Skip to content
އެސްފިޔަ

އަބަދު އެކުގާ ވާނީ

އުޑުމަތި ސާފު ރީތި ދުވަހެކެވެ. ދުއްވާފައި ދިޔަ ލޯންޗުގައި ހުރި އިރު މޭލޭގެ މަލަމަތި ވަރަށް ސާފުކޮއް ފެންނަމުން ދިޔައެވެ. އޭރު މާއިޝްގެ ހިތުގައި ވަނީ އޭނައަށް ބައްދަލުކުރުމަށް ފެން ބޮވައިގެންފައި ހުރި އޭނާގެ ލޯބިވެރިޔާ “ޔަމަން”އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ލޯބިވެރިޔާއަށް ބައްދަލުވާން އުޅޭތީ އޭނަގެ ހިތުގައި ހިނގަމުންދަނީ ބަޔާން ކުރަން ދަތި އިޙްސާސްތަކެކެވެ. މާލޭގެ ފަޅަށް ލޯންޗު ގާތް ކޮޮއްލައިފިއެވެ. އަވަސް، އަވަހަށް ގެންގުޅުނު ދަބަސް ކޮނޑުގައި އަޅުވާލައިގެން މާއިޝް ލޯންޗުން ފޭބިއެވެ. އަދި ބަނދަރު މަގުގައި ހުރި ނިކަގަހެއްގެ ހިޔަލުގައި އޭނަގެ އިންތިޒާރުގައި ހުރި ލޯބިވާ ޔަމަން ފެނުމުން އޭނައަށް ހަނާއަޅާލެވުނެވެ. އެވަޤުތު ހިނިތުންވެލުމަށްފަހު، ޔަމަންވެސް މާއިޝްއަށް ހަނާ އަޅާލިއެވެ.

ޔަމަން ކައިރިއަށް އަރާހަމަވުން ޔަމަން ގައިގަ މާއިޝް ބައްދާލިއެވެ. ގިނަ ދުވަސްތަކަކަށް ފަހު ލޯބިވެރިޔާއަށް ބައްދަލުވުމުން ކޮންމެ މީހަކަށްވެސް މިހެން ވެދާނެ ނޫންހެއްޔެވެ؟ ” ޓެކްސީއެއްގަ ދާނީ ދޯ؟ ” އެހެން ބުނަމުން މާއިޝް ޔަމަން ގައިން ދޫކޮއްލިއެވެ. ” ޔާ.. އޯކޭ.. ” ރައްދުގައި ޔަމަން ބުނެލިއެވެ. ނަސީބަކުން ވަރަށް ފަސޭހައިން ޓެކްސީއެއް އަތު އަޅުވާލައިފިއެވެ. ” ކޮކޯ ބެރީއަށް… ” ޑުރައިވަރު ގާތު މިހެން ބުނެލާފައި ޔަމަންއާ ދިމާލަށް ބަލާލައިއެވެ. އަދި ހިނިތުން ވެލާފައި ބުނެލިއެވެ. ” ކައިގެންނު ގެޔަށް ދެވޭނީ… ދޯ؟ ” ޔަމަންވެސް ހިނިތުނަވެލިއެވެ. އަދި ބޯޖަހާލިއެވެ.

މަންޒިލާ ހަމައަށް ދެވެންދެން މާއިޝް ކޮނޑުގައި ބޯއަޅާލައިގެން ޔަމަން އިނެވެ. ކޮކޯ ބެރީ ރެސްޓައުރެންޓްއަށް ވަދެ މޭޒެއް ކައިރި ދެމީހުން އިށީއިނެވެ. އަދި ބޭނުންވާ އެއްޗެއްސަށް އޯޑަރ ދިނިވެވެ. ” ފިޝް އެންޑް ޗިޕްސް… ދެން ކޯކް ” ޔަމަން ބުނެލިއެވެ. ” މަށަށް ގެނޭ ޗިކަން ކޮއްތު ރޮއްޓެއް. ދެން… ކޯކެއް ރަނގަޅުވާނެ ” މާއިޝްވެސް ވެއިޓާރ ގާތު ގެންނަންވީ އެއްޗެތި ބުނެލިއެވެ.

ވެއިޓާރ ދިއުމުން މާއިޝް ޔަމަން ގާތު ބުންޔެވެ. ” ލޯ މަރާލަބަ.. އެބައިން ކުޑަ ސަޕްރައިޒެއް. ” އެހެން ބުނުމުން ޔަމަން ލޯމަރާލިއެވެ. އެވަގުތު މާއިޝް ޔަމަންގެ އިނގިލީގައި ވަރަށް ރީތި އެސްޖެހި ރަން އަނގޮޓިއެއް އެޅުވިއެވެ. އަދި ލޯ ހުޅުވުމަށް ބުންޏެވެ. ލޯހުޅުވާލުމުން ޔަމަންއަށް ހީވީ ދެދުނިޔެ އެއްކޮށް ލިބުނުހެންނެވެ. ވެފައި އިން އުފަލަކުން މީހާ އިނީ ހެވި ދިލިފައެވެ. އަދި މާއިޝްއަށް ޝުކުރު އަދާކުރިއެވެ. ” ތެންކްސް ލަވް. އައި ނެވާރ ތޯޓް އިޓް… ޔޫ އާރ ސޯ ސްވީޓް ” ޔަމަން ބުނެލީ ވަރަށް އުފަލާއެކީއެވެ.

އިރުކޮޅެއްނިވެ އޯރޑާ އައިއްސިއެވެ. އަދި ދެމީހުންވެސް ކެއުމަށް އިންސާފް ކުރުމުގައި މަސްޢޫލު ވެއްޖެއެވެ. ކެއުމުގެ ތެރެއިން މާއިޝް، ޔަމަން ގާތު ސުވާލެއް ކޮއްލިއެވެ. ” ހަނދާން ވޭތަ ފުރަތަމަ މީޓްވި ދުވަސް؟ ” ވަރަށް ހިނި އައިއްސަ މާއިޝް ކުރި މި ސުވާލުގެ ސަބަބުން މީގެ ދެއަހަރު ކުރިން އެދެމީހުން ދިމާވި އިރުގެ ހަނދާންތަކަށް ޔަމަން ގެއްލި ހުސްވެއްޖެއެވެ.

އެއީ، ހުޅުމާލޭ ބާބަކިޔު ސަރަހައްދުގައި އެކުވެރިން ކޮޅަކާއެކީ ބާބަކިޔުއެއްގެ ކަންތަކުގައި އުޅުނު ދުވަހެކެވެ. އޭރު އެތަނުގައި މާއިޝް ހުއްޓެވެ. އެއީ ޗުއްޓީއަށް މާއިޝް މާލެ އައިސް އުޅެނިކޮށެވެ. އޭނަ އެތަނަށް ދިޔައީ ޔަމަންގެ ރަހުމަތްތެރި ޝަޖާއާއެކީއެވެ. މާއިޝް ތަޢާރަފް ވީ ޝަޖާގެ ފަރާތުންނެވެ. މާއިޝްއަކީ ޝަޖާގެ ރައްޓެއްސެކެވެ.

މާއިޝް ފުރަތަމަ ފެނުނު ވަޤުތުން ފެށިގެން ޔަމަންގެ ހިތުގައި އޭނައަށް ޖާގައެއް ދެވުނެވެ. ޙާއްސަ ކަމެއް ބޭއްވުނެވެ. ލޯބި މިކިޔާ އެއްޗެއްވެސް ވެވެން ފެށިއެވެ. ކޮންމެއަކަސް ދެމީހުން ފުރަތަމަ ބައްދަލުވި ގޮތަކީ މިއީއެވެ. ” އޯހް.. ދެޓް ބާބަކިޔު ޑޭ ” މާއިޝް ކުރި ސުވާލުގެ ޖަވާބު ޔަމަން ދިނީ ވަރަށް މަޖާވެފައެވެ. ” ދެން ޝަޖާ އަތުން ނަންބަރ ހޯދައިގެން ޔަންމި ގުޅީ މަށަށް… އެހެން އުޅެފަ އެހީ ރައްޓެހިވާން… ހެހެ… ” ހީލަމުން މާއިޝް ބުންޏެވެ.

ކެއުން ނިންމާލާފައި، ބިލް ދެއްކުމަށްފަހު ދެމީހުން ކޮކޯބެރީ ރެސްޓައުރެންޓުން ނިކުމެގެން ހިނގައްޖެއެވެ. މާލެގައި ފަސް ދުވަހު ހުރުމަށްފަހު އަނެއްކާވެސް މާއިޝް ރަށަށް ދާން ފުރީ ލޯބީގެ ގުލްދާސްތަކުން ވެދުން ކުރަމުންނެވެ. އަނެއްކާވެސް ބައްދަލުވުމުގެ އުންމީދުގައެވެ. ދުވަހަކުވެސް ވަކިނުވާން ތަކުރާރުކޮށް ވައުދު ވަމުންނެވެ. މާއިޝްއާއެކީ ހޭދަކުރެވުނު ހުރިހާ ވަޤުތުތަށް ޔަމަންގެ ބޮލުގައި އެނބުރި އެނބުރި ހުއްޓެވެ. އެކުގައި ހިނގާލަން ދިޔަ ވަޤުތުތަކެވެ. ޔަމަންމެން ގޭގައި މާއިޝްއާއެކު ހޭދަވި ފޮނި ވަޤުތުތަކެވެ. ޕާރކްތަކުގައި ބޭއްވުނު ލޯބީގެ ޖަލްސާތަކެވެ.

ދުވަހަކުވެސް މާއިޝްއާ ވަކިވާކަށް ޔަމަންގެ ހިތެއް ނޭދެއެވެ. ވަރަށް އަވަހަށް މާއިޝް މާލެ ބަދަލުވާނެއެވެ. ޔަމަން އިންތިޒާރު ކުރަމުން އެދަނީ އެދުވަކަށެވެ. އަދި މުޅި އުމުރަށްވެސް މައިޝްއާއެކީ ލައްވާތޯ ދުޢާ ކުރަމުން އެބުރި ގެޔަށް ހިނގައްޖެއެވެ.

Comments (12)

  1. Anaa

    V v v v reethi mi story vx

  2. Angel

    Wow v reeti

  3. Pinky shifoo

    Nice ??… Zidhan dhigu vaahaka liyan fashanvee ehnu… What do you think about it??? ??

  4. Nafoo

    .wow ?sidhaan dhigu vaahaka liyan v ehnu

  5. Zidhan

    Thank u ?

  6. Amjad

    I don’t think this a story. We can say once it has contain with masala and chemistry, nevertheless it’s not included. Sad

  7. Sana

    Varah reethi varah super
    When next story?
    Best of luck

  8. Kuda Kamana

    me dhen aslu nuvaane vaahaka akah. hama kuda kuda scene eh niothy kiyaaladheefa. ekam zidhan hurey varah reethi vaahaka liyefa ves.

  9. Zaaraa

    Vaahaka miothee nimifatha??

  10. zaik

    dhigu vaahaka liyan feney.

  11. Leen

    ?

  12. Shaaha

    Mee dhn vaahaka ehh thr? Kunney mikiyaa ehvvx ehccheh neiy

Comments are closed.