Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލަފްޒު (ހަތަރުވަނަބައި)

Tanager Level 1
March 6, 2014 4 Mins Read
3 Comments

މީކާއިލް

    މުޅި ދުވަސް ދިޔައީ އުނދަގުލެއްގައެވެ. ޒިމްނާއަށް ވީ ގޮތެއް ނުބަލާލެވުނީމައެވެ. އަހަރެންގެ މައްސަލައެއް ކަންނޭނގެއެވެ. އޭގެ އިތުރުން އަންނަން އޮތް އަހަރީ ދުވަހަށް ތައްޔާރު ވުމުގެ ކަންތައްތަކެވެ. އަހަރެން ފުން ނޭވާއެއް ލީމެވެ.

    ޒިމްނާ އަދިވެސް ހުރީ ލޯ ބޮޑުވެފައެވެ. އަހަރެންނަށްވެސް އަދިވެސް އޭނާގެ މޫނުން ދެލޯ ދުރު ނުކުރެވެއެވެ. ނަމަވެސް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކަރު ކެހިލި އަޑާށެވެ. ފުރަތަމަ ފަހަރަށް ޒިމްނާ ފިޔަވާ އެހެން މީހަކު ހުރިކަން އެނގުނެވެ. “މަންމަ އެބަ އަންނަން އިނގެ.” ޒިމްނާގެ މަންމަ އުމުރުގެ އަންހެން މީހަކު ބުންޏެވެ. އަހަރެން ހިނިތުން ވެލީމެވެ.

   “މަންމާ. މިއީ އަހަރެމެން ސްކޫލް އައު ޕްރިންސިޕަލް މީކާއިލް.” ޒިމްނާ އެ އަންހެން މީހާ ދާން ހެދުމުން ބުންޏެވެ . މަންމަގެ މޫނުމަތި އަލިވިއެވެ. ދިން ހިނިތުން ވުމުންނެވެ. “އެހެންތަ؟ އަވަހަށް ވަދޭ. އިށީނދޭ. އަންނާން ބޯލަން އެއްޗެއް ހިފައިން.” އަހަރެން ކައިރީ ބުންޏެވެ.  “ނޫނޭ. ހަމަ ރަނގަޅު ވާނެ އެއްޗެއް ނުގެނަޔަސް.” އަހަރެން ވަގުތުން ބުނީމެވެ. “ކަމަކު ނުދާނެ.” މިހާޜު ހިނގައިގަނެއްޖެއެވެ.

    އަހަރެން އިށީނީމެވެ.  ނަމަވެސް އަދިވެސް ޒިމްނާ ހުރީ ކޮޅަށެވެ. އަހަރެން ހިނިގަނޑެއް ޖަހާލީމެވެ. “ހޭ. މި އައީ ސްކޫލް ކަމަކު ނޫނޭ. ހަމަ ވާހަކަ ދައްކާލަން.” އަހަރެންނަށް ޒިމްނާގެ ހާސްކަން ފެނުމުން ބުނީމެވެ. “އެހެން ވީމައޭ ހާސްވަނީ.” ޒިމްނާ އެންމެ ފަހުން އިށީންނަމުން ބުންޏެވެ. އަހަރެންނަށް އޭނާ ބުނި އެއްޗެއް ނުވިސްނުނެވެ. “މާނައަކީ؟” އަހަރެން ވަގުތުން އެހީމެވެ. “އެއްޗެއް ނޫން. ކިހިނެއްވީ އަސްލު ތި އައީ؟” އަހަރެން ގާތުގައި މައުލޫ ބަދަލު ކުރަމުން އެހީމެވެ.

  “ސޯ. މައިދައިތަ ދޯ އެއަކީ.” އަހަރެންވެސް ސީދާ މައުލޫއަށް ނުދިޔުމަށްޓަކައި އެހެން ވާހަކައެއް ނެގީމެވެ. އެއީ ހަގީގަތުގައި ބޮލުގައި ކޮށްޓާ ސުވާލެކެވެ. ޒިމްނާ ޖަވާބަކަށް ހޯދާ ކަހަލައެވެ. “އިޓް… އިޓްސް ކޮމްޕްލިކޭޓެޑް.” ޒިމްނާ އެންމެ ފަހުން އިނގިލީގައި އިން އަނގޮށްޓިއަކާއި ކުޅެމުން ބުންޏެވެ.

  “އޯ… ސޯ މިޔަދު ސްކޫލަށް ދިޔައިރު ރޮވެފައި އެހުރީ ކިހިނެއްވީ.؟” އަހަރެން ކުރި ފުރަތަމަ ސުވާލުގެ ޖަވާބު ނުދޭނެ ކަން އެނގުމުން ދެވަނަ ސުވާލު ކުރީމެވެ. ޖަވާބު ދެވެން ނުކެރޭ ވަރުގެ ސުވާލެއް އޮވެއްޖެޔާ އަހަރެންނެއް ދުވަހަކުވެސް އިތުރަކަސް ނުކޮށްޓަމެވެ. ޖަވާބު ކިތަންމެ ބޭނުންވިޔަސް ވެސް މެއެވެ.

   “އެވެސް ކޮމްލިކޭޓެޑް.” ޒިމްނާ އިރަކަށް ފަހުން ޖަވާބު ދިނެވެ. އަހަރެންނަށް އެނގުނީ ދެނެވެ. ޒިމްނާގެ ހަޔާތުގައި ވަނީ ބޮޑު ކަމެއް ވެފައިވާ ކަމެވެ. ނަމަވެސް އަހަރެން އިތުރަކަށް އެ މައުލޫއަކު ނުކޮށްޓަމެވެ. އޮތީ އެންމެ ގޮތެކެވެ. ޒިމްނާގެ އިތުބާރު ހޯދުމެވެ. އެހެން ކަމުން އަހަރެންނާއި ގުޅޭ މައުލޫއެއް ނެގީމެވެ. “ސޯ. އަހަރެންވެސް އެބަ އޮތް ދައްކަން ވާހަކައެއް. ޒިމާނާގެ.” އަހަރެން ބުނަން ނުބުނަން އިނުމަށްފަހު އެންމެ ފަހުން ބުނީމެވެ.

    ޒިމްނާ ކުޑަކޮށް ހަމަ ޖެހިލިއެވެ. އަހަރެންނަށް އެނގުނެވެ. ޒިމްނާއަށް ދެން ވާހަކަ ދައްކަން އުނދަގޫ ނުވާނެ ކަމެވެ. އެހެން ކަމުން އަހަރެންގެ ވާހަކަ ފެށީމެވެ. “އައި ލަވް ހާރ. އަދިވެސް އަހަރެން ވަރަށް ބޭނުން ޒިމާނާ.” ސީދާކޮށް އަހަރެން ބުނީމެވެ. ޒިމްނާ ވިސްނަން ފެއްޓެވެ. ވަރަށް ގިނަ އިރު އެއްޗެކޭ ނުބުނެ އިނެވެ.

   “އެހެން ވިއްޔާ މީކާއިލްއަށް އެނގޭނެ- މީކާއިލް ކިޔަސް އޯކޭދޯ.” ޒިމްނާ އެހިއެވެ. އަހަރެން ބޯ ޖަހާލީމެވެ. “އިނގެ އެންނުން ޒިމާނާ އުޅުނީވެސް ރީހާން އާއި ރައްޓެހި ވެގެންކަން. މިހާރު ވެސް އެދެމީހުން އެކީ އުޅެނީ. އަދި އިނގެ އެންނު ޒިމާނާކަން މީކާއިލް އަށް އޮޅުވާލީ. އެވަރުންވެސް ތިއުޅެނީ އޭނާ ހޯދަން؟” ޒިމްނާ އެއްސެވެ. ޒިމްނާއަކަށް ނޭނގޭނެއެވެ. އަހަރެންގެ ހިތް އެނގޭނީ ހަމައެކަނި އަހަރެންނަށެވެ.

  “ޒިމްނާ ދުވަހަކުވެސް ލޯބި ވީންތަ؟ އެހެންވިއްޔާ އެނގޭނެ ތިމާ މީހެއްދެކެ ލޯބި ވީމާ އޭނާގެ ކޮންމެ ފަދަ ކުށަކަށް މަޢާފް ދޭނެކަން.” އަހަރެންނަށް އެނގުން ގޮތަކަށް އަހަރެން ބުނެދެވޭތޯ ބެލީމެވެ. ޒިމްނާއަށް އަހަރެން ބަލާލީމެވެ. އަތުގައި އޮތް ފޯނުގައި ހިފަން ޖެހޭވަރަށް ވުރެ ބާރަށް އޭނާ ހިފަހައްޓައިގެން ހުރުމުން އަހަރެން ކުޑަކޮށް ހާސްވިއެވެ. “ނޫން. އަހަރެން ނުކުރާނަން މަޢާފެއް. ދުވަހަކުވެސް.” ޒިމްނާ ވަކި ދިމާލަށް ނުބަލާ އިނދެ ބުންޏެވެ.

   “އެކަމު މީކާއިލް ބޭނުން ގޮތަކީ މިއީ ވެއްޖެއްޔާ އަހަރެން އެހީވާނަން. އެހެން ނޫނަސް އަހަރެންނަކަށް ރީހާން އެހާ ކަމަކު ނުދޭ.” މައުލޫ ބަދަލު ކުރުމަށް އަހަރެން އަނގަ ހުޅުވިއިރަށް ޒިމްނާ ވާހަކަ ދެއްކިއެވެ. އަހަރެންނަށް ނޭނގި ހިނތުން ވެވުނެވެ. އުފާވެރި ހަބަރެކެވެ. ހަމަގައިމުވެސް މި ކަމުގައި އުޅޭނީ އަހަރެން އެކަންޏެއް ނޫނެވެ. އެވަރުވެސް ފުރަތަމަ ފިޔަވަޅަށް ރަނގަޅުވާނެއެވެ.

   އެއާއި އެކު އަހަރެންނަށް ބެލުމެއް ނެތި ޒިމްނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ޖޫސް ހިފައިން އައީ އެވަގުތެވެ. އަހަރެމެން ދައްކަމުން އައި ވާހަކަ މެދުކަނޑާލަން ބޭނުން ބުވެފައި ހުރި ކަހަލައެވެ. ހިނިތުން ވަމުން އަހަރެންނަށް ޖޫސްތަށި ދިއްކޮށްލިއެވެ.  ޝުކުރު އަދާ ކުރުމަށްފަހު އަހަރެން އަވަހަށް ޖޫސްތަށި ބޯލީއެވެ. އެއަށްފަހު ތެދުވީމެވެ. ނުކުންނާށެވެ. “ދަނީ އިނގެ. ޝުކުރިއްޔާ ޖޫހަށް. ބުނާތި ޒިމްނާ ކައިރީ ދިޔަ ވާހަކަ.” އަހަރެން ބުނީމެވެ. “އަދި އަންނައްޗެ.” ޒިމާނާ މަންމަ ކިޔާ މީހާ ބުންޏެވެ. ފުރަތަމަ ނަޒަރުންވެސް އެއީ ހިތްހެޔޮ މީހެއްކަން އެނގެއެވެ.

   “ލައްބަ.” ހިނިތުން ވަމުން އަހަރެން ބުނީމެވެ. އެއަށްފަހު އަހަރެންވެސް އެނބުރި ގެއަށް ދިޔައީމެވެ.

*******

    މަސައްކަތްތައް ސްކޫލްގައި ގިނަވުމާއި ގުޅިގެން ދުވަސްތައް ދިޔަ ގޮތެއް ނޭނގެއެވެ. ރަނގަޅަށް ލޯ ނުހުޅިވު އޮއްވާ ބުރާސްފަތި ދުވަސް އައިއްސިއެވެ. މިރޭ އޮތް ބައްދަލުވުން އަންނަންދެން އަހަރެން ހުންނަން ޖެހޭނީ ސްކޫލްގައެވެ. އެއަށްފަހު ސްކޫލްގެ އިސް މީހުންގެ މެދުގެ ދެއްކެވުނު ވާހަކަތައް އަހަރެން ޓީޗަރުން ކައިރީ ދައްކަންވީއެވެ.

   އަހަރެންނަށްވުރެ ކަންތައް ބޮޑުވަނީ ޒިމްނާއާއި ދޭތެރޭގައެވެ. އޭނާވެސް މިޔަދު މުޅި ދުވަހު ހުންނަން ޖެހޭނީ ސްކޫލްގައެވެ. ބައްދަލުވުން އަންނަންވާ އިރަށް އޭނާ ހުންނާނީ ވަރުބަލި ވެފައި ކަން ޔަގީނެވެ. އަހަރެން އިންތިޒާރު މި ކުރަނީ މިރެއަށެވެ. ލޯބިވާ އެނދުގެ އަރާމުގައި ނިދާށެވެ. އަހަރެއް ވާންދެން ނިދޭނެކަން ޔަގީނެވެ.

   ފަރުހަތު ސްކޫލުން ހަފްތާއަކަށް ސަސްޕެންޑް ކުރެވުމުން ޒިމްނާއަށް ދެގަޑި އިތުރަށް ނަގަން ވަނީ ޖެހިފައެވެ. މިހެން އެއް ކްލާސް ބަލާލުމަށްފަހު އެހެން ކްލާހެއް ބަލާލާ އިރު ޒިމްނާ ފެނެއެވެ.

   ގަޑިން ތިންގަޑި ފަނަރަ ވަނީއެވެ. އިންޓަވަލް ރަނގަބީލް ކޮންމެ ހިނދުކޮޅަކުވެސް ޖަހާފާނެއެވެ. އަހަރެން ގޮސް ޒިމްނާ ކިޔަވައިދޭ ކްލާސް ކައިރީ މަޑު ކުރީމެވެ. ޒިމްނާ ކްލާހުން ނުކުންނާނެ އިރަކަށެވެ. ގްރޭޑް ފަހެއްގެ ކްލާހެއްކަން ނަސީބެވެ. އެހެން ނޫން ނަމަ އިންޓަވަލް ނިމެންދެން އޭނައަށް އިންނަން ޖެހޭނެ އެވެ.

    ރަނގަބީލު ޖެހުމަށްފަހު މާގިނަ އިރު ތަކެއް ނުވެ ޒިމްނާ ނުކުތެވެ. އަހަރެންނަށް އެނގެއެވެ. އޭނާ ސްޓާޕް ރޫމަށް ދިޔަޔަސް ކާން ވެސް އިންނާނީ ވަކީންނެވެ. އަހަރެން އެގޮތެއް ވިޔަކަ މިޔަދަކު ހަމަ ގައިމުވެސް ނުދޭނަމެވެ. އަހަރެންނަށްވުރެ ތަންކޮޅެއް ކުރިއަށް ދިޔުމުން އަހަރެން ކަރު ކެހިލީމެވެ. ޒިމްނާ ވަގުތުން އެނބުރުނެވެ.

   އޭނާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތު ނުދީ އަހަރެން ފެށީމެވެ. “އަހަރެންނާއި އެކު އޮފީހަށް ހިނގާ.” އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން އެނބުރި ހިގައިގަތީމެވެ. ޒިމްނާ ފަހަތުން އަންނަ ކަން އެނގެއެވެ.

   އޮފީހަށް ވަދެވުމާއިއެކު އަހަރެން ޒިމްނާއާއި ދިމާލަށް އެނބުރުނީމެވެ. “މިޔަދު ޒިމްނާ ކާނީ އަހަރެންނާއި އެކު.” އަހަރެން ބުނީމެވެ. “ނު-” “މިއީ އެދުމެއް ނޫން. އަމުރެއް. އެހެންވީމަ ބަހަނާ ނުދައްކާ އިށީނދެ.” އަހަރެން ކުރީ އަމުރެވެ. ނަމަވެސް މަޑުންނެވެ. ޒިމްނާ ވަރަށް ދެކޮޅު ހަދަން އުޅެފައި އެންމެ ފަހުން އަހަރެންގެ ގޮނޑި ކުރިމަތީ އިން ގޮނޑީގައި އިށީނެވެ.

   މޭޒުމަތީ އިން ބަތް ޕާރުސަލް ނަގަމުން ޒިމްނާއާއި ކައިރިއަށް ޖެހުނީމެވެ. އަހަރެން އޭތި ހުޅުވާލީމެވެ. ނޫޑުލްސްއެވެ. ވަތްގަނޑުން ދެ އޫ އަހަރެން ނަގަމުން އެކަތި ޒިމްނާ އަށް ހަވާލު ކުރީމެވެ. “ނުބަޔަސް މައްސަލަ ނުޖައްސާ ކައި.” އަހަރެން ބުނީމެވެ. ބޮޑަށް އަމުރެކެވެ.

   އިރުކޮޅަކު އިނުމަށްފަހު ޒިމްނާވެސް ކާން ފެއްޓެވެ. އަހަރެން އިރުކޮޅަކަށް ހުއްޓާލުމަށްފަހު ޒިމްނާއަށް ބަލަން އިނީމެވެ. އޭނާ ފުރަތަމަ ފަހަރަށް އަމިއްލައަށް ހިނިތުންވެލިއެވެ. ހިތް ހުއްޓޭހާ ރީއްޗެވެ. ނަމަވެސް އެ ރީތި ހިނދުކޮޅު ހަޑިވީ ޒިމްނާގެ ގިސްލުމުންނެވެ. އަހަރެން ވަގުތުން ސިއްސައިގެން ދިޔައެވެ.

   މިހާރު ގަދައަށް ރޮވެނީއެވެ. ނަމަވެސް ވަރަށް އެތެރެއަށް ހިންދަން އުޅޭ ކަހަލައެވެ. އެހެން ކަމުން އަހަރެން ބަތްޕާރުސަލް މޭޒުމަތީ ބައިންދަމުން ޒިމްނާއާއި ކައިރިވީމެވެ. މަޑުމަޑުން ޒިމްނާގެ ގައިގައި އަތް އޮޅާލީއެވެ. މެއާއި ކައިރި ކޮށްލީމެވެ. އުނދަގުލެވެ. އޭނާ ގޮނޑިގައި އިނުމުންނެވެ. ނަމަވެސް މިވަގުތު އަހަރެންނަށް ހެވެވެ. ޒިމްނާއަށް ދިމާވީ އެހާ ގޯސް ކަމަކީ ކޮބާ ހެއްޔެވެ؟

   އަހަރެންގެ ގަމީހަށް އޭނާ ގިސްލަމުން ދިޔައެވެ. “ޝްޝް…. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” އަހަރެން ބުނަމުން ދިޔަމެވެ.  އިރުތަކަކަށް ފަހު ޒިމްނާގެ ރުއިމުގެ އަޑު މަޑުވުމުން ޒިމްނާގެ ދެކޮލުގައި މަޑުން އަތް އެޅުމަށްފަހު އަހަރެންނާއި މޫނު ކުރިމަތގި ލީމެވެ. އަތް އިން ތަނުން ނުނަގާ ޒިމްނާގެ ލޯ ކައިރީ ހުރި ކަރުނަ ބޮޑުވައި އިނގިލިން ފޮހެލީމެވެ. “އަހަރެންނަށް އިނގޭ ޒިމްނާއަކަށް އަދި އަހަރެންނަކަށް ޓްރަސްޓެއް ނުކުރެވޭނެކަން. އެކަމު ޒިމްނާ ރެޑީވީ ކޮންމެ އިރަކުންވެސް އަހަރެން ހުންނާނަން. ހީކުރަން ވާހަކަ ދައްކާނެ ކަމަށް.” އަހަރެން މަޑުމަޑުން ބުނީމެވެ.

  ޒިމްނާ ޖަހާލީ ހަމައެކަނި ބޮލެވެ. އެއަށްފަހު ތެދުވިއެވެ. ފޭކް ހިނިތުންވުމެއް ޖަހާލަމުން އަހަރެންނަށް ބަލާލިއެވެ. “އާން. ތެންކިޔު.” ޒިމްނާ އެހެން ބުނުމަށްފަހު ނުކުމެގެން ދިޔައީއެވެ. ޒިމްނާގެ ވަރަށް ބައިވަރު ސިއްރު ތަކެއް އެބަ ވެއެވެ. އަހަރެން ބޭނުމީ އެ ވާޙަކަތައް ޒިމްނާގެ ދުލުން އަޑުއަހާށެވެ. ބަޔަކު ދައްކާ ވާހަކަތަކަކުންނެއް ނޫނެވެ. ނަމަވެސް އެދުވަސް އަންނާނެބާއެވެ. އެއީ ކިހާ ހިސާހެއްގައިވީ ދުވަހެއްބާއެވެ.

(ނުނިމޭ)

Tags:

ވޭން

Share Article

Follow Me Written By

Tanager

Level 1

އަޅުގަނޑު ލިޔާ ވާހަކައިގައި ކުށް ނުހުރެ ދިޔުމަކީ ވާނޭ ކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑު ލިޔަނީ ތިޔަ ބޭފުޅުންގެ އަލީގައި އަޅުގަނޑު ރަނގަޅު ލިޔުންތެރިއަކަށް ވުމަށެވެ.

Other Articles

Previous

ހިތުގާ ފޮރުވާލަދޭށޭ 14 ވަނަބައި

Next

ހިތުގާ ފޮރުވާލަދޭށޭ 15 ވަނަ ބައި

Next
March 7, 2014

ހިތުގާ ފޮރުވާލަދޭށޭ 15 ވަނަ ބައި

Previews
March 6, 2014

ހިތުގާ ފޮރުވާލަދޭށޭ 14 ވަނަބައި

3 Comments!

  1. sam says:
    April 1, 2015 at 9:45 pm

    why do all authors disappear after doing half job :/
    btw this story is nice…
    bt up nukuraathy v dhera… kinmx dhuhukun up kuraane kamah ummeed kuran ;-)☆

  2. GuDu says:
    September 26, 2015 at 6:40 am

    V.reethi.. continue kuraane kamah unmeedhu kuran.. BTW kobaatha Jai ge FINI HIY..? v.inthizaaru kurevey story eh eiy.. konmes dhuvahakun kiyaalan libeyne kamah unmeedhu kuran..

  3. thoo says:
    March 11, 2016 at 12:31 am

    Oops. Alhey v v v v v salhi anebha kiyalan libeynebha Konmes dhuhukun. Jaishan ge vaahaka thah varah reethi.

Comments are closed.



All Right Reserved!