Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ވިހިވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 4, 2018 9 Mins Read
38 Comments

އެހެނަސް އޭނަގެ ސިކުނޑިއަށް ނޭދެވޭ ޚިޔާލުތަކެއް ވެރިވާން ފެށީ އޭނަ އޮސްޓްރޭލިޔާއަށް ފުރި ދުވަސް ހަނދާންވުމުންނެވެ. އެދުވަހާއި ޖެހެންދެން ވެސް މަންމަ ދިޔައީ އޮސްޓްރޭލިޔާއަށް ދިޔުމަށްޓަކައި ދަތުރު ހަދަމުންނެވެ. އެހާ ކުއްލި ގޮތަކަށް މަންމަ ޚިޔާލު ބަދަލުކޮށްލީ ކީއްވެ ހެއްޔެވެ؟ މަންމަ މި ހުރިހާ އަހަރު ވީއިރު އޭނައާއި ޝިނާޒްގެ ޚަބަރެއް ނުބެލީ ކީއްވެ ހެއްޔެވެ؟ ދޮންބައްޕަގެ ފަރާތުން ފަހުން މަންމަގެ އެއްވެސް ޚަބަރެއް ނުލިބުނީ ކީއްވެ ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުން އަނެއްކާވެސް ޝަރަފްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އޭނަ އަދިވެސް އެއްފަހަރު އެ ގަނޑަށް ބަލާފައި އޭތި ފަތްޖަހައި ޖިންސުގެ ޖީބަށް ކޮއްޕާލަމުން އެ ވޯޑުން ނިކުންނަން ދިޔައެވެ.

 

ދޮންތައާއި އެކީ ޓެކްސީއެއްގައި ގެއަށް ދިޔަ މަގުމަތީގައި ވެސް ޝަރަފަށް ވިސްނެމުން ދިޔައީ މަންމައާއި މެދުގައެވެ. ހަމަ އެދުވަހުން އެދުވަހަށް މަންމަގެ ޙާލު ބަލާލަން ދާންވީ ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެހެނަސް މަންމައާއި ބައްޕަ ވަރިވީ ސަބަބާމެދު މީގެ އަހަރުތަކެއް ކުރިން ދޮންތަ ދެއްކި ވާހަކަތައް ހަނދާންވެފައި އޭގެ ކުރިން އެ ވާހަކަތައް ތަފްޞީލުކޮށް ދެނެގަންނަން ޝަރަފް ބޭނުންވިއެވެ. އެހެންކަމުން ގެއަށް ގޮސް ޝަރަފް ވަގުތުން ދޮންތައާއި އެ ސުވާލު ކުރަން އުޅުނެވެ. އެހެނަސް ބައްޕައާއި އާހިލްގެ ހާޒިރީގައި އެ ވާހަކަ ދެއްކުން ރަނގަޅު ނުވާނެކަން އެނގި އޭނައަށް އެކަން ފަސްކުރެވުނީ ކޮންމެ ގޮތެއްވިޔަސް މަންމަ އުޅެމުން ދާނީ އަރާމު ދިރިއުޅުމެއްގައިހެން އޭނައަށް ހީވީތީވެއެވެ. އަދި އެހެންނޫނަސް މަންމައާއި ދޮންބައްޕަގެ ކުދިންނާއި ދެމެދު އޮތް ގާތްގުޅުމެއްގެ ސަބަބުންނާއި މަންމަ އެގޭގައި އުޅުނުލެއް އުފާވެރިކަން ހަނދާންވެފައި މަންމަ އޭނައާއި ޝިނާޒްގެ ޚަބަރެއް ނުބަލައި ވެސް ހުރެދާނެކަމަށް ޝަރަފްގެ ހިތް ބުންޏެވެ. ނޫނީ ދޮންބައްޕަގެ ފަރާތުން ލިބޭ އެމީހުންގެ ޚަބަރުން ފުއްދައިގެން މަންމަ ހުރީއޭ ވެސް ޝަރަފްގެ ހިތަށްއެރިއެވެ. އެ ޚިޔާލުތަކެއްގެ ސަބަބުން ޝަރަފަށް މަންމައާއިމެދު ފިކުރުކުރުން މާ މުހިއްމު ކަމަކަށް ނުވިއެވެ. ގެއަށް ގޮސް ދޮންތަ ދައްކަން ފެށި ވާހަކަތަކުން އޭނައަށް ހޮސްޕިޓަލުން ފެނުނު ގަނޑުކޮޅުގެ މަތިން މުޅިންހެން ހަނދާންނެތޭ ގޮތްވެސް ވިއެވެ.

 

“އެއްކަލަ އާހިލް ހަމަ ޗުއްޓީވީމަ ޓީވީ ބެލުން ނޫންކަމެއްނެތޭ ދޯ؟ އަންނަ ހަފްތާގަ މިއުޅެނީ މިޑްޓާރމް ބްރޭކަށް ފަހު އަނެއްކާ ސްކޫލް ފެށެން. ދީފަ ހުރި ހޯމްވޯކާއި އެސައިންމެންޓްތަކުގެ ތެރެއިން އަދި ނިންމުނީ އެންމެ އެސައިންމެންޓެއް! ތި އުޅެވޭ ގޮތާއިމެދު އަމިއްލައަށް ވެސް ވިސްނަން އުޅެބަލަ އާހިލް!” ގެއަށް ވަދެވުމާއެކު ޓީވީ ބަލަން އިން އާހިލް ފެނިފައި ޝަބާ ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ ވާހަކަ ދެއްކިއެވެ. އޭރު ޝަރަފް އޭނަގެ ތަދުވަމުން ދިޔަ ބަނޑުގައި އެއްއަތް ޖައްސައިގެން ހުރެ ބަދިގެ ފަރާތަށް ދިޔައީ ފެންތަށްޓެއް ބޯލުމަށެވެ.

 

“ދެން މަންމާ އެއެއްޗެހި ނިންމިދާނެއޭ މާދަމައާ އަނެއްދުވަހުވެސް!” އާހިލް ޗޮއްކަނޑާލަމުން އެހެން ބުނެލުމުން ޝަރަފް ވެސް އޭނަގެ ދޮންތަ އިތުރަށް ރުޅިއަރުވާލުމަށްޓަކައި ވާހަކަ ދެއްކިއެވެ.

 

“އާނ ދޯ އާހިލް؟ އެ އެއްޗެހި ނިންމިދާނެ ފަހުން ވެސް. އެއަށްޓަކައި ތިހާ އޯސަމް ފިލްމެއް ދޫކޮށްނުލެވޭނެ!” ޝަރަފް ލާނެތް ހިނިތުންވުމަކާއެކީ އޭނަގެ ތަށްޓަށް ފެންފުޅިއަކުން ފެން އަޅަމުން ބުނެލިއެވެ. އާހިލް ޝަރަފަށް ތާޢީދުކޮށް ބަހެއް ބުނެލުމުން ހޮސްޕިޓަލަށް ގެންދިޔަ ތަށިތައް ދޮންނަން ސިންކު ކައިރީގައި ހުރި ޝަބާ ވާހަކަ ދެއްކިއެވެ.

 

“ހޫމް! އަފޫ ދައްތި މި 3 ދުވަހު ނާންނާތީ އާހިލް ތިއުޅެނީ އަނެއްކާވެސް ދިރިއުޅުމުގެ މަޤްޞަދު މަތިން ހަނދާންނެތިގެން ދޯ؟” ޝަބާ ކޮށްލި ސުވާލުން ފެންތަށި ބޮމުން ދިޔަ ޝަރަފް ކޮށި އަރާގޮތްވިއެވެ. އޭނަ ކެއްސަން ފެށުމުން ޝަބާއަށް ކަންބޮޑުވުމަކާއެކީ ޝަރަފްގެ ގާތަށް ދެވުނީ އަނެއްކާވެސް އޭނަގެ ޙާލަތު ގޯސްވަނީ ކަމަށް ހީކޮށެވެ.

 

“އެއީ ކިހިނެއް އެވީ؟ އަނެއްކާވެސް ސަކަރާތްވަނީތަ؟” ޝަބާ ގޮސް ޝަރަފްގެ ބުރިކަށީގައި ފިރުމަމުން އަހާލިއެވެ. ޝަރަފް ހަމައަކަށް އެޅެމުން ޖަވާބު ދިނުމުގެ ގޮތުން ބޯހޫރުވާލިއެވެ.

 

“ފެން ބޮއިގެން އަވަހަށްދޭ އަރާމުކޮށްލަން.” ޝަބާ އެހެން ބުނެ އަނެއްކާވެސް އޭނަގެ މަސައްކަތަށް އަނބުރާ ދިޔައެވެ. ދޮންތަ އަދިވެސް ދެންމެ ދައްކަދައްކާހުރި ވާހަކައަށް އަނބުރާދާނެކަމަށް އޭނައަށް އުއްމީދުކުރެވުނެވެ. އެހެނަސް އެ މެދުކެނޑުމަށްފަހު ދޮންތަ ދެން އެ ވާހަކަ ދައްކަން ނުއުޅުމުން ޝަރަފް ހިސާބަކަށް މާޔޫސްވިއެވެ. ފެންތަށި ހުސްކޮށްލުމަށްފަހު ދޮންތަގެ ބަސްއަހައިގެން އޭނަ ބައްޕަގެ ކޮޓަރިއަށް ދިޔައީ އެއްވެފައިވި އިޙްޞާޞްތަކާއި އެކީގައެވެ. އަފާފާއިމެދު އިތުރަށް އަޑު އިވުމުގެ ފުރުޞަތު ނުލިބުނީތީ ދެރަވީ ހިނދު އަފާފް އޭނައާއި ނުހަނު ގާތަށް އަންނަން އުޅޭކަން އެނގުންވުމުން ވެސް ޝަރަފްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ކޮޓަރިއަށް ދިޔައިރު ބައްޕައަށް އެ ހެނދުނުގެ ވަގުތުގައި އޭރުވެސް ބައްޕަ ނިދިފައި އޮތީތީ ޝަރަފަށް އޭނަގެ ގޮދަޑި މަތީގައި އަފާފްގެ ޚިޔާލުތަކުގައި އޮވެވުނެވެ. މީގެ މަސްތަކެއް ކުރިން އަފާފް ހަނދާނަށް އައުމުން ވެސް އޭނަގެ ހިތުގައި ރިހުމެއް އުފެދުނެއްކަމަކު ނޭނގޭ ސަބަބަކާހުރެ މިއަދު އެ ހަނދާންތަކުން އޭނަގެ ހިތަށް އުފާވެރިކަމެއް ނޫނީ ނުލިބެއެވެ. އެއީ އެންމެ ފަހުން އޭނައަށް އަފާފް ފެނުނު ދުވަހު އެ މޫނުމަތިން ފެނިގެންދިޔަ އުޖާލާ ހިނިތުންވުމުގެ ސަބަބުން ކަންނޭނގެއެވެ. އޭނަގެ ފަރާތުން އަފާފަށް ލިބުނު އަނިޔާގެ އަސަރު މިއަދާއި ހަމައަށް ދެމިގެން އައިސްފައިވިޔަސް އަފާފް މިއަދުވަނީ އެއީ އޭނަގެ ތަޤްދީރުކަން ޤަބޫލުކޮށްފައިކަން ޝަރަފަށް އަންގައިދިނީ އެ ހިނިތުންވުމެވެ. އެކަމަށްޓަކައި ވެސް އޭނައަށް އަފާފަށް ހިތާހިތުން ތަޢުރީފު ކުރެވުނެވެ. އޭނައަށް އެފަދަ ކަމެއް ދިމާވި ނަމަ އޭނަ މުޅި ޢުމުރަށް ހިތާމައިގައި އުޅުނީހެވެ. އެހެނަސް އަފާފްގެ ހިތަށް އެހާ ބޮޑު ސާބިތުކަމެއް ލިބިފައިވަނީ ކިހިނެއް ހެއްޔެވެ؟ އެއީ ވެސް އިންސާނެއް ނޫން ހެއްޔެވެ؟ އޭނަ އަނދިރިވީ ދުވަހު ރޮއިގެންފައި ހަޅޭއްލެވި ވަގުތުކޮޅު އިއްޔެވީ ކަމެއްހެން ޝަރަފްގެ ހަނދާނުގައި އެބަހުއްޓެވެ. އެ ޙާލަތުން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަފާފް އޭނަގެ މޫނުމަތި އުޖާލާކޮށްލީ ކިހިނެއްބާއޭ ޝަރަފްގެ ހިތަށްއެރިއެވެ.

 

ފުން ވިސްނުމެއްގެ ތެރެއަށް ޝަރަފް ގެއްލެން އުޅުނު ވަގުތު އެ ކޮޓަރީގެ ކުޑަކޮށް ހުޅުވިފައިވާ ދޮރުގެ ދޭތެރެއިން ބޭރުން ދޮންތަ ދެއްކި ވާހަކަތައް އޭނައަށް އިވުނެވެ.

 

“ސަލާމް އަފޫ. މިހާރު ކޮއްކޮ ހޮސްޕިޓަލުން ދޫކޮށްލައިފި. އެހެންވީމަ އަހަރެން އުޅޭނަން ގޭގަ. އަންނަ ހޮނިހިރު ދުވަހު އަންނަންވީއެއްނު ދޯ މިގެއަށް؟” ދޮންތަ ފޯނުން ދެއްކި ވާހަކަތައް އިވިފައި އަނެއްކާވެސް އަފާފް އޭނަގެ ގާތަށް އަންނަ އަންނަން އުޅޭކަމުގެ ޚިޔާލު އޭނަގެ ސިކުނޑިއަށް ސަވާރުވިއެވެ. އަދި އަފާފް އައުމުން ކަންތައް ވާނެގޮތުގެ ޚިޔާލީ ފޮލާ އޭނައަށް ކެއްކެން ފެށިއެވެ. އަފާފް އައުމުން އޭނައާއި އަފާފްގެ ގުޅުން ބަދަހިވެ އެންމެ ފަހުން އަފާފަށް ވެސް އޭނަދެކެ ލޯބިވެވިދާނެކަމަށް އޭނައަށް ނިންމުނެވެ. އަދި އެއަށްފަހު އޭނައާއި އަފާފް އިނދެގެން އޭނަގެ މަސައްކަތުން ކޮންމެވެސް އެއްގޮތަކަށް އަފާފްގެ ލޮލުގެ ފެނުން ވެސް އަނބުރާ އައިސް އޭނައަށް ކުރެވުނު ކުށަށް އަފާފް އޭނައަށް މަޢާފުދޭ މަންޒަރު އޭނައަށް ސިފަވެގެން ދިޔައެވެ. ފޮނި ޚިޔާލުތަކުން ހިތް ފުރާލި ޝަރަފް އެ ޚިޔާލުތަކެއް ކުރިއިރު ހަނދާން ނައްތާލީ އަފާފްގެ މިޒާޖެވެ. ލޮލަށް ނުފެނުނަސް އޭނައަކީ ހިލޭ ފިރިހެނަކާއެކީ ވަކިން ބައްދަލުކުރާނެ ޒާތުގެ ކުއްޖެއްނޫންކަން އޭނައަކަށް ނޭނގެއެވެ. މީގެ އިތުރުން އޭނަ ފިކުރުކުރަންޖެހޭ އެހެނިހެން ކަންތައްތަކާއެކީ ޝަރަފް ހަނދާން ނައްތާލި ކަމަކީ އަފާފަށް ގެއްލުމެއްދޭން ބަޔަކު އުޅޭކަމެވެ. ޙަޤީޤަތުގައި ނޭނގުމެއްގެ ތެރޭގައި ވެސް އޭނައަށް ނިންމިފައި އޮތީ އެދުވަހު އޭނަ ‘ބިންތު ޢައްމާރު’ ހޯދަން އުޅުނު މީހާ ބޭނުންވާ މަޢުލޫމާތު ނުދިނުމުން އެމީހުންގެ މުޅި ރޭވުން ފޭލްވާނެ ކަމަށެވެ. އެހެނަސް އެމީހުންނަކީ އެއްފަހަރު ފޭލްވުމުން ޢަޒުމް ގުޑައިގެންދާނެ ފަދަ ބައެއް ނޫންކަން ޝަރަފަށް ނޭނގެއެވެ. އަދި އެމީހުންގެ ސަބަބުން އޭނައާއި އަފާފްގެ ގުޅުމަށް ވެސް އަސަރެއް ކޮށްފާނެކަމަށް އޭނައަށް ރޭކާ ނުލައެވެ.

 

ޝަރަފް ނުވިސްނިއެއްކަމަކު އޭނައަށް އިންޒާރުތައް ދެމުން ދިޔަ މީހުންނާމެދު އަފާފަށް ވިސްނެމުން ދިޔައެވެ. އެއީ ވަކި އެމީހުންނަށް ގަންނަ ބިރެއްގެ ސަބަބުންނެއް ނޫނެވެ. ވޭތުވެދިޔަ 3 ދުވަހުގައި ވެސް ފައިހާ ނާންނާތީ އޭނައަށް އޭނަގެ ޕޭޖުގައި އެއްވެސް އާ އެއްޗެއް ނުލިޔެވޭ ކަމަށްޓަކައެވެ. އޭގެ ސަބަބުން އޭނަ އުޅެނީ އެމީހުންނަށް ޖެހިލުންވެގެންހެން ހީވެދާނެތީ އަފާފް ކަންބޮޑުވަމުން ދިޔައެވެ. އެމީހުން ބައެއްފަހަރު އޭނަގެ ޕޭޖުގައި އެންމެންނަށް ފެންނާނެހެން ވެސް އޭނައާއި ދިމާލަށް ބަދުބަސްބުނެ އެހެން މީހުންގެ ސިކުނޑީގައި ޝައްކު އުފެދޭފަދަ ޕޯސްޓްތައް ލިޔެ ހަދައެވެ. ފައިހާ އެފަދަ ޕޯސްޓެއް ހުރި ވާހަކަ ބުނިތަނާހެން އަފާފް ވަގުތުން އެންމެންނަށް ފެންނާނެހެން އެ ޕޯސްޓަށް ޖަވާބުދިނެވެ. އެހެނަސް މިއަދު އޭނައަށް ނޭނގި އެފަދަ ކިތައް ޕޯސްޓެއް ޕޭޖުގައި ހުންނާނެތޯ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އޭނަ އެންމެ ބޮޑަށް ކަންބޮޑުވަމުން ދިޔައީ އެކަމާމެދުގައެވެ. އޭނަގެ ލޮލަށް ނުފެންނަ ކަމަށްޓަކައި އަނެއްކާވެސް ހިތުގައި ޝަކުވާތަކެއް އުފެދެން ފެށީ އެކަމާމެދުގައެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނައަށް އެއްވެސް ޕޯސްޓެއް ލިޔުމުގެ ފުރުޞަތު ނުލިބުމަކީ ވެސް އޭނައަށް ލެއްވި ރަޙްމަތެއްކަމެވެ. އޭނަގެ ދުޝްމިނުން ކިރިޔާވެސް މައިތިރިވެފައިވީ ފަހަކަށް އައިސް އޭނަގެ އާ ޕޯސްޓެއް ނުފެންނާތީވެކަމެވެ. މެންދުރުގެ ވަގުތު މަންމަ ކޮޓަރިއަށް އައުމުން މަންމަ ލައްވާ ޕޭޖު ބަލައި އެފަދަ ބައެއްގެ ޕޯސްޓެއް އެ ޕޭޖުން ފެންނަން ނެތް ވާހަކަ ބުނުމުން އަފާފަށް ޙައިރާންކަމެއް ލިބުނީ އެކަން ނޭނގުމުންނެވެ.

 

“އަލްޙަމްދުލި ﷲ! އަހަރެން ހީކުރީ މިހާރު ހުންނާނީ ޕޭޖު ފުރާލާފަކަމަށް.” އަފާފް ލެޕްޓޮޕް ދޮށުގައި އިން އޭނަގެ މަންމަގެ ކައިރީގައި އިން ގޮނޑީގައި އިނދެ އަފާފަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

 

“އެމީހުންވެސް ކުރަން އެއަށްވުރެ މުހިއްމު ކަންތައް ހުންނާނެއޭ އަފާފަށް ހީވިޔަސް.” ޝާދިޔާ ވާހަކަ ދެއްކި ގޮތުން އަފާފްގެ ހިތް ދެރަވާ ގޮތްވިއެވެ. އޭނަ ﷲ އަށްޓަކައި ފެށި ކަމަކާ ދެކޮޅު މީހުންނާއިމެދު މަންމަ ވާހަކަ ދެއްކި ގޮތުންނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް ހިނިތުންވެ ވާހަކަ ދެއްކޭތޯ ބެލީ އަނެއްކާވެސް އޭނައާއި މަންމަގެ ގުޅުމަށް ނޭދެވޭ އަސަރެއް ކުރަން ނޭދުނީތީވެއެވެ.

 

“ހޫމް ހަމަ ވެދާނެ ކޮންމެވެސް ގޮތަކަށް އެމީހުންގެ ހިތަށް އަސަރެއް ކޮށްގެން އަމިއްލައަށް ވެސް ދީނާއިމެދު އިތުރަށް އުނގެނެން މަސައްކަތް ކުރަނީ ކަމަށްވެސް….ހެހެ…..މަންމާ ދެން އަހަންނަށް ޕޯސްޓްތަކެއް ލިޔެދޭންވީ މަންމައޭ. ފައިހާ ދެން ނާންނަންޏާ ދެން އެކަން ކުރަން ހުރީ މަންމައެއްނު؟ ބައްޕަ އުޅެނީ ބިޒީކޮށް. ސޯ ދެން ހުރީ މަންމަ.” އަފާފް އޭނަގެ ހިނިތުންވުމުގައި އިނދެ ބުނެލިއެވެ. އެއާއެކު ޝާދިޔާ ލެޕްޓޮޕް ލައްޕާލި އަޑު އަފާފަށް އިވުނެވެ.

 

“މަންމައަކަށް ނޭނގޭނެ ލިޔާކަށް! އަފާފް ކިޔައިދޭ އެއްޗެހި ލިޔަން އެނގޭނީ އަފާފް ކަހަލަ ޒުވާން ކުއްޖަކަށްނު؟ އެ އެއްޗެހި ލިޔެދެވޭނެ ކަހަލަ ފިރިހެން ކުއްޖަކު ހޯދޭތޯ މަންމައާއި ބައްޕަ މިހާރު މިއުޅެނީ. އަފާފަށް އަދިވެސް ނުފެނޭތަ އެކަހަލަ ކުއްޖެއް؟” ޝާދިޔާ ސުވާލުކޮށްލިއެވެ. އެއާއެކު އަފާފްގެ އަތްފައި ފިނިވެ އޭނަގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނަގެ ހަނދާނަށް ވަގުތުން އައީ ޝަރަފްގެ ނަމެވެ. އަދި ޝަރަފާއި އޭނަ ފުރަތަމަ ދިމާވި ދުވަހު ދުވި މީރު ވަހާއި އިވުނު އަޑުތަކެވެ. އެއީ ކީއްވެކަމެއް ޚުދު އޭނައަކަށް ވެސް ނޭނގެއެވެ. ޝަރަފަކީ އޭނަ ފޭސްބުކްގައި ހިންގާ އެ ޕޭޖު ހިންގުމަށް އޭނައަށް ހިތްވަރު ދޭނެ މީހެއްކަމެއް އޭނައަށް ނޭނގެއެވެ. އަދި އޭނައަކީ ކޮންކަހަލަ އަޚްލާޤެއްގެ ވެރިއެއްކަމެއްވެސް އޭނައަކަށް ނޭނގެއެވެ. އެހެނަސް މިހާތަނަށް އައިއިރު ޝަރަފަކީ ހަރުދަނާ ޒުވާނެއްކަން ބައްޕަގެ ފަރާތުން އޭނައަށްވަނީ އެނގިފައެވެ. އޭނަ މައްޗަށް ކިޔަވައިގެން ހުރި ގޮތުންނާއި އޭނަގެ ލިޔެ ކިޔުންތަކުން ބައްޕައަށް އޭނަ ވަރަށް ކަމުގޮސްފިކަން އެނގުނު ދުވަހު އޭނަގެ އެއްވެސް އައިބެއް ނުހުންނާނެހެން އަފާފަށް ހީވާންފެށީ ކީއްވެކަމެއް ނޭނގެއެވެ. އެދުވަހު ޝަބާގެ ގޭގެ ދޮރު މަތިން އޭނަ ފެނުމުން އޭނައާއި ވާހަކަ ނުދައްކާ ޝަރަފް ދުރުގައި ހުރިހުރުމުން ވެސް ޝަރަފާއިމެދު ރަނގަޅަށް ވިސްނަން އަފާފަށް މަޖުބޫރު ކުރުވިއެވެ. ނޭނގޭ ސަބަބަކާހުރެ ޝަރަފަކީ ވަރަށް ގިނަ ދުވަސްވަންދެން އޭނައަށް އެނގިފައި ހުރި މީހެއްހެން އޭނައަށް ހީވަމުން ދިޔައެވެ.

 

ހިތުގައި ހިނގަމުން ދިޔަ ޖަޒުބާތުތައް ޤަބޫލުކުރަން ވެސް ބޭނުން ނުވެފައި އަފާފް އިންދާ ޝާދިޔާ އަފާފްގެ އުނގުމަތީގައި އޮތް އެއްއަތުގެ މަތީގައި އޭނަގެ އަތް އަޅާލިއެވެ. އޭރު ޝާދިޔާގެ މޫނުމަތީގައި ހިނިތުންވުމެއްވީ އެހެން ފަހަރުތަކާއި ޚިލާފަށް މި މަޢުޟޫއަށް އަފާފްގެ ފަރާތުން ސާބިތު ޖަވާބެއް ނުލިބި އެ މޫނުމަތިން ނުތަނަވަސްކަމެއް ފެނުމުގެ ސަބަބުންނެވެ. އޭނަ އަފާފަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“އަފާފް…..މަންމައަށްވުރެ ބޮޑަށް އަފާފަށް އެނގޭނީ ހެވާއި ނުބައިގެ ތަފާތު. އެކަން މަންމަވެސް ޤަބޫލުކުރަން. އެކަމަކު ބުނެލަން ބޭނުންވަނީ މީހަކު ކަމުދިޔުމަކީ ގޯހެއްނޫނޭ. އެ އިޙްޞާޞަކީ އަފާފްގެ ބާރުގެ ދަށުގަ އޮތްކަމެއް ނޫން. ހިތުތެރޭގަ ވާ އިޙްޞާޞަކާމެދު އަހަރުމެންނާ ސުވާލެއް ނުކުރެވޭނެއެއްނު؟ އަސްލު މަންމަ ކިތަންމެ ވަރަކަށް ދަރިފުޅު ކައިރި މީހަކާ ރައްޓެހިވާށޭ ބުންޏަސް މަންމައަށް ވެސް އެނގޭ އެއީ ކިހާ ގޯސްކަމެއްކަން. އަސްލު މަންމަމެން ވަރަށް ފަޚުރުވެރިވޭ ދަރިފުޅު މިއުޅޭ އެހެނިހެން ކުދިންހެން އެއްމީހަކަށްފަހު އަނެއް މީހަކާ ރައްޓެހިނުވެ ޤަދަރުވެރި ގޮތަކަށް އުޅޭތީ. އެހެންވީމަ މިފަހަރު މަންމަ ބުނާކަށް ނެތިން ރައްޓެހިވާށޭ ވެސް. މިފަހަރު މި ބުނަނީ އަފާފަށް މީހަކު ކަމުގޮސްފައިވާނަމަ ޖެހިލުމެއްނެތި މަންމަމެން ކައިރި ބުނާށޭ. އޭރުން މަންމަމެން ދަރިފުޅު އަބަދުވެސް ބޭނުންވިހެން ޙަލާލު ގޮތުގަ ދަރިފުޅު އެމީހަކާ ގުޅުވަދޭނަން.” ޝާދިޔާ މަޑުމައިތިރި އަޑަކުން ދެއްކި ވާހަކަތަކުން އަފާފަށް ދެލޯ މަރާލެވުނެވެ. މަންމަގެ ފަހު ޖުމްލައިން އޭނަގެ ހިތް އުއްމީދުން ފުރިގެން ދިޔައެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި އެ ހިތް ޝައްކުތަކުން ފުރިގެން ދިޔައެވެ. ޝަރަފް އޭނައަށް ކަމުދާހެން އޭނައަށް ހީވިއެއްކަމަކު އޭނައަށް އެކަން ޔަޤީނެއްނުވިއެވެ. ހަމައެކަނި މީހެއްގެ ހަރުދަނާކަމާއި ރީތިކަމުގެ ވާހަކަ އޭނައަށް އަޑުއިވިގެން އޭނައަށް މީހެއްދެކެ ލޯބިވެވިދާނެކަން ޤަބޫލުކުރަން އޭނައަށް ދަތިވީތީވެއެވެ. އަދި އަމުދުން އެމީހަކީ ޞާލިޙު މީހެއްކަން ޔަޤީން ނުވާ ޙާލުގައެވެ. މީގެ އިތުރުން ޝަރަފަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް އަރަޝް ބުނިހެން އޭނަ ކަހަލަ ‘ނުކުޅެދުންތެރިއަކާ’ އިންނަން ޝަރަފް ބޭނުންވާނެ ހެއްޔެވެ؟ އަފާފްގެ ހިތަށް ވެރިވި އެ ސުވާލުން އޭނަގެ ހިތަށް އުނދަގޫވީ އޭނަ ހީކުރިވަރަށްވުރެ ބޮޑަށެވެ. އެކަމާމެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވެން އުޅުނު ވަގުތު އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑު އަފާފަށް އިވުނެވެ.

 

“އެއީ ކާކުބާ؟” ޝާދިޔާ އެހެން ބުނެ ތެދުވެލީ އަޑު އަފާފަށް އިވުނެވެ. އޭނަވެސް އެއީ ކާކުކަން ދެނެގަންނަން ބޭނުންވެފައިވަނިކޮށް މަންމަ ދޮރު ހުޅުވާލަމުން ކިޔާލި ނަމަކުން އަފާފްގެ މެއަށް ފިނިވިއެވެ.

 

“އަނހަ ޝަބާ! ހާދަ ނުގަޑިއެއްގަ؟” މަންމަ އެހެން ބުނިތާ މާ ގިނައިރެއްނުވެ ޝަބާ ކޮޓަރިއަށް ވަދެގެން އައިކަން އަފާފަށް އެނގުނެވެ. ޝަބާވަނީ މިއަދު އޭނައަށް ގުޅާފައި އާހިލްއަށް ކިޔަވައިދޭން އެގެއަށް ދެވިދާނެތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދޭން އަފާފަށް ދަތިކުރުވީ ވަކި ފައިހާވެސް ނެތް ކަމުގެ ޚިޔާލުންނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ޖެހިލުންވީ ޝަރަފާއި އެއްފުރާޅެއްގެ ދަށަށް ދާން ވުމުންނެވެ. އެހެންކަމުން އޭރު އޭނަ ފޯނު ބޭއްވީ ފަހުން ޖަވާބެއްދޭނެކަމަށް ޝަބާގާތު ބުނެފައެވެ. ޝަބާ އެއައީ ކޮންމެ ކަމަކު ވިޔަސް އެ ސުވާލު އޭނައާއި ކުރިމަތިވާނެކަން އެނގި އަފާފް އެ ވަގުތުކޮޅުން ފިލަން ބޭނުންވިއެވެ. އެހެނަސް ޝަބާ އޭނަގެ މަންމައާއެކީ އައިސް ކޮޓަރީގައި ހުރި އެނދުގައި އިށީންއިރު ވެސް އަފާފަށް އިންގޮތަށް އިނދެވުނެވެ.

 

“ޗުއްޓީ ދުވަހެއްގަ ދޯ ދެންމިހެން ޖައްސާލެވޭނީ ވެސް…..އަފާފްއާ ކުޑަ ވާހަކައެއް ދައްކާލަން އަސްލު މިއައީ.” ޝަބާ ސީދާ މަޢުޟޫއަށް ދިޔުމުން އަފާފްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ޝާދިޔާ ކޮން ވާހަކައެއްތޯ އަހާލުމުން ޝަބާ ވަގުތުން ޖަވާބުދިނެވެ.

 

“އާހިލްއަށް ކިޔަވަދޭން އަދިވެސް އަފާފަށް އެގެއަށް ގޮސްދެވިދާނެތޯ ބަލަންވެގެން. ހުސެއިނުބެ ދެންމެ ބުނި މިހާރު ފައިހާ ނާދެއޯ. ދެން އެހެންވީމަ އަހަރުމެން ދޯ މިގެއަށް އަންނަންވީ؟ އަސްލު ވަރަށް ދަތިވާނެ ކޮންމެ ދުވަހަކު ޓެކްސީއެއްގަ މިހާ ހިސާބަށް އަންނަންވެސް. އެކަމަކު ބޭނުން އަފާފް އާހިލްގެ މުދައްރިސަކަށްވާން.” ޝަބާ ބުނެލިއެވެ. އޭނަ ދެއްކި ވާހަކަތަކުން އަފާފް ހިތްހަމަޖެހުނެއްކަމަކު އެ ހިތަށް އުނދަގުލެއްވެސްވިއެވެ. އުނދަގޫވީ ސަބަބާމެދު އޭނަ ވިސްނާކަށް ވެސް ބޭނުމެއްނުވިއެވެ.

 

“އަޅޭ ޝަބާ! މިހާރުވެސް ތިއުޅެނީ ދެކޮޅު ނުޖެހިގެން. ދެން ތިފަދަ ޚަރަދެއް ކުރަންވީމަ ކިހާ ތާށިވާނެ؟ ޝަބާ އަންނާނެކަމެއްނެތް. ފައިހާ ނެތަސް އަހަރުމެން އަފާފް ތިގެއަށް ގެންގޮސްދޭނަން.” ޝާދިޔާ ލިބުނު ފުރުޞަތުގެ ބޭނުން ހިފޭތޯ ބެލިއެވެ. އެހެނަސް އޭނަގެ ޖުމްލަ ނިމުނުތަނާހެން އަފާފް ކުއްލިއަކަށް ނޫނޭ ބުނެލި އަޑަށް އޭނައާއި ޝަބާ ވެސް ދިޔައީ ސިހިގެންނެވެ. އެވަގުތު އަފާފަށް ކުރެވެމުން ދިޔަ އިޙްޞާޞާއި އެ އިޙްޞާޞްގެ ފަހަތުގައިވި ކަންބޮޑުވުން އެދެމީހުންނަށް ވެސް ނޭނގޭނެކަމަށް އަފާފަށް ހީކުރެވުނެވެ. އެހެނަސް އަފާފަށް ނޭނގުނު ކަމަކީ ޝަބާ އެދުވަހުގެ އެވަގުތު އޭނަ ކައިރިއަށް އަންނަން ޖެހުނު ސަބަބަކީ އެ ކަންބޮޑުވުން ކަމެވެ. ޝާދިޔާ މިހާރު އަފާފް ކިޔަވައިދޭހިތް ވެސް ނުވަނީތޯ އަހާލި ވަގުތު ޝަބާ މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.

 

“ނޫން ދައްތާ. އަފާފް ކިޔަވައިދޭހިތްވޭ. އޭނަ ޖެހިލުންވަނީ އެގޭގަ މިހާރު އެހެން ފިރިހެނަކު އުޅޭތީ…..އަފާފްއަށް އެނގޭތަ؟ އަފާފްއަށް ގުޅުމުގެ ކުރިން އަހަރެން އެކަމާމެދު ވަރަށް ވިސްނިން. ހިތަށްއެރި ޝަރަފް ކައިރީގަ ބުނާނީއޭ އަފާފް އަންނަ ގަޑީގައި ގެއިން ބޭރަށް ތަނަކަށް ދާށޭ. އެކަމަކު އޭނަ އަދިވެސް އުޅެނީ ބަލިކޮށް. މުޅިން ރަނގަޅުވާން މަސްތަކެއް ނަގާނެހެން ހީވަނީ. ވީހާވެސް ގިނައިން އަރާމުކުރުމަށް ޑޮކްޓަރުން އެންގީ…..އެހެންވެ ހިތަށްއެރީ އަފާފް އަންނަ ގަޑީގަ ޝަރަފް ކައިރި ކޮޓަރިތެރޭގަ ހުންނަން ބުނާނީއޭ. އަސްލު ބޭނުން އަފާފް އާހިލްއަށް ބުނެދޭ އާޔަތްތައް ޝަރަފަށް ވެސް އިވެން. ވަރަށް ގިނަ ދުވަސްވަންދެން ފާފަތަކެއްގެ ތެރޭގަ އުޅެފަ އޭނަ އިޞްލާޙުވާން މަސައްކަތް ކުރަނީހެން އަހަންނަށް ހީވަނީ. އެހެންވެ ކަންނޭނގެ އޭނަ 8 އަހަރު ފަހުން އަނބުރާ އައީވެސް. ވަރަށް ހީވޭ ޝަރަފަށް އަފާފްގެ ނަޞޭޙަތްތައް އިވުނިއްޔާ އޭނައަށް ވެސް ހިދާޔަތް ލިބިގެންދާނެހެން އިން ޝާ ﷲ.” ޝަބާ އުއްމީދީ ގޮތަކަށް ވާހަކަ ދެއްކިއިރު އޭނަ އިނީ ހިނިތުންވުމެއްގައިކަން އަފާފަށް އެނގުނެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ޝަރަފަށްޓަކައި އަފާފްގެ ހިތުގައި ވި އިޙްޞާޞްތަކަށް އިންޤިލާބެއްއައެވެ. އޭނައަށް ކަމުދިޔަ އެ ޒުވާނާއަކީ ﷲ ވެސް ރުހިވޮޑިގެންވާ އަޅަކަށް ވެދާނެކަމަށް އޮތް ފުރުޞަތުގެ ސަބަބުން އޭނަގެ ހިތަށް ވެސް އުއްމީދެއް ލިބިގެން ދިޔައެވެ. އެހެނަސް އޭނަ ދެންވެސް ޖެހިލުންވީ ޝަރަފް ހުންނަ ގެއެއްގެ ތެރެއަށް ވަނުމުން އޭނައަށްވެދާނެ ގޮތަކާއިމެދުގައެވެ. އޭނައަށް ރަނގަޅަށް ވާހަކަ ދެއްކޭނެތޯވެސް ހިތަށްއެރިއެވެ. އޭނައަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ޝަބާ އިތުރަށް ދެއްކި ވާހަކައިންނެވެ.

 

“އަފާފް ހާސްވާންވީ ސަބަބެއްނެތް. އަހަރެން ޔަޤީންކުރާނަން އަފާފްގެ ނަޞޭޙަތްތައް ޝަރަފް އަޑުއެހިޔަސް އޭނަ އަފާފްގެ ކުރިމައްޗަށް ނާރާތޯ. އަފާފް ހުސެއިނުބެއާއެކީ އަޔަސް މައްސަލައެއްނެތް. ކޮންމެހެން ވެސް ބޭނުން މާނަހުރި ގޮތަކަށް ޝަރަފަށް ޤުރުއާނުގެ އާޔަތްތަކެއް އަޑުއިވިގެންދާން. ތިބާގެ ސަބަބުން އެންމެ މީހަކަށް ހިދާޔަތް ލިބިއްޖެނަމަ އެއީ މުޅި ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ވެސް ބޮޑު ކަމެއްނު؟ އަފާފް ބޭނުމެއްނުވޭތަ އަފާފްގެ ސަބަބުން ﷲ ގެ އިރާދަފުޅުން އިތުރު މީހަކަށް ހިދާޔަތް ލިބެން؟” ޝަބާ އެ ސުވާލުކޮށްލި ހިނދުކޮޅުގައި ކުއްލިއަކަށް އަފާފަށް ވަރުގަދަ ހިތްވަރެއް ލިބިގެން ދިޔައެވެ. އޭނައަކީ ހިދާޔަތް ލިބެން ގާތްވެފައިވާ މީހެއް ފެނިއްޖެނަމަ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނަގާ މީހެކެވެ. އެއީ ޝަބާ ދެންމެ އެ ބުނި ސަބަބަށްޓަކައެވެ. ލިބުނު ހިތްވަރާއެކީ ދެންމެއަކު އޭނައަށް އިޙްޞާޞް ކުރެވުނު ހުރިހާ ޖެހިލުންކަމެއް ވެސް ހިނގައިދިޔައެވެ. އަދި އަމުދުން ޝަބާ ބުނިހެން އޭނަ ބައްޕަގެ ހާޒިރީގައި ހިލޭ ފިރިހެނަކަށް އޭނަ ނުވެސް ފެންނަ ޙާލު އޭނައަށް ނަޞޭޙަތް ދިނުމުގައި ގޯހެއް އަފާފަކަށް ނުފެނުނެވެ.

 

ޝަބާ ދިޔުމާއެކު އަފާފް އޭނަގެ މަންމަގެ އެހީގައި އަންނަން އޮތް ހޮނިހިރު ދުވަހަށް ތައްޔާރުވާން ފެށިއެވެ. ޝަބާ ބުނި ގޮތުގައި އޭނަގެ ކޮއްކޮއަކީ ވަރަށް ގިނަ ދުވަސްވަންދެން ފާފަތަކެއްގެ ތެރޭގައި ދީނާއި ދުރުގައި އުޅުނު މީހަކަށްވުމުން އެފަދަ މީހަކާއި އެންމެ ގުޅޭނެ ފަދަ އާޔަތްތައް އޭނަ ޚިޔާރު ކުރިއެވެ. އަދި އެ އާޔަތްތައް ބުނެދެވޭނެ އެންމެ ރަނގަޅު ގޮތަކާއިމެދު ވިސްނަން ފެށިއެވެ. ޢާއްމު ގޮތެއްގައި އޭނަ އާޔަތްތައް ބުނެދެނީ އެކުވެރި ގޮތަކަށް ވިޔަސް އޭނަ މިފަހަރު އެކަން ބަދަލުކޮށްލަން ބޭނުންވިއެވެ. ނޭނގިނަމަވެސް އޭނަ އެހެން މީހަކަށްޓަކައި ފިތުނައަކަށް ވެދާނެތީވެއެވެ. އަދި އޭގެ ސަބަބުން އޭނައާހެދި އެހެން މީހަކު ހިދާޔަތުން މަޙްރޫމް ވެދާނެކަމަށްޓަކައެވެ. އެހެންކަމުން އޭނަ ވީހާވެސް ވަރަކުން އޭނަ ބުނެދޭ ބުނެދިނުމުގައި ސީރިއަސްކަމެއް އެކުލެވޭތޯ ބެލިއެވެ.

 

ޝަރަފަށްޓަކައި ދޭނެ ނަޞޭޙަތެއް ތައްޔާރުކުރަން އަފާފް ފެށީ ކިތަންމެ އިޚްލާޞްތެރިކަމާއެކީގައި ވިޔަސް ވަކި ހިސާބަކުން ޝައިޠާނާގެ ވަސްވާސްތަކުން އޭނަގެ ސިކުނޑި ފުރެން ފެށިއެވެ. ނޭނގި ނަމަވެސް އެގޭގެ ތެރެއިން އޭނައާއި ޝަރަފް ދިމާވެއްޖެނަމަ ވެދާނެ ގޮތަކާއިމެދު އޭނައަށް ލަދުރަކި ހިނިތުންވުންތަކާއެކީ ވިސްނެން ފެށިއެވެ. އޭނަ ނަޞޭޙަތްތައް ދިނުމުން ޝަރަފަށް އޭނަދެކެ ލޯބިވެވިދާނެބާއޭ ހިތަށްއަރަން ފެށިއެވެ. ފިލާވަޅު ނަގައި ދިނުމުގެ ކުރިން އޭނަ އާޔަތްތައް ކިޔަވާލާ ގޮތް ޝަރަފަށް ރީތި ވާނެބާއޭ ބުނެ ހިތް ސުވާލުކުރަން ފެށިއެވެ. އެހެނަސް ވަގުތު ފާއިތުވުމުގެ ކުރިން އަފާފަށް އަމިއްލަ ނަފްސު ހަމައަކަށް އެޅުވުނެވެ. އޭނަގެ ނިޔަތް ފާސިދުވާން ފަށައިފިކަން އެނގި އޭނަ ގިނަގިނައިން ނަމާދުކުރަން ފެށިއެވެ. އެފަދަ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިގެންދާ ކޮންމެ ފަހަރަކުހެން އޭނަ ވުޟޫކޮށް ސުންނަތް ދެ ރަކުޢަތުގެ ނަމާދެއް ކޮށްލައެވެ. ނަމާދުން އޭނައަށް އެހީއެއް ލިބިގެން ދިޔައީ ބަޔާންކުރަންވެސް ދަތިވާ ފަދައަކުންނެވެ. ނަމާދުކުރާ ކޮންމެ ފަހަރަކު އޭނަ މި ދުނިޔެއަށް އައިސްފައިހުރީ ކީއްވެކަން ހަނދާނަށް އައުމުން، ﷲ ގެ ރުހިވޮޑިގަތުން ހޯދުން ނޫންކަމެއް ކުރުމަށް އޭނަގެ ހިތުގައި އޮންނަ ހުރިހާ އެދުމެއް ނެތިދެއެވެ. ހަމަ އެއާއެކު އަފާފް ޝަރަފްގެ ކުރިމަތީގައި ނުވެސް ކިޔަވަން ނިންމީ ވަކި އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ކިޔެވުމަކީ ކޮން ކަހަލަ ކަމެއްތޯ އަހައި ފަތުވާއެއް ހޯދައިގެނެއްވެސް ނޫނެވެ. އޭނަގެ އަމިއްލަ ހިތް އޭނަ އެފަދަ ގޮތަކަށް ކަންތައް ކުރުމުގެ ފަހަތުގައި ވީ ނުބައި ނިޔަތެއްކަން އެނގުމުން އޭނަ ފަތުވާއަކަށް ބޭނުމެއްވެސް ނުވީއެވެ. އޭނަގެ ރީތި ކިޔެވުން އޭނައަށް ކަމުދާ ފިރިހެނަކަށް އިއްވުމުގެ އެދުން ހިތުގައި އޮތެއްކަމަކު އެކަން ޤުރުބާންކޮށް އޭގެ ބަދަލުގައި އެ އާޔަތްތައް އޭނަގެ ފޯނުން ޕްލޭއި ކޮށްލަން ނިންމީ، އެހެން ހުރިހާ ކަމަކަށްވުރެ ވެސް އޭނަގެ އީމާންކަން އޭނައަށް މުހިއްމުވުމުންނެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ ފަތިސް ނަމާދަށް ބަންގި ގޮވިއިރު އަފާފްގެ އީމާންތެރިކަން ވަނީ އެތައް ދުވަހެއްފަހުން ވަރުގަދަ ނުވާ ވަރަށް ވަރުގަދަވެފައެވެ. ޝައްކެތްނެތް ގޮތުގައި އީމާންތެރިކަން ވަރުގަދަވެގެން ދަނީ ހަމައެކަނި ﷲ އަށްޓަކައި ވެވޭ ޤުރުބާނީތަކެއްގެ ސަބަބުންކަން އަފާފަށް އެދުވަހު ޔަޤީންވިއެވެ. އަދި އޭގެ ސަބަބުން އޭނަގެ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވަނީވެސް ހަމައެކަނި  އެކަލާނގެކަން އޭނައަށް އަނެއްކާވެސް އެނގުންވިއެވެ.

 

އަފާފް އޭނަގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ‘ލޯބީގެ’ ޚިޔާލުތަކުން ދުރުވާން މަސައްކަތް ކުރިއެއްކަމަކު ޝަރަފް އެކަމަށްޓަކައި އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަފާފް އަންނައިރު އޭނަ ހުންނަން ޖެހޭނީ ކޮޓަރި ތެރޭގައިކަމަށް ބުނެލި ދުވަހު ޝަރަފަށް ހުރެވުނީ ފޫހިވެފައެވެ. އެހެނަސް އާދައިގެ މަތިން އަފާފަށްޓަކައި އޭނަގެ ހިތުގައިވި ޤަދަރެއްގެ ސަބަބުން އޭނަ އެގޮތަށް ކަންތައްކުރަން ނިންމިއެވެ. އެކަމާމެދު އެއްބަސްވިއެއްކަމަކު އަފާފް އެހާ ދުރުން ދަތުރުކޮށްފައި އައިސް އޭނައާއި އާހިލްއަށް ޤުރުއާނުގެ އާޔަތެއް ބުނެދޭން ނިންމި ނިންމުން އޭނައަށް މޮޔަކަމެއްގެ ގޮތުގައި ފެނުނެވެ. ނަސީބު ދެރަކަމުން އަފާފް ކަހަލަ މޮޅު ކުއްޖަކު ވެސް އެވަނީ ސިކުނޑި ދޮވިފައިތާއޭ އޭނަގެ ހިތަށްއަރަން ފެށިއެވެ. އޭނައަށް ނޭނގުނު ކަމަކީ ސިކުނޑި ދޮވިފައިވަނީ ކާކުކަން އޭނައަށް ވަރަށް އަވަހަށް އެނގެން އުޅޭކަމެވެ. އަދި އޭގެ ސަބަބުން އޭނަގެ މުޅި ޙަޔާތް އޭނަ ހީވެސް ނުކުރާވަރަށް ބާއްޖަވެރިވެގެންދާން އުޅޭކަމެވެ.

 

ނުުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އެމަންޖެ

Next

ހާމަ ކުރީމާ ލޯބި މަވާކަން 6

Next
January 4, 2018

ހާމަ ކުރީމާ ލޯބި މަވާކަން 6

Previews
January 4, 2018

އެމަންޖެ

38 Comments!

  1. Jana says:
    January 4, 2018 at 9:11 pm

    Assalaam’alaikum. next part saturday ga In Sha Allah. mi bain maa bodu kameh nuviyas mi bai dhigukoh migenesdhiny.
    anekkaaves dhigudhemigendhaahen jana ah heevaan fashaifi. hehe….In Sha Allah rangalhu kureveytho balaanan ebai 🙂

  2. Kiyaa meeha says:
    January 4, 2018 at 9:14 pm

    Alhugandu phone in nukiyey mihaaru mi in gothakun

  3. Nann says:
    January 4, 2018 at 9:20 pm

    Web site ah genes huri badhalun vaahaka kiyaa hiy Vs nuvey. Story innani eh side eh ga :/

  4. Nanni says:
    January 4, 2018 at 9:23 pm

    Phone in nueh kiyeyy mihaaru

  5. Hi Mi says:
    January 4, 2018 at 9:25 pm

    Alhey varah undhagoo kiyan. ?

  6. Liaa says:
    January 4, 2018 at 10:02 pm

    Jana. Jana ge vaahaka thah varah ves reethi.
    It’s also really inspiring!
    Jana ge thi masakkathugai Allah barakaai lavvaashi. 🙂
    Aameen!

    1. Jana says:
      January 4, 2018 at 10:11 pm

      Alhamdhulillah! (All praise and thanks belong to Allah). Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen!

  7. Nashth says:
    January 4, 2018 at 10:05 pm

    Kihinehtha vahaka kiyah handhan jeheny mihaar alhe knme vx kujjaku bunedybr Phone akuh dhivehi fontu ehnufenay plx handhan v gothen bunedhybr

    1. Anonymous says:
      January 4, 2018 at 11:51 pm

      Mashah vs kurin nufeney.. golhi golhi arany..bt nw Feney.. vrh haalakun e vs vy..
      Mihn jahaafa search kohlaba alhe..
      ?
      https://www.esfiya.com/mp/

  8. Ainth says:
    January 4, 2018 at 10:07 pm

    V v udhagu mihaaru vaahaka kiyan ???

    1. Jana says:
      January 4, 2018 at 10:09 pm

      site slow vaahaka buneema irukolheh kurin admin buni rangalhu kuran masakkaiy eba kuramey. site ge format ves badhaluvaane kanneynge rangalhu kureema In Sha Allah.

  9. Chawder says:
    January 4, 2018 at 10:19 pm

    V reethi mi story masha allah

  10. Xxxx says:
    January 4, 2018 at 10:33 pm

    Phone in nukiyey… what’s goin on with the site??????????????

  11. Maahy says:
    January 4, 2018 at 10:34 pm

    V udbagoo mihaaru kiyan…lolah ves thadhuvan fattaifi…. Kurin huri goi maa faseyha… Egothah hadhaalaba

  12. Lam says:
    January 4, 2018 at 10:39 pm

    Alhe nukiyey phone akun..e keeve tha??

  13. NaXy says:
    January 4, 2018 at 10:40 pm

    Now v udhagoo kiyan. Site ah genessa huri change thakun. ???

  14. rose says:
    January 4, 2018 at 11:11 pm

    i don’t like this .. varah undhagu kiyan .. admin please change like it was before

  15. Lulu says:
    January 4, 2018 at 11:15 pm

    Story nukiye????

  16. Adam says:
    January 4, 2018 at 11:31 pm

    Phonep

  17. Editor says:
    January 4, 2018 at 11:43 pm

    Dear readers, it’s a temporary layout. We are working on fixing the issue.
    Apologies for the inconveniences.
    In Sha Allah it will be fixed by soon

  18. Anonymous says:
    January 4, 2018 at 11:55 pm

    Mashah vs nukiyey kurin.. golhi golhi arany.. but nw Feney.. e vs v haalakun..
    Mihn jahaafa search kohlaba alhe..
    ?
    https://www.esfiya.com/mp/

  19. Shahoo says:
    January 5, 2018 at 12:25 am

    Maasha allah luv da story. V iburayytgeri
    Ly?

  20. Mysh says:
    January 5, 2018 at 1:49 am

    Masha allah v rythi mi bai ves…jana nxt prt avas kohla dhehchey

  21. Ana says:
    January 5, 2018 at 4:46 am

    FB page ge name bunelabala jana.

    1. Jana says:
      January 5, 2018 at 8:57 pm

      https://www.facebook.com/Asr-1445208739121696/

  22. Addu manje says:
    January 5, 2018 at 5:31 am

    Mi baives varah reethi..Jana buni gothah maa bodu haadhisaa eh nethas its really good.. Thanks a lot for this wonderful story.. ☺

  23. Xxxx says:
    January 5, 2018 at 7:16 am

    Maasha Allah story v.furihama.waiting?

  24. Shaai says:
    January 5, 2018 at 7:57 am

    Ma Sha Allah.. V reethi…

  25. Black beauty says:
    January 5, 2018 at 10:07 am

    Varah undhagu mi font

  26. # says:
    January 5, 2018 at 2:56 pm

    … Jana I lost ur number please call
    ..hathu

  27. Xaaaan says:
    January 5, 2018 at 6:27 pm

    Mihaar inna gothun v undhagoo vaahaka kiyan v foohi plx kurin ingothah badhal kohdheeber plx plx

  28. Jana says:
    January 5, 2018 at 8:45 pm

    FB Post:
    I guess this should be made clear right now rather than later. It might seem strange for some of you to be reading about two people liking each other outside of marriage in a supposedly religious story. (I know, let’s all say astaghfirullah for how that sounded.) And to be honest with you even I kept having hesitations when I was describing those bits. Having the notion that love and liking someone can only happen inside of a marriage. Until, I came to learn something profound about love itself.

    Ibn Al Qayyim (rahimahullah) asked a rhetorical question in his book, Rawdhatul muhibbeen (The garden of the lovers), does love happen by choice or by force? And he answers the question on his own saying that the answer is both. Love happens both by choice and by force. And he explains it by saying that in the beginning, it’s all about choice. Like for example, we choose to not lower our eyes and look at someone. We choose to reply to that text that we got from that random number. We choose to accept that friend request. We choose to start a conversation or reply to a message. We choose to give a like or leave a comment. We choose to let the feelings develop. And we choose all these things, not necessarily because that person is special. We choose the wrong thing because we give in to the whispers of shaithaan just to fulfil our desires. And hence we will be asked about these choices that we made. We will be held accountable for it on the Day of Judgement.

    When we make the wrong choices and we let ourselves loose, then things start happening forcefully. It will become extremely difficult for us to stop thinking about that person. We would constantly want to be with them no matter how many important tasks we had to finish. We can’t help but want to see them or hear from them. And at this point, the feelings would seem to be uncontrollable. We will not be held accountable, or be asked about these feelings. Because they are out of control. However, if we let these emotions take a hold of ourselves to the point where it starts showing in our actions, we will be held accountable. If we waste most of our time thinking about that person and we fail to fulfill our obligations, we are sinful. If we let our eyes wander and have absolutely no restrictions on them, we will be asked about it. If we end up doing something even worse, we will be held accountable for it. We will suffer its consequences both in this world and in the next. Because at the end of the day, a love that happens outside the pleasure of Allah ends up hurting, in one way or another. In this world, because we will never be pleased when we attach our hearts to someone with all our might. When we love, expecting the other person to be perfect, not realizing that its ONLY Allah Who will never disappoint us, we end up hurting our own selves. All this, only because we CHOSE to take the wrong steps.

    So we don’t actually have anyone to blame but ourselves, if we find ourselves “hurt by love”. At the end of the day it is we who make a choice. And for those of us who haven’t made the wrong choices, Alhamdhulillah! Let this be a reminder for them to make the right choices In Sha Allah.

    Good news for the ones who made the wrong choices and are not able to control their emotions? There is actually a way out of it! No matter how much force you feel from inside of you. And that is none other than by remembering Allah. The only One Who is in control of the heart that is paining inside your chest. The only One Who can heal its scars and bring it back to life again. The only One Who can clearly Hear its cries and is fully Knowing of its desires. So call upon Him and He Will respond In Sha Allah. Because He is the One Who is with those whose hearts are torn. (Hadhith Qudsi)

    Source: Reflections on the series of lectures “Fiqh of Love” by Sheikh Yasir Birjas.

    “Allah has made eyes the mirror of the heart , so if the slave lowers his gaze, his heart lowers his desires, and if he lets his gaze loose, his heart lets its desires lose.”
    Ibn Al Qayyim (rahimahullah)
    Rawdhathul muhibbeen

  29. Jana says:
    January 5, 2018 at 8:46 pm

    = Overcoming the seemingly impossible =
    Ever faced with a challenge that you never thought that you could overcome? Maybe that one assignment that has been bugging you for the last couple of weeks. Maybe your laziness that has caused you so many failures in life. Maybe the fact that you are not ‘able’ to manage your time in a way that you can pray. Or perhaps the fact that you have a hard time waking up for fajr. Or maybe you have emotions and temptations that you have tried to overcome in a number of ways but you couldn’t. Or the sincere intentions that you had that are now becoming rusty and you just don’t know what to do about it.

    And we all know this one ayah that pops up in our news feed every once in a while. The ayah that is supposed to help our situation.

    وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ

    “And seek help through patience and prayer…” Suratul Baqarah, ayah 45

    I don’t know about you but I definitely didn’t use to be able to make sense of this ayah. Like how can I have sabr when that is the exact thing I’m lacking? How can that 5 minute prayer possibly help my situation? These are some questions that came to my mind whenever I came across this ayah.

    What I didn’t know was that that part wasn’t the whole ayah. And I didn’t know that the answer to my doubt was in the last part of the ayah and the next ayah. Allah says:
    وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ

    Which means seek help through patience and prayer, and indeed it is difficult EXCEPT, for the khaashi’oon. So this means seeking help through sabr and salah will be difficult for us if we aren’t from the khaashi’oon. Who are Khaashi’oon? They are the people who experience a fear when they pray. The kind of fear that makes them feel that their muscles have gone numb.

    Now you might wonder, why must we feel this kind of fear when we pray in order for us to seek help from it? There are a number of reasons. One of the reasons is a word that we frequently use in our prayer. The word ‘Rabb’. You know like, ‘Alhamdhulillahi RABBil ‘aalameen’, RABBanaa lakal hamdh, Subhaana RABBiyal ‘adheem etc….The word ‘Rabb’ has a lot of meanings. But it is mainly used in the meaning of master. And a master will necessarily have slaves under him that fully submit to his orders without any complaints. So when we call Allah our Rabb, our Master, it necessarily means that we are His slaves. This means we definitely have some orders that we need to submit to. And just like a slave back in the day will be asked about what he did with the orders, we are going to be asked about what we were ordered to do by our Master. And the way we stand in salaah before our Master, is just like the way we will be standing on the Day we will be questioned. We are humbled before our Master in our salaah, with our eyes low, not making a single unnecessary movement, not saying any word except that our Master pleases, just like it will be on that Day. And Subhaanallah its beautiful that the very next ayah says:

    الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ

    “Those who are certain that they will meet their Master, and that they will return to Him.” Suratul Baqarah, ayah 46

    Now think, if we are certain that we will be meeting our Master, and we are reminded of that meeting every single time we make salaah, won’t that impact our personality? Won’t it change the way we spend our time? Wont we become more serious about the obligations and responsibilities that we have? Won’t those rusty intentions get sincere again knowing that you have something bigger to prepare for? Won’t the pain from a loss feel insignificant knowing that this world is not going to last anyway? Subhaanallah!

    Now you might tell me that you can’t even bring yourself to pray. How then are you going to get help? Well that’s where sabr comes into play. Sabr doesn’t just mean staying patient when a calamity hits you. It also means staying consistent with following what our Master commanded us to do. Staying away from sins when we have the power to do them is also sabr. So its going to be difficult. You might not feel anything in your prayer and you might think that your prayer is not worth for you to get help. But always remember that our Master is not like any other master. Our Master is One Who Appreciates. And it might be because of those prayers that you prayed, going against your will, forcing your self to sacrifice the time and effort into the prayer, that will strengthen your iman like never before.

    May Allah make us from the khaashi’oon and make us of those who are qualified to seek help through sabr and salaah! Ameen!

  30. Jana says:
    January 5, 2018 at 8:54 pm

    Assalaam’alaikum. fahakah ais thiya kiyuntheringe comment thakah reply nukurevey kamattakai varah bodah maafah edhen. evves kiyuntheriaku hithuga nujeheyne kamah ummeedhukuran. hehe…..aslu vaagothaky jana mihaaru mi liyaa fb post thakaky varah ginain hoadhai balaigen liyevey post thakah vaathy. jana mi hisaa kurany kurin jana dhaskoffa huri kanthahthakaa behey gothun viyas thiya kiyuntherinnaa hissaa kurumuge kurin anekkaaves e filaavalhuthakah anburaa dhan. mi dhe post ves mi liyevuny varah gina vaguthu nagaigen. hiyeh nuvey dhen mirey dhivehi post thah genesdheveyne hen. miadhu varah gina vaguthu heydha kurevijje hama ekani mikamah. jana adhi mirey kuran jehey ehen kanthah ves hureema maadhamaa ge bayaa eky dhivehi fb post thah genesdheveytho balaanan In Sha Allah. post thah varah dhiguviyas kiyuntherin post thah kiyaalumaky jana ge varah bodu edhumeh. adhi faidhaa eh kuriyyaa ehen meehakaa hissaa kurumaky ves varah bodu edhumeh In Sha Allah. Jazaakumullah Khairan!

    FB Link:

    https://www.facebook.com/Asr-1445208739121696/

  31. Sana says:
    January 6, 2018 at 7:55 pm

    Alhey varah difficult to read Admin pls fix this

  32. Jana says:
    January 7, 2018 at 10:58 pm

    FB Post: (Dhivehi(

    ކައިވެނިން ބޭރުގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް އެކަކު އަނެކަކު ކަމުދިޔުންވެގެންދާނީ ދީނީ ވާހަކައެއްގައި ހިމެނިގެންދާން އަޖާއިބުކުރުވަނިވި ކަމަކަށް ވެދާނެއެވެ. ޚުދު އަޅުގަނޑުވެސް މި ވާހަކަތަކުގައި އެ ވާހަކަތައް ހިމަނަން ޖެހިލުންވަމުން ދިޔައެވެ. އަޅުގަނޑަށް ހީވެފައި އޮތީ ލޯތްބެއް ވެވޭނީ ހަމައެކަނި ކައިވެންޏެއްގެ ޙުދޫދުގެ ތެރޭގައި ކަމަށެވެ. އެހެނަސް އެއީ ވަރަށް ފަހަކަށް ލޯތްބާއި ބެހޭގޮތުން އަޅުގަނޑަށް އެއްޗެއް ދަސްވުމުގެ ކުރިންނެވެ.

    އިބްނު އަލް ޤައްޔިމް (ރަޙިމަހު ﷲ) ގެ ފޮތެއް ކަމުގައިވާ “ރައުޟަތުލް މުޙިއްބީން” (ލޯބިވެރިންގެ ބަގީޗާ) ގައި ސުވާލެއް ކުރެވިފައިވެއެވެ. ލޯބިވަނީ އަމިއްލަ އިޚްތިޔާރުގައި ހެއްޔެވެ؟ ނޫނީ ގަދަކަމުން ހެއްޔެވެ؟ އެއަށްފަހު އެ ޢިލްމުވެރިޔާ އަމިއްލަފުޅަށް އެ ސުވާލުގެ ޖަވާބު ލިޔުއްވާފައިވެއެވެ. އިބްނު އަލް ޤައްޔިމް ވިދާޅުވާ ގޮތުގައި ލޯބި އެ ދެގޮތަށް ވެސް ވެއެވެ. އަމިއްލަ އިޚްތިޔާރުގައި ވެސް ވެއެވެ. އަދި ގަދަކަމުން ވެސް ވެއެވެ. އެއީ ކީއްވެކަން ބަޔާންކޮށްދެއްވަމުން ވިދާޅުވަނީ ގުޅުމެއްގެ ކުރީކޮޅު ހުރިހާ ކަމެއްވެސް ވަނީ އަމިއްލަ އިޚްތިޔާރުގައެވެ. މިސާލަކަށް އަހަރުމެން ބެލުން ތިރި ނުކޮށް މީހަކާއި ދިމާލަށް ބަލާލަނީ އަމިއްލަ އިޚްތިޔާރުގައެވެ. ނުދަންނަ ނަންބަރަކުން ލިބުނު މެސެޖަށް ޖަވާބުދެނީ އަމިއްލަ އިޚްތިޔާރުގައެވެ. ފްރެންޑް ރިކުއެސްޓެއް ޤަބޫލުކުރަނީ އަމިއްލަ އިޚްތިޔާރުގައެވެ. އަމިއްލައަށް އިސްނަގައި މެސެޖެއްކޮށް ނޫނީ ލިބޭ މެސެޖަކަށް ރިޕްލައި ކުރަނީ އަމިއްލަ އިޚްތިޔާރުގައެވެ. ލައިކްއެއް ދީފައި ކޮމެންޓެއް ކުރަނީ އަމިއްލަ އިޚްތިޔާރުގައެވެ. އިޙްޞާޞްތައް އުތުރި އަރައިގެންދާން ދޫކޮށްލަނީ އަމިއްލަ އިޚްތިޔާރުގައެވެ. މި ހުރިހާ ކަމެއް އަހަރުމެން އިޚްތިޔާރު ކުރަނީ ވަކި އެ މީހަކު ޚާއްޞަވެގެންނެއް ނޫނެވެ. ނުބައި ކަމެއް ކުރުމަށް އަހަރުމެންނަށް އިޚްތިޔާރު ކުރެވެނީ ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި އަމިއްލަ އެދުންތައް ފުރިހަމަ ކުރުމަށެވެ. އެހެން ކަމުން އެ ޚިޔާރު ކުރި ކަންތައްތަކާމެދު އަހަރުމެންނާއި ސުވާލުކުރެވޭނެއެވެ. ޤިޔާމަތް ދުވަހުން އެ އިޚްތިޔާރުތަކުގެ ހިސާބު ބެއްލެވޭނެއެވެ.

    ނުބައި ގޮތްތައް ޚިޔާރުކުރުމަށް އަމިއްލަ ނަފްސު ދޫކޮށްލުމުން ގަދަކަމުން ކަންތައްވާން ފަށައެވެ. އެމީހެއްގެ ޚިޔާލުތަކާއި ދުރުވާން ނުހަނު އުނދަގޫވެގެންދާނެއެވެ. ކިތަންމެ މުހިއްމު ކަންތައްތަކެއް ކުރަން ހުއްޓަސް އަބަދުވެސް ބޭނުންވާނީ އެ މީހަކާއެކީ ހުންނާށެވެ. އެމީހެއްގެ ސޫރަ ފެނުމަށް އަދި އަޑު އެހުމަށް އެދެވޭ އެދުންތައް ގިނަވެގެންދެއެވެ. މިހާ ހިސާބަށް ދިޔުމުން އެ އިޙްޞާޞްތަކުގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ. އަހަރުމެންނަށް ބާރުނުފޯރުވޭ މި އިޙްޞާޞްތަކާމެދު އަހަރުމެންނާ ސުވާލެއް ނުކުރެވޭނެއެވެ. އެހެނަސް އެ އިޙްޞާޞްތަކުގެ އަސަރުތައް އަހަރުމެންގެ ޢަމަލުތަކުން ފެންނަން ފަށައިފިނަމަ އެ ޢަމަލުތަކާއިމެދު އަހަރުމެންނާ ސުވާލު ކުރެވޭނެއެވެ. އެމީހެއްގެ ޚިޔާލުތަކުގައި ގިނަ ވަގުތުތައް ބޭކާރު ކުރެވުމުގެ ސަބަބުން ވާޖިބުތައް އަދާ ނުކުރެވޭނަމަ އަހަރުމެން ފާފަވެރިވާނެއެވެ. އަހަރުމެންގެ ލޯތައް އެކި ދިމަދިމާލަށްދާން ދޫކޮށް އެއަށް އެއްވެސް ކަހަލަ ހުރަހެއް ނާޅައިފިނަމަ އެކަމާމެދު ސުވާލު ކުރެވޭނެއެވެ. އަދި އެ އިޙްޞާޞްތަކުގެ ސަބަބުން އެއަށްވުރެ ވެސް ގޯސްކަމެއް ކުރެވިއްޖެނަމަ އެކަމަށް އަހަރުމެން ޒިންމާވާން ޖެހޭނެއެވެ. މި ދުނިޔެއާއި އާޚިރަތުގައި ވެސް އޭގެ ހިތި ނަތީޖާތަކާއި އަހަރުމެން ކުރިމަތިލާން ޖެހޭނެއެވެ. ﷲ ގެ ރުހިވޮޑިގަތުމުން ބޭރުގައި ވެވޭ ކޮންމެ ލޯތްބަކުން ވެސް ކޮންމެވެސް އެއްގޮތަކުން އަހަރުމެންނަށް ހިތްދަތިކަމެއް ލިބޭނެއެވެ. އެއީ އަހަރުމެންގެ މުޅި ހިތް ދީގެން އެއްވެސް އިންސާނެއްދެކެ ވާ ލޯތްބަކުން އަހަރުމެންނަށް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭނެތީވެއެވެ. އެމީހަކީ ފުރިހަމަ މީހެއްކަމުގައި ދެކި، އަހަރުމެންގެ އުއްމީދުތައް ފުނޑުފުނޑު ނުކުރައްވާނެ ހަމައެކަނި ފަރާތަކީ ﷲ ކަން ހަނދާން ނައްތާލުމަށްފަހު ވާ ލޯތްބަކުން އަހަރުމެންނަށް ހިތްދަތިކަމެއް ނޫނީ ނުލިބޭނެއެވެ. މި ހުރިހާ ކަމެއްވެސް ވަނީ ހަމަ އަހަރުމެން އަމިއްލައަށް ކުރާ އިޚްތިޔާރެއްގެ ސަބަބުންނެވެ.

    އެހެންކަމުން “ލޯބީގެ” ސަބަބުން އަހަރުމެންނަށް ފުން ހިތާމައެއް ލިބުނަސް އޭގައި އަހަރުމެންގެ އަމިއްލަ ނަފްސުތައް ނޫނީ އެހެން އެއްވެސް މީހެއްގެ ކުށެއްނެތެވެ. އެއީ ކޮންމެ ގޮތެއްވިޔަސް އެ ލޯބި އެހާ ހިސާބަށް ދިޔައީ އަހަރުމެންގެ ކުރި އިޚްތިޔާރެއްގެ ސަބަބުން ކަމަށްވާތީވެއެވެ. މިހާތަނަށް އައިއިރު އެފަދަ ނުބައި އިޚްތިޔާރެއް ނުކުރާ މީހުންނަށް ޙަމްދު ކުރެވޭނެއެވެ. މިއީ މިހާ ހިސާބުން ވެސް ރަނގަޅު ގޮތްތައް ޚިޔާރުކުރަން ހަނދާން ކޮށްދިނުމެއްކަމުގައި އެމީހުންނަށް ބެލެވިދާނެއެވެ.

    މިހާތަނަށް ނުބައި ގޮތްތައް އިޚްތިޔާރު ކުރެވި އިޙްޞާޞްތަކުގެ މައްޗަށް ބާރުނުފޯރުވޭ މީހުންނަށް އޮތް އުފާވެރި ޚަބަރަކީ ކޮބައިތޯއެވެ؟ އެއީ އެ އިޙްޞާޞްތައް ކިތަންމެ ބާރަށް ތިބާ ދެމިޔަސް ތިބާއަށް އެއިން ސަލާމަތް ވެވިދާނެކަމެވެ. އެއީ ﷲ ހަނދުމަކޮށްގެން ނޫން އެހެން ގޮތަކަށް ނޫނެވެ. ތިބާގެ މޭތެރޭގައި ރިހުމެއް އުފެދިފައި އޮތް ހިތުގެ މައްޗަށް ބާރުފޯރުވޭނެ ފަރާތަކީ ހަމައެކަނި އެއީ ކަމަށްވާތީވެއެވެ. ތިބާގެ ހިތަށް ލިބިފައިވި ޒަޚަމްތަކަށް ޝިފާއެއްދީ އެ ހިތަށް އަނބުރާ އާ ޙަޔާތެއް ދެއްވޭނެ ހަމައެކަނި ފަރާތަކީ އެއީ ކަމަށްވާތީވެއެވެ. އެ ހިތުގެ ރުއިންތައް އެންމެ ރަނގަޅަށް އަޑުއައްސަވައި އަދި އެ ހިތުގެ އެދުންތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ހަމައެކަނި އެއީ ކަމަށްވާތީވެއެވެ. ވީމާ އެފަރާތަށް ގޮވާށެވެ. އޭރުން އެކަލާނގެ އިޖާބަ ދެއްވާނެއެވެ. އެހެނީ އެކަލާނގެއަކީ ވީދިފައިވާ ހިތްތަކުގެ ވެރިންނާއެކީ ވޮޑިގެންވާ ރަސްކަލާނގެއެވެ. (ޙަދީޘް ޤުދްސީ)

    “ލޮލަކީ އަޅެއްގެ ހިތުގެ ލޯގަނޑު ކަމުގައި ﷲ ލެއްވިއެވެ. އެހެންކަމުން އަޅާ އޭނަގެ ބެލުން ތިރިކޮށްފިނަމަ އޭނަގެ ހިތް އޭގެ އެދުންތައް ތިރިކުރެއެވެ. އަދި އަޅާ އޭނަގެ ލޯ އެދުނުހާ ގޮތަކަށް ދިޔުމަށް ދޫކޮށްލައިފިނަމަ އޭނަގެ ހިތް އޭގެ އެދުންތައް ވެސް އެދުނުހާ ގޮތަކަށް ދިޔުމަށް ދޫކޮށްލައެވެ.” އިބްނު އަލް ޤައްޔިމް (ރަޙިމަހު ﷲ) – ރައުޟަތުލް މުޙިއްބީން

    ނޯޓް: މި މަޢުލޫމާތުތައް ނެގިފައިވަނީ ޝެއިޚް ޔާސިރް ބިރްޖާސް ގެ “ފިޤްހް އޮފް ލަވް” ނަމަކަށް ކިޔާ ލެކްޗާރތަކެއްގެ ސިލްސިލާއަކުންނެވެ.

  33. Jana says:
    January 7, 2018 at 10:59 pm

    FB Post (Dhivehi)

    = ނާދިރުކަމެއްގެ މައްޗަށް ކާމިޔާބު ހޯދުން =

    ދުވަހަކުވެސް އެކަމަކުން އަރައިނުގަނެވޭނެހެން ހީވާފަދަ ގޮންޖެހުމަކާއި ތިބާ ކުރިމަތިލާން ޖެހުނު ހެއްޔެވެ؟ އެއީ ތިބާ ދެ ހަފްތާ ވަރެއް ވަންދެން ނަހަދާ އޮތް އެސައިންމެންޓަކަށް ވެދާނެއެވެ. އެހެންނޫނީ ތިބާގެ ދިރިއުޅުމުގައި އެތައް ނާކާމިޔާބީތަކާއި ކުރިމަތިލާންޖެހުނު ސަބަބު ކަމުގައިވާ ތިބާގެ ކަންނެތްކަން ކަމުގައި ވެދާނެއެވެ. އެހެންނޫނީ ނަމާދު ކުރެވޭނެހެން ތިބާއަށް ތިބާގެ ވަގުތުތައް ރާވަން ‘ނޭނގުން’ ކަމުގައި ވެދާނެއެވެ. އެހެންނޫނީ ފަތިސް ނަމާދަށް ހޭލުމުގައި ތިބާ ނާކާމިޔާބުވާކަން ކަމުގައިވެދާނެއެވެ. ނުވަތަ ތިބާ އަމިއްލަ ބާރުގެ ދަށަށް ގެންނަން ނޭނގޭ އެދުންތަކާއި އިޙްޞާޞްތަކަށް ވެދާނެއެވެ. އެހެންނޫނީ އެއްދުވަސްވަރެއްގައި ތިބާގެ ހިތުތެރޭގައިވި އިޚްލާޞްތެރި ނިޔަތްތައް ފާސިދުވަމުންދާކަން އެނގި އެއަށް ގެންނާނެ ޙައްލެއް ހަމަ އެއްގޮތަކަށްވެސް ނޭނގުން ކަމުގައި ވެދާނެއެވެ.

    މި ޙާލަތްތަކުގައި އަހަރުމެންނަށް އެހީވެދޭން ޖެހޭ އާޔަތް އަހަރުމެން އެންމެންނަށް ވެސް އެނގެއެވެ. އެއީ ވަރަށް ގިނައިން ފޭސްބުކާއި ވައިބާރ ގްރޫޕްތަކުގައި ދައުރުވާ އާޔަތެކެވެ.

    وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ

    އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ!” ސޫރަތުލް ބަޤަރާ، 45

    ތިބާގެ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެނަސް އަޅުގަނޑަށް ހަމަ ޔަޤީނުންވެސް މި އާޔަތް ދޭހަކުރަން ދަތިވި ދުވަސްވަރެއްއައެވެ. ކެތްތެރިކަން ކުޑަ މީހަކަށް ކެތްތެރިވެވޭނީ ކިހިނެއްހެއްޔެވެ؟ އެ 5 މިނެޓުގެ ނަމާދު މީހެއްގެ ޙާލަތް ބަދަލުކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ މިއީ މި އާޔަތް ފެންނަ ކޮންމެ ފަހަރަކު އަޅުގަނޑުގެ ޚިޔާލުތަކުގައި ދައުރުވަމުން ދިޔަ ސުވާލުތަކެވެ. އެހެނަސް އޭރު އަޅުގަނޑަށް ނޭނގުނު ކަމަކީ މަތީގައި ބަޔާން ކުރެވިފައިވީ ހަމައެކަނި އެ އާޔަތުގެ އެއްބައި ކަމެވެ. އަދި އަޅުގަނޑުގެ ސުވާލުތަކުގެ ޖަވާބު ފޮރުވިފައިވީ އެ އާޔަތުގެ ފަހު ބަޔާއި، ޖެހިގެން އޮތް އާޔަތުގައި ކަމެވެ. މި އާޔަތުގެ ފުރިހަމަ މާނަ ތިރީގައި މިވަނީއެވެ.

    وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ

    އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ) ސޫރަތުލް ބަޤަރާ، 45

    މި އާޔަތުން އެނގޭ ގޮތުން “ޚާޝިޢޫން” އޭ ކިޔާ ބަޔަކަށް ފިޔަވައި “ޞަބްރު” އާއި ނަމާދުން އެހީތެރިކަން ހޯދަން ދަތިވާނެއެވެ. “ޚާޝިޢޫން” އަކީ ކޮން ބައެއް ހެއްޔެވެ؟ އެއީ އެމީހުން ނަމާދު ކުރާއިރު ބިރުވެރިކަމެއް އިޙްޞާޞް ކުރެވޭ ބައެކެވެ. އެ ބިރު ގަތުމުން ގައިގެ މަސްތަކުން ވަރުދޫވާހެން ހީވާފަދަ ބިރުވެރިކަމެކެވެ.

    ދެން ތިބާ ސުވާލުކޮށްފާނެއެވެ. ނަމާދުން އެހީ ލިބިގަތުމަށްޓަކައި އެފަދަ ބިރެއްގަތުން މުހިއްމީ ކީއްވެ ހެއްޔެވެ؟ އޭގެ ފަހަތުގައި ސަބަބުތަކެއްވެއެވެ. އޭގެ ތެރެއިން އެއްސަބަބަކީ އަހަރުމެން ނަމާދުގައި ވަރަށް ގިނައިން ބޭނުން ކުރާ ބަހެކެވެ. އެއީ “ރައްބު” މި ބަހެވެ. މިސާލަކަށް އަލްޙަމްދުލިއްލާހި ‘ރައްބި’ލްޢާލަމީން، ސުބްޙާނަ ‘ރައްބި’ޔަލް ޢަޟީމް، ‘ރައްބަ’ނާ ލަކަލް ޙަމްދު….މި ފަދަ ޢިބާރާތްތަކެވެ. “ރައްބު” ގެ މާނަތައް ވަރަށް ބައިވަރެވެ. އެހެނަސް އެ ބަސް ގިނައިން ބޭނުން ކުރެވެނީ އެ ފަރާތެއްގެ ދަށުން އަޅުން ގެންގުޅޭ ފަރާތަކަށެވެ. އަދި އެ އަޅުން އެއްވެސް ޝަކުވާއެއްނެތި ބޯލެނބުމަށް އަމުރުތައް ދޭ ފަރާތަކަށެވެ. އެހެންކަމުން އަހަރުމެން ﷲ އަކީ އަހަރުމެންގެ ރައްބުކަމަށް ބުނާނަމަ އޭގެ މާނައަކީ އަހަރުމެންނަކީ އެކަލާނގެ އަޅުން ކަމެވެ. އަދި ކުރީ ޒަމާނުގައި އުޅުނު އަޅުންނާއި އެއްގޮތަށް އަހަރުމެންނަށް ކުރެވިފައިވާ އަމުރުތަކާއި ގުޅިގެން އަހަރުމެން ކަންތައް ކުރި ގޮތާއި މެދު އަހަރުމެންނާ ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަމެވެ. ނަމާދުގައި އަހަރުމެން އަހަރުމެންގެ ރައްބު ކުރިފުޅުމަތީގައި ތިބެނީ އެ ސުވާލުތައް ކުރެވޭނެ ދުވަހަކުން އަހަރުމެން ތިބޭނެ ފަދައިންނެވެ. އަހަރުމެން ނަމާދުގައި ވެސް ތިބެނީ އަހަރުމެންގެ ނަޒަރުތައް ތިރިކޮށް މަޑުމޮޅިވެފައެވެ. އަދި އެއްވެސް ބޭނުމެއްނެތް ޙަރަކާތެއް ނުކޮށް ހަމައެކަނި އަހަރުމެންގެ ރައްބު ރުހިވޮޑިގެންވާފަދަ ބަސްތައް ކިޔުމުގައި މަޝްޣޫލުވެފައެވެ. މިއީ ހަމަ އެދުވަހަކުން ވެސް ކަންތައް ވާނެގޮތެވެ. ޖެހިގެން ވާ އާޔަތުގެ ރީތިކަން މިހާރު ތިބާއަށް އިޙްޞާޞް ކުރެވޭނެއެވެ. އެ އާޔަތުގައިވަނީ މިހެންނެވެ.

    الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ

    “އެއުރެންނީ، އެއުރެންގެ ރައްބު އާއި ބައްދަލުވާނޭ ބަޔަކުކަމާއި، އެކަލާނގެ حضرة އަށް އެނބުރި رجوع ވަނިވި ބަޔަކުކަން ކަށަވަރުކޮށް يقين ކުރާ މީހުންނެވެ” ސޫރަތުލް ބަޤަރާ، 46

    ދެން ވިސްނާލާށެވެ. އަހަރުމެންނަކީ ހަމަ ޔަޤީނުންވެސް އަހަރުމެންގެ ރައްބު އާއި ބައްދަލުވާނެކަން ޔަޤީންކުރާ ބަޔަކު ކަމުގައި ވާނަމައާއި، ކޮންމެ ނަމާދަކީ އެ ބައްދަލުވުމުގެ މަތިން ހަނދާންކޮށްދޭ ކަމެއް ކަމުގައި ވާނަމަ އެ ނަމާދުގެ ސަބަބުން އަހަރުމެންގެ އުޅުމަށް ބަދަލެއް ނާންނާނެ ހެއްޔެވެ؟ އެއިން އަހަރުމެން ވަގުތުތައް ހޭދަކުރާ ގޮތަށް ބަދަލެއް ނާންނާނެ ހެއްޔެވެ؟ އަހަރުމެންގެ ވާޖިބުތައް އަދާ ކުރުމުގައި އަހަރުމެން އިތުރަށް ޒިންމާދާރު ނުވާނެ ހެއްޔެވެ؟ މި ދުނިޔެއަށްވުރެ މާ ބޮޑު ކަމަކާއި ކުރިމަތިލާން ޖެހޭކަން ހަނދާންވެ، ނިޔަތްތައް އިޚްލާޞްތެރިވެގެން ނުދާނެ ހެއްޔެވެ؟ މި ދުނިޔެއަކީ އެހެން ނޫނަސް ދެމިއޮންނާނެ ތަނެއް ނޫންކަން ހަނދާންވެ، ލިބޭ ގެއްލުމެއްގެ ހިތްދަތިކަން ކުޑަވެގެން ނުދާނެ ހެއްޔެވެ؟ ސުބްޙާނަ ﷲ!

    ދެން ތިބާއަކީ ނަމާދުވެސް ‘ނުކުރެވޭނެ’ މީހެއް ކަމުގައި ތިބާ ބުނެފާނެއެވެ. އޭރުން ތިބާ އެހީ ހޯދާނީ ކިހިނަކުން ހެއްޔެވެ؟ “ޞަބްރު” ގެ މަތިން ހަނދާންކޮށްލަން ޖެހޭ ވަގުތަކީ އެއީއެވެ. މި އާޔަތުގައި ވަނީ ޞަބްރު އާއި ނަމާދުން އެހީތެރިކަން ހޯދުމަށެވެ. ޞަބްރު އަކީ ހަމައެކަނި ކެތްތެރިކަމެއް ނޫނެވެ. އަހަރުމެންގެ ރައްބު އެންގެވި އަމުރުތަކާއި އެއްގޮތަށް އުޅުމުގައި ދެމި ހުރުމަކީ ވެސް ޞަބްރުއެވެ. އަދި ފާފައެއް ކުރުމުގެ ބާރު އޮތްވާ ވެސް އެ ފާފައަކުން ދުރުވެގަތުމަކީ ވެސް ޞަބްރުއެވެ. އެހެންވީމަ ކުރީކޮޅު މި އެހީ ހޯދުން ވެގެން ދާނީ ނުހަނު އުނދަގޫކަމަކަށެވެ. ނަމާދު ކުރާއިރު އެފަދަ ބިރުވެރިކަމެއް ތިބާއަށް އިޙްޞާޞް ނުކުރެވިދާނެއެވެ. އަދި ތިބާގެ ނަމާދަކީ އެއިން އެހީތެރިކަން ލިބޭނެފަދަ ނަމާދެއް ނޫންހެން ތިބާއަށް ހީވެދާނެއެވެ. އެހެނަސް އަހަރުމެންގެ ރައްބަކީ އަހަރުމެން ކުރާ ކޮންމެ ޤުރުބާނީއަކާމެދު މޮޅަށް ދެނެވޮޑިގެންވާ އަދި އެކަމަށް އަޖުރު ދެއްވާނެ ރައްބުކަން ހަނދުމަކުރާށެވެ. އަދި ތިބާގެ އެދުމާއި ދެކޮޅަށް ގަދަކަމުން އެތައް ޤުރުބާނީއެއް ކޮށްފައި ކުރެވޭ އެ ނަމާދަކީ ތިބާގެ އީމާންތެރިކަން ދުވަހަކުވެސް ވަރުގަދަ ނުވާވަރަށް ވަރުގަދަ ކުރުވާ ނަމާދަށް ވެދާނެއެވެ.

    މާތް ﷲ އަޅަމެން ޚާޝިޢޫންގެ ތެރެއިން ލައްވައި އަޅަމެންނަކީ ނަމާދާއި “ޞަބްރު” އިން އެހީ ލިބެން އެކަށޭނަ ބަޔަކު ކަމުގައި ލައްވާށި! އާމީން!

    1. Xish says:
      January 8, 2018 at 1:09 pm

      آمين.. جزاك الله خيرا أختى
      Thi kuraa masakkathugai الله barakai lavvaashi.. Varah aguhuri masakkaithakeh thi kuranee.. Dhuniyeaa aakhirathugavez thibaa ah heyogoi minvaru kuravvaashi..

Comments are closed.

Next Episodeނޫރު (އެކާވީސްވަނަ ބައި)←


All Right Reserved!