Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (އަށާރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 31, 2017 8 Mins Read
31 Comments

އިރުކޮޅެއް ވަންދެން ހުރިތާ ހުރުމަށްފަހު އޭނަ ލޫސީއާއި ދިމާލަށް ދާން އުޅުނު ވަގުތު އޭނަ އޭރު ހަމަވެފައިވި ހޮޓެލްގެ ދޮރު ހުޅުވުނު އަޑު އޭނައަށް އިވުނެވެ. އެފަރާތަށް ބަލާލި ތަނާހެން އޭނަ ހުއްޓުން އެރިއެވެ. ހޮޓެލުން ނިކުމެގެން އަންނަމުން ދިޔައީ އަފާފް ނޫން ދެވަނަ މީހެއްނޫނެވެ. ފުރަތަމަ ސިކުންތުގައި ޝަރަފަށް އޭނަގެ ލޮލަށް ވެސް އިތުބާރެއް ނުކުރެވުނެވެ. އަފާފް މިތާނގަ ހުންނާނީ ކިހިނަކުންތޯ ހިތަށްއެރިއެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި އޭގެ ދެ އަހަރު ކުރިން ވެސް އޭނައަށް އަފާފް ފެނިފައިވި ގޮތާއި އަފާފް ދެއްކި ވާހަކަތައް ހަނދާނަށް އައުމުން އެއީ އޭނަގެ ހިތުގެވެރިޔާކަން އޭނައަށް ޔަޤީން ކުރެވުނެވެ. ކުރިއެކޭ އެއްފަދައިން އަފާފް މިފަހަރުވެސް އޭނަ ފަހަނަޅައި ދިޔައީ އޭނައަށް ބަލާލުމެއްވެސް ނެތިއެވެ. އަފާފް ވެސް ހުރީ އާދައިގެ ކަޅު ހެދުމަކާއި ބުރުގާއެއް އަޅައިގެން ކަމަށްވުމުން މަގު ހުރަސް ކުރަން މަޑުކޮށްލި ވަގުތު އަފާފް ތުރުތުރު އެޅިކަން ޝަރަފަށް ފާހަގަވިއެވެ. އަފާފްގެ ގާތަށް ދާން އެދުނު ވަރުން އޭނަގެ ދެފައިގައި ރިއްސާލިތަނާހެން އޭނައަށް އެ ދިމާލަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެނަސް އޭނައަށް ދެވުމުގެ ކުރިން އަފާފް މަގު ހުރަސްކުރަން ފެށުމުން އޭނައަށް މަޑުކޮށްލެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ އަފާފް ގޮސް ލޫސީ އޮތް ބެންޗާއި ހަމަކޮށްލަމުން ލޫސީގެ ގައިމަތީގައި އޭނަ ގެނައި ފޮތިގަނޑު އެޅިއެވެ. ޝަރަފް ހީކުރީ އެއަށްފަހު އަފާފް އަނބުރާ ހޮޓެލަށް އަންނާނެ ކަމަށެވެ. އޭނަ ނަމަ އޭނަ ކަންތައް ކުރީހީ އެހެން ކަމަށްވާތީވެއެވެ. އެހެނަސް އަފާފް ކަކޫ މައްޗަށް ތިރިވެ ވާހަކަ ދެއްކިއެވެ.

 

“ދޫނި…..ރޮނީތަ؟” އިނގިރޭސި ބަހުން އަފާފް ލޯތްބާއެކީ އަހާލި ގޮތުން ޝަރަފްގެ ހިތް ވިރިގެން ދާން އުޅުނު ކަހަލަ އިޙްޞާޞެއް ކުރެވުނެވެ. ރޭގަނޑުގެ އެވަގުތުގައި މަގުމަތި ފުދޭވަރަކަށް ހިމޭންވުމުން ދެންވެސް އަފާފް ދެއްކި ވާހަކަތައް އޭނައަށް އިވުނެވެ.

 

“ލޯބި ބަލާބަލަ މިކޮޅަށް. ކިހިނެއްތަވީ؟” އަފާފް އިތުރަށް ސުވާލުކުރިއެވެ. އޭނަ އެތައް މަސައްކަތެއް ކުރުމުން ވެސް ލޫސީ އެއްޗެކޭ ނުބުނުމުން ޝަރަފަށް އުނދަގޫވިއެވެ. އޭނަ އަފާފް ކައިރީގައި އެއީ ހަމަޖެހޭ ކުއްޖެއް ނޫންކަމަށް ބުނަން ޚިޔާލުކޮށްލި ވަގުތު ލޫސީ ރޮމުން ރޮމުން ތެދުވެލީ މަންޒަރު ޝަރަފަށް ފެނުނެވެ. އެއާއެކު އޭނައަށް ލިބުނު ޙައިރާންކަމާއެކީ އަފާފަށްޓަކައި އޭނަގެ ހިތުގައިވި ލޯބި ފުންވެގެން ދިޔައެވެ. ލޫސީއަކީ ބެންޗުގައި އޮށޯވެއްޖެނަމަ އޭނަގެ ބައްޕަ ބުންޏަސް ގިނަފަހަރު ނުތެދުވާ ކުއްޖެކެވެ. ކެތްތެރިކަމާއެކީ ވަރަށް ލޯބިން ބުނެގެން ނޫނީ ލޫސީ އެއްވެސް މީހެއްގެ ބަހެއް އަޑެއް ނާހާނެއެވެ. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް އަފާފް އެފަދަ ލޯތްބެއް ލޫސީއަށް ދައްކައިފިކަން އެނގުންވީ ހިނދު ޝަރަފަށް ހިނިތުންވެލެވުނެވެ.

 

އަފާފް ލޫސީގެ ކައިރީގައި އިށީނދެ ވާހަކަ ދައްކަން ފެށުމުން ވެސް ޝަރަފަށް ފޫހިކަމެއްނެތި އަފާފާއި ދިމާލަށް ބަލަން ހުރެވުނެވެ. އެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ވެސް ޝަރަފަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. އަފާފް އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްގެން ހުރި ގޮތުންނާއި އޭނަގެ އަޑު ތުރުތުރު އަޅަމުން ދިޔަ ގޮތުން ޝަރަފްގެ ޚިޔާލުތަކުން އޭނައަށް ހާސްފަހަރު އަފާފް ގާތަށް ގޮސް އޭނަ މަތިން އަޅައިގެން ހުރި  ދެވަނަ ޖެކެޓު އަފާފަށް ދެވުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ޖެހިލުންވިއެވެ. އަފާފް ފެނުނު ފުރަތަމަ ދުވަހު އޭނަގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން އެދުވަހާއި ޖެހެންދެން ވެސް އޭނަގެ ހިތުތެރޭގައި އޮތް ފަދައެވެ. މިއަދު އޭނައަކީ އަންހެން ކުދިންގެ މެދުގައި މަޝްހޫރު މީހަކަށް ވިޔަސް އެ ޚާއްޞަ އަންހެން ކުއްޖާ ކައިރިއަށް ދިޔުމަށް އޭނަގެ އެ ނުތަނަވަސްކަން އިޖާޒަތެއް ނުދިނެވެ.

 

ޝަރަފަށް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ އަންހެން ކުދިންގެ ވާހަކަތައް ސަމާލުކަން ދެވުނީ، ލޫސީ އޭނަގެ ޢާއިލީ މައްސަލަތައް ކިޔައިދިނުމުން އަފާފް އޭނައަށް ނަޞޭޙަތް ދޭން ފެށުމުންނެވެ.

 

“ލޫސީ…..ތިހެން ވާހަކަ ދައްކާކަށް ނުވާނެ ބައްޕައާމެދު. ބައްޕަ ހާދަ ގިނަ ކަންތައް ކޮށްދެއޭ ލޫސީއަށްޓަކައި. ލޫސީ ލައިގެން ތިހިރަ ރީތި ހެދުން ވެސް ދިނީ ބައްޕައެއްނު؟ ލޫސީއަށް ކާންދީ، ލޫސީ ސްކޫލަށް ގެންގޮސް ލޫސީ އުފާކޮށްދޭން ކުޅޭ އެއްޗެހިވެސް ގަނެދެނީ ބައްޕައެއްނު؟ އެ ހުރިހާ ކަމަކަށްފަހު ވެސް ބައްޕަ ދޫކޮށްލާފަ އައިއްސަތަ ތިހިރީ؟” އަފާފް އެންމެ ފަހަކަށް ކޮށްލި ސުވާލުން ދުރުގައި ހުރި ޝަރަފަށް ސިހުމެއް ލިބުނެވެ. އޭނައަށް ހީވީ އެ ސުވާލު އަމާޒުވީ ޚުދު އޭނައަށް ހެންނެވެ. ޚުދު އޭނަ ވެސް އެހެރީ އޭނަގެ ބައްޕަ ދޫކޮށް އައިސްފައި ނޫންހެއްޔެވެ؟ މިއަދު އޭނަ އަމިއްލައަށް ކައި އަމިއްލައަށް ހެދުން ލައި އަމިއްލަ އުފާތަކެއް ޙާޞިލުކުރަމުން ދިޔަޔަސް، އޭނަ ކުޑައިރު އެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނީ އޭނަގެ ބައްޕައެވެ. އަތްމަތި ދަތިވެގެން ދިޔަ ދުވަހުވެސް ބައްޕައަށް ވީވަރަކުން އޭނައަށް އެންމެ ކަމުދާ އެއްޗެހި އޭނައަށް ހޯދައިދޭން މަސައްކަތް ކުރިކަން އޭނައަށް ކުއްލިއަކަށް އިޙްޞާޞް ކުރެވުނެވެ.

 

 

ބައްޕަގެ ހަނދާންތަކުން ސިކުނޑި ފުރި، އޭނައަށް އެހާ ހެޔޮކޮށް ހިތި ބައްޕަ ދޫކޮށް އާދެވުނު ކަމަށްޓަކައި ހިތުގައި އުދާސްކަމެއް އުފެދިގެން ދިޔަދިޔަހެން އަނެއްކާވެސް އަފާފްމެން ދައްކަމުން ދިޔަ ވާހަކަތަކަށް އޭނައަށް ދެވެމުން ދިޔަ ސަމާލުކަން ކުޑަވިއެވެ. އަފާފް ލޫސީއާ ވާހަކަ ދައްކަން ބައިގަޑިއެއްހާއިރު ވަންދެން އިނުމަށްފަހު ހޮޓެލަށް އައި ވަގުތު ޝަރަފް ހުރީ އޭނައަށް ގޮވާލަން ކަމަށެވެ. އެހެނަސް އެވަގުތު އަމިއްލަ ނަފްސު ކުށްވެރި ކުރެވިފައިވި މިންވަރުން އެކަމަށްޓަކައި ހިތްވަރެއް ނުލިބުނެވެ. އޭނަ ކަހަލަ މީހަކު އަފާފަށް ކަމުދާނީ ކިހިނެއްތޯ ހިތަށް އަރަމުން ދިޔައީތީވެއެވެ.

 

އެރެއަށްފަހު ކޮންމެ ރެއަކުހެން ޝަރަފަށް އަފާފާއި ލޫސީ އެ ބެންޗުން ފެނެއެވެ. ލޫސީ އެއް ވާހަކަތަކެއް ތަކުރާރު ކުރުމުން އަފާފް އެއްޒާތެއްގެ ނަޞޭޙަތްތައް އަޑު އިވެމުން ދިޔަދިޔަހެން ބައްޕަގެ ޚަބަރެއް ބެލުމުގެ ޝައުޤު ޝަރަފްގެ ހިތުގައި އުފެދެމުން ދިޔައެވެ. އެހެނަސް އޭނަ އެއްގޮތަކަށް ވެސް ބައްޕައަށް ގުޅޭނެ ނަންބަރެއް ހަނދާނެއްނެތެވެ. ސިކުނޑިއަށް ބާރުލިއެއްކަމަކު ދޮންތަގެ ނަންބަރެއް ވެސް ހަނދާނަކަށް ނައެވެ. ފުރަތަމަ މަހު މުސާރަ ލިބުމުން ރާއްޖެއަށް ގޮސް އެމީހުންނާއި ބައްދަލުކުރަން ހިތަށްއެރިއެއްކަމަކު އޭނަ ޙަޔާތުގައި އައިސްފައި އޮތް ހިސާބުން އެމީހުން އޭނަ ބަލައިގަންނާނެތޯ ހިތަށްއެރިއެވެ. އެއާއެކު އެހެންވާނީ ކިހިނެއްތޯވެސް ހިތަށްއަރައެވެ. އޭނަގެ ބައްޕައަކީ ރިސޯޓެއްގައި ރާ ވިއްކުމުގެ ޚިދުމަތް ދޭން ޖެހުމުން ވެސް ވަޒީފާ ދޫކޮށްލި މީހެކެވެ. މިއަދު އޭނަ ރާ ވިއްކާ ވިޔަފާރިއެއް ފަށައިގެން އުޅޭކަން އެނގުމުން އޭނަގެ ބަލި ބައްޕައަށް ވެދާނެ ގޮތެއްވެސް އެނގެނީއެއްނޫނެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ މިފަދަ ނޭދެވޭ ޚިޔާލުތަކެއްގެ ސަބަބުން އާދައިގެ މަތިން ޝަރަފަށް އިހުނަށްވުރެ ގިނައިން އޭނަގެ ކްލަބްގެ ތެރޭގައި ވަގުތު ހޭދަކުރެވެން ފެށިއެވެ. އެއްރެއަކު ޝަރަފް ކްލަބްގެ ބާރގެ ކައިރީގައި އިނދެ އިތުރު ތަށްޓެއް ބުއިމަށްޓަކައި ވޮލެޓް ހުޅުވާލި ވަގުތު އެ ވޮލެޓުގައި އެއްވެސް ލާރިއެއް ނެތެވެ. މާޔޫސްކަމާއެކީ ވޮލެޓު ލައްޕާލަމުން ދާން އުޅުނު ވަގުތު އޭނަގެ ފުރަގަހުން އޮސްޓްރޭލިޔާގެ ފިރިހެނަކު ވާހަކަ ދެއްކިއެވެ.

 

 

“ލާރި ބޭނުންވެގެންތަ؟” އެ ބީރައްޓެހި ފިރިހެން މީހާ އިނގިރޭސި ބަހުން އަހާލިއެވެ. އެމީހާ އެފަދަ ސުވާލެއް ކުރުމުން ޝަރަފް ހިސާބަކަށް ނުރުހުންވިއެވެ.

 

“ނޫން.” އަމިއްލަ ޤަދަރާއި ޢިއްޒަތަށްޓަކައި ޝަރަފް ދޮގެއް ހަދާލަމުން އޭނަ އިން ގޮނޑިން ފޭބިއެވެ.

 

“ލާރި ލިބޭނެ ގޮތެއް އެބައޮތް…..އަހަންނަށް ކުޑަ ކަމެއް ކޮށްދީގެން.” އެމީހާ ބުނެލިއެވެ. އެއާއެކު ޝަރަފް ޝައުޤުވެރިވިއެވެ. ކްލަބް ހިންގާތީ އޭނައަށް ވަޒީފާއަކަށް ނުދެވުނަސް ‘ކުޑަ’ ކަމެއް ކޮށްދީގެން ލާރިއެއް ލިބުނިއްޔާ އެއީވެސް އެއްވަރު ނޫންހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން ޝަރަފަށް ވަގުތުން ކޮން ކަމެއްތޯ އަހާލެވުނެވެ. އެމީހާ އޭނަ ކައިރީގައި އެދުނީ އެ ކްލަބަށް ޤަވާޢިދުން އަންނަ ބާރުގަދަ ދެ ޒުވާނުން ކަމަށްވާ ޖޭސަން އާއި ނީލްގެ ދެމެދުގައި ހަމަނުޖެހުމެއް އުފެއްދުމަށެވެ. އެމީހާ ބުނިގޮތުގައި އެކަން ކުރަނީ ސަމާސާއަކަށެވެ. އެމީހުންނަށް ކުޑަ ސަޕްރައިޒެއް ދިނުމަށްޓަކައެވެ. އޭނަ ގާތު އެދެވުނު އެދުން ފުރިހަމަ ކޮށްދިނުމަށް ޝަރަފް ޖެހިލުންވީ، އެ ނަންގަތް ދެ ޒުވާނުންނަކީ ވެސް ކިހާ ނުފޫޒުގަދަ ބައެއްކަން އެނގުންވުމުންނެވެ. ޖޭސަން ކަމަކާމެދު ރުޅިއައިސްފިނަމަ ވަގުތުން އޭނަގެ ކޮޅު ނަގަން ދިހަ ވަރަކަށް މީހުން ތެދުވާނެއެވެ. ނީލްވެސް ހަމަ އެފަދައެވެ. އެހެނަސް ޝަރަފް އެންމެ ފަހުން އެއްބަސްވީ އެމީހާ އެކަން ކުރުވުމަށް ހަމަ އެވަގުތުން ވަގުތަށް އޭނަގެ އަތަށް ސަތޭކައިގެ ޑޮލަރު ބޮނޑިއެއް ލައިދިނުމުންނެވެ. ހިތާހިތުން ވެސް އެކަން ކުރުމަށް އެއްބަސްވެލެވުނީ އެމީހާ އެބުނި ‘ސަޕްރައިޒެއް’ ލިބުމުން ކްލަބްގެ ތެރޭގައި ހިނގާނެ ހަމަނުޖެހުން ރަނގަޅު ވެދާނެކަމަށް ނިންމުނީތީވެއެވެ.

 

އެހެންކަމުން ޖެހިގެން އައި ރޭ، ޝަރަފް އޭނައާއި ޙަވާލުކުރެވުނު މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ޖޭސަންއައިތާ ބައިގަޑިއެއްހާ އިރު ފަހުން ނީލް ވެސް ކްލަބަށް ވަދެގެން އައުމުން ޝަރަފް ޖޭސަންގެ ކައިރީގައި ގޮސް ޖައްސާލީ އެ ދެމީހުން ކުރެ އޭނައާއި އެންމެ ގާތީ ޖޭސަން ކަމަށްވާތީވެއެވެ. ދެމީހުން ދަނީ ވެސް އެއްޖިމަކަށް އެއްގަޑިތަކެއްގައި ކަމަށްވާތީ އެ ދެމީހުންގެ ދެމެދުގައި އުފެދިފައިވަނީ ގާތް އެކުވެރިކަމެކެވެ. އެރޭ ވެސް ޝަރަފް ޖޭސަން ކައިރީގައި އިނދެ، އެކުވެރިކަމާއެކީ އެކިއެކި ވާހަކަތައް ދައްކަމުން ގޮސް އޭނައަށް އިވުނޭ ކިޔާފައި ޖޭސަންގެ އަންހެނުންގެ ނޭދެވޭ ވާހަކައެއް ކިޔައިދިނެވެ. އަދި މައުސޫމް މޫނަކާއެކީ އެއީ ތެދެއްތޯ އަހާލީ ޖޭސަން ރުޅިން ރަތްވެފައި ވަނިކޮށެވެ. ޖޭސަން ޝަރަފަށް ކުރާ އިތުބާރެއްގެ ސަބަބުން ޝަރަފަށް އެ ރުޅި އަމާޒެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ވާހަކަތައް ދެއްކީ ކާކުތޯ ޝަރަފް އުއްމީދު ކުރި ފަދައިން އޭނަ ގާތު އަހާލެވުނެވެ. އެއާއެކު އޭނަ ނީލްގެ ނަން ބުނެލުމުން ޖޭސަން އޭނަގެ ޖާނުން ވަރުގަދަ ހަށިގަނޑާއެކީ ތެދުވެ ނީލްއާއި ދިމާލަށް ދިޔައެވެ. އަދި ނީލް ތެދުކޮށް އޭނަ ކޮއްޕަމުން ކްލަބުން ބޭރަށް ގެންދިޔައެވެ. އެ ދެމީހުންނާއެކީ ދެމީހުންގެ ބައެއް އެކުވެރިންތަކެއް ވެސް ނިކުތެވެ. ޝަރަފަށް އެ މަންޒަރު ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށް ބޯހޫރުވާލެވުނީ ކާމިޔާބުގެ ހިނިތުންވުމަކާއި އެކީގައެވެ. އޭނަ ހާދަހާވެސް މޮޅޭ އެވަގުތު ހިތަށްއެރިއެވެ. ކްލަބުގެ ބިއްލޫރި މައިދޮރާއި ބޮޑެތި ކުޑަދޮރުތަކުގެ ބޭރުން ހަމަނުޖެހުން ރަނގަޅަށް އުފެދިގެން ދިޔަ ވަގުތު ޝަރަފަށް ކްލަބްގެ ވަށައި ހޯދާލެވުނީ އޭނައަށް ފައިސާ ދިން މީހާ ފެނޭތޯއެވެ. އެހެނަސް ކްލަބްގެ ވަށައި ބުރެއް އަޅާލެވުނު ވަގުތުވެސް އެމީހަކު ފެންނާކަށް ނެތެވެ. ޝަރަފް މާ ބޮޑު އަޅާލުމެއްނެތި އަނެއްކާވެސް ބާރގެ ކައިރިއަށް ދިޔައީ، ބޭރުގައި ހިނގަމުން ދިޔަ ހަމަނުޖެހުން އިރުކޮޅަކުން ނިމިދާނެކަމަށް ހީކޮށެވެ.

 

އެހެނަސް އިރަށްއިރަކަށް ބޭރުތެރޭގައި ދިޔައީ އަޑުގަދަ ވަމުންނެވެ. ބާރގެ ކައިރީގައި އިނދެ ޝަރަފް އެ ބިއްލޫރި ދޮރުން ބޭރުބަލާ ކޮންމެ ފަހަރަކުހެން މީހުން ދަނީ އެ ހިސާބުގައި ގިނަވަމުންނެވެ. އެކަމާމެދު އަޅާލުމެއްނެތި ޝަރަފް އޭނަގެ ބުއިންތަކާއެކީ ވަގުތު ހޭދަކުރަމުން ދަނިކޮށް ކުއްލިއަކަށް ހުއްޓުން އެރީ އޭނަގެ ފޯނުން ގަޑި ފެނިގެން ދިޔުމުންނެވެ. ގަޑިން 10:30 ވާން ގާތްވެފައިވި މަންޒަރު ފެނިފައި ޝަރަފަށް ކުއްލިއަކަށް ބޭރަށް ބަލާލެވުނީ އަފާފްގެ ނަން ހިތަށް ވެރިވުމުންނެވެ. އަފާފް ޢާއްމު ގޮތެއްގައި އެ ކްލަބާއި ނުހަނު ގާތް ހިސާބެއްގައި ހުންނަ ބެންޗުގައި ލޫސީއާއެކީ ހުންނަނީ އެވަގުތުގައި ކަމަށްވާތީވެއެވެ. ޝަރަފް ބަލަބަލާ ހުއްޓާ ބޭރުން ފުޅިތަކެއް ތަޅަން ފެށި އަޑު އިވުމުން އޭނައަށް ވަގުތުން އޭނަ އިން ގޮނޑިން ފައިބައިގެން ދިގު ފިޔަވަޅުތަކެއްގައި ކްލަބުން ނިކުތީ ނުތަނަވަސްވެފައިވި ހިތަކާއެކީގައެވެ. އެހެނީ ކުރިން ފަހަރެއްގައި ވެސް މިފަދަ ގޮތަކަށް ހިނގި ހަމަނުޖެހުމެއްގައި މުޅި މަގުގައި ތިބި އެންމެންނަށް ވެސް އޭގެ އަސަރު ފޯރިއެވެ. މިރޭ އޭނަ އަމިއްލަ އަތުން ރޯކުރި އަލިފާނުގެ ހޫނުކަން އަފާފާއި ހަމައަށް ފޯރާކަށް އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނަ އަވަސްވެފައިވި ހިތަކާއެކީ ކްލަބްގެ ދޮރު ހުޅުވައި އަފާފްމެން އިށީނދެގެން ތިބޭ ބެންޗު ފެނޭތޯ ބެލިއެވެ. އެހެނަސް މީހުން ގިނަވެފައިވުމުން ޝަރަފަކަށް އެއްވެސް މަންޒަރެއް ސާފެއްނުވިއެވެ. އޭނަ ރުޅިން ރަތްވެފައި ތިބި މީހުންތަކުގެ ތެރެއިން ފުރޭނެމުން ފާރުގެ ކައިރިން ގޮސް އެ ބެންޗު ހުންނަ ހިސާބާއި ހަމަ ކުރިއެވެ. ވަކި ހިސާބަކުން އޭނައަށް މީހުންތަކުގެ ތެރެއިން މަގުގެ އަނެއްފަރާތުގައި އެވަގުތު ހުހަށް ހުރި ބެންޗު ފެނުނެވެ. ޙައިރާންކަމާއެކީ އޭނަ ކަޅި ހިންގާލިތަނާހެން އެ ބެންޗުގެ ކައިރިން އެތާ ފަހަތަށް ދާން މިޞްރާބު ޖެހި އަފާފް އޭނައަށް ފެނުނެވެ. އޭނަ އަފާފްގެ ގާތަށް ދިޔުމަށް ޚިޔާލުކޮށްލިތަނާހެން ފެނުނު މަންޒަރަކުން އޭނަގެ ދެލޯ ބޮޑުވިއެވެ. މީހުންތަކުން ފުރިފައިވި އެ ޕޭވްމެންޓުގެ މެދާއި ހިސާބުގައި ހުއްޓިހުރީ ފިސްތޯލެއް ސީދާ އަފާފާއި އަމާޒު ކޮށްގެން މޫނު ފޮރުވައިގެން ހުރި މީހެކެވެ. މިއީ އޭނައަށް ހީވާ ހީވުމެއް ނޫންކަން ޔަޤީންކުރުމަށްޓަކައި ޝަރަފް އެއްފިޔަވަޅު އަޅާލަމުން ސީދާ އެމީހާގެ ފަހަތަށް ވާ ގޮތަށް ފާރުގެ ކައިރިން ޖެހިލިއެވެ. އޭނަގެ ހީ ޔަޤީނަކަށް ބަދަލުވީ ތަނާހެން ޝަރަފަށް ހަޅޭއްލަވައިގަނެވުނެވެ.

 

“އަފާފް!!!” ޝަރަފްގެ އަޑު މުޅި ތަނުގައި ގުގުމާލި ވަގުތު އޭނައާއި ދިމާލަށް ބެލި މީހުންގެ ތެރޭގައި ފިސްތޯލު ހިފައިގެން ހުރި އެމީހާ ވެސްވިއެވެ. ޝަރަފް އެއްވެސް މީހަކަށް ފަރުވާލެއްނެތި ބިންމަތީގައި އޮތް ބޮޑު ގަލެއް އޭނަގެ އަތަށް ނެގީ އަފާފަށް އަނިޔާކުރަން އުޅުނު މީހެއްގެ ދުވަސްދުއްވާލުމަށެވެ. އެމީހާގެ ބޮލަށް އަމާޒުކޮށް ޝަރަފް އޭތި އަތުގެ ކޮޅަށް ހޫރާލިތަނާހެން އެމީހަކު ޚުޝިޔާރުކަމާއެކީ ތިރިވެލިއެވެ. ނަތީޖާއެއްގެ ގޮތުން އެ ގާ ދިޔަ ނުދިޔަ ދިމާލެއް ނޭނގި ފަޅި ސިކުންތަކަށް ޝަރަފަށް ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނައާއި ދިމާ ކުރިމަތިން ފެންނަމުން ދިޔަ އަފާފް ކުއްލިއަކަށް ފަހަތަށް ޖެހިލި މަންޒަރު އޭނައަށް ފެނުނެވެ. އަދި އިސް އޮބާލަމުން މޫނާއި ދިމާލަށް އަތް ގެންނަން އުޅުނުތަން އޭނައަށް ފެނުނެވެ. ކޮންމެވެސް ގޯހެއް ހިނގައިފިކަން އެނގި ވައި އަޑުން އަފާފްގެ ނަން ކިޔާލަމުން އޭނައަށް އެ ދިމާލަށް ދުއްވައިގަނެވުނެވެ. އަފާފް ބިންމައްޗަށް ތިރިވަމުން ދިޔަ މަންޒަރާއެކީ އޭނަގެ ލޮލާއި ދިމާލުން ލޭ ފެނިފައި ޝަރަފްގެ މެއަށް ނުބައި ގޮތެއްވިއެވެ. އަފާފްގެ ކަކޫ ބިންމަތީގައި ޖެހި އޭނަ ބިންމައްޗަށް ދެމެން އުޅުނު ވަގުތު ޝަރަފް ގޮސް ތިރިވެ އޭނަގެ ބާރުގަދަ ދެއަތުން އަފާފްގެ ގައިގައި ހިފަހައްޓައި އޭނަގެ އަތްމަތީގައި އަފާފް ބޭއްވިއެވެ. އަފާފް އޮތްގޮތް ފެނިފައި ވެސް ލޮލުން ކަރުނަ ހިލިގެން ދިޔަ ޝަރަފް ހުއްޓުން އެރީ އެތާ ކައިރީގައި ވެއްޓިފައި އޮތް ގަލެއް ފެނުމުންނެވެ. އެ ގާ އޮތް ބައްޓަމާއި އޭގައި ލޭގެ އަސަރު ފެނިފައި ވީގޮތް ނަގައިގަނެވުނު ހިނދު ޝަރަފަށް އަމިއްލަ ނަފްސަށް އައި ރުޅީގައި އަނެއްކާވެސް ހަޅޭއްލަވައިގަނެވެން އުޅުނެވެ. އެހެނަސް އަފާފްގެ މޫނަށް ބަލާލުމުން އޭނައަށް ލިބުނު ހިމޭންކަމެއްގެ ސަބަބުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އައިމް ސޮރީ…..އައިމް ސޯ ސޮރީ.” ވައި އަޑުން ޝަރަފަށް އެހެން ބުނެލެވުނީ އަފާފް އޭނައާއި އިތުރަށް ގާތްކުރަމުންނެވެ. އަފާފް އެފަދަ ޙާލެއްގައި އޮތެއްކަމަކު މިއީ އޭނަ ފުރަތަމަ ފަހަރަށް އަފާފާއި ވާހަކަ ދެއްކި ފަހަރަށްވުމުން އަފާފްގެ ފަރާތުން ޖަވާބަކަށް އޭނައަށް ހިތާހިތުން އުއްމީދު ކުރެވުނެވެ. އެހެނަސް އަފާފް އެވަގުތު ހޭނެތުނުކަން ޔަޤީންވުމުން ޝަރަފްގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ހިތުން އުއްމީދު ނެތިދިޔައެއްކަމަކު އޭނަ އަވަސްއަވަހަށް ކަރުނަ ފޮހެލަމުން ލުއި ފަތެއްހެން އަފާފް އޭނަގެ އަތްދަނޑިމައްޗަށް އުފުލިއެވެ. އަދި އޭނައަށް އެޅޭ އެންމެ ދިގު ފިޔަވަޅުތަކެއްގައި ގޮސް ކްލަބާއި ތަންކޮޅެއް ދުރު ހިސާބެއްގައި ޕާކް ކުރެވިފައި އޮތް އޭނަގެ ކާރާއި ހަމައަށް ދިޔައެވެ. އެއަށްފަހު އަވަސްއަވަހަށް އަފާފް އެ ކާރުގެ ފަހަތަށް ލައި އޭނަ އަމިއްލައަށް ޑްރައިވާރސް ސީޓަށް އަރައި އެމްބިއުލާންސަކަށްވުރެ ވެސް ބާރު ސްޕީޑެއްގައި ދުއްވާލީ ކައިރީގައި ހުރި ހޮސްޕިޓަލަށް ދިޔުމަށެވެ.

 

ޝަރަފް ހޮސްޕިޓަލަށް ވަދެގެން ދިޔައީ ވެސް އަފާފް އަތްދަނޑިމައްޗަށް އުފުލައިގެން ބާރު ފިޔަވަޅުތަކެއްގައެވެ. ވަގުތުން ވަގުތަށް އެމަޖެންސީކޮށް އަފާފަށް ފަރުވާ ދެވެން ފެށުމުން ވެސް ޝަރަފަށް ހުރެވުނީ ހިތް އަވަސްވެފައެވެ. އަފާފް ވަގުތުން ވައްދާލެވުނީ އެމަޖެންސީ ރޫމުގެ ތެރެއަށެވެ. އެއަށްފަހު މާ ގިނައިރެއްނުވެ ޝަރަފްގެ އަތަށް ފޯމެއް ދިއްކޮށްލެވުނީ ސާރޖަރީއެއް ހެދުމުގެ ހުއްދަ ހޯދުމުގެ ގޮތުންނެވެ. އެ ފޯމު ފުރުން އޭނައަށް ޙައްޤު ނޫންކަން އެނގުނެއްކަމަކު ޝަރަފް އޭނައަށް އަފާފާއި ބެހޭގޮތުން އެނގިފައި ހުރި މިންވަރަކުން ފޯމު ފުރައި ސޮއިކުރިއެވެ. އެއާއެކު އަފާފް އޮތް އެނދު އެމަޖެންސީ ރޫމުން ނުހަނު ބާރުމިނެއްގައި ތިއޭޓަރަށް ބަދަލުކުރެވިގެން ދިޔަ މަންޒަރު ފެނިފައި ޝަރަފް ދުވަހަކުވެސް ހާސްނުވާވަރަށް ހާސްވިއެވެ. ތިއޭޓަރުގެ ތެރެއިން ވަދެ ނިކުންނަމުން ދިޔަ ނަރުހުން ކައިރިން އޭނައަށް ހުއްޓުމެއްނެތި އަފާފްގެ ޙާލު އެހެމުން ދިޔައެވެ. އެމީހުންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ޝަރަފްގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. އޭނަ އެންމެ ފަހުން އެތާހުރި ގޮނޑި ބަރީގައި އިށީނދެ މޫނު ފޮރުވާލީ ހަދާނެ ގޮތް ހުސްވުމުންނެވެ. އޭނަ އިންގޮތަށް އިންދާ އަފާފްގެ ބައްޕަ މަތިން ހަނދާންވީ ކުއްލިއަކަށެވެ. ދެދުވަހެއްގެ މަތިން އަފާފް އޭނަގެ ބައްޕައާއެކީގައި މަގުން ދިޔަތަން ފެނިފައި އަފާފް އައިސްގެން އުޅެނީ އޭނަގެ ބައްޕައާއި އެއްކޮށްކަން ޝަރަފަށްވަނީ އެނގިފައެވެ. އެހެންކަމުން ޝަރަފް ނެޓަށްވަދެ ހުސެއިންގެ ވިޔަފާރިތަކަށް ޚާއްޞަ ކުރެވިފައިވާ ސައިޓަށްވަނެވެ. އަދި އެ ސައިޓުން ފެނުނު ނަންބަރަކަށް ގުޅާލުމަށްފަހު އަފާފް އެ ހޮސްޕިޓަލުގައި އޮތް ވާހަކަ ހުސެއިނަށް އަންގާލަދިނުމަށް އެދުނެވެ.

 

ގަޑިއެއްހާއިރުގެ ސާރޖަރީއަށްފަހު ލޮލުގައި ފޮތިގަނޑެއް ބަނދެވިފައި އޮތް އަފާފް ތިއޭޓަރުން ނެރެވުނު ވަގުތުވެސް ހުސެއިނަކަށް ހޮސްޕިޓަލަށް ނާދެވެއެވެ. އެހެންކަމުން އެއަށްފަހު ވެސް އަފާފްގެ ހުރިހާ ކަމެއް ހަމަޖެއްސީ ޝަރަފެވެ. އޭނަގެ އެކައުންޓުގައި ހުރި ލާރި ބޭނުންކޮށްގެން އަފާފް ޕްރައިވޭޓް ރޫމަކަށް ގެންދިޔައެވެ. ތިއޭޓަރުން ނެރެވުނު ވަގުތު އަފާފް ބުރުގާ ނާޅާ އޮތް މަންޒަރު ފެނިފައި ޝަރަފަށް ދުރު ބެލެން ފެށީ ބޭއިޚްތިޔާރުގައެވެ. ނޭނގޭ ސަބަބަކާހުރެ ޕްރައިވޭޓް ރޫމުގައި އެކަނި އޮތް އަފާފްގެ ގާތަށްދާން ހިތް އެހާ ވަރަށް އެދުމުން ވެސް އޭނައަށް އެ ފިޔަވަޅު އަޅާކަށް ނުކެރުނެވެ. އަފާފް އެފަދަ ގޮތަކަށް އޮތްވާ އޭނަ ޤަޞްދުގައި ބަލާކަށް އަފާފް ނޭދޭނެކަން އެނގުންވީތީވެ ކަންނޭނގެއެވެ. އަފާފް ހިތް އެދޭ ގޮތަށް ކަންތައް ކުރުމަށް އޭނަގެ އަމިއްލަ ނަފްސާއި ދެކޮޅަށް ވެސް ހިތުގައި އޮތް ޢަޒުމުގެ ވަރުގަދަކަން އޭނައަށް އިޙްޞާޞް ކުރެވުނީ އެރެއެވެ.

 

ހުސެއިނަށް ހޮސްޕިޓަލަށް އާދެވުނީ އަފާފް ޕްރައިވޭޓް ރޫމަކަށް ބަދަލު ކުރެވުނުތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. ހުސެއިން ރެސެޕްޝަނުން މަޢުލޫމާތު ހޯދައިގެން ނަރުހެއްގެ އެހީގައި އެ ރޫމާއި ދިމާލަށް އަންނަތަން، ރޫމުގެ ދޮރުގައި ހުރި ޝަރަފަށް ފެނުނެވެ. އެއާއެކު އޭނަ ވަގުތުން ނޫންކަމަށް ހަދާފައި އެ ކޮރިޑޯ ތެރޭގައި ހިނގާކަމަށް ހެދުނެވެ. ހުސެއިން އެ ރޫމަށް ވަނީވެސް ޝަރަފް އެތާ ކައިރީގައި ވަނިކޮށެވެ. އިރުކޮޅެއްނުވެ ހުސެއިން ޑޮކްޓާރއޭ ކިޔާފައި ނިކުމެގެން އައި މަންޒަރުވެސް އޭނަ ދުށްޓެވެ. މިނެޓްތަކެއްގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހަކު ގޮވައިގެން ހުސެއިން އައިއިރު އޭނަ ކޮށްލި ސުވާލުން އަނެއްކާވެސް ޝަރަފްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ.

 

“ޑޮކްޓާރ ދެން އަފާފަށް ފެންނާނެތަ؟” ހުސެއިން ކަންބޮޑުވުމަކާއެކީ އެހިއެވެ.

 

“އެކަން އެނގޭނީ ބެންޑޭޖް ނަގާލީމަ. ޔަޤީނެއްނޫން.” ޑޮކްޓަރު ދިން ޖަވާބުން ޝަރަފް ވެސް ކަންބޮޑުވިއެވެ. ތިން މީހުން އެކީގައި އެ ރޫމަށް ވަނުމުން ޝަރަފަށް އެ ދޮރު ކުޑަކޮށް ހުޅުވާލެވުނީ އަފާފަށް ވާނެގޮތް ދެނެގަންނަން ބޭނުންވި މިންވަރުންނެވެ. ދޮރުގެ ދޭތެރެއިން ހުޅުވިފައިވި ހަނި ދާއިރާއިން އޭރުވެސް އެނދުގައި އިށީނދެގެން އިން އަފާފް ހާސްވެފައިވި މިންވަރު އޭނައަށް އަންދާޒާ ކުރެވުނެވެ. ޑޮކްޓަރު ދެއްކި ބައެއް ވާހަކަތަކަށްފަހު ނަރުސް ކުއްޖާ އަފާފްގެ ލޮލުން ފޮތިގަނޑު ނަގާލި ވަގުތު ޝަރަފަށް ނޭވާ ހިފަހައްޓާލެވުނެވެ. އޭގެ މާގިނައިރެއްނުވެ އަފާފް ދެލޯ ބޮޑުކޮށްގެން އިނދެ ދެލޯ އުނގުޅަން ފެށުމުން ޝަރަފްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭގެ މާގިނައިރެއްނުވެ އަފާފް ގިސްލަމުން ގޮސް ހަޅޭއްލަވަން ފެށި ވަގުތު ޝަރަފަށް ހީވީ އޭނަގެ ވުޖޫދު ހުއްޓުމަކަށް އައީހެންނެވެ.

 

****

 

 

ހޮސްޕިޓަލްގެ އެނދުމަތީގައި އޮތް ޝަރަފަށް ދެލޯ މަރައިގެން އޮވެފައި ލޯ ހުޅުވާލެވުނު ވަގުތު އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. ވޯޑަށް ވެރިވެފައި އޮތް ފަނޑު އަލި ކަމުގެ ތެރެއިން ވެސް އޭނަގެ ލޮލަށް ޖަމާވެފައިވި ކަރުނަތަކުގެ ވިދުން ފެންނަމުން ދިޔައެވެ. އޭނައަށް ފުން ނޭވާތަކެއް ލެވެމުން ދިޔައިރު އޭނައަށް ހީވީ މޭމަތީގައި އުފެދިފައިވި ރިހުމެއްގެ ސަބަބުން އޭނަގެ ހިތް ފަޅައިގެން ހިނގައިދާނެހެންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތާ ފުރާނައިން… (2)

Next

މަރު އަންނާނެ ވަގުތެއް ނޭނގޭ…

Next
January 1, 2018

މަރު އަންނާނެ ވަގުތެއް ނޭނގޭ…

Previews
December 31, 2017

ހިތާ ފުރާނައިން… (2)

31 Comments!

  1. Jana says:
    December 31, 2017 at 8:34 pm

    Assalaam’alaikum. jana ithuru kuran ulhunu thankolhu dhiguvegen gos episode akah badhaluvejje 😛 hehe…next part anna aharuge dhevana dhuvahu (tuesday) ga In Sha Allah 😀

  2. Yum says:
    December 31, 2017 at 8:55 pm

    Yay me first.. story varah reethi.. waiting for next part

    1. Jana says:
      January 1, 2018 at 8:54 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 next part maadhamaa In Sha Allah 😀

  3. Lam says:
    December 31, 2017 at 8:58 pm

    Vvv reethi…masha Allah

    1. Jana says:
      January 1, 2018 at 8:54 pm

      Alhamdhulillah! 🙂

  4. Maaaa ? says:
    December 31, 2017 at 9:19 pm

    Masha allah varah reethi mipart?? alhey thankuu mihaa dhigu kon genesdhinytha ?

    1. Jana says:
      January 1, 2018 at 8:55 pm

      hehe….abadhuves dhigukoh genesdheveytho masakkaiy kuraanan In Sha Allah 🙂 Alhamdhulillah!

  5. Sana says:
    December 31, 2017 at 9:26 pm

    Masha Allah varah reethi….
    Alhey jana daily koh me story up kohdeeybaa pls ???????????

    1. Jana says:
      January 1, 2018 at 8:59 pm

      alhey sana. daily koh up kurumaky v dhathi kameh. mi dhebaives jehijehigen mi genesdhevuny jana kuran kanda alhaafa huri ehenihen baivaru kanthahthakeh sacrifice koggen. komme komme dhuvahaku ehen hedheykah neh. mi bai jehigen ai dhuvahu mi genesdhiny thiya kiyuntherinnah vaudhu vevifai othythy. plus mi story ge baithakaa ekyga hunna fb post thah liyany ves jana. ey ves vaahaka aa evvarah muhimmu ehchegge gothugai jana dhekeny. emme effective koh vaahaka aa fb post thah genesdheveyny dhe dhuvahun ehdhuvahu veema egothah mi genesdheny 🙂 hope you will understand In Sha Allah

  6. Pinky shifoo says:
    December 31, 2017 at 10:12 pm

    Wow… Maasha Allah varah varah furihama mi part vx hama…. Waiting…

    1. Jana says:
      January 1, 2018 at 8:59 pm

      Alhamdhulillah! 🙂

  7. Neera says:
    December 31, 2017 at 10:35 pm

    V ves furihama… mi page ge emme favorite story writer jana thy… abadhu ves jana ah kuri erun libun edhi dhua kuran….aameen

    1. Jana says:
      January 1, 2018 at 9:00 pm

      Ma Sha Allah Neera ge dua thah ijaaba vegen kanneynge jana ge vaahaka thakun kiyuntherinnah faidhaa kurany 😀 hehe….Allah Knows best. Alhamdhulillah! 🙂

  8. xim says:
    December 31, 2017 at 11:13 pm

    Masha Allah this is the best

    1. Jana says:
      January 1, 2018 at 9:01 pm

      Alhamdhulillah! 🙂

  9. Shahoo says:
    December 31, 2017 at 11:19 pm

    Maasha allah??
    Waitin.. avahah up kohdhehchey plxx
    Ly jana ??

    1. Jana says:
      January 1, 2018 at 9:01 pm

      Alhamdhulillah! avahah up kureveytho mi masakkaiy kurany In Sha Allah. 🙂 Love you too sis 😀 <3

  10. Mimmi says:
    December 31, 2017 at 11:20 pm

    Warah hiygaimu

    1. Jana says:
      January 1, 2018 at 9:02 pm

      Alhadmhulillah! 😀

  11. Xxxx says:
    January 1, 2018 at 6:32 am

    Maasha Allah…varah furihama????? just amaazing ?

    1. Jana says:
      January 1, 2018 at 9:02 pm

      Alhamdhulillah! <3 😀

  12. Saeedha Mohamed says:
    January 1, 2018 at 7:20 am

    Shaugu huri varah ree thi vaa hakaeh?????

    1. Jana says:
      January 1, 2018 at 9:03 pm

      hehe….thi reethi vee varah faidhaa ves kuraane kamah ummeedhukuran In Sha Allah. 🙂 Alhamdhulillah!

  13. Ainth says:
    January 1, 2018 at 9:42 am

    V v v reethi konme dhuvahaku vess up kondhey nama v kiyaa hithun kiyaalevey konme part en vess ??

    1. Jana says:
      January 1, 2018 at 9:04 pm

      komme dhuvahaku up kureveykah nethey Ainth. really sorry about it. mihaaru genesdheven oiy emme avahah genesdhemun mi gendhany. In Sha Allah adhi up kuraa dhuvahu up kuraa gadi avas kureveytho masakkaiy kuraanan. Alhamdhulillah! 🙂

  14. Xaaaan says:
    January 1, 2018 at 7:08 pm

    Masha allah v reethi mipartves

    1. Jana says:
      January 1, 2018 at 9:04 pm

      Alhamdhulillah! 🙂

  15. aakko says:
    January 1, 2018 at 10:33 pm

    Beautiful story by a beautiful writer ..like it

  16. Anonymous says:
    January 1, 2018 at 10:58 pm

    Maa dheenveri vegen hama dhekken vegen.

  17. Shifa says:
    January 2, 2018 at 12:12 am

    Ma Sha Allah, Ibrathun furigenva Vaahaka eh. Jaxakillh khaeran.

  18. Shining star says:
    May 4, 2018 at 12:05 am

    Adhi alah mi site in vaahaka eh kiyan mi feshy.. And vaahaka hama varah furihama.. Kiyaa hithun kiyaalevey vaahaka eh.. May god bless you, ?

Comments are closed.

Next Episodeނޫރު (ނަވާރަވަނަ ބައި)←


All Right Reserved!