އަހަރެން ހަމަޔަކަށް އެޅުނީ މަންމަގެ އެތަކެއް އާދޭހަކާއި އެކުގައި މަހެއްވިފަހުންނެވެ.މިހާރު އޭގެފަހުން ތިންއަހަރުވިނަމަވެސް މީހުންގެ ތެރެއަށް ނިކުމެލައި އުޅެން ފެށީ ފިޔާޒާ މެންނާއި ދިމާވިފަހުންނެވެ.ނަމަވެސް މިހާރު ގަމުން ނާސިން ހަދައިގެން ފޮނަދޫ ސިއްޚީ މަރުކަޒުގައި މަސައްކަތް ކުރާތާ ދެމަސް ވެއްޖެއެވެ.
އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯން ރިންގުވާން ފެށުމުންނެވެ.ގުޅަނީ ފިޔާޒާއެވެ.
އަހަރެން: އާނ… ފިޔާ ކީކޭ!
ފިޔާޒާ:ހިނގާބާ ބުރެއްޖަހާލަން މިއަދު ހަވީރު.. ފަޒިލްކޮ އެބަކިޔާ އިފާއްތަ އާއި އިނާޒްބެއާއި އެއްމެން ދުއްވާލަން ހިނގާށެވެ.
އަހަރެން.: އޯކޭ…. ހިނގާ ދޯ.. އެސޮރު އަހަންނާއި ހާދަ ރައްޓެއްސޭ މިހާރު.ދޯ..ވަރަށް ހެޕީ އެހެންވެ އަސްލު.
ފިޔާޒާ: އާނ .. އިފާވެސް އެސޮރަށް ނުލާހިކު ރަނގަޅުވިއްޔަ..
ކުއްލިއަކަށް އަހަރެންގެ ކޮއްކޮ އިނާޒް އައިސް ދޮންންންން ހިނގާބާ ހަވީރުން ގުޑި އަރުވަން ..ޕްލީޒް ދޮންގެ ޑިއުޓީވެސް ހަވީރަކު ނެތެއްނު…މިހެންކިޔަންފެށުމުން 4ގަޑި 30 އަށް ތައްޔާރުވުމަށް ބުނެފައި ފޯން ބޭއްވީމެވެ.އަދި ކޮއްކޮގާތު ގުޑި އަރުވަންދާނީ އރހެން ދުވަހަކު ކަމަށާއި މިއަފި ދާނީ ފަޒީލް ކޮއްކޮމެނާއި އެއްކޮށް ދުއްވާލަން ކަމުގައި ބުނީމެވެ.އިނާއްކޮ އުފަލުން ފުމެން ފެށިއެވެ..
ތޭންންންންކްސްސްސްސް ދޮންންންންން ޔޫ އަރ ދަ ބެސްޓް.. މިހެންކިޔާ އަހަރެންގެ ގައިގަ ބައްދާލިއެވެ.ކޮއްކޮ އަށް މިހާރު ހަ އަހަރު ވެއްޖެއެވެ.މިއަންނަ 2018 ވަނަ އަހަރު ކޮއްކޮދާނީ ގްރޭޑް1 އަށެވެ.
އަހަރެން ނަމާދުކޮށްލައިގެން ޝޯލް އަޅަން އިންދާ ކޮއްކޮ އައިސް ލަސްވެއްޖެކަމަށްބުނެ ކުސްތަޅަން ފަށައިފިއެވެ.އެހެންކަމުން އަހަރެން އަވަސްކޮށްލައިގެން ނިކުތީމެވެ.އެއިރު މަންމަ އުޅެނީ ހަވީރަށް ސައިތައްޔާރު ކުރާށެވެ.
“ދަރިފުޅާ އިފާ ފިޔާޒާމެން މިއަދު ސައިބޯން ގެންނަށްވާނެ އިނގޭ’
“ލައްބަ މަންމާ… ކޮންކަހަލަ އެއްޗެއް ތިތައްޔާރު ކޮށްލަނީ!”
“މީ ދަރިފުޅުމެންނަށް އެންމެ މީރު ބަޖިޔާ އާއި ގުޅަ”
މިހެންބުނިތަނާ އަހަރެންގެ ފޯން ރިންގުވަން ފަށައިފިއެވެ.. ގުޅަނީ ފިޔާ އެވެ ..
މަންމާ އަހަރުމެން ދަނީ އިނގޭ.. އާނ ދަރިފުޅުމެން ހުރިހާ ކުދިން ބަލައިގެން ދުއްވައްޗެވެ…
އިފާއްތާ ކޮއްކޮ ބޭނުން އިފާއްތައާއި އެކު މިއަދު ސައިކަލު ދުއްވަން….
އޯކޭ..މިހެންބުނެލާފަ ފަޒިލްކޮ އުރާލީމެވެ.ކުއްލިއަޖަށް އަހަރެން ސިއްސައިގެން ދިޔައީ ފެނުނު މަންޒަރުންނެވެ.
3 Comments!
Comments are closed.


haudahaa kureyyyy. unmieedu kuran mieya vuren diegukohlaane kamae
In shaa allah miadhu liyaa part dhigukuramun midhanee
haadha thaakun thaaakun nujehey gothah liyefa . mi vaahakaiga vaanuvaa eh neyge. story aa title aa oih gulhumeh neyge