Skip to content
އެސްފިޔަ

ފޮރުވިފައިވާ ހިތާމަ

ނޯޓް: މިއީ އަޅުގަނޑު ގްރޭޑް 10 އެއްގައި އުޅުނު އިރު ލިޔެފައިވާ ކުރުވާހަކައެކެވެ. ވާހަކަ ކިޔާލާ ވާހަކައާ މެދު ދެކޭގޮތް ބުނެލުމަކީ ވަރަށް ބޮޑު އެދުމެކެވެ.

ބާރު ސްޕީޑެއްގައި ރަށުގެ ފަޅުތެރެއަށް ވަންނަން އައި ލޯންޗް ގެ ކުރީކޮޅުގައި ރަށުގެ މަލަމައްޗަށް ބަލަހައްޓައިގެން ހުރި ފިރިހެން ކުއްޖާގެ ތުންފަތް މަތިގައި ވަނީ ހިނިތުންވުމެކެވެ. މޫނުމަތިން ފާޅުވަމުން ދިޔައީ ހިންހަމަޖެހުމާއި އުފާވެރިކަމުގެ ކުލަވަރެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތަކުގެ ސަބަބަން އޭނާގެ ފަން އިސްތަށިތައް ލޯމައްޗައް ވެއްޓެމުން ދިޔައެވެ. އިރުއިރުކޮޅަކާ އަތުން އެ އިސްތަށިތައް އެއްފަރާތް ކޮއްލައެވެ. ނަމަވެސް އެ އިސްތަށިގަނޑު ގެ ސަމާސާ ތައް ހުއްޓޭގޮތެއް ނުވެއެވެ.

ލޯންޗް ބަދަރަށް ކައިރު ކުރުމާއެކު ޒުވާން ފިރިހެން ކުއްޖާ ފޭބިއެވެ. އަދި ޒަމާނި އަވިއައިނަކާއެކު ކަންފަތުގައި ޖަހާލާފައި ވާ ހެޑްސެތްގެ ސަބަބުން ވެސް ފެޝަނަށް ލޯބިކުރާ ޒުވާނެއްކަން އެނގެއެވެ. “ތިއީ ޒައްޔާން ތޯ” ފަހަތުން މީހަކު ގޮވާލިއަޑަށް ފަހަތް ބަލައިލިއިރު ފިރިހެން މިހަކު ހުއްޓެވެ. ބަލާބެލުމަށް ތިރީހަކަށް އަހަރު ވެދާނެއެވެ. “އާދެ” ޒައްޔާން ގެ ވާހަކަ ދެއްލުމުގައި ހުރި މަޑުމައިތިރިކަމާއި ފިރިހެންވަންތަގޮތެކެވެ. “އަޅުގަނޑާއެކު ހިންގަވާ.. އަހަރެ… މާފުކުރައްވާ.. އަޅުގަނޑަށް އުނދަގުވާނެ މާތްބަހުން ވާހަކަ ދައްކަން” “ބޭބެ އޯކޭ އާދައިގެ ގޮތައް ވާހަކަ ދެއްކިޔަސް” ޒައްޔާން އަވަސް އަވަހަށް ބުނެލީ އޭނަވެސް އެގޮތައް ބޭނުންވެފަ ހުރިފަދަ ގޮތަކަށެވެ. “އަހަންނަށް ކިޔަނީ ކާރިމް..” ކާރިމް ގެ ކުޑަ ތައާރަފެއް ދިނުމުން ޒައްޔާން ކާރިމް އާއިއެކު ހިނގައިގަތެވެ.

ކާރިމް ޒައްޔާން އެގެއަށް ލުމަށް ފަހު ދިޔައީއެވެ. އެގޭގައި އުޅޭ އަންހެން މީހާ ކޮޓަރިދެއްކުމުން އެކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލިއެވެ. އޭރު ހަވީރު ހަތަރުގަޑި ބައިވަނީއެވެ. އަވަސް އަވަހަށް ޓީޝާޓަކާއި ސޯޓެއްލައިގެން ރީތިވެލީ އޭނާގެ މަސައްކްތުގެ ފުރަތަމަ މަރުހަލާ ގެ ކަންތައްތައް ފަށަންދިއުމަށެވެ. އޭނާ ހިންގާ ކޮންޕެނީގެ ފަރާތުން އެރަށުގައި ހަދަން ނިންމާފައިވާ ގެސްޓްހައުސް އަޅާނޭ ބިމެއްބަލަން ދިއުމަށެވެ.

ޒައްޔާން ގެ މަސައްކަތް އެދުވަހަށް ނިންމާލުމަށް ފަހު އޭނާގެއަށް އައީ އިޝާނަމާދުވެސް ކޮއްލައިގެން ނެވެ. އޭރު ގޭގެ ސިޓިންރޫމްގައި މިއަދު އޭނާއަށް ކޮތަރި ދެއްކި މުސްކުޅި އަންހެން މީހާއާއި އަންހެން ކުއްޖެއް ގަދަ ވާހަކައެއްގައި ތިއްބެވެ. އޭނަ އަޅާނުލާ އޭނާގެ ކޮޓަރިއަށް ދިއުމަށް ގަސްތުކޮއްގެން އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައެވެ. ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ އެކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިން ނުކުތް ފިރިހެން މިހާ ފެނުމުންނެވެ. އެ ފިރިހެން މީހާ ހީލާފައި ދިއުމުން ޒައްޔާން އަށް އެނބުރި ބަލާލެވުނެވެ. އަދި ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

އާދުވަހެކެވެ. ޒައްޔާން މިއަދުވެސް އޭނާގެ މަސައްކަތް ކުރުމައްޓަކައި ދިއުމަށް ތައްޔާރުވެގެން ނުކުތެވެ. އޭރު އެގޭގައި އުޅޭ އަންހެންކުއްޖާ ވަރަށް ހަލުވިކަމާއެކު ގޭތެރެ ފޮޅާ މޮޕްލުމައިގެން އުޅެއެވެ. “ހާއި” އެ އަންހެން ކުއްޖާ ހުއްޓި ބަލަން ފެށުމުން ޒައްޔާން ރަކިވިއެވެ. “އޯހް.. އާއި. މީ އާނާ.. ތީ ކާކު ކަމެއް ނޭގެ…” އާނާ އޭނާގެ ތައާރަފްއެއް ދިނެވެ. އާނާ ގެ ނަން އިވުމާއެކު ޒައްޔާން އަށް ކުޑަ ސިހުމެއްވެރިވިއެވެ. “އޯހް.. ކިހިނެއްވީ.. އާނާ ނަން އަސްލުވަރަށް ހަޑިވާނެ.. ” އާނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އާނާގެ އުމުރުން ވިހި އަހަރު ފުރުނީރުވެސް އުޅުން ހުންނަނީ ކުޑަކުއްޖެއް ގޮތަށެވެ. އާނާއަކީ އަނގަވެސް ގަދަ ކުއްޖެއް ކަން ޒައްޔާން ދެނެގަތެވެ. އަދި ވާހަކަ ދައްކާއިރު އަބަދާ އަބަދު އެ ބޭނުން ކުރާ އޯހް.. އެއްގެ ސަބަބުންވެސް މީހުން ހެއްވާލާނެއެވެ.

“އަސްލު މަންމަ މަތިންހަނދާންވީ… މަންމަގެ ނަން ވަރަށް އެއްގޮތް އާނާ ގެ ނަމާއި އެހެންވެ” ޒައްޔާން އަވަސް އަވަހަށް ބުނެލިއެވެ. “ތީ ޔަން ކޮމްޕެނީގެ ވެރިމީހާތަ” އާނާގެ ސުވާލެއް ދެން އަމާޒުވީ ޒައްޔާން ދާން އުޅުމުންނެވެ. އާނާއަށް އެއީ އެ ކޮންޕެނީގެ ވެރިޔާކަން އެނގުނީ އޭނާގެ މާމަ ބުނީމައެވެ.  ޒައްޔާން އެގެއިން ނުކުމެގެން ދިޔައިރު އެހެން ދުވަސް ދުވަހަށް ވުރެ ބޮޑަށް ހިންހަމަ ޖެހިފައިވާކަން ދޭހަ ކޮއްދެނީ ތުމުން ފުމެމުން ދިޔަ ރާގުންނެވެ. އެއީ އަބަދުވެސް ހިންހަމަ ޖެހޭ ކަމެއްވުމުން އޭނާ ކުރާ ކަމެކެވެ.

ޒައްޔާން މިއަދުގެ މެންދުރު ކުރީގެ ކަންތައް ތައް ނިންމާލުމަށްފަހު ރައްޓެހި އަދި އެމަސައްކަތުގައި އެރަށުން އޭނާއާއެކު ބައިވެރިވާ ލާމިސް އާއި އެކު ދިޔައީ ކޮފީއަކަށެވެ. “ޔާން މިއަދި ކޮންކަމެއް ވެގެން އުޅޭ ދުވަހެއް..ހާދަ ވިސްނުމެއް ވިސްނަޔޭއެބަ” ލާމިސް ބުނެލިއެވެ. ޒައްޔާން ލާމިސްއަށް ހުރިހާ ވާހަކައެއްކިޔައިދިނެވެ. އަދި ވޮލެޓް ނަގާ ކޮންމެސް އެއްޗެއް ދައްކައިލއިއެވެ.

އެއްމަސް ފަސް…….

ޒައްޔާން އެރަށުގައި ހުންނާނީ ދެމަސް ދުވަސް ވަންދެނެވެ. މިހާރު އެއްމަސް ނިމި އަނެއްމަސް ފެށުނިއެވެ. ރޭގަނޑު އެއްވެސް އަލިކަމެއް ނުވާ ކޮޓަރިތެރޭގައި ޒައްޔާން އޮތެވެ. ކަމަކާ ވިސްނާފިކުރު ކުރާށެވެ. ނޫނެކެވެ. ލޯމަރައިގެން އޮތެއްކަމަކު އެސްފިޔަތައް ފޫދުއްވާލާފައި ވެއްޓުނު ކަރުނަތިކިތަކުން ދޭހަ ކޮއްދެނީ ޒައްޔާން ރޯކަމެވެ. ނަމަވެސް ކީއްވެހެއްޔެވެ؟ ޒުވާން ދުވަސްވަރުގައިވެސް މުއްސަނދި މީހެކެވެ. އުމުރުން އެންމެ ފަންސަވީސް އަހަރު ވިއިރު އެއީ މާލޭގެ ބޮޑުމުއްސަންޖެކެވެ. ބޭނުން ކޮންމެ އެއްޗެއް ލިބެއެވެ. ބޭނުން ކޮންމެ ކަމެއް ކުރެވިދާނެއެވެ. އެހެންކަމަށް ވާނަމަ ޒައްޔާން ހިތާމަ ކުރަން ޖެހޭ އިތުރު ކަމެއް އޮވެދާނެހެއްޔެވެ.؟…

މޭމަތީގައި ބާއްވައިލެވިފައިވާ ފޮޓޯގަނޑު ނަގާ އަނެއްކާވެސް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އެފޮޓާ ގަނޑު އެއްލައިލީ ވެފައި ހުރި ދެރައެއްގެ ބޮޑުކަމުންނެވެ. “އަހަރެންގެ ސަބަބުން މަންމަ މަރުވީ… ” ނިދެމުން ދިޔައިރު އެ ދުލުން ބޭރުވި އެންމެ ފަހު ބަހަކީ އެއީއެވެ. އެއީ އޭނަ ގަބޫލުކުރާގޮތެވެ. އެހެންމީހުންގެ ކުރިމަތީގައި ކިތަންމެ ހިތްވަރުގަދަ ކަމަށް ދައްކައިގެން ހުއްޓަސް އަބަދުސް ޒައްޔާން ހިތާމަކުރާއެއްކަމެއްވެއެވެ. ނަމަވެސް އެކަކަށްވެސް އެކެން ނޭގޭނޭ ގޮތައް އޭނާ ވަނީ ތުންފަތައް ޕްލާސްޓިކް ހިނިތުންވުމެއް ވެރިކުރުމުގައި ކާމިޔާބު ހޯދާފައެވެ.

އިރުގެ ރަން އަލި ދުނިޔެއަށް ފޭދިގެން ދިޔައީ ހާލުގެ ކައްކަކާކޯގެ އަޑާއެކުގައެވެ. ޒައްޔާން ކުދަދޮރުކައިރީގައި ހުރިއިރު މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނުވާފަދައެވެ. މިރަށައް އައިސް މިހޭދަކުރި އެއްމަސް ދުވަސް ވެގެން ދިޔައީ އޭނާއަށް ވަރަށް ބޮޑެތި ކަންތައްތަކަ ކުރިމަތިލާން ޖެހުނު ދުވަސްތަކަކަށެވެ. އެތައް ޒަމާނަކަށް ފަހު އަމިއްލަ އާއިލާ ގެ މީހުން ފެނުމުގެ ނަސީބު އޭނާއަށް ލިބިފައި ވުމާއެކުވެސް އެހިތައް ހަމަޖެހުން ނުލިބެން ވީ ސަބަބެއް ނުވިސްނެއެވެ. މާޒީގެ ހިޔާލްތަކާ ދުރުވާން މިއެއްމަސް ދުވަހުގެ ތެރޭގައި އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް….. މާޒީގެ ހިޔާލްތަކުން މިއަދު ޒައްޔާން އަށް ސަލާމަތެއް ނުވެވުނެވެ. އެއީ އޭނާ ކުރިމަތިލާން ބޭނުންނުވާ ފިލަން ބޭނުންވެފައިވާ ކަޅު މާޒީއެކެވެ.

މީގެ އަހަރުތަކެއް ކުރިއެވެ. ޒައްޔާން ގެ އުމުރުން ހައަހަރެވެ. އޭރު އޭނާގެ ކޮއްކޮ ގެ އުމުރުން ވާނީ އެންމެއަހަރެވެ. އެއީ ޒައްޔާން ގެ ކުޑަކުޑަ އާއިލާ ސިންގަޕޯރ އަށް ދިޔަ ދަތުރެކެވެ. މަންމަ އަކި ނުހަނު މުއްސަނދި އާއިލާއަކުން މާލެއަށް އުފަންވެފައިވާ މީހެކެވެ. ނަމަވެސް ބައްޕައަކީ ރާއްޖެތެރޭގެ މީހެކެވެ. ޒައްޔާން ގެ މަންމަ ޔާނާ އާއި ބައްޕަ އާތިކް ޒައްޔާން އާއި އާނާ ގޮވައިގެން ދިޔއީ އައިސްކްރީމް ބޯށެވެ. އައިސް ކްރީމް ގަނެގެން މަގުހުރަސް ކުރަން ދިޔައިރު ޒައްޔާން ހުރީ ކަމަކާ ހިންހަމަ ނުޖެހިފައެވެ. ޒައްޔާން ރުޅިއައިސްގެން ޔާނާ ކޮއްޕާލިވަގުތު ވެއްޓުނީ މަގުމައްޗަށެވެ. ދެވަނަ ސިކުންތުގައި އިވުނު ބާރު އަޑުފައް ގަނޑާއެކު ފެނުނީ ޕިކަޕް ދަށުވެފައި އޮތް ޔާނާއެވެ. ޒައްޔާން އަދި އާނާ ގެ މަންމައެވެ.

އެދުވަހަށް ފަހު އާތިކް ޒައްޔާން އާއި އަޅައެއްނުލައެވެ. ޒައްޔާން ދެކެ އިންތިހާއަށް ރުޅިއާދެވެނި ޔާނާ މަރުވި ޒައްޔާންގެ ސަބަބަބުންކަމަށް ގަބޫލުކުރެވޭތީއެވެ. އެއަށް ފަހު ރާއްޖެއައިސް ޒައްޔާން ޔާނާގެ އާއިލާއާ ހަވާލުކުރުމަށްފަހު އާތިކް އޭނާގެ ރަށަށް ބަދަލުވިއެވެ. އާނާ ގޮވައިގެންނެވެ. “ހަމަ މިހާރު ދޭ” އާތިކް ޒައްޔާން ކޮއްޕާލި ވަގިތަކީ އޭނާގެ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަހެވެ. އެއަށްފަހު ޒައްޔާން ބޮޑުވުމަށްފަހު ޔާނާގެ އާއިލާގެ ކޮމްޕެނީގެ ނަން ޔަން ކޮމްޕެނިއަށް ބަދަލުކުރީ ޒައްޔާން އެތަން ހިންގުމާ ހަވާލުވުމަށް ފަހުގައެވެ.

ހިޔާލުތަކުން ކުކުމެވުނީ މީހަކު ޒައްޔާން އަށް ގޮވާލުމުންނެވެ. “އޯހް… ދޮންބެ ތަތީ އާނާގެ” ރޮވޭހާލުގަވެސް އާނާ އޯހް ބޭނުންކޮއްލިއެވެ. ޒައްޔާން ސިއްސައިގެން ދިޔައެވެ. ބުނާނެއެއްޗެއް ނޭގުނެވެ. ހަމައެއާ އެއްވަރަށް ދެރަވެސް ވިއެވެ. އޭނާގެ ބައްޕަގެ ގޭގައި އެއްމަސް ދުވަސް ހޭދަކުރިއިރުވެސސް އޭނާގެ ބައްޕައަށް އޭނާ ވަކިކުރަން ނޭގުނުކަމީ އޭނާ ހިތާމަކުރާ ކަމެކެވެ. “ކިހިނެއްތަ އެނގުނީ” އާނާ ދައްކައިލީ އޭނާ އަތުގައޮ އޮތް ފޮޓޯގަޑެވެ. އޭގައި  ބޮޑުއަކުރުން ފެމިލީ މަމް، ޑޭޑެ، އާނާ އެންޑް މީ” ޖަހާފައި އިން ލިޔުންގަނޑެވެ. “އަދިކިރިޔާ މިއެނގުނީ ބައްޕަ އެއްވަރަކަށް ވެސް އާނާ ގެ ފެމިލީ އާ ބެހޭގޮތުން އެއްވެސް އެއްޗެއް ކިޔާ ނުދެނީ ކީއްވެކަން.. އޯހް… ދެން ޕްލީޒް ދޮން… ދޮންބެ އެއްނު ތީ ކިޔައިދީބަލަ” އާނާ އާދޭސް ކޮއްގެން ޒައްޔާން ހުރިހާ ވާހަކައެއްކިޔައި ދިނެވެ. އެ ހަގީގަތް އާތިކް އަށް އެނގޭކަށް މާގިނަ ދުވަސް ތަކެއް ނުނަގާނެކަން އެ ދެކުދިންނަށް އެނގޭނީ ކިހިނެއްހެއްޔެވެ؟

ޒައްޔާން ފުރަން އޮތް ދުވަހެވެ. އާތިކް ގެއަށް އައިވަގުތެވެ. ޒައްޔާން ގެ ކޮޓަރިއާ އަރާ ހަމަވީއިރު އާނާ އާއި ޒައްޔާން ދެއްކިވާހަކަ ތައް އަހާފައި އާތިކް ގެ ބަސް ހުއްޓި މީހާ ގަނޑުވިއެވެ. މާޒީ އާ ކުރިމަތިލާނޭ ހިއްވަރެއް  މިއަދު އޭނާގެ ނެތެވެ. އެދަރިފުޅު އަޅާނުލާ ދޫކޮއްލެވުނީތީ އާތިކް ހިތާމަކުރާހާލު އޭނާގެ އަމިއްލަ ކޮޓަރިއަށް ވަދުނެވެ. ޒައްޔާން ދަބަސް އަޅުވައިލައިގެން ނުކުމެފައި ފުރަތަމަވެސް އޭނާގެ ބައްޕަ ފެނޭތޯ ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ.

ޒައްޔާން ފުރަންގޮސް ހުރިއިރުވެސް ދެކޮޅުބެލެއެވެ. އޭނާއަށް ޔަގީންވާގޮތުން އާނާ މިހާރު އެ ހަގީގަތް ބައްޕައަށް ކިޔައިދޭނެއެވެ. ބައްޕަ އޭނާ ހުއްޓުވަން އަންނާނެބާއެވެ؟ އާއެކެވެ. ޔަގީނެވެ. ލޯންޗް ގެ އިންޖީން ހިންގާލުމާއެކު ޒައްޔާން ހިނގައިގަތީ މާޔޫސް ވެފައި ހުރެގެންނެވެ. ލޯންޗަށް އަރައަރާ ހުއްޓާ އިވުނު އަޑު ގަބޫލެއް ނުކުރެވުނެވެ.

“ދަރިފުޅާ ޒައްޔާން” އާތިކް ގެ އަޑު ޒައްޔާން ގެ ކަންފަތުގައި ޖެހިލީ ހިތްގައިމި މިއިޒުކެއްފަދައިންނެވެ.  އޭނާ ގޮސް ބައްޕަ ގާތުން މާފަށް އެދުނެވެ. ދެމީހުންވެސް ތިބީ ނުހަނު އުފާވެފައެވެ.

އެދުވަހަށް ފަހު އާތިކް ގެ އާއިލާ ވެސް މާލެ ބަދަލުވީ ޒައްޔާން ގެ އެދުމުގެ މަތިންނެވެ. މިއަދު ދެއާއިލާއަށް ވެސް  ވަނީ އަނެއްކާވެސް އުފާވެރިކަން ވެރިވެފައެވެ. ޒައްޔާން އަށް ލިބުނު އުފާވެރިކަން ދެގުނަވީ މަންމަ އަދި ބައްޕަގެ އާއިލާގައިވާ އުފާވެރިކަން ފެނިފައެވެ. އެދަތުރު ދެވުމަކީ މިއަދު އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. ކުރި އުންމީދު ފުރިހަމަވެގެން ދިޔައީ ހީވެސް ނުކުރޭ ގޮތަކަށެވެ. ޒައްޔާންގެ ހިތުގައި ފޮރުވިފައިވާ ހިތާމަފިލުވާލަމުންނެވެ.

(ނިމުނީ)

 

Comments (13)

  1. sam♥

    wow

  2. Niya

    Kotariah vadhunehnoon . Kotariah vaneve.

  3. Pinky shifoo

    Nice vaahaka eh ??.. Dhn “kotariah vadhune”eyge badhaluga” kotariah vaneve” reethi vaane.. ??..

  4. Hi Mi

    Yes. Hi Mi ah hama ehen liyeveni. Balaanan rangalhu kureveythoa. Aneh story ga ves ehen liyevifa indhegen comment kuri kujjehves. Hi mi fahun part ga rangalhu kohli handhaaneh ves vey. Ekam hama handhaanun kahsaalani. ??? sorry guys. And thankyousam niya pinky shifoo. Thankyou.

  5. Leem

    Abadhu ves falha vadhegen anna launch akun vaahaka feshifa 😛

    1. Hi Mi
      Leem

      Aarn dw leem. Hehe. Aslu mi varah kurim liyefa in story eh. V ma aneh story aa gulhifa in kamah vaani. Dhen faharakun thafaathu kohlaani. Eyru aslu mi story up kuraa hiyaal nethyma liyun itu mi story ge ebai nagaigen aslakah balaigen liyuni. Sorry. And thanks. Faahaga kohla dhinithy. ?

  6. Angel

    Wow v reeti

  7. Xaaaan

    Wooow hi mi haadha molhey dhw vaahaka liyan mi vaahakaves v reethi??❤??

  8. Tee

    Reehcheh noon. Vaahaka eh via iburatheh onnaane .ekm meega naiyy

  9. Anonymous

    V hadhi vaahaka eh

  10. leem

    Vaahaka hama varah reethi.

  11. Sana

    Vaahaka varah varah varah reethi hi mi there is some mistakes but you can do better next time hi mi
    Keep it up ??????????????????????????????????

  12. Ahmed

    Ok salhi mi vaahaka

Comments are closed.