ބީވެ ހަޔާތުން
މާޒް އަދިވެސް އެއްފަހަރު މަގުމައްޗަށް ބަލާލިއެވެ. އަދިވެސް ޔާނާއެއް ނުނިކުމެއެވެ. މިހާރު ފަނަރަ މިނެޓް ވެއްޖެއެވެ. އަސްތާއެވެ. އެ ނިކުތީ ޔާނާއެވެ. އޭނާގެ ހިތުގެ މަލިކާއެވެ. ކަޅު ކުލައިގެ ޓޮޕަކާއި ހުދުކުލައިގެ ޖިންސެއްގައި ޔާނާ ފެންނައިރު ހީވަނީ ހޫރު ޕަރީއެއްހެންނެވެ. މާޒް ހިނިތުންވެލިއެވެ. މާޒް އަށް ޔާނާ ފެނުނީ އޭނާ ގެ ރަހުމަތްތެރިއެއްގެ ކައިވެނި ޕާޓީންނެވެ. ޔާނާ ފުރަތަމަ ފެނުމާ އެކުވެސް މާޒްގެ ހިތުގައި ޔާނާއަށް ކަނެއްދެވުނެވެ. ޔާނާގެ ފުރިހަމަކަމާ ސާދާ މިޒާޖުގެ ސަބަބުންނެވެ. އޭނާގެ ލޯބި ހިނިތުންވުންތަކާއި އެސިއްރު ބެލުންތަކުން މާޒްގެ ހިތް ޔާނާއަށް ދެވިއްޖެއެވެ. ޔާނާގެ ހިޔާލުގައި ނުނިދިފައި އޮވެވެން ފަށައިފިއެވެ. އަބަދުވެސް ހަދާންވަނީ ޔާނާގެ ރީތި މޫނާއި އެ ތޫނު ނަޒަރުތަކެވެ. އެންމެފަހުން މާޒް އަށް ކެތްނުކުރިވެގެން އަތުފުނާ އަޅައިގެން ޔާނާގެ ނަމްބަރު ހޯދިއެވެ. އަދި ޔާނާއަށް އޭނާގެ ހާލަދު ބަޔާންކޮށްދިނެވެ. މާޒްގެ ތަޢުރީފުގެ ބަސްތަކާއި ފަށުވި އިބާރާތްތަކުން ޔާނާގެ ހިތަށްވެސް އަސަރުކުރިއަވެ. އަދި ދެމީހުންގެ ގުޅުމަށް އާބޮޅެއް އިތުރުވީއެވެ. މިހާރު އެއީ ދެލޯބިވެރިންނެވެ. މާޒް ޔާނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ހުރިހާ ކަމެއްވެސް ކުރަނީ ޔާނާ ބުނާ ގޮތަށެވެ. ޔާނާ ހިތް އެދޭގޮތަށެވެ.
ދުވަސްތަށް މަސްތަކަށް ބަދަލުވަމުން ގޮސް މިއަދަކީ އެދެ ލޯބިވެރިންގެ ގުޅުމަށް 5 މަސްވީ ދުވަހެވެ. މާޒް އާއި ޔާނާ ތިބީ “ސީހައުސް”ގެ ހިތްގައިމު މާހައުލްގައެވެ. ކާނެ އެއްޗަކަށް އޯޑަރު ދިނުމަށްފަހު މާޒް ޔާނާ އަށް ބަލާލިއެވެ. ކަނޑުން އަންނަ މަޑުމަޑު ފިނި ވައިރޯޅި ޔާނާގެ އިސްތަށިގަނޑާއި ކުޅެމުންގެންދެއެވެ. ޔާނާ އިރުކޮޅަކު ވިސްނަން އިނދެފައި ވަރަށް ފަރުވާތެރިކަމާއި އެކު ބުންޏެވެ. މާޒް…. އަހަރެންގެ ބެސްޓް ފްރެންޑް ވަރަށް ބަލި.. މާދަމާގެ ފްލައިޓުން އަހަރެން ލަންކާއަށް ދާން ޖެހިއްޖެ…….. އަހަރެން މާޒް މަތިން ވަރަށް ހަދާންވާނެ. ޔާނާގެ މަޖްބޫރީ ހާލަތު ފެނުމުން މާޒްގެ ހިތުގައި ޖެހުނެވެ. އެންމެ ވަގުތުކޮޅަކަށްވެސް ޔާނާ އޭނާގެ ލޯމަތިން ގެއްލޭކަށް މާޒް ނޭދެއެވެ. ނަމަވެސް ޔާނާ އަށް އޭނާ އިތުބާރު ކުރެއެވެ.
ޔާނާ ފުރައިގެން ދިޔަތާ މިވީ ދެމަސް ދުވަހެވެ. އަދިވެސް ޔާނާގެ އެއްވެސް ހަބަރެއް ނުލިބެއެވެ. ޔާނާ ބުނެފައި އޮތީ އޭނާ ގޮސް ގުޅާނެ ކަމަށެވެ. މާޒްއަށް ކޮންމެ ދުވަހެއްގެވެސް އިރުއަރަނީ ޔާނާގެ އަޑުޖެހޭނެ ކަމުގެ އުއްމީދުގައި ހުއްޓައެވެ. މާޒް އެދުގައި އޮށޯވެގެން އޮވެ ވިސްނުމުގެ ކޯރަކަށް ގެނބިގަތެވެ. ޔާނާ އަށްވީ ކިހިނެއްބާއެވެ…. ޔާނާ އަނެއްކާ އޭނާ މަތިން ހަނދާން ނެތުނީހެއްޔެވެ. މާޒްގެ ހިޔާލީ ދުނިޔެއިން ބޭރުވީ މީހަކު އޭނާގެ ކޮޓަރީގައި ޓަކި ޖަހައިލުމުންނެވެ. މާޒް ކަންނެތް ފިޔަވަޅުތަކަކާއި އެކުގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ނިޔަނެތި މަންމައެވެ. މަންމަ ދިއްކޮށްލީ ސިޓީ އުރައެކެވެ. މާޒްގޮސް އެނދުގައި އިށީންދެ އެސިޓީ ކަނޑާލައިފިއެވެ.
އެއީ ވެޑިން ކާޑެކެވެ. މާޒްގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެކެވެ. އަދި ދެލޯ ބޮޑުކޮށްގެން ކާޑުގެ ފުރަތަމަ ގަޑުގައި ފެވިފައިވާ އިބާރާތް އަދި އެއްފަހަރު ކިޔާލިއެވެ. “ފަވާޒް ވެޑްސް ޔާނާ”. ކާޑު ބާއްވާފައި އުރަތެރޭގައި އަދި ގަނޑު ކޮޅެއް އޮތްހެން ހީވެގެން ސިޓީ އުރަތެރެ ބަލާލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ފޮޓޯ އަކާއި އެކު ކުޑަ ގަނޑުކޮޅެއްވެސް އުރަތެރޭގައި އަދިއޮތެވެ. ފޮޓޯ އަށް ބަލާލުމާއި އެކު އަނެއްކާވެސް މާޒް އަށް ލިބުނީ ހައިރާންކަމެކެވެ. ފޮޓޯ ގައި ވަނީ ޔާނާ އާއި ސުނައިނާއެވެ. ތިރީގައި ބެސްޓް ފްރެންޑްސް ފޯ އެވަރ އޭ ލިޔެފައި ވެއެވެ. މާޒް އަވަސް އަވަހަށް ނޯޓްކޮޅު ކިޔާލިއެވެ. މާޒް އަށްވެސް މިހާރު ހަޤީޤީ ލޯބިވާ މީހަކު ތިމާއަށް އޮޅުވާލާ ދެރައެއް ދިނުމުން ލިބޭ ދެރަ އިހްސާސްވާނެ. އަހަރެންގެ އުއްމީދަކީ މާޒްވެސް ސުނައިނާގެ ކިބައިން މަޢާފަށް އެދުން. އަހަރެން އެއްއިރެއްގަވެސް މާޒްދެކެ ލޯއްބެއް ނުވަން. އެއީ މާޒްވެސް ސުނައިނާގެ ދެކެ ހަޤީޤީ ލޯބި ނުވިފަދައިންނެވެ.
(ނިމުނީ)
7 Comments!
Comments are closed.

Yey me first
Vara salhi mi stroy
Thank you
Nice
Thank you
Varah reethi me vaahaka
When next story?
Best of luck
Thank you…more stories are yet to come Insha Allah.. hope you will enjoy my next story too..
Salhi. Keep it up