Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..6

Uhthoo Level 210 Stories100 Comments100 Login
February 3, 2018 6 Mins Read
14 Comments

  ފިހާރަޔަށްގޮސް ފޯރީގައި ވިޔަފާރިކުރަމުން ދިޔައިރު ރީމާއާ ފާތުމަވެސް ރީމާގެ ހެދުން ތައްޔާރުކުރުމުގައި އަވަދި ނެތި އުޅުނެވެ. އެރޭގެ ޖަލްސާއަށް ހަނާ ރީމާގެ ސްޕީޗް ލޔެދީފިއެވެ. އަދި އެޖަލްސާއަކީ ރީމާއަށް ނުހަނު ހާއްސަ ޖަލްސާއެކެވެ.އެހެންކަމުން ފާތުމަ ބެލީ ވަރަށް ފުރުހަމަކޮށް އެ ހެދުން ނިންމޭތޯއެވެ. އެމީހުންނަށް އެހެދުން އެއްކޮށް ނިންމާލެވުނީ ފަސްގަޑިބައިވެބޮޑުވިފަހުންނެވެ. އަޔާޒާ އަހުނަފަށް ވެސް ގެއަށް ދެވުންއިރު ބަންގިގޮވަނީއެވެ.

ގަޑީގެ ކަށި ބުރަކަށްފަހު ބުރެއް ހަމަކުރަމުން އައިސް ޖަލްސާފެށެން ކުޑައިރުކޮޅަކަށް ވެއްޖެއެވެ. އަހުނަފާ އަޔާޒު މަޑުކޮށްގެން ތިބީ ޖަލްސާހޯލުގެ ބޭރުގައެވެ. އޭރުވެސް ދައުވަތު އެރުވިގެން އަންނަމީހުންގެ އިތުރުން އެކުލާހުގެ ބެލެނިވެރިންނާ ކުދިން އަންނަމުންދެއެވެ. އަޔާޒުގެ ލޯއަމާޒުވީ ދޯރާށިންވަދެގެންއައި ރީމާ ފެނުމުންނެވެ. ގަދަފިޔާތޮށިކުލައިގެ ކުޑަވަރެއްގެ ވެޑިންގް ޑްރެސްއެއްގައި ހުރި ރީމާ މިރޭ ހީވަނީ ޝާހީ އާއިލާއެއްގެ އަމީރާއެއްހެންނެވެ. އަބަދުވެސް އިސްތަށިގަނޑަށް މިނިވަންކަން ދީފައި އޮންނަ ރީމާ މިރޭ ހުރީ ބޮލަށް ހުޅިއެއް ޖަހާ އެކިގޮތްގޮތް ހަދާފައެވެ. އެހެން ހުރުމުން އަދި ވަކިން ލޮތްބެވެ. އެހެރަ ރީތިކަމަކާއެވެ. އުޑުގައިވާހައި ތަރިއެއް ލަދުން ކުލަފަނޑުވެއެވެ. އެ ދިގުއެސްފިޔަތަކުގެ ރަސްގެފާނަށްވާން އަޔާޒު ނުހަނު ބޭނުންވިއެވެ. އެ މަލިކާގެ ޖާދުވީބެލުމާއިގެން އައިސް އަޔާޒުގެ ކުރިމަތީ ހުއްޓެމުން އަޔާޒާ ވާހަކަދެއްކިއެވެ. “ހައި… ނައިސް..ބޮތް އޮފް ޔޫ ލުކް ހެންސަމް.” ރަކި ފާޑަކަށް ހީގަނެގެން ހުރެ ރީމާ އެހެންބުނެލިއެވެ. ފާތުމަވެސް ބާރަކަށް އައަސް އެމީހުންކައިރީ މަޑުކޮށްލިއެވެ.

ފުރަތަމަ އޮތީ ފޮޓޯ ނެގުމެވެ. އަޔާޒާ ރީމާގެ އިތުރުން ފާތުމައާ އަހުނަފްވެސް ފޮޓޯ ނެގިއެވެ. އެރޭގެ ހަނދާނެއްގެ ގޮތުންނެވެ. ކެތްތެރިކަމެއްނެތި އަޔާޒު އިންތިޒާރު ކުރަމުން ދިޔައީ އެ ޖަލްސާ ނިމޭނެއިރަކަށެވެ. ޖަލްސާ ނިމިގެން އޮތީ ބިލަތް މީރުކުރުމެކެވެ. ފޯރީގައި ކްލާސްކުދިންގެ އިތުރުން އެމީހުންގެ ބެލެނިވެރިންނާ ޓީޗަރުންގެ އުފާވެރިއެ ވަގުތުކޮޅުން އެކަކު އަނެކެއްގެ ގުޅުން ވަރުގަދަކަން އެބަހާމަވެއެވެ. ރީމާއާ އަޔާޒުގެ އިތުރުން ފާތުމައާ އަހުނަފްވެސް ކާންތިބިއިރު ސުކޫލުގެ އެކި އެކި ވާހަކަ ހިއްސާކުރަމުން ދިޔައެވެ.

އަހުނަފް މަޑުމަޑުން އެއްކައިރިއަކަށް ޖެހެމުންގޮސް ސްކޫލުގެ ދޮރާށިން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. “ކޮބާ އަހޫ؟” ރީމާ އެކަން ފާހަނގަ ކޮށްލިއެވެ. “ނޭނގެ މިތާވެއްޖެ ކޮންމެސްތާކު..؟” އަޔާޒު އެހެންބުނެ ދުރަށް ޖެހިލީ ފޯނެއް އައުމުންނެވެ. ސުކޫލުގެ ބޭރުގައި ހުރި އަހުނަފްގެ ފޯނެކެވެ. “ބްރޯ މަމި ނައްޓާލީ އިންގޭ.. ފުރަތަމަ އަޔާ ނިންމާގޮތަށް ދޭބަލަ މާބޮނޑި އޮންނާނީ ގޭގަ…އެ ހިފައިގެން އަންނަންވާއިރަށް އަހަރުމެން ރީ ގެއަށް ގެނެސް ސަޕްރައިޒް ކުރުވާނަން ..އޯކޭ..” އަޔާޒުގެ ހިތް ތެޅިލީ ނުބައިގޮތަކަށެވެ. “އޯކޭ މޭން މީތި ސަކްސެސްފުލް ވާނެ ގޮތަށް ކުރައްޗޭ..” ފޯނުގައި ހުރެ ދުރުގައި ހުރި ރީމާއަށް ބަލަމުން އަޔާޒު އެހެން ބުނެލިއެވެ. “ތި އޭ.. ދެން އޯކޭވާނޭ..” އަހުނަފް އެހެންބުނެ ފޯނު ބޭއްވިއެވެ.  އަދި ރީމާމެންގެގެއަށް ދާން ހިނގައިގަތެވެ. އަހުނަފަށް ނޭނގުނަސް ޖެހިގެން ހުރި ގޯޅިކަންމަތީ ހުރިސައިކަލެއްގެ މަތީ މީހަކު އެބައިނެވެ. އެމީހާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ އަހުނަފަށެވެ. އަހުނަފް ގޮސް ގޯޅިއެޅި އިރުވެސް އެމީހާއެ އިންގޮތަށް އިނެވެ.

ހަނާ އަވަދިނެތި އުޅުނީ ބަގީޗާތެރެ ތައްޔާރުކުރުމުގައެވެ. އެމީހުންގެ ރޭވުމުގެ ދަށުން މިރޭ އަޔާޒު ރީމާއަށް ލޯބިހުށައަޅާނެއެވެ. އެކަމަށްޓަކައި ހަނާ އެއުޅެނީ އެތަން ރީތިގޮތަކަށް ތައްޔާރުކުރާށެވެ.ކުޑަ ބްލޫޓޫތް ޑިވައިސްއިން ހަނާ ލަވައެއް ޕްލޭކޮށްލިއެވެ. ހުރިހާކަމެއްވެސް ގާތްގަނޑަކަށް ނިމުނީމެވެ.އެންމެފަހުކަމަކަށް އަނބުގަހުގެ ތިރީ ގޮފިގަނޑެއްގައި ރަތްކުލައިގެ ފޮތިތަށް އައްސަން ހަނާ ހަރުގަނޑަށް އަރައި ހުއްޓައި ފޮތިގަނޑުމައްޗަށް އެރުނު ގޮތަށް  އަރިއަޅައިލިއެވެ. އެވަގުތަކީ އަހުނަފް އައިސް އެގެއަށް ވަންވަގުތުކަމުން ފެނުން މަންޒަރުން ދުވެފައިކަހަލަ ގޮތަކަށް އައިސް  އެދެއަތުގެ ބާރުން ވެއްޓެންދިޔަ ހަނާ މަތަކުރިއެވެ. އޭރު ހަނާ އޮތީ އަހުނަފްގެ އަތުތެރެއަށް ރަނގަޅަށްވެސް މެހިފައެވެ. ދެލޯމަރާފިއްތައިގެން އޮތްހަނާ މަޑުމަޑުން ލޯހުޅުވާލިއެވެ. އަހުންފްގެ ހޫނު ނޭވާތަށް ހަނާގެ މޫނަށް އެޅެމުންދިޔައެވެ.ހަނާގެ ހިތުގެ ވިންދު އަވަސް ވިއެވެ. ނުވިސްނައިހުއްޓައި މިވީ ކިހިނެއްބާއެވެ. އަހުނަފަށްވެސް ވީގޮތެއްނޭނގުނެވެ. އެހައިކައިރިން އެބޮޑު ދެލޯ ފެނުމުން ނޭނގޭކަހަލަ ޝުޢޫރުތަކެއް އުފަންވެ ހިތަށް ކޮންމެސްވަރެއްގެ ޒަލްޒަލާއެއް އައިފަދައެވެ.މިވަނީ ކީއްބާއޭ ހުދު އޭނާ އަމިއްލަ ނަފްސާވެސް ސުވާލުކޮށްލެވުނެވެ. ތަގްދީރު އޭނާއާ ހަނާ ގާތްކކުރަން މަސައްކަތް ކުރާހެން ހީވަނީއެވެ. އަދި އެކަން ކާމިޔާބު ވާހެންވެސް ހީވަނީއެވެ. ހަނާގެ ތޫނުބެލުންތަކުގައި ރަނގަޅަށްވެސް އަހުނަފް ގައިދުވެފައިވިއެވެ. ޕްލޭވިލަވަޔަށް ރަނގަޅަށްވެސް ދެމީހުން ފިޓް ވެއެވެ.  *ފެނިލުމުން ހިތްފުރިގެންދޭ..*ބެހިގެން އޮޔާއެކު ވިންދުދޭ..*އަތުގައި ހިފާލާށޭ..*ދޫކޮށް ނުމެލާނަމޭ…*އެދިގެން ހުވާ މަކުރާނަމޭ ހުންނަން ގާތުގައި ވައުދުވަމޭ…*ހިތާއޭ މަގޭ..*ނިދިވެސް ގެއްލުވައިލައިފިޔޭ..*ހުވަފެންތަކުން ތިޔަނޫން މޫނެއް ނުފެނޭ..*ކަޅި ހުއްޓިފައި ބަލަންހުރިން ހިތްހުއްޓިދާ ވަރުކޮށްލައޭ..ކަލާ……….ދެމީހުންނަށް ހަމަހޭވެރިކަންވީ އެތާ އެލުވައިފައިވާ ފުއްޕާހަންތަކުން ހަމެއްފަޅައިގެންދިއުމުންނެވެ.   ދުރުވެލަމުން އަހުނަފް މޫނަށް ހަރުކަށިކަންވެރިކުރުވަމުން ބުނެލިއެވެ. “ބަލައިގެން އުޅެބަލަ..އަހަރެން ނައިނަމަ ހަނާގެ އަތެއް ނޫނީ ފައެއް ބިނދިފަ އޮންނާނީ މިރޭ..!” އަހުނަފް އަނެއްފަރާތަށް އެނބުރި އެތަނަށް ނަޒަރެއް ދިނެވެ. ހަނާ އަސްލު ހާދަ މޮޅެވެ. އެ ފުރިހަމަ މާހައުލު ރީތި ކޮށްފައިއެވަނީ ހަނާ އެކަނިންނެވެ. ވަރަށް ފުރިހަމައެވެ. “މިކަންތަށް ކޮށްލަދޭންވީނު..” މަޑުމަޑުން ހަނާ ފުރަތަމަ ފަހަރަށް އަހުނަފާ ރީއްޗަށް ވާހަކަ ދެއްކިއެވެ. އަހުނަފްވެސް އެކަން ފާހަނގަ ކުރިއެވެ. އަދި އެތާ ފޮތިތަށް އެލުވުމުން ވަކިން އެތަން ފުރިހަމަވެފައި އެތަން ނުހުނު ރޮމެންޓިކްވެސްމެއެވެ. އަހުނަފްގެ ފޯނު ރިންގްވާންފެށިއެވެ. ” އޭ މަ ނައްޓާލީމި ތިގެއަށްދާން މިހާރު ރީމެން ގޮއްސި އިރުކޮޅެއްތެރޭ ވަންނާނެ ގެއަށް ރެޑީގަތިބެއްޗޭ..” އަޔާޒު އެހެން ބުނުމުން އަހުނަފް ފޯނު ކަނޑާލިއެވެ.

އަވަސް އަވަހަށް ހަނާ އަށް ސިގްނަލް ދެމުން ގޭތެރެއަށްވަނެވެ. ހަނާވެސް ގޭތެރެއަށް ވަދެ ބޭރުގެ ހުރިހައި ލައިޓެއް ނިއްވާލިއެވެ. ބޭރުން އެތެރެއަށް ވަންނަން އައި ރީމާ ހުރީ ފާޑެއްގެ ބިރެއްގަނެފައެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ ފާތުމަވެސް ގެކައިރިން ފެނުން ރައްޓެއްސަކާ ވާހަކަދައްކަން ހުރިގޮތަށް ހުރީއެވެ. އެހެން ހުރެފައި ރީމާ ކައިރި ލަސްވާނޭ ދާށޭބުނެލީއެވެ. އެއީ ރޭވުމެއްކަން ނޭނގި ރީމާ އެއައީއެވެ. ދޮރާށިން އެތެރެއަށްވަނުމުން ހިތުގައިވި ބިރުވެރިކަން އިތުރުވީ ހުރިހައި ލައިޓެއް ނިވާފައިވާ އަނދިރި ގޯތިތެރެ ފެނުމުންނެވެ. އަނބުރާދާން ވެސް ހިތަށް އެރިއެވެ. ނަމަވެސް ނުކެރުނެވެ. މަޑުމަޑުން އެތެރެއަށް ދެތިން ފިޔަވަޅު އަޅާލުމާއެކު ބަގީޗާތެރޭގައި ހުރި މޭޒެއްގެ މަތިން ރަންކުލައިގެ ކުދި އުއްބައްތިތަކެއް ދިއްލުނެވެ. އެ މޭޒާކައިރިއަށް ގޮސް ގޮސް ހުރި ރީމާ ހުއްޓުން އެރީ ފަހަތުން އަޔާޒުގެ އަޑުއައުމުންނެވެ.

“*ހުވަފެނުންވެސް ތިފަދަ ފަރި މޫނެއް ނުދެކެމޭ ހަމަތެދޭ………*ހުވަނދުކޮށްފިޔެ ހިތްތިޖިސްމުގެ  މީރުވަސް ޖެހުމުންތެދޭ…… *ރީތިފަންމިންޏެއް ތިހައި ފުރިހަމަ ދެވަނަ ނުމެވާނެޔޭ………*ރީތިފަރި ހަރަކާތްތަކުން ހިތްމަސްތުކޮށްފިޔެ މީތެދޭ……… *ކޮންމެވިންދެއްގައިވަނީ ތިޔަ ލޯބިއެކުލެވިފައިމެޔޭ…….*ކޮންމެ ނޭވާއެއްލެވޭ ހިނދުވެސް ތިނަން ކިޔެމުންދެޔޭ…… *ހަށިގަނޑާއިފުރާނަޔަށްވުރެވެސް ކަލާދެކެ ލޯބިވޭ……..*ހަށިފަނާވެދިޔަސް މިހިތުގައި ލޯބިދިރިހުންނާނެޔޭ……. *ބޭނުމީލޮތްބައްޓަކައި މުޅިޖާނު ގުރުބާންކޮށްލުމޭ……*ބޭނުމީ މިހިތުގެ ލެއިން ލޯބީގެ ނަންއަދު ލިޔެލުމޭ……… *އިޝްގުގައިއަހަރެން ހަނާވެދިޔަސް އެކީގައި ވާނަމޭ……..*ޖިސްމުރޫޙާ ނެތިވެދިޔަޔަސް އެކީގައި ވާނަމޭ………        ރީމާހުރީ ލިބުނު ޝޮކުން ގުޑިލަންވެސް ނުކެރިފައެވެ. އަޔާޒު އިނީ ބިންމަތީ އެއްކަނކޫ ޖަހައިގެން މާބޮނޑިއެއް ރީމާއަށް ދިއްކޮށްގެންނެވެ. އަދި އެވެސް ރީމާގެ ފެވްރިޓް ރަތްފިނިފެންމަލެވެ. އަޔާޒު ދުލުން އެކިޔާލި ލޯބިވެތި ބަސް ކޮޅަށްފަހު ވާހަކަ ދައްކަންފެށިއެވެ. “ރީ… އަހަރެންގެ މީހަކަށް ވާންވީނު.. އައި.ލަވް.ޔޫ…..” އެހެން ބުނުމާއެކު އަތްތިލަބަޑީގެ އަޑު އިވުމުން ދެމީހުންވެސް ބަލައިލިއެވެ. ގޭ އެންމެން ކަހަލަ ގޮތަކަށް އެތާ ތިއްބެވެ. އަޔާޒުގެ ބައްޕަވެސް އުންމީދުކުރި އެގުޅުން ޔަގީންވުމުން ހުރީ އުފަލުން ފެންކަޅިވެފައެވެ. “ކޫ… ސޭ ޔެސް….” ހަނާއަށް ނުހުރެވިގެން ގޮވާލިއެވެ. ރީމާ ލަދުން އިސް ޖަހަމުން އެމާބޮނޑީގައި ހިފިއެވެ. އަދި ގޮސް ރީމާ އެމޭޒުގައި ބޭންދިއެވެ. ބަލަންތިބި އެންމެންވެސް އެދެމީހުންނަށް ވަގުތުކޮޅެއް ހަދިޔާކުރަމުން ގޭތެރެއަށްވަނެވެ. އަޔާޒުގެ ބައްޕަ އެންމެނަށް ގުޑްނައިޓް ކިޔަމުން ގެއަށްދިޔައީ ބޮލުގައި ރިއްސާތީއެވެ.

“އަދިވެސް ރީ ނުބުނަމެއްނު ޖަވާބެއް..” މާބޮނޑިއަތުލުމުން އެބުނީ އާނއެކޭކަން އެނގުނަސް އަޔާޒުބޭނުންވީ ރީމާގެ ދުލުން އެހެން ބުނާ އަޑު އަހާލާށެވެ.

“ހެހެހެހެ……” ރަކި ހުނުމަކާއެކީ ރީމާ އިސްޖަހާލިއެވެ. “ޔެސް .. އަމް އޮންލީ ޔުއަރސް… އައި ލަވް ޔޫ ޓޫ…” ރީމާވެސް ފާޅުކޮށްލިއެވެ. އަޔާޒަށް މުޅިދުނިޔެ ލިބުން ފަދައެވެ. “އަހަރެން ވަރަށް އުފާވެއްޖެ.. ރީމާ ކިޔަވަން ބޭނުންވަރަކަށް ކިޔަވަން އަހަރެން ފުރުސަތުދޭނަން…އުންމީދުކުރަން ރީމާ އަހަންނަށްދުވަހަކުވެސް ބޭވަފާތެރި ނުވާނެކަމަށް… އަހަރެންގެ އެންމެފަހު ނޭވަޔަށްދާންދެންވެސް އަހަރެން ރީމާ އުފަލުގަ ގެންގުޅޭނަން…އަހަންނަށް އިތުބާރު ކުރަށްޗޭ….!” ލޯބީގެ ބަސްކޮޅެއް ނަމަވެސް މުހިންމު ލަފްޒުކޮޅެކެވެ. ރީމާގެ ފިނިއަތުގައި މަޑުމަޑުން ހިފާލި އަޔާޒުގެ އަތްވެސް ގަނޑުފެންކޮޅެއްހައި ފިންޏެވެ.  އިތުރު ވާހަކައެއް ނުބުނެ ސިކުންޓު ކޮޅެއް ދިޔައެވެ. އަޔާޒުގެ ހިތް ރީމާއަށް އަދި ރީމާގެ ހިތް އަޔާޒަށްދެވި ލޯބިވެރިންގެ ލިސްޓުގައި ދެނަން ލިލެވިއްޖެއެވެ. “ތޭންކްސް ފޯރ ބީންގް މައި ގާރލް….. ދެން ހިނގާ މިހާރު މާ ލަސްވެއްޖެ…” ލޯބީގެ ދުނިޔޭގައި ފިޔަޖަހަމުން ދިޔަ ދެމީހުންގެ އުފާވެރުކަން ކޮޅުންލާފައިވިއެވެ. ދެން އަންނަން އުޅޭ ތޫފާނުގެ ހިލަމެއްވެސް އެދެމީހުންނަކަށް ނުވެއެވެ. އަޔާޒާ ރީމާގޮސް ގޭތެރެއަށް ވަނުމުން ގޭތެރޭތިބި އެންމެން މަރުޙަބާ ކިޔެވެ. އަދި ބައްސައަހައިގެން އުޅުމަށް ފާތުމައާ ފިރާގު ނަސޭހަތްތެރިވިއެވ. އިރުކޮޅަކުން އަހުނަފާ އަޔާޒު ގެއަށްދާން ނުކުތެވެ

ރީމާވެސް ކޮޓަރިއަށްވަދެ އެއްޗެހިބަދަލުކޮށްގެން އެނދަށް އަރައި އިށީންނަމުން އެނދުމަތީގައި އޮތް ޕާރުސްލް ކަނޑައިލިއެވެ. އެއީ ރީމާ ކޮޓަރިއަށްވަނުމުން އެނދުމަތީގައި އިންދާފެނުން އެއްޗެކެވެ. އަޔާޒުދިން ހަދިޔާއެއްކަން އެނގުނީ އޭގައި ލިޔެފައި އޮތީމައެވެ. ކުޑަ ފޮއްޓެކެވެ. އޭތި ހުޅުވާލުމުން އަމިއްލަޔަށް ރާގެއްޖެހެމުން އޭގައި އިން ދެމީހުން ނަށަން ފަށައެވެ. ރީމާ އެޔާ ނުހަނު ގަޔާވިއެވެ. އޭތި އެނދުމަތީ ބަހައްޓަމުން އަޔާޒުދިން މާބޮނޑި ނަގައި ވަސްބެލިއެވެ. ލޯމަރާލަމުން އޮށޯވެލީ ބޮކީގެ އައްޔަށް ދީވާނާވެފައިވާ ޕަރުވާނާއެއްހެންނެވެ. ރީމާ ހިތާހިތާ ސުވާލުކުރަމުންދިޔައވެ. މިވެވެނީ ލޯބިބާއެވެ. މިހިތަށް މިވާވަރު ބަޔާންކުރަން ބޭނުންވިޔަސް އެކަމަށް ދޫ ނުކުޅެދުނީކީއްވެބާއެވެ. ލޯބީގެ ވާގަނޑުގައި އަޔާޒު ގޮށެއްޖެހިއިރި ރީމާއަށްވެސް ގޮށެއް ޖެހެން ވާނެނޫންހެއްޔެވެ. އެ ފުންކަނޑުން ސަލާމަތް ނވެވިގެން އޮއްވައި ރީމާގެ ފޯނު ރިންގްވާންފެށިއެވެ. ޔަގީނެވެ. އެގުޅަނީ އަޔާޒވެ. ފޯނު ނަގާކަށް ނުކެރޭނެއެވެ. ފޯން ރިންގްވެފައި ކެނޑުނެވެ. އަނެއްކާވެސް ފޯން ރިނގްވާންފެށިއެވެ. އަޔާޒު ގުޅިޔަސް ގުޅާނީ އެއްފަހަރުއެވެ. އެހެންނޫނަސް އެގަޑީވަރަށް އޭނަޔަށް އަޔާޒު ނުގުޅައެވެ.

ރީތިވާމޭޒުމަތީގައި އޮތް ފޯނުނެގުމުން ރީމާގެ މޫނަށް ހައިރާންކަން ވެރިވީ އަހުނަފްގެ ނަން ފޯނުގެސްކްރީނަށް އަރައިފައި އޮތްތަންފެނުމުންނެވެ. “ހަލޯ އަހޫ…” ހައިރާންކަންވެރިވެފައިވާއަޑާކުން ރީމާ ވާހަކަދެއްކިއެވެ. “ހަނ ހާނ.. އެ އެ .. ރީ..  ކޮންތާކު ތިހިރީ…؟ގޭގަ.. ދޯ…” އަހުނަފްގެ ހާސްކަންވެރިވެފައިވި އަޑުން ވަރަށް ބޮޑުކަމެއް ވެއްޖެކަން ރީމާގެ ދެވަނަ ހިއްސު އަންގަމުންދިޔައެވެ. “އަހޫ.. ކިހިނެތްވީ…؟” ދެން އިވުނު ޖުމްލަ ރީމާގެ ކަންފަތަށްއަޑުއިވިގެން ދިޔައީ ހޮނު ގުގުރިއެއްފަދައިންނެވެ. ހިނދުކޮޅެއްތެރޭ ކަންފަތުގައިހުރި ފޯނުވެއްޓިގެންދިޔައެވެ. ހަނާއައިސް އެކޮޓަރިއަށް ވަންއިރު ރީމާ ހުރިތަނަށް ތިރިވިއެވެ. ހަނާ ރީމާ ހިފަހަށްޓާލިއެވެ. ނަމަވެސް ރީމާ ކޮންޓްރޯލް ނުވިއެވެ. ލިބުނު ޚަބަރުން ދެފައިން ވަރުދޫވީއެވެ. އެހެންނުވާންވީކީއްވެހެއްޔެވެ؟ އޭނާގެ މުޅި ދުނިޔެ އަނެއްފުށަށް ޖެހިގެން ދިޔައެވެ. ދެންމެ ބިނާކުރެވިގެންދިޔަ ގަނޑުވަރު ހިނދުކޮޅެއްތެރޭ ބިމާހަމަވީއެވެ. އެންމެ ފުރަތަމަ ވީ ލޯބީގެ ކުރިލައި ހެދެންފެށިގަސް ބަޔަކު ބުޑުން އުފުރާލީއެވެ. ހަޔާތުގެ ބާކީބައި ހޭދަކުރާނޭ ހިތްވަރެއް ދެން އޭނާއަށް ކުރެވޭނެހެއްޔޭވެ؟ “ކޫ.. ހިތްވަރުކުރޭ…” ހަނާގެ ލޮލޮން ހޯސްލައިފައި ކަރުނަ ފައިބައިގަތެވެ. ހުރިހަމައެކަނި ލޯބިވާ ދައްތައަށް ލިބުނު ހިތާމައިގެ އިތުރުން ހުރީހަމައެކަނި ބޭބެއަށް ވީގޮތް ހިތަށްއަރައި ހަނާ ހަމަ ރަނގަޅަށްވެސް ރޮވުނެވެ. ފާތުމަވެސް އެތަނަށް އައެވެ.  ފެނުނުމަންޒަރުން ފާތުމައަށްވެސް ރޮވުނެވެ. ހިތްވަރުކުރެވޭނެހެއްޔެވެ؟ ރީމާގެ މަގާމުގައި ހުދު އޭނާ ހުރިނަމަވެސް ވާނީހަމައެހެންނެވެ. އެހައި ދުވަސްވަންދެން އެކުއުޅެ އެއްތަށްޓަކުން ކައިބޮއެ ހެދި ދެމީހުންގެ ވަކިވުން މިހެން އައިސްދާނެކަމަކަށް އުންމީދު ކުރާނީވަކިކާކުހެއްޔެވެ؟ “ހިނގާ ދާން..” ފިރާގު ފާތުމައަށް ބުނެލިއެވެ. ފާތުމައާ ހަނާ ރީމާ އތުލަފިކޮށްގެން ގޮސް ކާރަށް އެރިއިރުވެސް ރީމާ ހީވަނީ ޗާބީ ދީފައިވާ ބުދެއްހެންނެވެ.

ކާރުގޮސް ހޮސްޕިޓަލުގެ ދޮރުމައްޗަށް މަޑުކުރުމުން ރީމާ ހަމަހޭވެރިކަންވެ އަވަސް އަވަހަށް ނުކުތެވެ. އަދި އެހެންމީހަކަށް އިންތިޒާރުކުރުމެއްނެތި އަވަސްވަރުވާ ދޭ ކޮޓަރީގެ ކުރިމަތީގައި ތިބި އަހުނަފާ އިޝާމާ ދިމާއަށް ދުއްވައިގަތެވެ. “އަހޫ.. ކޮބާ އަޔާ…؟ ކިހިނެއްތަވީ އަޔާއަށް… މިއަހަނީ ކިހިނެއްހޭ އަޔާއަށްވީ… ޖަވާބުދޭންވީ…އަހޫއަކަށް ނޭނގޭތަ އަހަރެންނަށް ކުރާނެ އަސަރެއް… ” އަހުނަފަށް ބުނާނެ އެކަށްޗެއްވެސް ނޭނގުނެވެ. ރީމާ އަހުނަފްގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން ހުރެފައި ހުރިތަނަށް ތިރިވެވުނީ ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “އަހޫ ބުނީ.. ދެމީހުން މަގުމަތިން އަންނަނިކޮށް ބާރު ސްޕީޑްގައައި ކާރެއް އައިގޮތަށް އަޔާޒު ގައިގަ ޖެހުނީޔޯ.. ފިރާ މަގޭ ދަރި… ޑޮކްޓަރ މާލެ ގެންދާކަށްވެސް އެއްބަހެއް ނުވި އަހަރެން ޑޮކްޓަރުންގެ ޓީމެއް ހަޔަރ ކޮށްފިން އެކޮޅުން އެމީހުން 5 ވަރަކަށް މިނެޓްތެރޭ އަންނާނެ މިކޮޅަށް…..” ފިރާގުކައިރީ ހުރި އިޝަމަށް ރަނގަޅަށްވެސް ހުރީ ރޮވިފައެވެ. ފިރާގު އިޝާމްގެ ބުރަކަށީގައި ފިރުމާލިއެވެ. ރީމާ ބިންމަތިން ނަގަމުން ފާތުމަ ހިތްވަރުކުރަން ބުންޏެވެ. ގޮނޑިބަރީގައި ރީމާ ބޭންދިއެވެ. ނަމަވެސް ލޯބިވާ އެންމެ ގާތް ހިޔަނިހެން ކައިރީގައި އުޅޭ މީހާ އެއޮތީ މަރުގެ ތުންފަތްމަތީގައެވެ. ކެތްވާނެ ހެއްޔެވެ؟…

ހަނާގެ ކޯތާފަތްމަތިން  ކޯރެއްހެން ހޯސްލައިފައި ކަރުނަ ފައިބަފައިބާ ހުއްޓެވެ. ދުވެފައިގޮސް ދުރުގައި ހުރި ތަނބުގެ ފުރަގަހަށް ވަނީ ރަނގަޅަށް ރޯލާ ހިތުންނެވެ. އަދި އޭނާގެ ރުއިން ރީމާއަށް ނުދައްކަންވެގެންނެވެ. އަހުނަފަށް އެމަންޒަރުފެނުމުން ހަނާގެ މައުސޫމްކަމަށް ހަމްދަރުދީވެވުނެވެ. ފަހަތުން ގޮސް ހަނާއާ ކުރިމަތިލިއެވެ. އަދި ރޯލަރޯލަ ހުރި ހަނާގެ ކަރުނަތަށް ފޮހެ ދިނެވެ. ނުރޯން އެދުނެވެ. ހަނާއެހެން ރޯތަން ފެނުމުން އަހުނަފުގެ ހިތަށް އަސަރުކުރީއެވެ. “އަހުނަފް ގެ ލޮލުން ވެސް ކަރުނަ ފާޅުވޭ އެބަ.. އަހުނަފްވެސް ދެން ނުރޮއްޗޭ..” ހަނާ މައުސޫމް އެ ޖުމްލައިން ނުތަނަވަސްވެފައިވި އަހުނަފަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ޑޮކްޓަރުންގެ ޓީމް އައިސް ފަރުވާދޭންފެށިފަހުން 1ގަޑި އިރުވެއްޖެއެވެ. ނަމަވެސް ކެތްތެރިކަމެއްނެތި އެތާތިބި އެންމެންވެސް އިންތިޒާރު ކުރަމުން އައީ ޑޮކްޓަރުންގެ ބަހަކަށެވެ. ދަންވަރު ގަޑިން 2 ޖަހަންކައިރިވިޔަސް ނިދި ލޮލަށް އަންނާނެ ހެއްޔެވެ. އަޔާޒަކީ އެންމެންގެ ލޮލުގެ ނޫރުފަދަ މީހެކެވެ.  ޑޮކްޓަރެއް ނުކުތުމުން އެންމެން އެއްފަހަރާ ގޮސް ކައިރިވެލިއެވެ. “އޮޕަރރޭޝަން ކާމިޔާބު.. އެކަމް…” “އެކަމް ކިހިނެއްވީ..” ކެތްތެރިކަން ކޮޅުންލާ ހިސާބަށްގޮސްފައިވުމުން ހަނާ އަހައިލިއެވެ. “އެކަމް ޕޭޝަންޓްގެ ހާލަތު ވަރަށް ދަށް…………………………………………….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ނޫރު (އެއްތިރީސްވަނަ ބައި)

Next

ކުރިން އެނގުނުނަމަ (ސަތާރަވަނަ ބައި)

Next
February 3, 2018

ކުރިން އެނގުނުނަމަ (ސަތާރަވަނަ ބައި)

Previews
February 2, 2018

ނޫރު (އެއްތިރީސްވަނަ ބައި)

14 Comments!

  1. Angel says:
    February 3, 2018 at 1:18 pm

    Wow v reeti mi partvaxx. I luv this story… when next part.???

    1. thuhoo says:
      February 3, 2018 at 2:57 pm

      Tomorrow inshallah.. thooge aneh story ge ehvanabai mirey up vaanee inshallah…ok dhw?

    2. thuhoo says:
      February 3, 2018 at 4:59 pm

      Thanks Angel ❤️ tomorrow ga?

  2. Pinky shifoo says:
    February 3, 2018 at 1:42 pm

    Very nice mi part vx… ??.. Alhey ayaa ragalhu kohdhehchey thuhoo… Eagerly waiting for the next part… Keep up the good work… ???

  3. Icy♡ says:
    February 3, 2018 at 2:15 pm

    Wow
    Vrh vrh vrh reethi
    ☆♡☆♡☆♡

    1. thuhoo says:
      February 3, 2018 at 2:48 pm

      Heeves nukuraa gotheh dhw mivee.. kihineh vaneee mi … Dhn Vs othee varah ehnkahala part eh…

    2. thuhoo says:
      February 3, 2018 at 5:01 pm

      Thanks Icy?❤️

  4. Jeyz says:
    February 3, 2018 at 4:42 pm

    Ayaaz maru vefa Reemaa ehen mee hama gulhuveema reehcheh nuvaane story eh Jeyz heekuraa gothuga any way story hama obiness to the max nxt prt and kuri ah huri prt thah ves mistakes filuva fa liyahchey.ly dear ❤❤❤

  5. thuhoo says:
    February 3, 2018 at 4:51 pm

    Jeyz story dhaanee jeyz thi heekuri gothuge Kuda thankolheh vahtharu koh.. ayaaz maruveema story hadivaanennu.. next part aima dhw vaagoih ingeynee.. let’s see dhw .. thanks for tht ❤️❤️ the mistakes dhw.. try kuraanan dhn ahna part ga ehvs mistake eh nuliye veythw

  6. thuhoo says:
    February 3, 2018 at 4:57 pm

    Don’t worry ayaaz mareh nuvaane ?

  7. Reader says:
    February 3, 2018 at 7:10 pm

    You don’t need to tell that actually…. Eyrah readers will be curious to know what’s going to happen

  8. thuhoo says:
    February 3, 2018 at 7:29 pm

    yu r ryt. Ekam Just ehn buneliyakas I think eythi dhaane baivaru goihh goihh ehbhuri dhw.maru nuviyas ehnkahala bodu kanthah gandeh vs laigenfaane dhw dhn .. just ehn bunelee eyna maruvedhaane kamah heekoh thi readers foohivedhaanethee.

  9. Xoo says:
    February 4, 2018 at 5:53 pm

    Varah varah loabi anehbayah hama kehmadhuvefa now.. I love this story… ????❤❤❤ hope so ayaax marunuve ithurah furihama vaanekamah… Vrhaka liyumaky my hobby.. V heart touching… Adhi kiyunu vaahaka thakah balaa iru vx v furihama… Iskan dheynvee mistakes rangalhu kurumah… Human makes mistake thats not a problem dhw thuhoo. Gaboolu kuran liyaa iru ehaa varah nubelidhaane… Btw keep it up v v v reethi

    1. thuhoo says:
      February 4, 2018 at 7:41 pm

      Thanks xoo. Mistakes ah varah balaanan dhn inshallah. Thoo amihla haadhisaa akah liyaa furathama story mee. It’s my hobby too darlin❤️? hope dhn anna bayah wait kuraane kamah it’s really gonna make every one cry fahun. Thanks again for understanding the mistakes ❤️

Comments are closed.

Next Episodeލޯބިއެހެނަސް..7←


All Right Reserved!