Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..5

Uhthoo Level 210 Stories100 Comments100 Login
February 1, 2018 5 Mins Read
10 Comments

ރީމާ ކޮށިއަރައިގަންނަ ކަހަލަ ގޮތެއްވިއެވެ. ލާނެތް ހުނުމަކާއެކު ހަނާ ފެންތަށްޓެއް ރީމާއަށް ދިއްކޮށްލިއެވެ. ރީމާ ލަދުން އިސްޖަހާލިއެވެ. ސައިބޮއެގެންވެސް ވާހަކައިގައި އެތަށް އިރަކު ތިއްބެވެ. އެންމެން ސަޔަށްފަހު ސިޓިންރޫމްގެ ކައުޗްތަށް ފުރާލިއެވެ. ފާތުމަ ގަޑިބަލާލަމުން ފިހާރަޔަށްދާންވީކަމުގައިި ބުނެލިއެވެ. ހުކުރު ދުވަސް ކަމުން އާދައިގެ މަތިން ކެއްކުންގަނޑެއް ހެދުމަށް އެއްޗެހި ގަންނާށެވެ. އެއީ ދިވެހިންގެ ވަރަށް ކުރިއްސުރެ އޮންނަ އާދައެކެވެ. ހުކުރު ދުވަހުގެ މެންދުރަށް ކެއްކުމެވެ. ހަނާއާ ރީމާވެސް ދާން ތައްޔާރުވުމުން ފާތުމަ ބޭރަށް ނުކުންނަން ހިނގައިގަތެވެ. “އަޔާވެސް ދާނަން…” އަޔާޒުވެސް ރީމާމެންނާ އެއްވަރުކޮށްލަމުން ނުކުތެވެ.

ފާތުމައާ ހަނާ ބާރު ހިނގުމެއްގައި ދިޔައެވެ. ރީމާއާ އަޔާޒު ތިބީ ތަންކޮޅެއްފަހަތުގައެވެ.

“ސަޅި ދުވަހެއް ދޯ؟” މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ އަޔާޒު ޖީބަށް އަތް ޖަހާލިއެވެ. “ހޫމް..” ރީމާ ލުއި ހިނިތުންވުމެއް އެފަރި ތުންފަތަށް ވެރިކޮށްލިއެވެ. ބާރު ވައިރޯޅިއަކާއެކީ ހުދުކުލައިގެ އެއްޗެއް އައިސް ރީމާގެ ގައިގައި ޖެހިފައި ވެއްޓިއްޖެއެވެ. އެކަމަށް ނުވިސްނައި ހުރި ރީމާ ތޫލިއަޑަކުން ހަޅޭއްލަވައިގެންފައި އަޔާޒުގެ ކޮނޑަށް ނޭރީ ކިރިޔާއެވެ. ރީމާގެ ހަޅޭކުގެ އަޑަށް ފާތުމައާ ހަނާވެސް އެނބުރި ބަލާލިއެވެ. ވެއްޓުނު އެއްޗާ ދިމާއަށް ރީމާބަލާލިއެވެ. އަޔާޒު ފެށީ ހޭށެވެ. ފާތުމައާއި ހަނާވެސް ހޭންފެށިއެވެ. “ސާބަސް ކޫ… ފުރޭތައެއް ނޫނޭ އެއީ.. ލޯބިކަން…” “ހެހެހެ.. ރީ ކޮތަރެކޭ އެއީ..” ހަނާ އައިސް ވެއްޓިފައި އޮތް ކޮތަރު ނެގިއެވެ. އެއީ ހުދުކުލައިގެ ޑޯވް އެކެވެ. ފިޔަގަނޑަށް ގޮތެއްވެގެން ނުއުދުހެވިގެން އައިސް ރީމާގައިގައި ޖެހުނީ އެވެ. ރީމާވެސް މޮޔަ ހިތަށް އަރައި ވަރަށް ހެވުނެވެ. “އޯކޭތަ މަންމާ މީތި ގެޔަށް ގެންދިޔަޔަސް….؟” ހަނާ ފާތުމަގެ އިޒުނަޔަށް އެދުނެވެ. ފާތުމަ ބޯޖަހައިލުމުން އުފަލުން ހަނާ ފުމެންފެށިއެވެ.

ދޫނި ގެންގުޅެން ހަނާ ވަރަށް ފޯރިހުންނާނެވެ. “ރީ ކީއްވެތަ އެހައިވަރަށް ސިއްސައިގެން ދަނީ…؟” އަނެއްކާވެސް ހިނގައިގަންނަމުން އަޔާޒު ވާހަކަފެށިއެވެ. “ނޭނގެ.. އަޔާވެސް ދޯ.. ނުވިސްނައި ހުއްޓައި އަޔާއަށް އެހެން ވީނަމަ އަޔާވެސް ސިއްސައިގެން ދާނެ..” “ނޫނޭ ރޭގަވެސް ރީ ހާދަ ބިރުންނޭ ހުރީ..ހެހެހެ” އަޔާޒު ރީމާއާ ދިމާކޮށްލިއެވެ. “އަދި އެއްދުވަހަކުން އަޔާވެސް ބިރުގަންނަވާލާނަން….” އިންޒާރުކުރަމުން ރީމާ ގޮސް ފިހާރަތެރެއަށް ވަނެވެ. ކުޑަވަރެއްގެ ވިޔަފާރިއަކަށްފަހު، ބަރު ކޮތަޅުތަށް އުފުލަމުން ރީމާއާ އަޔާޒަށް ގެޔާހަމައަށް އާދެވުނު އިރު ތިބީ މާނޭވާލެވިލެވިއެވެ. ފާތުމައަށް އުފުލަންޖެހުނީ ލުއިދެތިން ކޮތަޅެވެ. ހަނާ ހުރީ ކޮތަޅުތަށް އުފުލޭވަރަށްވުރެ އެ ކޮތަރުދެކެ ލޯބިވެފައެވެ.

“އަހުނަފަށް ގުޅާފަ ބުނޭ ކާން އަންނަށްޗޭ…” ފާތުމަ އަޔާޒަށް ބުނެލަމުން ހަނާގެ މޫނަށް ބަލާލިއެވެ. ކޮތަރު އުނގަށް ލައިގެން ކައުޗަށް އަރައި އިން ހަނާގެ ދެލޯ ބޮޑުވެގެން ދިޔައީ އަހުނަފްގެ ނަން އަޑުއިވުމުންނެވެ. ރޭގެ ހަނދާންތައް އެ ސިކުނޑި ވަށާލީ ދެނެވެ. އަހުނަފްގެ ނަން އެކަންފަތަށް އަޑުއިވުމުން މިފަހަރު ހިތުގައި ބިރުވެރިކަން އުފެދުނެވެ. ގޮތްނޭނގޭ ބިރުވެރިކަމެކެވެ. ހަގީގަތުގައިވެސް ހަނާ އަހުނަފްދެކެ ބިރުގަތެވެ. އެދެލޮލުގައިވި ހަރުކަށިކަން މިނިކާވަގަކަށް ވެގެންހުރި ހަނާ ކުޑަކޮށް ފިޔޮކަކަށް ހެދީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާ ގޮތުގައި ހުންނަން ނިންމިއެވެ. އަހުނަފާ ނުބެހެން ހިތުގެ އަޑިން އެއްބަސްވިއެވެ. ފުން ހިޔާލެއްގައި ފީނަމުން ދިޔަ ހަނާ ހޭވެރިކަމެއްވީ ކޮނޑުގައި މީހަކު ކޮށްޓާލުމުންނެވެ. “ކޮން ވިސްނުމެއްގަ” އަޔާޒު ހޭންފެށިއެވެ. ހަނާގެ ވަށައިގެން އެންމެންވެސް ތިއްބެވެ. ފާތުމައާ ރީމާ ގެ އިތުރުން އަޔާޒެވެ.”ނޯޕް…” ލަދުވެތިކަމާއެކީ ހަނާ މޫނު ކުނިކޮށްލަމުން އެހެންބުނެލީ އިތުރު ގޮތެއް ނެތުމުންނެވެ. “ކޮންވިސްނުމެއްގަ ކަން އިނގެޔޭ ދޯ ދޮނޭ.. ” ފާތުމަ ބަދިގެޔާ ދިމާއަށް ހިނގައިގަތުމުން ރީމާވެސް ހިނގައިގަތެވެ. އަޔާޒު ހަނާގެ ކައިރީގައި ކައުޗުގައި އިށީނެވެ. އަދި ފޯނުން އަހުނަފަށް ގުޅާލިއެވެ. އަހުނަފް އިނީ އޭނާގެ ބަލިމަންމަގެ ކައިރީގައެވެ. ފިކުރު ބޮޑުވެފައި އިންކަން ބަލައިލި ކޮންމެ މީހަކަށްވެސް އެމޫނުގެ ކުލަ އޮޅުވައެއް ނުލާނެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ މަންމަ މިއަދު އާދަޔާޙިލާފަށް ބައްޔެވެ. އަދި ދައްކަނީވެސް އެހެންކަހަލަ ވާހަކައެވެ. ފޯނު ރިންގު ވާންފެށުމުން ނުނަގަން ހުރެފައިވެސް އަހުނަފް ފޯނުނެގިއެވެ. ހަނާގެ ކޮނޑަށް އަތްވަށްޓާލަމުން އަޔާޒު ވާހަކަދައްކަންފެށިއެވެ. “މޭން…ކޮބާ ހޭލައިފިންތަ؟ މިއަދު މެންދުރު ކެއުމަށް ހަނާމެންގެއަށް ޖައްސާލަށްޗޭ ބުނަންވެގެން މި ގުޅީ..” “އަޔާ… އަހަ އަހަރެންގެ… ދެ..ދެން.. އަ…” ނުރޯން ހިތްވަރުކޮށްގެން ހުރި އަހުނަފަށް އޭނާގެ ހުރިހަމައެކަނި ރަހުމަތްތެރިޔާގެ އަޑު ޖެހުމުން ނުހުރެވުނެވެ. ކައުޗްގައި ހަމަޖެހިލައިގެން އިން އަޔާޒަށް އައި ބަދަލާއެކު ކިހިނެތްވީހޭ އަހާލަމުން ތެދުވެވުނެވެ. ހަނާގެ ހިތްބުނަމުން ދިޔައީ ކަމެއް ގޯސްވީކަމަށެވެ. އަޔާޒު ބޭރަށް ނުކުމެގެން ދިޔައީ ހަނާގެ ހައިރާންވި މޫނު ފެނުމުންނެވެ. “ކިހިނެތްތަވީ އަހޫ؟” ޖަވާބެއްނައިސް ގިސްލުމުގެ އަޑު މެދުނުކެނޑި އިވެންފެށުމުން އަޔާޒު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އަޔާޒު ހުރީ ހާސްވެފައެވެ. އޭނާގެ އެތްއަތްކަހަލަ ރަހުމަތްތެތރިޔާއަށް ކަމެއްދިމާވުމުންނެވެ.

“ގޮތް ހުސްވެއްޖެ.. ވިސްނާވިސްނާ ބޯފަޅައިގެންދާވަރުވެއްޖެ.. އަހަންނަށް ހީވަނީ އަހަރެން މިދުނިޔޭގަ އެކަނިވާން އުޅެނީހެން…” “އަހޫ ކީކޭތަ ތިކިޔަނީ؟ ތިކިޔޭ އެއްޗެއް އަހޫއަށް އެންގޭތަ؟” މޮޔައެއްހެން އަހުނަފް ދުލަށްއައިހާ އެއްޗެއް ކިޔުމުން އަޔާޒު ފާޑަކަށް ހިންހަމަނުޖެހުނެވެ. “އަހޫ ހަމަޖެހިބަ.. ކިހިނެތްތަ ވީ.. އަނެއްކާ މަންމަ މާބޮޑަށް ބަލިވީތަ؟” އަޔާޒު މިހެން އެހުމުން އަހުނަފް ހޫނ އަޅުވާލިއެވެ. “ގޭގަތަ ތިހިރީ ސައިބޮއެފިންތަ؟ މަންމަ ސައިބޮއެފިތަ؟” ފަތިފައްޗަށް ސުވާލުކުރަމުން އަޔާޒު ބޭނުންވީ ރަހުމަތްތެރިޔާއަށް އެހީއެއްވުމަށެވެ. “ނޫން…” މި ކުރި ޖަވާބު އަޑުއިވުމުން ބުނާނެ އެއްޗެއްވެސް އަޔާޒަކަށް ނޭނގުނެވެ. އޭނާ ބަނޑު ފުރެންދެން ކައިގެން ހުރިއިރު އޭނާގެ ރަހުމަތްތެރިޔާ ހުރިގޮތެއް ބަލާނުލެވުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. “މަޑުކުރޭ 5 މިނެޓްތެރޭ އެބަދަން ކާއެއްޗެއް ހިފައިގެން .. ބްރޯ ހާސްނުވޭ މަންމަ ރަނގަޅުވާނެ އަދި…ހުއްޓާލާ.. އަޔާޒު މިހެން ބުނެ ފޯންބޭއްވުމަށްފަހު ގޭތެރެއަށް ވަންނަން އެނބުރުމުން ދެލޯބޮޑުވެގެން ދިޔައީ ފެންކަޅިވެފައި ހުރި ހަނާފެނުމުންނެވެ. ވީގޮތް ރަނގަޅަށް ހަނާއަށް އެނގުނެވެ. ހަނާގެ ހިތުގައި އިންތިހާ ދަރަޖައިގެ ހަމްދަރުދީ އާލާވެގެންދިޔައެވެ. އަހުނަފް އޭނަދެކެ ނަފްރަތުކުރިޔަސް އޭނަޔަށް ފަރުވާލެއްނެތެވެ. އަހުނަފްގެ މަންމަ ދެކިލަން ހަނާ ބޭނުމެވެ.

ވައިރޯޅިއެއްހައި ބާރުމިނުގައި އަޔާޒަށްވުރެ ކުރިން ގޮސް ހަނާ ބަދިގެއަށްވަދެ ތަށިބަރިއަށް ދެމީހުނަށްވާވަރަށް ކާއެއްޗެހި އެޅިއެވެ. ހަނާގެ ހަރަކާތްތަށް ބަލަން ސުވާލުމާރކު ޖެހިފައިތިބި ރީމާއާ ފާތުމައަށް ވެގެންއުޅޭގޮތް އޮޅުން ފިލުވައިދިނީ އަޔާޒެވެ. ތަށިބަރި ރެޑީކުރުމަށްފަހު ފާތުމަކައިރިން އަޔާޒާއެކު ހަނާ ދާން ބޭނުންވާކަމުގައި ބުނެލިއެވެ. ފާތުމަ ބޯޖަހާލީ ކައްކާ ނިމުމުން ފާތުމަމެންވެސް ދާނަމޭ ބުނަމުންނެވެ. ބާރު ހިނގުމެއްގައި ގޮސް އަޔާޒާ ހަނާ އެގޭތެރެއަށް ވަނެވެ. ސޯފާގައި އިން އަހުނަފް ފެނިފައި ހަނާ ދުނިޔެމަތިން ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. ސިޓިންރޫމްގައި ހުރި ފަށްޖެހި އެނދެއްގައި ހިކިއަނަރޫފަވެފައި ފުދޭވަރަކަށް ދުވަސްވެފައިވާ އަންހެނަކު ކުކުރާލަ ކުކުރާލާ އޮތެވެ. އަޔާޒު ބަލާކަށް ނުހުރެ ބަދިގެއަށް ވަދެ ދެ ތަށި ހިފައިގެން އައެވެ. އަހުނަފަށް ހަނާ އައިކަން އެނގުނީވެސް ތައްޓަށް ކާން އަޅައިފައި ހަނާ އޭނާ ކައިރިން ކާން ބުނުމުންނެވެ. ހަނާގެ އެ ހިތްހެޔޮކަމުން އަހުނަފް އިނީ ބަސް ހުއްޓިފައެވެ.އަނެއްކާ އެހިތުގައި އަހުނަފަށް ހަމްދަރުދީ ވީބާވައެވެ. އަހުނަފްގެ ހިތަށް ނަފްރަތު ވަނުމަށްވުރެ ބޮޑަށް އޭނާގެ ހިތް ވަނީ ކަފަހެންވެފައެވެ.

ހަނާ މަޑެއްނުކުރެއެވެ. އަހުނަފްގެ ބަލި މަންމައަށް ހަނާގެ އަތުން ކާންދޭން އުޅުނެވެ. ނަމަވެސް ބަލިކަމުން ހަމަ އެއްގޮތަކަށްވެސް އެއްޗެއް އެތެރެއެއް ނުކުރެވުނެވެ. “މަންމާ…ހިތްވަރުކޮށްފައި ކާލަބަލަ…” އަހުނަފް ސައިބޮއެ ނިންމައިފައި އައިސް އ މަންމަގެ ބުރަކަށީގައި ފިރުމާލިއެވެ. “ދަރިފުޅާ.. މީ އަޔާޒުގެ ކޮއްކޮއެއް ދޯ؟” އެހެން ބުނުމުން އަހުނަފް ބޯޖަހާލީ ހަނާއަށް ބަލާލަމުންނެވެ. “މަންމައަކަށް ކުއްހު ކުއްހު..ނުކެވޭނެޔޭ…ކުއްހޫ..” ފެންތަށި ތުނބުގައި ޖައްސައިލަމުން އަޒުމާ އަހުނަފާ ވާހަކަ ދެއްކިއެވެ. “ދައްތާ… ހިނގާ ހޮސްޕިޓަލަށްދާން ދޯ؟” އަޔާޒު ބުނެލިއެވެ. “ނޫނޭ.. އަހުނަފު ކައިރީވެސް ބުނެފީމޭ.. ދައްތައަކަށް ނުދެވޭނޭ.. ދިޔަޔަސް ނުދިޔަޔަސް ވާނީ އެއްވަރު.. ދައްތަ މިއޮއްގެން މަރުވަނީ… ދަރިފުޅު ދައްތަނެތް ދުނިޔެއެއްގަވެސް އަހުނަފަށް ދެރަކޮށް ނަހަދަށްޗޭ… މީ ދައްތަ ވަރަށް ލޯބިވާ ކުއްޖެއް… ” އަހުނަފް މަންމަގެ ވާހަކަ އަޑުއަހަން ހުރެފައި ކެތްތެރިކަން ކޮޅުންލުމުގެ ކުރިން ބޭރަށް ނުކުތެވެ. ފަހަތުން އަޔާު ނުކުތީ ރަހުމަތްތެރިޔާއަށް ހިތްވަރު ދިނުމަށެވެ. “އަހޫ.. ދޮންބެ ކޮބާ؟ އަންގައިފިންތަ ދޮންބެއަށް؟” “އާންހް .. އަންނާނެ މިހާރު…” އަހުނަފްގެ ދޮންބެ ހުރީ ރިޒޯޓްގައެވެ. ގޯތިތެރޭގައި ހުރި މަދުގަހުގެ ހިޔަލުގައި އިން ޖޯލިފަތީގައި އަހުނަފާ އަޔާޒު ޖައްސާލިއެވެ.

“ކޮންމެމީހަކަށް ވެސް އަންނާނެ މިދުވަސް .. ހތްވަރުކުރަންވާނެ.. އަހޫ އެކަންޏެއް ނުވާނެ އިރާދަކުރެއްވިއްޔާ.. އަހަރުމެން މިތިބީ އަހޫއަށް ހެލްޕްވާން..” އަޔާޒު އެހެން ބުންޏަސް އަހުނަފްގެ ހިތްނުތަނަވަސްވެފައިވިއެވެ.

ކުއްލިއަކަށް ހަނާ ދުވެފައި ބޭރަށް ނުކުމެ ބުނެލި އެއްޗަކުން އަހުނަފް ދިޔައި އެއްލިގެންނެވެ. ދުވެފައި އަހުނަފަށް ގޭތެރެއަށް ވަދެވުން އިރު އަހުނަފްގެ މަންމަނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. އަހުނަފަށް ހަދާނެގޮތްހުސްވިއެވެ. ހަނާ ބިރުން އައިކޮޅަށް އެނބުރުނެވެ. އަޔާޒު ބޯލާކޮޅުގައި ހުރެ ޝަހާދަތް ކިޔަމުން ދިޔައެވެ. އަޒުމާ ޝަހާދަތް ކިޔޭތޯ މަސއްކަތް ކުރިއެވެ. ﷲމާޝާ އެކަން ކާމިޔާބުވެސް ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މިދުނިޔޭގެ އަނިޔާވެރިކަމުން އަބަދުގެ އަބަދަށް އަޒުމާގެ ލޯމެރުނެވެ. ރޮވިފައި ކަހަލަ ގޮތަކަށް އިން އަހުނަފަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަހުނަފްގެ މަންމަގެ މަރުގެ ޚަބަރު ލިބުމުން ފާތުމމެންވެސް އައެވެ. އަޔާޒުގެ ބައްޕަވެސް އައެވެ. އެ އެންމެން އެއްވިތަނާ އަހުނަފްގެ ދޮންބެ އަޒުހަރު އައެވެ. ލަހެއްނުވެ  އަޒުމާގެ ޖަނާޒާފެށުނެވެ. ނެގިމަޑުވެފައި އިން އަހުނަފް އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ.

އެދުވަހު މެންދުރު އެންމެންނަށް ކެވުނު އިރު ގަޑިން 3 ޖަހައި ބޮޑު ވެއްޖެއެވެ. އަހުނަފަކަށް ރަނގަޅަކަށް ނުވެސް ކެވެއެވެ. އަހުނަފްގެ ހިތާމައިގައި އެންމެބޮޑަށް ބައިވެރިވި އެކަކަކީ ހަނާއެވެ. އެ ދިރުމެއްނެތް ދެލޯފެންނަ ކޮންމެފަހަރަކު، ހަނާގެ ހިތް ރޯލައެވެ. ނޭނގިނަމަވެސް ހަނާއަށް އަހުނަފްގެ މޫޑު ބަދަލު ކުރަން ބޭނުންވިއެވެ. ނަމަވެސް އޭނަ ވަކި ކުރާނީ ކޮންކަމެއް ހެއްޔެވެ؟.. “އަޒުހަރު އަހަންނަށް ތިގެ ދޭންވީނު.. ؟” ކައިނިންމައިފައި ނުކުމެ ކައުޗުތަކުގައި ތިބި އެންމެންގެ ތެރެއިން ވާހަކަފެށީ އިޝާމެވެ. “އެގެ ހަދައިދީފާނަން .. އަދި އެތާ ގެސްޓްހައުސް  ވިޔަފާރިވެސް ފެށިދާނެ..” “ދެން އޭރުން އަހުނަފް…؟” އަޒުހަރު ބަލާލީ ހައިރާންކަމާ އެކުއެވެ. “އަހޫ ހުންނާނީ ދެން އަހަރެންގެ ގޭގައި.. އަޔާޒުކައިރީގަ..” އަހުނަފްގެ ބުރަކަށީގައި ފިރުމާލަމުން އިޝާމް ބުނެލިއެވެ. އެކަމާއެއްބަސްވެ ބޯޖަހާލަމުން އަޒުހަރު އަހުނަފްގެ ހިޔާލަކަށް އެދުނެވެ. “އެއީ މަންމަގެ ހަނދާންތަށް… އެކަމަކު ދުނިޔޭގައި އުޅެންޖެހޭނީ އެހަނދާންތަކާ ދުރުވެގެން…އަޅުގަނޑު ނުބުނާނަން ނޫނެކޭ.. އެކަނި އުޅުމަށްވުރެ އަޔާ ކައިރި އުޅުން ރަނގަޅުވާނެ ކަންނޭނގެ..” ކުލަމަރުވެފައިވާ އެ މޫނުން އެއްވެސް ޝުއޫރެއް ފާޅެއް ނުވެއެވެ.

އެދުވަހު އަޔާޒާއެއްކޮށް ގޮސް އޭނާގެ ހުރިހައި އެއްޗެއް އަޔާޒުމެންގެއަށް ބަދަލުކުރީ ހިތާދެކޮޅަށެވެ. ނަމަވެސް ދުވަސްކޮޅަކުން އޯކޭވެދާނޭ ހިތަށް އަރުވަމުންނެވެ. އަޔާޒުގެ ބޮޑު ކޮޓރި ފެނުމުން އަހުނަފް ހުރީ އާގަމަވެފައެވެ. މިގެއަށްއަޔަސް މި ރޫމަށް އޭނާ އެވަނީ އަލަށެވެ. ދަބަސް ދަމާ ކޮޓަރިއަށް ލަމުން ދިޔަ އަހުނަފް ހުއްޓުންއެރީ އަޔާޒު އެދަބަސް އަނެއްކާ ބޭރުކޮށްލުމުންނެވެ. އަދި އަތުގެ އިޝާރާތުން އަންނަންބުނެ ދަބަސް ހިފައިގެން ޖެހިގެން ހުރި ކޮޓަރިއަށް ވެއްދުމުންނެވެ. އެއީވެސް ބޮޑު ކޮޓަރިއެކެވެ. ރީތި ކޮޓަރިއެކެވެ. “މޭން ދިސްވަންސް ފޯރ ޔޫ.. އަދި ބަލާ.. މީއިނދީ ސީކްރެޓް ރޫމް.. ” ރެމޯޓަކަށް ފިތާލުމުން ހުޅުވިގެންދިޔަ އެތާތެރެއަށް އަހުނަފް ވަނެވެ. އަދި އޭނާގެ ސާމާނުތަށް ލިއެވެ. “ތޭންކްސް ބްރޯ…” ފެންކަޅިވީލޮލުން ކަރުނަ ދިއްލުމުން އަޔާޒު ހިނިގަނޑެއް ޖަހާލިއެވެ. އަދި ރެސްޓުކޮށްލާށޭ ބުނެފައި ނުކުމެގެން ގޮއްސިއެވެ.

ދުވަހަކުވެސް އެކަހަލަ ތަނަވަސް ކޮޓަރއެއްގައި އުޅެފައިނުވާ އަހުނަފަށް އެތާހުރި ހުރިހައި އެއްޗެއްވެސް ވީ އާއެއްޗިއްސަށެވެ. ފާހާނަޔަށްވަނުމުންވެސް އޭނާ އަޖައިބުވިއެވެ. ފަނޑު ނޫކުލައެއް ވެރިވެފައިވައި ފާހައިނައިގައި ވަނީ ބާރތްޓަބެއްވެސް ބަހައްޓައިފައެވެ. އަލަށް ހޫނުފެނުން ފެންވެރުނެވެ. އޭގެން ފެންފައިބާއިރު ނުހަނު އަރާމްވެއެވެ. އެތައް ފަހަރަކު ހެއްދެވިފަރާތަށް ޝުކުރު ކުރެވުނީ އެ ނިއުމަތްތަށް ދެއްވިތީއެވެ. ފެންވަރައިގެން ޖައްސާލީ ސިކުނޑިއަށް ވެރިވެފައިވި ބުރަކަން ފިލުވޭތޯއެވެ. ނަމަވެސް އަޔާޒު އައިސް އެރޭ ސުކޫލަށްދާންޖެހޭކަން ހަނދާންކޮށްދިނުމުން ގަޑިބަލާލިއެވެ. “އޯމޭން.. 4 ޖެހީދޯ…؟ އަދި ނުގަންނަން ވެސްޓް ވެސް..” ގްރެޖުއޭޝަން ކަމުން ހެދުންއަޅަން ޖެހެނީ އެއްގޮތަކަށެވެ. “ބުރޯ ހާސްނުވެބަ.. މަވެސް ނުގަންނަމޭ.. އެހެންވެ ހިނގާށޭ ގަންނަން ދާން މިކިޔަނީ..” “އޯކޭ މަ ދޮންބެއަށްގުޅާފަ އެބަ ލާރިއެއްހަމަޖައްސަން…”  ފޯނު ނަގަން އަހުނަފް ދިއްކުރި އަތުގައި އަޔާޒު ހިފާލިއެވެ. “ނަހް.. މަށާއެކީ ދާނީ.. މަގަނެދޭނަން .. މަގޭ ޕޮކެޓްމަނީގަ އެބަހުރި ޑޮލަރުކޮޅެއް.. ހިނގާ…” އިތުރު އެއްޗެކޭ ނުބުނެ އަހުނަފް ބައްސަހާ ކުއްޖެއްފަދައި އަޔާޒާއެކީ ދާން އެއްބަސްވިއެވެ.

ފިހާރަޔަށްގޮސް ފޯރީގައި ވިޔަފާރިކުރަމުން ދިޔައިރު ރީމާއާ ފާތުމަވެސް ރީމާގެ ހެދުން ތައްޔާރުކުރުމުގައި އަވަދިނެތި އުޅުނެވެ. އެރޭގެ ޖަލްސާއަށް ހަނާ ރީމާގެ ސްޕީޗް ލިޔެދީފިއެވެ. އަދި އެޖަލްސާއަކީ ރީމާއަށް ނުހަނު ހާއްސަ ޖަލްސާއެކެވެ. އެހެންކަމުން ފާތުމަބެލީ ވަރަށް ފުރިހަމަކޮށް އެހެދުން ނިންމޭތޯއެވެ.އެމީހުންނަށް އެހެދުން އެއްކޮށް ނިންމާލެވުނީ ފަސްގަޑިބައިވެބޮޑުވިފަހުންނެވެ. އަޔާޒާ އަހުނަފަށްވެސް ގެއަށްދެވުންއިރު ބަންގިގޮވަނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ޒާރާ (16)

Next

ވަންހަނާ (ބާރަވަނަބައި)

Next
February 1, 2018

ވަންހަނާ (ބާރަވަނަބައި)

Previews
February 1, 2018

ޒާރާ (16)

10 Comments!

  1. Angel says:
    February 1, 2018 at 9:37 pm

    Wow v reeti mi part vaxx . When next part❤?

    1. thuhoo says:
      February 1, 2018 at 9:50 pm

      Thanks Angel..u r the best reader of this story luv you❤️❤️❤️

  2. Icy♡ says:
    February 1, 2018 at 10:24 pm

    Love this story
    ♡♡♡♡♡

    1. thuhoo says:
      February 1, 2018 at 10:28 pm

      Thanks Icy ❤️

  3. thuhoo says:
    February 1, 2018 at 11:24 pm

    Never mind ingey olhigen pic change nukoh inee… And fenunee up vi fahun…

  4. Sana says:
    February 2, 2018 at 1:18 am

    Alhey Haadha Haadha furihama vaahaka ekey maashaa allah ??????? my favorite story in esfiya and pls use dhivehi word and room eh noon dhivehin KOTARI
    Ok then but next time pls use dhivehi words?
    Keep it up

    1. thuhoo says:
      February 2, 2018 at 8:16 am

      Owh… Thanks sana dhn ahna part ga ebai rangalhu vaane inshallah ❤️ thanks for the nice and lovely comment.. abadhuves tell me my mistakes eyrun rangalhu kohdheynan ❤️ my stories are dedicated to you guys ❤️❤️❤️❤️ppls?

  5. Angel says:
    February 2, 2018 at 6:45 pm

    K vaaneh pick change viaxx

  6. thuhoo says:
    February 2, 2018 at 7:04 pm

    ??

  7. Xoo says:
    February 4, 2018 at 4:36 pm

    Love this story❤❤❤ v v heart touching storyy v furihama thuhoo thankx

Comments are closed.

Next Episodeލޯބިއެހެނަސް..6←


All Right Reserved!