Skip to content
އެސްފިޔަ

އެ ބީހުން

ނިދީގެ އަސަރު ނުކެންޑި އެނދުމަތީ އޮންނަން ޖެހުމުން، ފޫހި ވެފައި އޮތް ޔަތްރިބުއައް ހޭލެވުނީ އޭނާ މަންމަ ހެނދުނު ނާސްތާއައް ސައި ތައްޔާރު ކޮއްފަ ގޮވަން ދޮރު ހުޅުވާލި ވަގުތެވެ. “ ދަރިފުޅާ !! ޔަތޫ !! ތެދުވޭ ދެން ، މިހާރު އެހެރަ ގަޑިން ދިހަ ގަޑި ބައި ވީ. “ . “ ލައްބަ މަންމާ ހޭލާ މި އޮތީ، މޫނު ދޮވެލައިގެން މިދަނީ. “ . އޭނާ އެނދުން ތެދުވެ ފާހަނައައް ވަދެ މޫނު ދޮވެލައިގެން ނުކުމެ ތަތްޔާރު ވަނީ ރޭގައި ލިބުނު ބީހުންތަކުގެ އަސްލު ހޯދުމުގެ ނިޔަތުގައެވެ.

” ދަރިފުޅާ !! ސައި ތަށި ހިހޫ ވަނިއްޔޭ ދެން އަވަހައް އާދޭ، ބައްޕަވެސް ދަރިފުޅު އަންނަންދެން އެބައިން.!!” ޝާތިރާ ގޮވާލީ އޭނާ ދަރިފުޅު ލަސްވާތީއެވެ. “ މަޑު ކޮއްބަލަ، އެސޮރު އެ އަންނަނީނު، “ މަޑު ހިނިގަނޑެއް ޖަހާލަމުން ޔާސިރު ބުނެލިއެވެ. “ އަހަރެން ބޭނުން އެ ސޮރައް އިތުރައް ކިޔަވަން ފުރުސަތު ދޭން މާލެ ފޮނުވަން، ޔާސިރު މިކަމާ ކީކޭ ބުނަނީ؟.” ޝާތިރާ އަހާލިއެވެ. “ތިޔަ ވާހަކަ ދައްކަން އަސްލު މިއައީ ގެޔައްވެސް، އެސޮރު ނިކުންދެން މަޑު ކޮއްލާ.” ލުއި ހިނިތުނ ވުމަކާ އެކު ޔާސިރު ބުނެލިއެވެ. އޭރު ޔަތޫ އައިސް ސުފުރާއަރާ ހަމަ ވަނީއެވެ. “ ބައްޕަ ހާދަ އަވަހަކައް އައި ދުވަހެއް، އަނެއްކާ މާ ޙާއްސަ ކަމެއް އޮތީތަ،” ޔަތޫ އަހާލީ އެއްވެސް މާނައެއް އޭގައި އެކުލަވާލައަގެނެއް ނޫނެވެ. “ އަސްލު ބައްޕަ ގެޔައް މި އައީ ދަރިފުޅު ކައިރީ ވާހަކަ އެއް ދައްކަންވެގެން، މިހާރު ދަރިފުޅުތީ ރަށު ފެންވަރުގައި މަތީ ތައުލީމް ޙާސިލް ކޮއްފައި ހުރި ޒުވާން ކުއްޖެއް، އުމުރުން އޮނަވިހި އަހަރުވެފަ ހުރި މައިންބަފައިންގެ ބަސް އަހާ ރަނގަޅު ދަރިއެއް، ބައްޕަ އަސްލު ބުނަން ބޭނުންވަނީ މަންމައާއި ބައްޕަގެ އެދުމެކޭ ދަރިފުޅު އިތުރައް ކިޔަވައިގެން މުޖުތަމައައް ފައިދާހުރި ކުއްޖަކައްވުން، އެހެނވީމަ މާލެއައް ދަރިފުޅު ކިޔަވަން ފޮނުވަން ބައްޕަ ގަސްދު ކުރަނީ،” ޔާސިރުގެ ދުލުން އެ ބަސްތައް ނިނމާލިއިރު ޔަތޫއައް އިންދެވުނީ ހުއްޓުން އަރާފައެވެ.

އިތުރު އެއްވެސް ބަހެއް ނުބުނެ އުދާހީ ކުލަވަރަކާއެކު އޭނާ ކޮޓަރިއައް ވަނެވެ. އެނދުމަތީ އިށީންދެލައިގެން ވިސްނުމެއްވެ ތެރެޔައް މުޅި ނަފްސު ގަނބާލީ އިޙތިޔާރަކާނުލައެވެ.

ވާހަކައިގެ ދެން އޮތް ބައި 28 ޑިސެމްބަރުގައި ގެނެސްދޭނަން

Comments (6)

  1. Sana

    Alhey thank you so much to uploading horror story I like horror storys……… Once again thank you ????
    Wait 4 next part….
    Keep it up ………

    1. Yamin Ali
      Sana

      In Sha Allah Soon Will update Next Part?

  2. Sunny gal

    Mudhi mi wes dhen waahaka genes dhey goi .

  3. Hishh

    Don’t you think mi varu maa bodah vec kuruhenneh?
    Anyways story reethi vaanehen heevey
    Ummeedhukuran dhn huri baithah miyah vuren dhigu kohlaane kamah adhi story nimendhn Up kohdheyne kamah
    Best of luck

    1. Mal
      Hishh

      I vote with you itss too short but I like the story ?

  4. Jeyz

    Me 2 mal

Comments are closed.