Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާލިފް 3

yoona Level 110 Stories
March 14, 2014 4 Mins Read
9 Comments

ބައްޕަަ އަކީ ގ.ދ.ތިނަދޫ މީހެއް މަންމަ އަކީ މާލޭ މީހެއް ދަރިފުޅުގެ މަންމަ އަކީ މަޝްހޫރު ވިޔަފާރިވެރި ވެރިޔާ އެންދެރި އާދަން ފުޅުގެ ދަރިޔެއް ބައްޕަ އާމްދަނީ ހޯދަން މަސަތްކައް ކުރަމުން އައީ އާދަމްފުޅުގެ ނޫމުރަކަ ރިޒޯޓުގަ ..ރޫމްބޯއީ އަކަށް އުޅުނީ..އަހަރުމެން ދިމާވީ މަންމަ ޗުއްޓީ އަކަށް ރިޒޯޓަށް  އާސްއުޅުމުގެރޭން..މިގޮތުން ދެމީހުންގެ ގުޅުން ބަދަހި ވެ ކައިވެންޏަކާ ހަމައަށް ދިޔައީ..އެހިސާބުން މަންމަގެ ބައްޕައަށް މިކަން އެނގުނީ ވެސް..މަންމަގެ މުޅި އާއިލާވެސް މިކަމާ ދެކޮޅުހެދި ނުރުހުން ފާލުކުރި.. އަދި ބައްޕަ ވަޒީފާއިންވެސް ވަކި ކުރި. އެކަމަކު އަހަރެމެން ދެމީހުންގެ ވެސް ޒުވާން ދުވަސްވަރު ކަމަށް ވުމާއެކު ޒުވާން ކަމުގެ ޖޯޝުގައި ގޮތްދޫކުރާކަށް ބޭނުމެއް ނުވި.. ކޯޓް މެދުވަރިކޮށް ވަލީ ހޯދައިގެން ކައިެނި ކުރީވެސް. ދެން ބައްޕަ ބޭނުންވީ މަންމަ ވީހާވެސް އުފަލާއި އަރާމުގަ ގެންގުޅެން.. އެގޮތުން އެހެން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިން.. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އަނެއްކާވެސް އެހެން ރިސޯޓަކުން ރޫމްބޯއީއެއްގެ ވަޒީފާ ހަމަޖެހުނު.. ރެއާ ދުވާލު ބުރަ މަސައްކަތް ކޮށްގެން ހައެއްކަ މަސް ވީ އިރު ވަކި ދިރިއުޅުމެއް އުޅެން ފެށުނު.. މަންމަ ހުންނަނީ މާލޭގަ.. ބައްޕަ ރިސޯޓުގަ ހުރެފަ މާލެ އާދެވެނީ ކޮންމެ ހުކުރު ދުވަހަކު އެކަނި.. މިހެން އުޅެނިކޮށް ޖަރުމަން ވިލާތުން އައި މިލިޔަނަރަކު ބައްަޕަ އާއި ވަރަށް ރަހުމަތްތެރި ވެއްޖެ.. އޭނާގެ އެހީގައި ބައްޕަ ފުރަތަމަ ސަފާރީ ގަތީ.. ދެން މާލެއިން ތަނކޮޅެއް ކުއްޔަށް ހިފާ ކުޑަ އޮފީހެއް ހަދާ، ގެސްޓް ޝޮޕްއެއްވެސް ހުޅުވިން.. ފަސްއަހަރު ވީއިރު ބައްޕަ އަކީވެސް ބޮޑޫ މުއްސަންޖަކަށް ވެވިއްޖެ… ވިޔަފާރި ފުޅާވަމުން ގޮސް ފުރަތަމަ ރިސޯޓް މި އަތޮޅުގައި ހުޅުވިން..އެހެން ނަމަވެސް އަހަރެމެން ދެމަފިރިންގެ ވެސް ހިތާމަޔަކަށްވީ ކައިވެންޏަށް 5 އަހަރު ވީއިރުވެސް ދަރިޔަކު ނުލިބޭތީ.. ވަރަށް ގިނަ ޑޮކްޓަރުންނަށްވެސް ދެއްކިން..އެކަމަކު…… ރިޒޯޓް ހުޅުވުމަށް ފަހު އަހަރެމެން ނިއުޔޯކަށް ދަތުރެއްކުރިން. ރަށްޓެއްސަކު އެތާ މާ ރަގަނޅު ޑޮކްޓަރެއް ހުންނަ ވާހަކަ ބުނެގެން.. އެއީ ފަތްޕިލާވެލީގެ ބޭސްވެރިކަން ކުރާ އަންހެނެކެވެ. އެތަނަށް ދިޔަތާ ތިންވަނައަށް ވީ ދުވަހު އެމީހާ އުޅޭ އަވަށަށް ގޮސް އެމީހާއާއި ބައްދަލު ކުރިން.. އޭނާގެ ގެހުންނަނީ މީހުންއުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި… އޭނާއަކީ ބޭހުގެ އިތުރުން ސިހުރު ހާހޫރާވެސް ހަދާ މީހެއް. އޭނާ އަހަރެމެންނާ ބެހޭ މަޢުލޫމާތު އޮޅުން ފިލުވުމަށްފަހު ބުނީ ރޭގަނޑު އަނދިރިވަންދެން މަޑު ކޮށްލުމަށް. އޭނާގެ މެހެމާނުންގެ ގޮތުގައި އަހަރެމެން އެގޭގައި ބެހެއްޓި..ރޭގަނޑު ކެއްުމަށްފހު ނިދާނެ ތަނެއް ދެއްކި..އަހަރެމެންނަށް ހޭލެވުނީ މީހަކު ޓަކި ޖަހާ އަޑަށް.. އޭރު ގަޑިން ބާރަ ޖަހަނީ… ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ މުސްކުޅި ފުރާގެ އަންހެެއް..”ސާހިބާ ބުނީ އަންހެން މީޙާ އަންނާށޭ.. ދެން ބައްޕަ މަދު ކޮށްފަ މަންމަ ފޮނުވާފިން..މަންމަ އެނބުރި ކޮޓަރިއށް އައީ ތިނެއް ޖެހިއިރު.. ބައްޕަ ހާސްވެފަ ހުރިވަރުން މަންމަ އައިރަށް ސުވާު ކުރަން ފެށިއްޖެ.. ކިހިނެއްތޯ ހެދީ.. ކީކޭތޯ ބުނީ.. މަންމަ ބުނި ގޮތުގައި އޭނާ މަންމަ ގޮވާގެން ދިޔައީ މޫދު ފެންނަ ހިސާބަކަށް.. އެއަށްފަހު ވީގޮތެއް ނޭނގޭކަމަށް.. ހޭވެރިކަން ވީ އިރު މަންމަ އޮތީ އޭނާގެ ކޮޓަރީގަ.. އަނެއްދުވަހު ހެނދުނު އަހަރެމެން ގެންގޮސްފަ އޭނާ ބުނީ ވަރަށް މަސައްކަތް ކޮށދީފިން ކަމަށް.. އެހެންނަމަވެސް ދުވަހަކުވެސް ދަރިޔަކު ނުލިބޭނެ ކަމަށް.. އެކަމަކު އަހަރެމން މާދަމާރެއަށް މަޑު ކޮށްފިއްޔާ މާދަމާރޭ ވިހާ ކުއްޖަކު ލިބިދާނެ ކަމަށް އޭނާ ބުނި.. އޭރު ދަރިޔަކު ބޭނުންވެފަ ތިބިލެއް ބޮޑު ކަމުން ދެމީހުން ނިންމީ އޭނާ ދޭ ކުއްޖަކު ގަބޫލްކުރުމަށް.. އެއީ ކޮންތާކުން ކޮންގޮތަކުން ގެނައި ކުއްޖެއްތޯޔެއްނުބަލަން….. އަނެއް ދުވަހު އޭނަ ބުނި ގަޑިއަށް ވަރަށް ލޯބި ލޯބި ތުއްތު ފިރިހެން ކުއްޖަކު އަހަރެމެންނާ ހަވާލު ކުރި.. އަދި އެކުއްޖާ އެއީ ދަރިފުޅުގެ މަންމަ ވިހެއި ކުއްޖެއް ކަމަށް ލިޔުމެއްވެސް ދިން.. އެނބުރި ހޮޓަލަށް ދިޔައީ ވަރަށްހިންހަމަޖެހިފަތިބެގެން….. ދެން އަހަރެމެން ނިންމީ ލަންކާއަށް ދާން..އެއި މީހުނަށް މިކަން ސިއްރު ކުރުމުގެ ގޮތުން.. ލަންކާ އަށް ގޮސް ގެއެއް ހިފުމަށްފަހު މަންމައާއި ދަރިފުޅަށް ތިބެވޭނެ ގޮތް ހަމަޖެއްސިން..ދެނަ ބައްޕަ އައީ މާލެއަށް..އެއަށްފހު ގޯއްޗެއްގަނެ ގެއެއް އެޅުމަށްފަހު މަންމަމެން މާލެ ގެނައީ.. މިކޮޅަށް ބަދަލު ވި އިރުން ފެށިގެންވެސް ދަރިފުޅަށް މޫދު ވަރަށް ކަމުދޭ..ފެންވަރުވަން ބިލިގާއަށް ލިޔަސް ދަރިފުޅަށް ވަރަށް މަޖާވާނެ.. އުމުރުން ހަ އަހަރުވީއިރު ވަރަށް ރަގަޅަށް ފަތަން ދަސްވެފައި ހުރީ… އަހަރެމެންނަށް ދަރއިއެއް ލިބުނުކަން އެނގުމުން މަންމަފަރާތު މާމަ އާއި ކާފަ ދަރިފޅު ދެކިލަން އަި.. އެކަމމަކު އެއީ ކިހިނެއްހޯދި ދަރިއެއްކަން އެނގުމުން އެމީހުން ވަރަށް ނުރުހުންވި..އޭގެ ފަހުން މިރަށަކަށްވެސް އަހަރެމެން ކާއރިއަކަށްވެސް ނާދޭ..އަހަރެމެންގެ ހުރިހާވެސް އުފަލަކީ ދަރިފުޅު..އަކަމަކު ހިތާމައަކީ ދަރިފުޅު ތީ ކާކަށް ކޮންގތަކުން ލިބިފަ އިން ދަރިއެއްކަންވެސް ނޭނގޭތީ.. ”

މިހެން ބުނުަމށްފަހު ހަސަނު އާލިފް ގެނެސް ދެމަފިރިންގެ މެދުގައި ބޭންދިއެވެ. އާލިފްގެ ހިތަށް ކޮންމެސް ވަރެއްގެ ހހިތްހަމަޖެހުމެއް ލިބިއްޖެއެވެ. “ކާފަމެން ނުރުހެނީ އަހރެންނާ ބައްޕަ ދެކެއެއްނުން.. އެކަމަކު މަންމަޖެހޭނުން ކާފަ ބަލި ވީމަ ދެކިލަން ދާން” އާލިފް އޯގާތެރި ކަމާއެކުގައި ބުންޏެވެ. “މަންމަ ދެން ދޭ އޮށޯވެލަން..” އާލިފް ބުންޏެވެ.. “އެއީ ތެދެއް” ހަސަނު މިހެން ބުނުމުން މަރިޔަމް މަޑުމަޑުން ކޮޓަރިއަށް ވަދެއްޖެއެވެ. “ބައްޕާ..ދެން އެކަމާ ނުވިސްނާ.. އަހަރެން މިހުރީ ހިތް ހަމަ ޖެހިފަ..އެބަ އަންނަން ވަހީދުމެން ގެއަށް ގޮއްސަ.. ” މިހެން ބުނެފައި އާލިފް ނިކުތެވެ.

ގެއިން ނިކުމެގެން އާލިފް ދިޔައީ އޭނާގެ ރަށްޓެހި ވަހީދާއި ބައްދަލު ކުރާށެވެ. ވާހީދު މެން ގެއަށް ދިޔައިރު ވަހީދ ގެއަކު ނެތެވެ. ވަހީދަށް ގުޅުމުން އޭނާ ބުނީ ކުޑަކަމެއްގައި ބުރަ ކޮށް އުޅޭވަހަކައެވެ.. ދެން އާލިފް ދިޔަޢި އޭނާގެ ހިތްހަމަޖެހުމުގެ މަންޒިލަށެވެ. ފާލަމުގެ ކޮޅަށް ގޮސް އޭނާގެ ފައި މޫދުގައި ޖެހޭ ހިސާބުގައި އިށީނދެލިއެވެ. މިހެން ހުންނަތާ އިރުކޮޅެއްފަހުން ލޮނުގަނޑުގައި ރެދަން ލާހެން އާލިފް އަށް ހީވިއެވެ. އާލިފް ރަގަޅަށް ވަށާ ހޯދާލިއެވެ. މުޅި ލޮނުގަނޑުވެސް އޮތީ ރެދަން ލާފައެވެ.                                   ދުރު ދުރުން ބޮޑެތި މަސް ފުމޭތަންފެނެއެވެ.އާލިފް ސިއްސައިގެން ދިޔައީ ފައިތިލާއިގައި އެއްޗެއް ޖެހުނުހެންހީވެގެންނެވެ.              އޭނަ ފަޔާދިމާއަށް ބަލާލިއެވެ.ވަރަށް ބޮޑުއެއްޗެއްގެ ހިޔަނިވިހެން ހީވިޔެވެ.                                    ”މިރޭމީ ކޯޗެއްތޯ ބަލާނަން” އާލިފްގެ ހިތަން އެރިއެވެ.ވަގުތުން މޫދަށް ފުށްމާލިޔެވެ.                               އަޑިޔަށް ފީނާލިޔެވެ.މުޅިލޮނުގަނޑުވެސް އޮތީ ރެދަންލާ މުލިން އެއްކުލަވެލާފައެވެ.އާލިފް ފީނަމުން ވަށައިގެންހޯދަމުން ދިޔައެވެ.            ކުރިމަތިން ބޮޑުއެއްޗެއް އަންނަހެން އާލިފް އަށް ހީވިޔެވެ. އާލިފް އަވަސް އަވަހަށް ކައިރީގައޮތް ބޮޑުގަލަކާ ނިވާވެލިޔެވެ.            އޭތިވެސް އައިސް އާލިފް ފިލާ އޮތްގަލާ ވަރަށް ކައިރީގަ މަޑުކޮށްލިޔެވެ.މިހާރު ވަރަށް ސާފުކޮން އޭތި އާލިފް އަށްފެނެއެވެ.           ”ސުބްޙާނަﷲ” އާލިފް ގެލޯ ބޮޑުވިޔެވެ. އެއީ މަހެއްނޫނެ އާދައިގެ އިންސާނުންނަށް ވުރެން ބޮޑުމީހެކެވެ. އެމީހާގެ މަތިން ފަށައިގެން ތިރިއަށް ބަލާލުމުން އިތރު ހައިރާން ކަމެއް ލިބުނެވެ. “މިއީ އިންސާނެއް ނޫންތަ؟” އެ މަޚްލޫގުގެ އުނަގަނޑުގެ ތިރީގައި ދެފައިގެ ބަދަލުގައި ވާ ނަގޫ ފަތްގަނޑު ފެނުމުން އާލިފް ގެ ހިތަށްއެރިއެވެ. އުނަގަނޑުން ފެށިގެން ނަގޫ ފަތުގެ ކޮޅާހަމައަށް ވަރަށް ބޮޑު ބޮޑު ރަންކުލައިގެ ހުޅުބު ފަތްތަކެއް ތަރުތީބުން ފެތުރިފައިވިއެވެ. މި ހައިބަތު ހުރި މަޚްލޫގު ފެނުމުން އާލިފްގެ މޭ ތެޅިލިއެވެ. އާލިފް ހުރި ތަނުން ހިރިލަންވެސް ނުކެރިފަ ހުއްޓާ އެ މޚްލޫގު ގެއްލިއްޖެއެވެ. އާލިފް އަަވަސް އަވަހަށް ފަތަމުން ފާލަމަށް އެރިއެވެ، އެއަށްފަހު އަނެއްކާވެސް މޫދަށް ބަލާލިއެވެ. މިހާރު ކުރިން ހުރި ރެދަނުގެ އަސަރެއް ނެތެވެ.                                   

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

yoona

Level 110 Stories

Other Articles

Previous

ތާރާ….5

Next

އެކުގައިވާން އެދެމޭ… 23

Next
March 14, 2014

އެކުގައިވާން އެދެމޭ… 23

Previews
March 14, 2014

ތާރާ….5

9 Comments!

  1. ainaa says:
    March 14, 2014 at 8:51 pm

    Vvvvvv reethi….. mifaharu vaahaka hama varah rangalhu keep it up…migothah liyelaa igey next part ves

  2. veera says:
    March 14, 2014 at 10:11 pm

    Vvvvvv reethi akamaku maa kuree dhen part dhigu koh genesdhe chay

  3. މަާޢީ says:
    March 15, 2014 at 9:37 am

    vvvvvvvvvvvvvvvvvvvv reethi !!! keep it up?

  4. eenash says:
    March 15, 2014 at 10:33 am

    Vavah salhi ingey devana bai avahah genasdheh chey

  5. Shoo says:
    March 15, 2014 at 3:09 pm

    Reethi anehbai ekam miyah vuren dhigukohlaa. 🙂 vaahaka varah reethi

  6. no body says:
    March 15, 2014 at 8:13 pm

    i didnt get the storyy

  7. dheena says:
    March 16, 2014 at 2:23 pm

    salhi

  8. i jez says:
    March 19, 2014 at 9:22 am

    thee amallayah hamaliyelaa vaahaka eh tha..? mibunee kurin meehaku liyefa oi vaahaka ehhey..adhi thee book shop ga vikkan hurivaahaka ehtha…

    1. i jez says:
      March 19, 2014 at 9:25 am

      varah reeethi ange…..bt than kolheh kuree bt dhig kollaa inge
      …..

Comments are closed.

Next Episodeއާލިފް 4←


All Right Reserved!