Skip to content
އެސްފިޔަ

އާލިފް

އޮއްސެމުން ދާ އިރާ އެކު ކުދި ދޫނި ތައް އެވެރިންގެ ހާލިތަކާ ދިމާ އަށް މިސްރާބު ޖަހައިފިޔެވެ.މުޅި ރަށަށް ހިމޭން ކަން ވެރިވާން ފަށައިފިޔެވެ. ރަތް ވިލާ ތަކުގެ ރަތް ކުލަ ކަނޑު ގެ ލޮނުގަޑަށް އެޅިފައިވާ ހިތް ގައިމު މަންޒަރު ވަރަށް ފުރިހަމައެވެ. ރަށްފުށުގެ އާދަ ކާދައިގެ މަތިން އިރު އޮއްސުމާ އެކު މަގުމަތީގައި ކުޅެން އުޅުނު ކުދިންނާއި ކޮޅު ކޮޅަށް ހިގާ ބިނގާވެ  އުޅުނު މީހުންވެސް ގޭގެޔައްވަދެ ރަށުތެރެ ހިމޭން ވެއްޖެއެވެ. ރަށަކީ ރ.އިނގުރައިދުއެ ރަށުގެ ދެކުނުފަރާތުގައި އަޅާފަ އޮންނަ ފާލަން މަތީގައި ވަރަށް ފުންވިސްނުމެއްގަ މޫދަށް ބަލަން އާލިފް ހުއްޓެވެ. އާލިފް ގެ އަސްލު އުފަން ރަށަކީ ކ.މާލެއެއެވެ.  އެހެނަސް މިއަދުގެ ކުރިން މިކަން އާލިފް އަކަށް ނޭންގެ އެވެ.                އާލިފް ހަނދާން ހުންނަން ފެށީސުރެންވެސް އާލިފް ކުޑަ އާއިލާ އުޅެމުން އަންނަނީ މިރަށުގައެވެ. އާލިފް  މަންމަ އާއި ބައްޕަ ގެ އާލިފް ނޫން ދަރިޔަކު ނުހުރެއެވެ. އާލިފް ގެ ބައްޕަ ހަސަނަކީ ރިޒޯޓް ވިޔަފާރި ކުރާ މީހެކެވެ. ހަސަނުގެ އަމިއްލަ 3 ރިޒޯޓާއި ތިން ސަފާރީ އޮވެއެވެ. އާލިފްގެ މަންމަ މަރިޔަމްއަކީ ގެވެހި އަންބެކެވެ. އާލިފް އުޅެ ބޮޑުވީ ތަނަވަސް އަރާމު މާހައުލެއްގައެވެ. ރަށު ސްކޫލްގެ ގްރޭޑް 7 ނިންމުމަށް ފަހު ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔައެވެ. ބޭރުގައި ކިޔަވަން ހުރި އިރުގަވެސް ކޮންމެ ޗުއްޓީއެއްގައި ރަށަށް އާދެއެވެ. އާލިފް އަކީ ވަރަށް ބަސްމަދު މުރާލި ކެރޭ ރީތި ޒުވާނެކެވެ. ރަށުގެ ޒުވާންފުރައިގެ އަންހެން ކުދިންގެ ހިތްތަކުގެ ވިންދެވެ. އެހެނަސް އާލިފްގެ ހިތުގެ ހަމަޖެހުމަކީ މޫދެވެ. ދުވާލަކު ދެއިރު މޫދަށް އެރުމަކީ އާލިފް ކޮންމެހެންވެސް ކުރާނެކަމެކެވެ.

މިއަދުވެސް އާލިފުގެ އާދައިގެ މަތީން ފަތިހު ތެދުވެ ނަމާދު ކޮށްލުމަށްފަހު މޫދަށް ދިޔުމަށް ތައްޔާރުވެލައިގެން ބޭރަށްދާވާހަކަ މަންމަ ކައިރީގައި ބުނެލަން ވެގެން މަންމަގެ ކޮޓަރީގައި ޓަކިޖަހާލުމަށް ހިއްލާލި އަތް ހުއްޓުނީ އެހެންޏާ ނީވޭ އަޑެއް އެތެރެއިން އިވުމުންނެވެ. ” މަރިޔަމް އާލިފްއަށް ކިޔާދީފިންތަ؟” ނުދަންނަ މީހާ ސުވާލު ކުރިއެވެ. “ނޫން.. އަހަރެން ކިހިނެތް އާލިފްއަށް ކިޔާދޭނީ؟ ” މަރިޔަމް ޖަވާބު ދިނެވެ. ” އަހަރެން ހިއެއް ނުކުރަން މިހާ ދުވަސް ވީއިރު އެކަން ސިއްރު ކުރެވިފައި އޮންނާނެ ކަމަކަށް” އަނެއްކާވެސް އެމީހާގެ އަޑި އިވުނެވެ. “އަހަރެން ވަރަށް މަސައްކަތް ކުރިން ކިޔާދޭން. އެކަމަކު އޭނާ އަށް ވާނެ ގޮތް ހިތަށް އަރާފައި ކިޔާދޭން ނުކެރިގެން މިއުޅނީ” މިވާހަކަ އަޑު އަހަން ހުރި އާލިް ގެ ހިތަށް އެތަކެއް ސުވާލުތަކެއް ވެރިވަމުން ދިޔައެވެ. އޭނާގެ މަންމަ އޭނާ އަށް އެ ސިއްރު ކުރަނީ ކޮންކަމެއް ބާއެވެ. މަންމަ އެ ވާހަކަ ދައްކަނީ ކާކާ ބާއެވެ، މަންމަ އޭނާއަށް ކިޔާދޭން ނުކެރިގެން އެއުޅެނީ އަނެއްކާ ކޮންވާހަކައެއް ބާއެވެ. މި ހިޔާލުތަކަށް ގެއްލިފަ ހުރި އާލިފް ސިއްސުވާލީ އަނެއްކާވެސް އެ މީހާގެ އަޑު އިވުމުންނެވެ. ” ކޮއްކޮ އަށް އިނގޭތަ؟ ބައްޕަ ވަރަށް ބަލި. ބައްޕަ ވަރަށް ބޭނުންވޭ ތިކުދިންނާ ބައްދަލު ކޮއްލަން” އެމީހާ ބުންޏެވެ. “އެކަމަކު ދޮންތާ! އާލިފްވެސް މިކޮޅުގައި އެބަ އުޅޭ، ކިނިހެއް އަހަރެން ދާނީ” މަންމަ ބުންޏެވެ. އާލިފް ހިތާހިތުން ކިޔާލެވުނެވެ. “މަންމަގެ ބައްޕަ، އަހަރެންގެ ކާފަޔަކުވެސް އެބަ ހުރިތަ؟ ދެން ކީއްވެ މަންމަމެން އަހަންނަށް ސިއްރުކުރަނީ؟ ސަބަބަކީ ކޮބާ؟ ކުއްލިއަކަށް ވަރަށް ބާރަށް އަދި ރުޅި އައިސްފައި ދޮންތަ ބުންޏެވެ. “އަދިވެސް ކަލޭމެންނަށް މުހިންމީ އާލިފްތަ؟ ތިވަރުން އުޅެއް އެއީ ކަލޭމެންގެ އުފަން ދަރިއެއްނަމަ…” އެހާތަނުން މަންމަވެސް ތަންކޮޅެއް އަޑަށް ބާރުލާފައި “ދޮންތާ” އާލިފްއަށް ލިބުނީ ޝޮކެކެވެ. ހައިރާންކަމެކެވެ. ވަގުތުން ފެންކަޅިވެއްޖެއެވެ. “ނޫން ކީއްވެ؟ ނޫން” އިތުރަށް އަޑުއަހާކަށް އާލިފް ބޭނުމެއް ނުވިއެވެ. މަޑުމަޑުން ގެއިން ނުކުމެގެން ހިނގައްޖެއެވެ. މިހިއްދަތިކަމުގައި ވިސްނަމުން ފިކުރުކުރަމުންވެސް އާލިފަށް ދެވުނީ އަތިރި މައްޗަށެވެ. ލޮނުގަނޑު ފެންނަ ހިސާބަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Ahmed Faathih

    Whaaaaatt!

  2. one n only

    haadhahaa kurey dw hitha mayehge bodukama a

  3. Ahmed Faathih
  4. shiyaa

    ……
    feshun rangalhu. akam inthizaaru dhiglaa hingaadhaanebaa

  5. bookworm

    kudakoh mistakes eba thibi, eakan rangalhu kohfa kuda koh dhigu koh genes dhenya varah habeys vaane

  6. aju

    Kuru kamaaeve……

    1. Saara
      aju

      Mistake thibi ey nukuyene.mistake ebahuhtey buneveyny

  7. shiko

    Mee aneka little marmaid ge copy eh tha

  8. ainy

    aalif akyyy mermaid eh thaaa
    😉

    1. mghug
      ainy

      my love

Comments are closed.