Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންލޯބި

ހިތަކުން ހަމަ ނުފިލާނޭ

Nannu Level 110 Stories
December 26, 2017 4 Mins Read
10 Comments

އުމުރުން ސާދަ އަހަރުގައި އަހަރެން މާލެ ބަދަލުވީ އިތުރަށް ކިޔެވުމުގެ ބޭނުމުގައެވެ. އެއީ އަހަރެން އަލަށް މާލެ ދިޔަ ފަހަރެވެ. އެރޭ މާލެ ފުރަން ބޯއްޓައް އެރީ ހިތުގައި އަތް އަޅައިގެންނެވެ. މަންމަޔާ ކޮއްކޮމެން ބަނދަރަށް އަހަރެން ފުރުވަން ނިކުމެ ތިއްބެވެ. ލޮލުން ކަރުނަ އޮހޭހާލު މަންމަ އަހަންނަށް ނަސޭހަތް ދެމުން ދިޔައެވެ. ލޯބިން ބަލާ ބޮޑު ކުރި ދަރިފުޅު ލޮލަށް ނުފެންނަ ހިސާބަށް ދާއިރު އަސަރު ނުކުރާނީ ކޮން މަޔަކަށް ހެއްޔެވެ؟ އެ ހުރިހާއިރު ވެގެން ދިޔައިރުވެސް އަހަރެންގެ އަނގަޔަކުން އެންމެ ބަހެއްވެސް ނުނިކުމެއެވެ. އިސްޖަހާލައިގެން ހުރީ ރޮވިދާނެތީއެވެ. މަންމަގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް ފެނިއްޖެ ނަމަ އަހަންނަށް ކެތް ނުކުރެވޭނެ ކަން އިނގޭތީއެވެ. އަހަރެންނަކީ އަބަދުވެސް ކަނޑުމަށް އަރަން ބިރުގަންނަ މީހެކެވެ. ނަމަވެސް އެރޭ އެ އެރެނީ ކަނޑުމައްޗަށް ކަމެއް އަހަރެންނަކަށް އިހުސާސެއް ނުކުރެވުނެވެ. އެޔަށް ވުރެ ބޮޑަށް އަހަރެން ހުރީ ދެރަވެފައެވެ. އަމިއްލަ އުފަން ރަށާއި އާއިލާ ދޫކޮއް ދާންޖެހޭތީއެވެ.

އައްގަޑި އިރުގެ ދިގު ދަތުރަކަށް ފަހު މާލެ ބިމުގައި ފައިޖައްސާލި ފުރަތަމަ ފަހަރުވެސް އަހަރެން ހިތައްއެރީ ސަހަރޯއެވެ. މިހާމީހުން ގިނައިރު މިތާ އުޅޭނީވެސް ކިހިނަކުން ހެއްޔެވެ؟ ވަގުތުން ރަށަށް ދާން ބޭނުންވިއެވެ. ނަމަވެސް ހިތްވަރުކޮއްފާ ކުރިޔަށް ހިނގައިގަތީ މާލެ އައި ބޭނުން ހިތައްއަރާފައެވެ. ހުންނަން ހަމަޖެހިފައި ހުރީ އާއިލާ ބައެއްގެ ކައިރީކަމުން ހިތުގައިވާ ނުތަނަވަސް ކަން ކުޑަކޮން ނަމަވެސް ފިލައިދިޔައެވެ. މާލެ އައިތާ މާގިނަދުވަހެއް ނުވަނިސް އަހަރެން ހަދަން ހަމަޖެހިފައިވާ ކޯސް ފެށުނެވެ. އަހަރެން އެންމެ ފުރަތަމަ ހަދަން ގަސްތުކުރީ އައި. ޓީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެކެވެ. އަލަށް މި ފަށަން އުޅުނު ދަތުރު ނިމޭނީ އަހަރެންގެ ހަޔާތުގެ ހުދު ސޮފުހާގައި ލޯބީގެ ރަތް ކުލަ ޖެހިގެން ކަމެއް އަހަންނަށް އިނގޭނީ ކިހިނަކުން ހެއްޔެވެ؟ ކޮލެޖަށް ދިޔަ ފުރަތަމަ ދުވަހު ހިތް ނުތަނަވަސް ވިއެއް ކަމަކު ކުލާކުން ފެނުނު ހިތްހެޔޮ މޫނުތަކުގެ ސަބަބުން އެ މައްސަލަވެސް ހައްލުވިއެވެ. ކުލާހުގެ ހުރިހާކުދިންވެސް ވަރަށް އެކުވެރިއެވެ. އެހެންވެ އަހަރެންވެސް އެމާހައުލަށް ހޭނޭކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެންމެނާވެސް އެކުވެރިވެ ވާހަކަ ދައްކާހަދަން ފެށީމެވެ. އެއްއިރެއްގައިވެސް އަހަރެން މީ ފިރިހެން ކުދިންނާ މާ ވާހަކަ ދައްކާ އުޅުނު މީހެއް ނޫނެވެ. ނަމަވެސް ކުލާހުގައިން ފިރިހެން ކުއްޖަކާ ވާހަކަ ދައްކާހިތް އަހަރެން ވަރަށް ވިއެވެ. ކީއްވެ ކަމެއް ނޭންގެއެވެ. ފަހަރެއްގައި އޭނަ މާ ރީތީ ކަމަށްވެސް ވެދާނެއެވެ. ރީތި އެއްޗެއްސަށް ހިތް ކިޔުމަކީ އިންސާނުންގެ ތަބީއަތުގައިވާ ކަމެއް ނޫންހެއްޔެވެ؟ އިޒާންވެސް އަހަރެންނަށް ވަރަށް ޖެއްސުން ކޮއްހަދައެވެ. އެހެން މީހެއްނަމަ އަންނާނީ ރުޅިއެވެ. ނަމަވެސް އަހަންނަށްވީ ހިތަށް ހަމަޖެހުން ލިބުނު ކަމަކަށެވެ.

އިޒާންއާއި އަހަރެންގެ ގުޅުން އިތުރަށް ބަދަހިވީ ދެމީހުންގެ ފޯނު ނަންބަރު އެކަކު އެނެކަކަށް ދެވުނު ހިސާބުން ނެވެ. ރޭގަނޑު އެތަށް ދަމެއް ވަންދެން މެސެޖުން ވާހަކަދެއްކުން އާދަޔަކަށް ވިއެވެ. ނޭނގިނަމަވެސް އިޒާންގެ މެސެޖްތަކަށް އަހަރެންނަށް އިންތިޒާރު ކުރެވެން ފެށުނެވެ. އަހަރެމެން ދެމީހުންގެ ބަދަހިވެފައިވާ ގުޅުން ކުލާސް އެންމެންނަށް ވެސް ފާހަގަވިއެވެ. އެކަމާ ވަރަށް ދިމާކޮށް ވެސް ހެދިއެވެ. އެކަމުންވެސް އަހަރެންގެ ހިތަށްދިޔައީ އުފާ ލިބެމުންނެވެ. އެ ކޯހަކީ ހަ މަސްދުވަހުގެ ކޯހެވެ. އެ ހަމަސް ދުވަސް ނިމިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ރަށަށް ފުރުންވެސް އޮތީ ނަތީޖާ ލިބުމާއެކެ އެރެއިން އެރެޔަށެވެ. ނަތީޖާ ހިފައިގެން ކޮލެޖުން ނިކުތީއެންމެން އެކީއެވެ. އަހަރެން އެރޭ ފުރާކަން އިނގުމުން އެންމެން އަހަރެން ގެޔަށް ލާންއައެވެ. އެކަމުގައިވެސް އެންމެ ކުރީގައި ހުރީ އިޒާންއެވެ. މަންމަ ފެންނާނެތީ އެކަމާ އުފާވިޔަސް އިޒާން ނުފެންނަ ހިސާބަށް ދާން ވުމުން ހިތުގައި ރިއްސާލިއެވެ.

އެރޭ ރަށަށް ދާން ބޯއްޓަށް އެރީން ސުރެން އަހަންނަށް ނިދެންދެން އިޒާން އަހަންނަށް މެސެޖް ކުރިއެވެ. ނުފެންނަ ހިސާބަށް ދިޔަޔަސް ވާހަކަ ދެއްކޭނެތީ އަހަރެން ވަރަށް އުފާވިއެވެ. ރަށަށް ގޮސްވެސް ގިނަވަގުތު ހޭދަކުރެވުނީ ފޯނު ހިފައިގެން ނެވެ. އެހެން އުޅެމުން މަންމައަށްވެސް އިޒާން އިނގުނެވެ. އެއީވެސް ހަޔާތުގައި އަލަށް ކުރި ކަމެކެވެ. ފިރިހެން ކުއްޖަކު މަންމައަށް ތައާރަފު ކޮއްދިނުންވެސް އެއީ ވަރަށް ހިތްވަރުން ކުރެވޭ ކަމެއް ކަންވެސް އަހަންނަށް އިނގުނީ އެދުވަހު އެވެ. އެހާ ލަދުގަންނަންވީ ސަބަބެއް އޭރު އަހަންނަކަށް ނުވިސްނުނެވެ. އިޒާންއަކީވެސް އެހެން އެކުވެރިންގޮތަށް އެކުވެރިޔެއް ވިއްޔާއެވެ. ދުވަސްތަށް ވޭތުވަމުންގޮސް އެއަހަރުވެސް ނިމުނީ އިޒާންއާއި އަހަރެންގެ ގުޅުން އެގޮތުގައި އޮވެއެވެ.

ޖެހިގެން އައި އަހަރު އަހަރެން އެނެއްކާވެސް މާލެދިޔައީމެވެ. މިފަހަރު އެއީ ޔުނިވާސިޓީއަށް ޑިޕްލޮމާ ކޯހަކަށް ޖޮއިން ކޮއްގެންނެވެ. ކަންދިމާކުރި ގޮތުން އެކޯހުގެ އޮރިޔަންޓޭޝަނަށް ދިޔަތަނުން އިޒާން އާއި ދިމާވިއެވެ. އެވީ ދުވަސް ތަކުގެ ތެރޭގައި އޭނާ އިތުރަށް ރީތިވިހެން އަހަންނަށް ހީވިއެވެ. އޭނާވެސް ޑިޕްލޮމާއަށް ޖޮއިން ކުރީއެވެ. އެއް ކޯހެއް ނޫނެއްކަމަކު އެއް ފެކަލްޓީއަކުންނެވެ. އެކަމާވެސް އަހަރެން އުފާކުރީމެވެ. އިޒާން އަހަރެންނަށް އަބަދު ފެންނާނެތީއެވެ. ނަމަވެސް ކަންތަށް ވެގެން ދިޔައީ އެހެނެއް ނޫނެވެ. އޭނާ ދާންޖެހުނީ ހެނދުނުއެވެ. އަހަރެން ދާންޖެހުނީ ހަވީރު ކުލާސްތަކަށެވެ. އެވަރުންވެސް އަހަރެން ހިތްވަރެއް އެލުވައެއް ނުލަމެވެ. އޭނާ އުޅެނީ ސައިކަލުގައި ކަން އިނގުމުން ތަނަކަށް ދާންޖެހުނަސް އޭނަޔަށް ގުޅާ ގެންނަން ފެށީމެވެ. އޭނަވެސް ވަރަށް ފަސޭހައިން އަހަރެން ބުނާ ކަންތަށް ކޮއްދެއެވެ. ހުސްވަގުތު ތަކުގައި ދެމީހުން ޑައިނަމޯއަށް ސަބްމެރިން ކާންދިޔުމާ ރޭގަނޑު ވާރޭގައި ސައިކަލު ދުއްވަންވެސް ނިކުންނަން ފެށީމެވެ. އިޒާން އަކީ ކާކުކަން އަހަރެންގެ ހުރިހާއެކުވެރިންނަށްވެސް އަހަރެން ބުނެދިނީމެވެ. އަހަރެން އަބަދު އިޒާންގެ ވާހަކަ ދައްކާތީ އެމީހުން އަހަންނާ ދިމާކުރީ އަހަންނަށް ލޯބިވެވުނީ ކަމަށް ކިޔައިގެންނެވެ. ނަމަވެސް އަހަރެންގެ ނަޒަރުގައި އެއީ ހަމައެކަނި ލައިކް ވުމެވެ.

ދެއަހަރު ދުވަހު މާލޭގައި އުޅުނު އިރު އިޒާންގެ ސައިކަލު ފަހަތުގައި ތަންތަނަށް ދިއުން އެއީ އާދަޔަކަށް ވިއެވެ. ޑޮކްޓަރަށް ދައްކަން މަންމަމެން މާލެ އައި ފަހަރެއްގައި އެންމެން ރެސްޓޯރެންޓަށް ކާން ދިޔައީމެވެ. އެރޭވެސް އަހަރެން އިޒާންއަށް ދައުވަތު ދިނީމެވެ. އެއީވެސް އަލަށް ކުރިކަމެކެވެ. އާއިލީ ކެއުމަކަށް އިޒާން އަށް ދައުވަތު ދިނީ މަންމަ އާއި ބައްދަލު ކުރުވާހިތް އޮތްލެއް ބޮޑުކަމުންނެވެ. ކަންތަށްތަށް ބަދަލުވެގެން ދިޔައީ އެ ދެއަހަރު ނިންމާފައި ރަށަށް ދިޔަފަހުންނެވެ. އަހަންނާއި އިޒާންގެ ގުޅުމަށް ހީނަރުކަން އަންނަން ފެށީ އެހިސާބުންނެވެ. އެ ގުޅުން އެއްކޮން ކެނޑުނީ އަހަރެންގެ ފޯން ނަންބަރު ބަދަލު ކުރި ހިސާބުންނެވެ. އެތަށް ފަހަރަކު އިޒާންއަށް މެސެޖް ކުރާހިތް ވިއެވެ. ނަމަވެސް އެ ބަންދުގައި ރަށަށް އައިސް އުޅުނު އިރު ދިމާވި ކަމެއްގެ ސަބަބުން ފޯނާ އެއްކޮން ދުރު ވެވުނީއެވެ. އިޒާން އާ ވާހަކަ ނުދެއްކިޔަސް އޭނަ މަތިން ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެހެން އުޅެމުން ތިންވަނަ އަހަރުވެސް އަހަރެން މާލެދިޔައީމެވެ. އިޒާން ދެކިލާހިތުން އޭނަ މަސައްކަތް ކުރާއޮފީސް ކުރިމަތިން ލައްކަފަހަރު ބުރުޖެހުނެވެ. އެގޮތަށް ބުރުޖެހި ދެތިން ފަހަރަކު ދިމާވެސް ވިއެވެ. ކުރިންއޮތް ގުޅުން ނެތަސް އެވަރުން އަހަރެން ފުއްދާލީމެވެ. އެވަނީ ލޯބިކަން އެވަރުންވެސް އަހަރެން ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.

އަހަންނަށް ވެވުނީ ލޯބިކަން އިހުސާސް ވިއިރު އޮތީ ވަގުތު ފާއިތު ވެފައެވެ. އިޒާންގެ ހަޔާތަށް އަންހެންކުއްޖަކު އައީއެވެ. އެކަން އިނގުނީވެސް އެއަހަރު ޗުއްޓީއަށް ރަށަށް އައިސް އުޅެނިކޮންނެވެ. އެ ދުވަހު ވަރަށް ހިތުގައި ޖެހުނެވެ. ނަމަވެސް އޭނާ އަތުން ބީވީ އަހަރެންގެ ކުށަކުންކަން އިހުސާސް ވުމުން އިޒާން އެނަން އަހަރެންގެ ހިތުގެ ކަނެއްގައި ފޮރުވާލީމެވެ. އޭގެ ފަހުންވެސް އަހަރެންގެ އެކުވެރިން އިޒާންގެ ވާހަކަ ދައްކާ ހަދައެވެ. އެއިން ކޮންމެ ވާހަކައަކަށް އަހަރެން އިޖާބަދެނީ މޫނުމަތީގައި ނުފިލާ ހިނިތުން ވުމެއް ކުރަހާލަމުންނެވެ. އިޒާން ނުލިބުނަސް މިހާރު އަހަރެން ދެރައެއް ނުވެއެވެ. އޭނާ އުފަލުގައި އުޅެނިކޮން އަހަންނަށް ނިމުނީއެވެ. އިޒާން ދެކެ އަހަރެން ވަރަށް ލޯބި ވީމެވެ. އޭނާގެ ވާހަކަ ދައްކާއިރު އަހަރެންގެ މޫނުމަތިން ފެންނަ ހިނިތުންވުންވެސް އެކަމަށް ހެކި ދޭނެއެވެ.

މީހުން ބުނެ އުޅެއެވެ. ހަޔާތުގައި ވެވޭ ފުރަތަމަ ލޯތްބަކީ ދުވަހަކުވެސް ހިތުން ނުފޮހެވޭނެ އެއްޗެކެވެ. އެ ބަހުގެ ތެދުކަން އަހަންނަށް ވަރަށް ރަނގަޅަށް އިނގެއެވެ. މިހާރު އަހަރެންގެ ހަޔާތުގައިވެސް ބައިވެރިޔަކު ހުރެއެވެ. އޭނަ ދެކެވެސް އަހަރެން ވަރަށް ލޯބި ވަމެވެ. ނަމަވެސް އިޒާން ދެކެ ވެވުނުކަހަލަ ލޯތްބެއް އޭނަ ދެކެވެސް ވެވޭނެ ކަމެއް އަހަންނަކަށް ނޭންގެއެވެ. “އިޒާން” އެނަމާއި އެ ލޯތްބަކީ މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ އެއްޗެކެވެ.

ނިމުނީ!

Share Article

Follow Me Written By

Nannu

Level 110 Stories

i have been writing stories for a long time... so i wanted to show my talent to others... I hope everyone will like my works...

Other Articles

Previous

މާޒީ (01)

Next

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (8)

Next
December 26, 2017

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (8)

Previews
December 26, 2017

މާޒީ (01)

10 Comments!

  1. Pinky shifoo says:
    December 26, 2017 at 2:33 pm

    Story varah reethi…

  2. Sana says:
    December 26, 2017 at 2:34 pm

    Alhey mi loabi story ves finish vee dhw…….
    Then when we see you’re other story and pls don’t stop writing storys pls nannu

  3. reen says:
    December 26, 2017 at 2:37 pm

    Nice keep up the good work???

  4. LIlolo says:
    December 26, 2017 at 2:38 pm

    First salhi

  5. Leo3910 says:
    December 26, 2017 at 2:44 pm

    ?Amazing story..vvvvvvvv reethi ingey..love it…???

  6. Ixu ? says:
    December 26, 2017 at 2:54 pm

    What happened chutty ah goss??

    1. Thannu says:
      December 27, 2017 at 1:41 pm

      ehen biteh eyru fenuny… hehe

  7. Mysh says:
    December 26, 2017 at 3:21 pm

    Ommmgggg….vvvvv ryyythhi mi stwry..adhives mikahala rytgi stwries thakeh libeyne kamah unmeedhu kuran ..kyp up the gud wrk?❤

  8. Xu says:
    December 26, 2017 at 7:40 pm

    Nannu thy kn rashehtha??? Dhannahen hyvanyhama… If u dnt mind plx… anyway nyc stry… I luv it 🙂 🙂 🙂 🙂 🙂

  9. ush says:
    December 27, 2017 at 3:54 pm

    is this a real story.. kiyaaleema heevanii real story eh hen.. anyway varah reethi mi story ves..

Comments are closed.



All Right Reserved!