Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރީމޭ އެހެނަސް 2 ވަނަ ބައި

HEERAA Level 1
February 4, 2018 2 Mins Read
12 Comments

“ޒާން” ހިތުގެ އެއްކަނަކުން ނަމަވެސް އަހަރެންނަށް ގޮވާލެވުނެވެ. މަޑުން ނަމަވެސް އަހަރެންގެ އަނގައިން ނުކުތީ އެނަމެވެ. ބަލާލަން ބޭނުންނުވެފައި ހުރެވެސް އަހަރެން ބަލައިލީމެވެ. ދާދި ގާތުގައި ހުރީ މީގެ އެތަކެއް އަހަރެއް ކުރީންވެސް އަހަރެން ދުން ޒާންއެވެ. ފިޒާންއެވެ. ޕޮލިސް ޔުނީފޯމްގައި ޒާން ފެނިލުމުން އަހަރެންގެ ހިތް ތެޅިގަތީ އިންތިހާއަށެވެ. ޒާން އެންމެފަހުން އޭނަގެ ހުވަފެންތައް ހަޤީޤަތަކަށް ހެދީތާއެވެ. ދިރިއުޅުމައިގެން ކުރިއަށް ދާން ނޭނގިފައި މިހުރީ އަހަރެންތާއެވެ. ދެލޯ ބޮޑުކޮށްލައިގެން އަހަރެންނަށް ޒާންއަށް ބެލެމުންދިޔައީ އެމޫނުން ކަމެއް ހޯދާ އުސޫލުންނެވެ. ” އަރަންވީނު ސައިކަށް… އަހަރެން ގެންގޮސް ދީފާނަން…….” ހަމަ އެ ލޮބުވެތި އަޑެވެ. އެހެނަސް އެދިން ދަޢުވަތު ޤަބޫލުކުރަން އަހަރެން ޖެހިލުންވިއެވެ. އެއީ އަހަރެންނަށް އެތަކެއް ހަނދާންތަކެއްދީ އެކަނޑުގައި އަހަރެން ފަތަން ޖެއްސި ޒާންއެވެ. އެހާ ގިނަ ދުވަސްތަކަކަށްފަހު ޒާން ފެނުމުން އަހަރެންނަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ހިންދާލައި ދުރު ބަލައިލީމެވެ.

” ތިއީވެސް ޑިއުޓީގެ ބައެއްތަ؟ ނުދެނަހުރިން ޕޮލިހުން މިހާރު އާއްމުންނަށް ތިގޮތަށް ފޭވާރކޮށްދޭކަމަކަށް” ހިތް މަތީ ހިލަގަނޑެއް ބާއްވައިގެން ހުރެވެސް އަހަރެން ބޭނުންވީ ޒާންއާ ދެކޮޅު ހަދާށެވެ. މިވީ ހުރިހާ ދުވަހު އަހަރެން އާވާރާއެއް ފަދައިން ޒާން ހޯދަންކުރި މަސައްކަތާއި މިދެލޯ ޒާން ހޯދުމަށް އެދި ބޭގަރާރުވީ ކަމުގައިވިޔަސް އަހަރެން ހުރީ އެހާ އަވަހަށް ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

” މިބުނީނު އަރާށޭ” ކުއްލިއަކަށް ސައިކަލްގެ ހަރު ޖައްސާލުމަށްފަހު ޒާން ސައިކަލުން ފައިބައިގެން އައިސްހުރެ ކޮށްލީ އަމުރެކެވެ. އެދެލޮލުން ފެންނަން ހުރީ ގަދަ ދެއްކުމާއި ބާރުވެރިކަމެވެ. ” ތިޔައީ ޖޯކެއްތަ؟   ފެންނަހާ މީހަކު ސައިކަލު ފަހަތަށް އަރުވައިގެން ގެންދަން ޖެހޭކަމެއް ނުދެނަހުރިން…… މިސްޓަރ ފިޒާން އަހުމަދު”  ފިޒާންގެ ޔުނީފޯމްގެ ޓެގުކައިރިއަށް އިޝާރާތްކޮށްލަމުން އަހަރެން ދެންވެސް އިންކާރުކުރީމެވެ.

ވާރޭ ހުއްޓާނެ އިރެއް ނޭނގޭ…….. ޕްލީޒް އަހަންނާއެކު ހިނގާދާން…….. ކިހާ ހިސާބެއްގައިތަ ތިއުޅެނީ؟ ކީއްވެތަ މިހާ ލަސްވީމަ އެކަނި ބޭރަށް ނިކުމެގެން ތިއުޅެނީ……” ދެކޮޅު ބަލާލުމަށްފަހު ޒާން މަޑުމައިތިރި ރާގެއްގައި ބެލީ އަހަރެންނަށް ވިސްނައި ދެވޭތޯކަން އެނގެއެވެ. ” ޒާން އަށް ވަރަށް ފަސޭހަދޯ؟ އަހަރެން އެކަނި ދިޔަޔަސް ޒާން ނުޖެހޭނެ ކޮންމެހެން ….” އަހަރެން ބުނަން އުޅުނު ޖުމުލަ މެދު ކަނޑާލަން ޖެހުނީ ޒާން އަހަރެންގެ އަތުގައި ހިފައިގެން ސައިކަލަށް އަރަން އުޅުނީމައެވެ.

 

” ބުނީމަ ބުނާގޮތް ހަދައިގެން އަރާނީތަ؟ އަހަރެން ނެތިން ޢީޝް އެކަނި ބަހައްޓާފަ ދާކަށް…… ” ގޮތް ހުސްވެ ހުރެވެސް އަހަރެން ހަތިޔާރު ބެހެއްޓީމެވެ.

 

ސައިކަލް ސްޓާޓްކޮށްލައި ޒާން ސައިކަލް ދުއްވަމުން ދާންވީތަން އަހަރެން ކައިރީ އެހިއެވެ. އަހަރެންނަށް ބޭއިހުތިޔާރުގައި ރޮވެންފެށުނީ ދެނެވެ. އޭރު ވެހެމުންދިޔަ ވާރެއިން ތެމި ފޯވަމުން ދިޔައެވެ. ” ޢީޝް…. ނާހާނަންތަ .. ނާހާނަންތަ އަހަރެން އެހެން ކަންތައް ކުރީ ކީއްވެތޯއެއް؟ …….. އެނގޭ އެ ސުވާލުގެ ޖަވާބު ބޭނުންވާނެކަން………. ” ޒާންގެ އަޑުގައިވީ އަސަރެއް އަހަރެންނަކަށް ވިސްނާލާކަށް ނޭނގުނެވެ. ” މިތަނަށް ސައިކަލް ހުއްޓާ …. ނޫނީ އަހަރެން ފުންމާލާނީ…. ތެދެއް މިބުނީ….. ޒާންއަށް އެނގޭނެ އަހަރެން އެހެން ކަންތައް ކޮށްފާނެކަން” އަހަރެން ބޭނުންވީ ދުވެ ފިލާށެވެ. އަލުން ބަލުން ޒާންގެ ހަޔާތުގެ ޑުރާމާ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކުރީންވެސް ހުރިހައި ދެރައަކާއި ވޭނެއް އުފުލަން ޖެހުނީ ހަމަ އަހަރެންނަށެވެ.  މަގުގެ އެއްފަރާތަށް ޒާން ސައިކަލް މަޑުކޮށްލީ އަހަރެން އެހެން ހަދާފާނެތީކަން އަހަރެންނަށް އެނގުނެވެ. މަޑުކޮށްލުމާއެކު އަވަސްއަވަހަށް އަހަރެން ފައިބައިގެން ހިނގައިގަތީމެވެ. އެހެނަސް އެންމެ ފިޔަވަޅެވެސް އިތުރަށް ކުރިއަކަށް ނޭޅުނެވެ. އޭރު ވާރެއާ ތެމި މުޅި މީހާ ގުޑުގުޑުވެސް ލާން ފަށައިފިއެވެ.

އަހަރެންގެ އަތުގައި ހިފައި ޒާންދަމައިގަތީ ނުހަނު ބާރަކަށެވެ. ” ހީވަނީތަ ޢީޝްއަށް އަހަރެން އެހެން ހެދީ ޢީޝް ބޭނުންނުވާތީއޭ”  އަދިވެސް އަދިވެސް ޢީޝް ހާދަ ބޭނުމޭ…. އެހެނަސް އަހަރެންނަށް މަޖުބޫރޭ….. އައިއެމް ސޮރީ ޢީޝް” ނުވިސްނާ ހުއްޓާ ޒާން އަހަރެންގެ ގައިގައި ބައްދައިގަތީ ނުހަނު ބާރަށެވެ. އިތުރަށް ސިހުން ގެނުވީ ޒާން ދެން ކޮށްލި ކަމަކުންނެވެ.    …ނުނިމޭ….

Share Article

Follow Me Written By

HEERAA

Level 1

Other Articles

Previous

ކުރިން އެނގުނުނަމަ (އަށާރަވަނަ ބައި)

Next

އެހަތަރުއަހަރު..1

Next
February 4, 2018

އެހަތަރުއަހަރު..1

Previews
February 3, 2018

ކުރިން އެނގުނުނަމަ (އަށާރަވަނަ ބައި)

12 Comments!

  1. Aki says:
    February 4, 2018 at 5:27 pm

    varah furihama ekamu thankolhe kuree mi part

  2. Pinky shifoo says:
    February 4, 2018 at 5:34 pm

    Wow ❤️❤️❤️… Mi part vx varah varah reethi ???… Bt maa kury… Next part dhigukoh genesdhehchey HEERAA… Hyvey varah varah reethi vaane henn mi vaahaka ???… Waiting for next part ???

  3. heeraa says:
    February 4, 2018 at 6:58 pm

    އަހާން… ސޮރީ ދެން އޮތް ޕާޓު ދިގުކޮށްލަދޭނަން އިނގޭ… ތެންކިޔު

  4. HEERAA says:
    February 4, 2018 at 7:08 pm

    ތެންކިއު އަކީ…..

  5. Xaaaan says:
    February 4, 2018 at 8:44 pm

    Reethi ekamaku thankolheh kuree

  6. ? says:
    February 4, 2018 at 9:56 pm

    Maa kuru

  7. Jeyz says:
    February 4, 2018 at 9:58 pm

    Yeah, my friend HEERA is back

  8. Angle says:
    February 4, 2018 at 9:58 pm

    Nice but v kuru

  9. Angel says:
    February 4, 2018 at 10:41 pm

    Wow v reeti

  10. Angel says:
    February 4, 2018 at 10:48 pm

    When next part

  11. jousha says:
    February 5, 2018 at 9:27 pm

    Nice but kuru

    1. Heeraa says:
      February 5, 2018 at 9:30 pm

      Thank u

Comments are closed.



All Right Reserved!