ހަދިޔާ………..
އައިމަންގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާ އުފާވެރިކަމެވެ. އެތައް ދުވަހަކަށްފަހު ވަޒީފާ ހަމަޖެހުމުން އައިމަން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް އައިމަންގެ ކޮނޑުގައި ބޯ އަޅާލައިގެންއިން އައިމަންގެ ލޯބިވެރިޔާ ރައިނާގެ މޫނުމަތިން އުފާވެރިކަމަށް ވުރެ ބޮޑަށް ފެންނަނީ މާޔޫސްކަމެވެ. އެދެ ލޯބިވެރިން އެކުގައި އުޅޭތާ 2އަހަރު ވެއްޖެއެވެ.
“ރާއި! އަހަރެން ޗުއްޓީއެއް ހަމަ ލިބޭއިރަށް ރާއި ގާތަށް އަންނާނަމޭ، އަހަރެން ޖޮބަކަށް މިދަނީވެސް ހަމަ އަހަރެމެންގެ ލައިފަށްޓަކައިއެއްނު” ރައިނާ ދެރަވެފައި އިނުމުން އައިމަން މަސައްކަތް ކުރީ ރައިނާ ހަމަޔަކަށް އެޅުވޭތޯއެވެ. އައިމަންމެން އިށިއިނދެލައިގެންތިބީ އަތިރިމަތީގައެވެ. އޮއްސެމުންދިޔަ އިރުގެ ދަޅަތަކުން ކަނޑުގެ ލޮނުގަނޑަށް މަޑު އޮރެންޖު ކުލައެއަ އަރަމުންދިޔައެވެ.
” އައި އަންޓަސްޓޫޓް ދެޓް، އެކަމަކު އަހަރެންގެ ބައެއް ފުރެންޓުން ފަރާތުން އިވޭ ރިސޯޓުތަކުގައި މީހުން ވަރަށް ގޮތްގޮތަށް އުޅޭ ވާހަކަ. އަހަރެން ބޭނުމެއް ނުވޭ އަވީ އެފަދަ މަގަކުންދާކަށް” އައިމަންގެ އަތުގައި ހިފާލަމުން ރައިނާ ބުނެލިއެވެ.
” އަހަރެން ރައިނާ އަހަރެންނަށް ކުރާ ޓުރަސްޓް ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރާނަން، ބިލީވް މީ ބޭބީ” އައިމަން ރައިނާގެ މޫނުގައި ހިފާ ލޮލާ ލޯ ސީދާކޮއްލަމުން ބުނެލިއެވެ. އަދި ރައިނާގެ ނިތްކުރީގައި ބޮސްދިނެވެ. ލޮލުން ފައިބަން ތައްޔާރުވި ކަރުނަ ތިކިތައް ފޮރުވުމަށްޓަކައި ރައިނާ އައިމަންގެ މޭގައި ބޮނޑިވެލިއެވެ. އެއާއެކު ރައިނާގެ ލޮލުން ވެއްޓުނު ކަރުނަތިކިތައް އައިމަންގެ ޓިޝާޓަށް ފޭދިގެން ދިޔައެވެ.
ޖެހިގެންއައި ދުވަހުގެ ހެނދުނު ހަނިމާދޫގެ މަގުން އައިމަން މާލެދިޔައެވެ. އަދި މެންދުރާ ގާތްވެފައި ވަނިކޮށް ރިސޯޓަށް ދެވުނެވެ. އައިމަންއަށް ފެނުނީ މުޅިންތަފާތު ރީތި މާހައުލެކެވެ. އައިމަންގެ އެކޮމޮޑޭޝަން ހަމަޖެހުނީ ދެމީހަކު އުޅޭ ރޫމަކުންނެވެ. އެދެމީހުނަނަކީވެސް އައިމަންފަދަ ދެ ޒުވާނުން ކަމުން ވަރަށް އަވަހަށް ރަހުމަތްތެރިވިއެވެ.
ރިސޯޓުގައި ހަފްތާއެއްވީއިރު އައިމަން އެތާގެ މާހައުލަށް ހޭނުނެވެ. އައިމަންގެ ޖޮބަކީ ރޫމް ބޯއީއެއްގެ ޖޮބެވެ. މަސައްކަތުގައި ކިތަންމެ ބިޒީކޮށް އުޅުންނަމަވެސް ފުރީވާ ކޮންމެ ފަހަރަކު އައިމަން ރައިނާއަށް ގުޅާ ލޯބި އިތުރު ކުރެއެވެ. އާދައިގެ މަތިން އައިމަން މިއަދުވެސް އިނީ އޭނާއާއެކު މަސައްކަތުގައި އުޅޭ ދެތިން ކުއްޖަކާއެކު ކޮފީ ޝޮޕްގައި ކޮފީއެއް ބޯލާށެވެ.
” މިހާރު އައިސްގެން އެބައުޅޭ ވަރަށް ސަޅި ޗިކެއް، މި އަވިއްޓެމެން ބައިގަ އުޅެނީ ދޯ” އައިމަންއަށް ދޯ ދެމުން މާޒިން ބުނެލިއެވެ. އެވާހަކައަށް މާބޮޑު ޝައުގުވެރިކަމެއް ނުދީ އައިމަން ދެކޮނޑު އަރުވާލިއެވެ.
” އަވިއްޓެ، ކައޭ އެ ޗިކު އަތު އަޅުވާލައްޗޭ، ވަރަށް ރިޗްވެސް ގޮލައެއް އެއީ އެނެއްހެންވެސް ވަރަށް ފައްކާވާނެ” މާޒިންގެ ވާހަކައިގައި ބައިވެރިވެލަމުން މާދު ބުނެލިއެވެ.
” ހޭ، އެސްކިއުޒް، މަމީ އެ ޓައިޕް މީހެއް ނޫން، އެންޓް އައި ހޭވް އަ ސީރިއަސް ގާލް ފުރެންޓް” އައިމަން އެމީހުންގެ ވާހަކައާ އިދިކޮޅު ހަދަމުން ބުނެލިއެވެ.
” ތީ ތި ކަޑައެ، އަހަރެމެންވެސް ގާލް ފުރެންޓް ތިބޭނެ ރަށުގަ، އެކަމަކު އަހަރެމެން މިތާ ކޮންމެ ކަމެއް ކުރިޔަސް އެމީހުންނަށް ކޮންޗެއް އެނގޭނީ، އެހެންނޫނަސް ލިބޭތާ ލިބިގަންނަން ޖެހޭނެއްނު، ސަޅި ޗިކުން އައިސް ކައިރީގަ އެނބުރޭ އިރު ބަލަން ތިބެވޭނެތަ” މާޒިން މޭޒުގައި އަތުން ބެރު ޖަހާލަމުން ވާހަކަ ދެއްކިއެވެ.
” އެކަމަކު އަހަރެން ގާލްފުރެންޓް އަހަންނަށް ކުރާ ޓުރަސްޓް ގެއްލޭ ކަމެއް އަހަރެން ނުކުރާނަން” އައިމަން ވަރަށް ސާބިތު ކަމާއެކު ބުނެލިއެވެ.
“ތީ މާނަ ހުރި ކަމެއްނޫން، ކައެއަށް އަދި ފައްކާ ޗިކަކާ ދިމާނުވަނީ، ދިމާވީމަ ކައެ ވެސް ވަގުތުގެ ބޭނުން ކުރާނެ” މާޒިން އައިމަންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އައިމަން އިތުރު އެއްޗެއް ނުބުނެ ރެސްޓްކޮށްލަން ދަނީ ކަމުގައި ބުނެ ރޫމާ ދިމާޔަށް ހިނގައިގަތީ އިތުރަށް އެމައޫލޫގައި އެމީހުންނާ ޒުވާބު ކުރަން ޖެހިދާނެތީ އެވެ. އައިމަން ރޫމަށް ވަދެ ރައިނާއަށް ގުޅާލިއެވެ. ރައިނާ ފޯނަށް ޖަވާބު ނުދިނުމުން އައިމަން ގަޑި ބަލާލީއެވެ. 11:30 ވީއެވެ. ހަމަޔަޤީނުންވެސް ރައިނާ މިހާރު އޮންނާނީ ނިދާފައެވެ. މިހެން ހިތަށް އެރުމުން ފޯނު ބެޑް މަތީ ބޭއްވުމަށް ފަހު އައިމަން ބޭރަށް ނިކުތީ ނިދިނާންނާތީއެވެ. ހިނގަމުން ހިނގަމުން ގޮސް އައިމަން އިށިއިނދެލީ އަދިރިމަތީގައި ހުރި ގޮނޑިއެއްގައެވެ. ޖެހެމުންދިޔަ ފިނިފިނި ރޯޅިތައް ހަށިގަނޑުގައި ބީހިލުމުން ލުބުނު ފިނި ކަމާއެކު އައިމަން ލޯ މަރާލިއެވެ.
” ކޭން އައި ސިޓް ހިއާ” އިވުނު އަޑާއެކު ސިހިގެންގޮސް އައިމަން ލޯހުޅުވާބަލާލިއެވެ. ޖެހިގެން ހުރި ގޮނޑިކައިރީގައި ހުއްޓިހުރީ ޔޫރަޕް ދޮން ކުއްޖެކެވެ. ފަލަމަސް ގަނޑާ ހަމައަށް ހުރި ސޯޓު ކޮޅުގެ ސަބަބުން އެ ދޮން އޮމާން ދެފައި ހާމައަށް ފެންނަށް ހުއްޓެވެ. އަތްވަޅުން ކަނޑާފައި ހުރި ޓޮޕް ކޮޅުއްލާފައި ހުރިއިރު ނިވާކަން ކުޑަކަމަށް ދައްކައެވެ. އެކަންކަމަށް މާބޮޑަށް ބެލުމެއްނެތި އައިމަން ހިނިތުންވެލިއެވެ. އެއަންހެން ކުއްޖާ އިށިއިނެވެ.
” އައި އޭމް ޖިސެލް” ސަލާމަށް އަތް ދިއްކޮށްލަމުން އަންހެންކުއްޖާ ބުނެލިއެވެ.
” އައި އޭމް އައިމަން” ކިތަންމެ ބޭނުން ނުވިކަމުގައި ވިޔަސް އައިމަން ސަލާން ކޮށްލިއެވެ. ޖިސެލް އައިމަންގެ އަތަށް ފިއްތާލިއެވެ. އައިމަންއަށް ލިބުނު ސިހުމާއެކު އަތް ދަމައިގަނެވެނެވެ. ޖިސެލްގެ މަޑު ނޫކުލައިގެ ކަޅީގެ ތޫނު ނަޒަރުން އައިމަންއަށް ޖިސެލްގެ މާނަ ވިސްނުނު ކަހަލައެވެ. ނިދަން ލަސްވާތީ ދަނީކަމުގައި ބުނެފައި އައިމަން އަވަހަށް ރޫމަށް އައެވެ.
އާދުވަހެއްގެ ޓިއުޓީ ފެށިއިރު އައިމަން ރޭގެ އެއްވެސް ކަމެއް ހަނދާނެއްނެތެވެ. މިއަދު އެއްކުއްޖަކު ނާނާތީ އައިމަންއަށް އެކުއްޖާ ފިލްކުރާ ރޫމް ފިލްކުރަންޖެހުމުން އައިމަން ފުރަތަމަވެސް މިސްރާބުޖެހީ އެ ރޫމާ ދިމާއަށެވެ. ރޫމް 6 ގެ ދޮރުމައްޗަށް ހުއްޓި އައިމަން ބެލް އަޅާލިއެވެ. މިނެޓެއް ތެރޭ ދޮރު ހުޅުވިގެން ދިޔައެވެ. އައިމަންއަށް ލިބުނީ ހައިރާން ކަމެކެވެ. ދޮރުމަތީ އެހުރީ ރޭގައި ދިމާވި ޖިސެލްއެވެ. މާޒިންމެން ޗިކެކޭ އެކީ ކުއްޖަކީ ޖިސެލްއެވެ.
“ގުޑްމޯނިން މޭމް” އައިމަން އޭނާގެ ވަޒީފާގެ ހައިސިއްޔަތުން ހިނިތުންވެލަމުން ބުނެލިއެވެ. އައިމަން ރޫމް ތެރޭގެ ބައެއްކަންތައްތައް ކުރަމުން ދިޔައިރު ޖިސެލް އެނދުގައި އިށިއިދެލައިގެން އިނެވެ. ކަޅިވެސް ޖަހާނުލާ ޖިސެލް އައިމަން އާ ދިމާޔަށް ބަލަމުން ދިޔައެވެ. އައިމަން އަށް މިކަން އިހްސާސް ވުމުންއަވަސްކޮށް ނިންމާލުމަށް ފަހު ނިކުންނަށް ހިނގައިގަތެވެ. ނަމަވެސް އައިމަންއަށް ހުއްޓެންޖެހުނީ ޖިސެލް ގޮވާލުމުންނެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން އެނބުރިލިއެވެ.
” ކޭން ވީ ޓޯކް” ޖިސެލްގެ އޮމާން އަޑުން ބުނެލިއެވެ. ޖިސެލްއަކީ އައިމަންގެ ކަސްޓަމަރެއްކަމުން ދެކޮޅުހަދަން ނުކެރިގެން އައިމަން ޔެސް އޭ ބުނެލިއެވެ. ޖިސެލް އައިމަންއަށް އެނދުގައި އިށިއިނުމަށް ބުންޏެވެ. އަދި ޖޫސް ތައްޓެއް ދިއްކޮލިއެވެ. ކިތަންމެ ހިފަން ބޭނުން ނުވިނަމަސް އައިމަން ޖޫސް ތަށީގައިހިފިއެވެ. އޭނާއަށް މިކުރެވެނީ ގޯސް ކަމެއް ނޫންބާއޭ ހިތަށް އަރަމުންދިޔައެވެ. ހަމަ އެވަގުތު ނިކުމެގެން ދާންވެސް އައިމަން ހިތަށްއެރިއެވެ. އެހެންނަމަވެސް އޭރުންވެސް ދެރަ ލިބޭނީ އޭނާއަށެވެ. ޖިސެލް މައްސަލަ ޖައްސައިފިނަމަ ވަޒީފާއިން ވަކިކުރާނީވެސް އޭނާއެވެ. ކަސްޓަމަރުންނަށް ރަނގަޅު ސާވިސްނުދީގެންނޭ ބުނާނެއެވެ. މިފަދަ ހިޔާލުތަކެއް އައުމުން އައިމަން ކެއްކޮށްލައިގެން އިނީއެވެ. ހިޔާލީ ދުނިޔެއެއްގައި އިނދެ އައިމަން ޖޫސްތަށިބޯލިއެވެ. އެއާއެކު ދެންފެނުނީ ޖިސެލް ހެވިފައި އިނދެ އައިމަންއާ ގާތްވިތަނެވެ. އައިމަންގެ މޫނާ ޖިސެލްގެ މޫނު ގާތްވަމުން ދިޔައެވެ. ޖިސެލްގެ ހޫނު ނޭވާތައް އައިމަންގެ މޫނަށް އެޅެމުން ދިޔަވަރަކަށް އައިމަންގެ ލޭކެކެމުން ދިޔައެވެ. އައިމަން ޖިސެލްގެ ކަނދުރާގައި ބޮސް ދިނެވެ. ޖިސެލް އައިމަން އެނދުމައްޗަށް ވައްޓާލިއެވެ. ދެން ވޭތުވެގެން ދިޔައީ މަސްތުން ފުރިގެންވާ ވަގުތު ކޮޅެކެވެ. އައިމަންއަށް ހޭވެރިކަން ވީއިރު އޭނާ އޮތީ އެނދުމަތީގައެވެ. ތެދުވަން އެޅި ފިޔަވަޅު ހުއްޓުނީ އޮވެވުނު ހާލު އިހްސާސްވުމުންނެވެ. އެއްވެސް ފޭރާމެއްނެތި އޮވެވުމުން ހައިރާންވިއެވެ. ނަމަވެސް ހަމަ އެހިނދުގައި ހިނގާދިޔަ ކަންތައް ލޮލުކުރިމަތީ ސިފަވި ފަދައެވެ. ޖިސެލް ދިން ޖޫސްތަށި ބުއި ހަނދާންވިއެވެ. ދެން އެވީކަންތައްއަކުގެ ސިއްރަކީ އެޖޫސް ތަށިކަން ހަނދާންވުމުން އަމިއްލަ ނަފުސު ދެކެ ރުޅިއާދެވުނެވެ. ޖިސެލްދުކެ ރުޅިއާދެވުނެވެ. ޖިސެލް ކޮބައިތޯ ބަލާލެވުނެވެ، ޖިސެލް ފެންނާކަށްނެތެވެ. މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިނގަނިކޮށް އައިމަންގެ ލޮލުގައި އަޅައިގަތީ ޓުރެސިން ޓޭބަލް މަތީއޮތް ރަތް ފިނިފެންމަލަކާއި ގަނޑެކެވެ. އައިމަން ތެދުވެ ވެއްޓިފައިއޮތް ސޯޓު ނަގާލިއެވެ. އަދި ގޮސް އެ ގަނޑުނަގާ ބަލާލިއެވެ. އިނގިރޭސި ބަހުންލިޔެފައިވާ ލިޔުމެކެވެ. އައިމަން ލިޔުން ކިޔަންފެށިއެވެ.
” އައިމަންއަށް، އަހަރެންނާއެކު ތިހޭދަކުރި ވަގުތުތަކަކީ އައިމަންގެ އަމިއްލަ އިހްތިޔާރުގައި ވޭތަކުރި ވަގުތުތަކަކަށް ނުވިނަމަވެސް އެވަގުތުތަކުގެ އުފާ އަހަރެންނަށް ހާސިލް ވެއްޖެ. އަހަރެންނަކީ ކޮންކަހަލަ މީހެއްކަންނޭގިވެސް ބެސްޓު ސްޓާފެއްގެ ގޮތުގައި ހިދުމަތްކުރަން ކުރި މަސައްކަތް އައިމަން ވަރަށް ފުރިހަމައަށް ކޮށފި، އަހަރެންނަކީމީހެއްގެ ސަބަބުން މަރާ ކުރިމަތިލާން ޖެހިފައިވާ މީހެއް، އެކަމުގެ ބަދަލުހިފަން އަހަރެން ނިންމިނިންމުނުގެ ޝިކާރައަކަށް އައިމަން ހެދުނީތީ މާފަށްއެދެން، އައިމަން ފަދަ އިހްލާސްތެރި ސްޓާފުން އުޅޭ ނަމަ އަހަރެމެން ފަދަ މީހުންގެ އެދުން ވަރަށް ފަސޭހައިން ހާސިލް ކުރެވޭނެ، އަހަރެންނަކީ އެއިޑްސް ބަލި މީހެއް، މިހާރު އައިމަން ވެސް ތިވަނީ އަހަރެންފަދަ މީހަކަށް ވެފަ، ދެންވެސް ދިރިއުޅުން މަޖަލުގައި ހޭދަކޮށްލާ” -ޖިސެލް-
ލިޔުންކިޔާ ނިމުމާއެކު އައިމަންއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ، ބޮލުގައި އަތް އަޅައިގެން ހުރިދިމާއިން ކަކޫ މައްޗަށް ތިރިވެވުނެވެ. ޖިސެލްއަކީ ކޮންފަދަ އިންސާނެއް ހެއްޔެވެ؟ އަހަރެންފަދަ ވަފާތެރި މީހަކަށް އެދިނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ އަހަރެންގެ ކުށަކާ ނުލާ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ ހެއްޔެވެ؟ ގޯސް ކަންތައްތަކުން ދުރުވެ ރައިނާގެ އިތުބާރު ހޯދަން ކުރި މަސައްކަތް ބޭކާރުކޮށްލީ ހެއްޔެވެ؟ ދެން އަހަރެން ރައިނާއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މުޅި އުމުރަށް ރައިނާ ހިތުން ފުހެލަން ޖެހުނީއެވެ. އަހަރެން އެންމެންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އެންމެ ފަހަރަކު ރޫމް 6އަށް ހިދުމަތްކޮށްދެން އައުމުން ޖިސެލް އެދިނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ އަހަރެން ދެން ދުނިޔޭގައި އެކަނިމާއެކަނި މަރާ ހަނގުރާމަ ކުރަންވީހެއްޔެވެ؟ އައިމަންގެ ހިތާ ސިކުނޑީގައި އެނބުރެމުން ދިޔައީ މިފަދަ ޝަކުވާ ތަކެވެ. ( ނިމުނީ)
8 Comments!
Comments are closed.

oh no, v kada
Salhi
ފުރެންޓު އޯ ފުރެންޑު….. ޓިއުޓީ އޯ ޑިއުޓީ ކޮބައިތޯ ރަގަޅު ގޮތަކީ
ow sorry thats typin mistake, anyways thankx for mention it faathy
ހާދަ ގޯސް މީހުން އުޅެއޭދޯ…މި ވާހަކަ ކިޔާފަ ހަމަ ރޮވިއްޖެ…ވާހަކަ ވ ވ ވ ރީތި..
Mihen hadhan vaanetha dhen..¿? Haadha gohey
adhives thaakun dhon kuhjeh fenna irah dhuvaathi
Vvvvv Salhi