އިންތިހާއަށް ލޯބިވަމެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝިނާނަށް ހޭލެވުނީ ވަރަށްބޮޑަށް ކަރު ހިއްކައިގަނެގެންނެވެ. އޭރު އަހަރެން ހުރީ ކުޑަދޮރު ކައިރީގައެވެ. މަޑު ހިނގުމެއްގައި ޝިނާން އަހަރެން ކައިރިއަށް ދިޔައެވެ. އަހަރެން ހުރީ ފޮޓޯގަނޑަކަށް ބަލަހައްޓައިގެންނެވެ. ޝިނާން އެތަނަށް އައިކަމުގެ އިހްސާސްވެސް އަހަރެންނަކަށް ނުވެއެވެ. އަހަރެން ހުރީ އެއަށްވުރެ މާ ފުން ހިޔާލެއެްގެތެރެއަށް ގެއްލިފައެވެ. ޝިނާން މަޑުމަޑުން އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ. ސިއްސައިގެންގޮސް އަހަރެންނަށް ޝިނާންގެ މޫނަށް ބަލާލެވުނެވެ. “ޝިނާނެވެ. އަހަންނަށް މައާފު ކުރާށެވެ. އަހަރެން ޝިނާނު ގާތުގައި ވަހަކައެއް ބުނަން ބޭނުމެވެ”. ޝިނާނުގެ އެދުމުގެ މަތިން އަހަރެން އެވާހަކަ ކިޔާދޭން ފެށީމެވެ.
އެއީ މީގެ ހަ އަހަރު ކުރިއެވެ. އޭރު އަހަރެން އުޅުނީ ރަށު ސުކޫލް ގްރޭޑް 10 އެއްގައެވެ. އަހަރެންނަކީ އެހެން އަންހެން ކުދިން ފަދައިން ރީތި ސޫރައެއް ލިބިފައިވާ، ފިރިހެން ކުދިންގެ ހުށަހެޅުންތައް ލިބެމުން އައި ޒުވާން ޖިންސުއްލަތީފަކީމެވެ. ނަމަވެސް އެ ހުށަހެޅުންތަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. އެއީ އަހަރެން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާތީއެވެ. މަންމަމެން އަހަރެންނާއިމެދު ދެކެމުން އަންނަ ފޮނި ހުވަފެންތައް ހަޤީޤަތަކަށް ހަދައި ދުނުމަށްޓަކައެވެ. އަހަރެންގެ ދިރިއުޅުމުގައި ޙާާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ފުރިހަމައަށް ޙާޞިލް ކުރުމަށްޓަކައެވެ
ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އަހަރެން ސުކޫލު ދައުރު ނިންމުމަށްފަހު މަތީތައުލީމުގެ އެކި އޮޅިތައް ގިރާކުރަމުން އައީމެވެ. އިޝާނަކީ އަހަރެންނާއި އެއް ކޮލެޖެއްގައި ކިޔަވަމުން އައި ކުއްޖެކެވެ. އޭނާފެނުނު އެންމެ ފުރަތަމަ ފަހަރުވެސް އަހަރެންގެ ހިތް އޭނާއަށް އެދެން ފެށިއެވެ. ރީތިއެއްޗިއްސަށް ލޯބިކުރުމަކީ އިންސާނުންގެ ތަބީޢަތޭ ބުނާ އުޞޫލުންނެވެ. އޭނާގެ އެހުރި ބުރު ސޫރަ ފެނުނު ކޮންމެ މީހެއްގެ ހިތްކަތިލާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ރީތި ބޮޑު ދެ ލޮލެވެ. ފަން އަދި އެހާމެ ކަޅު އިސްތަށި ގަނޑެކެވެ.ގައިގެ ކުލަ އަލިވެފައި އެހާމެ އޮމާނެވެ. ހަށިގަނޑަށް ލިބިފައިވާ ރޫފައާ އެއްވަރުގެ އިސްކޮޅެއް ލިބިފައިވާ، ސާދާ، ރީތިސިފަތަކެއްގެވެރި ފިރިހެންވަންތަ ޒުވާނެކެވެ. އޭނާގެ ވާހަކަ ދެއްކުމާއި މިޒާޖުގައި މާތް ގޮތެއް ހުރެއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންނަށް ލިބޭނެނަމައޭ ހިތަށް އަރައެވެ.
މިގޮތުގައި ދުވަސްތައްފާއިތުވަމުން ދެއެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން ކޮލެޖޮ ނިންމާފައި ގެއައް ދިޔައީމެވެ.ފެންވަރާލައިގެން އެނދުގައި ޖައްސާލިތަނާ އަހަރެންގެ ފޯނު ރިންގުވިއެވެ. ނުދަންނަ ނަމްބަރަކަށް ވުމުން ދެ ފިކުރެއްގެ މަތީގައި ހުރެ ފޯނުނަގާ މަޑުމައިތިރި ރާގެއްގައި ހަލޯއޭ ބުނީމެވެ. އަހަރެން ހިތް އުފަލުން ފޮޅުނު ކަހަލައެވެ. އެއަޑަކީ އަހަރެންގެ ކަންފަތް އެންމެ އަހަންބޭނުންވާ އަޑެވެ. ތިމާގެ ލޯބިވާ އަދި އެންމެ ގަޔާވާ މީހާގެ އަޑު ތިމާއަކަށް ނޯޅޭނެއޭ ބުނާ ފަދައިން އޭނާގެ އެ ނިޔަނެތި، މަޑުމައިތިރި އަޑު އަހަރެންނަކަށް ނޯޅޭނެ އެވެ. ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ އޭނާ ބުނިގޮތުން އޭނާވެސް އަހަރެން ދެކެ ލޯބިވެއެވެ. އިންތިހާއަށެވެ. އެރޭ އަހަރެމެން ދެ މީހުން ވަރަށް ގިނަ އިރު ވާހަކަ ދައްކަން ތިބީމެވެ. ހީ ސަމާސާ ކުރުމުގައެވެ. ދެ މީހުންގެ ދިރިއުޅުމުގައި ދިމާވެފައި ހުރި އެކި އެކި ކަންތައްތައް އެކަކު އަނެކަކާއި ޙިއްސާ ކުރުމުގައެވެ.
ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އަހަރެމެން ދެ މީހުންގެ ނަންވެސް މިދުނިޔޭގެ ލޯބިވެރިންގެ ލިސްޓުގައި ހިމެނުނެވެ. އެހެން ލޯބިވެރިން ފަދައިން ލޯބީގެ ބަގީޗާތަކަށް ޒިޔާރަތް ކުރަމެވެ. ދުވަހަކުވެސް ވަކިނުވާން ބުނެ އެތަކެއް ވައުދާ އަޙުދުތައް ވަމުންނެވެ. ނަމަވެސް ތަޤުދީރު ކިޔަން އެނގޭނީ ކާކަށް ހެއްޔެވެ؟ ތަޤުދީރާއި ދެކޮޅަށް އެއްވެސް ކަމެއް ނުނިންމޭނެ ނޫން ހެއްޔެވެ؟
އަހަރެން މިގުޅުން ކުރިއަށް ގެންދިޔައީ މަންމަމެންނަށް ސިއްރުންނެވެ. އަހަރެން އުފާތަކަށް މަންމަމެން ހުރަސް ނާޅާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އަހަރެއްނަށް އޮތީމައެވެ. މި ގޮތުގައި ދުވަސްތައް ފާއިތުވަމުންދެއެވެ. މަންމައަށް ކޮންމެވެސް ގޮތަކުން އަހަރެމެންގެ މިގުޅުމުގެ ޚަބަރު ލިބުނެވެ. އެދުވަހު މަންމަ ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި ވަރަށް ގިނަ އެއްޗިހި ކިއެވެ. އޭނާއާ ވާހަކަ ނުދެއްކުމަށް ބުންޏެވެ. އަހަރެންގެ ހިތް ކުދިކުދި ވި ކަހަލައެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. މުޅި ދުނިޔެ އަހަރެން ވަށާ އެނބުރިގަތް ކަހަލައެވެ. އަހަރެންނަކީ މިދުނިޔޭގަ އެއްވެސް ބޭނުމެއްނެތް ބޭކާރު މީހެއްގެ ގޮތުގައި އަހަރެންގެ އަމިއްލަ ގަބޫލު ކުރެވެން ފެށުނެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އެ ދުވަހަށްފަހު އަހަރެން ކޮލެޖަކަށް ނުދަމެވެ. އޭނާއާއި ދިމާވެދާނެތީއެވެ. އޭނާ އާއި ކުރިމަތިލާނެ ހިތްވަރު އަހަރެންގެ ގައިގަައި ނެތީމައެވެ. އޭނާ ގުޅިޔަސް ފޯނެއްނުނަގަމެވެ. އޭނާދެކެ ލޯބިނުވާތީއެއް ނޫނެވެ.މަންމަމެންގެ ހިތުގައި ނުޖައްސަން ވެގެންނެވެ.އެމީހުން އަހަރެންނާއި ދެކެމުން އައި ފޮނި ހުވަފެންތައް ވިއްސި ވިހާލި ކޮށްނުލަންވެގެންނެވެ. އެދުވަހު މަންމަ ބުނިގޮތުން މަންމަވަނީ އަހަރެންގެ ކައިވެނި އެހެން މީހަކާ ވަރަށް އަވަހަށް ކުރުމަށް ނިންމާފައެވެ. އެއީ ޝިނާނެވެ. އަހަރެން ޝިނާނާއި ކައިވެނި ކުރުމަށް ނިންމީމެވެ. މަންމަމެންގެ ހައްޤުގައެވެ. އެމީހުންގެ އެދުމަށް ފުރަގަސް ނުދިނުމަށްޓަަކައެވެ. އެމީހުންގެ އަހަރެންނާއިމެދު ދެކެމުން އައި ފޮނި ހުވަފެންތައް ވިއްސި ވިހާލި ކޮށްނުލުމަށްޓަކައެވެ. ނަމަވެސް އަހަރެންގެ ނިކަމެތި ހިތް ރޮއިރޮއި އޮއްވައެވެ. މަންމައަށްޓަކައި އަހަރެންގެ ހުރިހާ އުފާތައް ޤުރުބާން ކުރަމުންނެވެ. އަހަރެންގެ ހިތް ލޯތްބަށް އެދި ގޮވަގޮވާ އޮއްވައެވެ. އޭރު މަންމަމެން ވަނީ ޝިނާނުގެ އާއިލާއާވެސް އަހަރެމެން ދެ މީހުންގެ ކައިވެނީގެ ވާހަކަ ދައްކާފައެވެ. އަދި ހުރިހާކަމެއް ނިންމާފައެވެ.
ޝިނާނުއެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. އަހަރެން ޝިނާނާއި ކައިވެނި ކުރީ ޝިނާނުދެކެ ލޯބިވާތީއެއް ނޫނެވެ. އަހަރެންނަށް މަޖުބޫރުވީއެވެ. މަންމަމެންގެ ހައްޤު ގައެވެ. މަންމަމެންގެ ހިތުގައި ނުޖެއްސުމަށެވެ. އަދިވެސް އަހަރެން އޭނާދެކެ ލޯބިވަމެވެ. އިންތިހާއަށެވެ. އެލޯތްބަކަށް ނިމުމެއް ނާންނާނެއެވެ. އަދި އަހަރެންގެ ހިތުން އޭނާއަށް ދެވިފައިވާ މަތިވެރި މަޤާމު އެހެން މީހަކަށް ނުދެވޭނެއެވެ. އަހަރެން އޭނާދެކެ ވަނީ ހަގީގީލޯތްބެވެ.
11 Comments!
Comments are closed.

vvvvvvvvvv nice…thn q salaa….salaa ge nw vaahaka aka wait kuraanan :D…mi vaahakaige hurihaa partei vx ky vara kiyaa hithn…bye…tc………
tnx samaa
Vara salhi wwwwwwwo
10q suhaa
I ammo ring it
10q fo u r support
Varah salhi
mi ehves salhi eh nun.i dont like this
reethi
niceeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
thi vareh neiiii