Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމަޖާ

މަސްވެރިގަރލް

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
February 6, 2018 6 Mins Read
13 Comments

“ތީ ކާކު؟”

އަހަރެން ކުރިމަތީގައި ހުރި އަންހެންކުއްޖާ ގާތު އަހާލީމެވެ. ފުރަގަސްދީގެން ހުރިއިރު އަހަންނަށް ފެންނަން ހުރީ އެކުއްޖާގެ ރަންކުލައިގެ އިސްތަށިގަނޑެވެ. އަހަރެން ކުރިއަށްދާން ފިޔަވަޅެއް އަޅާލީމެވެ. ނަމަވެސް ހުއްޓުން އެރީ ފައިގައި ފެންޖެހުމުންނެވެ. އަހަންނަށް ތިރި ބަލައިލެވުނީ އެވަގުތެވެ. އަހަންނަށް މި ހުރެވުނީ… އަހަންނަށް މިހުރެވުނީ ކަކޫތާ ފެނުގައި ހެއްޔެވެ؟

ކުރިމަތިން އަޑެއް އިވިގެން އަހަރެން ބަލާލީމެވެ. އެއްކަލަ އަންހެންކުއްޖާ ޖެހިތާ ލަކުނުވެސް ނެތެވެ. މިހާރު ކޮބާ ހެއްޔެވެ؟ އެހާ އަވަހަށް އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ބިންފަޅާފައި އަޑިއަށް ދިޔައީ ހެއްޔެވެ؟

ކުއްލިއަކަށް އަހަރެންގެ ފަހަތުން އެއްޗެއް ކަރުގައި އޮޅާލައިފިއެވެ. ނޭވާ ނުލެވޭ ވަރަށް ކަރުގައި ހިފައި ބާރުކޮށްލައިފިއެވެ. ނޭވައި ނުލެވިގެން އަހަރެން ތެޅެން ފެށީމެވެ. ދޫކޮށްލާށޭ ކިޔައި އާދޭސްކުރަން ފެށީމެވެ. ގައިގައި ނެތް ހިތްވަރުލައިފައި އަހަރެން ކަރުގައި އޮޅާލައިފައި އެ ހުރި އެއްޗެއް ދުރަށް ލީމެވެ. އަދި ތެޅިތެޅި އޮތް ހިތަކާއެކު އެނބުރި ފަހަތް ބަލާލީމެވެ. ފެނުނު މަންޒަރުން އަހަރެންގެ މޭގަނޑު އަނގައަށް ނައީ ހަމަ ކިރިޔާއެވެ. ފަހަތުގައި އެހުރީ އޭނާއެވެ. އެއްކަލަ އަންހެންކުއްޖާއެވެ. ނަމަވެސް އެކުއްޖާގެ މޫނު އެހުރީ މިޔަރެއް ގޮތަކަށް ނޫން ހެއްޔެވެ؟ އެއީ ކުއްޖެއް ނޫނެވެ. އެއީ ފުރޭތައެކެވެ.

ފުންމައިގެން އަހަންނަށް ތެދުވެވިއްޖެއެވެ. އެކި ކޮޅުކޮޅު ހޯދައި ބަލާލެވުނެވެ. އޮވެވުނީ އެނދުގައިކަން އެނގުމުން އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފެނުނު ހުވަފެނާމެދު އަހަންނަށް ކުޑަކޮށް ވިސްނާލެވުނެވެ. ނަމަވެސް ހުވަފެނަކީ ބިލާހެއް ނޫން ހެއްޔެވެ؟ އެހެންކަމުން އަހަރެން އެކަމާމެދު މާބޮޑަކަށް އަޅައެއް ނުލަމެވެ. ރަޖާގަނޑު ހަށިގަނޑުގައި އޮޅާލަމުން އަހަރެން އަނެއްކާވެސް އެނދުގައި އޮށޯތީމެވެ.

އިރުކޮޅެއް ނުވަނީސް އަހަރެންގެ ފޯނު ރިންގުވާން ފަށައިފިއެވެ. ބަލާލިއިރު ގުޅަނީ ރިޔާޒެވެ. އަހަރެންގެ ގާތް އެކުވެރިއެކެވެ. ކަންނެތް ވެފައި އޮވެ އަހަރެން ފޯނު ނެގީމެވެ.

“ކޮބާ ކަލޭ؟ އެނދުދާންކޮޅުގަ ދޯ އަދިވެސް؟”

ރިޔާޒު އެހެން ބުނުމުން އަހަރެންނަށް ކުޑަކޮށް ހެވުނެވެ.

“ނޫނޭ.. އަހަރެން މިހާރު ތެދުވެގެން ސައިވެސް ބޮއިފިން..”

އަހަރެން ދެރަނުވާން ވެގެން ބުނެލީމެވެ.

“މަހަށް ނައްޓާލަން ކަމަށް މިއުޅެނީ ދިހައެއް ޖަހާކަށް ހާއިރު. ދާނަން ދޯ؟”

ރިޔާޒު އޭނާ ގުޅި މަޤުސަދު ހާމަކޮށްލިއެވެ.

“ދާނަންހޭ؟ ދެން ރިޔާއަށް އެނގެއެއްނު އަހަރެން ދާނެކަން..”

އަހަރެން ބުނެލީމެވެ.

ރިޔާޒު ފޯނު ބޭއްވުމުން އަހަރެން ގަޑި ބަލާލީމެވެ. ނުވަގަޑި ބައިވެ، ބޮޑު ވެއްޖެއެވެ. ގައިމަތީގައި އޮތް ރަޖާގަނޑު ހޫރާލުމަށްފަހު އަހަރެން ފާހާނާއާ ދިމާއަށް މިސްރާބުޖެހީމެވެ. ގަޑިއަށް ފާލަން ދޮށަށް ދާން އަހަރެން ބޭނުންވިއެވެ.

އަހަރެންނަކީ މަސްބާނަން ދިއުމަށް މަރުދޭ މީހެކެވެ. ގުރޭޑު ދިހައެއްގައި އުޅުނު ނަމަވެސް އަހަންނާ ރިޔާޒު، މިއީ ނަގާ ޓެސްޓަކަށް ބެލުމެއް ނެތި މަސްބާނަންދާ ބައެކެވެ. އެކަމާ މަންމަ އަހަންނާ ދިމާއަށް ވަރަށް އެއްޗެހި ވެސް ކިޔައެވެ. ނަމަވެސް އަހަރެން އެކަމާ ފަރުވާލެއް ނުބަހައްޓަމެވެ. މަސްބޭނުމަކީ އަހަރެންގެ ޑްރަގްއޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ.

އަހަރެން ތައްޔާރުވެގެން ފާލަން ދޮށަށް ދިޔައިރު ގުރޫޕު އެންމެން ހަމަވެއްޖެއެވެ. ރިޔާޒުމެންގޭ ކުޑަ ދޯނިވެސް އޮތީ މަހަށްދާން ތައްޔާރުކޮށްފައެވެ.

“ކޮބާ އަރަންވީނު؟”

އަހަރެން އެންމެންނާ ދިމާއަށް ބަލާލަމުން ބުނީމެވެ. އެއާއެކު އެންމެންވެސް ދޯންޏަށް އަރަން ފެށިއެވެ. އަހަރެން އަރަން ފައި ހިއްލާލިތަނާ ރިޔާޒު އައިސް އަހަރެންގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހެލައިފިއެވެ. ހައިރާންވެފައި އަހަރެން ރިޔާޒުގެ މޫނަށް ބަލާލީމެވެ. އެއީ ކުރިން ދުވަހަކުވެސް އޭނާ އުޅުނު ގޮތެއް ނޫން ވިއްޔާއެވެ.

“އޭ. އޯކޭ ދޯ ގުރޫޕުން ބޭރު މީހެއް ގެންދިޔަސް؟”

ރިޔާޒު އަހަރެން ގާތު ސިއްރުސިއްރުން އަހާލިއެވެ. އަހަރެން އޭނާއަށް ބަލާލަމުން ދެލޯ ހަނިކޮށްލީމެވެ. އިތުރު މީހަކު ގެންގޮސްފިއްޔާ އަހަރެމެންނަށް ސަކަރާތްޖަހަންވާ ވަރަކަށް ނުޖެހޭނެއެވެ.

“ކާކު؟”

ކުޑަކޮށް ހިތްހަމަނުޖެހިފައި އަހަރެން އަހާލީމެވެ. އެއާއެކު ރިޔާޒު ދައްކާލީ ރުކެއްގެ ހިޔަލުގައި ބަހައްޓާފައިވާ ޖޯލިފައްޗެވެ. އަހަރެން އެދިމާ ބަލާލިއިރު ޖޯލިފަތީގައި އަހަރެމެންނާ ދާދި އެއް އުމުރެއްގެ އަންހެންކުއްޖަކު އިނެވެ. އެއްފައި އަނެއްފައި މައްޗަށް އަރުވައިގެން ވަރަށް “މޮޑެލިންގް” ވައްތަރަކަށެވެ.

“އެއީ އަންހެންކުއްޖެއްނު؟”

އަހަރެން އެދިމާއަށް ބަލަން ހުރެ ބުނެލީމެވެ.

“އޭނަ އޭ ގެންދަންވީ.. އެއީ މަގޭ ކަޒިންއެއް.. އޭނަ މަހަށްދާން ކިޔާވަރުން މަންމަ ބުނީ ގެންދާށޭ..”

ރިޔާޒު އަދިވެސް ވާހަކަދައްކަމުން ދިޔައީ ވައި އަޑުންނެވެ. ހީވަނީ އެކުއްޖާއަށް އަޑުއިވިދާނެތީ ބިރުން އުޅޭހެންނެވެ.

“އަންހެންކުއްޖަކު ގެންގޮސްގެން މަސްދަތުރު ފަނިކޮށްލަންތަ ކަލޭ ތިއުޅެނީ ރިޔާޒޫ؟ ދެން އަހަރެމެން އުޅެން ޖެހޭނީ އޭނަ ހޮޑުލާތީ، އޭނައަށް އެހީވާން..”

އަހަރެން ހިތްހަމަނުޖެހިފައި ވާހަކަދެއްކީމެވެ. އެއާއެކު ރިޔާޒު އަހަރެންގެ ދެއަތުގައި ހިފެހެއްޓީ އާދޭސްކުރާ ފަދައިންނެވެ.

“ޕްލީޒް ޔަމީން. އޭނަ ނުގެންގޮސްފިއްޔާ މަންމަ އަހަރެން މަރާނެ. ބައްޕަ ވެސް..”

ރިޔާޒު އާދޭހުގެ ރާގެއްގައި ވާހަކަދެއްކިއެވެ.

“ވަރުގަދަ ކަމެއްނު؟ އޯކޭ ދެން.. އޭނަ ކައިރީ ބުނޭ އަންނާށޭ.”

އަހަރެން ހަރަންބަނދެލަމުން ބުނެލީމެވެ. ކިޔަން ފަށައިފި އެއްޗެއް ރިޔާޒު ކުރުނުކުރާނެކަން އަހަންނަށް އެނގެއެވެ.

“އޭތް އަޒޫ! އާދޭ އަރަން!”

ރިޔާޒު އެކުއްޖާއަށް ގޮވާލައިފިއެވެ. އެއާއެކު އެކުއްޖާ ޖޯލިން ތެދުވެގެން އަހަރެމެން ތިބި ދިމާއަށް އަންނަން ފެށީ “ކެޓް ވޯކް” އެއްގައެވެ. ނޫނޭ ފޮނި ކުއްޖެކޭ އަހަރެންގެ ހިތަށްއެރިއެވެ.

“އަޒޫތަ ކިޔަނީ؟”

އަހަރެން ރިޔާޒު ގާތު އަހާލީމެވެ.

“އަޒްހާ.”

ރިޔާޒު އަވަސްއަވަހަށް ބުނެލިއެވެ. އަހަރެން އަޒްހާއަށް ފުންކޮށް ބަލާލީމެވެ. ރީތި ކުއްޖެކެވެ. ހެދުން އަޅާފައި ހުރީ އެންމެ މި ޒަމާނުގެ ސްޓައިލް އަށެވެ. ލައިގެން ހުރީ ހުދު ކުލައިގެ އަތްދިގު ޓީޝާޓަކާއި، ނޫކުލައިގެ ބާރު ޖީންސެކެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ފަހަތަށް އައްސާލާފައި ވިއެވެ. ތުންފަތުގައި ގަދަ ރަތްކުލައަކަށްދާ ލިޕްސްޓިކްއެއް ޖައްސާފައި ހުއްޓެވެ. ކޮނޑުގައި ދަބަހެއް އަޅުވާލާފައި ވިއެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ މާލޭ ސްޓައިލްގެ ކުއްޖެކެވެ. ފެޝަންބަގެކެވެ. ހަހަހަ. ހިތަށް އެރި އެއްޗަކުން އަހަންނަށް އެވަގުތު ކުޑަކޮށް ހެވުނެވެ. ނަމަވެސް ރިޔާޒު ބަލާލުމުން އަހަރެން އަވަސް އަވަހަށް ކަރުކެހިލައި، ހަމަޖެހެލީމެވެ.

“މާލޭ މަންޖެއެއް ދޯ؟”

އަހަރެން މަޑުމަޑުން އެހެން އަހާލުމުން ރިޔާޒު ބޯޖަހާލިއެވެ.

އަޒްހާ އައި ގޮތަށް އައިސް އަހަރެމެން ގާތު ހުއްޓިއްޖެއެވެ. އެއްފަހަރު އަހަންނަށް ބަލާލުމަށްފަހު އޭނާ ރިޔާޒުއާ ކުރިމަތި ލިއެވެ.

“އަރަންވީ؟”

އަޒްހާ ރިޔާޒު ގާތު އެހެން އަހާލި ވަގުތު އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން އަހަންނަށް އަޒްހާގެ މޫނަށް ބަލަން ހުރެވުނެވެ. އެއަޑުގައި އެކުލެވިގެން ވަނީ ހާދަހާ ތަފާތު އަސަރެކެވެ. ހިމަ އަޑެއް ނޫނެވެ. ތޫއްޔެއްވެސް ނޫނެވެ. ނަމަވެސް… އެއަޑުގައި އެވަނީ ކޮންކަހަލަ އަސަރެއް ހެއްޔެވެ؟

“ހިނގާ އަރަން..”

ދޯންޏަށް ފުންމާލުމަށްފަހު ރިޔާޒު އަޒްހާއާ ދިމާއަށް އަތްދިއްކުރަމުން ބުނެލިއެވެ. ފާލަން މަތީގައި ހުއްޓިގެން ހުރި އަޒްހާ ރިޔާޒްގެ އަތަށް ބަލާލުމަށްފަހު އެއްމިޔަކުން ހީލިއެވެ. އޭނާ ހީލުމުން އަހަރެންގެ ހިތަށް ނުބައި ގޮތެއް މިވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް އޭނާ މިހާރު ސިފަވަމުން ދަނީ ފިލްމުތަކުގައި އުޅޭ “ވިލިއަން” އެއް ގޮތަށެވެ. ކީއްވެކަމެއް ނޭނގެއެވެ.

“އަހަރެން ރިޔާގެ އެހީއެއް ބޭނުމެއްނޫން ދޯންޏަށް އަރާކަށް. އެކަން ރިޔާއަށް ހަމަ ރަނގަޅަށްވެސް އެނގޭނެ.”

އެއްކަހަލަ ތަފާތު އަޑު އިއްވާލަމުން އަޒްހާ ވާހަކަދެއްކިއެވެ. ރިޔާޒު ކަޑަވެގެން ކަހަލަ ގޮތަކަށް އޭނާގެ އަތް ތިރިކޮށްލިއެވެ. އަޒްހާ އެހެން ބުނާނެކަން މާކުރީއްސުރެވެސް އޭނާއަށް އެނގޭ ކަހަލައެވެ. ނަމަވެސް ދެން ފެނިގެން ދިޔަ މަންޒަރުން އަހަންނަށް ހުރެވުނީ އަނގަހުޅުވި ގޮތަށް ލައްޕަން ވެސް ނޭނގިފައެވެ.

ފާލަމުގައި ހުރެފައި އަޒްހާ ދޯންޏަށް ފުންމާލީ ފަރިތަކަމާއެކީގައެވެ. ދޯނި ފާލަމާ އެހާ ދުރުގައި އޮއްވާ، އާދައިގެ އަންހެންކުއްޖަކަށް މީހެއްގެ އެހީއާ ނުލާ ނޭރޭނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަޒްހާ….. އަޒްހާ މިއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ދޯނީގައި ތިބި އެންމެން ވެސް އަޒްހާއަށް ބަލަން ހުރީ ހައިރާންވެފައިކަން އަހަންނަށް އެނގެއެވެ. ރިޔާޒު ހާސްވެފައި ކަހަލަ ގޮތަކަށް އަހަރެމެން އެންމެންނަށް ނަޒަރު ހިންގަމުން ދިޔައެވެ.

“އަޒޫ އަކީ ޖިމްނާސްޓެއް!”

ރިޔާޒު އެންމެފަހުން ބާރަކަށް ބުނެލިއެވެ. އެއާއެކު އަހަރެންގެ ހައިރާންކަންވެސް ހިސާބަކަށް ކެނޑިގެން ހިނގައްޖެއެވެ. ޖިމްނާސްޓިކްސް ހަދާ ކުދިންނަށް އެހާ ދުރަށް ފުންމިދާނެކަމަށް އަހަރެންގެ ސިކުނޑި އެވަގުތު ޤަބޫލުކުރިއެވެ. ލިބިފައިވާ ހައިރާންކަން އެއްފަރާތް ކޮށްލަމުން އަހަރެން ދޯންޏަށް އަރައި ވާމޮހައިލީމެވެ.

ދޯނި ދުއްވަން ހުރީ އަހަންނެވެ. އޭރުވެސް އިރުއިރުކޮޅާ އަހަންނަށް އަޒްހާއާ ދިމާއަށް ބަލާލެވެއެވެ. ހިޔާކޮށްފައިވާ ކުޑަ ގެގަނޑުގެ ތެރޭގައި ހަމަޖެހިލައިގެން އޭނާ އިނެވެ. ދަބަސް ހާވައި، އޭނާ އެންމެ ފުރަތަމަ ދަބަހުން ނެގީ ބޮޑު ތޮތްޕެކެވެ. ތޮފި ބޮލަށް ހެޔޮވަރު ކޮށްލުމަށްފަހު އޭނާ އަވިއައިނެއް ނަގައި ދެލޯ ފޮރުވާލައިފިއެވެ. ދެން ހަމަ ކުއްލިއަކަށް އަހަރެންނާ ވީފަރާތް ބަލާލައިފިއެވެ. ކަޑަވެގެން އަހަރެން ވަގުތުން އެހެން ދިމާއެއް ބަލަން ފެށީމެވެ. އަހަރެން ބަލަން ހުރިކަން އޭނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ހާދަހާ ކަޑަވެއްޖެއެވެ. މިހާރު އަޒްހާ ހީކުރާނީ ކީކޭ ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.

15 މިނެޓު ދުއްވުމަށްފަހު އަހަރެމެންނަށް މަސްބާނަން ދާން އޮތް މަންޒިލަށް އާދެވިއްޖެއެވެ. ދޯނި އެ ހުރި ތަނުގައި ބެހެއްޓުމަށްޓަކާ އަހަރެން ނަގިލި ވައްޓާލީމެވެ. އޭރު ރޯލު ނިއުޅުމުގެ މަސައްކަތުގައި އެއްބަޔަކު އުޅުނެވެ. އަނެއްބަޔަކު އެން ކެފުމުގެ މަސައްކަތް ކުރަނީއެވެ. އަހަރެންވެސް ގެނައި ރޯލު ނެގުމަށްފަހު އަނެއްކާވެސް އަޒްހާ ކޮބައިތޯ ބަލާލީމެވެ.

އަޒްހާ ހުރީ ދޯނީގެ ދިރުނބާކޮޅުގައެވެ. ކުރު ދޮއްޓެއް ހިފައިގެންނެވެ. މޫދާ ދިމާއަށް ނަޒަރު ހުއްޓައިގެން ހުރިއިރު އެ މޫނުމަތިން ފެންނަމުން ދިޔަ އިހުސާސްތައް ދެނެގަންނަން އަހަންނަށް އުނދަގޫވިއެވެ. އޭނާ ދޮށި ނޭއްލައި އެހުރީ ކީއްވެގެން ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ އޭނާއަށް ދޮށި އެއްލަން ނޭނގެނީ ހެއްޔެވެ؟ އާއެކެވެ. ރަނގަޅަށްވިއްޔާ އޭނާއަށް ބުޅީގައި އެންކޮޅެއް އަޅާކަށްވެސް ނޭނގޭނެއެވެ. އަންހެންކުއްޖެއް ވިއްޔާއެވެ.

އަހަރެން މަޑުމަޑުން ހިނގާފައި ގޮސް އަޒްހާގެ ފުރަގަހުގައި މަޑުކޮށްލީމެވެ. އޭރުވެސް އޭނާ ބަލަހައްޓައިގެން ހުރީ މޫދާ ދިމާއަށެވެ. ޖެހި ބުދެއްހެން ކަނޑުގެ ލޮނުގަނޑާ ދިމާއަށް ބަލަން ހުރެގެން ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަންހެންކުދިންގެ މޮޔަކަމާއެވެ.

“އެހެމް. އެހެމް.”

އަހަރެން ބާރަކަށް ކަރުކެހިލުމުން އަޒްހާ އަހަންނާ ދިމާއަށް ބަލާލައިފިއެވެ.

“ކީއްވެ ތިތާ ތި ހުންނަނީ؟ ދީ އަހަރެން ބުޅީގަ އެންކޮޅެއް ލައިދޭނަން.”

އަހަރެން ބުނެލީމެވެ. އެއާއެކު އަޒްހާ ފެށީ ހޭށެވެ. މަލާމާތްކުރާ ޒާތަކަށެވެ. ވާނުވާ ނޭނގިފައި އަހަންނަށް ހުރެވުނެވެ. މީހަކު ހޭވަރުގެ އެއްޗެއް އަހަންނެއް ނުބުނަން ވިއްޔާއެވެ.

“އަހަރެންގެ ބުޅީގަ އެންކޮޅު އަޅާނީ އަހަރެން އަމިއްލައަށް.”

ކުއްލިއަކަށް ހުނުން ހުއްޓާލުމަށްފަހު އަޒްހާ އެހެން ބުނެލީ ހަރުކަށި ގޮތަކަށެވެ. އަނެއްކާވެސް އަހަރެން ކަޑަވެއްޖެއެވެ. ވަރެއްގެ އަންހެންކުއްޖެއްތާއެވެ. ދެފަރާތަށް ބޯހޫރާލަމުން އަހަރެން ބުޅީގައި އެންކޮޅެއް ލުމަށްފަހު ރޯލު ކަނޑަށް ދޫކޮށްފީމެވެ.

އިރުކޮޅަކުން އަޒްހާވެސް އައިސް ދޮށި އެއްލައިފިއެވެ. އަހަރެން އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެ ދެފަރާތަށް ބޯހޫރާލީމެވެ. ރަނގަޅަށްވިއްޔާ އޭނާ ބުޅީގައި އެންކޮޅުވެސް ލާނީ ނުބައިކޮށެވެ. އަންހެންކުއްޖެއްވިއްޔާއެވެ.

“ހާދަ ބޮޑު ގޮލައެކޭ!!”

އިރުކޮޅެއްފަހުން ކުއްޖަކު އެހެން ގޮވައިލި އަޑަށް އަހަރެން ބަލައިލީމެވެ. އޭރު ބައެއްކުދިން ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ. އަޒްހާ ހުރި ދިމާއަށެވެ. ވާނުވާ ނޭނގޭ ހާލު، އަހަރެންވެސް އެދިމާ ބަލާލީމެވެ. ފެނުނު މަންޒަރެއްގެ ސަބަބުން އަހަރެންގެ އަނގަ ހުޅުވިއްޖެއެވެ. ދެލޯ ތަންމިނަށް ބޮޑުވެއްޖެއެވެ.

އަޒްހާ ހުރީ ބޮޑު ސިންގާ ރަތް މަހެއް ހިފައިގެންނެވެ. އެ މަހުގެ ނިގޫފަތުގައި ހިފަހައްޓައިގެން އޭނާ ހުރިއިރު އެ މަސް ތެޅިފޮޅެމުން ގެންދިޔައެވެ. އެ ބޮޑު މަސް ދެކެ އަޒްހާ ބިރުވެސް ނުގަންނަނީ ހެއްޔެވެ؟ އެއީ ހަމަ އޭނާ ބޭނި މަހެއް ހެއްޔެވެ؟ އެކަމަކު ކިހިނެއް ހެއްޔެވެ؟

އަންތަރީސްވެފައި އަހަރެން އޭނާއަށް ބަލަން ހުއްޓާ އޭނާ އަހަންނާ ދިމާއަށް ބަލާލައިފިއެވެ. މަލާމާތްކުރާ ޒާތަކަށް ހީލައިފިއެވެ. އެ އަންހެންކުއްޖާ އަހަންނަށް މަލާމާތްކުރަނީ ހެއްޔެވެ؟ އެންމެ މަހެއް ބޭނުމުން ފޮނިވީ ހެއްޔެވެ؟ އަހަރެން ރޯލު ނަގައި ނިކަން ފަލަ އެންކޮޅެއް ބުޅީގައި އަޅުވާލީމެވެ. ހުރެބަލާށެވެ. އަހަރެން އެއަށްވުރެ ބޮޑު މަހެއް ބާނާނަމެވެ. އޭރުން މަލާމާތްކުރަނީ ކާކުކަން އެނގިދާނެއެވެ.

އަހަރެން ރޯލު ދޫކުރިތާ ގަޑިއެއްހާ އިރުވެއްޖެއެވެ. މިހާ އިރު ވީއިރު އަހަންނަށް އެންމެ މަހެއްވެސް ނުބޭނުނީތީ ހަމަ ހައިރާންވެއްޖެއެވެ. މިއާ ޚިލާފަށް އަޒްހާ މިހާރު ފަނަރަވަރަކަށް މަސްބާނައިފިއެވެ. މިހާރު އަޒްހާ އަކީ އިންސާނެއް ކަމާމެދު އަހަންނަށް ޝައްކުވެއްޖެއެވެ. އެއް ގަޑިއިރު ތެރޭގައި އިންސާނަކަށް އެހާ ގިނަ މަސްބޭނިދާނެ ހެއްޔެވެ؟

“ޒީރޯ ކެޗް؟”

އަޒްހާގެ އަޑަށް އަހަރެން ބަލާލީމެވެ. އޭރު އަހަރެންނާ ދާދި ކައިރީގައި އޭނާ ހުއްޓެވެ. އެއްއަތުން ދޮށި ހިފައިގެންނެވެ.

“އަދި ނެތެއްނު ނުބޭނިފައެއް!”

އަހަރެން ދެރަނުވާންވެގެން ބުނެލީމެވެ.

“އަހަންނަކަށް ހިޔެއްނުވޭ ތީނަގެ ބުޅީގަ މިޔަދު މަހެއް ގަންނާނެހެނެއް.”

އިރުކޮޅެއްފަހުން އަޒްހާ ބުނެލިއެވެ. އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ. އަދިވެސް އޭނާ އަހަންނަށް ހަޖޫޖަހަނީއެވެ.

ހަމަ އެވަގުތު އަހަރެންގެ ނަނަށް ވާންކޮށްލައިފިއެވެ. މިލާމޯޅިވެފައިވާ އަހަރެންގެ މޫނުމަތި ވަގުތުން އުޖާލާވެގެން ދިޔައެވެ.

“ރޯންގް! މިހާރުވެސް އަހަރެންގެ ނަނުގައި މަހެއް ގަނެއްޖެ!”

އަޒްހާއަށް ބަލާލަމުން އަހަރެން ބުނެލީމެވެ. ނަނުގައި ހިފައި އަހަރެން ދަމަންފެށީމެވެ. މިހާރު އެ އަޒްހާ ހުންނާނީ ރަނގަޅަށްވެސް ކަޑަވެފައެވެ.

އަހަރެންގެ ނަނަށް އެހާ ވަރަށް މި ވާންކުރަނީ ކީއްވެގެން ހެއްޔެވެ؟ ހީވަނީ އަހަރެންވެސް ދަމާފައި ގެންގޮސްފާނެހެންނެވެ. އެހެންމީހެއްގެ އެހީއަކަށް އެދެން އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް އަހަންނަށް އެވަގުތެއް ނުލިބުނެވެ. ނަނާއެކު އަހަރެން ކަނޑުގެ ރާޅުތަކުގެ ތެރެއަށް ދަމައިގަތީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންގެ ނަނުގައި މިގަތީ ކޮންކަހަލަ އެއްޗެއް ހެއްޔެވެ؟ ކަނޑު ފުރޭތައެއް ހެއްޔެވެ؟

އަހަރެން ހަޅޭއްލަވަން ފެށީމެވެ. ދޯނީގައި ތިބި ކުދިން އަހަރެން ސަލާމަތްކުރުމަށްޓަކާ ފުންމާލަން އުޅުނެވެ. މަސްބާނަން ކިތަންމެ މޮޅަސް، އަހަންނަކަށް ފަތާކަށް ނޭނގެއެވެ. އެ ފިނި ލޮނުގަނޑުގެ އަޑިއަށް އަހަރެންގެ ހަށިގަނޑު ދަމައިގަނެފިއެވެ. މަޑުމަޑުން އަހަރެން އަޑިއަށްދާން ފެށިއެވެ. އަހަރެން މިއޮއް މަރުވަނީ ހެއްޔެވެ؟

މަޑު އަތަކުން އަހަރެންގެ އަތުގައި ހިފަހައްޓައިފިއެވެ. އަހަރެން ދެލޯ ބޮޑުކޮށް ބަލާލީމެވެ. އަހަރެންގެ އަތުގައި ހިފައިގެން މިއޮއް މައްޗަށް އަރަނީ އަޒްހާއެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ފުންމާލަން އަޒްހާ ބިރުވެސް ނުގަންނަނީ ހެއްޔެވެ؟

ދޯނީގައި ތިބި ކުދިންގެ އެހީއާއެކު އަހަރެން ދޯންޏަށް އެރީމެވެ. ދޯނީގެ ފިލާގަނޑުގެ މައްޗަށް އަހަރެން ވެއްޓިގަތީ ކެއްސަމުންނެވެ. ހަށިގަނޑު ހަމައަކަށް އެޅުމުން އަހަރެން ތެދުވެ ބަލާލީމެވެ. ދޯނީގެ ގެގަނޑު ކައިރީގައި ފެންބޯން އަޒްހާ ހުއްޓެވެ. އޭނާ ލައިގެންހުރި ހުދުކުލައިގެ ޓީޝާޓު ތެމުމުގެ ސަބަބުން ވަނީ ގައިގައި ތަތްލަވާފައެވެ. އެ ރާޅުބާނީ އިސްތަށިގަނޑުގައި ޖަވާހިރުތަކެއް ފަދައިން ފެންތިކިތައް ވިދަމުން ދިޔައެވެ. އެ ދޮން މޫނުމަތިން އެވަގުތު އަހަންނަށް ފެނިގެން ދިޔައީ ތަފާތު ވިދުވަރެކެވެ. އެއީ އެހެން އަންހެންކުދިންނާ ޚިލާފު ކުއްޖެކެވެ.

“އޯކޭތަ؟”

ރިޔާޒު އަހަރެންގެ ގާތުގައި އިށީންނަމުން އަހާލިއެވެ. އެއަޑުގައި އެކުލެވިގެންވަނީ ހާސްކަމެވެ. އަހަރެން ރިޔާޒުގެ ކަންފަތުގައި ހިފާލީމެވެ. ތަދުވާހާ ބާރަށެވެ.

“ރިޔާއަށް ކުރިންވެސް އެނގޭދޯ.. އަޒްހާ އަކީ އާދައިގެ ކުއްޖެއް ނޫނެއްނު؟”

އަހަރެން ދެދަތްޕިލާ ޖައްސައިގެންހުރެ ވާހަކަދެއްކީމެވެ. އޭރު ހީކަރުވާވަރުން އަހަރެންގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ.

އަހަރެންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ރިޔާޒު ބޯޖަހާލިއެވެ. އަހަރެން ފުންނޭވާތަކެއް ބޭރުކުރަމުން އަޒްހާއާ ދިމާއަށް ބަލާލީ އެއްމިޔަކުން ހިނިތުންވެ ހުރެއެވެ. އެ އަންހެންކުއްޖާއާ ގާތް ގުޅުމެއް އުފެއްދުމަށް އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައެވެ.

“ޝީ އިޒް ޓޫ އިންޓްރެސްޓިންގް..”

އަހަންނަށް މަޑުމަޑުން ބުނެވުނެވެ.

(ނިމުނީ)

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ކެތްކުރީމޭ އެހެނަސް (4 ވަނަ ބައި)

Next

ހިތާ ފުރާނައިން… (30)

Next
February 6, 2018

ހިތާ ފުރާނައިން… (30)

Previews
February 5, 2018

ކެތްކުރީމޭ އެހެނަސް (4 ވަނަ ބައި)

13 Comments!

  1. Liaa says:
    February 6, 2018 at 8:49 am

    Hii guys
    Here is a short story by me
    Hope u enjoy
    🙂

  2. Liaa says:
    February 6, 2018 at 8:50 am

    https://www.facebook.com/Liaa-Ge-Vaahaka-184738038784614/?modal=admin_todo_tour

  3. Liaa says:
    February 6, 2018 at 8:51 am

    Follow my facebook page to be updated by my new stories

  4. Liaa says:
    February 6, 2018 at 8:54 am

    Kon kudhinneh tha Andhirifaraai S2 ah inthixaar kuranee?
    Liaa mihaaru liyan fashaifin ingey. Vaki varakah liyevuniima up kuran fashaanan. And i need ideas for darkside. If u have any ideas for me, plz messege me through my fb page.

  5. Friends says:
    February 6, 2018 at 9:15 am

    Vv thafaathu girl eh
    . dhw .mithi v salhi frienda hama wait kurany mi andhirifaraai season 2 ah. koniraku fashaany dear. nice vaane rushin ge side aky genasdhinyma and her dad ge darkside eh
    . aeiima
    Waitig 4 stry gud luck
    . dear
    Great day liaa???

    1. Friends says:
      February 6, 2018 at 9:20 am

      adhi shibaan ge darkside eh vess salhi vaany leeyma

  6. Friends says:
    February 6, 2018 at 9:24 am

    rushin ge darkside ah

  7. Lam says:
    February 6, 2018 at 12:05 pm

    Waiting andhiri faraa stry ah

  8. Zuzu says:
    February 6, 2018 at 1:12 pm

    OMG LIYA ANDHIRIFARAAIY IS MY FAV STO EH HAMA CANT WAIT!!
    It will be nice rooshin aa shiban ge andhiri faraaiy genaiima.
    I seriously cant wait and best of luckk ❤❤❤❤

  9. Sunflower says:
    February 6, 2018 at 5:30 pm

    Fish girl liyun nama sunflower ah varah reethi vees mas girl liyumuge badhaluga ehn noonas mee liyun theriyaage hiyaalu ehnveema liyun theriyaa ge ithuru obi vaahaka eh fennaane kah ummeedhu kuran???

  10. Sunflower says:
    February 6, 2018 at 5:31 pm

    Wow story is beautiful

  11. Beauty ? says:
    February 6, 2018 at 5:33 pm

    Wow story is beautiful

  12. cutie afuar says:
    November 10, 2018 at 6:43 pm

    love this story it’s amazing
    love it <3

Comments are closed.



All Right Reserved!