަބަބުން އޭނާގެ ސިއްރުތައް މީހަކަށް އެނގިދާނެތީއެވެ. ނިހާ ހޮސްޕިޓަލުގައި އެނދުމަތިވާން ޖެހުނު ސަބަބު އެނގޭނީ ހަމައެކަނި ނިހާއަށެވެ. އެވާހަކަ ނިހާ އެއްވެސް މީހަކާ ހިއްސާކުރާކަށް ބޭނުމެއް ނުވެއެވެ. ނިހާ ފަންޑިތަ ހެދުމަށް މަސައްކަތްކުރިކަން އެނގި ނިކާލް ނަފްރަތުކުރަން ފަށައިފިނަމަ އޭނާ ދިރިހުއްޓާ މަރުވެސް ވެދާނެއެވެ. އެންމެ ފުރަތަމަ ނިހާ ބޭނުންވަނީ އެޖިންނީގެ ކިބައިން މިންޖުވާށެވެ. އެޔަށްފަހު ނަޒީލެވެ. ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް އިބްރާހީމްބެ ގާތަށް ދިޔުމަށް ނިހާ ނިންމިއެވެ. އަތުގައި ހުރިއްޔާ ހުރި ފައިސާއެއް ޚަރަދުކޮށްގެންވެސް އެކަމުން ސަލާމަތްވާން ނިހާ ބޭނުމެވެ.

“..ވާހަކައެއް އަހާލަންތަ؟..” ހިމޭންކަމުގެ ވަގުތު ކޮޅެއް ފާއިތުވިފަހުން އިންޝާ ވާހަކަ ދައްކަންފެށިއެވެ. ހިޔާލުގެ ތެރެއަށް ގެއްލިފައި އިން ނިހާ ކުޑަކޮށް ސިހުނެވެ.

“..ކޮން ވާހަކައެއް..؟؟” ނިހާ ހަމަޖެހިލަމުން އަހާލިއެވެ.

“..ތެދަށް ބުނައްޗޭ! ..ނިހާ މަންމަ ޕްރެގްވީ އިލްހާމްގެ ދަރިޔަކަށްތަ؟..”

އިންޝާގެ ސުވާލާއެކު ނިހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

“..މިހާރު ދެން ތިވާހަކަ ދައްކައިގެން ކުރާނެ ފައިދާއެއް ނެތް..” ނިހާގެ ޖަވާބުންނާއި އެމޫނުމަތީގެ ކުލަވަރުން އިންޝާއަށް އޭނާގެ ސުވާލުގެ ޖަވާބު ލިބުނެވެ. ނިހާ ނުބުނި ނަމަވެސް ސަފީނާގެ ޤާޠިލަކީ އިލްހާމްކަން އިންޝާއަށް ޔަގީންވެއްޖެއެވެ.

************************************

އެރޭ އިންޝާގެ ލޮލަކަށް ނިންޖެއް ނައެވެ. ގާތުގައި އަރާމު ނިންޖަކުން ނިދާލައިފައި ނަޒީލް އޮތެވެ. ނިހާ ބޭނުންވާ ގޮތަށް ނަޒީލްގެ ގޮތްކުޑަކަން އިންޝާއަށް ސިއްރުކުރެވިދާނެއެވެ. ނަމަވެސް އުމުރަށް ނަޒީލްއާއެކު އުޅުމަށް ފެށިފައިވާ ޒަވާޖީ ހަޔާތަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. ނަޒީލް އިސްލާހުވެދާނެ ކަމުގެ ކުޑަ ނަމަވެސް އުންމީދެއް އިންޝާއަކަށް ނެތެވެ. އެ ހާލުގައި ދިރިއުޅުމައިގެން ކުރިޔަށް ގޮސްފިނަމަ ކޮންމެވެސް ދުވަހަކުން ދަރިންވެސް ލިބޭނެއެވެ. ރަނގަޅު ފިރިޔަކަށް ނުވެވުނުތާނގައި އިހްލާސްތެރި ބަފަޔަކަށް ނަޒީލަށް ވެވިދާނެ ހެއްޔެވެ؟ ތަފާތު ހިޔާލުތަކުން އިންޝާގެ ސިކުނޑި ބާރު ކުރުވަމުން ދަނިކޮށް ނަޒީލް ލޯ ހުޅުވައިލިއެވެ.

“..އިންޝާ ތަނެއްގައި ރިއްސަނީތަ؟..” ނަޒީލް އިންޝާގެ މޫނުމަތީ އަތް ޖައްސާލަމުން އަހާލިއެވެ. އިންޝާ ދެލޯ މަރާލަމުން އަނެއް ފަރާތަށް އެނބުރުނެވެ. ނަޒީލް އިރުކޮޅަކު އޮތުމަށްފަހު ނުކުމެގެން ދިޔައީ ފެން ބޮއެގެން އަންނާނެކަމަށް ބުނަމުންނެވެ.

ކޮޓަރި ދޮރު ހުޅުވާލި އަޑަށް އިންޝާ މަޑުމަޑުން  ދެލޯ ހުޅުވާލިއެވެ. ފެނުނު މަންޒަރަކުން ހަތަރެސްފައި ކޮޅަށް ޖެހުނެވެ.

“..ނަޒީލް މޮޔަވީތަ؟..” އިންޝާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

ބަރަހަނާ ހާލުގައި ހުރި ނަޒީލް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އިންޝާއަށް ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. ނަޒީލްގެ ލަދު ހަޔާތޭ މިކިޔާ އެއްޗެއްވެސް ނެތީ ހެއްޔެވެ؟ ހެވިދިލިފައި ހުރެ ނަޒީލް އަންނަން ފެށުމާއެކު އިންޝާ ނުތަނަވަސްވިއެވެ. ނަޒީލް ބޭނުންވެގެން އެ އުޅޭކަންތައް އިންޝާ ދެނެގަތުމަށް ފަޅި ސިކުންތެއްވެސް ނުނެގިއެވެ. ނަޒީލް އެދޭ އެދުން ފުއްދާދިނުމަށް އިންޝާ ބޭނުމެއް ނޫނެނެވެ. އިންޝާ ކޮޓަރި ދޮރާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ދެވުނީ ކޮޓަރި ދޮރާ ހަމައަށެވެ. ނަޒީލް އިންޝާގެ ފަހަތުން އައިސް ހިފަހައްޓައި ދޮރާލައި ފިއްތައިލީ އެއްވެސް ރަހުމެއްނެތިއެވެ. ދޮރު ތެރެއަށް މޫނު ވަންނަ ވަރަށް އެއް އަތުން އަޅާ ކޮއްޕާލިއިރު އޭނާގެ އަނެއް އަތް އޮތީ އިންޝާގެ ބޮނބިފަޅި މަތިން ވިއްދާފައެވެ. އިންޝާއަށް އަތެއް ފަޔެއް ގުޑުވާވެސް ނުލެވުނެވެ. ކުއްލިއަކަށް އިންޝާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އޭނާއަށް އަޑުވެސް ބޭރުކޮށް ނުލެވުނެވެ. އިންޝާގެ ދެލޮލުން ހޫނު ކަރުނަތައް ތާޒާކަމާއެކު ފައިބަމުން ދިޔައިރުވެސް ނަޒީލްގެ ހިތަށް ރަހުމެއް ނުވަނެވެ. ނަޒީލް ދުރަށް ޖެހުނީ އޭނާގެ އެދުން ފުދި އެ ޝަހުވާނީ ބާރު ކެނޑުމުންނެވެ. އިންޝާ ހުރި ދިމާއަށް ތިރިވެވުނު ވަގުތު އަޑު ބޭރުވުމާއެކު އަނގަމަތީ އަތްއަޅާ ބާރުކޮށްލެވުނެވެ. ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. މާނޭވާ ލެވިލެވި ހުރި ނަޒީލް ހެވިފައިހުރެ އިންޝާއަށް ބަލަމުން ނުކުތީ ބާލުޚާނާއަށެވެ. އެޔާއެކު ނަޒީލް ދުންގަނޑަކަށް ބަދަލުވާން ފެށިއެވެ. މުޅިމީހާ އޮލަ ދުންގަނޑަކަށް ބަދަލުވެ ފަޒާގެ ތެރެއަށް ފެތުރިގެން ގޮސް ޣައިބުވިއެވެ.

*****************************

ނިހާ ގެއަށް ދިޔުމުގެ ހުއްދަ ލިބުނީ ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ކުރީ ރެޔާއި ހެނދުނުގެ ވަގުތުވެސް ނިހާ ގާތުގައި އުޅުނީ ނިކާލެވެ. ނިހާ އާދޭސް ކުރާވަރުން ނިކާލް ވަނީ ނިދާލުމަށްޓަކައި ގެޔަށް ގޮސްފައެވެ. ނިކާލް ދިޔައީ ނަޒީލް އެތަނުގައި ބަހައްޓައި ކަމެއްދިމާ ވެއްޖެނަމަ ގުޅުމަށްވެސް ބުނެފައެވެ. ހޮސްޕިޓަލުގެ ހުރިހާ ބިލުތަކެއް ދެއްކުމަށްފަހު ނަޒީލް އިލްހާމަށް ގުޅިއެވެ. އިލްހާމް ކާރުގައި އައުމުން ނިހާގެ އަތުގައި ނަޒީލް ހިފަހައްޓާލީ ކާރާ ހަމައަށް ގެންދިޔުމަށް އެހީތެރިވުމަށެވެ. ނަމަވެސް ނަޒީލްގެ އަތް ފޮޅުވާލައިފައި ނިހާ މަޑުމަޑުން ހިނގާލައިފައި ގޮސް ކާރަށް އެރިއެވެ.

ސުނޯހައުސް ގޯތި ކުރި މައްޗަށް ކާރު މަޑުކޮށްލިއެވެ. ނިހާ އިނީ ނުތަނަސްވެ ބިރު ގަނެފައެވެ. އޭނާ އެކަނިމާއެކަނި ކޮޓަރި އެއްގައި އޮންނަން މިހާރު ޖެހިލުންވެއެވެ. އެބިރުވެރިކަމާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އިބްރާހީމްބެގެ އެހީތެރިކަމަށް އެދެވޭނެ ކަހަލަ ފުރުޞަތެއް ނިހާއަކަށް އަދި ނުލިބެއެވެ. ނިހާ ކާރުން ފައިބަން އުޅުމުންވެސް ނަޒީލް އެހީތެރިވާން އަޔެވެ. ނަޒީލް ނިހާގެ ގައިގާ އަތްލާނެ ފުރުޞަތެއް ލިބޭތޯ ބަލަބަލާ ހުންނަ ކަހަލައެވެ. ނިހާ އަތްފޮޅުވާލަން އުޅުނު ވަގުތު ގޭ ދޮރުކަނީގައި ލެނގިލައިގެން ބަލަން ހުރި ނިކާލް ފެނުމުން އަޅައިނުލައި ހުރީއެވެ.

ނަޒީލަށް އިތުރު ހިތްވަރެއް ލިބުން ކަހަލައެވެ. ނިހާގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ގާތްކޮށްލިއެވެ. ނިހާގެ އެތެރެހަށީގައި ހުޅު ރޯވަމުންދިޔައެވެ. އެދެމީހުންގެ ގާތްކަން ފެނިފައި އިލްހާމަށް އުނދަގޫވިއެވެ. އަދިވެސް ނަޒީލްގެ ހިޔާލު ބަދަލުނުވާކަން އެނގުމުން އިލްހާމްގެ ލޭތައް ކެކިގަތެވެ.

“..ނަޒީލް މިކޮތަޅުތައް ގެންދެބަލަ!..” އިލްހާމް އަތުގައި ހުރި ކޮތަޅުތައް ދިއްކޮށްލަމުން ބުނެލިއެވެ.

ނަޒީލް ކޮތަޅުތައް ހިފައިގެން އެތެރެއަށް ވަދެގެން ދިޔައެވެ. އިލްހާމް ނިހާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ.

“..ކަލެޔަށް ވަރަށް ވިސްނޭ އަސްލު..” ނިހާއާ އެއްވަރަކަށް ހިނގަމުން އިލްހާމް ބުންޏެވެ. “..ސަފީނާ ކުރިކަހަލަ މޮޔަކަމެއް ކަލޭ ނުކުރާނެކަން އެނގިއްޖެ! އެނގޭ ވިއްޔަދޯ؟ ބާރު އޮންނާނީ މިކޮޅުގަކަން.. ދެންވެސް ހުންނަން ޖެހޭނީ ހައްޕު ކިޔައިގެން!! ފައިރޫޒްއާ އިނދެވުނީމަ ހުރިހާކަމެއް ހަމަޔަކަށް އެޅިދާނެ! މާދަމާ ހެކިވެރިން ގޮވައިގެން ފައިރޫޒް އަންނާނެ!! ކައިވެނީގެ ފުރަތަމަ ރެއަށް ދެން ތައްޔާރު ވާކަށް ވެސް ނުޖެހޭނެ ތާ! ތިހިރީ މިހާރު އާ ކަން ކެ….”

އިލްހާމް ގެ ވާހަކަ މިހިސާބަށް ގެންގޮސް ހުއްޓާލިއިރު ހުރީ ނުބައި ހިންޏެއް އައިސްފައެވެ.

“..ފައިރޫޒަކަސް ފާނޫޒަކަސް ތިކަމެއް ނުވާނެ..” ނިހާ ރުޅި ކޮންޓްރޯލްކުރަމުން ބުންޏެވެ. “..މަގޭ ހިޔާލު ނުހޯދާ ތިހެން ތިކަން ކުރިޔަކަށް ނުގެންދެވޭނެ!.. މަ އޮންނާނި މަށަށް ވަގުތުދޭށޭ ބުނެފަ! މަ އިންނާނެ މީހަކާ އިންނާނެ ތަނަކާ ވަގުތެއްވެސް އެނގޭނީ މަށަށް!.. މަޑުން ހުއްޓަސް ހީނުކުރާތި މަށާ ކުޅެވޭނޭ!.. މަމީ ތިޔަ ބުނާ ސަފީނާއެއް ނޫން!..”

“..ތި ކޮއެފުޅަށް އިތުރު ގޮތެއް ނެތީއޭ..!.” އިލްހާމް މަލާމާތްކުރާ ފާޑަކަށް ހީގަތެވެ. “..ކަލޭގެ ކައިވެނި އަންނަ ހަފުތާގެ މިދުވަހު ކުރެވޭނެ!.. ކައިވެންޏަށް ދެކޮޅު ހަދާފިނަމަ ކަންތައްކުރާނެ ގޮތް އެނގޭނީ މަށަށް! ކަލޭ އަމާވެސް ފުއްޕާގަތީމަ ރީތި ބޮނޑިއެއް ބޯންޖެހުނެއްނު! ދެންވެސް ވާނީ ހަމަ އެހެން! މި އިލްހާމަކާ އެކަކަށްވެސް ނުކުޅެވޭނެ! ކަލެޔަށް ހަމަ ޖެހޭނީ ފައިރޫޒްއާ އިނދެގެން މިގެއިންދާން..”

ނިހާ ދެދަތްޕިލައަށް ބާރުކޮށްލިއެވެ. އެއްޗެއް ބުނަން އުޅެފައި އެޚިޔާލު ދޫކޮށްލީ އިލްހާމްއާ ބޭކާރު ޒުވާބު ކުރުމުގެ ބޭނުމެއް ނެތުމުންނެވެ. ނިހާ އެކަމުން ސަލާމަތްވާނެ ގޮތަކާމެދު ވިސްނަމުން ކުރިޔަށް ދިޔައެވެ. ކުއްލިއަކަށް ނިހާ ހުއްޓުން އެރިއެވެ. ދެކަންފަތުގައި އަތްއަޅައި ދެލޯ ބޮޑުކުރަމުން ބާރަށް ހަޅޭލަވައިގަތެވެ. އިލްހާމް ދިޔައީ ސިއްސައިގެންނެވެ. ނިހާގެ ހަޅޭކުގެ އަޑުއިވިފައި ނަޒީލްއާ ނިކާލްވެސް ބަލާލީ ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ. ނިހާ އަވަސް ނޭވާތަކެއް ލާންފެށިއެވެ. ކުއްލިއަކަށް ހުރިތަނަށް އޭނާ ދެމުނެވެ. ނިކާލްއާއި ނަޒީލް ދުވެފައި ނިހާ ގާތަށް އަޔެވެ.

ނިކާލް ނިހާގެ ގާތުގައި އިށީނދެ ގޮވަންފެށިއެވެ. ކުއްލިއަކަށް ނިހާ ދެލޯ ހުޅުވާ ބަލާލިއެވެ. ފަހަތުގައި ކޮޅަށް ހުރި ނަޒީލްއާ ދިމާއަށެވެ.

“..ކަލޭ..” ނިހާ ފުންމައިގެން ތެދުވިއެވެ. “..ކަލެޔަށް މަމިދެނީ އިންޒާރެއް! ދެން ކަލޭ މަގޭ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ފުރާނަ ދަމައިގަންނާނަން! މަގޭ ގަޔަށް އަރަން ހިތަށްވެސް ނާރުވާތި!..”

ނަޒީލްގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ބަލާލެވުނީ ނިކާލްއާ ދިމާއަށެވެ. އޭރު ނިކާލްގެ ނަޒަރުވެސް ސީދާވެފައިވަނީ ނަޒީލަށެވެ.

“..ކަލޭ މޮޔަވީތަ..” އިލްހާމް އަތްދަމާ ބަހައްޓާފައި ނިހާގެ ކަންކަށިމަތީ ވިހެލިއެވެ.

ނިހާ މޫނުމަތީ އަތް އަޅާލަމުން އިލްހާމްއަށް ބަލާލިއެވެ. އޭރު މޫނު މައްޗަށް ފައިބައިފައި ހުރި އިސްތަށިތަކުގެ ތެރެއިން ފެންނަން ހުރި ނިހާގެ ދެލޮލުން އަލިފާންކަނި ބުރައެވެ. ނިހާގެ ދެއަތް މުށްކެވި ބާރުވެގެން ދިޔައެވެ. ގޮށްމުށުގެ ހޫނު ހަމަލާއަކުން އިލްހާމްގެ އަނގަމަތީ ޖެހިޖެހީނުން އަނގަމަތި ފަޅާލިއެވެ.

“..މަމީ ސަފީނާއެއް ނޫން..” ނިހާ ފެލިގަތެވެ. “..ސަފީނާއަށް ހެދިގޮތް ހަދަން ހިތަށްވެސް ނާރުވާތި! މަ ނުތެޅެން ފައިރޫޒްއާ އިންނަ ހިތަކުން! ކަލޭ އޭނަޔާ އިނދެބަލަ!..”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ލޯބިއެހެނަސް..8

Next

ހިތާ ފުރާނައިން… (32)

Next
February 7, 2018

ހިތާ ފުރާނައިން… (32)

Previews
February 7, 2018

ލޯބިއެހެނަސް..8

34 Comments!

  1. Nann says:
    February 8, 2018 at 7:03 am

    Reethi

    1. nishan says:
      February 8, 2018 at 9:37 am

      thank you ?

  2. Shann says:
    February 8, 2018 at 7:14 am

    V v v rythi story eh mee

    1. nishan says:
      February 8, 2018 at 9:38 am

      thank you shann ?

  3. Pinky shifoo says:
    February 8, 2018 at 8:02 am

    Very nice… Waiting for next part ??

    1. nishan says:
      February 8, 2018 at 9:38 am

      thank you shifoo ?

  4. N@-B says:
    February 8, 2018 at 8:16 am

    Salhi mi part ves. .waiting next part. …?

    1. nishan says:
      February 8, 2018 at 9:39 am

      thank you ?

  5. hana says:
    February 8, 2018 at 8:41 am

    love this story, when next part

    1. nishan says:
      February 8, 2018 at 9:39 am

      thank you hana ?
      next part monday ga in shaa allah

  6. Koko says:
    February 8, 2018 at 8:59 am

    Mihaa thana kiyaa levunu enmeh reethi episode lahun up kuraathy vaahakaige fenvaru maa boda ves rangalhu keep it up ❤❤❤

    1. nishan says:
      February 8, 2018 at 9:43 am

      thank you for the lovely comment ?

  7. chumpu says:
    February 8, 2018 at 10:33 am

    Alhey moyavejje hama

    1. nishan says:
      February 8, 2018 at 12:45 pm

      hehe!! shukuriyya vaahaka kiyaalithi ?

  8. Fathun says:
    February 8, 2018 at 11:20 am

    Lahun up kuraathee foohi

    1. nishan says:
      February 8, 2018 at 12:47 pm

      hehe!! sorry fathun.. gabool kuran baeh faharu las vaakamah ?
      alhuganda vaguthu vaa varakun liyamun upload koh dhemun midhani

  9. Noora says:
    February 8, 2018 at 12:15 pm

    Varah reethi vaahaka. Liyumuge hunaru eba huri. Ibaaraiy kurun ves reethi namaves than kolheh sifa kurun madhu..

    1. nishan says:
      February 8, 2018 at 12:49 pm

      thiya dhehvi hiyaalah varah bodah shukuriyya ? thiya fadha hiyaalu thakah maruhaba kiyan!! alhugandu balaanan sifa kurun gina koh leveytho!! thanks again!!

  10. Nihaa says:
    February 8, 2018 at 12:27 pm

    Ekam lahee up kuraaleh…reethi story

    1. nishan says:
      February 8, 2018 at 12:51 pm

      shukuriyya nihaa!!lasvaa kamahtaka maafah edhen!! avaha upload kurumah varah masahkai kuran abadhuves!

  11. Kitty ❤️ says:
    February 8, 2018 at 12:55 pm

    When dhn up vaanee ?

    1. nishan says:
      February 8, 2018 at 1:56 pm

      MONDAY !! in shaa allah

  12. Sana says:
    February 8, 2018 at 3:39 pm

    Haadha lahey mi vaahaka up kuraaleh so sad ??
    Monday ahe vure avahakah up eh nuvaanetha?
    Reethi this story and thanks for updateing?

    1. nishan says:
      February 10, 2018 at 7:04 pm

      Sorry for the delay!! Avaha upload kohdheyn masahkai kuran! Nuvani Hama hehe!! Shukuriyya Sana ?

  13. faikko says:
    February 10, 2018 at 12:12 am

    varah reethi??

    1. nishan says:
      February 10, 2018 at 7:04 pm

      ?Thank you faikko

  14. Black beauty says:
    February 10, 2018 at 2:44 pm

    Pls thankolheh avaskohladheebala cant wait hama mihaaru mi story ah

    1. nishan says:
      February 10, 2018 at 7:06 pm

      Shukuriyya thiya dhehva tharuheeba ? mashakai kuraanan Inge avaha upload kohdheyn

  15. Nazeera says:
    February 11, 2018 at 1:49 pm

    Can’t wait for next part.love
    ?? it. Thanks nish

    1. nishan says:
      February 12, 2018 at 1:12 pm

      ޝުކުރިއްޔާ ނަޒީރާ!

  16. minna says:
    February 11, 2018 at 1:53 pm

    varah kiyaa hiyy vey. knirakun tho next part. very nice this story. hama obinoavey. obiness to the max.. plx avahah up kohba.. ??

    1. nishan says:
      February 12, 2018 at 9:56 am

      ޝުކުރިއްޔާ މިންނާ! މިއަދު އޕްލޯޑް ކޮށްލަދޭނަން 14 ވަނަ ބައި!

  17. Leash says:
    February 11, 2018 at 6:20 pm

    ……..Wilting waiting

    1. nishan says:
      February 12, 2018 at 9:57 am

      މިއަދު އޕްލޯޑް ކޮށްލަދޭނަން 14 ވަނަ ބައި!

Comments are closed.

Next Episodeވަންހަނާ (ސާދަވަނަބައި)←


All Right Reserved!