Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (ބާރަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
February 1, 2018 7 Mins Read
24 Comments

އިލްހާމް ސިކުނޑީގައި ކަންތައްތައް ރާވާލަމުން ނަޒީލަށް އެންގީ މައްޗަށް ދިޔުމަށެވެ. އިލްހާމް ފުންނޭވާއެއް ދޫކޮށްލަމުން ފަހަތަށް އެނބުރުނުއިރު ދޮރުމަތީގައި ހުރި ފައިރޫޒް ފެނުމާއެކު އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ފައިރޫޒްއާ އެކު އިތުރު ދެފުލުހަކުވެސް ހުއްޓެވެ. އިލްހާމް ވަގުތުން ހަމަޖެހިލައި، މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. އޭނާގެ މޫނުމަތީގައި ހިތާމަވެރި ތަސްވީރެއް ކުރަހާލި ކަހަލައެވެ.

“..ދަރިފުޅާ! މަގޭ ނިހާ ފަކީރު ދުވަސް ދުއްވާލައިފި..” އިލްހާމްގެ އަޑުގައި ހުރީ މަޑުމޮޅިކަމެވެ. އިލްހާމް ބާރަށް ގޮސް ފައިރޫޒް ގައިގާ ބައްދައިގަތެވެ. ފައިރޫޒް އިލްހާމް ބުރަކަށިމަތީ އަތް ޖައްސާލީ އެހިތާމައިގައި ބައިވެރިވުމުގެ ގޮތުންނެވެ. މި ހަރަކާތުން ފައިރޫޒަށް އިލްހާމް ދެއްކި އެއްވެސް ވާހަކައެއް ނީވޭކަން އިލްހާމްއަށް ޔަގީންކުރެވުނެވެ.  އިލްހާމްގެ ހިތަށް ލިބުނު ހަމަޖެހުމާއެކު ތުންފަތްމަތިން ފާޅުވީ މަކަރުވެރި ހިނިތުންވުމެކެވެ.

“..ހޮސްޕިޓަލަށް ދިޔައިންތަ؟ މިހާރު އެމަންޖެ ހާލު ކިހިނެއްތަ؟..” އިލްހާމް ފައިރޫޒްއާ ދުރަށް ޖެހިލިއިރު އެދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. އެއީ އިލްހާމް ގަދަކަމުން ޖަމާކޮށްފައިވާ ކަރުނަކަމެއް ފައިރޫޒަކަށް ނޭނގެއެވެ.

“..ހޮސްޕިޓަލުން ރިޕޯޓް ކުރީމަ އެކޮޅަށްވެސް ގޮސްލައިފައި މިއައީ..” ފައިރޫޒް މަޑުމަޑުން ބުންޏެވެ. “..ނިހާ އަދި ހެޔެއް ނާރާ! ހާލު ގޯހެއްނޭން!.. ދެން ލަސްނުކޮށް މިއައީ މިކޮޅުން ތަޙުޤީޤު ފަށަން!.. އިލްހާމްބޭ! މިކަމަށް ޝައްކުކުރެވޭ މީހެއް އެބަހުރިތަ؟..”

“..ކީކޭ ބުނާނީ ދަރިފުޅާ.. ކިހިނެއް އިނގޭނީ! ޝައްކުކުރާނީވެސް ވަކި ކާކަށް!..” އިލްހާމް ބެދިފައިވާ އަޑަކުން ވާހަކަ ދައްކަން ފެށިއެވެ. “..މިހާރު ދެރޭ ވެއްޖެ އެމީހަކު ނިހާއަށް ފާރަލާތާ! ދީޕިކާއާއި ނިކާލްގެ ސަބަބުން އިހަށްރޭވެސް އެމީހަކަށް ކާމިޔާބު ނުވީ! އެމީހުންނަށް މީހަކު އުޅޭހެން ހީވެގެން ދޮރުގަ ތަޅައިގަތީމަ ބެލްކަނިން ފުންމާލައިގެން ދުވެ ރައްކާވީ! ދެން ރޭގަ ވަދެ އެކަމެއް އެކުރީ! ބަރަހަނާ ހާލުގަޔޯ އެމަންޖެ އޮތީވެސް! ޝައްކުވާ ނޫނީ ޝައްކުކުރާނެ މީހެއްވެސް ނެތް! މިޒަމާނުގަ ފުރާވަރުގެ ކުދިންނަށް ފާރަލާނެ ކިތަންމެ ބަޔަކު އުޅޭނެ!..”

އިލްހާމްގެ ވާހަކަތައް ނިމުނު އިރު އޭނާއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. އިލްހާމުގެ ދެލޮލުން ކަރުނަ ބާލަމުން ވާހަކަ ދައްކަމުން ގެންދިޔައިރު އޭނާގެ ހިތުގައި ނިހާގެ މައްޗަށް އޮތް ލޯތްބާއި ކުލުނު އިހުސާސްކުރެވި، ފައިރޫޒް ފެންކަޅި ވާން އުޅުނެވެ. ނަމަވެސް ހިތްވަރުގަދަކޮށް ކުރަމުންދިޔަ ރަސްމީ ތަޙުޤީޤަށް އެނބުރުނެވެ. އޭނާގެ މަޤްޞަދަކީ އެ މައްސަލަ ތަޙްޤީޤުކޮށް އެ އަނިޔާވެރިޔާ ޤާނޫނުގެ ކުރިމައްޗަށް ގެނައުމެވެ. ނިހާއަށް އިންސާފު ހޯދައިދިނުމެވެ. އެކަން ހާޞިލުކުރެވެން އޮތީ އެކަމަށް ބޭނުންވާ ހެކިތައް އެއްކުރެވިގެންނެވެ. ނިހާގެ ކޮޓަރި ދެއްކުމަށް އިލްހާމް ގާތުން ފައިރޫޒް އެދުނެވެ. އިލްހާމް ކަރުނަތައް ފޮހެމުން އޭނައާއި އެކުގައި އައުމަށް ބުންޏެވެ.

އިންޝާ ހަލުވިކޮށް ހިނގާލައިފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީދެވުނު އިރުވެސް އޭނާގެ ހައިރާންކަން ފިލައިގެންނެއް ނުދެއެވެ. އިލްހާމްގެ ޙަޞީލަތް ނުބައިކަމާއި މަކަރުވެރިކަން އިންޝާއަށް މި ފެނުނީ އަލަށެވެ. އިލްހާމްއަކީ ވަރަށް މާތް މީހެއްކަމަށް އިންޝާ ހީކުރިއެވެ. ނަމަވެސް އިންޝާއަށް މިހާތަނަން ފެނިފައި ހުރީ ފޮތުގެ ބަނޑޭރި ގަނޑެވެ. އިލްހާމްގެ ނުފެންނަ ފަޅި އެހާ ހުތުރުވާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އަމިއްލަ ދަރީގެ ކުށް އިލްހާމަކަށް ނުފެނުނެވެ. ލަދުވެތިކަމެއް ކަންބޮޑުވުމެއް ފާޅު ނުކުރިއިރު  ނަޒީލް އިސްލާހު ކުރަންވެސް  އޭނާގެ ހިޔާލުގައި ނެތެވެ. އޭގެ ބަދަލުގައި އިލްހާމް އެދިމާކުރީ ނަޒީލްގެ ކުށް ފަސްލާ ފޮރުވާށެވެ. ނަޒީލަށް ހިތްވަރުދިނުމުގެ ގޮތުން އެކަން ވަންހަނާ ކުރާށެވެ. ކުއްލިޔަކަށް ނިހާ ސުކޫލު ދައުރުންސުރެ އަބަދުވެސް ބުނާ ވާހަކައެއް އިންޝާގެ ހަނދާނަށް އަޔެވެ.

“..އިލްހާމްއަކީ އަމިއްލަ ކުށްތައް ފަސްލާ ފޮރުވުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއް.. މީހަކު މަރާލަންވެސް އޭނާ ފަހަކަށް ނުޖެހޭނެ..” އިންޝާގެ ސިކުނޑީގައި އެވާހަކަ ގުގުމަމުން ދިޔައެވެ.

އޭރު އެވާހަކަތައް ޤަބޫލު ނުކުރެވުނަސް މިއަދު އިންޝާއަށް ނިހާ އެހެން ބުނި ސަބަބާމެދު ވިސްނުމަށް މަޖުބޫރު ވެއްޖެއެވެ. ނިހާ އިލްހާމްދެކެ އެހާ ރުޅި އަންނަނީ އެކަހަލަ ކޮންމެވެސް ސަބަބަކާ ހުރެއެވެ. ނިހާގެ މަންމައޭ ކިޔައިގެން ރަށުތެރޭގައި ދެކެވެމުންދަނީ ތެދު ވާހަކަތަކެއް ބާއެވެ؟ އެކި މީހުން ސަފީނާގެ ވާހަކަ ދައްކަނީ އެކި ގޮތަށެވެ. ބައެއް މީހުންގެ ނަޒަރުގައި ސަފީނާ އަކީ ހަށި ވިއްކި މީހެކެވެ. އެ ވިޔަފާރީގައި ހައްދު ފަހަނައަޅައި ގޮސް އެންމެ ފަހުން ރަށް މެދަށް ބަލިވެ އިނީއެވެ. ދުނިޔޭގެ ލަދުން ސަލާމަތްވުމަށް އަމިއްލައަށް ދަންޖެހިގެން މަރުވީއެވެ. އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި މީހަކު ސަފީނާ މަރާލީއެވެ. ހަޤީޤަތަކީ ކޮބައިކަމެއް އިންޝާއަކަށް ނޭގެއެވެ. އިންޝާގެ ހިތަށް އެރިއެވެ. ނިހާގެ މަންމައަކީ ހަށި ވިއްކި މީހެއް ބާއެވެ؟ ނުވަތަ ނިހާގެ މަންމަ އަމިއްލައަށް މަރުވީ އިލްހާމްގެ ދަރިޔަކަށް ބަލިވެ އިނުމުން ހެއްޔެވެ؟ ނިހާ ބުނާ ގޮތުންނަމަ  މީހަކު މަންމަ މަރާލީއެވެ. ނިހާ މަންމަގެ ޤާތިލަކީ އިލްހާމް ހެއްޔެވެ؟ ޖަވާބެއް ނެތް އެތައް ސުވާލަކުން އިންޝާ ބޯ ހާސްވާ ގޮތްވިއެވެ.

ފައިރޫޒްއާ އޭނަގެ ބައިވެރިން އަތަށް ރަބަރު އަންގިތަށް މަހާލަމުން ނިހާގެ ކޮޓަރި ތެރެއަށް ވަނެވެ. ފައިރޫޒް ކޮޓަރީގެ ހަތަރު ފަރާތަށް ނަޒަރު ހިންގާލިއެވެ. އޭނާ އެންމެ ފުރަތަމަވެސް ބަލަން ބޭނުންވީ ވަގަށް ވަން މީހަކު ކޮޓަރިއަށް ވަދެފައިވާ ގޮތެކެވެ. ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ހޯދުމަށް ހާމައަށް ހުޅުވާފައިހުރި ބާލުޚާނާގެ ދޮރުން އޭނާ ނުކުތެވެ. ދޮރަށް އެއްވެސް ގެއްލުމެއް ދީފައިވޭތޯ ބެލިއެވެ. އެވަގުތު ތަޅަށް ކޮށްޕާލެވިފައި ހުރި ޕޭޕަރ ކުލިޕެއް ފެނުނު ހިނދު އެސުވާލުގެ ޖަވާބު ފައިރޫޒަށް ލިބުނެވެ. ކޮޓަރި ތެރެއަށް ފައިރޫޒް ފިޔަވަޅެއް އަޅާލައި ވާތް ފަރާތުން ފަންގިފިލަޔާ ދިމާލުގައި ތެޅިފައި ހުރި ބޮތްކަށް ބަލާލުމަށްފަހު ބިންމަތީގައި އޮތް ފިހިގަނޑު ކައިރީ އިށީނެވެ. އެކޮޓަރިއަށް ވަން މީހަކު ނިހާ ނިދާފައި އޮއްވައި ކޮޓަރިއަށް ވަދެ ފިހިގަނޑުންޖަހައި ބޮކިހުރީ ތަޅައިލައިފައެވެ. އެޔަށްފަހު އެމީހަކު ދިމާކުރާނީ ނިހާއަށް ހަމަލާދޭށެވެ. އޭނާ އެ އިންގޮތަށް އިނދެ ކަނާތް ފަރާތުގައި ހުރި އެނދަށް ބަލާލިއެވެ. އެނދުމަތީގައި ބޮނޑިކޮށް ލެވިފައިވާ ބެޑްޝީޓާއި އެގޮތް މިގޮތަށް ހުރި ބާލީސްތައް ފެނުމުން ނިހާ އެމީހެއްގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވުނެވެ. އެނދު ކައިރި އަށް ވެއްޓިފައި އޮތް ނިހާގެ ޓީޝާޓު ނެގިއިރު ފައިރޫޒް ރަނގަޅަށްވެސް ފެންކަޅި ވެއްޖެއެވެ. ވީދައިލެވިފައިވާ އެ ޓީޝާޓު ފެނުމުން ނިހާ އުޅުނު ހާލު އޭނާގެ ލޮލަށް ސިފަވި ކަހަލައެވެ. ރޭގަ ހިނގައި ދިޔަ ހާދިޘާގެ ހުރިހާ މަންޒަރެއް އޭނާގެ ލޯ ކުރިމަތިން ފެންނަމުންދިޔަ ކަހަލައެވެ. ނަމަވެސް ހަޤީޤަތަކީ ރޭގައި އެތަނުގައި ހިނގާދިޔަ ހާދިޘާގެ ޒައްރެއްގެ މިންވަރުވެސް ފައިރޫޒަށް ނޭނގޭކަމެވެ. ފައިރޫޒް އަވަސް އަވަހަށް އެސްފިޔަ ޖަހާލައި ކަރުނަތައް ހިންދާލަމުން ހަށިފުރާ ފުންނޭވާއެއް ލިއެވެ. ނިހާއަށް އެއަނިޔާ ދިން މީހަކަށް ހައްޤު އަދަބު ދިނުމަށް އޭނާގެ ހިތުގެ އަޑިން އަޒުމު ކަނޑައެޅިއެވެ.

ފައިރޫޒްގެ ބައިވެރިން ކޮޓަރިއާއި ބާލުޚާނާގެ އެކި ދިމާލުން ފޮޓޯ ނަގައި ކެމެރާތަކުގައި ރައްކާކުރިއެވެ. ފިހިގަނޑުންނާއި ތަޅުތަކުން ފިންގަރ ޕްރިންޓް ނަގާ ހެދިއެވެ. އަދި ތަޅުންމަތިންނާއި އެނދުމަތިން ފެނުނު އިސްތަށިތައް ކުދި ޕެކެޓްތަކަށް އަޅައި ބަންދުކުރިއެވެ. އިތުރަށް ފެންނަންހުރި ހެކިތައްވެސް އެމީހުން ނަގައި ރައްކާކުރިއެވެ. އިލްހާމް ހުރީ ދޮރުމަތީގައި އެމީހުން ކުރަމުންދާ މަސައްކަތްތައް ބަލާށެވެ. ހުރިހާ ހެކިތަކެއް ހިފައިގެން އެމީހުން ތިރިޔަށް އައިއިރު އިލްހާމް ފަހަތުން އައީ ވިސްނުމެއްގައި ހުރެއެވެ.

“..އިލްހާމްބޭ!..” ފައިރޫޒް ބުންޏެވެ. “..މިވަގުތަށް ފެންނަންހުރި ހުރިހާ ހެކިތައް ނަގައިގެން މިދަނީ! ނިހާ ހޭ އަރަންދެން ކޮޓަރި ތަޅުލައިފައި ބަހައްޓާލަ ދޭތި!..

“..އެންމެ ރަނގަޅު..” އިލްހާމް ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ. ފައިރޫޒް ގެއިން ނުކުތުމަށް ހިނގައި ގަތުމާއެކު އިލްހާމް ގޮވައިލިއެވެ. ވާހަކައެއް ދައްކާލުމަށް މަޑުކުރުމަށް އިލްހާމް އެދުނެވެ.

“..މީ އަމިއްލަ ގޮތުން ބޭބެ ބުނާ އެއްޗެއް..” އިލްހާމް ބުންޏެވެ. “..ބޭބެ ވަރަށް ކަންބޮޑުވެފަ މިހުންނަނީ ނިހާއަށް މިދިމާވި ކަންތައް ގަނޑުގެ ސަބަބުން! ކުރިޔަށް އޮތްތަނުގަވެސް މިކަހަލަ ކަމެއް ނުވާނެ އެކޭ ބުނާކަށް ނޭނގޭނެ! ވަގަކު އެކަންކުރާނެ ކިތަންމެހާވެސް މޮޅެތި ގޮތްތައް ހޯދާނެ! ގޭތެރެއިން ނުވިއްޔާ ބޭރުންވެސް ބަލާނެ! މިކަމުގެ ހައްލަކަށް ބޭބެއަށް ފެންނަނީ ފައިރޫޒް އަވަހަށް ނިހާއާ އިނުން! ނިހާ ކަހަލަ ރީތި ކުއްޖަކު އެހެން ހުސްކޮށް ހުންނާތީ ނުބައި ނިޔަތުން ބަލާ މީހުން ގިނަވަނީހެން ބޭބެއަށް ހީވަނީ! ދަރިފުޅު ވީހާވެސް އަވަހަކަށް ނިހާއާ ކައިވެނި ކުރޭ!..”

“..އިލްހާމްބެ މާ ބޮޑަށް ފިކުރު ބޮޑު ނުކުރޭ!..” ފައިރޫޒް އިލްހާމް ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ. “..އަހަރެން ނިހާ ހަމަޔަކަށް އެޅުނުހާ އަވަހަކަށް ކައިވެނީގެ ވާހަކަ ދައްކާނަން! ލަހެއް ނުކުރާނަން! އަހަންނަށް ވެސް ހީވަނީ ނިހާގެ ރައްކާތެތިކަމަށް އެންމެ ރަނގަޅު ގޮތްހެން ތިބުނީ…”

ފައިރޫޒްމެން ނުކުމެގެން ދިޔަ މަންޒަރު ބަލަން ދެވަނަ ފަންގިފިލާގައި ނަޒީލް ހުއްޓެވެ. މިއަދު ބައްޕަގެ ފަރާތުން އޭނާއަށް ލިބުނު ހިތްވަރުން އޭނާ ވަނީ ފައިރޫޒް ނިހާ ކޮޓަރިއަށް ވަނުމުގެ ކުރިން އެ ކޮޓަރިއަށް ވަދެފައެވެ. އޭނާގެ ފިންގަރ ޕްރިންޓް ހުންނާނެ ހެން ހީވާ ހުރިހާ ތަނަކުން ނިޝާންތައް ފޮހެފައެވެ. ކޮޓަރި ތެރެއާއި އެނދުމަތި ފޮޅައި ހެކިތައް ނައްތާލުމަށް އޭނާ މަސައްކަތް ކުރިއެވެ. އަދި ބާލުޙާނާގެ ދޮރަށް ޕޭޕާ ކުލިޕެއް ގަންނުވާލައި އޭނާގެ މައްޗަށް ޝައްކެއް އައިސްދާނެ ހުރިހާ މަގެއް ވަނީ ބަންދުކޮށްފައެވެ.

ނަޒީލް ތިރިޔަށް ފައިބައި ކޮޓަރިއާ ދިމާއަށް ދިޔައިރު ވިސްނަމުން ދިޔައީ އިންޝާގެ އަނގަ ބަންދުކޮށްލާނެ ގޮތަކާމެދު ގައެވެ. ނަޒީލް ނިންމީ އިންޝާއާ ވާހަކަ ދައްކައިގެން އެކަމުގެ ހައްލެއް ލިބޭތޯ ބެލުމަށެވެ. އިންޝާ އަނގަ މަޑުން ލައިގެން ހުރެއްޖެނަމަ ބައްޕަ ހުރިހާ ކަމަކުން އޭނާ ސަލާމަތްކޮށްދޭނެއެވެ. އެހެންވެއްޖެނަމަ މުސްތަޤުބަލުގައި ނިހާ ބޭނުންކޮށްލުމުގެ ފުރުޞަތުވެސް ލިބިދާނެއޭ ހިތަށް އެރުމާއެކު ނަޒީލްގެ ހިތް އުފަލުން ނަށައިގަތެވެ.

“..އިންޝާ..” ނަޒީލް ކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ. އިންޝާ ނަޒީލަށް ބަލާލީ ފޫހި ގޮތަކަށެވެ.

“..އިންޝާ އަހަންނަށް މާފުކުރޭ..” ނަޒީލް އެނދުގައި އިށީންނަމުން ބުންޏެވެ. “..ދެން ދުވަހަކުވެސް އެހެނެއް ނޫޅޭނަން! އެއްފަހަރެއްކަމަށް އަހަންނަށް މާފުކޮށްދީ! އާދޭސްކޮށްފައި ބުނަން!..”

އިންޝާގެ ހިތުގައި އުފެދުނު ފޫހިކަން ބޮޑުވެގެން ދިޔައެވެ. ނަޒީލް އެދުނު މަޢާފުގައި އެއްވެސް ބުރަދަނެއް ނެތްކަން އިންޝާއަށް އެނގެއެވެ. ދެރަވާކަމަށް ހެދިގެން ނަޒީލް މަޢާފަށް އެދެމުން އެ ގެންދަނީ އޭނާގެ ސިއްރުތައް ބޭޒާރު ވެދާނެތީ ގޮތް ހުސްވެގެންނެވެ. އެއީ ދެބަފައިން ރާވައިގެން ކުޅޭ ކުޅިގަނޑެކެވެ.

“..އިންޝާ އެއްޗެއް ބުނެބަލަ..” ނަޒީލް އިންޝާގެ އަތުގައި ހިފައިލިއެވެ. “..ދެން ދުވަހަކުވެސް އެހެނެއް ނޫޅޭނަން!.. އިންޝާ ބޭނުންވާ ކަހަލަ ފިރިއަކަށް ވާނަން! ޕޮލިހުން މައްސަލަ ތަޙްޤީޤު ކުރަންވެސް ފަށައިފި! އަހަރެންނަށް ކުރެވުނު މޮޔަކަމެއް މީ! ހެޔޮނެވާނެ އިންޝާ އަހަށްނަށް މާފުކޮއްދީ!..”

އިންޝާ އެއްޗެއް ނުބެނެ އިންގޮތުން ހީވަނީ އެއްވެސް އެއްޗެއް ނުބުނަން އަމިއްލަ ނަފްސަށް ހުވައެއް ކޮށްގެން އިންނަ ހެނެވެ.   ނަޒީލް އާދޭސްކޮށް މަޢާފަށް  އެދެމުން ދިޔަ އިރުވެސް އަނގައިން ނުބުނި ތާނގައި ނަޒީލްއާ ދިމާއަށް ބަލައިވެސް ނުލިއެވެ.

“..ދެން ދުވަހަކުވެސް އެކަހަލަ އިހާނެތި ގޮތެއް އެއްވެސް އަންހެން ކުއްޖަކަށް ނުހަދާނަން! ނިހާގެ ކިބައިންވެސް އަހަރެން މާފަށް އެދޭނަން!..” ނަޒީލް އާދޭސްކުރަމުން ދިޔައެވެ.

“..އަހަރެން ބޭނުން ވަގުތު..” އިންޝާ މަޑުމަޑުން ބުންޏެވެ. “..ނަޒީލް އިސްލާހުވާނެކަން ޔަޤީންވީމަ މާފު ދޭނަން..”

“..އަހަރެން އުންމީދުކުރަން އިންޝާ ޕޮލިހުން ގާތު އެއްވެސް ވާހަކައެއް ނުބުނާނެކަމަށް..” އެންމެފަހު ވަގުތު ނަޒީލްގެ އަސްލު ބޭނުން ހާމަކޮށްލިއެވެ.

އިންޝާ ހައިރާނެއް ނުވެއެވެ. ނަޒީލް އިސްލާޙްވާނެ ކަމަކަށް އިންޝާ ނުދެކެއެވެ. އޭނާ ވަގުތަށް އެދުނީ ނިހާއާ ވާހަކަ ދައްކާލުމަށް ބޭނުންވާތީއެވެ. އިންޝާ ދެން ކަންތައް ކުރާނީ ނިހާ ބޭނުންވާ ގޮތަށެވެ.

***************************

ހަވީރު 04 ޖެހިއިރުވެސް ނިކާލް ހުރީ އެމަޖެންސީ ރޫމް ދޮރުމަތީގައެވެ. ފާރުގައި ލެނގިލައިގެން ހުރެ އޭނާ އިންތިޒާރުކުރަމުން ދިޔައީ ނިހާ ހޭ އަރާނެ ވަގުތަކަށެވެ. ދީޕިކާގެ ހުން މައިތިރިވެފައި ވުމާއެކު، ޞަފިއްޔާ ނިހާގެ ހަބަރެއް ބަލާލަން އެތަނަށް އަޔެވެ. ނިކާލްގެ ހާލު ފެނިފައި ޞަފިއްޔާ ކަންބޮޑުވިއެވެ. ކޮޅަށް ހުރި ނިކާލް ފެނި ޞަފިއްޔާ އެދުނީ އޭނާ ގާތު ގޮނޑިއެއްގައި އިށީނުމަށެވެ. ނިކާލް ހުރިތަނުން ގުޑައެއް ނުލިއެވެ. އެއްޗެއް ކާލަން ދިޔުމަށް ބުނުމުންވެސް ނިހާ ހޭ އެރުމުން ނޫނީ އެއްޗެއް އަރުތެރެއިން ނުދިރޭނެކަމަށް ބުނި ވަގުތު ނިކާލް ހުރީ ފެންކަޅިވެފައެވެ. ނިހާ ދެކެ ނިކާލްވާ  ލޯބި އިހްސާސްކުރެވިފައި ޞަފިއްޔާ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ.

05 ޖަހަނިކޮށް ނަރުސް ކުއްޖަކު ދޮރުން ބޯ ދިއްކޮށްލަމުން ނިހާ ހޭއަރައިފިކަމުގެ އުފާވެރި ޚަބަރު ދިނެވެ. ނިހާގެ ހާލު ރަނގަޅުކަމަށްވެސް ބުންޏެވެ. ނިކާލްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނާ އަވަސްވެގަތީ އަވަހަށް އެމަޖެންސީ ރޫމް ތެރެއަށް ވަންނާށެވެ. ނަމަވެސް ޕޮލިސް މީހާ އައިސް ނިކާލް ހުއްޓުވިއެވެ. ނިހާގެ ބަޔާން ނެގުމަށްފަހުގައި ނޫނީ ބައްދަލުކުރުމުގެ ފުރުޞަތު ނުދެވޭނެކަން އޭނާ ނިކާލަށް ހަނދާންކޮށްދިނެވެ.

ނިހާ ހޭ އެރި ހަބަރު ލިބުމާއެކު ގިނައިރުތަކެއް ނުވެ ހޮސްޕިޓަލަށް ފައިރޫޒް އަޔެވެ. ނިހާގެ ބަޔާން ނެގުމަށް އެހެން ޕޮލިސް އޮފިސަރަކާއެކު އެތެރެއަށް ވަނެވެ. ނިކާލް ހުރީ އިންތިޒާރުގެ ވަގުތުތައް ގުނާށެވެ. ފައިރޫޒް ނުކުތީ ގަޑިއިރެއް ހާއިރު ފަހުންނެވެ.

“..ކާކު ކުރިކަމެއް..” ނިކާލް އަވަހަށް ގޮސް އަހައިލިއެވެ.

ފައިރޫޒް ޖަވާބުދޭކަށް ނޫޅުނެވެ. ނިކާލަށް ފަރުވާތެރިކަމާއެކު ފައިރޫޒްގެ މޫނަށް ބާލާލެވުނެވެ. އެލޮލުގައި ވިދުމެއްހުރިކަން ފާހަގަވިއެވެ. މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރެއްވެސް ފެންނަން ހުއްޓެވެ. ނިކާލް އިތުރަށް ސުވާލުކުރާކަށް ނުހަދައެވެ. އެ ސުވާލުގެ ޖަވާބު  ހޯދަން އޭނާ ގަސްތުކުރީ ނިހާ ކައިރިންނެވެ. ނިކާލް އެތެރެއަށް ވަނުމާއެކު ފައިރޫޒް ހިނގައިގަތެވެ.

“..ފައިރޫޒް..” ޞަފިއްޔާ ގޮވާލުމާއެކު ފައިރޫޒް ހުއްޓުނެވެ.

“..ދައްތައަށް އެންމެ ސުވާލެއްގެ ޖަވާބު ދީބަލަ..” ޞަފިއްޔާ އެހިއެވެ. “..ނިހާއަށް އެމީހަކީ ކާކުކަން އެނގޭތަ؟..”

“..ނޭނގޭ!.. މޫނު ނުފެންނަކަމަށް ބުނީ..” ފައިރޫޒް ބުންޏެވެ.

ޞަފިއްޔާގެ ޝައްކު ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. އިލްހާމް ބުނި ފަދައިން ނިހާއަށް ލިބުނު އަނިޔާއަށް ޒިންމާ ވާންޖެހޭނީ ޚުދު ނިހާއެވެ. ނިހާއަކީ ހަމަ ހަޤީޤަތުގައިވެސް އުޅުން ވިޔާނުދާ ކުއްޖަކީތާއެވެ.

ނިހާ އޮތީ އައިވީ އެއް ގުޅާފައެވެ. އޮކްސިޖަން މާސްކު މިހާރު ވަނީ ނައްޓާލެވިފައެވެ. މޫނުމަތިން ވަރުބަލިކަމެއް ފެނުނަސް ނިހާގެ ހާލު ރަނގަޅުކަން ފުރަތަމަ ނަޒަރުންވެސް ނިކާލަށް އެނގުނެވެ. ނިކާލް ހެވިފައިހުރެ ނިހާއަށް ބަލަމުންގޮސް ނިހާގެ ގާތުގައި އިށީނެވެ. ނިހާގެ ބޮލުގައި ފިރުމާލަމުން އަތުގައި ބާރަށް ހިފަހައްޓައިލިއެވެ. ނިކާލްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ތިކިތައް ނީރާލިއެވެ.

“..ކިހިނެއްތަ؟..” ނިކާލް ހިނިތުންވެލަމުން އަހާލިއެވެ.

“..ރަނގަޅު..” ނިހާ ލުއި ހިނިތުންވުމެއް ދިނެވެ. ނިކާލްގެ ސޫރަ ފެނުމުން އޭނާއަށް ބަޔާންކުރަން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނިކާލް އަޅާލާވަރު އޭނާއަށް އިހްސާސްކުރެވެއެވެ. އެ ރީތި ދެލޮލުން ފެންނަ ކަންބޮޑުވުމުގެ ސަބަބުން ނިހާގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. ނިހާ އެފަރާތެއްގެ އަޅާލުމާއި އޯގާތެރިކަމަށް އެވަގުތު އެންމެ ބޭނުންވި ފަރާތަކީ ނިކާލްއެވެ. ނިކާލްގެ ދެލޮލުން ފެންނަ ލޯތްބަށް ދޭނެ ނަމެއް ނިހާއަކަށް ނޭނގުނެވެ. އެއީ ބޭބެއަކު ކޮއްކޮއެއް ދެކެވާ ލޯބި ހެއްޔެވެ؟ ނިހާއަށް ޔަޤީންވާ  ކަމަކީ އެއީ އެފަދަ ލޯތްބެއް ނޫންކަމެވެ.

“..ކާކު ކުރިކަމެއް..” ނިކާލް ކޮށްލި ސުވާލާއެކު ނިހާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.

ނިހާ މޫނު އަނބުރާލައި ދުރުބަލާލީ ދެލޯ މަރާލަމުންނެވެ. ކުއްލިއަކަށް ސިފަވެގެން ދިޔައީ އެ ބިރުވެރި އެއްޗެވެ. މުޅިގައިގާ ކެހެރި ފަޅާފައިހުރި އެފުރޭތައެވެ. ނިހާއަށް ތެޅިގަނެވުނެވެ. ގުޅާފައި ހުރި މެޝިންތަކުން ކިޔަމުން ދިޔަ އަޑު ބާރުވެގެންދިޔައެވެ. ނިކާލް ހާސްވެގެން ނަރުސް ކުދިންނަށް ގޮވާލުމާއެކު ދެކުއްޖަކު ދުވެފައި އަޔެވެ.

ނިހާ ހަމަޔަކަށް އެޅުމަށް ވަގުތު ކޮޅެއް ނެގިއެވެ. އޭރުވެސް އޭނާގެ ހިތުގެ ހިނގުންވަނީ އަވަސް ވެފައެވެ. އޭނާ ކުރި ވިޔާނުދާކަމެއްގެ ސަބަބުން އޭނާއަށް ވަނީ ބިރުން ހަލާކުވާވަރު ކަމަކާ ދިމާވެފައެވެ. ސިއްރުތައް ވަންހަނާކުރުމަށް އެއިން އެއްވެސް ވާހަކައެއް ނިހާއަށް ކިޔާދެވޭކަށް ނެތެވެ. ނިހާއާ އެއްވެސް ސުވާލެއް ނުކުރުމަށް ނަރުސް ކުދިން ނިކާލްގެ ގާތުން އެދުނެވެ. ލިބިފައިވާ ޝޮކުގެ ސަބަބުން އެހަނދާންތައް ނިހާއަށް އާކޮށްދިނުމުން އުނދަގޫތަކެއް ވާނެކަމަށް ބުންޏެވެ. ނިކާލް ކާނެ އެއްޗެއް ގަނެލައިގެން އަންނާނެކަމަށް ބުނަމުން ނުކުތީ ބޭރަށެވެ.

ނިކާލް ނުކުތުމާއެކު ޞަފިއްޔާ އެތެރެއަށް ވަނެވެ. ފުރަތަމަ ފެނިލުމުންވެސް ޞަފިއްޔާ ހުރީ ހިތްހަމަނުޖެހިފައިކަން ނިހާއަށް އެނގުނެވެ. ޞަފިއްޔާ އައިސް ނިހާގެ ގާތުގައި ހުއްޓުނެވެ. ނިހާގެ މައުސޫމް މޫނަށް އޭނާ ބަލާލިއެވެ. އޭނާއަށް ސިފަވީ ސަފީނާގެ މޫނެވެ.

“..ނިހާ ވީ އެންމެ އަވަހަކަށް ފައިރޫޒްއާ އިންނަންވީ..” ޞަފިއްޔާ ހަރުކަށި ގޮތަކަށް ބުނެލިއެވެ.

ނިހާ ދެލޯ ބޮޑުކޮށްގެން ޞަފިއްޔާއަށް ބަލަން އޮތެވެ. ސަފީނާ ހިނގި މަގުން ހިނގުމަށް ނިހާއަށް ފުރުޞަތު ދޭކަށް ޞަފިއްޔާ ބޭނުމެއް ނޫނެވެ.

“..ދެލޯ ބޮޑުކޮށްގެން ބަލާނެ ކަމެއްނެތް!..” ޞަފިއްޔާ އަމުރުކުރިއެވެ. “..ކަލޭ އަމާ ހިނގި މަގުން ހިނގިޔަކަ ނުދޭނަން! އަންނަ ހަފުތާގައި  ޖެހޭނީ ފައިރޫޒާ އިންނަން!..”

ނިހާގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ލޯބިއެހެނަސް..5

Next

ތިޔަ އަސަރު 20 (2)

Next
February 2, 2018

ތިޔަ އަސަރު 20 (2)

Previews
February 1, 2018

ލޯބިއެހެނަސް..5

24 Comments!

  1. Koko says:
    February 1, 2018 at 11:32 pm

    Avas kurachey next part vara reethi ❤❤❤

    1. nishan says:
      February 2, 2018 at 9:54 am

      Thank you koko ?
      Next part will upload soon!

  2. Aroo says:
    February 1, 2018 at 11:33 pm

    V.salhi when next

    1. nishan says:
      February 2, 2018 at 9:55 am

      Thank you aroo ?
      Next part feshey week kuree kolhu genes dheynan !!

  3. Sana says:
    February 2, 2018 at 1:35 am

    Oh my god! ???
    Then what happened?
    I am so afraid ??
    When next part?
    Waiting
    Pls avahah up kohdhinumah Eden?
    Pls
    Pls
    Pls

    1. nishan says:
      February 2, 2018 at 9:56 am

      Hehe! Varah avaha upload koh dheynan! Thank you sana!! ?

  4. Lampii says:
    February 2, 2018 at 8:33 am

    Whats gonna happen next eagerly waiting avahah up koh dheyne kamh ummeedhu kuran

    1. nishan says:
      February 2, 2018 at 9:57 am

      In Shaa Allah varah avaha upload koh dheynan!
      Thank you lampii ?

  5. hayyaan says:
    February 2, 2018 at 8:34 am

    vvv avas koladheeba plx nice maa shaa allaah

    1. nishan says:
      February 2, 2018 at 9:58 am

      Thank you hayyaan ?
      Avas koh dheynan Inge! In Shaa Allah

  6. Anaa says:
    February 2, 2018 at 10:57 am

    V reethi when next part

    1. nishan says:
      February 3, 2018 at 6:55 pm

      Thanks anaa! Varah avaha up kohdheynan ?

  7. Blume says:
    February 2, 2018 at 11:27 am

    Vvvvv rythi…nxt prt kiyaa hithun kehmadhu vefa mihury

    1. nishan says:
      February 3, 2018 at 6:56 pm

      Thank you blume ? next part ah adhi Kuda inthizaar eh kohlan jeheyne

  8. mizna says:
    February 3, 2018 at 4:30 pm

    kniraku next part ahnanee 13 vana bai plxx. varah kiyaa hiyy veyy

    1. nishan says:
      February 3, 2018 at 6:57 pm

      Vaahaka kiyaalithi shukuriyya mizna ?

  9. N@-B says:
    February 4, 2018 at 10:00 am

    Varah reethi mi story.☺ waiting for next part….

    1. nishan says:
      February 5, 2018 at 9:06 am

      ވަރަށް ބޮޑަށް ޝުކުރިއްޔާ 🙂

  10. Nazeera says:
    February 4, 2018 at 1:15 pm

    Wow. Can’t wait for next part. Well done nishan

    1. nishan says:
      February 5, 2018 at 9:06 am

      ވަރަށް ބޮޑަށް ޝުކުރިއްޔާ ނަޒީރާ 🙂

  11. A says:
    February 4, 2018 at 5:02 pm

    Omg vvv reethi mi stry

    1. nishan says:
      February 5, 2018 at 9:05 am

      ވަރަށް ބޮޑަށް ޝުކުރިއްޔާ 🙂

  12. luba says:
    February 5, 2018 at 5:19 pm

    varah avahah up kohba waiting plx varah kiyaa hihyy vefa mihurii

  13. Emaa says:
    February 7, 2018 at 5:17 pm

    Wow can’t wait for the next episode. avaha up koh dhechey

Comments are closed.

Next Episodeވަންހަނާ (ތޭރަވަނަބައި)←


All Right Reserved!