Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބީނިޝް… 07

BlackBeauty Level 1
January 22, 2018 One Min Read
6 Comments

“ބައްޕާ… އަޅުގަނޑު ވާހަކައެއް އަހާލަންތަ؟؟….”  ބީނިޝްގެ ބޮލުގައި ފިރުމަމުން ދިޔަ ބަޝީރް، އޭނާގެ ދަރިފުޅު މޫނަށް  ބަލައިލާ، ހޫމް ލައްވާލީ ދަރިފުޅުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

**********************************************************************************

“މިހާރު ކީއްވެތަ އަބަދު ބައްޕަ ބުނަނީ ބައްޕަ އަބަދު ނުހުންނާނެ އޭ…… ބައްޕަ ތިއުޅެނީ ނީޝް ދޫކޮށްލާފަ ދާންތަ؟؟…..  ޕްލީސް ނުދައްޗޭ…. ނީޝް ވަރަށް ދެރަވާނެ ބައްޕަ ގޮއްސިއްޔާމުން….. ބައްޕައާ ނުލާ ނޫޅެވޭނެ….” ވަރަށް މަޑުމައިތިރި ކަމާއި އެކު ބީނިޝް އަހައިލިއެވެ.

ދަރިފުޅު ދެއްކި ވާހަކައިން ބަޝީރް މާޔޫސްވެ ދެރަވިއެވެ. އެވަގުތު އޭނާގެ ދަރިފިޅަށް ހަގީގަތް ކިޔައިދެވޭނެ ނަމައޭ  ބަޝީރްގެ ހިތަށް އެރިއެވެ. ނަމަވެސް ހަގީގަތް ކިޔައިދީގެން ދަރިފުޅުގެ ހިތް ހަލާކު ކޮށްލަން ބޭނުން ނުވާތީ، ހިނިތެންވެލާ ދަރިފުޅާއިވަރަށް ލޯބިން ވާހަކަ ދައްކަން ފެށިއެވެ.  “ބައްޕަ ނޫޅެމޭ ދަރިފުޅު ދޫކޮށް ދާކަށް….. ދެންއަވަހަށް ނިދާލަ އިގޭ….” ބައްޕަ  ދިން ޖަވާބުން ހިނިތުންވެ ހުރެ ބީނިޝް ދެލޯ މަރާލީ އަރާމް ނިންޖަކުން ނިދާލުމަށްޓަކައެވެ.

މަޑުމަޑުން ބީނިޝްގެ ބޮލުގައި ފިރުމަމުން ދިޔަ ބަޝީރައަށް ވިސްނެމުން ދިޔައީ އެނާގެ ހާލަތާމެދުގައެވެ.  ދެލޮލުން ފެންނަމުން ދިއައީ ހިތާމަ އާއި މޮޅިވެރިކަމެވެ. މިއަދު އޭނާވަނީ އޭނާގެ ދެލޮލުގެ ނޫރު ކަމުގައިވާ، ދަރިފުޅާއި މެދު  އިންތިހާ އަށް ފިކުރު ބޮޑުވެފައެވެ. އޭނާ ނެތް ދުނިޔެެ އެއްގައި އޭނާގެ ދަރިފުޅު އުޅޭނެ އެކަނިވެރި ހާލު ހިތަށްއަރާ ހިތް ރޯލައެވެ.

ބަޝީރް އަށް މިއަދުވަނީ އެބައްޔަކަށް ރަގަނޅު ފަރުވާއެއް ހޯދިފައިނުވާ ލޭގެ ކެންސަރު ޖެހިފައެވެ. އެބަލި ތަހަންމަލްކޮށް ފަރުވާ ހޯދަމުންދާތާ އެތަށް ދުވަހެއްވީ އިރުވެސް ވަނީ ރަގަނޅު ފަރުވާއެއް ނުލިބި ހާލަތު އިތުރަށް ދަށައް ގޮއްސައެވެ. ބަޝީރް ވަނީ  އޭނާގެ ބަލީގެ ވާހަކަ އެންމެ ލޯބިވާ ދަރިފުޅަށް ސިއްރު ކޮއްފައެވެ. އެކަމުގެ ސަބަބުން ދަރިފުޅުގެ އުފާވެރިކަން ގެއްލެން ބޭނުން  ނުވާތީއެވެ. އެހެންކަމުން ކޮންމެ ފަހަރަކުވެސް ބައްޔައް ފަރުވާ ހޯދުމަށްޓަކާ ރާއްޖޭން ބޭރަށް ދަނީ އޮފީސް ދަތުރެއްގެ ނަމުގައެވެ.

ނިދިފައިވާ ބީނިޝްގެ ބޮލަށް ބޮސް ދިނުމަށްފަހު ބަޝީރް މަޑުމަޑުން ތެދުވެލިއެވެ. އަދި ބީނިޝްގެ ގައިމަތީގައި އަޅާފައިވާ ރަޖާ  ރަނގަޅު ކޮއްލަމުން އެކޮޓަރިން ނުކުތުމަށްޓަކާ ހިގައިގަތެވެ. އަދި ނިކުމެ މަޑުމަޑުން ދޮރުޖަހާލަމުން އަމިއްލަ ކޮޓަރިއަށް ދިއުމަށްޓަކާމިސްރާބު ޖެހިއެވެ.

ބަޝީރް ގޮސް ކޮޓަރިއަށް ވަތްއިރު ގްރައިޝާ ނުނިދާ އެދުމަތީގައި އިށީންދެލައިގެން ހުރިތަން ފެނުނެވެ. އެމޫނަށް ބަލައިލީމަ  އަދިވެސް ރުޅި މަޑުނުވާކަން  އިގިގެން ދިޔައެވެ. ކޮޓްރިއަށް ވަދެ އެއްޗުކޭ  ބުނަން އުޅެފައިވެސް މިރޭގަ ކަންތަށް ވީގޮތް  ހިތަށް  އެރުމުން ބަޝީރް ބުނާކަށް ބޭނުމެއް ނުވިއެވެ  އަދި ގަޑި ބަލާލަމުން ފާހާނަޔަށް ވަދެލީ ނިދުމުގެ ކުރިން ތާޒާ ވެލުމަށް ޓަކައެވެ.  ބަޝީރް ތާޒާ ވެލައިގެން ފާހަނައިން ނިކުތް އިރުވެސް ގްރައިޝާ އެހުރި ގޮތަށް އެތާގައި ހުއްޓެވެ. ގްރައިޝާ އެގޮތަށް ހުރުމުން  ބަޝީރް ނިންމީ ނުރުހުން ތެރިކަން އެއްފަރާ ކޮއްލުމަށް ފަހު އަނބިމީހާ އާއި ވާހަކަ ދައްކާށްވެ.

“ކީއްވެފަ ނުނިދާ ތިހުރީ؟؟..” ގްރައިޝާ ކައިރިއަށް ފިޔަވަޅު އަޅާލަމުން ބަޝީރް އަހައިލިއެވެ. “ބަޝީރް އަށް ހަމަ ނޭންގެނީތަ؟؟ އެކުއްޖާގަނޑު އުޅޭ ގޮތުން މަގޭ ބޯހަލާކުވާ ވަރުވޭ. ހިތަށް އަރާ މި މުސީބާތުން ސަލާމަތް ވާނީކޮންއިރަކުން ބާއޭ؟؟” ބަޝީރް ސުވާލު ކުށްލުމާއިއެކު އެދުން ތެދުވެ ވަރަށް ރުޅިވެރި ކަމާއި އެކު ގްރައިޝާ ބުނެލިއެވެ. “ގްރައިޝާ… އިނގޭތަ ތިކިއޭ އެއްޗެއް… ބަލަ އެއީ ތި ގްރައިޝާގެ ވެސް ދަރި އެކޭ…. ގައިމު އެކުއްޖާ ކުށެއް ކުރީކީނޫން… މިރޭގަވެސް ހަމަ އެއްވެސް ކަމަކާނުލާ ގްރައިޝާ އޭނަ ދެކެ ރުޅިތިއައީ…. އިގޭނެ އެއީ މަގޭގަ ހުރިއްޔަ އަބަދުވެސް މަށާ އެކު ނިދާކުއްޖެއްކަން….” ރުޅިއައިސްސަ ހުރި ނަމަވެސް ބަޝީރް ބެލީ މަޑުމައިތިރި ކަމާއިއެކު ވާހަކަ ދެއްކޭތޯއެވެ.

“މަގޭ ބަނޑުން އޭނަ އުފަންވީކަން އެއީ މަގޭ ބަދުނަސީބް…. ދުވަހުކުވެސް އޭނަ އަކަށް މަގޭ ހިތެއް ހެވެއް ނުވާނެ….” ބީނިޝްގެ ރަގަނޅު ވާހަކަ ދެއްކުމުން ގްރައިޝާ އިތުރަށް ރުޅި ގަދަވިއެވެ. “ހުއްޓާލާ ގްރައިޝާ….. އަދިވެސް ތި ރުޅިމަޑު ކުރާކަށް ނުވޭތަ؟؟….. ގްރައިޝާ އަށް އެގޮތަށް ކަންތައް ދިމާވުމުގަ އެކުއްޖާގެ  ކުށަކީ ކޮބާ؟؟…. ތި ރުޅިއަކީ އޭނަ އަށް ހައްގުވާއެއްޗެއް ނޫން…… އެހެންނޫނަސް އަހަރެން ހީކުރީ ދުވަސްވުމުން ތި ނަފްރަތު  ލޮއިބައް ބަދަލް ވާނެ ކަމަށް….. ހެޔޮނުވާނެ ތި ގޮތައް ނަފްރަތު ނުކޮށް އޭނާ ދެކެ ލޯބިވެބަލަ…. އޭނާ ހާދަ ލޮއިބެއްވެއޭ ގްރައިޝާދެކެ….. ހާދަ ދެރަވާނެއޭ އަބަދު ތިގޮތައް ކަންތައް ކުރީމަ…..” ގްރައިޝާގެ ދެކޮޑުގައި ހިފައިލަމުން އަސަރާއިއެކު ބަޝީރް  ބުނެލިއެވެ. “ތީ މިހާރު އަހަރެން ވިސްނަން ޖެހޭ ކަމެއްނޫން…. އަހަރެން އޭނަދެކެ ލޯބި ވާނެކަމަށް ހީ ކުރެއުން އެއީ ބަޝީރް އަށް ކުރެވުނު  ވަރަށް ބޮޑު ކުއްހީއެއް…. އޭރުވެސް އަހަރެން ބުނިގޮތައް ކަންތައް ކުރިނަމަ މިއަދު މިހެން ނުވީސް….. އަހަރެން މިގޮތައް ރުޅިއެއް ނާންނާނަން….. މިއަދު އެގޮތައް އޭނަ ދެރަވާން އެޖެހެނީ ހަމަ ބަޝީރް މެންގެ ސަބަބުން….. އެކަމުގެ ޒިންމާ ނަގަންޖެހޭނީ  ބަޝީރް އާ، އަހަރެންގެ މަންމަ އާ ދެމީހުން…. އަހަރެން އޭނަ މިގެއަށް ގެނައީ އޭނައާ އެއްވެސް ގުޅުމެއް ނުބާއްވާ، އަހަރެންގެ  ފަރާތުން އެއްވެސް ކަމެއް ކޮއްދޭން މަޖުބޫރު ނުކުރުމަށް ޝަރުތުކޮއް އެކަމައް އަހަރެންގެ އާއިލާ އާއި ބަޝީރް ގަބޫލް ވީމަ……  އެހެންވީމަ މިހާރު ތިވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް…..” ބަޝީރް ވެފައިހުރި ދެރައިން، ގްރައިޝާ އަށް އެއްވެސް  އަސަރެއް ނުކުރާ ކަހަލައެވެ. މާޒީގެ ކަންތައްތައް ބަޝީރް އަށް ހަދާން ކޮއްދިނީ ނުރުހުންތެރި ކަމާއި އެކުއެވެ.  “އެކަމަކު ގްރައިޝާ އަހަންނާއި މެދު ވިސްނާލަ ބަލަ…… އަހަރެން ނެއްދުނިއެއަކު، ގިރައިޝާ ނޫން ކާކު އޭނާއަށް އަޅާލަން  ހުންނާނީ….. ގްރައިޝާ އަށްވެސް އިގޭނެ އަހަންނަކީ މިއަދު ވަރަށް ބަލިމީހެއްކަން… މާދަންވެސް އެދުމަތި ކުރަންޖެހިދާނެ….. ދިރިހުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް…..” ބަޝީރް ބެލީ ހާލަތުގެ ނާޒުކުކަން ގްރައިޝާއަށް އަންގަދީ އަދިވެސް ވިސްނައި  ދެވޭތޯ އެވެ. އަދި މިފަހަރު ބަޝީރް އަށް ކާމިޔާބުވެސް ވިއެވެ. ބާޝީރް އެހެން ބުނުމާއި އެކު، ގްރައިޝާ ބަޝީރަގެ އަގަމަތީގައި  އަތް އަޅާ، އެހެން ނުބުނާން ބުނެ ބޯހުރާލިއެވެ. އެވަގުތު  ގްރައިޝާ އައިއްސަ ހުރި ރުޅި ފިލާގޮސް އެ ދެލޯ ފުރި ބަންޑުންވީ ތާޒާ ކަރުނައިންނެވެ. ” ނޫން…ނޫން… ތިހެން ނުބުނޭ، އަހަރެން ކިހިނެއް ބަޝީރް އާއި ނުލާ އިޅޭނީ….. އަހަރެން އެކަނިވާނެ….. އިރާދު ކުރެއްވިއްޔަ  އަދި ބައްޔައް ފަރުވާލިބޭނެ…. އުންމީދު ކަޑާނުލާ…..” ގްރައިޝާގެ އެވާހަކައިން އެނާގެ ހިތުގައި ބަޝީރް އަށް ދެވިފައިވާ ލޯބި  ވަރަށް ފުރިހަމައަށް ހާމަ ވެގެންދިޔައެވެ. ބަޝީރް އަށް ހިތާމަ އާއި އެކުވެސް ހިނިތުން ވެލެވުނީ ވީއުފަލެއްގެ ބޮޑު ކަމުންނެވެ. އަދި ގްރައިޝާ ގެނެސް މޭގައި ލައްކޮށްލާ ބޮލުގައި ފިރުމާލީ އެގޮތައް ހިތާމަ ކުރާތަން ދެކެން ބޭނުން ނުވާތީއަވެ. “ގްރޭޝާ އަހަންނަށް ވައުދެއްވެދީ…. އަހަރެން ނެއް ދުނިއެއެއްގަ ދުވަހަކުވެސް ބީނިޝް އެކަނި ނުކުރާނެ ކަމަށް…..” އިރުކޮޅަކު  އެހެން ހުރެލުމަށް ފަހު ގްރައިޝާ ގަޔާއި ދުރުކޮއް ލަމުން ލޮއިބާއި އެކު ބަޝީރް ބުނެލިއެވެ. “އެންމެ ރަގަނޅު އަހަރެން އޭނަ ބަލާނެން…. ދޫ ކޮށެއް ނުލާނެން…. މީ އަހަރެންވާ ވައުދެއް….. އެކަމު އަހަރެން ކައިރީ ނުބުނާތި އޭނަ ދެކެ ލޯބިވާން….. އެކަމެއް އަހަންނަކަށް ނުކުރެވޭނެ….” ބަޝީރްގެ އަތުގައި ހިފާލަމުން އިސްޖަހައިގެން ހުރެ ގްރައިޝާ  ބުނެލިއެވެ. ގްރައިޝާގެ ވާހަކައިން ހިތުގައި ކުޑަ ރިހުމެއް އިފެދުނު ނަމަވެސް ބަޝީރް އަށް މޫނު އުފުލާލާ ﷲ އަށް ހަންމްދު ކުރެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. “ވަރަށް ވަރަށް ބޮޑައް ޝުކުރިއްޔާ….. ތި ކޮއްދެނީ ވަރައް ބޮޑު ކަމެއް……. ގްރައިޝާގެ ހުރިހާ ޝަރުތު ތަކައްވެސް އަހަރެން  ގަބޫލް…..” ގްރައިޝާގެ އަތުގައި ބާރައް ހިފާލަމުން ވަރައް އުފަލުން ހުރެ ބަޝީރް ޝުކުރު އަދާ ކުރިއެވެ. އެވަގުތު ބަޝީރްގެ  އުޖާލާ ވެފައިވާ މޫނު ފެނި ގްރައިޝާއަށް ވެސް ހިނިތުން ވެލެވުނެވެ. އަދި ބަޝީރް ބީނިޝް ދެކެ ލޯބިވާ ވަރާއި ވިސްނާވަރު  ގްރައިޝާ އަށް ހާމަވެގެން ދިޔައެވެ.

މިއަދު ގ.ރޯޒް ވިލާއަށް އިރުއެރީ ގެއަށް އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނެސްދެމުންނެވެ. ހުދުނުގެ ނާސްތާ ނެގުމަށް ފަހު  އެންމެން ގޭތެރެއަށް ޖަމާވެ މަޝްވަރާ ކުރަންތިބީ ކުރިއަށް އޮތް ބަންދު ދުވަސް ތަކުގައި ކަންތައް ކުރާނެ ގޮތާމެދު ގައެވެ.  އެންމެންނަށް ވެސް އެއްބަސް ވެވުނީ ބަޝީރް އާއަ ގްރައިޝާގެ އުފަން ރަށައް ޗުއްޓީ ހޭދަކޮށްލަން ދިއުމަށެވެ. އެވާހަކައި ތެރޭ  ކުރިއަށް އޮތް ދެހަފްތާ ނިމުމުން ބަޝީރް އަނެއްކާވެސް ފުރަންޖެހޭ ކަން ހާމަކޮއްލިއެވެ. ބަޝީރްގެ އެވާހަކައިން އެތަނުގައި އެންމެ ބޮޑަށް ދެރަވެ ޝަކުވާ ކޮށް ހެދީ ބީނިޝް އެވެ. އެހެންމީހުންނަށް ބަޝީރް ދާ ސަބަބު އިގޭތީ ތިބެވުނީ ހިމޭން ވެފައެވެ. އެންމެ  ފަހުން ބީނިޝް ހަމައަކަށް އެޅުނީ ބަޝީރް އެތައްވާހަކަ އެއްދައްކާ އޭނަ ހިތް ހަމަޖެއްސުމަށްޓަކާ އަވަހަށް އަންނާނެ ކަމުގައި  ބުނުމުންނެވެ. ދަރިފުޅައް އެގޮތައް ދޮގުހަދާ އޮޅުވާލަން ޖެހުނީތީ ބަޝީރް ދެރަވިއެވެ.

އެރޭ ބީނިޝް އާއި ޝިމާނާ ބާޒާރު ކޮއްލަން ނިކުމެލީ ރަށައް ނުދާތާ ގިނަދުވަސް ވެފައިވުމުން ރަށުގައި ތިބި އާއިލާ މީހުންނަށާ، ރައްޓިހިންނައް ހަދިޔާގަނުމަށްޓަކައެވެ. ގިނަދުވަސް ތަކެއްފަހުން ރަށައް ދެވޭތީ ދެމީހުންވެސް ތިބީ ނުހަނު  އުފާވެފައެވެ.

Share Article

Follow Me Written By

BlackBeauty

Level 1

Other Articles

Previous

ކުރިން އެނގުނުނަމަ (ހަތްވަނަ ބައި)

Next

އިންތިހާ ފަސްވަނަ ބައި

Next
January 22, 2018

އިންތިހާ ފަސްވަނަ ބައި

Previews
January 22, 2018

ކުރިން އެނގުނުނަމަ (ހަތްވަނަ ބައި)

6 Comments!

  1. Ram says:
    January 22, 2018 at 8:01 am

    Wow v v reethi

    1. BlackBeauty says:
      January 22, 2018 at 10:01 am

      Thank u??

  2. Pinky shifoo says:
    January 22, 2018 at 8:30 am

    Very nice ??.. Waiting for next part

    1. BlackBeauty says:
      January 22, 2018 at 10:01 am

      Thank u??

  3. jum says:
    January 22, 2018 at 11:11 am

    Mee kurin kiyaafa oiyy story eh hen heevany

  4. Hunter says:
    February 22, 2018 at 8:21 am

    Nice this story is getting interesting

Comments are closed.



All Right Reserved!