3 ވަނަ ބައި
********
ރޭގަނޑުގެ ވަގުތެވެ. ޔުމްނު އޮތީ އެންމެންނަށް ރަނގަޅަށް ނިދެންދެންނެވެ. ބޭނުމަކީ އެންމެން ނިދުމުން އަވީމެންނާއި ބައްދަލުކުރުމެވެ. އެންމެންނަށް ނިދުމުން އަވަހަށް ޓެންޓުން ނިކުމެ ރަށުގެ ތުނޑިއަށް ދިޔައީ އެތާނގައި އަވީމެން ތިބޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ.
“ޝިކާ” ޝިކާއަށް އާދެވުމާއެކު އަވީ ގޮވާލުމަށްފަހު ތުން ދަމާލިއެވެ. އަދި ބައްދާލިއެވެ.
“އަވީ. ތުންދަމަންޏާ ނައްޓައިގެން ވެއްޓިދާނެ.” ޝިނާން ދިމާކޮށްލިއެވެ.
“ތުންގަނޑު ދިގުކަމުން ހީވަނީ މާކަނައެއް ހެން ވިއްޔަ.” އަވީ އަދި ޝިކާގެ އެއްމާބަނޑު ބޭބެ ކަމުގައިވާ ނާލް ވެސް އަވީ ރުޅި އަރުވާލުމަށްޓަކައި ބުންޏެވެ.
“ނާލްއަށް ގާރލް ކުދިން ފެންނަނީ މާކަނައެއްގެ ސިފައިގަތަ؟” މިފަހަރު ޔާލް ވެސް މަޑުން ހުންނާކަށް ބޭނުމެއް ނުވިއެވެ.
“ޝިކާ އަށް ނޭނގެ ވިއްޔަ ނައްޓައިގެން ވެއްޓޭ ވަރަށް ތުންދަމާކަށް. އޭރުންނެއްނު ފޮޓޮއެއްވެސް ނެގޭނީ” ޝިކާގެ ފިރިމީހާ ވިނާން ޝިކާގެ ތުންފަތު ގައި ހިފާލަމުން ބުންޏެވެ.
“އެއަށްވުރެ ރަނގަޅުވާނެ ތިމީހުންގެ އަމިއްލަ ތުންފަތް ވަޅިން ކަނޑާލިއްޔާ” ޝިކާ ވިނާންގެ ކަންފަތުގައި ހިފައި ކުޑަކޮށް އަނބުރާލަމުން ބުނެލިއެވެ.
“އައުޗް. ކަންފަތުން ދޫ ކޮށްބަލަ. ޕްލީސް. ސޮރީއޭ.” ވިނާން އެންމެ ފަހުން މާފްކޮށްދިނުމަށް އެދުމުން ޝިކާ އޭނަގެ ކަންފަތުން ދޫ ކޮށްލިއެވެ.
“އަދި އެހާ އަވަހަކަށް މާފެއް ނުކުރެވޭނެ އިނގޭ” ޝިކާ ވިނާންްގެ ކަންފަތުން ދޫކޮށްލިތަން ފެނުމުން އަވީ އޭނަގެ ފިރިމީހާ ޝިނާންގެ އަތުގައި ވިކައިގަތީ ކުއްލިއަކަށެވެ. އެއާއެއްކޮށް ޝިނާންއަށް އައުޗްއޭ ކިޔަައި ހަޅޭއްލަވައިގަނެވުނެވެ.
“އަވީއާ ޝިކާ މީ އެއްވަރުގެ ދެމީހުން. އެކަކު ކަމެއް ކޮށްފިއްޔާ އަނެކަކުވެސް ވާނެ ކޮންމެސް ކަމެއް ކުރަންް” ފިރިމީހާ ނާލް އަނެއްކާވެސް ދިމާކޮށްލުމުން ޔާލްއަށް މަޑަކުން ނުހުރެވުނެވެ.
“ޓްވިންސް ކުދިންނަށްވީ ކޮންމެސް ކަމެއްވީމައެއްނުދޯ. ނާލްއަށް އެވަރުވެސް ނޭނގެ. އެކަމް މީނަމީ އެމީހުންގެ އެއްމާބަނޑު ޓްވިންސް ބްރަދާރ އޯރ. އެއީ ވެސް އަދި ނަމަކަށް.” ޔާލް މިފަހަރު ދިން ރައްދުން ނާލްއަށް ބުނާނެ އެއްޗެއް ނޭންގިފައި ބަލަހައްޓައިގެން ހުރެވުނީއެވެ.
“އޭރަށް ޔާލްއާ ދިމާލަށް ބުނެވިދާނެ ހަމަ އެހެން. އެއްމާބަނޑު ޓްވިންސް ސިސްޓާއޭ. އެކަމު ހަމަ ނަމަކަށޭ.” ވިނާން އާއި ޝިނާންއަށް އެމީހުންގެ އެއްމާބަނޑު ދައްތައާ ދިމާލަށް މިހެން ބުނެވުނީ އެއްފަހަރާއެވެ.
“އެއީ ކީއްވެކަން ބުނެދޭންވީނު. ޔާލް ގާރލްސް ކޮޅަށް ހުންނާތީ މައްސަލައަކަށް ވެގެން އުޅޭއިރު ތިމީހުން ފުރަތަމަ ދިމާކުރަން ފައްޓާތީ ވާގޮތޭ.” ޔާލް މިފަހަރު މިދިން ރައްދު ނިމޭއިރަށް އަވީ އާއި ޝިކާ އަތް ޖަހާލިއެވެ. ވިނާން އާއި ޝިނާންއަށް ވެސް އެއްޗެއްނުބުނެވުނެވެ.
“ދެން ހިނގާބަލަ އަހަރެމެންގެ ދަރިން ގެނެސްގެން މޮޅުވަނީ ކޮންބައެއްތޯ ބަލަން. ހަމަ ގައިމުވެސް އަހަރެމެން މޮޅުވާނީ.” އަވީ އުފާވެފައި ހުރެ ބުނެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ގިނަފަހަރު އަވީމެންދޭ ރައްދުތަކުގެ ސަބަބުން ނާލްމެންގެ ބަސްހުއްޓެއެވެ.
” ބުނާނެ މަންމަ ދުވާލަކު އެއްފަހަރުު ތުންދަމާފިއްޔާ ބައްޕަ ތުންދަމާނޭ ދިހަފަހަރު” ޝިކާވެސް ފޮނިވެލާފައި ބުނެލިއެވެ.
މިފަހަރު ޝިކާ ނާލްމެންނަށް އެއްލި ގާގަނޑުން ބޯކަހާލެވުނެވެ.
“މިހާރު ފަތިސްވާން ކައިރިވާނެ. މާދަމާރޭވެސް އިރާދަކުރެއްވިއްޔާ ހަމަ މިތަނުން ބައްދަލުވާނެ. ދެން ދަނީ” ޔާލް ގޮސް ނާލްގެ އަތުގައި ހިފާލަމުން ބުންޏެވެ. ޝިނާން އަވީގެ ކޮނޑުގައި ހިފަހައްޓާލިއިރު ވިނާން އައިސް ޝިކާގެ ގައިގައި ބައްދާލުމަށްފަހު ސިފަ ބަދަލު ވެލުމަށްފަހު އެންމެން އެއްކޮށް ލޭންޑީލިއާއަށް ދިޔުމަށްޓަކައި އުދުއްސައިގަތެވެ. މިތަން ބަލަން ހުރުމަށްފަހު އަވީ ދުވެފައި ޓެންޓުކައިރިއަށް ގޮސް ހުއްޓުމަށްފަހު ޔުމްނުގެ ސިފައަށް ބަދަލުވެލި ވަގުތު އަލިގަނޑެއް އަރައިގެން ދިޔައެވެ.
އެއީ ނާއިޝްއަށް ހޫނުވާތީ ހޭލެވިގެން ބޭރަށް ނުކުތް ވަގުތު ކަމުން އޭނައަށް އެއަލިގަނޑު ފެނުނެވެ. ފެނުނު ހައިރާންކުރުވަނިވި މަންޒަރުގެ ސަބަބުން ބަލަހައްޓައިގެން ހުއްޓައި އޭގެން އަލިގަނޑެއް އައިސް ނާއިޝްގެ ލޮލަށް އެޅުމާއެކު ހޭނެތިގެން ވެއްޓުނެވެ. އޭނާ ވެއްޓުނުތަން ޔުމްނުއަށް ފެނުނެވެ. ޔުމްނު ނާއިޝްއަށް ކަމެއްކުރަން ނޫޅެ ގޮސް ޓެންޓަށް ވަނީއެވެ.
އެންމެން ފަތިސް ނަމާދަށް ހޭލިއިރު ނާއިޝް ފެންނަން ނެތުމުން ކަންބޮޑުވެގެން ހޯދަންވެގެން އެކިތަންތަން ބެލިއިރު ފެނުނީ ބޭރު ވެލި ގަނޑު މަތީގަ އޮށްވައެވެ. އޭނާއަށް ގޮވުމަށްފަހު އެންމެން ވީގޮތެއް އެހިއެވެ. އޭނާ ބުނީ ހަމައެކަނި ހޫނުވާތީ ބޭރަށް ނުކުތް ވާހަކައެވެ. އަލިގަނޑެއް ފެނި އެއަށް ބަލަންހުރުމުން ހޭނެތުނު ވާހަކައެއް ނުބުނެއެވެ.
ހެނދުނު ކައިގެން ކްލާސް ކުދިންނަށް އެވާހަކަ ކިޔައިދިނުމުން އެއްވެސް ކުއްޖަކު ގަބޫލެއް ނުކުރިއެވެ. ހުރިހާ ކުދިން ފައިގަތަޅާ ކުޅުމަށް ދިޔުމުން ނާއިޝް އާއި ޔުމްނު އެކަނިވިއެވެ. އެވަގުތު ނާއިޝްގެ ހިޔާލަށް އައީ މިޔާނާމެންގެ ނަމެވެ. މިޔާނާ ، ނިޔާނާ އަދިލިއިޔާނާ އަކީ ޔުނީ އާއި އެއްވަރުގެ ތިން ޓްވިންސް ކުދިންނެވެ. އަދި މިއީ އަވީމެންގެ ދައްތައެއްގެ ތިން ކުދިންނެވެ.
ނާއިޝް ޔުމްނު ކައިރީގައި ރޭގައި މިޔާނާމެން އައީތޯ ސުވާލުކުރިއެވެ. ޔުމްނު އެމީހުން ރޭގައި ނާންނަ ވާހަކަ ބުންޏެވެ. އެކަމަކު ނާއިޝް ބުނި އަލިގަނޑުގެ ވާހަކަ އެއީ ވީކަމެއް ކަމަށް ޔުމްނު ގަބޫލުކުރާ ވާހަކަ އޭނަ ކައިރީގައި ބުންޏެވެ. އެއީ ކީއްވެހޭ ނާއިޝްއަހާލިއެވެ.
” އެއީ ހަޤީޤަތެއް ވީމަ. އެކަމު އެވާހަކަ ކިޔައިދެވެން މިހާރު ނެތަސް އެދުވަސް ކައިރިވޭ އެބަ. އެހެންވީމަ ދެން އިންތިޒާރު ކުރޭ އަހަރެން އެވާހަކަ ކިޔައިދޭނެ ދުވަހަކަށް” ހީލަމުން ޔުމްނު ބުނެލިއެވެ. އެއާއެއްކޮށް ހަނދާންވީ ރޭގައި ކުރި ފައިޓްގެ މަތިންނެވެ. އެއާ އެއްކޮށް އޭނަގެ ތުންފަތުގައިވާ ހިނިތުންވުން ފުޅާވިއެވެ. މިތަންފެނި ނާއިޝް އަށްވެސް އިހުތިޔާރަކައި ނުލާ ހިނިތުންވެވުނެވެ. ވާނީ ވެސް އެހެނެއް ނޫން ހެއްޔެވެ؟ ތިމާ ލޯބިވާ މީހަކު އުފާވަންޏާ ތިމާވެސް އުފާނުވެއެއް ނުދާނެއެވެ. ނާއިޝް އަށްވެސްވީ ހަމަ އެހެންނެވެ.
13 Comments!
Comments are closed.


Yey me first
Vara ssalhi
When is next part
Mivaahaka geteh nuvi 2 faharaku kiyaalaifin knmes kuhjjaku buneladheeba meega evaa gotheh
Me too. I also don’t know what’s happening. And maybe vaahaka kuriah dhaa gothun fahun ves engidhaane vaagoi 🙂
yes alhugandakah vx neyngun vaanuvaaeh
meehunnah kiyaa name thakuga olhun arany
Feeling vaanuvaa
Varah loabi me vaahaka hama number 1 story eh keep it up
When next part?
Mee kihineh vaa vaahaka ehtha.. vaanuvaa eh neyngun ?
Mikahala vaahaka nuliyunihyyaa rangalhu vaanee. Thaneh dhoreh dhoraahteh ves neynge.. Eh bayehga saalhees meehun eba ithuruvey dhejumla dheytherein
Eha kuri. Vaa eh nuvaane ehh neyge.. haasaaru dhamaafa
vaanuvaa .com
Hageegee haadhisaa eh tho theehama… ehgothakah ves vaanuvaa eh neyge. Mi story reethi vegen comment kohffa thibi kudhin vaanuvaa kiyaala dheyn v eh noon tho
Vaahakaiga ulhey charcters thah maa avahah introduce kohdheythy kanneyge ehen e vani. Thankolheh slow kon introduce kohdhinima ekanthah rangalhuvaane kanneyge. In Sha Allah.
Kobaa next part?
Pls up kohdeeybaa pls ???