Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބީނިޝް… 06

BlackBeauty Level 1
January 19, 2018 One Min Read
3 Comments

ބައްޕަ އެހެން ބުނުމާއިއެކު ދެރަވެފައިހުރެ ބީނިޝް އަވަހަށް އެތަނުން ދިއުމައްޓަކާ ހިގައިގަތެވެ. ބަޝީރް ވެސް ގްރައިޝާ އާއި  ދިމާއަށް ނުރުހުން ތެރިކަމާއިއެކު ބަލައިލަމުން، އެއްވެސް އެއްޗެއް ނުބުނެ ބީނިޝްގެ ފަހަތުން ހިގައިގަތެވެ.

**********************************************************************************

ބަޝީރް، ބީނިޝްގެ ކޮޓަރީގެ ދޮރުހު ހުޅުވައިލީއިރު، އެނދުގެ އެއްކައިރީގައި ބީނިޝް އިށީންދެ، އިސްޖަހާލައިގެން ހުރިތަންފެނުނެވެ.ދަރިފުޅުގެ މާޔޫސީ މޫނު ފެނި ބަޝީރް ހިތް ރޯލިއެވެ. ބަޝީރް މަޑުމަޑުން ކޮޓަރިއަށް ވަދެ ދޮރު ޖަހާލުމަށްފަހު، ބީނިޝް ކައިރިއަށް ހުއްޓި ގޮވާލަމުން ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅާ..” އެވަގުތު ހިޔާލަކަށް ގެއްލިފައި އިން ބީނިޝް ސިއްސައިގެން ގޮސް އިސްއުފުލާލީ އޭނާގެ ބައްޕަ ބޮލުގައި  ފިރުމާލުމުންނެވެ. ބީނިޝް އަވަސް އަވަހަށް ލޮލުގެ ކައިރީގައި ހުރި ކަރުނަތަށް ފުހެލާ، ބައްޕައަށް ހިނިތެވް ވެލީ އޭނާ ދެރަވެފައި ހުރިކަން ބައްޕައަށް އަންގަން ބޭނުން ނުވާތީއެވެ.

ބަޝީރް، ބީނިޝް ކައިރީގައި އިށީންދެ، ދަރިފުޅުގެ ގައިގައި ބައްދާލަމުން ގެނެސް މޭގައި ލައްކޮށްލިއެވެ. ” ވަރަށް ދެރަވެފައިދޯ ތިހިރީ މަންމަ އެހެން ބުނީމައި… ބައްޕަ އަބަދުވެސް ބުނަމެންނު މަންމަ އެކަހަލަ އެއްޗިހި ބުންޏަސް ދެރަ ނުވާށޭ…” ބީނިޝްގެ ބުލުގައި ފިރުމާލަމުން ބަޝީރް ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ދެރައެއް ނުވެއޭ ބައްޕާ…” އެހުރިގޮތައް ހުރެ ބީނިޝް ބުނެލިއެވެ. ” އެހެންތަ؟… އެންމެ ރަގަނޅު… ބައްޕަ ބޭނުން ދަރިފުޅާ ކުޑަ ވާހަކައެއް ދައްކާލަން….” އަނެއްކާވެސް ބަޝީރް ބުނެލިއެވެ.

“އަޅުގަނޑަށް އިގޭ ބައްޕަ ތިދައްކަން އުޅޭ ވާހަކައެއް…” ބަޝީރް އާއި ދުރުވެލަމުން ފުޅާ ހިނިތެން ވުމަކާއިއެކު ބީނިޝް  ބުނެލިއެވެ. އަދި ރަގަނޅަށް އެދަށް އަރާ ދެފައި ވަށްކޮއްލަމުން ވާހަކަދެއްކުމަށް ތައްޔާރުވެލިއެވެ. ބީނިޝްގެ މިއަމަލު ފެނުމުން ބަޝީރްގެ ގާތައް ހިނިއައިސް، ދަރިފުޅާއި އެއްބައިވެލުމުގެ ގޮތުން، ބަޝީރް ވެސް ބީނިޝް އާއި ކުރިމަތި ވާގޮތައް އެދަށް އަރައި ހަމަޖެހިލިއެވެ.     “ހޫމްމް…. ދެން ބުނެބަލަ ބައްޕަ މިބުނަން އުޅެނީ ކީކޭ؟؟….” ވަރަށް މަޖާ ވެފައިހިރެ ބަޝީރް އޭނާގެ ދަރިފުޅާއި ސުވާލު  ކޮށްލިއެވެ. ” ނީޝް ކައިރީގައި ބައްޕަ ބުނަން ތިއުޅެނީ، އަބަދުވެސް ވަރަށް ހިތްވަރުގަދަ ވާންނެއޭ،….. މަންމަ ރުޅިން އެއްޗެކޭ އެހެން ބުނެވުނަސް މަންމަ ވަރަށް ލޯބިވާނެއެ ނީޝް ދެކެ،…… ބައްޕަ އަބަދު ކައިރީގަ ނުހުންނާނެއޭ އެހެންވީމަ އެކަނި އުޅެން ދަސްކުރަންވާނެއޭ،…. ވަރަށް ބަސްއަހަން ވާނެއޭ…. އެކަހަލަ ބައިވަރު ވާހަކަ….” ފޯރި އާއި އެކު ބީނިޝް ވާހަކަ ދައްކައި ނިންމައިލީއިރު ބަޝީރް އަށް ހުރެވުނީ ހީލަހީލަ އެވެ. މިކުއްޖާ  އަދިވެސް ބޮޑެއްނުވެއޭ ބަޝީރްގެ ހިތަށް އެރިއެވެ.

“ދަރިފުޅު ހާދަ މޮޅޭ…” ލޮއިބާއި އެކު ބީނިޝްގެ ކޮލުގައި ހިފައިލަމުން ބަޝީރް ބުނެލިއެވެ. “އިގޭނެ އެއްނު… ތީ ބައްޕަ ބޭރަށް ގޮއްސަ އަންނަ ކޮންމެ ފަހަރަކު ދައްކަވާހަކަ އެއްނު… އެހެންވީމައޭ އަޅުގަނޑަށް އިގެނީ….” ހަމަ ކުރީގެ ހުރި ރާގުގައި ބީނިޝް ބުނެލިއެވެ. “އެންމެ ރަގަނޅު…. ދެން އާދެ އަވަހަށް އޮށޯނަން… މިހާރު މާ ލަސްވެއްޖެ…..” އެއްފަރާތަށް ގޮސް އެދުގައި ކުޑަކޮށް ލެގިލ،ާ  ހަށިގަނޑު ދަމާލަމުން ބަޝީރް ބީނިޝް ކައިރީ ބުނެލިއެވެ. ބަޝީރް އެހެން ބުނުމާއި އެކު އަވަސް އަވަހަށް އައިސް ބީނިޝް އޭނާގެ ބައްޕަގެ އަތުތެރެއަށް ވަދެ އޮށޯވެލިއެވެ.

“ބައްޕާ އަޅުގަނޑު ވާހަކައެއް އަހާލަންތަ؟…” ބީނިޝްގެ ބޮލުގައި ފިރުމަމުން ދިޔަ ބަޝީރް އޭނާގެ ދަރިފުޅު މޫނަށް ބަލައިލާ  ހޫމް ލައްވާލީ ދަރިފުޅުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތންނެވެ.

…. ނުނިމޭ….

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BlackBeauty

Level 1

Other Articles

Previous

ހިތާ ފުރާނައިން… (12)

Next

ކުރިން އެނގުނުނަމަ (ފަސްވަނަ ބައި)

Next
January 19, 2018

ކުރިން އެނގުނުނަމަ (ފަސްވަނަ ބައި)

Previews
January 19, 2018

ހިތާ ފުރާނައިން… (12)

3 Comments!

  1. Pinky shifoo says:
    January 20, 2018 at 10:34 am

    Hii blackbeauty ??.. Story nice bt maa bodah vx kuru.. Next part dhigukoh genesdhehchey plxx ☺️..

  2. Fathun says:
    January 20, 2018 at 11:54 am

    Vreethi.

  3. suha says:
    January 20, 2018 at 6:33 pm

    Vaahaka vara reethi. Maa bodah kuru veema kiyaa myhun foohi vaane vaahaka kithanme reechakas. So please vara dhigu kohlachey next part. Good luck black beauty 🙂

Comments are closed.

Next Episodeބީނިޝް… 07←


All Right Reserved!