Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީމަޖާލޯބި

ޔުނީ 2

yalaanaa Level 1100 Login
January 11, 2018 2 Mins Read
9 Comments

އެއީ ޔުމްނުއެއް ނޫނެވެ. އެއީ އެހެން ކުއްޖެކެވެ. ޝިކާ އެވެ. ޖިންނީންނާއި އިންސާނުންގެ ބާރު ހުރި އަންހެން ކުއްޖެކެވެ. އެކަމަކު ގޯސް ކުއްޖެއް ނޫނެވެ. ޔުމްނުގެ އެދުމުގެ މަތިން ޝިކާ ޔުމްނުގެ ސިފައަށް ބަދަލުވެ އެގޭގައި ދިރިއުޅެނީއެވެ. ކުރިން އެގޭގައި ޝިކާގެ ދައްތަ އަވީ ވެސް ވަނީ ދެއަހަރު އުޅެފައެވެ.

ސަރާ ޝިކާއަށް ބަލައިލުމަށްފަހު އޭނާގެ ވާހަކަ ފެށިއެވެ.

” ޕްރިންސަސް ޝިކާ. އަޅުގަނޑު މިއައީ މިނީޝާ އަދި ކައިނާ ގޮވައިގެން. ގޭގެ އެންމެން ރަނގަޅު. އަދި ޔުނީ ވެސް ރަނގަޅު ކަމުގެ ހަބަރު ލިބުނު. އެކަމަކު ޔުނީ ނުފެނޭ އެއްވެސް މީހަކަށް.” މިހެން ބުނުުމަށްފަހު ސަރާ ލޭންޑީލިއާ އަށް ދިޔުމަށްޓަކައި އުދުއްސައިގަތެވެ.

ޔުނީ އަކީ އަވީމެން ލޯބިން ޔުމްނު އަށް ކިޔާ ނަމެކެވެ. ޔުނީ އަވީމެން ދިރިއުޅޭ ތަނަށް (ލޭންޑީލިއާ އަށް) ގޮސް އުޅުމުގެ ތެރޭގައި ވަނީ ޝިކާމެންގެ އެނެމީ ހައްޔަރު ކޮށްފައެވެ. އެއީ ޔުނީ އަކީ ބާރު ތަކެއް ލިބިފައިވާ ކުއްޖެއް ނަމަ ލޭންޑީލިއާ އަވީމެންގެ އަތުލުމަށެވެ. ނަމަވެސް މިހާތަނަށްވެސް ވަނީ ކާމިޔާބު ނުވެފައެވެ.

“މަންމާ” މިނީޝާ އާއި ކައިނާ އައިސް ޝިކާ ގައިގައި ބައްދާލިއެވެ. އެއީ ޝިކާ އަދި ވިނާން އަށް ލިބުނު ޓްވިންސް ދެކުދިންނެވެ.

*********

ހުކުރު ދުވަހުގެ ހެނދުނެވެ. ހަޔެއް ޖެހިއިރު ހުރިހާ ކުދިން ތިބީ ފަޅުރަށުގައެވެ. ބެލެނިވެރިންނާއި ޓީޗަރުން ކަންތައްތައް ކުރަން ފެށުމަށްޓަކައި ހުރިހާ ކުދިން ކުޅެން ފޮނުވާލިއެވެ. ކޮންމެސް ވަރަކަށް ކަސްރަތު ކުރުމަށްފަހު ޓްރުތް އޯރ ޑެއާރ ކުޅެން ފެށިއެވެ. ނާއިޝް އަށް ޖެހުމުން ނާއިޝް ޓްރުތް ނެގިއެވެ. އެއާއެކު ޝާހު ސުވާލުކުރިއެވެ.

“ލޯބިވާ ކުއްޖެއް ހުރޭތަ؟”

ނާއިޝް ނުހުރެއޭ ބުނުމުން ޔުމްނު ހަޅޭއްލަވައިގަތެވެ. ނާއިޝް ހެދީ ދޮގުކަން ވަގުތުން ޔުމްނުއަށް އެނގުނެވެ.

“އާރގް. ހޫމް ހުރެއޭ” ލަދުން ހުރެވެސް ނާއިޝް ބުނެލިއެވެ. އެއާއެއްކޮށް ހުރިހާ ކުދިން ހޭންފެށިއެވެ. އަދި ނާއިޝް އުފުއްލާލައިގެން ގެންގޮސް މޫދަށް އެއްލާލިއެވެ.

“ހިނގާ ރޭސް ޖަހަން. ކޮންބައެއްތޯ މޮޅުވަނީ ބަލަން. ދެމީހުން ދެމީހުން އިނގޭ.” ޝާހުގެ އެހީގައި ތެދުވަމުން ނާއިޝް ބުނެލިއެވެ.

” ހިނގާ ބަލަން. މަށަށް ޔަގީން ތިދެމީހުން ދައްވާނެކަން.” ޔުމްނު އާއި ނާއިޝް އަށް އިނގިލި ދިއްކޮށްލަމުން ނައުޝީން ދިމާކޮށްލިއެވެ. އެއާއެކު ނާއިޝް ޔުމްނުއަށް އެއްލޯ މަރާލުމާއެކު ޔުމްނު ހީލާފައި ބޯޖަހާލިއެވެ.

” އެހެންނޭ ވާނީ ފަތަން ދަސްނުކުރަންޏާ” އިހުސާނާވެސް ދިމާކޮށްލިއެވެ.

“އެނެމެން ރެޑީތަ؟” މާހާ އަހާލިއެވެ.

“ރެޑީ” ރައިޒަމް އާއި އީނަތު ބުނެލިއެވެ. ރޭސް ފެށި އިރުކޮޅެއްވެސް ނުވެއެވެ.

“މަށަކަށް ނުވާނެ ކަލެއާ އެއްކޮށެއް” އީނަތު ބުނެލިއެވެ. އެއަޑު އިވިގެން މާހާ އާއި އިހުސާނާ ފަހަތް ބަލާލިއެވެ. ޔުމްނު އާއި ނާއިޝް ޔޭ ކިޔާފައި ހަޅޭއް ލަވައިގަތުމުން ބަލައިލިއިރު ނައުޝީން މެންވެސް ނިމުނީއެވެ.

“އަޅޭ. މިމީހުން މޮޅު ވިއްޔޭ.” ޝާހު ބޯކަހާލުމުން ޔުމްނު އާއި ނާއިޝް ޓަޗެއް ޖަހާލިއެވެ. މާހާ، އިހުސާނާ އަދި ނައުޝީން އައިސް ޔުމްނު ގައިގައި ބައްދާލިއެވެ.

Share Article

Follow Me Written By

yalaanaa

Level 1100 Login

Other Articles

Previous

އޮޔާ

Next

އޭނާ

Next
January 11, 2018

އޭނާ

Previews
January 10, 2018

އޮޔާ

9 Comments!

  1. Anonymous says:
    January 11, 2018 at 12:20 am

    V nice

  2. sana says:
    January 11, 2018 at 1:03 am

    Varah reethi when next part?

  3. im says:
    January 11, 2018 at 6:12 am

    Vara salhi
    When is next part

  4. ?‍❤️‍?‍? says:
    January 11, 2018 at 6:40 am

    Hagygy koh higaatha mikahala kanthah

  5. sam♥ says:
    January 11, 2018 at 9:15 am

    this is reall stry

    gabool nukure vey

  6. Mixuhan says:
    January 11, 2018 at 12:35 pm

    Hagygy o
    Mi heevany cartoon eii hn

  7. shanhaa says:
    January 12, 2018 at 2:06 am

    nanthah gina kamun nygunu veegotheh

  8. naaz says:
    April 11, 2018 at 9:31 am

    its not real story right ?????

  9. Myna says:
    August 12, 2018 at 3:46 pm

    Hahaha

Comments are closed.



All Right Reserved!