Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިލަ ހަނދުވަރު

Marie Level 210 Stories100 Login100 Comments
January 28, 2018 3 Mins Read
9 Comments

މިލަ ހަނދުވަރު (ހަތަރުވަނަ ބައި )

މާބޮޑު ކަމަކައްނުހަދާ ޒުލޭހާ އަމިއްލަ ހިތައް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެކަހަލަ ވިސްނުން ތަކެއްގައި އޮވެ ޒުލޭހާ އައް ނިދުނީ ވަަރަށް ލަސްވިފަހުންނެވެ.
ދުވަސް ތައް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނުގައެވެ.
ސުކޫލް ގޭޓުން ނިކުމެގެން ދާ އެއްބައި ކުދިންގެ މޫނުމަތިން ހިނިތުންވުން ފެންނަ އިރު އަނެއް ބައި ކުދިންގެ މޫނުތައް ވަނީ މިލާފައެވެ.
މިއަދަކީ މުޅި އަހަރު ކުދިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހެވެ.
ކުދިން ތަކުގެ ތެރެއިން މަލާކް އާއި ލަޔާ ނިކުތީ ހިނިތުން ވެލައިގެން ތިބެއެވެ.
މަލާކް އަކީ ސުކޫލް ދައުރު ފެށުނީންސުރެވެސް ކުލާހުގެ އެއްމެ ރަގަޅު ނަތީޖާ ހޯދާ ކުދިންތެރޭ ހިމެނޭ ކުއްޖެކެވެ.
“ރަޔަން ފާސް ވިތަ؟؟
ރަޔަންގެ ރިޕޯޓް ފޯމް އަތުލަމުން މަލާކް ބުނެލިއެވެ . ރިޕޯޓް ފޯމް ބަލާލުމާއެކު މަލާކްގެ މޫނުމަތިން އުފަވެރިކަން ފެނިގެން ދިޔައެވެ
ކުރިއައް އޮއްއަހަރަކީވެސް މަލާކް އާއި ރަޔަން އަދި ލަޔާވެސް އެއް ކުލާހެއްގައި އުޅެވޭނެ އަހަރެކެވެ.
މިއަދުމީ ކޮން ދުވަހެއްކަން އެގޭތަ؟؟
މަލާކްގެ ކަންފަތް ދޮށައް ކައިރިވެލަމުން މަޑުމަޑުން ރަޔަން ބުނެލިއެވެ ” މަންމަ އެބަޢާދެ އަހަރެން ބަލާ”މަލާކް ދެރަކޮއްލުމުގެ ގަސްތުގައި ރަޔަން އަނެއްކާވެސް ބުނެލިއެވެ.
ވަގުތުން މަލާކްގެ މޫނުގެ ކުލަ އޮއްސުން ތަންފެނި ރަޔަން ގެެ ގާތައް އައީ ލާނެއް ހިންޏެކެވެ
ދާނަން މިރޭ 7 ޖަހާއިރު ރެޑީވެގެން ހުންނާތި!!
އެހެންބުނެ ރަޔަން ހިގައިގަތުމުން މަލާކުވެސް ލަޔާއާއިއެކު ގެޔައް ދިއުމައް ހިގައިގަތެވެ.

ރަޔަން ރިޕޯޓް ފޯމް ހިފައިގެން ގެޔައް އައިއިރު ރަޔަންގެ އިންތިޒާރުގައި މަންމަ ނަޒީރާ އާއި ދައްތަ ރާޔާ އިނެވެ “ސަޕްރާއިޒް” ރަޔަން ފެނުމާެކު ރާޔާ ދުވެފައި އައިސް ރަޔަން ގައިގާ ބައްދާލަމުން ބުނެލިއެވެ… ގިނަދުވަސް ތަކަކައްފަހު ރަޔަން ފެނުމުން ނަޒީރާގެ ލުލޮން ކަރުނަ ހިލުނެވެ.
ޢަދި ލޯބިވާ ދަރިފުޅުގެ ގައިގާ ވަރައް ލޯބިން ބައްދާލިއެވެ “މަންމާ ކޮއްކޮ ހާދަމޮޅޭ ހުރިހާ އެއްޗަކުންވެސް ވަރައް މަތިން ފާސް ވެފަ މިއޮތީ.. “ރާޔާ ރަޔަންގެ ރިޕޯޓް ފޯމް ބަލައިލަމުން ބުނެލިއެވެ ރަޔަން މޮޅު ކުއްޖަކައް ހެދުމަކީ އަބަދުވެސް ނަޒީރާ ދެކެމުން އަންނަހުވަފެނެކެވެ. އަލީ މަރުވި އިރު ރަޔަންގެ އުމުރުން ވީ ދިހައަހަރެވެ.އޭރު ރާޔާ ގެ އުމުރުން ބާރަ އަހަރު ފުރިއްޖެއެވެ..އެދުވަހުން ފެށިގެން މިއަދާހިސާބައް ވެސް ނަޒީރާ އިތުރު ކައިވެންޏެއް ނުކޮއް ހުރީ ދަރިންގެ ހައްގުގައެވެ…
ރަޔަން ފެންނަ ކޮންމެ ފަހަރަކު ނަޒީރާ އަލީ މަތިން ހަދާން އާކޮއްދެއެވެ. އަލީ އަކީވެސް ޒުވާން ދުވަސް ވަރު އެތައް އަންހެންކުދިންގެ ހިތާ ކުޅެމުން އައި ރީތިފިރިހެނެކެވެ..
ބޮޑުވަމުން އަންނަ ވަރަކައް ރަޔަން އައް އަލީގެ ހުރިހާ ސިފައެއް ލިބެމުން ދިޔައެވެ…
އެއާ ހިލާފައް ރާޔާއައް ލިބިފަި ހުންނަނީ ނާޒީރާގެ ސިފަތަކެކެވެ..
ނަޒީރާ އަކީވެސް ރީތި އަންހެނެކެވެ.ހަމުގެ ކުލަ ތަންކޮޅެއް އަދިރިކަމުގާވިޔަސް ނަޒީރާއައް ލިބިފައިވާ އިސްކޮޅާއި ރީތިހަށިގަނޑުން އެއުމުރުގައިވެސް ނަޒީރާ ފުރިހަމައެވެ.
********************

ރިޕޯޓް ފޯމް ހިފައިގެން ދިޔައިރު މަލާކްގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ.

“ދަރިފުޅާ މިފަހަރު ކިހިނެއްވީ”ހާދަ ދެރަވެފަ”އެގޭ ތިހެން ތިހިރީ މަންމަ ދެރަކޮއްލަން ވެގެންކަން” މުޅި ކުލާހުންވެސް އެއްމެ މޮޅުވާނީ މަންމަގެ މަލާ”
އެއީ ކޮންމެ އަހަރެއްގައިވެސް މަލާކް ރިޕޯޓް ފޯމް ހިފައިގެން ދިޔުމުން ޒުލޭހާ ބުނާ އެއްޗެކެވެ.
އެހެން އަހަރުތަކުގައި މަލާކް އެހެން ހުންނަނީ ޒުލޭހާ ދެރަކޮއްލުމުގެ ބޭނުމުގައެވެ.
ނަމަވެސް މިއަހަރު އެހެން ހުރެވުނީ ރަޔަން ދާ ވާހަކަ ބުނި ހިސާބުންނެވެ.
ފެންވަރާ ތައްޔާރުވެލައިގެން ރަޔަން އައް ކޮޓަރިން ނިކުމެވުނީ މާނީގެ ކުރިމައްޗަށެވެ.
ހުދުކުލައިގެ ޓީޝާޓަކާއި ކަކުލާ ހިސާބައް އަންނަ ކަޅުކުލައިގެ ޝޯޓެއްގައި ހުރިއިރު ރަޔަން ވަރައް ފުރިހަމައެވެ.
ޖަހާފައި ހުރި ސެންޓްގެ ވަހުން ހިތް ފުރިއަރައެވެ.
ޜަޔަން މާނީއަށް ބަލާވެސް ނުލާ ނިކުމެގެން ދިޔުމުން މާނީ ރުޅިގަދަވިއެވެ. “މީ އެ މަލާކް ކަންތައް” ތަނަކުން ފިރިހެނެއް ފެންނައިރައް މޮޔަވާނެ “އަހަރެންނޫން އެހެން މީހަކައް ރަޔަން ލިބުނަކަ ނުދޭނަން “އަދި އަމުދުން އެ މަލާކް އަށް”އަހަރެންނައް ވުރެ އޭނަ ކޮންތަނެއް ރީތިވެގެންތަ ރަޔަން ވެސް މޮޔަވެގެން އެއުޅެނީ”އަހަރެން ކޮންމެ ގޮތަކުން ވިޔަސް މަލާކް އަތުން ރަޔަން ޖަހައިގަންނާނަން ..ރަޔަން އަކީ ހަމަ އެކަނި އަހަރެންގެ މީހެއް” މާނީ ހިތާހިތުން މާލާކް އައް ރުޅިގަނޑު ބާލަމުން ދިޔައެވެ.
*************
ގޭދޮރާށި ހުޅުވާލާފައި އެތެރެއަށް ވަން ރަޔަންގެ ލޮކުގައި އަޅައި ގަތީ ކަޅުރަތް ކުލައިގެ ޓޮޕަކާއި ކަޅު ޖިންސެއްގައި ހުރި މަލާކްއެވެ.
އުނަގަނޑުން ތިރިއަށް ފައިބާ ކަޅު ދިހުން ކުލައިގެ އިސްތަށިގަނޑު އެއްފަރާތަކައް ދައްޗެއް ޖަހާ ހާވާލާފައި އޮތެވެ.
“ހާދަ ރީއްޗޭ!!
މަލާކްގެ ކައިރިއައް ޖެހިލާ ރަޔަން ބުނެލިއެވެ.
ރަޔަން އެހެން ބުނެލުމުން މަލާކް ރަކިވާ ގޮތްވިއެވެ.” ބަލާބަ މިރޭމީއެއްކަލަ ކަހަލަ މިލަ ހަދުވަރު ދޭރެއެއް..
ހިނގާބަލަ ބީޗައް ދާން”ވަރައް ރީތިވާނެ މިރޭގެ ހަނދު”
ރަޔަން އެހެން ބުނެ މަލާކްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ސުކޫލް ޗުއްޓީލިބުން އަތިރިމަތީގައި ބައިބަޔައް އުޅޭ ޖޯޑް ތައް ގިނައެވެ
މަލާކް އާއި ރަޔަން ގޮސް ވެލިގަނޑު މަތީ އިށީދެލިއެވެ
މިރޭ ރަޔަން ހުރިހާ ވާހަކައެއް ދެއްކިއިރުވެސް މަލާކް ހަމަ އަނގައިންވެސް ނުބުނެ އިސްދަށައް ޖަހައިގެން އިނީއެވެ.
މަލާކް އެހެން އިންނަން ފެށުމުން ރަޔަން ގާތައް ހިނި އަންނަ ގޮތް ވިއެވެ.
އަދި މަލާކް އެއިންނަނީ ރަޔަން ދާން އުޅެނީކަމައް ހީކޮއް ދެރަވެފަކަން އެގުނެވެ..
މާނީގެ މަންމަގެ ފަރާތުން ރަޔަން އައް އޮތީ މިފަހަރު ޗުއްޓީގައި ރަޔަންގެ މަންމަ މެން އަންނަކަން މާ ކުރިން އެގިފައެވެ.
އޭގެ ކުރިން ރަޔަންގެވެސް ހާލަކީ ހަމަ އެއީއެވެ.
މަލާކްއާއި ދުރައް އެންމެ ދުވަހަކައްވެސް ދާން ރަޔަން ބޭނުމެއްނުވެއެވެ.
އެހާވެސް ރަޔަން މަލާކް ބޭނުމެވެ.
“ހާދަ ދެރަވެފަ ތީނީ “ނުހޭން ވަރައް ހިއްވަރު ކުރަމުން ރަޔަން
އެހެން ބުނުމާއެކު މަލާކްގެ ބަޑިފަޅައިގެންދިޔައެވެ
“ހާދަ ހިތް ބަލި ކުއްޖެކޭ ދޯ “މިފަހަރު ޗުއްޓީގަ މަންމަ މެންމޭ މިކޮޅައް އައީ އަހަރެން މިފަހަރު ނުދަމޭ ރަށަކައް ދެން ހީލަބަލަ”
ރަޔަން އެހެން ބުނެލުމާއެކު މަލާކް ރަޔަންގެ ގައިގާ ބައްދާލިއެވެ
“ޢަހަރެން ރަޔަންދެކެ ވަރައް ލޯބިވޭ ދުވަހަކުވެސް އަހަރެންނާ ވަކި ނުވައްޗޭ.”އަހަރެންވެސް މަލާ ދެކެ ވަރައް ލޯބިވޭ”އަހަރެން ދުވަހަކުވެސް މަލާ ދޫކޮއް ނުލާނަން”ތިއައްވުރެ އަހަރެން ލޯބިވާ އަންހެން ކުއްޖަކު ނުހުންނާނެ.
މަލާކް އާއި ރަޔަންއެކި ވާހަކަ ތަކުގައި ތިއްބައި ކުއްލިއަކައް ހަނދު މައްޗައް އެރި ކަޅުވިލާކޮޅަކާއި އެކު އެރީތި މިލަހަދުވަރު ފަނޑުވެގެން ގޮސް ތުނި ތުނިކޮއް ހިމަފޮދު ވާރޭ ވެހެން ފެށިއެވެ.
ވާރޭގެ ކަނިތަކުން ސަލާމަތްވާން މަލާކް ނެގިފިޔަވަޅު ހުއްޓުނީ ރަޔަންގެ ނަލަ ނަލަ އަޑު އައިސް ކަންފަތުގައި ޖެހުމުންނެވެ
މިލަ މިލަ ހަނދުވަރުދޭ ރޭ ރޭގާ
ތިމަލައްނުބެލޭހެ ފަރިވީމާ
ތުނި ތުނި ވާރޭގާ ތެމުނީމާ
އަސަރުން ނުބެލޭހެ ފަރިވީމާ
***********
ނުނިމޭ

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

އިޒްނާ (1 ބައި)

Next

ތިޔަ އަސަރު 15

Next
January 28, 2018

ތިޔަ އަސަރު 15

Previews
January 28, 2018

އިޒްނާ (1 ބައި)

9 Comments!

  1. Sana says:
    January 28, 2018 at 2:30 pm

    Waau. Varah reethi mi part waiting for next part?
    When next part?

    1. Marie says:
      January 28, 2018 at 6:04 pm

      Thank you…. next part vrh avahah up
      🙂 kohdheynan

  2. Angel says:
    January 28, 2018 at 2:43 pm

    Wow? reeti mi partvaxx . When next part. Keeveh ehaa lahun up kohdheneeh.☺????

    1. Marie says:
      January 28, 2018 at 6:06 pm

      Thank you .. vrh avahah up
      🙂 kohdheynan

  3. Jeyz says:
    January 28, 2018 at 3:43 pm

    Wow

    1. Marie says:
      January 28, 2018 at 6:07 pm

      Thank you
      🙂

  4. Arooo says:
    January 29, 2018 at 3:32 pm

    Woow v reethi. Mi part.avahah up kohladhehchey ?next part?

    1. Marie says:
      January 29, 2018 at 7:13 pm

      Thank you 🙂

  5. Sana says:
    February 6, 2018 at 10:45 pm

    Kobaa next part?
    Mee varah reethi story but you are not updateing????????????

Comments are closed.



All Right Reserved!