Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ނަވާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 28, 2018 5 Mins Read
22 Comments

އެ ހިނދު އަންހެނެއްގެ އަނގައިން ނިކުތް އަޑު އިވިގެން ދިޔުމުން އެއީ އަންހެނެއްކަން އެނގުންވީ ވަގުތު އަފާފް ކައްސާލާފައި ވެއްޓެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އަފާފް ގޮސް ބިންމަތީގައި އަރިއަކަށް ގޮސް ޖެހުނެވެ. ގައިގެ ދަށުގައިވި އަތަށްވީ ތަދާއެކީ އަފާފްގެ އަނގައިން ވޭނީ އަޑެއް ނިކުތެވެ. ދެލޯ ތަގުޅިކޮށްފައި ހުޅުވާލި ވަގުތު އެފަދަ ޙާލަތެއްގައި ވެސް އެއްވެސް އެއްޗެއް ނުފެނުމުން އަފާފްގެ ލޮލުން ކަރުނަ ހިލުނެވެ. މި ޙާލަތުގައި އޭނަވަނީ އެކަނިހެން ހީވި ވަގުތު ބައްޕަ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ބައްޕަ އޭނައަށް ނުވެސް އެނގޭ ހުތުރު ބަހަކުން އެ އަންހެން މީހާއާ ދިމާލަށް އެއްޗެހި ކިޔުމުން އެ އަންހެން މީހާ ރޯން ފެށި އަޑުން އެއީ މުސްކުޅި އަންހެނެއްކަން އަފާފަށް އެނގުނެވެ. އެމީހާއަށްޓަކައި ހިނދުކޮޅަކަށް ނަމަވެސް ހިތުގައި ޙަމްދަރުދީއެއް އުފެދެން އުޅުނެއްކަމަކު ބައްޕަ އޭނަ ތެދުކުރުވަން އުޅުމުން ކަނާތް އަތުގައި އުފެދުނު ރިހުމެއްގެ ސަބަބުން އެ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ.

 

ކާރުގައި ބާރު ސްޕީޑެއްގައި ހޮސްޕިޓަލަށް ދިޔަ ވަގުތުވެސް އަފާފްގެ އަތުގައި ވޭނެއް އުފެދިފައިވިއެވެ. އެ ވޭނުގެ ތެރެއިން ވެސް އޭނައަށް މަންމައާއި ބައްޕަގެ ޒުވާބުތަކަށް ސަމާލުކަމެއް ދެވުނެވެ. އެ ޒުވާބުތަކުގެ ތެރެއިން އިވުނު ވާހަކަތަކުން އޭނައަށް އެ އަނިޔާއެއް ދިނީ ސިކުނޑި ހަމަނުޖެހޭ މީހެއްހެން އަފާފަށް ހީވިއެވެ. މަންމަ އަވަސް ބަހުރުވައިން ދެއްކި ވާހަކައިގެ ތެރެއިން ޝަރަފްގެ ނަން ވެސް އައިހެން ހީވުމުން އަފާފް ސިހުންވާ ގޮތްވިއެވެ. އެހެނަސް އޭނަ އެކަމާމެދު އިތުރަށް ސުވާލުކުރާކަށް ބޭނުމެއްނުވިއެވެ. އިތުރަށް ސުވާލުކުރާނެ ހިތްވަރެއް އެވަގުތު ނުވެސް ނެތުމުންނެވެ. އަދި ސުވާލުކުރަން ހިތަށްއެރި ވަގުތަކީ ބައްޕަ ޝަރަފަށް ގުޅައި މި ޚަބަރު ދިން ވަގުތަށް ވެސް ވުމުންނެވެ.

 

ޝަރަފަށް އެ ޚަބަރު ލިބިގެން ދިޔައީ އޭނަ އޮފީސް ނިންމާލާފައި ގޮސް ހުސެއިން އޭނައަށް ހަދިޔާ ކުރި ސައިކަލަށް އަރައި ސްޓާޓްކުރަން އުޅުނު ވަގުތެވެ. އެކޮޅުން އިވުނު ވާހަކައިން ޝަރަފްގެ މޭގަނޑު އަތަށްއައެވެ. އޭނަގެ ޣައިރު ހާޒިރީގައި ފާއިތުވި އެންމެ ފުރަތަމަ ދުވަހު ވެސް އަފާފަށް ކުރިމަތިވި ޙާލަތު ތަޞައްވުރު ކުރެވުމުންނެވެ. އޭނަ ހަމަ އެ ހިނދުކޮޅުގައި އައި ރުޅީގައި ހުސެއިނާއި ދިމާލަށް ވެސް އެއްޗެހި ގޮވައިގަންނަން ބޭނުންވިއެވެ. ބޭރު ތަނަކަށް ގޮސްފައި ފަރުވާކުޑަ ކަމާއެކީ އަފާފާއި ދުރަށް ދިޔަ ކަމަށްޓަކައެވެ. އަމިއްލަ ރުޅި ކޮންޓްރޯލް ނުކުރެވޭނެހެން ހީވި ވަގުތު ޝަރަފް އަވަސްއަވަހަށް އޯކޭ ދެމުން ފޯނު ކަނޑާލީ އެންމެ ރަނގަޅު ވާނީ އެގޮތަށް ހެދުމުންކަމަށް ނިންމަމުންނެވެ. އެއަށްފަހު އޭނައަށް އެ އާ ސައިކަލު ލިބުނުފަހުން ދުވަހަކުވެސް ނުދުއްވާހާ ބާރަށް ދުއްވާފައި އޭނަ ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ވަދެވުމާއެކު އޭނަ ހުސެއިނަށް ގުޅާލިއެވެ. ހުސެއިން ބުނި ގޮތުގައި އަފާފްގެ އެކްސްރޭއިން އޭނަގެ އަތުގައި ރެސްލާފައިވާކަން ފާހަގަވެފައިވީތީ ޕްލާސްޓަރު އަޅަން ވައްދާލެވިފައިވީ ކަމަށެވެ. ޝަރަފް ވަގުތުން އެކަން ހިނގަނީ ކޮން ފަންގިފިލާއެއްގެ ކޮން ތިއޭޓަރެއްގައިތޯ ހޯދައި އެހާ ހިސާބަށް ދިޔައެވެ. އޭނަ ފެނުމާއެކުހެން ޝާދިޔާ އައިސް ރުޅިވެރިކަމާއެކީ އޭނައާއި ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް ހުސެއިން ހިސާބެއްގެ ހަރުއަޑަކުން ޝާދިޔާއަށް ގޮވާލުމުން ޝާދިޔާ ހުއްޓުނެވެ. އެކަން އެހެން ވާންވީ ސަބަބެއް ނޭނގުނެއްކަމަކު ޝަރަފް އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އޭގެ ބަދަލުގައި އޭނަ އިންތިޒާރުކުރީ އަފާފް ތިއޭޓަރުން ނެރޭނެ އިރަކަށެވެ.

 

ތިއޭޓަރުން އަފާފް ނެރެވުމާއެކުހެން ޝަރަފް ގޮސް އަފާފްގެ މިނިވަންވެފައި އޮތް އަތުގައި ހިފައި އަފާފްގެ ނަމުން ގޮވާލީ އޭނަ ހުރިކަން އެންގުމަށްޓަކައެވެ. އެނދުކުރިއަށް ދިޔަ ވަރަކަށް ޝަރަފްވެސް އެއާއެކީ ކުރިއަށް ދިޔަދިޔަހެން އަފާފް އޭނަގެ ނަމުން ވެސް ގޮވާލިއެވެ. އެއަށްފަހު ޝަރަފްގެ އަތުގައި ބާރަށް ހިފަހައްޓާލީ އޭނަ ޝަރަފަށް ބޭނުންވާކަން އެންގުމަށެވެ. އެދެމަފިރިންނަށް ނޭނގުނު ކަމަކީ އެ ދެމީހުންގެ އެ ލޯތްބަށް ލޮޅުމެއް ގެނެސްފާނެ ފަދަ ޚަބަރެއްގެ ވާހަކަ އެދެމީހުންގެ ފަހަތުން ދެކެވެމުން ދިޔަކަމެވެ.

 

“ޚަބަރުދާރު އެއްވެސް އެއްޗެކޭ ބުނިއްޔާ ޝާދިޔާ! އަފާފަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވިފަ މިވަނީ ވަރަށް ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތަށްފަހު ވަރަށް ދިގު އިންތިޒާރެއް ކޮށްގެން. ހަމައެކަނި ތިމާގެ ބަސް މޮޅުކުރަން އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްނުލާތި.” ޝާދިޔާގެ އަތުގައި ހިފައި އޭނައާއި އެއްވަރުކުރުވަމުން އަފާފްގެ އެނދުގެ ފަހަތުން ހިނގާފައި ދިޔަ ހުސެއިން މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އޭނަގެ އެވާހަކައަށް ޝާދިޔާ އޭނައަށް ބަލާލުމުން ހުސެއިން މާ ބޮޑު ފަރުވާލެއްނެތި ކުރިއަށް ދިޔައެވެ. އެހިނދު ޝާދިޔާގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިވިއެވެ. ހުސެއިނަށް ނޭނގުނު ކަމަކީ ޝާދިޔާ ވަކި ‘އެއްޗެކޭ’ ބުނަން އުޅެނީ އޭނަގެ ނަޒަރިއްޔާތުން އަފާފްގެ އުފާވެރި ޙަޔާތް ބަރުބާދު ކޮށްލާކަށްނޫނެވެ. ޝާދިޔާގެ ނަޒަރުން އޭނަ ޙަޤީޤަތް ފާޅުކުރަން ބޭނުންވަނީ އަފާފަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. އޭގެ ފަހަތުގައި ފޮރުވިފައިވި އަމިއްލަ އެދުން ބޮޑުކަން ޝާދިޔާއަކަށް ނުފެނެއެވެ.

 

ޕްރައިވޭޓް ރޫމަކަށް އަފާފް ވައްދާލެވުމުން ޝަރަފަށް ކެތްމަދުކަމާއެކީ އަފާފްގެ ގައިގައި ބައްދައި އަފާފްގެ ނިތުގައި ބޮސްދީފައި ކިހިނެއްތޯ އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ހުސެއިން، ޝާދިޔާއާއެކީ އިރުކޮޅެއްވަންދެން ބޭރުގައި މަޑުކުރީ އެދެމީހުންނަށް ވަގުތު ދިނުމަށެވެ. އެވަގުތުކޮޅުގައި ވެސް ހުސެއިން ޝާދިޔާއަށް ސީރިއަސް ނަޒަރުތައް ދީ އޭނަ ދެއްކި ވާހަކަތަކުގެ މަތިން ހަނދާން ކޮށްދިނެވެ. އެއިން ޝާދިޔާގެ ރުޅި އިތުރުވުން ނޫންކަމެއްނުވިއެވެ.

 

**

 

“އޯންވް……ހީރޯ އެންމެ ހިނދުކޮޅަކަށް ގެއްލުނީމަ ވީވަރުދޯ މީ؟” އަފާފް ކިޔައިދިން ވާހަކަ އަޑުއަހާފައި އޭނަ ހެއްވާލުމުގެ ނިޔަތުގައި ޝަރަފް ސަމާސާ ރާގެއް އަޅުވާލިއެވެ. އޭނަ ހީކުރީ އަފާފް ވެސް އޭނައަށް ބޭނުމެއް ނުވާކަމަށް ބުނެ ސަމާސާވެރި ޙަމަލާއެއް އޭނައަށް އަމާޒުވާނެކަމަށެވެ. އަފާފްގެ ގޮތަކީ އެއީ ކަމަށްވާތީވެއެވެ. އެހެނަސް……..

 

“އާނ……ދެން ނުދައްޗޭ ޝަރަފް. އަހަރެން ވަރަށް ދެރަވޭ ޝަރަފް ނެތީމަ.” އަފާފް އޭނަގެ މޭމަތީގައި ބޯއަޅާލަމުން އެހެން ބުނެލި ގޮތުން ޝަރަފް އުފާވެ ހިސާބަކަށް ދެރަވާގޮތްވިއެވެ. އަފާފްގެ ނުކުޅެދުންތެރިކަމާއެކީ ވެސް އޭނަ މިނިވަން ކުއްޖަކަށް ހެދުމަށްޓަކައި ކުރި ހުރިހާ ކަމެއް އެއްވުމުން ވެސް އަފާފް އޭނައަށް އެހާ ބޭނުންވާކަމަށްޓަކައެވެ. ދެމީހުން ތިބިގޮތަށް ތިއްބާ ހުސެއިން ދޮރު ހުޅުވާލުމުން ދެމީހުންނަށް އެކަކު އަނެކަކާ ދުރުވެވުނެވެ. ހުސެއިން ނުހަނު އުޖާލާ ހިނިތުންވުމަކާއެކީ ވަދެފައި އަފާފް ކިހިނެއްތޯ އަހާލިއެވެ. އަފާފް ޖަވާބު ދިނުމުން ހާދަ ދެރަދޯއޭ ހުސެއިން ބުނެލިއެވެ. އޭގެ މާ ގިނައިރެއްނުވެ ރުޅިން ރަތްވެފައި ހުރި ޝާދިޔާ އެ ރޫމުގެ ތެރެއަށް ވަދެގެން އައެވެ. އޭނަ އަފާފްގެ އެނދުގެ ކައިރީގައި ހުއްޓިލިއެއްކަމަކު އަފާފްގެ ޙާލު ބަލާކަށް ވެސް ނުއުޅުނެވެ. އެހެންކަމުން ދެންތިބި މީހުން އޭނައަކަށް މާ ބޮޑު ފަރުވާލެއް ނުދިނެވެ. އޭގެ ބަދަލުގައި ޝަރަފް ކުރީ އިތުރު ސަމާސާތަކެވެ. ޝަރަފް ހެވިފައި ހުރިތަން ފެންނަމުން ދިޔަ ކޮންމެ ސިކުންތަކާއެކީ ޝާދިޔާގެ ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. ޝަރަފްގެ އެ ސަމާސާތަކުގެ ތެރެއިން އޭނަ ދެން އަބަދުވެސް ހުންނާނީ އަފާފް އޭނަގެ އަތުތެރެއަށް ލައިގެން ކަމަށް ބުނެލީ ހިނދު ޝާދިޔާގެ ކެތްތެރިކަން ކޮޅުންލިއެވެ.

 

“ކަލޭގެ އަތުތެރެ މާ ރައްކާތެރީތަ އަފާފަށް؟ އަފާފް ބަލަހައްޓަން ތިމާނޫން މީހެއް ނެތްކަމަށް ހެދިގެން ތިއުޅެނީ އަފާފާއި ދެކޮޅަށް ކަލޭ އެއްވެސް އަނިޔާއެއް ނުދޭތީތަ؟ އަހަރުމެން އޮޅުވާލަން ނުއުޅޭތި!” ޝާދިޔާ ހަރުއަޑުން ވާހަކަ ދެއްކުމުން ހުސެއިން އަނެއްކާވެސް ޝާދިޔާގެ ނަމުން ގޮވާލިއެވެ. ޝާދިޔާގެ ބަސްތަކުން އަފާފް ސާބިތުކަމާއެކީ ޖަވާބެއްދޭން އުޅުނު ވަގުތު ޝަރަފްގެ ހިތް ދަތިވިއެވެ. އޭނަ އަފާފްދެކެ ވާ ލޯތްބަކީ އޮޅުވާލުމެއްހެން އެންމެ މީހަކަށް ވެސް ހީވާތީވެއެވެ. އޭނަ އެ ލޯބީގެ ދިފާޢުގައި އެއްޗެކޭ ބުނަން އުޅުނުތަނާހެން ޝާދިޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ކަލެއާ ކަލޭގެ ޢާއިލާ ތިއީ ހަމަ އެކައްޗެއް! މިއަދުވެސް އަފާފަށް އެ އަނިޔާ ލިބިފަ އެ ވަނީ އެ މޮޔަ ވަރުދާގެ އަތްދަށުން!” ހަރުއަޑުން އިވިގެން ދިޔަ ނަމަކުން ޝަރަފަށް ހީވީ އޭނަގެ ކަންފަތުގައި ހޮނު ގުގުރީގެ އަޑު ގުގުމާލިހެންނެވެ. އެ ނަމަކީ އޭނަގެ ޙަޔާތަށް ނިސްބަތްވާ ކާކުގެ ނަންކަން އެނގި އެމީހެއްގެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔުމުން ޝަރަފްގެ ދެލޯ ބޮޑުވެ މެއަށް ފިނިވެގެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މާޒީ އޭނަގެ ލޯ ކުރިމަތިން ސިފަވެ، އެ ސޫރައިގެ ވެރިފަރާތާއިމެދު އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތައް ސިކުނޑިއަށް އަންނަން ފެށި ވަގުތު ޝާދިޔާ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“މިއީ ހަމަ ކަލެއާއި ކަލޭގެ މަންމަ ރާވައިގެން ކުރިކަމެއް! އޮޅުވާލަން ނުއުޅޭތި. ނަސީމާވަނީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީފަ. ކަލޭގެ މަންމަ ކައިވެނީގެ ފުރަތަމަ ދުވަހުއްސުރެ ވެސް އަފާފަށް ނަފްރަތުކުރާ ވާހަކަ.” ޝާދިޔާ ދެއްކި ވާހަކަތަކުން ޝަރަފް ދެންވެސް ޙައިރާންކަމެއްގެ ތެރޭގައި ވީ ހިނދު އަފާފްގެ ހިތް ދެރަވާގޮތްވިއެވެ. ޝަރަފާއި ގުޅުން ހުރި މީހަކު އޭނަދެކެ އެހާ ބޮޑަށް ނަފްރަތު ކުރާތަން ސިފަކުރަން ވެސް އޭނައަށް ދަތިވުމުންނެވެ. ބައްޕަ އިތުރަށް ވާހަކަ ދެއްކުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެހެންވެއެވެ.

 

“ޝާދިޔާ އުޅެނީ މޮޔަވެގެންތަ؟ އެ ނަސީމާ ދައްކާ ވާހަކަތައް ޝާދިޔާ ޤަބޫލުކުރަން ފެށީ ކޮން އިރަކު؟” ހުސެއިން ހަރުކަށިކަމާއެކީ އަހާލިއެވެ.

 

“އޭނަ ހަމަ މި ފިރިހެނާއާމެދު ގެނައި ޚަބަރެއް އަހަރެން ޤަބޫލުނުކުރަން ހުއްޓާ އެއީ ތެދެއްކަން އެނގުނު ހިސާބުން………މާ ޚުޝިޔާރުވާން ނުއުޅޭތި! ތިއުޅެނީ ކަލެއާއި ކަލޭގެ މަންމަވެގެން އަހަރުމެންގެ ހުރިހާ ފައިސާއެއް ކާލަން. އެ ވަރުދާ ވެސް ނުލާހިކު ވަރުހުރޭ ވިއްޔަ ފައިސާއަށް. ޢައްބާސްގެ އަތް ހުސްކޮށްފަ އޭނަ ރަމީޒްގެ ކައިރިއަށް ދިޔައީ ވެސް ހަމަ ފައިސާއަށްކަން މިއަދު މަށަށްވަނީ ޔަޤީންވެފަ. ކަލޭވެސް ތިއުޅެނީ އެކަހަލަ ކަމެއްގަ އަފާފާ އިނދެގެން.” ވަރުދާ ދެއްކި ވާހަކައިން އަފާފާއި ޝަރަފްގެ ވެސް ނިތަށް ރޫގިނަވިއެވެ. މަންމަ ދެއްކި ވާހަކަތަކަށް ޝަރަފް ދޭނެ ޖަވާބަކަށް އަފާފަށް އިންތިޒާރު ކުރެވުނު އިރު ޝަރަފް ހުރީ އޭނައަށް އިވުނު ވާހަކަތަކާމެދު ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް އޭނަގެ މަންމަ، ބައްޕަ ދޫކުރީ ފައިސާއަށްޓަކައިތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އެއަށްފަހު އޭނަ ވެސް މަންމަގެ އެ ސިފަ ވާރުތަވެގެން އެ ސިފަ ތަކުރާރުވިޔަދެނީތޯ އަމިއްލަ ސިކުނޑިއާއި ސުވާލުކޮށްލެވުނެވެ. ދެވަނަ ސުވާލުގެ ޖަވާބު އިސާހިތަކު ޔަޤީންވިއެއްކަމަކު އެ ފުރަތަމަ ސުވާލުގެ ޖަވާބު އޭނައަށް ސާފެއްނުވިއެވެ. ހަމަ އެއާއެކު އޭނަގެ މަންމަ ކޮބައިތޯ ބުނެ ސުވާލުކުރާ އޭނަގެ މޭތެރޭގައި އޮތް އެތިކޮޅު އެއް ސުވާލެއް ތަކުރާރު ކުރަން ފެށިއެވެ. މަންމަ ހޯދަން ބޭނުންވީ ސަބަބާމެދު ވިސްނާލުމުން ޝަރަފްގެ ހިތަށްވެރިވީ އެއްވެފައިވާ ޖަޒުބާތުތަކެވެ. އެހެނަސް އަފާފަށް އަނިޔާއެއް ދިން މީހަކީ އެ މަންމަކަން އެނގުންވީ ހިނދު ޝަރަފްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އަދި ޝާދިޔާ ބުނިހެން މަންމައަކީ ފައިސާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެހެން ހީވާފަދަ މަންމަގެ ހުރިހާ ސިފައެއް ހަނދާނަށް އަންނަމުން ދިޔަދިޔަހެން އޭނަގެ ބުމަގޮށްޖެހި އޭނަގެ ގޮށްމުއްކެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 29

Next

ކުރިން އެނގުނުނަމަ (ތޭރަވަނަ ބައި)

Next
January 29, 2018

ކުރިން އެނގުނުނަމަ (ތޭރަވަނަ ބައި)

Previews
January 28, 2018

ނޭނގި ހިތޭ ތި އަތުލީ 29

22 Comments!

  1. Jana says:
    January 28, 2018 at 11:45 pm

    އައްސަލާމްޢަލައިކުމް. ދެން އޮތް ބައި އަންގާރަ ދުވަހު އިން ޝާ ﷲ. މިހާރު ޖަނާއަށް ރިޕްލައި ނުކުރެވޭތީ ތިޔަ ކިޔުންތެރިންނާ މާ ބޮޑު ގާތްކަމެއްވެސް ނޯންނާނެ ކަންނޭނގެ. ހެހެ….އެހެންވީމަ މި ބަޔަށްފަހު މަސައްކަތް ކުރާނަން ވީ ވަރަކުން ރިޕްލައި ކުރެވޭތޯ. ކުރީ ބައިގެ ހުރި ކޮމެންޓްތަކަށް ބަލާފަ ޖަނާ ބުނެލާނީ އަސްލު ވަރަށް އުފާވޭ ތިޔަ ކިޔުންތެރިން ޖަނާއަށްޓަކައި ދުޢާކޮށްދޭތީ. މާތް ﷲ ތިޔަ ކިޔުންތެރިންނަށް ޖަނާއަށްޓަކައި ކޮށްދޭ ދުޢާއަށްވުރެ މާ ބޮޑުވެގެންވާ އަދި މާ ރީތިވެގެންވާ ޖަޒާއެއް ދެއްވާށި. އާމީން! ޖަޒާކުމު ﷲ ޚައިރަން! 🙂

    އެންޑް…މި ބައި ކުރުވާނެ….މަސައްކަތް އެބަކުރަން ވީކްޑޭސްގަ ގެނެސްދޭ ބައިތައް ވެސް ދިގުކުރެވޭތޯ އިން ޝާ ﷲ. އެކަމަކު އަދި ވާވަރު މީ. ހޯޕް ޔޫ އަންޑަސްޓޭންޑް. އަދި ކިޔުންތެރިންނަށް އެއްވެސް ކުށެއް ނޫނީ ވާހަކަ އިތުރަށް ރަނގަޅަށް ލިޔެވޭނެ ގޮތެއް ފާހަގަވަންޏާ އެކަމެއް ޖެހިލުމެއްނެތި ހިއްސާކޮށްލުން އެދެން. ޖަނާ އެކަހަލަ ކަންތައްތަކާ ރުޅި ނާންނާނެ އިން ޝާ ﷲ. 🙂 ރުޅި އައިއްޔާ އެއީ ކިބުރުވެރިކަމުގެ ނިޝާނެއް. މާތް ﷲ އަޅަމެން އެކަމުން ސަލާމަތް ކުރައްވާށި. އާމީން!

  2. Shaai says:
    January 28, 2018 at 11:47 pm

    Ma Sha Allah.. Thanks jana.. Dhen vaanee kihineh vaa?

    1. Jana says:
      January 30, 2018 at 2:59 am

      Alhamdhulillah! (All praise and thanks belong to Allah) dhen vaa goiy balamaa maadhamaa rey In Sha Allah 😀

  3. Lai says:
    January 29, 2018 at 12:32 pm

    Varsh reethi mi bai Janaa . Thanks . Waiting for next part.

    1. Jana says:
      January 30, 2018 at 2:59 am

      Alhamdhulillah! 🙂 next part maadhamaa rey In Sha Allah

  4. Zaaraa says:
    January 29, 2018 at 12:56 pm

    Ameen????

    1. Jana says:
      January 30, 2018 at 3:00 am

      😀

  5. Pinky shifoo says:
    January 29, 2018 at 1:56 pm

    Mi part vx hama varah varah reethi Maasha Allah ??… Varah inthizaaru kurevey vaahakaeh mee.. Waiting for next part ???

    1. Jana says:
      January 30, 2018 at 3:01 am

      Alhamdhulillah! hehe….jana heekury mi bai ehaa reethi nuvaane kamah. aslu genesdheyn beynunvi hisaabah nuves genesdhevunyma. hehe….shauquverikan dhemehettunyma hiyvvareh libijje Alhamdhulillah! 🙂 next part maadhamaa rey In Sha Allah 😀

  6. Hu says:
    January 29, 2018 at 4:07 pm

    Kuruviyas mibaives vvvvvreethi masha allhah janage khiyalu thanavas kohdhehvashi aameen

    1. Jana says:
      January 30, 2018 at 3:02 am

      Ameen! Maai Allah alhamen heyo niyatheggai kuraa komme kamakattakai khiyaalu thanavas kohdhevvaashi. Ameen! 🙂

  7. Isha says:
    January 29, 2018 at 5:50 pm

    MashaAllah vrah reethi???

    1. Jana says:
      January 30, 2018 at 3:03 am

      Alhamdhulillah! 🙂 <3

  8. Jana says:
    January 30, 2018 at 2:04 am

    (Post related to part 25)
    “Marriage is an emotional AND rational decision”

    The first time I heard this, I was stunned. That was the very moment the image of marriage that I had from childhood was absolutely crushed. And the day I realized what they mean when they say “marriage is no joke.”

    Yes it’s true that marriage has to do with love. It is a source of happiness and comfort. It is a source of smiles and laughter. It has to do with flowers and rainbows and the whole nine yards. But at the same time we must realize that when we say yes to someone for marriage, we are agreeing to be with them for a lifetime. Every single day of every week of every month of every year. We are committing to a relationship promising to be by the side of this person through thick and thin. We have heard all these statements from movies and a lot of times we tend to get carried away with our EMOTIONS and NOT THINK about what all of that really means.

    Its easy for us to say that we have feelings for someone. But the thing about feelings is that they don’t stay constant. Though we might assume so at the beginning of a relationship. Our feelings change according to the situations that we are in. Our feelings for someone CAN change overtime. Hence for our relationships to succeed, it requires a thorough reflection of what it would practically mean to spend a lifetime with the person whom we are considering to marry.

    So what will that ‘thorough reflection’ involve? It involves questions about the likes and dislikes of the person. About the person’s perspective on deen. About how important he/she thinks learning about deen is. About how the person handles difficult situations. About how the person views the diseases of the heart like pride, arrogance and jealousy. About how the person deals with kids because at the end of the day that person is going to be the other parent of our kids.

    There are many more things that can be added to this list but I will cut it short from here. And share with you some words that I heard from a lecture that have been stuck in my head for years.

    “Marriage is a lifetime commitment. This is the person that is going to be the other parent of your children. This is the person you are going to confide in. This is the person you are going to have financial difficulties with. This is the person you are going to lean on for support whenever you get betrayed on the outside. And if you are not making a rational and informed decision whenever you get married then you are just like the person who buys a chocolate just by looking at the chocolate wrapper. (ie, you may not like the chocolate even though the wrapper might look good)” Sheikh Omar Suleiman

    PS: I am by no means promoting the idea of getting into a relationship before marriage. As a matter of fact we are less likely to be rational when we get into relationships outside of marriage. Rationality can only be achieved if we try to get to know the other person with an open mind and no bias in a respectful and dignified setting. That is what Allah commanded us to do. And Allah Knows best.

  9. Jana says:
    January 30, 2018 at 2:05 am

    (Post related to part 28)
    وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ

    “And honour belongs to Allah, and His Messenger, and the true believers…” Suratul Munaafiqoon, ayah 8

  10. Jana says:
    January 30, 2018 at 2:06 am

    25 ވަނަ ބަޔާއި ގުޅޭ))

    “ކައިވެންޏަކީ ޖަޒުބާތުތަކާއެކީ ވިސްނުންވެސް އެކުލެވެން ޖެހޭ ނިންމުމެކެވެ.”

    އަޅުގަނޑަށް މި ބަސްތައް އިވުނު ފުރަތަމަ ދުވަހު ހުއްޓުން އެރިއެވެ. ކުޑައިރުއްސުރެ ކައިވެންޏާއިމެދު ދެކެމުން އައި ނަޒަރިއްޔާތު ފުނޑުފުނޑުވެގެން ދިޔައީ އެދުވަހުއެވެ. އަދި “ކައިވެންޏަކީ ސަމާސާއެއްނޫން” ކަމަށް ބުނާ ބުނުމުގެ ޙަޤީޤީ މާނަވެސް އެނގިގެން ދިޔައީ އެދުވަހުއެވެ.

    އާނއެކެވެ. ކައިވެންޏަކީ ލޯބިވެސް އެކުލެވިގެންވާ ގުޅުމެކެވެ. އެއީ އުފަލާއި ހިތްހަމަޖެހުން ގެނެސްދޭ މަގެކެވެ. ހުނުމާއި ހިނިތުންވުންތަކުން ފުރިގެންވާ ސިލްސިލާއެކެވެ. އެކަމަކު އަހަރުމެން ހަނދާންކުރަންޖެހޭ ތަންކޮޅަކީ އަހަރުމެން މީހަކާއި އިނުމަށް އެއްބަސްވާއިރު އެ އެއްބަސްވެވެނީ އެ މީހަކާއެކީ މުޅި ދިރިއުޅުން ވޭތުކުރަން ކަމެވެ. ކޮންމެ އަހަރެއްގެ ކޮންމެ މަހެއްގެ ކޮންމެ ހަފްތާއެއްގެ ކޮންމެ ދުވަހަކަށެވެ. ފަސޭހަ ދުވަސްތަކާއި އުނދަގޫ ދުވަސްތަކުގައި ވެސް އެމީހަކާއެކީ ހުންނަން އަހަރުމެން ވަޢުދުވަމެވެ. މިފަދަ ވާހަކަތައް އަހަރުމެންނަށް ފިލްމުތަކުން އިވިފައިވެދާނެއެވެ. ގިނަފަހަރު އެފަދަ ގޮތަކަށް މި ވާހަކަތައް އިވުމުން އަހަރުމެން ޖަޒުބާތުގައި ޖެހިގެން ވަކި މީހަކަށްޓަކައި ކޮންމެ ފަދަ ކަމަކާވެސް ކުރިމަތިލެވިދާނެހެން ހީވެދެއެވެ. އެހެނަސް އެކަމަށްޓަކައި ކުރިމަތިލާންޖެހޭނެ ޙާލަތްތަކާއި ވާންޖެހޭ ޤުރުބާނީތަކާމެދު ސިކުނޑި ބޭނުންކޮށްގެން ވިސްނާލަނީ މަދުބައެކެވެ.

    މީހަކަށްޓަކައި އަހަރުމެންގެ ހިތުގައި އިޙްޞާޞްތަކެއްވެއޭ ބުނުމަކީ ފަސޭހަކަމެކެވެ. އެކަމަކު ޙަޤީޤަތަކީ އަހަރުމެންގެ އިޙްޞާޞްތަކަކީ ހުރިހާ ދުވަސްވަރެއްގައި އެއްވަރަކަށް ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫންކަމެވެ. އަހަރުމެންނަށް ކުރިމަތިވާ ޙާލަތްތަކުގެ ގޮތުން އަހަރުމެންގެ އިޙްޞާޞްތަކަށް ބަދަލު އާދެއެވެ. ވަކި މީހަކަށްޓަކައި އަހަރުމެންގެ ހިތުގައިވާ އިޙްޞާޞްތަކަކީ ކިތަންމެ ޤަބޫލުކުރަން ދަތިވިޔަސް ބަދަލުވެދާނެ ފަދަ އިޙްޞާޞްތަކެވެ. ކައިވެނީގެ ގުޅުމެއް ކާމިޔާބުވުމަށްޓަކައި ކައިވެނިކުރަން އުޅޭ މީހަކާއެކީ މުޅި ދިރިއުޅުން ވޭތުކުރާނީ ކިހިނެއްކަމާމެދު ފުންކޮށް ވިސްނަންޖެހެނީ މި ސަބަބާހެދިއެވެ.

    އެ ފުން ވިސްނުމުގެ ތެރޭގައި ހިމެނޭނީ ކޮންކަހަލަ ސުވާލުތަކެއް ހެއްޔެވެ؟ އެއީ އެމީހަކަށް ކަމުދާ ކަންތައްތަކާއި ކަމުނުދާ ކަންތައްތަކާބެހޭ ސުވާލެވެ. އެމީހަކު ދީނާއިމެދު ދެކެނީ ކިހިނެއްކަމާ ބެހޭ ސުވާލެވެ. އެމީހަކު ދެކޭ ގޮތުގައި ދީނާއިމެދު އުނގެނުމަކީ ކިހާ މުހިއްމު ކަމެއްކަމެވެ. އުނދަގޫ ޙާލަތްތަކުގައި އެމީހަކު ކަންތައް ކުރަނީ ކިހިނެއްކަމެވެ. ހިތުގެ ރޫޙާނީ ބަލިތައް ކަމަށްވާ ކިބުރުވެރިކަމާއި ބޮޑާކަމާއި ޙަސަދަވެރިކަމާމެދު އެމީހަކު ދެކެނީ ކިހިނެއްކަމެވެ. އަދި އެމީހަކު ކުޑަ ކުދިންނާމެދު ކަންތައް ކުރާ ގޮތެވެ.

    އަދިވެސް ބައިވަރު ކަންތައް މި ލިސްޓަށް އިތުރުކުރެވިދާނެވެ. އެހެނަސް މިހާ ހިސާބުން ކުރުކޮށްލަމުން އަޅުގަނޑަށް މީގެ އަހަރުތަކެއްކުރިން ލެކްޗާރއަކުން އިވުނު ބަސްކޮޅެއް ޙިއްސާކޮށްލާނަމެވެ.

    “ކައިވެންޏަކީ މުޅި ޢުމުރަށްޓަކައި ވެވޭ ވަޢުދެކެވެ. މި މީހަކީ ތިބާގެ ކުދިންގެ ބައްޕަ ނޫނީ މަންމައަށް ވާނެ ފަރާތެވެ. މި މީހަކީ ތިބާ ތިބާގެ ހުރިހާ ސިއްރަކާއެކީ އިތުބާރުކުރާނެ ފަރާތެވެ. މި މީހަކީ އެ ފަރާތަކާއެކީ ތިބާ މާލީ ދަތިކަން ތަޙައްމަލުކުރާނެ ފަރާތެވެ. މި މީހަކީ ބޭރުން މީހުން ތިބާއަށް ބޭވަފާތެރިވުމުން ތިބާއަށް ހިތްވަރުލައިދޭނެ ފަރާތެވެ. ކަން މިހެން އޮތްއިރު ކައިވެންޏެއް ކުރަން މީހަކު ޚިޔާރު ކުރާއިރު ފުން ވިސްނުމެއް ބޭނުން ނުކުރެވޭނަމަ އެއީ ޗޮކްލެޓެއްގެ ބޭރުގައިވި ކަރުދާސްގަނޑެއް ރީތިވެގެން ޗޮކްލެޓެއް ގަންނަ މީހެއްގެ މިސާލެވެ. (ތިބާއަށް އެ ކަރުދާސްގަނޑު ރީތިވިޔަސް ޗޮކްލެޓް މީރު ނުވެދާނެއެވެ.)

    ނޯޓް: މިއީ އެއްގޮތަކަށްވެސް ކައިވެނިން ބޭރުގައި ގުޅުން ހިންގަން ދިން ހިތްވަރެއްނޫނެވެ. ޙަޤީޤަތަކީ އެފަދަ ގުޅުމަކަށް ވަދެގެން އެއްގޮތަކަށް ވެސް މަތީގައި ބަޔާން ކުރެވުނުފަދަ ވިސްނުމެއް ނުގެންގުޅެވޭނެކަމެވެ. އެފަދަ ވިސްނުމެއްގައި ހުރެ މީހަކު ދެނެގަނެވޭނީ ޖަޒުބާތުގައި ނުޖެހި ރީތިވެގެންވާ ފަދަ ގޮތަކަށް މަޙްރަމެއްގެ ހާޒިރީގައި ކައިވެނިކުރަން ބޭނުންވާ ދެމީހުން ވާހަކަ ދައްކައިގެނެވެ. އެއީ ﷲ އަމުރުކުރައްވާފައިވި ގޮތެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

  11. Jana says:
    January 30, 2018 at 2:07 am

    (28 ވަނަ ބަޔާއި ގުޅޭ)
    وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ

    “…عزّة ވަނީ، اللَّه އަށެވެ. އަދި އެކަލާނގެ رسول އާއަށާއި، مؤمن ންނަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނޭނގެތެވެ.” ސޫރަތުލް މުނާފިޤޫން،

  12. Jana says:
    January 30, 2018 at 2:56 am

    “When you get angry, stay silent.” – Prophet Muhammad (SAW)

    Golden advice!

  13. Jana says:
    January 30, 2018 at 2:57 am

    “ތިބާ ރުޅިއަތުވެއްޖެނަމަ ހިމޭންކަން ޚިޔާރުކުރާށެވެ.” – ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް.

  14. Xish says:
    January 30, 2018 at 5:23 am

    Ma sha allah.. Vv reethi mi baives.. Reyves vv try kurin coment kuran..ekam nukurevun..

  15. Xish says:
    January 30, 2018 at 5:26 am

    Kuree baithakuge fb post mibain fennanhureema vv faseyhavejje kiyaalsn..jazakillaahi khairan jana.

  16. Xaahko says:
    January 30, 2018 at 3:24 pm

    Masha Allah v v reethi mi part ☺ dhivehi post that genes dheythee varah ufaavey jazaakalaah khauran jana

Comments are closed.

Next Episodeނޫރު (ތިރީސްވަނަ ބައި – ދިގުކުރެވިފައި)←


All Right Reserved!