Skip to content
އެސްފިޔަ

ޚަޔާތުގެ ވާހަކަ

ލެޕްޓޮޕް އުނގު މައްޗަށް ލައި ސޯފާގަ ހަމަޖެހިލީމެވެ. ވާހަކައެއް ލިޔެލަން ގަސްތު ކޮށްގެންނެވެ. ހިތަށްއެރިއެވެ. މިފަހަރު ލިޔާނީ ޚަޔާތުގެ ވާހަކައެވެ. މިވާހަކަ ބިނާވެފައި އޮންނާނީ އަހަރެންގެ ތަޢުލީމީ ހަޔާތުގެ މައްޗަށެވެ.

ފުރަތަމަ އަހަރެންގެ ތަޢާރަފަކަށް ޖެހިލާނަމެވެ. އަހަރެންގެ ނަމަކީ ”ޒިދާން”އެވެ. އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ދޮށީ ފިރިހެން ދަރިއެކެވެ. އަހަރެންގެ ހަގަށް ދެ ކޮއްކޮ ތިބެއެވެ. ބައްޕަ ވަޒީފާ އަދާކުރަނީ ރަށު ސުކޫލުގައެވެ. ގޭތެރެއާއި ދަރިންގެ ކަންތަށް އެންމެ ފުރިހަމައަށް ބެލުމުގެ މަސައްކަތް ލޯބިވާ މަންމަ ކުރަމުންދަނީ ވަރުބަލި ކަމެއްނެތިއެވެ.

2007 ވަނަ އަހަރު ރ. އަތޮޅު ވާދޫ ސުކޫލުގެ ގުރޭޑު އެކަކަށް އަހަރެން ވެއްދިއެވެ. އެހެން ކުދިންނާ ހިލާފަށް އަހަރެން ކިޔެވުމަށް މަސައްކަތް ކުރީމެވެ. ސުކޫލު ތެރޭގައި ނަން ވިދާލި ދަރިވަރަކަށް ވެއްޖެއެވެ. އެންމެންގެ ދުލުން އަހަރެންނަށް ތަޢުރީފުގެ ބަސްތަށް ބޭރުވާން ފަށައިފިއެވެ. ގުރޭޑް ހަތަކާ ހަމައަށް މިގޮތުގައި ކުރިއަށް ދިޔައީމެވެ. ކޮންމެ ކުލާހަކުންވެސް ރަންވަނަތަކެއް ހާސިލް ކުރެވުނެވެ. އޭރު ސުކޫލުގައި ހުރި އެންމެ ކިޔަވާ ކުއްޖާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

2014 ވަނަ އަހަރަކީ އަހަރެން އޯލަވެލްއަށް ތައްޔާރުވާން ފެށި އަހަރެވެ. ނަމަވެސް، އަހަރެންގެ ކިޔެވުމަށް ބަދަލު އަންނަން ފެށިއެވެ. ކިޔެވުމަށް ވަޤުތު ދެވޭލެއް މަދުވިއެވެ. ހަޤީގަތުގައި ކިޔެވުން އެއީ އަހަރެން ފޫހި ކުރުވަނިވި ކަމަކަށް ވެއްޖެއެވެ. ނަތީޖާ ދައްވާން ފަށައިފިއެވެ. ހަމައެއާއި އެކު، ޓީޗަރުން ގެ ޝަކުވާތައް އަޅުގަނޑަށް އަމާޒުވިއެވެ. މަންމަ އާއި ބައްޕަވެސް ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ. އެންމެ ފަހުން ކިޔެވުމުގެ ކަންތަށް ހުރި ގޮތުން ސުކޫލުގެ އިސްވެރިންގެ ސުވާލުތަށް އަހަރެންނާ އަމާޒުވާން ފަށައިފިއެވެ. ޖަވާބެއްގެ ގޮތުން އަހަރެން ދިނީ ހަމައެކަނި ހިނިތުންވުމެކެވެ.

ގުރޭޑް 8ގައި ސްކޫލުގެ ޕްރިފެކްޓް ބޯރޑަށް އަހަރެން ވަނީމެވެ. އަދި ޕުރޮމޯޓްވެ ގުރޭޑް 10 ނިންމާލީ ސުކޫލުގެ ޑެޕިޔުޓީ ސްކޫލް ކެޕްޓަންގެ މަޤާމު ފުރާފައެވެ. ލީޑާރޝިޕް ރޯލް އަހަރެންގެ ތަޢުލީމީ ހަޔާތުން ވަރަށް ބޮޑަށް ފެނިގެން ދާނެއެވެ. ސުކޫލުގައި އުޅުނު އިރު ކުލަބުތަކާއި ބޯރޑުތަކުގެ އިސް މަޤާމުތަކުގައި އުޅުނީމެވެ. ކިޔެވުމަށް އަަހަރެންގެ ސަމާލުކަން ކުޑަވުމަށް މެދުވެރިވި ސަބަބު އަދި މިވާހަކައިގަ އެބައާދެއެވެ. ކިޔާލާށެވެ.

އޯލެވެލް ނިންމުމަށްފަހު އާއިލާއާއި އެކު، އަހަރެން މާލެ ބަދަލުވީ ކޯހެއް ހެދުމަށެވެ. އިންފޯރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ހުރި ޝައުޤެއްގެ ބޮޑު ކަމުން، އައިޓީއިން ލެވެލް 3ގެ ކޯހެއް ހަދަން ފެށީ ”މައި ކޮލެޖް ހުޅުމާލެ ކެންޕަސް” ގައެވެ. އެއީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީ ކޮޅުއެވެ. ކުަޑަދުވަސް ކޮޅަކުން އޯލަވެލްގެ ނަތީޖާ އަތަށް އަރައިފިއެވެ. ހެދި 8 މާއްދާގެ ތެރެއިން ފަސްވީ 5 މާއްދާއިންވެވެ. މިއީ، މަންމަމެން އުންމީދު ކުރި ވަރުގެ ނަތީޖާއެއް ނޫނެވެ.

ދެން ހިތްވަރާއެކު މަސައްކަތް ކުރީ ކޯހުން ތަފާތު ބޮޑު ނަތިޖާއެއް މަންމަމެންނަށް ދައްކާށެވެ. ﷲގެ އިރާދަފުޅުން 2017ވަނަ އަހަރުގެ ޖޫން މަހު ހަދަމުންދިޔަ ކޯސް ނިމި ނަތީޖާ ލިބުނެވެ. އަލްޙަމްދުﷲއެވެ. ނަތީޖާ ވަރަށްވެސް ރަނގަޅެެވެ. ބެޗުން އެންމެ ރަނގަޅު ނަތީޖާއެއް ގެނައީ އަޅުގަނޑެވެ. އޯލަވެލްގެ ނަތީޖާ މަތިން މުޅިންހެން ހަނދާންނެތި އަޒުމު އާވެއްޖެއެވެ. އިތުރަށް ކިޔެވުމަށް ޝަައުޤުވެރިވެއްޖެއެވެ. އެހެން ކަމުން އެޑުވާންސް ސެޓްފިކެޓަށް ކިޔަވަން ފެށީމެވެ. އުއްމީދާއެކު ކުރިއަށް މިދަނީ މިކޯސްވެސް ނިންމާ ރަނގަޅު ނަތީޖާއަކަށް ވާސިލުވުމަށެވެ.

އަދިވެސް އޯލެވެލް ދުވަސްވަރު ކިޔެވުން ދައްވި ސަބަބު ނުބުނަންދޯއެވެ؟ ކެތްތެރި ކަމާއެކު އަދިވެސް ކިޔާށެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ކޮމްޕިއުޓަރަކީ އަހަރެންގެ އެންމެ ގާާތް އެކުވެރިއާއެވެ. ގިނަ ވަޤުތުތަށް ނަގާލަނީ ލެޕްޓޮޕް ނޫނީ ކޮމްޕުޓާރެއް ކައިރީއެވެ، ކޮމްޕިއުޓާރަށް ކުޅެ، އެކި އެއްޗެހި ދަސްކުރުމުގައެވެ. ތެދުތެދަށް ބުނާނަމަ އޯލެވެލް ނިންމިއިރު، ގާތްގަނޑަކަށް އައިޓީގެ ލެވެލް 3ގެ ފެންވަރު އަހަރެންގެ ހުއްޓެވެ. އެކަން އިނގުނީ ކޯސް ހަދަންފެށީމައެވެ، އަމިއްލައަށް  އެއްޗެހި ދަސްކޮއްފައި ވަތީއެވެ. ކޮންމެއަކަސް އޯލެވެލް ދުވަސްވަރު ކިޔެވުމަށް ހުރަސް އެޅީ މިބުނާ އަޅުގަނޑުގެ އެކުވެރި “ކޮމްޕިއުޓާރ”އެވެ. މި ސަބަބު މިއަދާ ހަމައަށްވެސް އެއްވެސް މީހަކު ގާތު ބުނެފައެއް ނޯންނާނެއެވެ. އަސްލު މިބުނެވުނީ ސިއްރެކެވެ.

މިހާރު އުންމީދު ކުރަމުންދަނީ އައިޓީގެ ދާއިރާއިން ދެވުނު އެންމެ މައްޗަކަށް ދިއުމަށެވެ. މިކަން ވާނެ މަގު ފަހިކޮއްދެއްވުން އެދި ކުރެވޭ ދުޢާއިން “ހަޔާތުގެ ވާހަކަ” ކުރުކޮއްލަމެވެ. – އާމީން.

ނިމުނީ

ނޯޓް: މިއީ އަޅުގަނޑުގެ ތައުލީމީ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔުނު ހަޤީޤީ ވާހަލައެކެވެ.

Comments (20)

  1. Yaania

    It was great zidhaan.. good luck next time.. best wishes

  2. Ixu ?

    Kuru vaahaka nuliye dhigu rythi vaahaka eh liyan v nu . you have the potential ??

  3. Laisha

    Zidhaan u haadha moley story liyan wowww I like ur all the storys gud luck dear adhi vx zidhaan ge story eh kiyaalan libeyne kamah aunmedhu kuran

  4. Lll

    I saw u zidhaan.. hai mart kairin

  5. liyaa

    thibaage masae kathugae maae allah barakaae lavaase aameen

  6. Zull

    Zidhaan 2007 ga school ah vani dhan 2014 ga olevel hedhee ehen v ma 7 years dhow mikiyevuni ?.

    1. Ash
      Zull

      O level ah ready vaan fashaane grade 8 ga. So 2014 ga 8 ah dhiya vaahaka e bunanee. I guess

  7. Kaptain Haamid Waheed

    Varah furihama. Alhuganduge dhuaa akeeves zidhaan ah kurierumaai kaamiyaabu ALLAH minvaru kurehvun aamen

    1. Zid Ern
      Kaptain Haamid Waheed

      Thanku ?

  8. Mohamed Asif

    U can .

    1. Zid Ern
      Mohamed Asif

      Thanku ?

  9. Zuam

    ❤❤❤❤

  10. Chokkolhey

    Aharen kiyamun feshi vaahaka iru kolhakun alhugandah badhal vefa anekka aharennahh badhal vi….. dhen anna faharakun ekan salhi kollaathi.. zidhaan ge dhigu vaahaka akah inthizaaru kuran.. keep it up…

  11. Alya

    Omgg ?
    You write stories ?
    Btw salhi varah ??
    Lovess ?

  12. Zidhan

    Thanku ?

  13. Zidhan

    Olevel hadhan ready vaan feshee.. means grade 8 feshy 2014.. getu?

  14. Zidhan Mohamed

    Fenidhaane

  15. Hairaan

    Aharenah zidhan egey.thivaahaka varah reethi.Iraadha kurehviyya thi uhmeedhu furihama vaane.

  16. ސުހާ

    ރީތި

  17. Kyleen

    varah reethi story..

Comments are closed.